Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައުފެއްދުންތެރި ލިޔުންލޯބި

ހިމަފޮދު ވާރޭ 1

Ave Level 210 Stories
April 13, 2023 3 Mins Read
1 Comment

ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން ވިދާލި ވިދުވަރާއިއެކު ވޭނީ ހަޅޭކެއްގެ އަޑު މުޅި ސަރަހައްދުގައި ހިފައިލިއެވެ. ވިދާލި ވިދުވަރުގެ އަލިން ފެނިގެން ދިޔައީ ލެއިން ތަތްތޮޅިވެފައި އޮތް މެދު އުމުރުރުގެ އަންހެނެއްގެ ކައިރީގައި އުޑުފައިން އިށީނދެއިން ކުޑަ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާގެ ގައިވެސް ކަޅިވެފައިވަނީ ލެއިންނެވެ. އެދެމީހުންނާއި ދުރުނޫން ހިސާބެއްގައި އޮތް ސައިކަލުވެސް ހީވަނީ މުގުރިފައިވާ ހެންނެވެ. އެ ފިރިހެން ކުއްޖާގެ ލޮލަށް އެޅުނު އަލިކޮޅު ހުރަސްކޮށްފައި ދިޔަ ބޮޑު ފިރިހެން މީހާގެ މޫނު ވަނީ ކަޝްފުވެފައެވެ.

ޖަހައިލި އަޑު ގަދަ ގުގުރިއާއިއެކު ސޯފާގައި ނިދިފައިއޮތް ޒުވާނާއަށް ދެލޯ ހުޅުވައިލެވުނެވެ. ތަނަވަސް އެ ކޮޓަރިތެރޭގައި ޖަހައިލެވިފައިވަނީ ނޫކުލައިގެ ފަނޑު ނިދާ ބޮތްކެކެވެ. އޭސީގެ ފިނިކަން މުޅި އެ ކޮޓަރި ތެރޭގައިވަނީ ހިފާލެވިފައެވެ. ޒުވާނާ ތެދުވެ ގޮސް ހުއްޓެލީ ބެލްކަންޏަށް ނިކުމެވެންހުރި ބިއްލޫރި ދޮރުގެ ކުރިމަތީގައެވެ. އެއިރުވެސް ހުއްޓުމެއް ނެތި މެލޭޝިޔާގެ މަގުތަކަށް ވާރޭ ވެހެމުން ދިޔައެވެ. ވެހެމުން ދިޔަ ހިމަފޮދު ވާރޭއަށް ނަޒަރު ހުއްޓާލައިގެން ހުރި އެ ޒުވާނާގެ އަނގައިން ބޭރުވީ ރުޅިވެރިކަމުން ފުރިފައިވާ ދެތިން ބަހެވެ.

“ކަލޭމެން އެންމެންގެ ކިބައިން ބަދަލު ހިފާނަން…!”

…

ޔަންހާ ޕްރިންސިޕަލް ރޫމަށް ވަދެ މަޑު މަޑުން ދޮރު ޖަހައިލަމުން ޔަންހާ ކުރިމަތިލީ ކުރިމަތީގައި އިން ހަމްދާއަށެވެ. ހަމްދާ ކުރިމައީގައިހުރި އޭނާގެ ދަރިފުޅަށް ބަލައިލިއެވެ.

“ޔަން. މިއަދު މި ސްކޫލަށް ޖޮއިންކުރި ދެ ކުދިންނަށް މި ސްކޫލް ޓުއާރ ކޮށްދެވިދާނެތަ؟ މިއަދު އެ ދެ ކުދިންނަށް ޓުއާރކޮށްދެން ހަމަޖެހިފައިވާ ސްޓޫޑެންޓް ވަރަށް ބަލިކޮށް އުޅެނީ. އެހެންވެ އަސްލު ޔަން ވިހި މިނެޓު ކުރިން މި ސްކޫލަށް ގެނައީ.” ހަމްދާ ބުންޏެވެ.

“އެކަމަކު..” “އަން. މިއޮތީ އެ ކުދިންގެ ސްޓޫޑަންޓް އައިޑީ. ގޮސް އެ ދެމީހުންނަށް ދޭތި.” ޔަންހާ ބުނަން އުޅުނު ވާހަކަ މެދުކަނޑައިލަމުން ހަމްދާ އެހެން ބުނުމާއިއެކު ފޯނެއްއައެވެ.

އަދި އަތުގައި އޮތް ފައިލުތައް ޔަންހާއަށް ދެމުން ދިއުމަށް އެދުނެވެ. ޔަންހާ ރުޅިވެރިކަމާއިއެކު އަތުގައި އޮތް ފައިލުތަކަށް ބާރުކޮށްލަމުން އެ ރޫމްއިން ނިކުތެވެ. އުމުރުން ސޯޅަ އަހަރު ފުރެން ގާތްވެފައިވާ ޔަންހާއަކީ މުއްސަނދި ދެމަފިރިއަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. އޭނާގެ މަންމައަކީ ޕްރައިވެޓް ސުކޫލެއް ހިންގަމުންދާ މީހެކެވެ. އަދި އެ ސުކޫލުގެ ޕްރިންސިޕަލްވެސްމެއެވެ. އޭނާގެ ބައްޕަ، ޔޫނުސްއަކީ ބޮޑު ހޮސްޕިޓަލެއް ހިންގަމުން ދާ ތަނަވަސް މީހެކެވެ. މި ކަންކަމުގެ ސަބަބުން އެދެމަފިރިންނަށް ޔަންހާ އާއިއެކު ވަގުތު ހޭދަކުރެވޭވަރަށްވުރެ “ބިޒީ” ވިއެވެ. އެހެންކަމުން އޭނާ ބޮޑުވެގެން އައީ މައިންބަފައިން ހުރި ނަމަވެސް އެ ލޯބިން މަހުރޫމްވެގެންނެވެ.

ޔަންހާ ޕްރިންސިޕަލް ރޫމްއިން ނިކުމެ ހިނގައިގަތީ ސްކޫލް ގޭޓު ކައިރިއަށެވެ. ޖެހެލި މަޑު ވައިރޯޅި އާއިއެކު ޔަންހާގެ ކަންފަތް ކއިރިއަށް ވެއްޓިފައި އޮތް އިސްތަށިކޮޅު ލޮލަށް އެޅުނެވެ. އެ މަންޒަރު ފެނުނީ ގޭޓު ކައިރީގައި ހައިކަލް އާއިއެކުހުރި ރުކައިންއަށެވެ. ފުރަތަމަ ނަޒަރުން ވެވޭ ލޯތަބަކީ މީބާއޭ ހިތަށް އެރިއެވެ. ޔަންހާ އައިސް ހައިކަލްއަށް ބަލައިލަމުން ހިނިތުންވެލުމަށްފަހު ރުކައިންއަށް ބަލައިލިއެވެ.

ސްކޫލް ޔުނީފޯމްގައި ހުރި ނަމަވެސް އެ ހަށިގަނޑުގެ ވަރުގަދަކަން ފާހަގަވެއެވެ. ބައިމަތި ފުޅާވެފައި ދިގެވެ. ދޮންވެފައި ފިރިހެންވަންތައެވެ. ޔަންހާ ރަކި ހިނިތުންވުމަކާއިއެކު އަމިއްލަ ނަފުސު ތަޢާރަފުކޮށްލިއެވެ. އަދި އެ ދެ ޒުވާނުންނަށް ސްޓޫޑަންޓް އައިޑީ ދިގުކޮށްލިއެވެ.

“މި ސްކޫލްގަ އުޅެންޏާ އިނގެން ޖެހޭނެ ގަޑި ނުޖެހި ސްކޫލަށް އައުމަކީ ކިހާ މުހިންމު ކަމެއްކަން. ގަޑި ޖެހިގެން ސްކޫލަށް އަންނަނަމަ ސްޓޫޑަންޓް އައިޑީ އަތުގަ އޮތް ނަމަވެސް ސްކޫލަކަށް ނުވައްދާނެ. ދެން ލައިބްރަރީ، ކެފެޓީރިޔާ އަދި ލެބް ކަހަލަ ތަންތަނަށް ވަނުމުގެ ކުރިން އަތުގަ ތި ސްޓޫޑަންޓް އައިޑީ އޮތުން މުހިންމު. ވަންނަ ދޮރު ކައިރީގައި އިންނަ ސްކްރީންގައި ތި އައިޑީ ޖެއްސީމަ އެކްސެސްވާނެ. އެއިރުން އޮޓޯކޮށް ދޮރު ހުޅުވޭނެ.” ޔަންހާ ގަވާއިދުތައް ކިޔައިދެމުން ސްކޫލް ރަނގަޅަށް ދައްކައިލިއެވެ.

ރުކައިންމެން ޔަންހާގެ ވާހަކަތައް ކަނުލާ އަޑު އަހަމުން ދިޔައިރު ރުކައިންނަށް ގިނައިން ބެލެމުންދިޔައީ ޔަންހާގެ މޫނަށެވެ. ޔަންހާއަށް މިކަން އެނގުނު ނަމަވެސް އަޅައިނުލައި ކުރިއަށް ދިޔައީއެވެ. އެންމެ ފަހުން އާދެވުނީ ރުކައިންމެންގެ ކުލާސްތަކާއި ހަމައަށެވެ. އެއާއިއެކު ޔަންހާ ރުކައިންމެންނާއި ވަކިވެލަމުން އޭނާގެ ކުލާސް 10Bއަށް ދިއުމަށް މިސްރާބުޖެހިއެވެ. އޭނާ ކުލާހަށް ވަނުމަށްފަހު ގޮސް އިށީނީ އޭނާގެ ގާތް އެކުވެރިޔެއް ކަމަށްވާ ލަވްޒާގެ ގާތުގައެވެ.

“ތި އައީ ކޮންތާކުން؟” ލަވްޒާ އަހައިލިއެވެ.

“މި އައީ މަންމަ ބުނެގެން މި ސްކޫލަށް އަލަށް ޖޮއިންކުރި ދެ ކުދިންނަށް ސްކޫލް ޓުއާރކޮށްދީފަ.” ޔަންހާ އެހެން ބުނިއިރު ކުދިންތައް ކުލާހަށް ވަދެ ހަމަޖެހިއްޖެއެވެ.

“އަލަށް ވަތް ކުދިންތަކެކޭ؟ އާނ! އަޑުއެހިން ރުކައިން ސްކޫލަށް ޖޮއިންކުރި ވާހަކަ. ކާކަށް އެ ވާހަކަ ނޭނގޭނީ؟ އޭނާގެ ބައްޕައަކީ ކުރީގެ ފިލްމްސްޓާރެއްވިއްޔަ.” ލަވްޒާގެ ވާހަކަ ހުއްޓައިލީ ކުލާހަށް ޓީޗަރު ވަނުމާއިއެކުގައެވެ.

“ހައި. އައިމް އައުލް. ޔޫ؟” ރުކައިން ކުލާހަށް ވަދެ އައިސް އިށީނުމާއިއެކު ކައިރީގައިއިން ކުއްޖަކު ސަލާމަށް އަތް ދިގުކޮށްލިއެވެ.

“ރުކައިން.” ރުކައިން ހިނިތުންވެލަމުން އައުލްގެ އަތުގައި ހިފިއެވެ.

“ރާކިފްގެ ދަރި، ދޯ؟” އައުލް އެހެން އެހުމާއިއެކު ރުކައިން ހިނިއައިސްފައި ބޯ ޖަހައިލިއެވެ.

ބްރޭކް ގަޑިއެވެ. ކެންޓީނު ތެރެ ފުރިފައިވަނީ ހަތަކުން މަތީގެ ކުދިންނުންނެވެ. އެ އެންމެންވެސް އަމިއްލަ ވާހަކައިގައި ތިބެ ކަމުންދިޔައެވެ. އެތަނުގެ ހަމަޖެހުން ނަގާލީ އެތެރެއަށް ވަތް ރުކައިން، އައުލް އަދި ހައިކަލް ފެނުމުންނެވެ. އެންމެންވެސް ރުކައިން އައިސް ވަށައިލީ އެއީ ކާކުކަން އެނގިހުރެއެވެ.

“ވާއު! އޭނަ ހާދަ ރީއްޗޭ! އަނެއްކާވެސް ރީތި ކުދިންގެ ލިސްޓަށް ދެމީހުން އިތުރުވެއްޖެ، ރުކައިން އާއި ހައިކަލް.” އެއްކުއްޖަކު ބުމި އަޑު އިވުނެވެ.

“ފޮޓޯތަކުން ފެންނަ ރުކައިންއަށްވުރެ އަސްލު މި ފެންނަ ރުކައިން ހާދަ ހޭންޑްސަމް އޭ”

“ހުވަފެނުންވެސް ނުފެންނަހާ ރީތި ބައެއް!”

“އަހަރެންނާއިއެކު ބްރެކްފާސްޓް ނަގަންވީއެއްނު!”

ރުކައިން ހުރިހާ ކުދިންނަށްވެސް ހީލަމުން ބަލައިލީ ޔަންހާއިން މޭޒަށެވެ. މައުސޫމުގޮތަކަށް އެދިމާއަށް ބަލަންއިން ޔަންހާ ފެނުމާއިއެކު އެ ހިތް ފުރިގެން އައި ކަހަލައެވެ. ހައިކަލް އާއި އައުލްއަށް ލޮލުގެ އިޝާރާތަކުން ޔަންހާ އާއި ލަވްޒާއިން މޭޒު ދައްކައިލަމުން އެ އެންމެންވެސް ހިނގައިގަތީ އެ މޭޒަށެވެ.

“އޯ އެމް ޖީ ޔަންންން! ބަލާ ރުކައިންމެން އެ އަންނަނީ އަހަރެމެން ތިބި މޭޒަށް.” ލަވްޒާ ޔަންހާގެ އަތުގައި ވިކައިލަމުން ތުއި އަޑަކުން ބުނެލިއެވެ.

ރުކައިންމެން އައިސް އެ މޭޒުގައި އިށީނުމާއިއެކު ކެންޓީނުގައި ތިބި އެންމެންގެ ރުޅިވެރި ނަޒަރު ހުއްޓިގެންދިޔައީ ޔަންހާއަށެވެ. ހީވާ ކަހަލައެވެ. ޔަންހާއަކީ ކުށްވެރިއެކެވެ. ކެންޓީނުގައި ތިބި ކުދިން ރުޅިވެރިކަމާއިއެކި އެކަކު އަނެކަކު ކަންފަތްދޮށުގައި ސިއްރުން އެއްޗެހިތަކެއް ކިޔަމުން ދިއުމާއިއެކި މޭޒު ދޮށުގައި ތިބި ރުކައިންއާއި ހައިކަލްގެ ނަޒަރު ހުއްޓުނީ ޔަންހާއަށެވެ. އެއިރު ޔަންހާގެ އެހެން އެކުވެރިއެއްކަމަށްވާ ޒައިޝް އައިސް ޔަންހާގެ ކައިރީގައި އިށީނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ave

Level 210 Stories

Follow me on insta: averix05

Other Articles

Previous

ތީ އޭ ހަނދަކީ 26

Next

ދިރުމެއްނެތް ދިރިއުޅުން 2

Next
April 14, 2023

ދިރުމެއްނެތް ދިރިއުޅުން 2

Previews
April 13, 2023

ތީ އޭ ހަނދަކީ 26

One Comment

  1. Lily says:
    April 14, 2023 at 10:58 am

    Masha Allah
    Vaahaka feshun goeh vrh rythi
    Keeep it up
    Curiously waiting for the next part
    Dhen part dhigu koh genesdhehchey
    Btw Aneh stry kon irakunnw kiyaalan libeyny?

Comments are closed.

Next Episodeހިމަފޮދު ވާރޭ 2←


All Right Reserved!