Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 2

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
April 14, 2023 3 Mins Read
0 Comments

ޒީން! ޒިީންމަށާ އިންނާނަންތަ ކިޔަވާ ނިމިގެން.؟ އަސްލު އަހަރެން ހުރެފާނަން ކިޔަވާ ނިމެންދެން. މީވަރަށް ސީރިއަސް ވާހަކައެއް. އަދި ވަރަށް ގިނަ އަހަރު އެބައޮތް. އަހަންނަށް އުމުރުގެ ގިނަދުވަހު އެހާ އެއްކޮށް މިއުޅެވުނީވެސް ޒީންއާއެކީ.. ގިނަވަގުތު ހޭދަކުރެވެނީވެސް ޒީންއާއެކީ. މިވާހަކަ މިހާރު ދައްކާފަ ބާއްވަން ވަރަށް ފަސޭހަ. ތީ އަބަދުވެސް އަހަރެންގެ ދެގޮތެއް ނުވާ ބެސްޓް ފްރެންޑްވީމަ. ޒީން!…. ކީކޭ ބުނަނީ؟” އިޝާލް ލޯބިވާކަން ހާމަ ކުރީ ލޯބިވެއޭ ބުނުމަކާ ނުލައެވެ. ޖަޒްބތުގައި ޖެހެމުން ދިޔަ ހިތުގެ އެދުން ފާޅުކޮށްލީއެވެ. ޒީންގެ ޖަވާބަކަށް އިންތިޒާރު ކުރަމުންނެވެ.
އަހަރެން ބުނާނީ ފަހެ ކީކޭހެއްޔެވެ؟ މިއީ އަހަރެންވެސް އުންމީދުކުރަމުން އައި ވަގުތު ކޮޅެވެ. އިޝާލް އެދޭގޮތް އަހަރެން ކުރިމަތީ ފުރަތަމަ ފަހަރަށް ފާޅުކުރީތީއެވެ.

“އިޝާލް… އެކަމް…އެކަމަކު އަހަރުމެން ތިހިސާބަށް ވިސްނާވަރަށްވުރެ އަދި މާ ކުޑައެއްނު.” އަހަރެން ބުނެލީމެވެ

“ޝްޝްޝް…. ޒީން! ލޯބިވާން ވަކި އުމުރެއް އޮވޭތަ؟ ބަލަ އަހަރުމެންގެ މަންމަ ބައްޕަ ކާފަ މާމަވެސް މިއުމުރުގަ މިކަހަލަ ލޯބީގެ އިހްސާސް ކުރެވިގެންދޯ މިއަދު އެހިސާބަށް އައިސް އަހަރެމެން އުފަންވެފަ މިތިބީ. އަހަރުމެންމީ އަޅެ ކުޑަކުޑަ މިސާލެއްތަ؟… އެކަމުގެ ނިޝާނެއްމީ. ދެން ކީއްވެ އޭރު އެމީހުންކުރި އިހްސާސްއާ އެމީހުންޖެހި ސަކަރާތް އަހަރުމެންނަށް މަނާވާންވީ؟ ޒީން ޕްލީސް..” އިޝާލް އެތަކެއް މިސާލެއް ނަގަމުން އަހަންނަށް ވިސްނާދެވޭތޯ ބެލިއެވެ.

“އިޝާލް.. ލޯބިވުން އެއީ އަމިއްލައަށް ކުރާކަމެއް ނޫނޭ. އެއީ ހަށިގަނޑުގަ އުފެދޭ އިހްސާސެއްކަން އަހަންނަށްވެސް އިނގެޔޭ. އެކަމަކު އަދި އަހަރުމެން ކިޔަވާވެސް ނުނިމޭ.. މި ސްކޫލަކީ ރާއްޖެތެރޭގަ އަލަށް އޯލެވެލް ފެށި ސްކޫލް. އަހަރުމެން ވާނެއްނު ރަނގަޅު ނަތީޖާއެއް ލިބޭތޯ ބަލަން. އިޝާލްހާ މޮޅެއް ނުވާނެ އެންމެން ކިޔަވާކަށް. އަހަރެން ބޭނުމީ ފުރަތަމަ ކިޔަވަން. އަހަރެންވެސް ލޯބިވެއޭ. “ކިޔެވުމަކީ އެންމެ ބޮޑު ކަންބޮޑުވުންކަން އަންގައިދެމުން އަހަރެން ބުނެލީމެވެ.

“އޯކޭ.. އެކަމު ކުޑަކުޑަ ޔަޤީންކަމެއް ހޯދަދީބަލަ. ޒީންގެ މަންމަމެން ގާތު ހަމައެކަނި އާހާލަބަލަ އަހަރުމެން ރައްޓެހިވެގެން އުޅެން އެއްބަސްވެވިދާނެތޯ؟ ޕްލީސް. ހަމައެކަނި އެވަރުންވެސް ފުއްދާލަފާނަން.” އިޝާލް އާދޭހުގެ ރާގަކަށް ބުނެލިއެވެ.

“އެންމެ ރަނގަޅު. ދެން ބަލާނީދޯ؟ އަސްލު އަހަރެން ވަރަށް ލަދުގަނޭ ތިކަހަލަ ވާހަކަ ދައްކަން. މަންމަމެންވެސް ދުވަހަކުވެސް އެއީ އަހަންނާ ތިކަހަލަ ވާހަކަ ދައްކާ ބައެއްނޫން. އެކަމު އަހަރެންވެސް ވަރަށް އުފާވާނެ ތިގޮތަށް ކަންތައްވިއްޔާ. އެކަމުވެސް….. އަހަރުމެން އަދި މާކުޑައެއްނު؟.” އަހަރެން ބުނެލީމެވެ.

“ޒީން!!!….. މިހާރު މިތާ ވަރަށް އިރުވެއްޖެ. މަންމަމެންގެ ހަބަރެއް ނުވިއެއްނު މިރޭ. ހިނގާ ގެއާދިމާލަށް… އެކަމަކު ވިސްނާލާފަ ހަމަޖެހިލައިގެން ޒީންގެ މަންމަމެނާ މިވާހަކަ ދައްކާލާ އިނގޭ. އަހަރެން މަންމަ ހީވޭ ރައްޓެހިވެގެން އުޅެން ވަރަށް ގަބޫލުވާނެހެން. އަހަންނަށް ކެރޭނެ އަހަންވެސް.” އިޝާލް ވަރަށް ޔަގީންކަމާއެކު އެހެން ބުނަމުން ގެޔާދިމާލަށް ހިނގައިގަތެވެ.

ގެއަށްގޮސް އެއްޗެހި ބަދަލުކޮށްލުމަށްފަހު ކައިގެން އަހަރެން ބެލީ އަވަހަށް ނިދަން އޮށޯވެވޭތޯއެވެ. މަންމަ ހޭލާ އުޅުނު ކަމުގައިވިޔަސް މިރޭ އެވާހަކަ ދައްކާކަށް އަހަންނަކަށް ނުކެރޭނެއެވެ. އަދިވެސް އަހަރެން އެކަމާ ވިސްނާލަން ބޭނުންވެއެވެ. އެހެން މީހުންފަދައިން އަަހަރެންގެ ފިކުރުތައްވެސް އެއްތަންވާ ވަގުތަކީ ނިދާއިރުގެ ހަމަހިމޭން ވަގުތުކަމުގައި ވާތީއެވެ. ގިނަ ރޭރޭ އަހަރެން ނިދަން އޮށޯންނަނީ ނިދި އައިސްގެން ނޫނެވެ. އަދި ނިދާހިތަކުންވެސް ނޫނެވެ. މިރޭވެސް ކަމަކާ ވިސްނާލާނެ ފުރުޞަަތެއް ލިބުނީތީ ފުން ކަނޑެއްގެ ތެރެއަށް ގެނބެމުންދާހެން އަހަރެން އެހިޔާލުތަކުގެ ތެރެއަށް ޤަރަގުވީމެވެ.

ގެއަށްގޮސް ބަލައިލިއިރު އިޝާލްގެ މަންމަމެން ނިދައިފިއެވެ. އެވާހަކަ ދައްކާލެވޭ ގޮތް ނުވުމުން އިޝާލްވެސް ނިދަން އޮށޯތެވެ. ބަޔާންކޮށްދޭން ނޭނގޭ އުފާވެރިކަމެއް މިރޭ އިޝާލްއަށް ކުރެވެނީއެވެ. ޒީންގެ ހަނދާންތަކުގައި އެހެން އޮވެވުނީ ކިހާއިރަކު ކަމެއް އިޝާލްއަކަށް ނޭނގެއެވެ. އިސާހިތަކު ފުން ނިންޖަކުން ނިދިއްޖެއެވެ.

އާދުވަހަކަށް މަރުހަބާ ކިޔަމުންދިޔަ އިރު، ފޭނުން ތޮޅެލިވަގުތު އަހަރެން އޮތީ ހޭލާއެވެ. އަހަރެންގެ ހިތް ނުތަނަވަސް ވަނީއެވެ. ހާސްވެ ކަންބޮޑުވަނީއެވެ. އެކަންކަމުން ދުރުވާން މަސައްކަތް ކުރިޔަސް އިޝާލަށްޓަކައި މަންމަގާތު މިވާހަކަ ދައްކަން ޖެހެއެވެ. އެކަމަކު މިއީ މިފަދަ ވާހަކައެއް ދެއްކުމަށް އަހަރެން ތައްޔާރުވާ ފުރަތަމަ ފަހަރެވެ.

ކުއްލިޔަކަށް އަހަރެންގެ ހިޔާލު ބަދަލުކޮށްލީމެވެ. މިއަދު މަންމަ ގާތު އެވާހަކަ ނުބުނާނީއެވެ. ދެން އެވާހަކަ ބުނާނީ ތިން ވަނަ ޓާމްގެ ފަހުކޮޅެވެ. މި ހިޔާލާއެކު އަހަރެން ކުޑަކޮށް ތާޒާވެލީމެވެ. ސަބަބަކީ ހިނދުކޮޅަކަށް ނަމަވެސް ދެން މިކަމުން އަހަންނަށް ހިތްހަމަޖެހުން ލިބޭނެތީއެވެ. އިޝާލްދެކެ ލޯބި ނުވާތީއެއް ނޫނެވެ. މަންމައާ ކުރިމަތިލާން ޖެހިލުންވާތީއެވެ.

ހެނދުނުގެ އަށެއް ޖަހާއިރަށް ސްކޫލަށް ދިޔުމަށްޓަކާ އަހަރެން ތައްޔާރުވެލީމެވެ. މިއަދު ކިޔަވަން ހަމަޖެހިފައިވާ ގަޑިތަކަށް ބަދަލު އައުމުގެ ސަބަބުން ސްކޫލަށް ދާން ހަމަޖެހިފައިވާ ގަޑި އެހެން ދުވަސްތަކަށްވުރެ ލަސްވީއެވެ. ގޭ ދޮރުމަތީގައި އަހަރެން މަޑުކޮށްލައިގެން ހުރީ އެންމެ އެކުވެރި ނަތޫގެ އިންތިޒާރުގައެވެ. މާގިނައިރުތަކެއްނުވެ ނަތޫއާ އަހަރެން ސްކޫލާދިމާލަށް މިސްރާބުޖެހީމެވެ.

“ނަތޫ! އަހަރެން މިއުޅެނީ އިޝާލްއާ ރައްޓެހިވާން. އެކަމު ކިޔަވާ ދުވަސްކޮޅުވީމަ ނޭނގެ މަންމަ ބުނާނެ އެއްޗެއްވެސް. އަބަދު އެކަމާ މިވިސްނެނީ މިހާރު. އަހަރެން ބޭނުމެއްނުވޭ އޮޅުވާލައިން އުޅޭކަށް.” އަހަރެން އެވާހަކަ ނަތޫއާ ހިއްސާ ކުރީމެވެ. ނަތޫގެ ޚިޔާލުވެސް ބަލާލުމުގެ މަޤްސަދުގައެވެ.

“ވާވާ! ތީހަމަ އަސްލު ވާހަކައެއްތަ؟ އިޝާލްއާ ޒީންއާ އުޅޭފާޑުން ތިހެން ހީވެޔޭ. އެހެންޏަ ޔޫ.ކޭ.ޖީ އުމުރުން ފެށިގެންވެސް މިއަދާހަމައަށް ދެގޮތެއްނުވެ އެކުގަވިއްޔަ ތިއުޅެވެނީ ގިނައިން.” ނަތޫ ހުރީ ވަރަށް އުފަލުންނެވެ. ނޫނީ މާބޮޑަށް މަޖާވީކަންނޭނގެއެވެ.

“ނަތޫ! ކްލާސްތެރޭ މިހެން ނުކިޔައްޗެ؟ އެކަމު ނަތޫ ކީކޭ ބުނަނީ މިކަމާ؟” އަހަރެން އަހާލީމެވެ.

ނަތޫ ވަކި ބުނާނީ ކީކޭހެއްޔެވެ؟ ނަތޫއަކީ ކޮންމެ މީހަކަށްވެސް ރަނގަޅުގޮތްވާން އެދޭ ކުއްޖެކެވެ. ވަކިން ހާއްސަކޮށް ޒީންއަށް އުފަލެއް ލިބުމަކީ ނަތޫ އުފާކުރާނެ ކަމެކެވެ.

“އިޝާލްއަކީ ހަމަ ވަރަށް ރަނގަޅު ގަދަރުވެރި އާއިލާއެއްގެ ކުއްޖެއް. އެހެންވީމަ ތިކަން އަހަންނަށް ވަރަށް ކަމުދޭ. އެކަމު ޒީން ތިބުނާހެން މަންމަގާތު ތިވާހަކަ ދައްކަން އަދި އަވަސް. އަޅެ މަޑުކޮށްލަންވީނު…. މަށަށްހީވަނީ އެކަމު ޒީން ތިހުންނަނީ މިހާރުވެސް ކެތްމަދުވެފަހެން. ހެހެ…” ނަތޫ ހިނިގަނޑެއް ޖަހާލިއެވެ.

“ސާބަސް އިނގޭ. ފާޑުފާޑު ވާހަކަ ނުދައްކާ ހިނގާ ކްލާހަށްދާން. އެއޮށް ބެލްޖެހީ.” އަހަރެން އެވާހަކަ ހުއްޓުވާލަމުން ކްލާހަށް ވަންނަން ހިނގައިގަތީމެވެ.

ކްލާހުގެ ފުރަތަމަ ގަޑި ހުސްކޮށް ދިއުމުގެ ސަބަބުން ކްލާސްތެރޭ ވަރަށް ހަލަބޮއްޔެވެ. އެ ހަލަބޮލިކަމުގައި ވަނިކޮށް އިޝާލް އައިސް އަހަރެން ގާތު އިށީންދެއްޖެއެވެ. އިޝާލް ހުރީ ވަރަށް ހަމަޖެހިލާފައެވެ.
އިޝާލްފެނުމުން އަހަރެން ވަރަށް ހިތްހަމަޖެހުނެވެ. އެކަމަކު އަހަރެން އިޝާލަށް އެކަން ފޮރުވީމެވެ.

“އޭ ދޫންޏާ! ކޮބާ މަގޭ މައިޓުކަރި އެވާހަކަ ބުނީތަ؟” ސިއްރު ސިއްރުން އިޝާލް އަހާލިއެވެ.

“ސާބަހޭ! މިދެން ކޮންތަނެއް ތިވާހަކަ ދައްކަން. އެހެންނޫނަސް އަދި އަހަރެން ބޭނުން ނޫން ތިވާހަކަ ދައްކާކަށް. ފަހުން ބުނާނީ… އިޝާލް ބުނީތަ މަންމަ ކައިރި” އަހަރެން އަހާލީމެވެ.

“ނޫނޭ. ބުނެވޭގޮތްނުވީ. ފަހުން އަހާނީދެން.” އިޝާލް ބުނެލިއެވެ.

ކްލާސް ނިމުމުން އަހަންނާއި ނަތޫ ގެއަށް ދިއުމަށްޓަކާ ހިނގައިގަތީމެވެ. ވާހަކަ އޮލަ ވަމުން ދިޔަވަރަކަށް މަޖާކުރިމުން ދިޔައީމެވެ. ކުއްލިޔަކަށް ނަތޫ އަހަރެންގެ އަތުގައި ހިފައްޓާލިއެވެ. ނަތޫގެ އެ ހުއްޓުމާއިއެކު އަހަރެން ސުވާލުގެ ނަޒަރަކުން ބަލައިލީމެވެ. އަދި ނަތޫ ބަލަމުން ދިޔަ ދިމާލަށް އަހަރެން ނަޒަރު ހިންގާ ބަލައިލީމެވެ. ވެގެން އުޅޭގޮތް އަހަންނަށް އެނގެއެވެ. ނަމަވެސް މީހަކު އެކަމާބެހޭގޮތުން ސުވާލެއް ކޮށްފިނަމަ، އެއަށް ދޭނެ ޖަވާބެއް އަހަންނަކަށް ނޭނގެއެވެ. ނަތޫ އެއުޅެނީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރަންކަން އަހަންނަށް ޔަގީންވެ.

ނުނިމޭ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ހިމަފޮދު ވާރޭ 1

Next

އިންތިޒާރު 5

Next
April 15, 2023

އިންތިޒާރު 5

Previews
April 13, 2023

ހިމަފޮދު ވާރޭ 1



All Right Reserved!