Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 17

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 28, 2023 3 Mins Read
7 Comments

އަހަރެންގެ މަޑުމައިތިރި މިޒާޖު ބަލަން އިޝާލްއަށް މިއަދު ކެތްނުވީ ކަންނޭނގެއެވެ. ދެލޯ ހަނިކޮށްލައިން ހުރެ ހަލުވި ހިނގުމެއްގައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނީ އަހަރެން އިޝާލްއާ ހަތަރުކަޅި ހަމަކޮށްގެން އިންދައެވެ. ވަގުތުން އަހަރެން އިސްދަށަށް ޖަހާލީމެވެ. ހަގީގަތުގައި އޭރު އަހަރެންގެ ހަށިގަނޑުގައި ވަނީ ފިނޑިކަމެވެ. އަހަރެން އިޝާލްއާ ކުރިމަތިލާން ފަސްޖެހެއެވެ. ލަދުގަނެއެވެ. ކުށެއްނެތް އިޝާލްއަށް ދަޅަ ދައްކައިގެން އޭނާގެ ހިތް ހަލާކު ކުރުމަކީ އިންސާފެއް ނެތް ކަމެއްކަން އަހަންނަށް އެނގެއެވެ. އިޝާލް ފެންނަ ކޮންމެ ވަގުތަކު އަހަރެންގެ ހިތް ބާރަށް ރޯކަން އެނގެނީ ހަމައެކަނި އަހަންނަށެވެ.

“ޒީން.. ތީހަމަ ކުރީގެ ޒީންތަ؟ އަހަންނަށް ހާދަ ގަބޫލު ނުކުރެވޭޔޭ.. މުޅި ސްކޫލްގެ ހުރިހާ ކުދިންނާ ރަށު ރައްޔިތުން އަހަންނަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަސް އަހަރެން އުފަލެއްނުވޭ… ޒީން.. އަހަރެން އުފާވާނީ ޒީން އަހަންނަށް ވިޝް ކޮށްލީމައެއްނު. ހަމަ އެންމެ ފަހަރަކު އަހަންނަށް ވިޝް ކޮށްލަބަލަ……….. ޒީން! ވާހަކަ ދައްކާދައްކާ އަހަރެން މޮޔަވެދާނެ. އަނގައިން ބުނެލަބަލަ ޕްލީޒް..” އިޝާލްގެ އާދޭސްތައް އަހަންނަށް އަޑުއިވެމުންދިޔަ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގައި ރެނދު ލަމުންދިޔައެވެ. އެހެނަސް އިޝާލްއާ ދިމާލަށް އިސްއުފުލާ ބަލައިލުމަކީ އަހަންނަށް މިހާރު ފަސޭހަކަމެއް ނޫނެވެ.

“ޒީން! މިހާރު އަހަންނަށް ހީވަނީ ޒީން ކުއްލިޔަކަށް އަހަރެންދެކެ ފޫހިވީހެން. އަހަންނާއެކު އުޅެން ބޭނުން ނުވަންޏާ އަހަންނާ ވާހަކަ ނުދައްކާހުރެ އަހަންނަށް ތިކަހަލަ ދެރަނުދީ. ތިހެން ހަދާތީ އަހަންނަށް އެއްވެސް ހަމަޖެހުމެއް ނުލިބެ. ޒީންއަށް ތިވެގެން އުޅޭގޮތް ކިޔާދޭތޯ އަހަރެން ވަރަށް އިންތިޒާރު ކުރާނަން. ޒީން ޕްލީޒް.” އިޝާލް އިރުކޮޅަކު މަޑުކޮށްލައިން ހުރީ ޒީންގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ. އެހެނަސް ޖަވާބެއް ނުލިބުމުން އިޝާލް ހިނގައިގަތީ ޓީޗަރ ކުލާހަށް ވަނުމުންނެވެ.

ހަވީރުގެ ވަގުތެވެ. ނަތޫ ގޮސް ޒީންގެ ގެއަށް ވަނީ ވަރަށް އުންމީދާ އެކުގައެވެ. ދުވަސްކޮޅަކު އެގެއަށް ނުގޮސް ހުރުމަށްފަހު ނަތޫ މިއަދު ޒީންއާ ބައްދަލުކޮށްލަން ބޭނުންވީއެވެ. ޒީންގެ ފަރާތުން ފެންނަ އާދަޔާ ހިލާފު މިޒާޖު ސަބަބުންނެވެ. އެގެއަށް ވަނުމާއެކު ނަތޫއަށް ފެނުނީ ގޯތި އުނދޯލި މަޑުމަޑުން ހެއްލާލަ ހެއްލާލާ ތިބި ފަރީދުއާ ޒީނިޔާއެވެ.
ސަލާމްގެ ޖަވާބު ދިނުން ފިޔަވާ އެދެމީހުންކުރެ އެކަކުވެސް ނަތޫއާ އަނގައިންވެސް ނުބުނެއެވެ. އެ ހަމަހިމޭންކަމުގެ ސަބަބުން ނަތޫއަށް އުނދަގޫވިއެވެ. އެއީ މީގެކުރިން ފަރީދުމެން ކަންތައް ކުރިގޮތެއް ނޫނެވެ.

ނަތޫއަށް ޒީން ކޮޓަރީގެ ދޮރު ހުޅުވާލެވުނު ވަގުތު ޒީން ހުރީ އަލަމާރި ސާފުކުރާށެވެ. ނަތޫ ފެނުމާއެކު ގަދަކަމުންކަހަލަ ގޮތަކަށް ހިނިތުންވެލިއެވެ. ޒީން ކުރަމުންދިޔަ މަސައްކަތް ހުއްޓާލުމަށްފަހު ނަތޫއާ ދެމީހުން އެއްކޮށްކަހަލަ ގޮތަކަށް އެނދުގައި އިށީނެވެ.

“ޒީން.. އަހަރެން މިއުޅެނީ ބޮޑު ބަންދުގަ ރަށަކަށް ގޮސްލަން. ވަރަށް ގިނަ ކުދިން ބަންދުގަ ރަށްރަށަށް ދާން ހަމަޖެހިފައޮތީ. ޒީން މިހަފްތާގަ ކްލާސް ކުދިންނާ ވާހަކަ ނުދައްކާ އުޅުނީމަ ވަރަށް ގިނަކަންކަން ނޭނގޭނު.. އެކަމުވެސް އަހަރުމެން ހުރިހާ ކުދިންނަށް ޒީން ހިތްހެޔޮކުރާތި. އަދި ބުނަން.. ކުރިންދުހު އަހަންނަށް ވާހަކަ ދެއްކުނު ގޮތުން އެކަމަށް އަހަންނަށް މާފްކުރާތި.” ނަތޫ ބުނެލިއެވެ.

“އަހަރެން އަބަދުވެސް ނަތޫއަށް މާފްކުރާނަން. ނަތޫ.. އަހަރެން ބޭނުން ނޫނަސް އަހަންނަށްވެސް ވަރަށް އަވަހަށް ލިބިދާނެ އަހަރެން ދާނެ ރަށެއް. ދާހިތެއް ނުވެ. ދާކަށް ބޭނުމެއް ނުވެ. އެކަމު ދާންޖެހޭ.” އަހަރެން ވާހަކަ ދައްކަމުން ދިޔައީ ނަތޫއާއެވެ.

އެހެނަސް އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ މުޅިން އެހެން ދިމާލަކަށެވެ. އަހަރެންގެ ހިޔާލުތައް ގުޅިފައިވަނީ އަހަރެންގެ ގޮތްނޭނގޭ މުސްތަގްބަލާއެވެ. މަޑުމައިތިރި ވެފައި އިން އަހަރެންގެ ކޮނޑުގައި ނަތޫގެ އަތްބާއްލުމުން ސިއްސައިންގޮސް އަހަންނަށް ނަތޫގައިގައި ބައްދާލެވުނެވެ. ވަރަށް ބާރަށެވެ. ހަމަ އެޔާއެކު އަމާނާތްތެރި ކަމާއެކު އަހަރެންގެ ލޮލުގައި ރައްކާކުރެވިފައިވާ ކަރުނަތައް އަހަންނަށް ބޭވަފާތެރި ވެއްޖެއެވެ. ބޭއިޚްތިޔާރުގައެވެ. އަހަރެންގެ ހަށިގަނޑުގައި ހިނގަމުންދާ އިހްސާސްތައްވެސް ހަމަ އެފަދައެވެ. ވާހަކައެއް ނުދެއްކޭ އެ އިހްސާސްތައް ނަތޫއަށް ބުނެދެމުން ދިޔައީ އަހަރެންގެ ހާލަތެވެ. އެއިހްސާސްތައްވެސް ހިޔާނާތްތެރިވީ އަހަންނަށް އެނގުމަކާ ނުލައެވެ.

“ޒީން..އޭތް.. ނުރޮއޭ… ބޯހިއްލާލާފަ ތެދުވެ އަހަންނާ ވާހަކަ ދައްކަބަލަ. ވެގެން އުޅޭގޮތް ބުނެދީބަލަ. ކިހާވަރަކަށް އަހަރެން އާދޭސްމިކުރަނީ. ޒީންއަށް ތިހުންނަނީ ކިހިނެއްވެފަތަ؟ ރަށެއް ލިބިދާނޭ… ދާހިތެއް ނުވެޔޭ… އެކަމު ދާންޖެހެޔޭ… ޒީން.. ޒީންގެ މަންމަމެންވެސް މިއަދު އަހަންނާ ވާހަކަވެސް ނުދައްކާ..އަނެއްކާ ޒީން އިޝާލްއާ ވާހަކަ ނުދައްކާ.. އިޝާލް ހުންނަނީ އެހާ ދެރަވެފަ.. އެންމެނަށް ކީއްވެގެންތަ ތިއުޅެނީ؟ ޒީންގެ ވާހަކަތައް އަހަންނަށް ކިޔައިވެސްނުދީ ސިއްރު ތިކުރަނީ.. ޕްލީޒް ޒީން..” ނަތޫ އެބުނީ ތެދެކެވެ.

އަހަރެން މިކަންކަން ސިއްރު ކުރުމަށްވުރެ މި ވާހަކަތައް ކިޔައިދިނުންވެސް މާރަނގަޅު ވާނެއެވެ.. އެކަމަކު މިއީ އަހަންނަށް ވާނެވަރުގެ ކަމެއްބާއެވެ؟. އަހަރެން އެންމެ ލޯބިވާ މީހާއާ ދުރައްދާންޖެހޭ ވާހަކަތައް ހިއްސާކުރަން އަހަރެންގެ ހިތްވަރު އެބަހުރިބާއެވެ.؟ އަމިއްލަ ނަފްސަށް އިތުބާރެއްނެތް އަހަރެންގެ އުންމީދުތައް މިވަނީ ގެއްލިފައިވެ.

“ނަތޫ… އަހަރެން ބޭނުން ވާހަކައެއް ބުނަން. އަހަންނަށް އިނގޭ އަހަންނާހެދި އިޝާލް ވަރަށް…. ވަރަށް ހިތާމަ ކުރާކަން. އެކަމަކު އަހަރެން މިބުނާ ވާހަކަ ނަތޫ އެންމެންނަށްވެސް ސިއްރުކޮށްދެއްޗެ. ނަތޫ…. ނަތޫ…” އަހަންނަށް ރޮވެން ފެށުމުން ވާހަކަ ހުއްޓާލީމެވެ.

“ޒީން… އެންމެ ފުރަތަމަ ހަމަޖެހިލާ.. ދެން ތިބުނަން އުޅޭ ވާހަކައެއް ބުނާނީ… އަހަރެން މިހުރީ ޒީންއަށް އެހީވާން. އަހަރެން މިހުރީނު ޒީންއަށް ހިތްވަރުދޭން.” ނަތޫ އޭނާގެ ބަސްތަކުން އަހަންނަށް ހިއްވަރުދޭން މަސައްކަތްކުރިއެވެ.

“ނަތޫ…. އަހަރެން އިޝާލްއާ……. އިޝާލްއާ…. ދުރުވާން މަޖްބޫރު. މިއަދު އަހަންނަށް އެކަން ކުރަން މަޖްބޫރު.. އަހަރެން ޖެހެނީ އެކަން ގަބޫލުކުރަން.. އަހަރެންގެ ލޯތްބާ އަހަރެން އަމިއްލައަށް މިޖެހެނީ ހަނގުރާމަ ކުރަން. ނަތޫ… އިޝާލްއަށް…. އެވަރުގެ…. ބޮޑު ދެރައެއް ދޭން އަހަރެން ދުވަހަކުވެސް ބޭނުމެއްނޫން. އެކަމަކު.. ދުވަހަކުވެސް އަހަރެން އިޝާލްމަތިން ހަނދާން ނައްތައެއް ނުލާނަން. އެއީ އަހަންނަށް ވާނެކަމެއްނޫން. އަހަރެން އިޝާލްއަށް ބޭވަފާތެރިވާން މިޖެހުނީ އެހެން މީހަކަށް ވަފާތެރިވާން މަޖުބޫރުވީމަ… ނަތޫ…” އަނެއްކާވެސް އަހަރެން އިރުކޮޅެއްވަންދެން ރުއީމެވެ.

“ނަތޫ… މިއަދުމީ އިޝާލްއަށް ކިހާ އުފާވެރި ދުވަހެއް. އެކަމަކު އަހަންނަށް ޔަގީން އިޝާލް އުފަލެއް ނުވާނެކަން. މިއުފާވެރި ދުވަހު އަހަރެން މިޖެހުނީ ރޯން. ނަތޫ…އަހަރެންގެ ފަރާތުން އިޝާލްއަށް ތަހުނިޔާކިޔުން މިޖެހުނީ މުޅިއުމުރަށްވެސް ހުއްޓާލަން……ދެން މީގެފަހުން އިޝާލްއަށް ތަހުނިޔާ ކިޔާނީ އަހަރެންގެ ކަރުނަތައް ކަންނޭނގެ…. ނަތޫ… އަހަރެން ކިހާ ނަސީބުދެރަ. އަހަންނަށް އެކަމު މިކަން ކުރަން މަޖްބޫރު.. މިއީ އަހަރެންގެ ބައްޕަ މާކުރިންވެސް ނިންމާފަ އޮތް ގޮތެކޭ މަންމަބުނީ.” އަހަރެންގެ ދެ ލޮލުން އޮހޮރެމުންދިޔަ ފުސް ކަރުނަތަކާއެކު ނަތޫއަށް ބަލައިލީ ގޮތްހުސްވެފައިވާ މީހެއް ފަދައިންނެވެ.

ނަތޫގެ އަތުން ޒީންގެ ކަރުނަތައް ފޮހެލަދިނުމަށްފަހު ޒީންގެ އަތުގައި ހިފައްޓާލިއެވެ. ޒީންގެ ވާހަކަތައް އަޑުއެހުމަށްފަހު ކޮންމެސް ކަމެއް ނަތޫއަށް ޝައްކުވީކަންނޭނގެއެވެ. އެ ޝައްކު ޔަގީންކޮށްލަން ވަރަށް އަވަހަށް ނަތޫ ޒީންއާ ސުވާލުކޮށްލިއެވެ.

“ޒީންގެ ބައްޕަ ފަރީދުތަ ތިހެންބުނީ؟” ނަތޫ ސުވާލުކޮށްލީ ދެބުމައަށް ގޮތެއް ހަދާލަމުންނެވެ. ޝައްކުގެ ބެލުމަކުންނެވެ. ޒީންގެ ޖަވާބަކަށް ނުހަނު އިންތިޒާރު ކުރަމުންނެވެ.

-ނުނިމޭ-

ނޯޓް: ކިޔުންތެރިންނަށްޓަކާ މިވާހަކަ ހަފްތާއަކު ދެދުވަހު ( ހޯމަ/ ބުރާސްފަތި ) ގައި ގެނެސްދޭން ނިންމައިފީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ރާނީ 14

Next

ރާނީ 15

Next
July 29, 2023

ރާނީ 15

Previews
July 27, 2023

ރާނީ 14

7 Comments!

  1. love imko 💖❤️ says:
    July 28, 2023 at 8:48 am

    So sad 😭 why dad said I don’t look any boyfriend
    I am so sad 😭
    But I crying for my mom
    She was last day death
    I never believe this
    But I see my mom tonight at this thinadhoo
    I tell my family
    They said she is death
    I saw my mom
    They never believe 😭
    When Is next part 💕

    1. Shaleen says:
      July 28, 2023 at 12:48 pm

      Imko
      V dheravey imko ah thivaagothun. 😭
      V avahah hurihaa kameivves rangalhuvaane in sha allah

  2. love imko 💖 says:
    July 28, 2023 at 4:24 pm

    Thanks shaleen ♥️
    But I am now working on my boyfriend job
    He said we can get ready for married 💖
    But I said no 😔
    He will come to meet my dad
    My dad said I can’t married
    I am now fine♥️
    Don’t worry 😌

  3. Shaleen says:
    July 28, 2023 at 4:39 pm

    Welcome.
    So it’s okay dear ❤️

    1. love imko 💝 says:
      July 29, 2023 at 6:52 am

      Yes I am okay now
      I am going to job today
      I am okay now
      Don’t worry about me 😔
      When Is next part 💕

  4. Alxx🌺 says:
    July 28, 2023 at 6:25 pm

    As usual story is beautiful ❤️
    Keeep going your outstanding hard work!!
    And thank you so much for uploading two parts in a week
    Ly

    1. Shaleen says:
      July 29, 2023 at 7:17 am

      Hi Alxx
      Varah bodah thanks.
      Ufaavey vhk reethi veema
      Kuriya huri parts adhi v shauguveri vaane. Ummeedhu kuran kiyaalene kamah.
      Adhives Ethah faharaku thanks 🤗🤗🤗❤️

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 18←


All Right Reserved!