Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 13

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
June 30, 2023 3 Mins Read
0 Comments

ޒީން……. ކިހިނެއްވެފަ ތިއިނީ.. އަހަރެން ހުއްޓަ ބަލާބަލަ.” އިޝާލް އަނެއްކާވެސް ބުނެލިއެވެ.

އިޝާލް އެހެން ބުނުމާއެކު އިޝާލްގެ ކުރިމަތީގައި އަހަރެން ޖެހިލުންވެފައި އިނދެ އެފޮޓޯ އަނެއް ފުށަށް ޖަހާލީމެވެ. ހާސްވެފައި އިން އަހަރެން ހީކުރަމުން ދިޔައީ އެއީ އިޖޫގެ ފޮޓޯއެއް ކަމަށެވެ. އެހެނަސް އެފޮޓޯގައިވާ ތަސްވީރު ފެނުމާއިއެކު އަހަރެން އުފަލުން ފޮޅުނެވެ. ހާސްކަމާއި ބިރުވެރިކަން ފިލާދިޔައެވެ. އެއީ އަހަރެން އެންމެ ލޯބިވާ އިޝާލްގެ ފޮޓޯއެކެވެ. ހިނިތުންވެފައި އިނދެ ފޮޓޯއަށް ބަލަމުން އަހަރެން ސުވާލުގެ ނަޒަރުން އިޝާލްއަށް ބަލައިލީ ދެބުމައަށްވެސް ވައްތަރެއްގެ ގޮތެއް ހަދާލަމުންނެވެ.

“އެހެންވީމަ އިޝާލް ބުނެގެންދޯ އިޖޫ މިފޮތް ގެންދިޔައީ.؟” އަހަރެން ވިސްނާލުމަށްފަހު ބުނެލީ ޝައްކު ޔަގީންކޮށްލުމުގެ މަގްސަދުގައެވެ.

“އާނ.. އަހަންނާ އިޖޫއާ ނަތޫ ރާވައިން ކުރިކަމެއްތީ. އަހަރެން މޮޅުދޯ؟ އަސްލު ތީ އަހަރެންގެ ހިތުގެ ކަމަނާއަށް ދޭން މިފަހަރު މާލެގޮސް އުޅުނުއިރު ނެގި ފޮޓޯއެއް. އަހަރެން ނުފެނި ގިނައިރު ވިޔަސް ބަލާލަން އޮންނާނު.” އިޝާލް ވަރަށް އުފާވެފައިހުރެ ބުނެލިއެވެ.

“އަހަރެން ލޯބިވާތީ އަހަންނާ މަލާމާތް ކުރަނީދޯ. ހާސްނުވޭ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް އަހަރެން އިޝާލް މަތިން ހަނދާން ނައްތައެއް ނުލާނަން. އަހަރެން މިބުނި ބަހަށް އިތުބާރު ކުރައްޗެ. ދުވަހަކުވެސް އިޝާލް މަތިން ހަނދާން ނުނެތޭނެ.

ޒީން އެބުނީ ތެދެކެވެ. އެކަމަކު އެވާހަކައިގެ ފުންމިން އިޝާލްއަށް އިހްސާސްވެސް ނުކުރެވޭނެއެވެ. އާނއެކެވެ. އެހެން މީހެއްގެ ހިތުގައި ހިނގާ ޖަޒްބާތުތަކާއި ލޯތްބާއި ހަމްދަރުދީ ދަންނާނީ ކާކުހެއްޔެވެ؟ އެހެނަސް ޒީންގެ ހިތުގައި އިޝާލްއަށް އޮތް ތެދުވެރި ލޯބިވަނީ މާކުރިންވެސް ރައްކާކުރެވިފައެވެ. ހަމައެފަދައިން އިޝާލްވެސް ވަނީ ޒިންއަށްޓަކައި ގުރްބާންވާން ތައްޔާރުވެގެންނެވެ. ޒީންގެ ލޯތްބަށްޓަކައެވެ. ޒީންއަށްޓަކައެވެ.

ދުވަސްތައް ވޭތުވަމުން ދިޔައީ ނުހަނު ބާރުމިނުގައެވެ. ޒީންއާ އިޝާލްގެ އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އާންމު ދުވަސްތަކެކޭ އެއްގޮތަށް ހުރިހާ ކަމެއްވެސް ވޭތުވަމުންގޮސް ދެހަފްތާވަރު ފާއިތުވީއެވެ.

މިއަދު ޒީން ސްކޫލަށް ނާދެއެވެ. ޒީންއަށް ވީގޮތް އެނގޭ އެއްވެސް ކުއްޖެއް ކްލާހުގައި ނެތެވެ. އިޝާލް އެކަމާ ކަންބޮޑުވީ ވީނުވީއެއް ނޭނގި ޒީން ކްލާހަށް ނައުމުންނެވެ.

“ނަތޫ! ޒީންއަށް މިއަދު ކިހިނެއްވީ؟” އިޝާލް އަހާލިއެވެ.

“ނޭނގެ. ވެދާނެ ނުހޭލެވުނީ ކަމަށްވެސް. ނޫނީ ބަލީވެސް ކަންނޭނގެ. ވީގޮތް ބަލާލަންވެސް ދެވޭނީ ދެން މިރޭ. މިއަދު މެންދުރުފަހު ގޭތެރޭގަ މަންމައާއެކު މަސައްކަތެއް ކުރަންޖެހޭ. އެކަމު މިރޭ ގޮސް ބަލައިލާނަން.” އިޝާލް ހިތްހަމަޖައްސާލަން މަސައްކަތް ކުރަމުން ނަތޫ ބުނެލިއެވެ.

“ނަތޫ ދާއިރު މަވެސް ދާނަން. އެކަނި ދާކަށް ނުކެރޭނެ. ނަސީބަކުން މިރޭ އެކްސްޓްރާ ކްލާސް ވެސް ނެތް. އެހެންވީމަ އިޝާނަމާދުން ފައިބާއިން ތިގެއަށް ދިޔަސް އެންމެ ރަނގަޅުދޯ؟ ދެން ދެމީހުން ދާނީ.” އިޝާލްއާ ނަތޫ ގޮތެއް ރާވާނިންމާލިއެވެ.

ފިނިހިޔާގޭގެ ތަނަވަސް ސިޓިންރޫމްގެ ސޯފާއެއްގައި އިށީންދެލައިގެން އިނީ މެދުއުމުރުގެ އަންހެނެކެވެ. އެހެންނަމަވެސް ފެންނަފެނުމަށް އޭނާގެ އުމުރަށްވުރެ ހަގުހެން ހީވެއެވެ. އަތުގައިވާ ހެދުމުގައި ގޮށެއްލުމުގެ މަސައްކަތް ކުރަންއިން ސަހީމާ ނުހަނު ޝައުގުވެރިކަމާއެކު އެމަސައްކަތް ކުރަމުން ދިޔައެވެ. އިރުކޮޅެއްގެ ތެރޭގައި ސޯފާކައިރިޔަށް އައިސް ހުއްޓިލީ އިޝާލްއެވެ.

“ދަރިފުޅާ! ކޮންތާކަށްދާން މާރީތިވެލައިން؟” ސަހީމާ އަތުގައިވާ ހެދުން ސޯފާމަތީ ބާއްވާލަމުން އިޝާލްއާ ސުވާލު ކުރިއެވެ.

“އަހަރެން ރީތިތަ؟ މަންމަ ތިހެން ބުނީމަ ތިނިމުނީ… އެހެންވީމަ އަހަރެން ފެންނަ ކޮންމެ މީހަކަށްވެސް އަހަރެން ރީތިވާނެތާ..” ހިނިތުން ވެފައިހުރެ ސަހީމާގެ ކޮލުގައި ހިފާލާ ވާހަކަ ދައްކަމުން އިޝާލް ސޯފާގައި އިށީނެވެ.

“ހޫމ…އައްދޯތް.. ބައްޕަ ހަދާހެން ހަމަ މަންމަގެ ކޮލުގަ ތިހިފަނީ.. ތަދުވޭ. އެއްވަރުގެ ދެމީހުން.” ސަހީމާ ސަކަގޮތަކަށް ބުނެލިއެވެ.

“މީ ހާލިދުގެ ދަރިއެއްނު. ވާރުތަކޮށްފަ ހުންނާނީ… މަންމާ މިދަނީ ކްލާސް ކުއްޖަކު ސްކޫލަށް ނާންނާތީ ވީގޮތެއް ބަލާލަން. ހާލު ބަލާލަން ދާންވާނެއްނު… ދޯ…؟” އިޝާލް ތެދުބަހުން ވާހަކަދެއްކިއެވެ.

“އިޝާލްއާ ހަވާލުކޮށްފަތަ އޮންނަނީ ކްލާހަށް ނާންނަ ކުދިންގެ ހާލުބަލަން.” އެއްމިޔަކަނުން ހީނލަމުން ސަހީމާ އަހާލިއެވެ.

“ދެން… މިރޭމި ހަވާލުވީއޭ. އަންނާނަން އިނގޭ ވަރަށް އަވަހަށް.” ސަހީމާގެ ބޮލުގައި ފިރުމާލުމަށްފަހު އިޝާލް ގެއިން ނުކުތެވެ.

ޒެފްރޯލް ގޭގައި ވަނީ ފަޅުކަމެވެ. އަނދިރީގެ ތެރެއިން ދިއްލާފައިވާ ދެތިން އައްޔެއް ނޫނީ ފެންނާކަށްނެތެވެ. ކުރިޔަށް ހިނގަމުންދިޔަ ނަތޫއާ އިޝާލްގެ މިސްރާބު ހުރީ ސީދާއެގެއަށް ވަނުމަށެވެ. އާދައިގެ ހިނގުމެއްގައި ގޮސް އިޝާލްއާއި ނަތޫ ސަލާމް ގޮވާލިއެވެ.

“ވައަލައިކުމުއްސަލާމް. އަނހަ. ނަތޫމެންދޯ. ވަދޭ އެތެރެއަށް. ޒީންވީ ކޮޓަރީގަ.” ފަރީދު އޮޅުންފިލުވައިދިނެވެ. އަދި އެއަށްފަހު ފަސްއެނބުރި ހިނގައިގަތެވެ.

ނަތޫ ހިތަށްއެރިއެވެ. އަނެއްކާ ފަރީދުބެ މިރޭ ނަތޫއާހެދި އެވަރަކުން ނޫޅުނީ ކީއްވެބާއެވެ. އެހެންޏާ އެއީ ފަރީދުގެ މިޒާޖު ހުންނަގޮތެއް ނޫނެވެ. ވެދާނެއެވެ. އަޝާލްއާއެކު ފެނުމުން މާބޮޑަށް އަޅާނުލާންވެގެން ފަރީދު އމދިޔައީ ކަންނޭނގެއެވެ. އެތައް ގޮތަކުން ނަތޫއަށް އެގޮތް ރަނގަޅެވެ. ހިތަށް ހަމަޖެހުން ލިބުނީތީއެވެ.

“ހުޅުވާފަ. އެތެރެއަށް ވަދޭ.” ކޮޓަރި ދޮރުގައި ޓަކިޖެހި އަޑު އިވުމުން ބަލި އަޑަކުން އަހަރެން ވާހަކަ ދެއްކީމެވެ.

ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަދެގެން އައީ ޒީން ފެނުމުން އަހަރެން ހިނިތުން ބެލީމެވެ. ހަމަ އެހިނދު އިޝާލް ވަދެގެން އައިތަން ފެނުމުން އަހަރެންގެ އެ އުފާވެރި މޫނުން އަޖައިބު ވާފަދަ ގޮތަކަށް އިޝާލްއާ ދިމާލަށް ބަލައިލީމެވެ.

“އިޝާލް! މިގަޑީގަ؟ އާދޭ އިށީންނަން.” ވަރެއް ނެތް އަހަރެންގެ ހަށިގަނޑު ތެދުކޮށްލަމުން އަހަރެން އިށީންދެލީމެވެ. އެމީހުންނަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ. ނަތޫއާ އިޝާލް އިށީންނަން އެނދުން ތަން ދައްކަމުންނެވެ. އިރުކޮޅަކު އިނުމަށްފަހު ނަތޫ އެކޮޓަރިން ބޭރަށް ނުކުމެލީ އިޝާލްއާ ޒީންއަށް ވަގުތުދިނުމަށެވެ.

“ޒީން… ކިހިނެއްތަ.؟ ހާދަ ބަލިކޮންނޭ ތިއުޅެނީ. މޫނުވެސް ހީވަނީ
އެހެން ގޮތެއްހެން. ޑޮކްޓަރަށް ދެއްކީތަ؟” ޒީންގެ އަތްތިލައިގާ އިޝާލްގެ އަތުން ފިރުމާލަމުން ހިތާމަވެރި ގޮތަކަށް އިޝާލް އަހާލިއެވެ.

“އާނ! މާބޮޑަށް ހާލުދެރަވީމަ ހަވީރު ގޮސް ދައްކާލާފަ މިއައީ. ބޭސްދީފަ ހުރީ. މިރަށުންދެން އިތުރު ފަރުވާއެއް ލިބޭނީއެއްވެސް ނޫން… އެކަމު އިޝާލް! ދެން އަހަރެން އަތުން ތިއަތް ދޫކޮށްލަބަލަ. މަންމަމެން މީހަކަށް ފެނުނީޔާ ކީކޭ ހިތަށް އަރާނީވެސް.” އަހަރެން ކޮންމެސް ވަރަކަށް އޮޅުންފިލުވާދިނުމަށްފަހު ޝަކުވާ ކުރަންފެށީ ހިތާ ދެކޮޅަށެވެ.

އިރުކޮޅަކު އިނުމަށްފަހު ކުއްލިޔަކަށް އަހަރެން ފާހާނާއަށް ދިއުމަށް ދުއްވައިގަތީ ހޮޑުލަވާތީއެވެ. އެވަގުތު އަހަރެންގެ ފަހަތުން އިޝާލްވެސް ދުވެފައި އައީ އަހަންނަށް އެހީވުމުގެ މަގްސަދުގައެވެ. އިރުކޮޅަކަށްފަހު އަހަރެންގެ ގެއިން ބަރުދަން ފެށުމުން އިޝާލް ވަރަށް ބާރަށް އަހަރެން އޭނާގެ ހަށިގަނޑާ ކައިރިކޮށްލުމަށްފަހު ހިފަހައްޓާލިއެވެ. އިޝާލްގެ މޭގައި ބޯއަޅާލައިގެން ހިނގައިގަތް ވަގުތު މަންމައަށާ ބައްޕައަށް ކޮޓަރިއަށް ވަދެވުނެވެ. އަހަންނާ އިޝާލްގެ އެ ގައިގޯޅި މަންޒަރު މަންމަމެނަށް ފެނުނު ކަމުގައި ވިޔަސް އެވަގުތު މަންމަމެންވެސް އަވަސްވެލީ އަހަރެންނަށް އެހީވުމަށެވެ.

އިޝާލް ކޮންމެސްވަރަކަށް ލަދުގަތްކަމުގައި ވިޔަސް އެއީ އިޝާލްއަށް ވަރަށް މުހިންމު ވަގުތުކޮޅެވެ. އަހަރެންގެ ހިތުގެ ވިންދު ވެސް އެވަގުތު އަވަސްވާންފެށިއެވެ. އެއީ އަހަރެންވެސް ބޭނުންވިފަދަ އަގެއްހުރި ވަގުތުކޮޅެވެ. އެހެނަސް އަހަރެން ލަދުގަތީ މަންމައާއި ބައްޕައަށް އެމަންޒަރު ފެނުނީތީއެވެ. ނަމަވެސް އެއީ މާބޮޑުކަމަކަށް އަހަރެން ނުހަދަމެވެ. ލަދުވެތިކަން އެއްފަރާތް ކޮށްލަމުން އަހަރެން މަންމަގެ އަތުގައި ހިފާލަމުން ގޮސް އެނދުގައި އިށީނީމެވެ.

ޒީނިޔާއާ ފަރީދާއެކު އިރުކޮޅަކު ޒީންގާތުގައި އިޝާލް މަޑުކޮށްލިއެވެ.
އިޝާލްގެ މޫނުމަތިން ފެންނަ މަޖާގޮތްގަނޑު މިވަގުތު އެމޫނުގައި ނެތެވެ. ޒީން ބަލިވުމަކީ އިޝާލްއަށް ދެކެން އެހާ ފަސޭހަ މަންޒަރެއް ނޫނެވެ. އިޝާލް އެގެއިން ނުކުތީ ގެއަށްދިއުމަށެވެ.

“ނަތޫ. އަދިވެސް އޭރު ނުކުތްގޮތަށް މިތާ ބޭރުގަތަ ތިހުރީ؟ ކީއްވެ ޒީންއާ ވާހަކަދައްކާލަން މަޑުނުކުރީ؟ ޒީންއަށް ގޮވާލަން އައިސް މިގޭ ފާރުކައިރި ހުރީމަޔޯ؟” އިޝާލް ވާހަކަދެއްކީ ޝަކުވާގެ ރާގަކަށެވެ.

“މިރޭ އިޝާލްއަށް ވަގުތުކޮޅެއް ދިނީނު. އިޝާލް! އަހަރެން އެބައޮތް ވަރަށްބޮޑު ވާހަކައެއް ބުނަންވެފަ.” ނަތޫ އިޝާލްއަށް ބަލައިވެސް ނުލާ ކުރިޔަށް ހިނގައިގަތެވެ.

– ނުނިމެ –

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ވަކިވީ ލޯބިން 6

Next

ބޭއިންސާފުވެރި ތުހުމަތު

Next
June 30, 2023

ބޭއިންސާފުވެރި ތުހުމަތު

Previews
June 29, 2023

ވަކިވީ ލޯބިން 6



All Right Reserved!