Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

ވައުދޭ ވެވޭ މީ… 33

lau.laala786@gmail.com
[email protected] Level 310 Stories100 Comments100 Login
April 10, 2023 6 Mins Read
0 Comments

” އަޅުގަނޑު ވައުދުވަން.. އަޅުގަނޑު ދިރި ހުރިހާ ދުވަހަކު އަޔާނީ ހުންނާނީ އުފަލުގަ… އަޅުގަނޑު ގެވެސް ވަރަށް ބޮޑު އެދުމެއް އެބަ އޮތް.. އެއީ އަޅުގަނޑު ނެތް ދުވަހެއްގައި ވެސް ބައްޕަ އާއި މަންމަ ޔާނީ އުފަލުގައި ބަހައްޓައި ދޭނެ ކަމަށް..” ” ބައްޕަ ވައުދު ވަން…”

 

||. ތެއްތިރީސް ވަނަ ބައި .||

 

ޗެކިން އަށް ފަހު ހުރިހާ ކެޑޭޓްސް އަށް ބޯޓަށް އެރުމަށް ގޮވާލުމާއި އެކު އާއިލާގެ އެހެން ހުރިހާ މެމްބަރުންނަށް އަލްވަދާއު ކިޔާ ރައްޓެހިން ކައިރިއަށް ޖެހިލާ ކޮންމެ މީހަކާވެސް ވަދާއުގެ ސަލާމް ޒައްޔާން ކޮށްލިއެވެ. އެ ހުރިހާ އެންމެންނާއި ވެސް އަދި ބައްދަލު ވާނެ ކަމަށް ބުނަމުން ޒައްޔާން އޭނާގެ އެންމެ ގާތް އެކުވެރިންގެ ގައިގައި ބައްދާލިއެވެ. އެކުގައި ގިނަ ދުވަހު އުޅެފައި އެހާ ގިނަ މުއްދަތަކަށް ޒައްޔާން ދުރަށް ދާތީ އެ ހުރިހާ އެންމެންގެ ލޯތަކުން ހިތާމައިގެ ކަރުނަ ފާޅުވަމުން ދިޔައެވެ. އެހެން ނަމަވެސް އެއިން ކޮންމެ މީހެއްގެ ދުލުން ނުކުންނަނީ ޒައްޔާން އަށް އަމާން ދަތުރަކަށެވެ. އާއިލާ އާއި ރަހުމަތްތެރިން ފަޚުރުވެރިވާ ފަދަ ދަރިޔަކަށް ވާން މަސައްކަތް ކުރުމަށް ބުނެ ހިތްވަރު ލައިދެމުން ދިޔައެވެ. ކިތަންމެ ބޮޑު ކަމަކާ ކުރިމަތި ލާން ވިޔަސް ހިތް ވަރު ދޫކޮށް ނުލުމަށް ބުނަމުން ދިޔައެވެ. ފަހު ފަހަރަށް މަންމަ ދިމްނާ އާއި ބައްޕަ ޒިޔާދުގެ ގައިގައި ބައްދާލުމަށް ފަހު ތެޅި ތެޅި އޮތް ހިތަކާއި އެކު އަޔާނީގެ ކައިރިއަށް ޖެހިލިއެވެ.

ކަރުނުން ބަރާވެފައި ވީ އަޔާނީގެ ދެލޯ ފެނުމުން ޒައްޔާންގެ ހިތަށް ތަދުވެލިއެވެ. ތުރުތުރު އަޅަމުން ދިޔަ އަތަކާއި އެކު ޒައްޔާން އަޔާނީގެ ކޯތާފަތުގައި ބޮޑުވާ އިނގިލިން ފިރުމާލާ ފޭދިފައި ވި ކަރުނަތަށް ފޮހެލިއެވެ. އަޔާނީ އަށް ޒައްޔާންގެ އަތުގެ ބީހުން އިހްސާސް ވުމުން ލޯ މަރާލެވުނެވެ. ހިތުގައި މަޑު ރިހުމެއް އުފެދިގެން ދިޔައެވެ. އެއާއި އެކު އަޔާނީގެ ލޮލުގައި ވި ކަރުނަތަށް މަޑުމަޑުން އެސްފިޔަތަކުން ފުރޭނިގެން ފައިބައި ގަތެވެ. އެހިނދު އަޔާނީ އަށް ނޭވާ ހިފަހައްޓާލެވުނީ ޒައްޔާންގެ ތުންފަތުގެ ހޫނުކަން އޭނާގެ ލޮލުން އިހުސާސް ވުމުންނެވެ. އޭނާގެ ދެލޮލުގައި ލޯބިން ބޮސް ދިނުމަށް ފަހު ނިއްކުރިއަށްވެސް ޒައްޔާން ބޮހެއް ދިނެވެ. އަދި ވަދާއުގެ ގޮތުން އެ ތުނި ހަށިގަނޑުގައި ލުއިކޮށް ބައްދާލުމަށް ފަހު އަޔާނީގެ މަޑު އަތްތިލައިގައި ހިފާ އެ އަތް ތިލަ އަށް ބޮސް ދިނެވެ. ޒައްޔާން އަށް ކުރިއަށް ވެދާނެ ގޮތަކާއި މެދު ވިސްނާލެވުނީ އަޔާނީގެ ލޮލާއި ހަތަރުކަޅި ހަމަވެގެން ދިޔުމުންނެވެ.

 

” އައި ލަވް ޔޫ.. ވަރަށް ލޯބިވޭ.. ދުވަހަކު ވަކިވުމެއް ނޭދެން.. އިންޝާ ﷲ އަދި އެނބުރި އަންނާނަން..” ކޮމާންޑަރ ގޮވާލުމާއި އެކު ޒައްޔާން އަށް ބުނެވުނީ އެހެންނެވެ. އަޔާނީ އަށް ރައްދުގައި ބަހެއް ބުނެ ނުލެވެނިސް އޭނާގެ އަތުން ޒައްޔާންގެ އަތް ވީއްލި ޑިޕާޗަރ ގޭޓް އިން ނުކުމެގެން ޒައްޔާން ދިޔައެވެ. މި މަންޒަރު ބަލަން ހުރެފައި އަޔާނީ އަށް ވައި އަޑުން “އައި ލަވް ޔޫ ޓޫ” އޭ ބުނެވުނެވެ.

 

ޒައްޔާން ފުރުވުމަށް ފަހު އެންމެން ވެސް އަނބުރާ ރަށަށް ދިޔުމަށް ދަތުރު ފެށިއެވެ. ލޯންޗެއް ކުއްޔަށް ހިފުމަށް ފަހު އެންމެން ވެސް އަނބުރާ ރަށަށް ދިޔައެވެ. އެންމެން ވެސް މިހާރު ތިބީ ހަމަ ޖެހިލާފަ އެވެ. އެދެމުން ދިޔައީ ޒައްޔާން އަށް ކާމިޔާބީ އެކެވެ. ޕްރޮފެޝަނަލް ފެންވަރަށް ޓްރެއިނިންގް ހެދުމަށް ލިބެނީ ވަރަށް މަދު ބަޔަކަށް ވެފައި އެ ފުރުސަތު ޒައްޔާން އަށް ލިބުމުން އެންމެން ވެސް އުފާ ކުރި އެވެ. ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރެވެމުން ދަނީ ކާމިޔާބީ އަށް ފަހު އެނބުރި އަންނާނެ ދުވަހަކަށެވެ.

 

ހަވީރުގެ ހިތްފަސޭހަވަގުތެވެ. އެހެންނަމަވެސް ވަގުތަށް އީވާގެ އެއްވެސް ފަރުވާލެއްނެތެވެ. އޭނަގެ ހަށިގަނޑުންލާ ކޮންމެނޭވާއަކީ އަޔާޝްއަށްޓަކައި ލާ ނޭވާއެކެވެ. ބާލީހުގައި މޫނު ފޮރުވާލައިގެން އީވާ އޮތެވެ. ދޮރުގައި މީހަކު ޓަކިޖެހުމުން ދެވަނަ ފަހަރަށް ޖަހަންދެން ނުތެދުވެމަޑުކޮއްލައިގެން އޮތެވެ. އަޔާނީގެ އަޑުއިވުމުން އީވާ ތެދުވެ ލޯފޮހެލަމުން އިސްތަށިގަނޑު ރަނގަޅުކޮއްލާފައިގޮސް ދޮރުހުޅުވިއެވެ.

” އެތެރެއަށް ވަންނަން ވެސް ނުބުނާނަން ތަ؟” އަޔާނީ އަހާލިއެވެ. އެއާއި އެކު އިވާ ހުޅުވާލެވުނު ދޮރު ދޫކޮށްލުމަށް ފަހު ކޮޓަރިތެރެއަށް ހިނގައި ގަތެވެ. އެއްވެސް ބޮތްކެއް ދިއްލާފައި ނުވާ ކޮޓަރި އަށް އަލި ކަމެއް ވެރި ވަނީ ކުޑަދޮރުގެ ދޮރުފޮތިތަށް ކަހާލާފައި ހުރުމުން ކޮޓަރި ތެރެއަށް އެޅޭ އަލިންނެވެ.

އެކަމާ ސުވާލު ކުރަން ނަހަދާ އަޔާނީ ކޮޓަރިއަށް ވަނުމަށް ފަހު ދޮރު ލައްޕާލާފައި މަޑުމަޑުން އައިސް އެނދުގެ މަގަތުގައި ހުރި ކޮމްޕިއުޓަރ ސިސްޓެމް ކައިރި ހުރި ގޮނޑި ހިފައި ގެން އައިސް އެނދުގައި އިން އިވާ އާއި ކުރިމަތި ވާނެހެން އިށީނދެލިއެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ދެމެދަށް ހަމަހިމޭންކަން ވެރި ވިއެވެ. ނަމަވެސް އެ ހަމަ ހިމޭންކަން އަޔާނީ އަށް އުނދަގޫ ކުރަމުން ދިޔުމުން އޭނާ ވާހަކަ ދައްކަން ފެއްޓި އެވެ.

” އިވް.. އަހަންނަށް އޮޅިއްޖެ މިހާރު.. ކިހިނެއްތަ މި ވަނީ.. އަހަރެން ދުވަހަކުވެސް ނޭދެން އިވް އާ އަޔާޝް ވަކިވާކަށް.. އެކަމަކު އަހަންނަށް މި ފެންނަނީ ކޮން މަންޒަރު ތަކެއްތަ؟.. ނޫނީ އެމް އައި ހެލޫސިނޭޓިން.؟؟” އަޔާނީ ވާހަކަ ދައްކަން ފެށީ ކިތަންމެ މަޑުން ނަމަވެސް ވަކި ހިސާބަކަށް ދާން ވީ އިރު އެ އަޑު ބާރު ވިއެވެ. އަޔާނީ ވާހަކަ ދައްކާ ނުނިމުނަސް އޭނާ އަށް ބުނާނެ އެއްޗެއް ނޭނގުނީއެވެ. ނޫނެކެވެ. ބުނަން ހުރި އެއްޗިހި ބައިވަރެވެ. ކުރަން ހުރި ސުވާލުތަށް ބައިވަރެވެ. ނަމަވެސް ފަށަން ވީ ގޮތެއް ނޭނގެނީ އެވެ. ސުވާލުތަށް ކުރާނީ ކޮން ދުލަކުން ކަމެއް ނޭގުނީ އެވެ. ފަހަތުގައި ވަނީ އެންމެ ސަބަބެކެވެ. އިވާގެ ހިތަށް ތަދުވާނެ ވަރެވެ. އެ ހިތަށް ވޭން ލިބޭނެ މިންވަރެވެ.

 

” ލުކް އިވް.. އަހަރެން މި ވާހަކަ ދައްކަން މި އުޅެނީ އިވް ދެރަ ކުރާކަށް ނޫން.. އަހަންނަށް އިނގޭ އިވް އަށް އެނގިއްޖެކަން އަހަރެން ދައްކަން މި އުޅޭ ވާހަކަ.. އަހަރެން އިވް ކައިރި އަށް މި އައީ އަހަންނަށް ފެންނަ މަންޒްރު ތަކުން ކެތް ނުވެގެން.. އެންމެ ފުރަތަމަ ވެސް އަހަރެން ހިތަށް އެރީ އިވް އަށް އިނގޭ ބާވައޭ… އެކަމަކު އަހަރެން ބޭނުން އިވް އާ ސުވާލެއް ކޮށްލަން…” އަޔާނީ އަށް ވާހަކަ ދައްކަން ފެށުނީ އިވާ މަޑު މަޑުން ނޯއް ދަމާލުމުންނެވެ. އެ އާއި އެކު އޭނާ އަށް ފަނޑު ކޮށް ނަމަވެސް އީވާ އޭނާގެ މޫނު ފޮހެލިތަން ފެނުނެވެ.

 

” ޔާނީ… އަހަރެން ކިހިނެއްތަ ދެން ހަދަން ވީ؟؟ ދިސް އިސް އޯލް މައި ފޯލްޓް.. އަހަރެން އެވާހަކަ ނުބުނި ނަމަ މިހެން މިކަމެއް ދިމާ ނުވީސް.. އެކަމަކު-..” ” ކޮން ވާހަކަ އެއް ބުނީމަ އޭ..؟؟” ގިސްލަ ގިސްލާފައި އީޥާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް ކިޔާ އެއްޗިހި އަޔާނީއަށް ސާފުވާވަރު ވިއެވެ. ނަމަވެސް އިވާ ދައްކަމުން ދިޔަ ވާހަކަ މެދު ކަނޑާ ލާފައި އަޔާނީ ސުވާލު ކުރުމުން އިވާ އަޔާނީގެ މޫނަށް ބަލާލީ ޖެހިލުން ވެފައި ވާ ފަދަ ނަޒަރަކުންނެވެ.

” ޔޫ ޓޯލްޑް ހިމް ވަޓް؟؟” އިވާ ބަހެއް ބުނެ ނުލާ އޭނާގެ މޫނަށް ބަލަން ހުރުމުން އަޔާނީ ތަންކޮޅެއް ބާރަށް ސުވާލު ކޮށްލިއެވެ. އެއާއި އެކު ދެތިން ފަހަރު އެސްފިޔަ ޖަހާލާފައި އިވާ އިސްޖަހާލި އެވެ. ސިކުނޑީގައި އެތަކެއް ސުވާލެއް ދައުރު ވަމުން ދިޔައެވެ. އަޔާނީ ގާތު އެރޭ އޭނާ އާއި އަޔާޝް އާއި ދެމީހުން ދެމެދު ވީ ކަންތަށް ކިޔައިދޭންވީ ބާވައޭ އޭޏާގެ ހިތަށް އަރަމުން ދިޔައެވެ. ކިޔަ ދިނުމުން ފަހަރެއްގައި ވެސް ހިތަށް ލުޔެއް ލިބިދާނެ ކަމަށެވެ. އެހެން ކަމުން ފުން ނޭވާ އެއް ލާފައި އަޔާނީ އާއި ދިމާލަށް އިސް އުފުލާ ބަލާލި އެވެ.

” ޔޫ ނޯވ އަބައުޓް މީ އެންޑް ޝާމިން.. ރައިޓް؟… ވަޓް ވީ ހޭޑް އިން ދަ ޕާސްޓް، އައި މީން ވަޓް ހެޕެންޑް ބިޓްވީން އަސް…؟ ނައު އައި ޑޫ ބިލީވް ދެޓް އިޓް އިޒް އަ މިސްޓޭކް… އެކަން ޔާޝް އަށް ފޮރުވައިގެން އުޅުން އަހަންނަކަށް ފަސޭހައެއް ނޫނޭ… އެހެންވެ އަހަރެން އެ ވާހަކަ ކިޔައިދިނީ ޔާޝް އަށް އެކަމަކު…” ކަރުނަތަށް ހިފަހަށްޓަން މަސައްކަތް ކުރަމުން އިވާ އަޔާނީ އަށް ކަން ހިނގައި ދިޔަ ގޮތް ކިޔައިދޭން މަސައްކަތް ކުރި އެވެ.

____

އިވާ އާއި އަޔާޝްގެ ލޯބީގެ ގުޅުން ފެށުމުގެ ކުރިން އިވާ އާއި ޝާމިން އަކީ ވަރަށް ގާތް ބައެކެވެ. އަޔާޝް އާއި އިޔާޝް އަކީ ރަށުން ބޭރު ކުދިން ތަކަކަށް ވުމުން އެ ދެކުދިންގެ ކުދިއިރުގެ ދުވަސްތަށް ހޭދަކުރެވިފައި ވީ އެހެން ރަށެއްގައެވެ. އަޔާނީ، މަލަކާ، ޒިވާ އަށް ފަހު، އިވާ އާއި ދެން އެންމެ ގާތް ގުޅުމެއް އޮންނާނީ ޝާމިން އެވެ. ގުރޭޑް ދެ އަކުން ފެށިގެން ވެސް އެ ދެކުދިންނަކީ ‘ބެސްޓް-ފްރެންޑްސް’ އެވެ.

ފުރާވަރަށް އެޅުމަށް ފަހު އެކުވެރިކަމުގެ ނަޒަރަށް ވުރެން އެހެން ގޮތަކަށް ޝާމިން އަށް އިވާ އާއި މެދު ދެކެވެން ފެށިއެވެ. ގާތް ރަހުމަތްތެރިންގެ ގާތު އެ ވާހަކަ ބުނެވެމުން އެންމެން ވެސް އެއްބަސް ވީ ޝާމިން އަށް އިވާ ދެކެ ލޯބި ވެވުނީ ކަމަށެވެ. ނަމަވެސް އިވާ އެފަދަ ނަޒަރަކުން ޝާމިން އާއި މެދު ނުދެކޭނެތީ އެކަން ހާމަ ކުރަން ޝާމިން އަކަށް ނުކެރުނެވެ. އެއީ އެކަން ހާމަ ކުރުމަށް ފަހު އީވާ އެކަމާއި ނުރުހި އެދެމީހުންގެ އެކުވެރިކަން ގެއްލިދާނެތީ އެވެ.

ގުރޭޑް ހަޔަކަށް ގުރެޖުއޭޓް ވި ފަހުން އަޔާޝް އާއި އިޔާޝް ރަށަށް ބަދަލު ވިއެވެ. ދާދި ކުޑަ ދުވަސްކޮޅެއްގެތެރޭގައި އިވާގެ ހުރިހާ ސަމާލުކަމެއްހެން އެ ދެމީހުންނަށާއި ގާތް އެހެން ރައްޓެހިންނަށް ދިޔައެވެ. އީވާ އަށް ނޭގުނެއް ކަމަކު އޭނާ އަށް ޝާމިން ދުރުކޮށްލެވުނެވެ. އަޔާޝް އަކީ އެހެންކުދިންނަށް ވުރެން އުމުރުން ދޮށި ކުއްޖެކެވެ. އިއަން އާއި އެއް އުމުރެކެވެ. އޭރު އަޔާޝް، އުޅެމުން އައީ ގުރޭޑް އަށެއްގައެވެ. ތަފާތު އުމުރެއް ނަމަވެސް އެކަކު އަނެކަކާއި ރަހުމަތްތެރިކަން އުފެދުނީ ކޮންމެ މީހެއްގެ ވެސް ކުޑަޔަށް ނުވަތަށް ބޮޑަށް ތިބޭ މީހުންގެ ސަބަބުންނެވެ. ނުވަތަ އެންމެ ގާތް އެކުވެރިޔާގެ ސަބަބުންނެވެ.

އީވާ އާއި އަޔާޝްގެ ލޯބިގެ ގުޅުން ފެށުނީ އީވާގެ ހަތެއްގެ އަހަރުގެ މެދުތެރެއިންނެވެ. އޭރުއްސުރެން އެދެމީހުން އުޅުނީ ރައްތެހިވެގެންނެވެ. އީވާ އަކީ ރީތިކަން ހުސްކޮށްގެން ހުރި ކުއްޖެކޭ ބުނެލިޔަސް ދޮގަކަށް ނުވާނެއެވެ. އެތަކެއް ފިރިހެންކުދިންނެއް އީވާ އަށް ހިތް ކިޔައިފައި ވީ އިރު އީވާގެ ހިތް އެއިން ކުއްޖަކަށް ލެނބޭ ގޮތެއް ނުވިއެވެ. އެފަދައިން އަޔާޝް އަށް ވެސް އިވާ އަށް އެހިތުގައި އިހުސާސެއް އުފެއްދިއްޖެ ކަން ޔަގީން ވިއެވެ.

ދެމީހުން ރައްޓެހި ވި އިރު އީވާ އަށް އެއީ ކުޑަ ދުވަސްކޮޅެއްގެ ގުޅުމަކަށް ވިއެވެ. އެހާ ސީރިއަސް ކަމަކަށް އެ ގުޅުން ނުވިއެވެ. އަދި އެހާ ވަރަކަށް އަޔާޝް އާއި ވެގަނެގެންނެއްވެސް އޭނާ ނޫޅެއެވެ. ނަމަވެސް ޝާމިން އަށް އީވާ އަޔާޝް އާއި ރައްޓެހި ވި ކަން އެނގުމުން އެ ހިތުގައި ހަސަދައިގެ ހުޅުގަނޑެއް ރޯވިއެވެ. އީވާގެ ކުރިމަތީ ޝާމިން އޭނާގެ ހިތުގައި ވި އިހުސާސްތަށް ބަންޑުންކޮށްލިއެވެ. އެ ދުވަސް ވީ ދެމީހުންނަށް ވެސް އައު ކަމެއް ތަޖުރިބާ ކުރެވުނު ދުވަހަކަށެވެ. އެދުވަހު ދެމީހުންގެވެސް “ފަސްޓް ކިސް” ކުރެވިގެން ދިޔައެވެ. އީވާ އަޔާޝް އާއި ރައްތެހި ވެގެން އުޅުނެއް ކަމަކު ސީރިއަސް ނޫން ކަމުގައި ބުނުމުން ޝާމިން އޭނާ އަށް އަދި އީވާ ލިބިދާނެ ކަމުގެ އުންމީދު އާލާ ވިއެވެ. ނަމަވެސް ތިން މަސް ފާއިތުވެ ދިޔަ ފަހުން އިވާ ބުނެލި ބަހުން ޝާމިން ގެ ހިތް ފުނޑު ފުނޑު ވިއެވެ. ދުވަހަކު އެ ހިތުގައި ނުރިހޭ ވަރަށް ރިއްސާލިއެވެ. އީވާ އާއި އަޔާޝް ސީރިއަސް ރިލޭޝަންޝިޕް އަކަށް އެ ގުޅުން ބަދަލު ކުރި ވާހަކަ އާއި ޝާމިން އާއި އީވާ އާއި ދެމެދު އެއްވެސް ގުޅުމެއް ނުވާ ކަމަށް އީވަ ބުނެލުމުން ޝާމިން ހަތަރު އުދަރެސް ފެނު ޖެހުނު ފަދަ އެވެ. ނަމަވެސް އެ ހިތުގައި ރޯވެފައި ވީ އަލިފާނުގެ ސަބަބުން ބަދަލު ހިފުމުގެ ރޫހު އާލާ ވިއެވެ.

 

____

“ޔާނީ އަހަރެން ދެން ކީތް ކުރަން ވީ.. ހަމަ ގައިމުވެސް ޔާޝް އެހެރީ އަހަރެން ދެކެ ރުޅި އައިއްސަ.. އެކަން އަހަންނަށް ޔަގީން.. އެކަމަކު އަހަރެން މި ހަގީގަތް ހާމަ ކުރުމަކުން ހިޔެއް ނުކުރަން އޭނާ އަހަރެން އެހާ އަވަހަހަށް ދުރުކޮށްލަ ފާނެ އެކޭ… ޔާނީ…. އަހަންނަށް އަޔާޝް ގެއްލެނީތަ؟؟.. ފާއިތުވި އަށް އަހަރު ދުވަހުގެ ގުޅުން އޭނާ އަށް އެއްވެސް އެއްޗަކަށް ނުވަނީތަ…؟؟؟ އަހަންނަކަށް ޔާޝް އަކާ ނުލައި ނޫޅެވޭނެ.. އެޔަށް ވުރެން ބޮޑަށް މިހާރު ލޯބިވޭ… ވަކިވާން ބޭނުން ނުވިޔަސް އަހަރުން ދެމީހުން މިހާރު މިވަނީ ވަކި ވެފަ…” އަޔާނީ އަށް ހުރިހާ ކަމެއް ކިޔައި ދިނުމަށް ފަހު އީވާ އަށް އަނެއްކަ ވެސް ރޮއެގަނެވުނެވެ. އޭނާ އަށް ކުރެވުނު ކަމެއް އެހާ ގިނަ ދުވަސް ވަންދެން ސިއްރު ކޮށްގެން އުޅުމަށް ފަހު ބުނުމުން އެދެމީހުންގެ ގުޅުމަށް މިހާވަރުގެ ހީނަރުކަމެއް އައިސްދާނެ އޭ ހީވެސް ނުކުރެވެއެވެ.

“އަދި- އަދި އިނގޭތަ.. އޭނާ އަހަންނާ ދިމާލަށް ބުނީ، ތިމަންނަ ފަކުރު ގަނެއްޖެޔޯ މަ ދެކެ.. ތިމަންނަ އަށް ކޮން ޔަގިން ކަމެއް ހެއްޔޯ އޮތީ އަހަރެން އަދިވެސް އޭނަ އަށް ޗީޓް ނުކުރާ ކަމުގެ… އަހަރެން އެ ވާހަކަ ނުބުނެ ސިއްރު ކުރީމަ އޭގެ ފައިދާ ޝާމިން ނެގީ.. އެ ވާހަކަ އަޔާޝް ކައިރި ބުނާނެ ކަމަށް ބުނެ އަހަރެންނަށް ބިރު ދެއްކީ.. އެކަމަކު ޔާނީ އަހަރެން ﷲ ގަންދި ހުވާ ކޮށްފަ މިބުނީ އަހަންނަށް ޔާޝް ދެކެ ލޯބި ވެވުނު ފަހުން އަހަރެން ޝާމިން އަ ގުޅުން ކަނޑާލީ.. އޭގެ ފަހުން އަޔާޝް ނޫން އެހެން މީހަކާ ނޯންނާނެ އެފަދަ ގުޅުމެއް ބާއްވާފަ އެއް.. އަހަރެން ލޯބި ވީ މީހަކީ ވެސް އަދީ ލޯބި ވާނެ މީހަކީ ވެސް އެއީ… ޔާނީ އަހަރެން ގޮތް ހުސް ވެއްޖެ… ދޮންބެ އާ ޖެހިގެން މިވާހަކަ އިނގޭނެ ދެވަނަ މީހަކީ ތީ… އަހަރެން ކީތް ކުރަންވީ… ނައިރާ އާ ޔާޝް އެހެން އުޅޭތަން ބަލަން ހުންނަން ވީ ތަ…؟؟” އީވާ އަށް އަޔާނީ ކުރިމަތީގައި އަނެއްކާވެސް ރޮއެގަނެ ވުނެވެ. އޭނާ ގޮތް ހުސްވެއްޖެ އެވެ. މަގު ގެއްލިފައި ވީ މުސާފިރެއް ފަދައިންނެވެ.

 

 

 

~ނުނިމޭ~

 

 

 

3>

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

lau.laala786@gmail.com
Follow Me Written By

[email protected]

Level 310 Stories100 Comments100 Login

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން

Next

ލޯތްބަކުން ދިން..7 ވަނަ ބައި

Next
April 10, 2023

ލޯތްބަކުން ދިން..7 ވަނަ ބައި

Previews
April 7, 2023

ދިރުމެއްނެތް ދިރިއުޅުން



All Right Reserved!