Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އުފެއްދުންތެރި ލިޔުންލޯބި

ދިރުމެއްނެތް ދިރިއުޅުން 18

Shaleen Level 1010 Stories100 Comments100 Login500 Login100 Stories500 Comments
July 31, 2023 3 Mins Read
8 Comments

“ޒީންގެ ބައްޕަ ފަރީދުތަ ތިހެންބުނީ؟” ނަތޫ ސުވާލުކޮށްލީ ދެބުމައަށް ގޮތެއް ހަދާލަމުންނެވެ. ޝައްކުގެ ބެލުމަކުންނެވެ. ޒީންގެ ޖަވާބަކަށް ނުހަނު އިންތިޒާރު ކުރަމުންނެވެ.

“އާން… އެކަމު އަހަރެން އަދި މިވާހަކަ ބައްޕައާ ދައްކާނަން. އަހަރެން ހީކުރީ ބައްޕަ އަހަރެންދެކެ އެވާ ލޯތްބަކީ އަހަރެންގެ ހުރިހާ އުފަލަކައްޓަކާވެސް ވާލޯތްބެއްކަމަށް. ނަތޫ… އަހަރެންގެ މަންމަމެނާ ކުރިމަތިލާން އަހަންނަށް އަދިވެސް ވަގުތު ބޭނުންވޭ.” އަހަރެން ނަތޫއަށް ބަލައިލީ ފެންކަޅިވެފައިވާ ލޮލަކާއެކުއެވެ.

ނަތޫގެ ޝައްކު ފިލީއެވެ. ފަރީދާއި ޒީނިޔާއާ ދެމީހުން ޒީންއަށް މިދައްކަނީ ކޮންކަހަލަ މުސްތަގްބަލެއްހެއްޔެވެ؟ ޒީންއަށް ކުރިމަތިލާން ޖެހެނީ އެވަރުގެ ކޮން މަޖްބޫރުކަމަކާހެއްޔެވެ؟ އަދިވެސް ޒީންއަށް އޭނާގެ އަސްލު ބައްޕައަކީ ކާކުކަން ބުނެނުދޭންވީ ކޮން ސަބަބަކާ ލައިގެންހެއްޔެވެ؟ ނަތޫގެ ހިތައް އަރާފައިބަމުން ދިޔައީ ވިސްނުންތެރި ސުވާލުތަކެވެ. ނަމަވެސް ނަތޫގެ ބުއްދިއަށް ނުވިސްނެނީ މިސުވާލު ތަކުގެ ޖަވާބެވެ.

ނަތޫއަށް ޔަގީންވާ ކަމަކީ އިޝާލްއަށްޓަކާ ޒީންގެ ހިތުގައި ވަނީ ތެދުވެރި ސާފު ލޯބިކަމެވެ. ޒީން އެހެން މީހުންގެ ކުރިމަތީގައި އިޝާލްގެ ހިތް ލަދުގަންނަވަނީ ޒީންއަށް މަޖްބޫރުވާތީކަން ނަތޫއަށް ޔަގީންވެއްޖެއެވެ.

“ޒީން.. ވަރަށް ބޮޑަށް މާފަށް އެދެމުން އަހަރެން ބޭނުން ވާހަކައެއް ބުނަން. މިއަދު އިޝާލްގެ އުފަންދުވަސްވީމަ އެގޭ ކުރިމަތީ އޮންނަ އަތިރިމަތީ އިޝާލް މަންމަމެން ކްލާސް ކުދިންނަށް ކެއުމެއް ދެނީ. އެހެންވެ ޒީންވެސް ދާންވާނެ ނޫންހޭ ބުނަން އަސްލު ކޮންމެހެން މިގަޑީގަ އަހަރެން މިއައީވެސް މިގެއަށް. ދަންޏާ ބުނޭ… އަހަރެން އަންނާނަން ރެޑީވެގެން ބަލާ.” ނަތޫ ބުނެލީ އުންމީދު ގެއްލިފައިވާ މީހެއްފަދައިންނެވެ.

“މަންމާ!.. ދެންތި ކީއްކުރަން ކޮންމެހެން ކައްކާ ކެއްކުމެއް. އަހަރެން ބޭނުމެއްނޫން. އުފަންދުވަސް ފާހަގަ ކުރާކަށް. އެހެން ނޫނަސް ތީ މީސްމީހުން ކޮށްއުޅޭ ކަންކަމެއްވެސް ނޫން. ތިކަހަލަ ކަންކަން ކޮށްއުޅެނީ މާލޭގަ. މަންމަ ތިއުޅެނީ މިރަށަށް ތިކަން ތައާރަފްކުރަން. އެކަމު އަހަރެން ބޭނުމެއް ނޫން.” ޖޯލިފަތީގައި އޮވެ އިޝާލް އޭނާގެ މަންމައާ ވާހަކަ ދެއްކީ ކުރިމަތިން ހެލެމުންދާ ގަސްތަކަށް ބަލަން އޮވެއެވެ.

“އަނހަ!! މިހާރު ކިހިނެއްތިވީ؟ ދަރިފުޅު އޮތީ މީގެ ދުވަސްކޮޅެއް ކުރިން މަންމަކައިރި ބުނެފަދޯ މިކަން ކޮށްދޭށޭ. ކައްކައިގެން ކްލާސް ކުދިންނާއެކު މަޖާކޮށްލަން ބޭނުމޭ ބުނީމެއްނު. އަދި މަންމަ މީހުންނަނީ ވަރަށް އިންތިޒާރުގަ މަންމަ ކައިރި ބުނަންވެފަ އޮތް ވާހަކައެއް އެބައޮތޭ ބުނީމާވެސް.” ސަހީމާ ބުނީ މީގެކުރިން އިޝާލް ބުނެފައިވާ ބަސްތަކެވެ.

“ނަތޫ… އަހަންނެއް ނުދާނަން. މިހާރުވެސް ހިތަށްއަރާ އަހަންނަކީ ކުށެއް ކުރެވިފަހުރި މީހެއްބާއޭ. ދުނިޔެއަށް އައީވެސް ކުށެއް ކޮށްގެން ބާއޭ… ތިތަނަށް ދާން އަހަރެންގެ މައިންބަފައިން ގަބޫލުވެސްނުވާނެ. އެކަމު ނަތޫމެންނަށް ވަރަށް އުފާވެރި މަޖާރެއަކަށް އެދެން.” އަހަރެންގެ ހިތާއި ދެކޮޅަށް ގޮތްނިންމީމެވެ.

“އެންމެރަނގަޅު… އެކަމަކު ތިވާހަކަތައް ކިޔައިދިނީމަ ވަރަށް އުފާވެއްޖެ. އަހަރެން ދެން ދަނީ.” ނަތޫ ދިޔައީއެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ކައްކާ ނިމެމުން ދިޔަ ވަރަކަށް ކޮންމެ ކުއްޖަކުވެސް ތައްޓަށް ކާއެއްޗެހި އަޅައިން އަތިރިމަތީގެ ޖޯލިފައްޗަށް ނުކުތެވެ. އެހެން ނަމަވެސް ހުރިހާ ކުދިން ދައްކަނީ ޒީން ނާންނަ ވާހަކައެވެ. އަދި އިޝާލް ނުފެންނަ ވާހަކައެވެ. ކޮންމެ ކުއްޖަކުވެސް އެ ޝަކުވާ ކުރުމުން ސަހީމާގެ އެދުމަށް ހާލިދުވެސް އިޝާލް ކޮބައިތޯ ބަލައިލިއެވެ. ވާނީވެސް އެހެންނެވެ. ޒީން ނެތް ތަނެއްގައި ކްލާސް ކުދިންނަކީ އިޝާލްއަށް ނެތްބައެކެވެ. އެއީ އިޝާލް ދެކޭ ގޮތެވެ.

ދެހަފްތާ ވެގެން ދިޔައިރުވެސް އަހަރެން އިޝާލްއާ ވާހަކައެއް ނުދައްކަމެވެ. ކްލާހުންވެސް ފެންނަކަމަކަށް ނުހަދަމެވެ. އިޝާލްގެ އާދޭސްތަކަށް ބީރުކަންފަތް ދިނީމެވެ. މަގުމަތިން ދިމާވެދާނެތީ އަހަރެން ގެއިން ނުކުމެއުޅުން މަދުކުރީމެވެ. ލޯބީގައި އިޝާލްފަދަ ތެދުވެރި ވަފާތެރިއަކު ލިބުމުން ވެސް އަހަރެން ކަންތައްކުރި ގޮތަކީ މިއީއެވެ. އަހަރެން އިޝާލްއަށް ބޭވަފާތެރިވީ އޭނާގެ ވަފާތެރިކަމުގެ އަގުވަޒަން ކުރުމަށް ދެކޮޅު ހަދަމުންނެވެ.

ޗުއްޓީ ދުވަސްކޮޅު ފެށުނީއެވެ. ރަށުން ފުރައިގެން ދިޔަ މީހުންގެ ބަދަލުގައި ރަށަށް އައިސް ޖަމާވާ މީހުން ވަކި މަދެއް ނޫނެވެ. ނަތޫވެސް ކޮންމެސް ރަށަކަށް ދިޔުމަށްޓަކައި އޭނާގެ އާއިލާއާއެކު ފުރީ އަހަންނަށް އިތުރު އެކަނިވެރިކަމެއް އިހްސާސް ކުރުވަމުންނެވެ. މިޗިއްޓީގައި ހަމަޖެހުމެއް ނުލިބޭ ހަމައެކަނި ހިތަކީ އެހިތަށް ނުތަނަވަސްކަން ވެރިވަމުންދާ ޒީންގެ ހިތެވެ. ފަޅުނުފިލާ ގެއަކީ ޒީން ދިރިއުޅެމުންދާ އެކުޑަކުޑަ ގެއެވެ. ކަރުނަ ނުހިކޭ ލޮލަކީ ދޭތެރެއަކުން ތެމެމުންދާ ޒީންގެ ދެލޮލެވެ.

އިޝާލްގެ އަޒުމަކީ އަދި އުންމީދަކީވެސް އެންމެ ފަހުފަހަރެއްގެ ގޮތުގައި ނަމަވެސް ޒީންއާ ބައްދަލުވެލާނޭ ފުރުސަތެއް ހޯދުމެވެ. ޒީންގެ ހާލަތު ދެނެގަތުމަށްޓަކައެވެ. ނިކަނެތިން އަތްދިއްކޮށް ސަލާންޖަހަނީ ކޮންމެސް މިންވަރަކަށް ފައިސާއެއް ހޯދުމަށެވެ. އެހެނަސް މިއަދު މާލީގޮތުން ތަނަވަސްކަން ލިބިފައިވާ އިޝާލް ސަލާން ޖަހަމުންއެދަނީ
ހަމަ އެންމެ ހިތެއްގައިވާ ލޯބީގެ މުއްސަނދިކަމަށް އެދިއެވެ..

ވޭތުވަމުންދިޔަ ދުވަސްތަކުން ރެއެކެވެ. އަހަރެން އޮތީ ކޮޓަރީގައި ވާހަކަފޮތެއް ކިޔާށެވެ. ހަމަހިމޭން ގޭތެރޭގައި އެވަގުތު މަންމައާއި ބައްޕަވެސް ނެތެވެ. ގޭގައި ހަމައެކަނި ރަނިކަން ކުރަމުންދިޔަ އަހަރެން ކުއްލިޔަކަށް ސިއްސައިންދިޔައެވެ. ކިޔަމުންދިޔަ ފޮތްވެސް މަޑުމަޑުން ބާއްވާލަމުން އަހަރެން ތެދުވީމެވެ. އިވެމުންދިޔަ އަޑު ދެނެގަތުމަށްޓަކައެވެ. އެއީ އަހަރެން ދަންނަ އަޑެއް ނޫނެވެ. އެހެންނަމަވެސް އެއީ ފިރިހެނެއްގެ އަޑުކަން އަހަންނަށް ޔަގީނެވެ. އަހަރެން ކޮޓަރިން ނުކުންނަމުން ހިނގައިގަތީ ގޭގެ ބޮޑު ދޮރާ ދިމާލަށެވެ.

“އައްސަލާމު ޢަލައިކުމް” ސަލާމްގެ އަޑު ތަކުރާރު ކުރަމުން ދިޔަމީހާ އިންތިޒާރު ކުރަމުން ދިޔައީ ޖަވާބަކަށެވެ.

“ވައަލައިކުމުއްސަލާމް” ޖަވާބުދެމުން އަހަރެން އިސްއުފުލާ އެމީހާއަށް ބަލައިލީމެވެ.

ކުރިމަތީގައި ހުރީ ރީތި އިސްކޮޅެއް ލިބިފައިވާ ފިރެހެނެކެވެ. ހެދިހުރި ހަށިގަނޑަކާއި ފުރިހަމަ ރޫފައެއް ލިބިފައިވުމުން އޭނާގެ ހައިބަތު ފާޅުވެއެވެ. އަހަރެން އެއްވަރަކަށްވެސް ނުދަންނަ އެމީހާއާއެކު ގޭގައި އެކަހިރި ވަގުތެއް ހޭދަކުރަން ޖެހުމުން އަހަރެންގެ ހަށިގަނޑުގައި ފާޑެއްގެ ތުރުތުރެއް އަޅަންފެށީ ގައިންފައިވާ ބިރެއްގެ ސަބަބުންނެވެ. އަހަރެން ޖެހިލުންވިއެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން ނުކެރިފައިހުރި އަހަރެންގެ ހިތުތެރެއިން މަންމައާއި ބައްޕަ އާދޭތޯ އެވަގުތު ދުޢާކުރަމުން ދިޔައީމެވެ.

– ނުނިމެ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Shaleen

Level 1010 Stories100 Comments100 Login500 Login100 Stories500 Comments

Other Articles

Previous

ރާނީ 15

Next

ރާނީ 16

Next
July 31, 2023

ރާނީ 16

Previews
July 29, 2023

ރާނީ 15

8 Comments!

  1. love imko 💝 says:
    July 31, 2023 at 6:39 am

    I love this story
    Did you know I am going to job today
    It is my boyfriend job
    When Is next part

    1. Shaleen says:
      July 31, 2023 at 5:27 pm

      Thanks imko
      Jobah dhaathee v ufaavey.. keep going
      Next part fridayga in sha allah

  2. love imko 💝💐 says:
    August 1, 2023 at 6:38 am

    Maybe I can’t read this story from Friday 😭
    I am so sorry 😐😞
    If I free I will read okay

    1. Shaleen says:
      August 1, 2023 at 10:10 am

      Hi imko
      It doesn’t matter.
      Free veema kiyaaliyas emme rangalhu

  3. love imko 💝🎁 says:
    August 1, 2023 at 2:05 pm

    Can you send me your email address

    1. Shaleen says:
      August 1, 2023 at 4:47 pm

      Sure
      [email protected]

  4. love imko 💝💖 says:
    August 2, 2023 at 10:45 am

    Can we best friend 😍

  5. love imko says:
    August 2, 2023 at 7:42 pm

    Send me message to Gmail chat

Comments are closed.

Next Episodeދިރުމެއްނެތް ދިރިއުޅުން 19←


All Right Reserved!