Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީހިތާމަކުރުވާހަކަ

ވީރާނާވެފައިވާ ހަޔާތް މަގޭ..

Nafu Level 810 Stories100 Comments100 Login500 Comments100 Stories500 Login
July 11, 2019 4 Mins Read
34 Comments

 

މާލޭގެ ކޮންކުރިޓް އިމާރާތްތަކާއި ހަލަބޮލި މަގުތަށް އަދި އެކި ޒާތްޒާތުގެ މީހުން ފެނިފައި އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނީ ހީވެސް ނުކުރާހާ އަވަހަށެވެ. މިއީ އަހަރެން މާލެއައި ފުރަތަމަ ފަހަރު ކަމުން މާލެއަށާއި އަދި ތަންތަނަށް ވެސް އަހަރެން ވަރަށް އަލެވެ. މަންމައާއި ބައްޕަ ބަލަމުން އައި ފޮނި ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި އަހަރެން މާލެ މިއައީ މަންމައާއި ބައްޕަ އަދި އަހަރެންގެ އާއިލާ ވެސް ދޫކޮށްލާފައިއެވެ. އަދި އަހަރެންވެސް ބަލަމުން އައި ފޮނި ހުވަފެންތަށް ހަގީގަތަކަށް ހެދުމަށްޓަކައިއެވެ. ނަމަވެސް ތަގުދީރުގައި ލިޔެފައި އޮތް އެއްޗެއް އިނގޭނީ ކާކަށް ހެއްޔެވެ؟

ކިޔެވުމަކީ އަހަރެން ވަރަށް ޝައުގުވެރިކަމާއި އެކު ކުރާ ކަމެކެވެ. ހުރިހާ މާއްދާއެއްވެސް އަހަރެން ކިޔަވަނީ ކިޔަވާހިތުންނެވެ. މިކަމުގެ ސަބަބަން އޯލެވެލް އިމްތިހާނުން މުޅި ރާއްޖޭން ވެސް ހޮވާލެވޭފަދަ ދަރިވަރަކަށްވިއެވެ. ނަމަވެސް މިއީ ހަމައެކަނި އަހަރެން ކިޔެވުމަށް ޝައުގުވެރިކަން ހުރުމުންވީ ކަމެއް ނޫނެވެ. ނަމަވެސް މިއީ އަހަރެންގެ މައިންބަފައިންނާއި އާއިލާގެ ނަސޭހަތްތަކުގެ ނަތީޖާއެވެ. އަދި އަހަރެންގެ ނުގުނޑާ އަޒުމާއި ހިތްވަރެވެ.

އަހަރެން މާލެއަށް އޭލެވެލް ކިޔަވަން މިއައީ އިތުރަށް ކިޔެވުމުގެ ބޭނުމުގައިއެވެ. އަދި އޯލެވެލްއަށް ވުރެވެސް ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައިއެވެ. މާލޭގައި އަހަރެން އުޅެމުން މިދަނީ މަންމަގެ އެންމެ ގާތް އެކުވެރިޔާ ޒާހިރާގެ ގޭގައިއެވެ. އެގޭގައި އަހަރެންނާއި އެއް ވަރަށް ކިޔަވަން މޮޅު އަދި އެއް އުމުރެއްގެ ކުއްޖެއް އުޅެއެވެ. އެއީ މަންމަގެ ރަހްމަތްތެރިޔާގެ އެންމެ ދޮށީ ދަރި ނިޝްޔާއެވެ. ނަމަވެސް ނިޝްޔާ އަހަރެންނާއި ތަފާތީ އެންމެ ތަންކޮޅެކެވެ. އެއީ މިޒާޖެވެ. އަހަރެންނަކީ އަބަދުވެސް ވަރަށް ހިތްހެޔޮ އެކުވެރި މިޒާޖެއްގެ ރުޅިމަޑު މީހެކެވެ. ނަމަވެސް ނިޝްޔާއަކީ ރުޅިގަދަ ކަންކަމާ ބޮޑާވާ އަދި ހަސަދަވެރިވާ ކުއްޖެކެވެ. ނިޝްޔާއަކީ ރުޅިގަދަ މީހެއްކަމުގައި ވިޔަސް އަހަރެންނަށް ނިޝްޔާ ވަރަށް ރަނގަޅެވެ. އެކި ކަންކަމުގައި އެހީތެރި ވެދީ ހަދައެވެ. ހަމައެފަދައިން އަހަރެންވެސް ނިޝްޔާއަށް ކަންކަމުގައި އެހީތެރިވެދީ ހަދަމެވެ. އަދި ގޭތެރޭގެ ކުދިކުދި މަސައްކަތްތައް ވެސް ކޮށް އުޅެމެވެ.

ފުރަތަމަ ޓާމްގެ ޓެސްޓްގެ ނަތީޖާ ލިބުނު ދުވަހަކީ މި އަހަރުގައި އަހަރެން އެންމެ އުފާވި ދުވަހޭ ބުންޔަސް ދޮގަކަށް ނުވާނެއެވެ. ކުލާހުގައި އަހަރެންގެ ޕޭޕަރތައް ފެނިފައި ނިޝްޔާއަށް ބަދަލުތަކެއް އައިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އަދި އަހަރެންނަށް ވުރެ ކުރިން ނިޝްޔާ ގެއަށް އައުމުން ވެސް އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދުނު ކަމުގައި ވިނަމަވެސް އަހަރެން އެހައި ބޮޑަކަށް އެކަމަކަށް އަޅައެއް ނުލަމެވެ. އެއަށްވެރެ އަހަރެންނަށް ލިބިފައި ހުރި އުފާ ބޮޑުވީމާ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއުފާވެރިކަން ހިތާމައަށް ބަދަލުވެގެން ދިޔައީ އަހަރެން ޕޭޕާރތައް ހިފައިގެން ގެއަށް އައިސް ވަނުމުންނެވެ.  ގޭގެ މައިދޮރުން ވަން އިރު ކުރިމަތީގައި ލޯއަޅައިލައިގެން އަހަރެންނާ ދިމާއަށް ބަލަން ތިބި ޒާހިރައްތަ އާއި ނިޝްޔާފެނި އަހަރެންގެ ތުންފަތުގައި ވި ހިނިތުންވުން ފިލައި ދިޔައެވެ. ޒާހިރައްތަ އައި ގޮތަށް އައިސް އަހަރެންގެ އަތުގައި ހިފައިގެން ދަމާފައި ގެންގޮސް ގޭތެރެއަށް ވެއްދިއެވެ. އަދި ޒާހިރައްތަގެ އަތުގައި ހުރި ބާރެއްލައިފައި އަހަރެން ތަޅުންގަނޑު މައްޗަށް ވައްޓާލީ އެއްވެސް ރަހުމެއް ނެތިއެވެ. އަދި އަތުގައި ހުރި ޕޭޕާރތައް އަތުލައި އެވީދާލައިފައި ތަޅުންގަނޑު މައްޗަށް ކަރުދާސްތައް އަޅާލައިފައި އަހަރެންނަށް އެއެއްޗެހިތައް ހޮވަން ޖެއްސިއެވެ. އަދި ނިޝްޔާވެސް އަހަރެންނާ ދިމާއަށް ހެވިފައި ބަލަން ހުރުމުން އަހަރެންގެ ހިތަށް ނުހަނު އަސަރުކުރިއެވެ.

އެދުވަހަށްފަހު ކޮންމެ ދުވަހެއްވެސް އަހަރެންނަށް ތަހައްމަލު ކުރަން ޖެހެނީ އެފަދަ ގޮތަކަށެވެ. މިހާރު އަހަރެން މިވަނީ މިގޭގެ އަޅަކަށްވެފައިއެވެ. ކޮންމެ ދުވަހަކު ސުކޫލަށް ނުގޮސް ގޭގެ ހުރިހާ މަސައްކަތެއް ކުރަން ޖެހެނީ އަހަރެންނަށެވެ. އަހަރެން ސުކޫލަށް ދާން ތައްޔާރު ވާން އުޅޭކަން އިނގިއްޖާ ޔުނީފޯމް އަށް ރޫ އަރުވައި ކިލާ އުނގުޅައި އަހަރެންނަށް ސުކޫލަށް ނުދެވޭ ވަރު ކުރެއެވެ. ނަމަވެސް ޒާހިރައްތަ އަށް އަހަރެން ކުރާ އެއްވެސް ކަމެއް ކަމަކު ނުދެއެވެ. ކައްކާފައި ހުންނަ އެއްޗެހީގައި ލޮނު މަޑުވެދާނެއެވެ. ނޫނީ ގަދަ ވެދާނެއެވެ.  އެއްޗެހީގައި ލާންވީ ރަހަ ނުލާފިއްޔާ އެއެއްޗެއް އަހަރެންގެ ބޮލަށް އަޅާލަދާނެއެވެ. ކަންތައްތައް މިގޮތަށް ދިޔައިރުވެސް އަހަރެން މަންމަމެންނަށް މިކަންތައްތައް ސިއްރު ކުރީމެވެ. މަންމަމެން ގުޅިޔަސް އަހަރެން އެހައި ވާހަކައެއް ނުދައްކަމެވެ.

ފަހަކަށް އައިސް އަހަރެންގެ އެކުވެރިއަކަށް އެކަނިވެރިކަން އިހްތިޔާރު ކުރީމެވެ. އަދި ހުސްވަގުތެއް ލިބޭ އިރަށް ކޮޓަރި އަނދިރިކޮށްފައި ކޮޓަރީގެ އެއްކަނެއްގައި އިންނަ ހިތްވިއެވެ. ސުކޫލަށް ދާން ފުރުސަތު ނުލިބުމުން އަހަރެންނަށް ވަނީ އެތަށް އަސަރެއްކޮށްފައިއެވެ. އެންމެ ޝައުގުވެރިކަން ހުރި އެއްކަން ދޫކޮށްލަން ޖެހުމުން އަހަރެންގެ ހިތަށް ކުރާ އަސަރު ބަޔާން ކުރަންވެސް ދައްޗެވެ. ޒާހިރާއްތަ ވަނީ އަހަރެންގެ ފޮތްތައްވެސް އަންދާލާފައިއެވެ.

”އަހަރެން ކަލޭއަށް މިހެން މިހަދަނީ އަހަރެންގެ ނިޝްޔާއަށް ވުރެ ކަލޭ މާ މޮޅުވީމަ.. އިނގިއްޖެ..” އެއްދުވަހު އަހަރެންގައިގައި ޒާހިރާއްތަ ތަޅައިގަނުމުން ހިތްވަރު ކޮށްލާފާއި އަހަރެންނަށް ތިހެން ތި ހަދަނީ ކީއްވެ ހޭ ސުވާލު ކުރުމުން ޒާހިރައްތަ ޖަވާބުދިން ގޮތުން އަހަރެންގެ ހިތް ކުދިކުދިވި ހެން ހީވިއެވެ. އެވަރުގެ ކަމަކާއި އެމީހުން އަހަރެންނާއި މެދު ހަސަދަވެރިވުމުން އަދި ބޮޑަށް ހިތުގައި ޖެހުނެވެ. އަދި މަންމަމެންގެ ހުވަފެންތައް ހަގީގަތަކަށް ހަދާނުދެވޭތީވެސް އަހަރެންނަށް ނުހަނު އަސަރު ކުރިއެވެ. އަހަރެންވެސް ދެކެމުން އައި ހުވަފެންތައް ޒާހިރާއްތަމެން ފުޑުފުޑު ކޮށްލީ ކުޑަކުޑަ ކަމަކާއިއެވެ.

އަހަރެން ފޯނަށް ގުޅާ ގުޅާ ފޯނު ނުނެގުމުން އެއްދުވަހެއްގެ ހަވީރު މަންމައާއި ބައްޕަ މާލެއައީ އަހަރެންނަށް ވީ ކިހިނެއްތޯ ބަލައިލުމަށެވެ. އެދުވަހަކީވެސް އެހެން ދުވަސް ދުވަހެކޭ އެއްފަދައިން ޒާހިރާއްތަ އަހަރެންނަށް އަނިޔާ ކުރި ދުވަހެކެވެ. ކަން ދިމާކުރި ގޮތުން ޒާހިރާއްތަ އަހަރެން ތަޅުންގަނޑު މައްޗަށް ކޮށްޕާ ވައްޓާލީ އަހަރެންގެ މަންމަ އާއި ބައްޕަ ގެ ކުރި މަތީގައިއެވެ. ޒާހިރާއްތަ އަށް ބައްޕަމެން ފެނިފައި ކުއްވެރިއަކު ފަދައިން އިސްދަށަށް ޖަހައިލައިގެން ހުއްޓެވެ. ބަލާކަށް ނުހުރެ މަންމަ ގޮސް ޒާހިރާއްތަގެ ކޯތާފަތް މަތީގައި ބާރު އެތިފަހަރެއް ޖަހައިލިއެވެ. އަދި އަހަރެން ގޮވައިގެން މަންމައާއި ބައްޕަވެސް އެގެއިން ނުކުމެގެން ދިޔައީ ރޮމުން އަހަރެންގައިގައި ފިރުމަމުންނެވެ.

ރަށަށް ދިޔަ މަގުމަތީގައި އަހަރެން މަންމަ އަށް ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. މަންމަ އަހަރެންނާ ޝަކުވާކުރީ އެވާހަކަ މަންމަކައިރީ ނުބުނުމުންނެވެ. އެތައް ފަހަރަކު މަންމަ ސުވާލު ކުރަމުން ދިޔައީ އެވާހަކަތައް މަންމައާއި ހިއްސާނުކުރުމުންނެވެ. އަހަރެން ކުރިހާވެސް ކަމަކީ މަންމަގެ އުނގުގައި ބޯއަޅައިލައިގެން އޮވެ ރުއިމެވެ. އަހަރެންގެ ހިތް ވަނީ ދިރި ހުއްޓާ މަރުވެފައިއެވެ. މަރުވީއެއް ނޫނެވެ. މަރާލީއެވެ.  އެންމެ މަންޒަރަކުން މަންމަމެންގެ ހިތުގައި ހުރި ސުވާލަށް ޖަވާބުލިބުމުން އެކަމާއި ގުޅޭ ގޮތުން އެހައި ސުވާލެއް ނުކުރެއެވެ. ރަށުގައި އެތަށް ދުވަހެއް ފާއިތުވެގެން ދިޔައިރުވެސް އަހަރެންގެ އުޅުމަކަށް ބަދަލެއް ނައެވެ. އެކަނިވެރިކަން އެކުވެރިއަކަށް ހަދައިގެން ރަށު ސުކޫލްގައި ވެސް އެއްވެސް ކުއްޖަކާއި ވާހަކަ ނުދައްކާ އަހަރެން އަނެއްކާވެސް އައު ހަޔާތެއް ފެށީ މަންމައާއި ބައްޕަގެ އަދި އަހަރެންގެ ވެސް ހުވަފެންތަކުގައި ކުލަ ޖެއްސުމަށެވެ. ނަމަވެސް އަހަރެންގެ ހިތުގައި އުފެދޭ ސުވާލަކީ އަހަރެންނަށް މިކަން ވާނެބާއެވެ.

އަހަރެންގެ ކިޔެވުމުންގެ ހަޔާތް ނިމިގެން ދިޔައީ ވަރަށްވެސް ހިތި ގޮތަކަށެވެ. ކުލާހުގެ އެންމެ ދަށް ކުދިން ތަކުގައި އަހަރެން ހިމެނުން ހަބަރުވީ އަހަރެންގެ މައިންބަފައިންނަށާއި އާއިލާއަށް އަޑު އަހަން ފަސޭހަވި ހަބަރެއް ނޫނެވެ. ނަމަވެސް އަހަރެންގެ ހިތަށް އެއްވެސް އެއްޗެއް ނާރައެވެ. ކޮންމެ ފަދަ ނަތީޖާއެއް ލިބުނަސް އަހަރެންނަށް ރަނގަޅެވެ. މައިންބަފައިންގެ ހުވަފެންތަކުގައި ކުލަޖެއްސުމަކަށްވެސް އަހަރެން މިހާރު މަސައްކަތެއް ނުކުރަމެވެ. ހަގީގަތުގައި އަހަރެން އަހަރެންގެ ކިޔުވުމުގެ ހަޔާތް ދެކެ މިހާރު ނަފްރަތުކުރަމެވެ. ކިޔެވުމާއި ބެހޭ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއް ނުވެއެވެ. އެތައް ފަހަރަކު މަންމަ ވެސް އަހަރެންނަށް ނަސޭހަތް ދީފިއެވެ. ނަމަވެސް އަހަރެން އެ ނަސޭހަތްތަކަށް ދެނީ ބީރު ކަންފަތެކެވެ.

މަންމަމެން އަހަރެންގެ އުޅުން ރަނގަޅު ކުރެވޭތޯ އަހަރެން ގާތު ޒަވާޖީ ހަޔާތެއްވެސް ފަށަންވެސް ބުނެފިއެވެ. ނަމަވެސް އަހަރެން އެކަން ކުރާކަށް ބޭނުމެއް ނޫނެވެ. މަންމަމެން އެކަމާ އާދޭސް ކުރަން ފެށުމުން އަހަރެން މަންމަގެ އެ އެދުމަށް އާއެކޭ ބުނީމެވެ.

އަހަރެންނަށް ލިބުނީ ވަރަށް ވެސް ރަނގަޅު ފިރިއެކެވެ. އަހަރެންނަށް ދުވަހަކުވެސް އެއްޗަކަށް އެދޭކަށް ނުޖެހެއެެވެ. މާ ކުރިން އެއެއްޗެއް ގެއަށް ގެނެސް ބަހައްޓައެވެ. އަހަރެންނަށް އެތަށް ކަމަކަށް އެހީތެރިވެދެއެވެ. އަހަރެންނަށް އެތައް ނަސޭހަތެއް ދީ ހަދައެވެ. އަހަރެން އެ ނަސޭހަތްތައް އަޑު ނޭހިއަސްމެއެވެ. ހުއްޓާނުލައި ކޮންމެ ދުވަހަކު އަހަރެންނަށް ނަސޭހަތް ދީ ހަދައެވެ. ނަތީޖާއެއްގެ ގޮތުން އަހަރެންގެ އުޅުމަށް ބޮޑެތި ބަދަލު ތަކެއް އައިއްސި ކަމަށް އަހަރެންނަށް ވެސް ފާހަގަ ކުރެވެއެވެ. ކޮޓަރީގައި ނޯވެ ބޭރުގައި ކޮއްކޮ މެންނާއިއެކު  ވަގުތު ހޭދަކުރެވެއެވެ. ގޭގައި ކޮންމެވެސް މީރު އެއްޗެއް ކާން ހަނދަން ޝައުގުވެރިވެއެވެ. ފިރިމީހާ ދިން ނަސޭހަތް ތަކުގެ ސަބަބުން އަހަރެންގެ ހަޔާތް ބަދަލުވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. އަހަރެންގެ މައިންބަފައިން ވެސް އެކަމުގައި ހުރީ ނުހަނު އުފާވެފައި ކަން އަހަރެންނަށް އެނގެއެވެ. ނަމަވެސް މިކަންތައްތައް ބަދަލު ވާން ފެށީ ނުހަނު އަވަހަށެވެ.

އަހަރެންނަށް ކުއްޖަކު ލިބުމުން މިކަންތައްތައް އެއްކޮށް ބަދަލު ވެއްޖެއެވެ. ފުރަތަމަ ދުވަސްކޮޅު އަހަރެން ދަރިފުޅުދެކެ ނުހަނު ލޯބިވިއެވެ. އަނިޔާއެއް ލިބޭކަށް ނޭދެވެއެވެ. ނަމަވެސް ދަރިފުޅަށް ތިން އަހަރުގައި އަހަރެންނަށް ދަރިފުޅަށް އަނިޔާ ކުރެވެން ފެށިއެވެ. އެދަރިފުޅުގެ އެއްވެސް ކުށަކާއި ނުލައި އަހަރެން ކޮންމެ ދުވަހަކު އެދަރިފުޅު ރޮއްވައިލަނީ އެއްވެސް ކަމަކާއި ލައިގެންނެއް ނޫނެވެ. މިހާރު އެދަރިފުޅަށް އަނިޔާ ކުރުމަކީ އަހަރެން ވަރަށް ގަޔާވާ ކަމެކެވެ. އަހަރެންގެ ފޫހިވެސް ފިލައި ކަމެކެވެ. ޒާހިރައްތަމެން އަހަރެންނަށް ކުރި އަނިޔާ ހަމަ އެދަރިފުޅަށްވެސް އަހަރެން މިދަނީ ކުރަމުންނެވެ. މިފަހަރުވެސް ފިރިމީހާ އަަހަރެންނަސް ވަރަށް ނަސޭހަތްދިނެވެ. ނަމަވެސް އަހަރެން އެއިން އެއްވެސް ނަސޭހަތެއް އަޑެއް ނާހަމެވެ. އަހަރެންގެ ހަނދާނުގައި ވަނީ ޒާހިރާއްތަ އަހަރެންނަށް ދިން އަނިޔާތަކެވެ. މަންމަވެސް އަދި ބައްޕަވެސް އަހަރެންނަށް ނުހަނު ގިނައިން ނަސޭހަތް ދީފިއެވެ. ނަމަވެސް އަހަރެންގެ އުޅުމަކަށް ބަދަލެއް ނައެވެ. ނަތީޖާއެއްގެ ގޮތުން ފިރިމީހާވެސް އަހަރެން ދޫކޮށްލާފައި ދިޔައީ ދަރިފުޅުވެސް ގޮވައިގެންނެވެ. އަހަރެން މިކަމަކާއި އެއްވެސް ވަރަކަށް އަޅައެއް ނުލަމެވެ. އެންމެ ކުޑަ މިނުން ލޮލުން އެންމެ ކަރުނަ އެއްވެސް ނުބާލުވަމެވެ. އަހަރެންގެ ހަޔާތް މިވަނީ އެއްކޮށް ބަދަލުވެ ވީރާނާ ވެފައިއެވެ. އަހަރެން ގަބޫލުކުރާ ގޮތުގައި އެކަކަށްވެސް އަހަރެން ދެން ރަނގަޅެއް ނުކުރެވޭނެއެވެ. އަަހަރެންނަކީ ވަރަށް ބަދު ނަސީބު މީހެކެވެ. ދުވަހަކުވެސް އަހަރެން ރަނގަޅެއް ނުވާނެއެވެ. މިއީ އަހަރެންގެ ވީރާނާވެފައިވާ ހަޔާތެވެ.

~ ނިމުނީ ~

ނޯޓު: މިއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އަމިއްލަ ހިޔާލަށް ލިޔެފައިވާ ވާހަކައެކެވެ.

 

 

 

Share Article

Follow Me Written By

Nafu

Level 810 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

733 ( ހަވަނަބައި )

Next

ހާސިލް ވުމަށް އެދި 3

Next
July 11, 2019

ހާސިލް ވުމަށް އެދި 3

Previews
July 11, 2019

733 ( ހަވަނަބައި )

34 Comments!

  1. Dhonthy says:
    July 11, 2019 at 1:48 am

    V reethi story eiy…. ❤️❤️❤️ Ibraiythakevves libijje mi vaahaka kiyaigen… Thank you Nafu mihaa reethi loabi loabi vaahaka eiy genesdhineema ingey??? You are really talented
    Dhonthi au faahaga kurevunu thankolheiy eiy gnaviyaneege badhaluga yaa liyevifa hunnanee.. Shift ‘N’ beynun kuree a gnaviyani liyeveyne… Hope you got cleared….. Over all the story is hama perfect… I really love it❤️❤️❤️??❤️?❤️?

    1. ?Nafu? says:
      July 14, 2019 at 6:54 am

      Thanks a lot dhonthy..????? dhn faharaku rangalhu kohlaanan dhonthi thibuni kanthah.. again thank you so so much dhonthy.. it means a lot.. ??????

  2. Friend eh says:
    July 11, 2019 at 4:43 am

    E anhen kuhjja h heyo visnun dhehvaashi…varah rythi mi vaahaka ves… ekuhjja adhi ves ulheni ehntha… ?

    1. ?Nafu? says:
      July 11, 2019 at 1:26 pm

      Thanks a lot friend eh… ????

  3. anaa says:
    July 11, 2019 at 11:19 am

    Subuhaanallah… mi dhuniya lahvaafaivaa kon kahala filaavalheh… e kuhjja ah ragalhuvaanee islaam tharubihyatheh dhehvun.. dhuniye lahvaafaivaa ehme ragalhu ehjakee namaadhu adhi quruaan kiyevun..eyrun e anhen kuhjjage visnu badhaluvaane.Namaves e anhan kuhjja ah heyo visnumeh dhehvaashi… adhi bunan beynumee nafu mi vaahaka varah reethi..

    1. ?Nafu? says:
      July 11, 2019 at 1:28 pm

      Aameen..
      Thanks a lot anaa..?????

  4. jiji says:
    July 11, 2019 at 1:17 pm

    E kuhjaa ah heyo visnun dhehvaashi.. Aameen…Nd story is really beautiful…kiyaa hithun kiyaalevuny…Good job dearrr?

    1. ?Nafu? says:
      July 11, 2019 at 1:29 pm

      Aameen..
      Thanks a lot jiji?????

  5. ?Nafu? says:
    July 11, 2019 at 1:30 pm

    Assalam alaikum..
    Mivaahaka Vs hurihaa kiyun therinnah kamudhaane kamah unmeedhu kuran.. ??? share your views..

  6. A girl says:
    July 11, 2019 at 5:30 pm

    Furathama kamakah amihlla nafsah ithubaaru kuranvi. Vefa huri kamen ehaa dhuvas v iru doctorge lafaa ahaalun ragalhu. Dhn dharifulhah aniyaa kurun e hanllen nun dharinnakee allah dhenvvaa amaanaathen

    1. ?Nafu? says:
      July 11, 2019 at 10:30 pm

      ???

  7. Mee says:
    July 11, 2019 at 6:44 pm

    Mee aslu higi kameh?????

    1. ?Nafu? says:
      July 11, 2019 at 10:27 pm

      Yess.. mi e hageegee vaahaka eh..

  8. Cutieee_girl says:
    July 11, 2019 at 7:27 pm

    OMG… Varah reethi vaahaka ehh… ?keep it up @nafu

    1. ?Nafu? says:
      July 11, 2019 at 10:28 pm

      Thanks a lot cutieee_girl???

  9. nepy says:
    July 11, 2019 at 11:16 pm

    Kaaakah v goteh baaa

  10. Unknown guy says:
    July 12, 2019 at 2:34 pm

    Vv salhi ingey ??

    1. ?Nafu? says:
      July 12, 2019 at 7:07 pm

      thanks unknown guy… 🙂

  11. do ū hate me says:
    July 12, 2019 at 7:35 pm

    You are the best Story wirtter for me Keep it ūp dear i love YouR story so mach waitting for YouR storys like This hageegey haadhisaaaaaa Tah More love from me

    1. ?Nafu? says:
      July 14, 2019 at 6:56 am

      Awwnn???? thank u so much.. vr ufaavehjje dear ge fav writer ah v ma..???? ya Insha Allah .. .soon

  12. Cutieee_girl says:
    July 13, 2019 at 7:09 pm

    Ur welcome… One more story @nafu ??

    1. ?Nafu? says:
      July 14, 2019 at 6:57 am

      Ya soon.. Insha Allah????

  13. jiji says:
    July 13, 2019 at 11:23 pm

    Mikahala hageegey storyah plx nafu

    1. ?Nafu? says:
      July 14, 2019 at 6:57 am

      Soon.. Insha Allah.. keep waiting..???

  14. jiji says:
    July 14, 2019 at 3:17 pm

    Thanks love ū so mach

    1. ?Nafu? says:
      July 14, 2019 at 7:14 pm

      ur most welcome jiji dear.. 🙂 lots of love frm me too.. 🙂 🙂

  15. jiji says:
    July 16, 2019 at 10:01 am

    Nafuu…Who commented my name in last is not mee..I think its someone else..I commented before..I request that person not to use my name..Nd nafu aneh story avahah upkohbba

    1. ?Nafu? says:
      July 16, 2019 at 10:07 am

      Jiji alhaanulaa ekahala kankamaa.. I know that’s not you.. yeah that’s someone else.. don’t worry about that.. submit kohfa vaany.. keep waiting Inge????

  16. Snow white says:
    July 17, 2019 at 10:47 am

    Wow ??Vv lobe vaahaka mee ??????????

    1. ?Nafu? says:
      July 17, 2019 at 7:27 pm

      thanks a lot snow white.. 😉

  17. santhi says:
    July 31, 2019 at 4:38 pm

    egay ki iruves hageegi hadhisa eh masha binakoh liyefa in hiyaalee vaaahaka ehkan

    1. ?Nafu? says:
      August 31, 2019 at 2:16 pm

      Alhe.. I didn’t mean this story for anyone.. but this is a real story.. adhi amihla hiyaalah ginaan hunnaany.. btw vr bodah maafah edhen..??

  18. lau says:
    August 25, 2019 at 9:00 pm

    This makes me cry :'( . aniya nukuriyas male ah maibafainna wakiwegen kiyawan ais ulhey iru mikahala ethah hithaama eh kuran jehey ginafaharah, kiyewun halakuwe kiyewun mathin foohiwe dhiriulhun mathin foohi wey :'(

    1. ?Nafu? says:
      August 31, 2019 at 2:20 pm

      Ya.. me mihaaru vr ginain vaa kameh.. aslu Gina faharah myhunnah nuvisneny ekahala kameh kuryma vaane dhera.. ekam aharemen nuvaane amihla dhiri ulhun mathin foohi vaakah.. konme kameh Vs vaany enme rangalhah.. Nd aharemennaa eky abadhuvs Allah subuhaanahoo vatha’aalaa vaane..

Comments are closed.



All Right Reserved!