Skip to content
އެސްފިޔަ

ބަދަލް 1

“އޭ ލޯބިވާއެވެ. އަހަރެންގެ ހަޔާތަށް ތިގެނެސްދިނީ ކޮންފަދަ އުފާވެރި ކަމެއްހެއްޔެވެ؟ މި އިހްސާސްތައް އަހަރެންނަށް ވަރަށް އަލެވެ.މި އިހްސާސްތައް ގަލަމަކުން ބަޔާން ކޮށްދޭނީވެސް ކިހިނެއް ހެއްޔެވެ؟ ތިބާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތް ތެޅިލަނީ ތަފާތުގޮތަކަށެވެ. އަބަދު އަހަރެންނަށް އޮވެވެނީ ކަލާގެ ހަނދާނުގައެވެ. ކަލާގެ ލޯބި ހިނިތުންވުމެވެ. ފަރި ފަރި ހިނގުމެވެ. ހޭލާ ހުއްޓަސް ހުރެވެނީ ހުވަފެންބަލާށެވެ. ނިދުނަސް ފެންނަނީ ކަލާގެ ހުވަފެންތެކެވެ.” ލޫތު އޭނާގެ ހިތުގެ ހާލު ޑައިރީއާއި ހިއްސާކުރަމުން ދިޔައިރު ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ.އެހިނިތުންވުމަކަށް އެތައް އަންހެންކުދިންގެ ހިތްތަށް ފިދާވާވަރުގެ ފިރިހެންވަންތަ ހިނިތުންވުމެކެވެ. އޭރުވެސް އޭނާގެ ހިތުގައިވީ އޭނާގެ ރާނީގެ ޚިޔާލުތަކެވެ.

22 އަހަރުގެ ލޫތް އަސްލަމް އަކީ ލިޔުމުގެ ދާއިރާއިންނާއި އޭނާއަށް ލިބިފައިވާ އާދަޔާ ޚިލާފު ރީތިކަމަށް ރާއްޖޭގައި ނަން މަޝްހޫރު ޒުވާނެކެވެ. ކުޑައިރުއްސުރެ ލިޔުމަށް ޝައުޤުވެރިވާ ލޫތުގެ ހުވަފެނަކަށްވީ ކާމިޔާބު ލިޔުންތެރިއަކަށް ވުމަށެވެ. އޭނާގެ ހުވަފެން ހަގީގަތަކަށްވުމަށް ގަދައަޅާ މަސައްކަތް ކުރީ ރައްޓެހިންގެ އެތަކެއް ފާޑުކިޔުންތަކާއެކުއެވެ. ލިޔުމަކީ ލޫތު ފަދަ މޮޅު ކުއްޖަކާ އެކަށީގެންވާ މަސައްކަތެއް ނޫން ކަމާއި އަންހެން ދުޅަ މަސައްކަތެއް ކަމަށް ބުނި ބުނުމަށް ބީރު ކަންފަތެއްދީ ލޫތު އެމީހުނަށް ސާބިތުކޮށްދިނީ އޭނާގެ ކުޅަދާނަކަމެވެ. ލޫތުގެ އުމުރުން 18 އަހަރުގައި މައުލޫމާތުގެ ދެފޮތާއި ތިން ވާހަކަ ފޮތް ޕަބްލިޝް ކުރެވުނު އިރު މީހުންގެ މަޤުބޫލުކަން ލިބެން ފެށިއެވެ. ލޫތުގެ ކުޅަދާނަކަމާއެކު އެތައް ބައެެއްގެ ހިތްތަކާއި ކުޅެމުންދިޔައެވެ. ދިވެހިފޮތްތަކުގެ އިތުރުން އިނގިރޭސި ފޮތްތައް ލިޔެ އޮންލައިން ކޮށް އެކި ސައިޓްތަކަށް ޕަބްލިޝް ކުރުމާއެކު ބޭރު ގައުމުތަކުންވެސް އޭނާއަށް ތަރުހީބު ލިބެންފެށިއެވެ. އިތުރު ވާހަކަތަށް ނެރުމަށް ޑިމާންޑް އަންނަން ފެށުމާއެކު ވިޔަފާރި ފުޅާކުރުމުގައި ލޫތުއަށް އެންމެ ބޮޑު އެހީތެރިކަމެއްވީ އޭނާގެ ބައްޕަ އަސްލަމެވެ. ލޫތު ވިހެއުމުގެ ތެރޭގައި އޭނާގެ މަންމަ ނިޔާވުމާއި ގުޅިގެން އަސްލަމް ލޫތު ބޮޑުކުރީ އޭނާ އަމިއްލައަށެވެ. އަމިއްލަ ކުންފުނީގައި މަސައްކަތް ކުރަމުންވެސް އިތުރު ކައިވެންޏެއް ކުރުމަށް އޭނާ ނުކުޅެދުނީ އޭނާ ލޫތުދެކެ ވާ ލޯބިންނެވެ. އެ ލޯބި ފަނޑުވުމަށް ނޭދޭތީއެވެ. މަންމައެއް ނެތުމުގެ ފަޅުކަން އިހްސާސްވިޔަ ނުދިނުމަށް އޭނާ ވަރަށް މަސައްކަތް ކުރިއެވެ. ﷲގެ އިރާދަފުޅާއެކު މިއަދު ލޫތުގެ ކާމިޔާބީގެ ހަމައެކަނި ސިއްރަކީ އަސްލަމެވެ. ލޫތުވެސް އޭނާގެ ބައްޕަދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ވާނީވެސް އެހެން ތާއެވެ. އެންމެ ކުޑައިރުއްސުރެ ބައްޕަ ނޫން މީހަކު އޭނާގެ ނެތެވެ. އޭނާ އެވަރަކުން ލިޔުންތެރިއަކަށް ވީވެސް އެއީ ބައްޕަގެ ފޮނި އުއްމީދަކަށް ވީމައެވެ. ބައްޕަ ފަޚުރުވެރިވާފަދަ ކުއްޖަކަށް ވުމަށެވެ.

ގަޑި ބަލާލުމާއެކު ލޫތް ތެޅިގަނެފައި ލޯގަޑުން އޭނާގެ މޫނުބަލާލާފައި ތުނިކޮށް ފަޅާފައިވާ ތުބުޅީގައި އަތްހާކާލުމަށްފަހު ހީލިއެވެ. އެއާއެކު ދެކޮލަށް އަޑިކޮޅެއް އެޅިގެން ދިޔައެވެ. އޭނާއަށް ލިބިފައިވާ ދިގު އިސްކޮޅާއި ހަތަރެސްކަން ބައްޓަމުގެ މޫނު އޭނާގެ ފިރިހެންވަންތަކަން އިތުރުކޮށްދެއެވެ. ލިޔުންތެރިކަމުގެ ރޮނގުން އޭނާ އެހާ މަޝްހޫރުވީ އޭނާގެ ރީތިކަމުގެ ސަބަބުންކަމަށް ބުނެ އެތަށް ބަޔަކު ފާޑު ކީ ނަވެސް އޭނާގެ އަމިއްލަ ލިޔުންތަކާއި ދޭތެރޭ އޭނާ އިތުބާރު ކުރެއެވެ.މީހަކު މަޤުބޫލުވެއްޖެނަމަ އަބަދުވެސް އެމީހަކަށް ފާޑު ކިޔުމަށް ބަޔަކު އަތުކުރި އޮޅާލާނެއެވެ. އެއީ ދުނިޔޭގެ އާދައެވެ.

“ސޯފީ… ސޯފީ….” ތަންކޮޅެއް ބާރަށް ސޯފީއަށް ގޮވާލަމުން ލޫތު ސިޑިން ފޭބިއިރު ސޯފީ ލޫތުގެ ސައިކަލު ތަޅުދަނޑި ހިފައިގެން ސިޑި ކައިރިއަށް އައިއްސިއެވެ. ރީތި ހިނިތުންވުމާއެކު ލޫތުގެ ބޮލުގައި ފިރުމާލިއެވެ.

ސޯފީއަކީ ލޫތު ހަނދާން ހުންނަން ފެށީއްސުރެ އެގޭ މަސައްކަތްތައް ކުރަން އުޅޭ ބޭރު މީހެކެވެ. މަންމައަކާއި ނުލާ ބޮޑުވި ލޫތުއަށް ސޯފީ ޚާއްސަވީ އޭނާއަށް މައިވަންތަކަމުގެ ކުލުނު ސޯފީގެ ފަރާތުން ލިބޭތީއެވެ.އޭނާ ސޯފީ ދެކެނީ މަންމައެއް ގޮތުގައެވެ.

“ތޭންކްސް…..” ލޫތު ސޯފީއަށް ރީތި ހިނިތުންވުމަކާއެކު ކުޑަކޮށް ބައްދާލައިފައި ގެއިން ނުކުންނަން ހިނގައިގަތެވެ.

“ދަރިފުޅު މިއަދުވެސް؟ް ބައްޕަ އާއެކު ކާލައިގެން ދާންވީނު ދާތަނަކަށް…..” އޮފީސް ނިންމާފައި ގެއަށް ވަތް އަސްލަމަށް ލޫތު ގެއިން ނުކުންނަތަން ފެނި އަހާލިއެވެ.

ލޫތު އޭނާގެ 20 މުވައްޒަފުންނާއެކީ ހިންގާ ވާހަކަ ކުންފުނީގައި މަސައްކަތް ކުރަނީ ރޭގަނޑު ވަގުތުއެވެ.ދުވާލުގަޑީގައި ބޭރަށް ނުކުތުމަކީ އޭނާ ވަރަށް ފޫހިވާކަމަކަށްވާތީއެވެ. އެހެންކަމުން ދުވާލުގަޑީގައި ލޫތު ގިނަ ވަގުތު ހޭދަ ކުރަނީ ވާހަކަ ލިޔުމުގައި ގޭގައެވެ. އޭނާއަށް އާދަވެފައި ވަނީ ލަހުން ނިދާފައި ލަހުން ހޭލުމަށެވެ. ނަމަވެސް މިހާރަކަށް އައިސް ހުކުރު ހޮނިހިރު ފިޔަވާ ކޮންމެ ދުވަހަކު އަސްލަމް އޮފީސް ނިމޭ ގަޑީގައި ލޫތު ބޭރަށް ދާކަން އޭނާއަށް ވަނީ ފާހަގަ ކުރެވިފައެވެ. ފާހަގަ ނުކުރެވޭ ވަރެއްވެސް ނޫން ވިއްޔާއެވެ. މިގޮތަށް އޭނާ ބޭރަށް ދާންފެށިތާ ފަސް މަހަށްވުރެ ގިނަދުވަސް ވެއްޖެއެވެ.އަސްލަމް ހިތުގައި ކިތަންމެ ސުވާލު އުފެދުނަސް އޭނާއަށް ދަރިފުޅަށް އިތުބާރުކުރެވެއެވެ. ލޯބިވާ ދަރިފުޅު ގޯސްކަމެއް ނުކުރާނޭ އޭނާގެ ހިތް ބުނަނީއެވެ. ކޮންމެ ގޮތެއްވިޔަސް ވަގުތު އައިސް ޖެހުމުން ލޫތު އޭނާކައިރި އޭގެ ސިއްރުބުނާނެ ކަން އޭނާއަށް ޔަޤީނެވެ.

 

“ލައްބަ ބައްޕާ…. މީ… އަޅުގަނޑު…….އަޅުގަނޑު އެބަ އަންނަމޭ ވަރަށް އަވަހަށް……” “ހަހަ… އޯކޭ އޯކޭ.. ދަރިފުޅު ދޭބަލަ. އެކަމް ބައްޕަ ކައިރި ބުނަންވާނެ ތި ސީކްރެޓް.. ހަހަ..” ލޫތު އާގަނެފައި ވާހަކަ ދައްކަން ފެށުމުން އަސްލަމް ހީލާފައި ބުންޏެވެ.

ލޫތު ބޯކަހާލާފައި ލަދުރަކި ގޮތަކަށް ހީލުމަށްފަހު އަވަހަށް ގެއިން ނުކުތެވެ. މަޑުދުވެލީގައި ޖީއެން ސައިކަލުދުއްވަމުން ގޮސް ލޫތު މަޑުކޮށްލީ ވިލާކޮލެޖްގެ ގޭޓް ފެންނަގޮތަށް ބޭރުމަގުގައެވެ. އަތުގައި އޮތް ރޮލެކްސް ގަޑިއަށް ބަލާލުމަށްފަހު ސައިކަލްގެ އިންޖީން ނިވާލާ ދަތްދޮޅީގައި އަތްވިއްދާލުމަށްފަހު ހަމަޖެހިލިއެވެ. ދޭއްޖަހަން ބާކީ ފަސްމިނަޓަށް ވީއެވެ. ފޫހިކަމެއްނެތި ގޭޓާއި ދިމާލަށް ބަލަންހުރެވުނީ ހިތުގެ ރާނީ ފެނިލުމަށް އެހިތް ބޭގަރާރު ވެފައިވުމުންނެވެ.

އޭނާ ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް އައީ ކޮލެޖުން ނިކުތް އަންހެންކުއްޖާ ފެނުމުންނެވެ. ލާފައި ހުރި ކަޅުކުލައިގެ ދޫހެދުމުގެ ސަބަބުން އަންހެން ކުއްޖާގެ ބައްޓަން ވަނީ ފޮރުވިފައެވެ. އިސްތަށިގަނޑުވެސް ވަނީ ކަޅު ޝޯލްއަކުން ފޮރުވާލެވިފައެވެ.މައުސޫމް މޫނުކޮޅެކެވެ. ފެންނަން ހުރީ އޭނާގެ ދެއަތްތިލައާއި ދޮން ވަށް މޫނު އެކަންޏެވެ. މިހާރުގެ އަންހެން ކުދިން ގަޔަށް ބާރު އެއްޗެހި ލައިގެން މީހުންގެ ސަމާލުކަން ހޯދިޔަސް މި އަންހެން ކުއްޖާގެ މޫނު އެކަނި ފެންނަ މީހެއްވެސް އެ ޖާދޫގައި ޖެހޭނެކަން ޔަޤީނެވެ. އެއްވެސް މޭކަޕަކާއި ނުލައި ހުރިއިރު އެ އަންހެންކުއްޖާއަށް މޭކަޕްގެ ބޭނުމެއްނުވެސް ޖެހޭނެއެވެ. އޭނާގެ ވަނީ ގުދުރަތީ ރީތިކަމެވެ. ފިޔާތޮށިކުލައިގެ ރީތި ތުންފަތާއި ޖަންބުކުލައިގެ ކޯތާފަތެވެ. ބޮޑު ދެލޮލެވެ. ފުރިހަމަ ރީތިކަމުގެ މިސާލެކެވެ.

އިސްދަށަށް ޖަހާލައިގެން ކޮލެޖް ގޭޓު ކައިރީ އަންހެން ކުއްޖާ ހުއްޓިލިއެވެ. އެހެން އިރުކޮޅަކު ހުރުމަށްފަހު ލޫތާއި ދިމާލަށް އަންހެން ކުއްޖާ ހިނގައިގަތެވެ. ލޫތަށް ސިހިފައި އިސްޖަހާލެވުނެވެ. އޭނާގެ ހިތުގެ ތެޅުން ބާރުވިއެވެ. ފިރިހެނަކަށްވެ ހުރެވެސް އޭނާއަށް ލަދުގަނެވުނެވެ. މިވީ ފަސްމަހުގެތެރޭގައި ލޫތު ހިތްހަމަ ޖައްސާލީ ދުރުން ބަލައިގެން ކަމަށްވާތީއެވެ. މިހާތަނަށް އޭނާ އަންހެން ކުއްޖާއަށް ފާރަލަނީ ވަރަށް ސިއްރުންނެވެ.މަޑުމަޑުން އިސްއުފުލާ ބަލާލިއިރު އޭނާގެ ރާނީ ޓެކްސީ އަކަށް އަރަނީއެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ އޭނާގެ ސިއްރު ބޭޒާރުނިވާކަން ހިތަށް އަންގައިދެމުންނެވެ. ޓެކްސީ ގެއްލެންދެން ލޫތަށް ބަލަން އިނދެވުނީ ޚިޔާލަކަށް ގެއްލިފައެވެ.

ޓެކްސީ ގެއްލުމާއެކު ލޫތު މިސްރާބު ޖެހީ ގެއާ ދިމާލަށެވެ.ބައްޕަ އޭނާގެ އިންތިޒާރުގައި ނުކައި ހުންނާނެކަން އެނގޭތީއެވެ.ގޭގެ ބޮޑު ގޭޓުން  އެތެރެއަށް ވަނުމަށްފަހު ގޯތިތެރޭގައި ބާއްވާފައި އޮތް އަސްލަމްގެ ކާރުކައިރިީ ލޫތު އޭނަގެ ސައިކަލު ޕާރކް ކޮށްލުމަށްފަހު ގޭގެ ބޮޑު ދޮރާއްޓަށް މިސްރާބްޖަހާލިއެވެ. އަންހެން ކުއްޖާއަށް ފާރަލާތާ ފަސްމަސް ވީއިރު މިވާހަކަ އޭނާ ހިއްސާކޮށްފައިވަނީ އޭނަގެ ގާތް ރަހްމަތްތެރި އަހްސަން އާއި އެކަންޏެވެ. އެހެންކަމުން ބައްޕައާއި އެވާހަކަ ހިއްސާ ކޮށްލުމަށް ހިތާހިތުން ނިންމިއެވެ. އޭނާއަށް ކަންކަމުގައި އެންމެ ރަނގަޅު ޚިޔާލުދެނީ ބައްޕަކަމުގައިވާތީއެވެ.  އޭރުވެސް އޭނާގެ ހިތްވަނީ ނުތަނަވަސް ވެފައެވެ. ބޮޑުކަމެއް ވާން އުޅޭ ކަމުގެ އިހްސާސް ވާތީއެެވެ.

ގޭގެ ދޮރާށި ހުޅުވާލެވުމާއެކު ލޫތުއަށް ފެނުނީ ލެއިން ތަތްތެޅިފައިވާ އަސްލަމެވެ.

Comments (17)

  1. ❤️Rap Monsta Oppa❤️

    I thought it was a kuru Vaahaka kamah??? ?
    Bt it’s very nice

    1. Lee
      ❤️Rap Monsta Oppa❤️

      It’s a kuru vaahaka. With 10 varakah parts.. Thank you for reading ☺️

    2. ❤️Rap Monsta Oppa❤️
      ❤️Rap Monsta Oppa❤️

      Okay….. 10 prt inakas V. Reethi ingey… Plx don’t take mi cmmt as negative ???❤️❤️❤️

  2. Lee

    السلام عليكم
    This is my first time writing a story on esfiya.
    Kurin Araamaguga story eh publish kurin.
    So I hope you guys like my stories.
    Leave a comment if you like or dislike it hehe.
    Faadukiyun ves ufalaaeku balai gannaaanan In Sha Allah.
    ☺️❤️

  3. Dr. Mashoor gulati

    Yey story bahuth achchaa hai.. I like it.. ??❤️??Anyways hi Lee❤️❤️❤️ This is doctor mashoor gulati G. A. L. A. S. D

    1. Lee
      Dr. Mashoor gulati

      Hehe Hi Doc Nice to meet you and Thank you

    2. Dr. Mashoor gulati
      Dr. Mashoor gulati

      ? And you know what Lee
      G. A. L. A. S. D means
      Gulati
      Abadhuves
      Lee
      Au
      Support
      Dheynan

    3. Lee
      Dr. Mashoor gulati

      Haha.. Thank you for the support Doc

  4. Eesh

    Vvv reethi ??????kihine baa evee loothge dad ah ???? plx avahah upp kohdheebaaa??? can’t wait

    1. Lee
      Eesh

      Thank you Eesh. 🙂

  5. Ibsha

    Varah reethi

    1. Lee
      Ibsha

      Thank you

  6. azker

    ♥️♥️♥️♥️♥️ can’t wait to see what happens next….v. mysterious????

    1. Lee
      azker

      Thank you

  7. jiji

    Can’t wait to c wats happenss???…M sooo curious…Lee???..whn next dear…plc avahah up kohlaathi enge???❤??❤??

    1. Lee
      jiji

      Thank you jiji.. labba in sha allah…

  8. RAIN LOVER GIRL

    Vvvvvvvvv reethi

Comments are closed.