އަހަރެންނަކީ އަނިޔާވެރި އާއިލާއެއްގެ ތެރޭގައި ދުވަސްތައް ހޭދަކުރަމުންދާ ކުއްޖެކެވެ. ބައްޕަ އާއި ބޭބެ އަހަރެން ވަރަށް ކުޑަައިރުއްސުރެ ނަފްރަތުކުރެއެވެ. އަދި އަނިޔާވެސް އަހަންނަށް ކުރެއެވެ. ނަމަވެސް އަހަރެން ރައްކާތެރި ކޮށްދިނުމަށްޓަކައި އަހަރެންގެ މަންމަ ވަރަށް މަސައްކަތްކުރެއެވެ.

ދުވަސްކޮޅަކަށްފަހު ވީނުވީއެއް ނޭނގުނެވެ. އަހަރެންގެ މަންމަ ގެއްލިއްޖެއެވެ. އަހަރެންގެ އެ ލޯބިވާ މަންމަ އެދިޔައީ ކޮންތާކަށް ހެއްޔެވެ؟ ބައްޕަ އާއި ބޭބެ އަހަަރެންނަށް ކުރާ އަނިޔާތަށް ހައްދުފަހަނައަޅާ އަހަންނަށް ކެތްނުކުރެވޭ ވަރަށް އަނިޔާތައް ގިނަ ވެއްޖެއެވެ. މަންމަ ގެއްލުމުގެ ހުރިހާ ޒިންމާއެއް އަހަރެންގެ ބޮލުގައި އަޅުވަމުން ދިޔައެވެ. އަހަރެންނާ ދިމާއަށް ބައްޕަ ބުނި އެއްޗެއް އަހަރެންގެ ހަނދާނުގައި އެބަހުއްޓެވެ. ” މަންމަ ގެއްލުނީ ކަލޭގެ ސަބަބުންނެވެ! ކަލޭ މަންމަ ކަލޭ ދެކެ ލޯބިވީކަން އެއީ ނަސީބެއް ނޫން ހެއްޔެވެ؟ ނޫންނަމަ ކަލޭ މިދުނިޔެއަކު ސަލާމަތަކުން ނުހުރީހެވެ؟ ” މިއީ އަހަރެންގެ ބައްޕަ އަހަރެންނާ ދިމާއަށް ބުނި ބަސްތަކެވެ. ބައްޕަގެ މި ބަސްތަކުގެ ސަބަބުން އަހަރެންގެހިތުގައި ބައްޕައާއި ދޭތެރޭ އޮތް ހަސަދައިގެ އަލިފާން ރޯވިއެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ މަންމަ ގެއްލުނީ އަހަރެންގެ ސަބަބަކުން ނޫނެވެ. ބައްޕަ އާއި ބޭބެ އަހަރެންނާއި ދޭތެރެ ކަންތައްކުރާ އިހާނެތި ގޮތްތައް ފެނިފައި އަހަރެންގެ މަންމައަށް އެކަންތައްތައް ބަރުދާސްތު ނުކުރެވުނީއެވެ. އެމަންޒަރު ބަލަން ހަމަހިމޭނުން ހުންނަން އުނދަގޫވީއެވެ. މިކަންތައްތަކުގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅުމުގެ އެއްވެސް ހައްޤެއް ބައްޕައަކަށް ނޯންނާނެއެވެ.

ދުވަސްކޮޅަކަށްފަހު ބޭބެ އަހަންނަށް ހަމްދަރުދީ ވާން ފަށައިފިއެވެ. މަންޒަރު ބަދަލުވެ އިވޭ އަޑުތައް ތަފާތުވާން ފަށައިފިއެވެ. ބައްޕައާއި ދެކޮޅަށް ވަކާލާތު ކުރާން ފަށައިފިއެވެ. މިވީ ކިހިނެތް ބާވައެވެ؟ ބޭބެއަށް އަންނަމުން އަންނަ ބަދަލުތަކާއި މެދު ސުވާލުކުރީމެވެ. އަހަންނަށް އެހީތެރިވެ އަހަރެންގެ ދިފާއުގައި ވާހަކަދައްކަނީ ކޮން ސަބަބަކާހުރެތޯ އަހަރެން އެހީމެވެ. ޖަވާބުގައި ބުންޏެވެ. ” އަހަންނެއް ކޮއްކޮއަކަށް އަނިޔާކުރާކަށް ބޭނުމެއްނޫނެވެ. އެކަމަކު ބައްޕަގެ އިންޒާރުތަކުގެ ސަބަބުން އެގޮތަށް ކަންތައްތައް ކުރަން މަޖުބޫރު ކުރުވީއެވެ. ބައްޕަ އަހަރެންނަށް އަންގަމުން ދިޔައީ ކޮއްކޮއަށް އަނިޔާކޮށް އުނދަގޫކުރުމެވެ. ނަމަވެސް މިއަދު މިއޮތީ މަންޒަރު ބަދަލުވެފައެވެ. ބޭބެގެ މިއަދު މިހުރީ ކޮއްކޮގެ ދިފާއުގައެވެ. ބޭބެއަށް ވެވުނުވަރަކުން ކޮއްކޮއަށް ހިމާޔަތް ދޭނަމެވެ. ކޮއްކޯއެވެ! ބޭބެއަށް މާފުކުރާށެވެ. ” ބޭބެގެ މިވާހަކަތަކުން އަހަރެންގެ ހިތުގައި ގެހި ވަރަށް ބޮޑަށް ރޮވުނެވެ.

ދުވަސްތަކަށްފަހު އަހަރެން ސުކޫލަށް ދާން ފައްޓާފީމެވެ. ބޭބެގެ އެހީތެރި ކަމާއި އެކު ފޮތްދަބަހާއި ފަންސުރާއި ޔުނިފޯމު ހޯދާދިނެވެ. އަހަރެން ފުރަތަމަ ސުކޫލަށް ދިޔަ ދުވަހު ބޭބެ އަހަންނަށް ނަސޭހަތްދިނެވެ. ބޭބެ ބުންޏެވެ. ” ކޮއްކޯއެވެ! ރަނގަޅަށް ކިޔަވަން މަސައްކަތް ކުރާށެވެ. މުޖުތަމައުގައި ބޭނުން ހިފޭ މީހަކަށް ވެވޭތޯ މަސައްކަތް ކުރާށެވެ. ރަނގަޅަށް ކިޔަވައިގެން އެކިޔެވި އެއްޗެއްގެ ފައިދާ ރަނގަޅު ގޮތުގައި ހޯދާށެވެ. ގޯސް ރަހްމަތްތެރިންނާ އެކު ވަގުތުތައް ހޭދަނުކުރާށެވެ. ބޭބެ މިދޭ ނަސޭހަތްތައް ކަންފަތުތެރޭ ހަރުލައި ބަހައްޓާށެވެ. ” ބޭބެގެ ނަސޭހަތް އަޑުއިވުމުން އަހަރެންނަށް ރޮވުނެވެ.  އަދި އަހަރެންގެ ގެއްލިފައިވާ މަންމަގެ މަތިން ހަނދާންވިއެވެ. އަހަރެންނަށް އެވަގުތު ބުނެވުނެވެ. ” މަންމާއެވެ! މަންމަ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ މަންމަ ނެތް ތަނެއްގައި އަހަރެން އުޅެމުން މިގެންދަނީ ވަރަށް އެކަނިވެރިކަމާއި މާޔޫސްކަމުގައެވެ. އެހީތެރިވެދޭނެ އެއްވެސް މީހަކު ނެތެވެ. ބޭބެ ފިޔަވައި އޯގާތެރިކަމުގެ އަތެއް ދިއްކޮށްލާނޭ މަދަދުގާރަކު ނެތެވެ. މަންމަ ފެންނާނީ ކޮންއިރަކުން ހެއްޔެވެ؟ މަންމަގެ ތިޔަ ސޫރަ ދެކެން އަހަރެންގެ ލޯ ވަނީ ކެތް މަދުވެފައެވެ. މަންމަގެ އަޑު  އަހަރެންގެ ކަންފަތުގައި ގުގުމާނެ އިރަކަށް އަހަރެންގެ ކަންފަތް ވަނީ ހުޅުވިފައެވެ. މަންމަގެ ފިރުމުން ތަކާ އޯގާތެރިކަމަށް އަހަރެންގެ އެކަނިވެރިކަން އެދިގޮވަނީއެވެ. މަންމާއެވެ! އަހަރެންނަށް މާފުކުރާށެވެ. އަހަރެންގެ ސަބަބުން މަންމައަށް ލިބުނު ހިތްދަތިކަމާއި އޮހޮރުނު ކަރުނަ އަށް މާފަށް އެދެމެވެ. ”

ދުވަސްތައް މާޒީވަމުންދެއެވެ. ސްކޫލުގެ މާހައުލުގައި އަހަރެންނަށް ތަޖުރިބާ ކުރަން ޖެހުނީ ނުރައްކާތެރި ދުވަސްތަކެކެވެ. ކުލާހުގައި އުޅޭ ކުދިންގެ މަލާމާތާއި ފުރައްސާރަ ކުރުންތަކެވެ. ހަނގާކުރުމާއި ޖެއްސުން ކުރުންތަކުގެ ސަބަބުން އަހަރެންގެ ހިތަށް ބިރުވެރިކަން ވަދެ އެކަން ބައްޔަކަށް ވެއްޖެއެވެ. އަހަރެންގެ މިއުޅުމަށް އަންނަ ބަދަކުތަކާއި މެދު ބޭބެ ސުވާލުކުރިއެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. ” ބޭބެ ކުރާ ސުވާލަށް ތެދުބަހުން ޖަވާބު ދޭނީ ހެއްޔެވެ؟ ނޫނިީ ބޭބެ އަށް ނާންގާ މިކަން ސިއްރު ކުރާނީ ހެއްޔެވެ؟ ” އަހަރެންގެ ޒަމީރާއި ސުވާލު ކޮށްލީމެވެ. އެވަގުތު އަހަރެންގެ ޒަމީރު އަހަރެންނަށް ޖަވާބުދިނެވެ. ” ސިއްރުނުކުރާށެވެ. ހުރިހާ ވާހަކައެއް ތެދުބަހުން ބޭބެއަށް ކިޔާދޭށެވެ.” އެވަގުތު އަހަރެން އެހުރިހާ ވާހަކައެއް އަލިފުން ޔާއަށް ކިޔާދީފީމެވެ. މިވާހަކަތައް ކިޔާދިނުމުން ބޭބެ ހައިރާންވިއެވެ. ސަބަބަކީ އެހުރިހާ ދުވަސްވެގެން ދިޔައިރު ވެސް އެކަމުގެ އެއްވެސް ކަމެއް ބޭބެއަށް ނާންގާ އޮތީމައެވެ. ބޭބެ އަހަރެން ގާތުގައި ބުންޏެވެ. ” ކޮއްކޮ އަވަހަށް ތިމައްސަލަ ޕްރިންސިޕަލަށް ހުށަހަޅާށެވެ. ނޫންނަމަ ބޭބެ ތިކަމާ ޕްރިންސިޕަލްއާއި މަޝްވަރާކުރަން ހެއްޔެވެ؟ ” އަހަރެން ބުނީމެވެ. ” އެހެންހަދާނެ ކަމެއް ނެތެވެ. އެމީހުން ކުރާ ކަންތައް ކޮންމެވެސް ދުވަހަކުން އެނގޭނެއެވެ. ”

އޭގެ އަނެއްދުވަހު އަހަރެން ސްކޫލަށް ދިޔައިރު ހުރިހާ ކުދިން ތިބީ އަހަރެންނާ ދިމާކޮށްލާން ތައްޔާރަށެވެ. އެކުދިންގެ ނަފްރަތުގެ ބެލުންތައް އަހަރެންނާ ދިމާއަށް ހުރީ އަމާޒުވެފައެވެ. ކަންތައްވީ އަހަރެން ހީކުރި ގޮތަށެވެ. އަހަރެންގެ މަންމައޭ ކިޔައިގެން އަހަރެންނާ ދިމާއަށް ވަރަށް ހަޑިހުތުރު ބަސްތައް ގޮވަން ފެށިއެވެ. އެވަގުތު ޕްރިންސިޕަލްއަށް އެމަންޒަރު ފެނުނެވެ. އެވަގުތު ޕްރިންސިޕަލް ވަރަށް ރުޅިދުރުވެ ކްލާސް ހުރިހާ ކުދިން އޮފީހަށް ގެންދިޔައެވެ. އަދި ސުވާލު ކުރިއެވެ. ” ކްލާސްތެރޭ މިކަންތައް ހިނގާން މެދުވެރިވި ސަބަބަކީ ކޮބައި ހެއްޔެވެ؟ ” އެއްވެސް ކުއްޖަކަށް ޖަވާބު ދޭކަށް ނުކެރުނެވެ. ދެން ޕްރިންސިޕަލް އަހަރެންނާ ސުވާލުކުރިއެވެ. ކަންތައްވީގޮތް އަހަރެން ޕްރިންސިޕަލަށް ކިޔާދިނީމެވެ. އެވަގުތު ޕްރިންސިޕަލް ހުރިހާ ކުދިންނަށް ނަސޭހަތްތެރިވެ އެގޮތަށް އެކަން ނުކުރުމަށް އެންގިއެވެ. އަދި ހުރިހާ ކުދިން ކްލާސްރޫމަށް ދިޔުމަށް ބުންޏެވެ. ޕްރިންސިޕަލް އެކުދިންނަށް ނަސޭހަތްދިނުމުން އެކުދިންގެ އުޅުމަށް ބަދަލުއައިކަން އަހަންނަށް އިހުސާސު ކުރެވުނެވެ. އަހަރެން އެކުދިންނަށް ބުނީމެވެ. ” އެއްވެސް އިންސާނަކީ އެންމެ ފުރިހަމަ މީހެއް ނޫނެވެ. ކޮންމެ މީހެއްގެ ވެސް ކޮންމެ ވެސް އެއްކަމެއް އުނިވާނެއެވެ. ”

އޭގެ ދުވަސްތަކެއް ފަހުން އެއްދުވަހަކު އަހަރެން ގެޔަށް ދިޔައިރު އަހަރެންނަށް ފެނުނީ ގަބޫލުކުރަން ދަތި ވަރަށް ބިރުވެރި މަންޒަރެކެވެ. އެމަންޒަރަކީ އަހަރެންގެ ބައްޕަ ބޭބެ މަރާލައިގެން އުޅޭ މަންޒަރެވެ. އަހަރެންނަށް ބައްޕައާ ސުވާލުކުރާކަށް ނުކެރުނެވެ. ގަތް ބިރުން ހަޅޭލަވާން ފެށުނެވެ. ބޭބެ ހަށިގަނޑުގެ އެކިތަންތަނަށްވަނީ ވަޅިން ހަމަލާ ދީފައެވެ. ބިންމަތީގައި ވަނީ ލޭގެ ކޯރެއް ދެމިފައެވެ. އަހަރެން ހަޅޭލަވަމުން ބޭބެއަށް ބަލާއިލީމެވެ. އެހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. އެވަގުތު އެތަނަށް މީހުންތައް އެއްވެއްޖެއެވެ. އަހަރެން ނަފުރަތުގެ ނަޒަރުން ބައްޕައާއި ދިމާލަށް ބަލާލީމެވެ. ބައްޕައާ ދިމާއަށް ބުނީމެވެ. ” އަހަރެންގެ މަންމަ ނަގައިލާފައި އެންމެ ފަހުން އަހަރެންގެ ހުރިހަމައެކަނި ބޭބެވެސް ތި މަރާލީއެވެ. ބައްޕައަކީ ހާދަ އަނިޔާވެރި މީހެކެވެ. ތީ އިންސާނެއް އެހެއްޔެވެ؟ ” އެވަގުތު އަހަރެންގެ ދުލަށް އައިހާ އެއްޗެއް ބައްޕައާއި ދިމާއަށް ކީމެވެ. ބައްޕަ ހުރީ ބަސްހުއްޓިފައެވެ. މާގިނައިރުތަކެއް ނުވެ ޕޮލިހުން އެތަނަށް އަތުވެއްޖެއެވެ. ޕޮލިހުންގެ ބެލުމުގެ ދަށުގައި ބައްޕަ ގެންގޮސް ޖަލުގައި ބަންދުކޮށްފިއެވެެ. އަހަރެން އެކަނިވެރިވީއެވެ. މަންމަ ގެއްލިއްޖެއެވެ. ބޭބެ މިދުނިޔެއިން ވަކިވެއްޖެއެވެ. ބައްޕަ ފެންނާނެ ޒަމާނެއްވެސް ނޭނގެއެވެ. މިހިތާމަވެރި ވަގުތުގައި އަހަރެންނަށް މަދަދުދީ އެހީތެރިވެ ދިނީ އަހަރެންގެ ކުލާސް ކުއްޖެކެވެ. އެކުއްޖާ އަހަރެންނަށް ހިތްވަރުދީ އެކުއްޖާގެ ގެއަށް އަހަރެން ގެންދިޔައެވެ. އަދި އެކުއްޖާ މަންމަ ގާތު ބުނެގެން އެގޭގައި ބަހައްޓައިފިއެވެ. ބޭބެގެ ވަޅުލުމުގެ ހުރިހާ ކަމެއް ކުރީ ގޭ ކައިރި އަވަށްޓެރިންނެވެ.

އަހަރެން ކްލާހުގައި އިންދާ ގްރޭޑު ކޯޑިނޭޓަރ އަހަންނަށް ގޮވާލިއެވެ. ކުލާހުން ބޭރަށް ނުކުތުމުން ގޮވާގެން ދިޔައީ ” ސްޕަވައިޒަރ ރޫމް ” އަށެވެ. އެތަނަށް ވަދެފައި ބަލާލިއިރު އެތާނގައި ޕޮލިސް މީހަކާއި ޖެންޑާ މީހަކު އިނެވެ. ޕޮލިސްމީހާ އަތުގެ އިޝާރާތުން އިށީނުމަށް ބުންޏެވެ. އެދެމީހުން އައިސް ބޭބެގެ މަރާއި މަންމަ ގެއްލުނީ ކިހިނެއް ކަމާމެދު ސުވާލުކުރަން ފަށައިފިއެވެ. ނަމަވެސް އަހަރެންނަށް ދޭނެ ޖަވާބެއް ނޭނގުނެވެ. މަންމަވީ ތަނެއް ނޭނގޭ ކަމަށާއި ބޭބެ މަރައިލި މަންޒަރު ދުށް ކަމަށް އަހަރެން ބުނީމެވެ. އަހަރެން ގެޔަށް ދިޔައިރު ބޭބެ އޮތީ މަރުވެފައި ކަމަށާއި ބައްޕަ އަތުގައި ވަޅިއެއް އޮތް ވާހަކަ ބުނީމެވެ. ދެންއިތުރަށް އެއްވެސް ކަމެއް ނޭނގޭ ވާހަކަވެސް ބުނީމެވެ. ދެން އަހަރެން ކްލާސްރޫމަށް ދިޔަޔަސް އެންމެ ރަނގަޅު ކަމަށް ޖެންޑާ މީހާ ބުންޏެވެ.

ދުވަސްތައް ދަނީ ނުހަނު ހަލުވިކަމާއެކު ގައެވެ. އަހަރަކަށް ފަހު އަހަރެއް ވޭތުވަމުންދެއެވެ. އަހަރެންވެސް ސްކޫލުގެ ކިޔެވުން ނިމި ދިރިއުޅުމުގެ މައިދާނަށް ނުކުންނަންޖެހޭ އުމުރުފުރާއާ ބައްދަލުވެއްޖެއެވެ. އަހަރެން އުޅެމުން ގެންދިޔައީ އަހަރެންގެ އަވަށްޓެރިޔާގެ ގޭގައެވެ. އެއީ އަހަރެންގެ ސްކޫލު ދައުރުގެ ރަޙްމަތްތެރިޔާގެ ގެއެވެ. އަހަރެން ޙާލުގައި ޖެހުނު ދުވަހު އަހަރެން ބަލައިގަތް އަވަށްޓެރިންނެވެ. އަހަރެން އުޅުނީ ރަޙްމަތްތެރިޔާގެ މަންމައާއި ބައްޕައާއި އެއާއިލާގެ ތެރޭގައެވެ. އެމީހުންގެ ތެރޭގައި އަހަރެންނަށް އެއްވެސް ތަފާތު ކުރުމެއް ނެތެވެ. ހެޔޮލަފާ ރަނގަޅު އާއިލާ އެކެވެ. އެމީހުންގެ ލޯބި އަހަރެންނަށް އިންތިހާއަށް ލިބުނަސް އަހަރެންގެ މަންމަ ނެތް ކަމުގެ އިހުސާސް ނިހާޔަތަށް ކުރެއެވެ. އަހަރެންގެ އުންމީދަކީ އަދި އަހަރެންގެ ދުޢާއަކީ އަހަރެންގެ މަންމައާ ދާދި އަވަހަށް ބައްދަލުވުމެވެ.

އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަހަރެން ގެއިން ނިކުތީ ވިޔަފާރި ކޮށްލުމުގެ ނިޔަތުގައެވެ. ހިނގަމުން ދަނިކޮށް އަހަރެންނަށް ކުއްޖަކު ގޮވާލިއެވެ. ފަސްއެނބުރި ބަލާލިއިރު ކްލާސް ދައުރުގެ ރަޙްމަތްތެރިއެކެވެ. އޭނާ އަހަރެންގެ ކައިރީ އެދުނީ އޭނާގެ ގެޔަށް ދިޔުމަށެވެ. އަހަރެން އެކަމާ އިންކާރުނުކޮށް އަހަރެން އެގެޔަށް ދިޔައީމެވެ. އެއީ ވަރަށް ކުޑަކުޑަ އާއިލާއެކެވެ. އެކަމަކު އެއީ މިރަށު އާއިލާއެއް ނޫނެވެ. އެއީ ހއ. ކެލާ ބައެކެވެ. އެމީހުންނާއެކު އަހަރެން ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު ވިޔަފާރި ކޮށް ނިންމާގެން ގެޔަށް އަތުވެއްޖައީމެވެ. އޭގެފަހުން ކޮންމެ ދުވަހަކުވެސް އެގެޔަށް ދަމެވެ. އެގެޔަށް ދާ ދިޔުމުގައި އަހަރެންގެ ލޯ ވަކި މީހަކު ދުށުމަށް އިންތިޒާރު ކުރަން ފަށައިފިއެވެ. އަހަރެންގެ ހިތުގައި ވަކި ތަސްވީރެއް ބިންވަޅު ނެގިއްޖެއެވެ. އެއީ އަހަރެން ” ކްލާސްމޭޓްގެ ” ބޭބެއެވެ. އޭނާއަށް ކިޔަނީ އަލާއެވެ. އަލާއަކީ ވަރަށް މުރާލި ކުއްޖެކެވެ. ތައުލީމު ހާސިލުކޮށްގެން ހުރި ޒުވާނެކެވެ. އަލާ އަހަރެންނާ ވާހަކަދައްކަން ބޭނުންވާކަން އޭނާގެ އުޅުމުންނާއި އަމަލުތަކުން އެނގެއެވެ. އެއްދުވަހަކު އަހަރެން އެގެޔަށް ދިޔުމުން އަލާގެ މަންމަ އަހަރެން ގާތުގައި ބުނީ އަލާއާ އަހަރެންނާ ދެމީހުން ޒަވާޖީ ޙަޔާތެއް ފެށުމަށް އެއާއިލާއިން އެދޭ ވާހަކައެވެ. އެކަމާ އަހަރެންވެސް ވަރަށް ގަބޫލެވެ. އެހެންވެ މާގިނަ ދުވަސްތަކެއް ނުވެ އަހަރެމެން ދެމީހުންގެ ކައިވެނިކޮށް ނިމިއްޖެއެވެ. އަހަރެމެން ދިރިއުޅެން ބޭނުންވީ އަހަރެންގެ އަމިއްލަ ގޭގައެވެ. މިކައިވެންޏަކީ ވަރަށް ބާއްޖަވެރި އަދި ވަރަށް އުފާވެރި ކާވެންޏަކަށް ވިއެވެ. މިކާވެންޏަށް ދެކުދިން ލިބި ވަރަށް ހިތްހަމަޖެހުމުގައި އަހަރެންގެ ދުވަސްތައް ވޭތުކުރަމުން ގެންދިޔައީއެވެ.

އެއަހަރުވެސް ނިމުނީއެވެ. ސްކޫލު ކިޔެވުންނިމި ބޮޑު ޗުއްޓީގައި އަހަރެމެން ޤަސްދުކުރީ ހއ. ކެލާއަށް ދިޔުމަށެވެ. އެގޮތުން އާއިލާގެ ހުރިހާ މީހުން ވެގެން ކެލާއަށް ދިޔައީމެވެ. އެއީ ގުދުރަތީ ކަމަގެ ލާމަސީލު މިސާލެއް ފަދަ ރަށެކެވެ. އެރަށުގެ މީހުންނަކީ ވަރަށް ހިތްހެޔޮ މެހެމާންދާރީ އަދާކުރުމުގައި މަޝްހޫރު ބައެކެވެ. އެއްދުވަހަކު އަހަރެންނާއި އަހަރެންގެ ދެކުދިންނާއި ނުކުތީ ރަށުތެރެ ބަލާލުމަށެވެ. ރަށުގައި ހިނގަމުން ދަނިކޮށް އަހަރެންގެ ކުރިމަތިން ހުރަސްކޮށްލި އަންހެނެއްގެ ވަސް އަހަރެންގެ ނޭފަތުގައި ޖެހުމުން އަހަރެންނަށް މަންމަގެ އިހުސާސް ކުރެވުނެވެ. އަހަންނަށް ބޭ އިޚުތިޔާރުގައި ހިނގާގަނެވުނެވެ. އެމީހެއްގެ ފަހަތުންނެވެ. ވަކި ހިސާބަކަށް ގޮސްފައި ” މަންމާ ” އޭ ކިޔާފައި އަހަރެންނަށް ގޮވާލެވުނެވެ. އެވަގުތު އެމީހަކު އަހަރެންނާ ދިމާއަށް ބަލައިލިއެވެ. އަހަރެން  ދިޔައީ ސިއްސައިގެންނެވެ. އެއީ މިދުނިޔެ މަތީގައި ދިރިހުރިނަމަ ދެވަނަ ދެމީހެއް ނޫނެވެ. އަހަރެންގެ ލޯބިވާ މަންމައެވެ. މުޅި ކާއިނާތުގައި އެނބުރޭން ފެށިހެން ހީވިއެވެ. ކަޅި ޖަހައިނުލާ ހައިރާން ވެގެން އަހަރެންނަށް ބެލުނީ އެ މޫނަށެވެ. އަދި އަހަރެންނަށް ދެވަނަ ފަހަރަށްވެސް ގޮވާލެވުނީ ” މަންމާ ” އެވެ. އެމީހަކު އަހަރެންނަށް ބަލަން ފެށިއެވެ. އަދި މަޑުމަޑުން ގާތަށް އައެވެ. އަހަރެންނަށް އަހާލެވުނެވެ. ” ތީ ކާކު ހެއްޔެވެ؟! އަހަރެން ގެއްލިގެން އުޅޭ މަންމަ ހެއްޔެވެ؟ ” އެއީ އަނަރޫފައިވެފައިވާ ހަށިގަނޑެކެވެ. ދެލޯ ވަނީ ވަދުވަދެފައެވެ. މޫނުމަތީގައި އެއްވެސް ކަހަލަ ހިތްހަމަޖެހުނު އަދި އުފާވެރިކަމެއް ނެތެވެ. އެވަގުތު މަންމައަށް އަހަރެން އެނގުނު ކަހަލައެވެ. އުފާވެގެން ގޮސް ” ދަރިފުޅާ! ” އޭ ކިޔައި ބައްދާލިއެވެ. އަހަރެންނަށް ވެސް އަހަރެން މަންމަ ގައިގައި ބައްދާލެވުނެވެ. ” ﷲ ގެ ކުޅަދުންވަންތަކަމާއެވެ. އަހަރެންގެ ހިތުގެ ދުޢާ މާތް ﷲ އިޖާބަކުރައްވިއެވެ. އަހަރެންގެ ގެއްލިފައިވާ މަންމަ އެތައް ޒަމާނަށްފަހުން އަހަރެންނަށް ރައްދުކޮށް ދެއްވީއެވެ. ” އަހަރެން ﷲ އަށް ޝުކުރުކުރީމެވެ. އަހަރެންގެ ގާތުގައި ތިބި ދެކުދިންނަށް އިޝާރާތްކުރަމުން ” މިއީ މާމަ ދަރިން ” ކަމުގައި ބުނީމެވެ. އަހަރެންގެ މަންމަ އެދެ ދަރިން ގައިގައި އޮޅުލައިގެންފައި ދެދަރިންނަށް ބޮސްދިނެވެ. އަދި މަންމަ ދިރިއުޅޭ ގެޔަށް ދިޔުމަށް އަހަރެންގެ ގާތުގައި އެދުނެވެ.

ބޮޑު ޗުއްޓީ ނިމޭން ގާތްވަނީއެވެ. އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ޖަވާބެއް ނުލިބެނީސް އަހަރެން ރަށަށް ދާކަށް ބޭނުމެއް ނުވިއެވެ. އަހަރެން ގަސްތު ކުރީ މަންމަ ގާތުން އެސުވާލުތަކުގެ ޖަވާބު ހޯދުމަށެވެ. އެހެންކަމުން އެދުވަހުގެ ހެނދުނު މަންމަ އުޅޭ ގެޔަށް ގޮސް މަންމައާ ވާހަކަދައްކަން ފަށައިފީމެވެ. އަހަރެން މަންމަ ގާތުގައި އެހީމެވެ. ” މަންމައަށް މިހިސާބަށް އާދެވުނީ ކިހިނެއް ހެއްޔެވެ؟ މިސުވާލުތައް މަންމައާ ނުކުރަން މިހުރީ މަންމަ ދެރަ ވާނެކަން އެނގޭނެތީއެވެ. ” އެވަގުތު އަހަރެންނާ ދިމާއަށް ބަލާލައިފައި ވާހަކަ ފެށިއެވެ. ” ދަރިފުޅާއެވެ! މަންމަ މިހިސާބަށް އަންނަން ޖެހުނީ ދަރިފުޅުގެ ސަބަބުންނެއް ނޫނެވެ. އެއީ ބައްޕަގެ ނުބައި ކަމުންނެވެ. ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް މިރަށުގައި ހުރެއެވެ. ބައްޕަ ކުރިކަމަކީ މަންމައާއި ދަރިފުޅު ދުރު ކުރަން ވެގެން ގަދަ ކަމުން މިރަށަށް މަންމަ ފޮނުވާލީއެވެ. އެއީ ރޭނގަޑެއްގެ މީހުން ނިދައި ރަށުތެރެ ހަމަހިމޭންވީ ވަގުތުގައެވެ. މަންމަ ދިޔަތަނެއް ވީނުވީއެއް ނޭންގުނީ އެހެންވެގެންނެވެ. ދަރިފުޅާއެވެ! މިރަށަށް މަންމަ ގެނައި މީހާ މަންމައަށް އާދޭސްކުރީ ދަރިފުޅުމެންގެ އެއްވެސް ޚަބަރެއް ނުހޯދުމަށާއި އެ ދިރިއުޅުމުގެ ތެރެއަށް އަލުން އެނބުރި ނުދިޔުމަށެވެ. މަންމަ މިތާ ހުއްޓަސް ދަރިފުޅުމެންގެ ހާލު ބަރާބަރަށް ބަލަމުންގެން ދިޔައީމެވެ. ދަރިފުޅުގެ ބޭބެ މަރައިލި ޚަބަރާއި ބައްޕަ ޖަލަށްލީ ވާހަކަ މަންމަައަށް ޚަބަރު ލިބުނެވެ. ބައްޕަ ކަންތައް ކުރި ނުބައި ގޮތް ބައްޕައަަށް ފެނިއްޖެއެވެ. ބައްޕަގެ މުސްތަޤުބަލް ނަގައިލީ ބައްޕަ އަމިއްލަ އަށެވެ. ދަރިފުޅާއެވެ! ކިތަންމެ ދުރުގައި ތިއްބަސް އެއްތަން ކުރެއްވުމަށް ﷲ އިރާދަ ކުރައްވައިފިނަމަ އެއްތަން ކުރައްވާނެއެވެ. ދަރިފުޅާއި މަންމައާއި އެއްތަން ކުރެއްވީއެވެ. ﷲ އަށް ޝުކުރު ކުރަމެވެ. ތީ އަބަދުވެސް މި މަންމަ ގެ ދަރިފުޅެވެ. ދަރިފުޅު ރަށަށް ދާއިރު މަންމަ ގެންދާށެވެ. މަންމަ މަރުވަންދެން ދަރިފުޅު ގާތުގައި ބަހައްޓައި ދޭށެވެ. އަދި މަންމައަށް އޯގާތެރި ވާށެވެ. ” ޗުއްޓީ ނިންމާލައިފައި އަންނަމުން އަހަރެން އައީ އަހަރެން ގެއްލިގެން އުޅުނު އަގުބޮޑު ޖަވާހިރު ހޯދައިގެންނެވެ. އަހަރެންނަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ. އަހަރެން މިއަދު މިވަނީ ވަރަށް އުފަލުގައެވެ.

ނޯޓް: މިއީ އަހަރެންގެ ރަހުމަތްތެރި އަކާއި އެކު ލިޔުނު ވާހަކަ އެކެވެ. މިވާހަކައިގެ ޝުކުރު ހައްޤުވެގެން ވަނީ ރަހުމަތްތެރިޔާ އަށެވެ. ރަހުމަތްތެރިޔާގެ އެދުމުގެ މަތިން އަހަރެން މި ސައިޓުގައި މިވާހަކަ އަޕްލޯޑު ކޮށްލީއެވެ. ހުރިހާ ކިޔުންތެރިންނަށް ވާހަކަ ކަމުދާނެ ކަމަށް އުންމީދު ކުރަމެވެ.

 

 

49

11 Comments

 1. Ibsha

  July 2, 2019 at 8:11 am

  Varah reethi

  • Ihoo

   July 2, 2019 at 11:36 pm

   Jazakallahu khairan… ?

 2. John

  July 2, 2019 at 12:51 pm

  Varah iburaitheri vaahaka ry.v asaru gadha.hope ekahala kujje huriyya mikahala kameh vaane kama.

  • Ihoo

   July 4, 2019 at 10:52 pm

   Jazakallahu khairan ?

 3. jiji

  July 2, 2019 at 2:43 pm

  V iburaiyytheri story eh❤?..V v furihama
  ??…

  • Ihoo

   July 2, 2019 at 11:37 pm

   Jazakallahu khairan ?

 4. Tear

  July 2, 2019 at 4:28 pm

  Kiivve eyna ge bappa ehen kanthah kuriii … i mean e kujjaa ah aniyaa kuri sababakiii kobaa hey

  • Ihoo

   July 2, 2019 at 11:44 pm

   Maybe he don’t like her because she is a good girl since childhood?Alhugandu men dhe kudhin ehnneh vaki nueh visnan vaahaka liyun iraku keevve tho e kujja bappa ehn kanthah kury…What do you guys think?!?

 5. Ihoo

  July 2, 2019 at 11:51 pm

  Assalamu alaikum readers,
  Varah avahah in sha allah alhugandu liyamun dhaa kuru vaahaka eh annehka huriha readers ah genesdheynan…Vaahaka liye nimunu haa avahakah upload koh dheynan in sha allah…???Thank u 4 the support & comments…<3 <3

 6. Lai..

  August 19, 2019 at 9:53 pm

  Vvvvv.reethi…. Hama rovijje……

  • Ihoo

   September 2, 2019 at 8:50 pm

   Jazakallahu khairan <3 <3

Comments are closed.