Skip to content
އެސްފިޔަ

ލޯބި ނުވެވުނު ނަމަ

އަހަރެން ފަންކާއާ ދިމާލަށް ބަލައިލީމެވެ. އަދި ވާގަނޑަށް ދަމާލައި ރަނގަޅަށް ހަރުލާފައި ހުރިކަން ޔަގީން ކުރީމެވެ. އެއަށް ފަހު މަޅިގަނޑު ހުރީ ރަނގަޅަށްތޯވެސް ބަލައިފީމެވެ.

އާނ އެކެވެ. އަހަރެންނެއް މި ކެހިވެރި ދުނިޔޭގައި އުޅޭކަށް ބޭނުމެއް ނޫނެވެ. އުމުރުން 20 އަހަރުވިއިރު ހަޔާތުގައި ކުރިމަތިލި ކޮންމެ ކަމަކުންހެން ލިބުނީ ނާކާމިޔާބީއެވެ. ވޭނާ، ތުރާލާއި ހިތާމައެވެ. ހިތްދަތިކަމާއި މާޔޫސްކަމެވެ. އަހަރެންގެ ހަޔާތުގެ ފަސްމަންޒަރު އޮތީކީ މުޅިއަކުން ރަނގަޅަކަށް ނޫނެވެ. މިއަދު އަހަރެން މިކުރާ ހިތާމައިގެ އަސްލުތައް ވަރަށް ގިނައެވެ. އޭގެ ތެރޭން ވެސް ބޮޑު ކަމަކީ އަހަރެން ލޯބީގައި ނާކާމިޔާބީ ވުމެވެ.

ލޯބި ނުވެވުނު ނަމަ އެވެ. އަހަރެން އަނެއްކާވެސް މަޅިގަނޑު ހުރީ ރަނގަޅަށްތޯ ޔަގީންކޮަށްލީމެވެ. އެއަށް ފަހު ފަންކާގެ ދަށަށް ގޮނޑިއެއް ގެނެސް ގޮނޑި މައްޗަށް އަރައި ވާގަނޑުގެ މަޅި ރަނގަޅަށް ކަރަށް މަހައިލީމެވެ. ދެން ވާނީ ކުޑަ އިރުކޮޅެކެވެ. އަހަރެން ނިމިގެން ހިނގައިދާނެއެވެ.

ނަމަވެސް، ކުއްލިއަކަށް އިވެން ފެށި ބަންގީގެ އަޑާއެކު އަހަރެންގެ ވިސްނުން އެހެން ދިމާއަކަށް އެނބުރިއްޖެއެވެ. މިކުރާ ހިތްވަރަކަށް ބަދަލެއް ނުގެންނާނަމެވެ. ހުވަފެންތައް ކަފުންކުރަން ޖެހުނަސްވެހެވެ. މަންޒިލާ ހަމައަށްދާން ކިތަންމެ އުދަނގޫވިޔަސް މައްސަލައެއްނެތެވެ. ހައިފާ ނުލިބުނަސް ދެން ޝަކުވާކުރުމެއް ނެތެވެ. މި ހިތް އެކަނި ވިޔަސް ފަރުވާލެއްނެތެވެ.

ކަޑައްތު ކުރަންޖެހޭ ރާސްތާގައި ކަށިކުނބުރު ހުރެއްޖެއްޔާ، އެކަށިތަކުގެ މަތިންވިޔަސް ދާން ޖެހޭނެއެވެ. އިރުއޮއްސުމާއިއެކު އަލިކަން ފަރުދާވިޔަސް، ކޮންމެވެސް އިރަކުން ރޭގަނޑުވެސް ދުނިޔެއާއި އަލްވަދާއު ކިޔަންޖެހޭނެތާއެވެ.

ގުޅުން، އިތުބާރު، ލޯބި، ޔަޤީންކަން، މިހުރިހާ އެއްޗަކުންވެސް އިންސާނާއަށް ލިބެނީ ވޭނެވެ. އަހަރެން ހީކުރީ އަހަރެންގެ އަތު ތެރޭގައި މުޅި އުޑާއި ބިންވާކަމުގައެވެ. އެކަމަކު މިއީ ހުވަފެނެއްކަން އެނގުނީ މުށް ހުލުވާލުމުންނެވެ. ހިތުގައި މި ވަގުތު ވޭން އެޅިޔަސް ކީއްހެއްޔެވެ؟ މި ވަގުތު އީމާންތެރިކަން ކުޑަވިޔަސް ކީއްހެއްޔެވެ؟ދިރިއުޅެން ކިތަންމެ އުނދަގޫވިޔަސް ކީއްހެއްޔެވެ؟ މިހިތަށް އަހަރެން ވިސްނަދޭނަމެވެ. ހަމަމަގުން އަހަރެން ހިނގާނަމެވެ.

އަހަރެންގެ ލޯބި އަހަންނަށް ނުލިބުނަސް ޝަކުވާއެއްނެތެވެ. ހެއްދެވި ފަރާތަށް އަހަރެން ދުއާކުރާނަމެވެ. ހަޤީޤީ ލޯބި ދުވަހަކުވެސް ނާކާމިޔާބު ނުކުރެއްވުމަށެވެ. އެެ ލޯބިި ތާ އަބަދަށް ދެމެހެއްޓުމަށެވެ. އަހަރެންނަށް މިހެންވިޔަސް އެއްވެސް ފަރުވާލެއްނެތެވެ. އެކަމު އަދިވެސް ހިތަށް އަރައެވެ.ހައިފާ ދެކެ ލޯބި ނުވެވުނު ނަމަ އެވެ.

Comments (11)

  1. Makku

    Nice keep it up???

  2. Dhonthy

    Vvv reethi story eiy…. I like short stories of you… Short story liyan inspire vanee hama zidhaan ge short story thah kiyaaleema… ??????? Adhi mikahala reethi reethi kuruvaahaka eiy kiyaalan libeynekamau ummeedhukuran????????????

  3. jiji

    ?Woww…Nice story…keep it up brw

  4. Mal?

    Vv reethi

  5. Jasmine

    It is nice
    Keep it up???????

  6. drax

    Ok nice??
    Interesting and massage is so clear
    But I really wish to read a longer story from a talented one like u??

  7. ❤️Rap Monsta Oppa❤️

    Woo…. So interesting ???

  8. Student

    Woww…… Bro….i am impressed… Its awesome…. It really touched my heart
    #Sad
    #Impressed

  9. ?

    Wow? Masha Allah. vrh reethi story eh❤️?.

  10. ?

    V reethi. When next part

  11. Cutieee_girl

    Varah salhi vaahaka eh

Comments are closed.