ފަތިހުގެ ހިތްގައިމު ވަގުތެވެ. ގިނަ ބަޔަކު ނިދީގެ ފޮނިމީރުކަން ހާސިލް ކުރަމުން ދިޔައިރު އެނދުމަތީގައި ދެފައި ވަށްކޮށްލައިގެން އުނގުމަތީގައި ލެޕްޓޮޕް ބައިންދައިގެން އެސައިންމަންޓް އެއް ހަދަން އިން އަނުމްގެ މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ބަންގީގެ ފުރަތަމަ ކަލިމައާއެކު އަރާމު ތަންމަތި ދޫކޮށްލާ ތެދުވެ ވާޖިބް އަދާކުރުމަށްފަހު މަސައްކަތްތައް ނިންމުމުގައި އޭނާ އިނީ ނުހަނު ޝަޢުޤުވެރިކަމާއެކުގައެވެ. ހެނދުނު އަށެއްޖެހުމާއެކު އަވަހަށް ތައްޔާރުވެލައިގެން ކޮލެޖަށް ދިއުމަށްޓަކައި އެހެން ކުދިންނާއެކު އަނުމް ދަނާލްއިން ނިކުތީ އެކުދިންނާއި ވާހަކަ ދައްކަމުންނެވެ. […]
އަހަރެންނަކީ ކޮންފަދަ މައެއް ހެއްޔެވެ؟ ދުނިޔޭގައި އަހަރެންނަށް ވުރެ ވަކިން ނުބައި މީހަކު ހުންނާނެ ހެއްޔެވެ؟ އަހަރެންނަށް ވުރެ ވަކިން ބަދުނަސީބުވެރިޔަކު ހުންނާނެ ހެއްޔެވެ؟ އަހަރެންގެ މަޢުސޫމު ދަރިފުޅު މަރާލީ އަހަރެންގެ ދެއަތުންނެވެ. ނަމަވެސް އެ ދަރިފުޅުގެ ކުށަކީ ކޮބައި ހެއްޔެވެ؟ ހަމައެކަނި މި ދުނިޔެއަށް އުފަންވުން ހެއްޔެވެ؟ އެއީ ގާތްގަނޑަކަށް މީގެ 5 އަހަރު ކުރިއެވެ. އޭރު އަހަރެންނަކީވެސް ފުރާވަރޭ މިކިޔާ ޢުމުރަށް އަޅާފައި ހުރި ހިއްސުތައް ސަލާމަތުން ހުރި އަންހެން ކުއްޖެކެވެ. އަހަރެން ހަނދާން […]
“ބޭން!” ރަށުގެ ގޮނޑުދޮށުގައި އަލިދީދީ އިނީ މާޔޫސް ކަންމަތީގައެވެ. އިރު އޮއްސެމުން ގޮސް ކަނޑުގެ ތެރެޔަށް ގެނބިގެން ދިޔަކަހަލަ އެވެ. އަވަހަށް ތެދުވީ ގެޔަށް ދާށެވެ. ރަނގަޅަށް ނުތެދުވެވިގެން އުޅެނިކޮށް މުންޑޭ ދުވެފައި އައިސް އަލިދީދީ ކުރިމައްޗަށް ވެއްޓިގަތެވެ. “އަލިދީދީ! އަވަސް ކުރޭ! ކަލޭގެ އަމާ…! …ގެންދަނީ…!” އަލިދީދީ ގެޔާ ދިމާލަށް ދުއްވައިގަތެވެ. ދުވަމުން ދުވަމުން ގޮސް ޖެހިގަތީ ޕޯޗުގީޒު ސިފައިންގެ މީހެއް ގައިގައެވެ. އޭނާ ރުޅިން އެއްޗެކޭ ކިޔައިފައި އަލިދީދީ ބިމަށް ގަޅައިލިއެވެ. ގެއި ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައީ އެ ނުބައި ބާޣީންގެ ދެމީހުންނެވެ. އަލިދީދީ ގެއަށް ވަންއިރު ކަމަކު ދާކަށް ނެތެވެ. އޭނާގެ ލެޔާ ވަނީ ކުޅެލާފައެވެ. ރަހުމުކުޑަ ގޮތަކަށް ވަނީ އޭނާގެ މަންމަ އަވަހާރަ ކޮށްލާފައެވެ. ވެލިގަނޑު އޮތީ ލެއިން ތަތްތެޅިފައެވެ. މަންމަ ލައިގެން އޮތް ލިބާސްވެސް ވަނީ ތަންތަނުން ވީދި ލެއިން ފޯވެފައެވެ. ********************************************************** ********************************************************** އައްސުލްތާން އަލްޣާޒީ މުހައްމަދު ތަކުރުފާނު އަލްއަޢުޡަމް ވަނީ 1573 ވަނަ އަހަރު އޭނާގެ ދެބެންނާއިއެކު ދިވެހި ޤައުމު ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ސާލާމަތް ކޮށްދީފައެވެ. ނަމަވެސް އޭގެ ކުރިން ޕޯޗުގީޒުން ވަނީ 1558 ގައި ދިވެހި ޤައުމަށް އަރައި ސުލްތާން އަލީ 6 ޤަތުލްކޮށް ރާއްޖެ އެމީހުންގެ އަނިޔާވެރިކަމުގެ ދަށަށް ގެނެއްސައެވެ. އެ ނުލަފާ ބާޣީންގެ ވެރިޔާ އަނދިރި އަނދިރިންގެ އަތްދަށުގައެވެ. އަދި ކިއެއްތޯ، އިސްލާމް ދީން ދޫކޮށް ނަސާރާ ދީން ގަބޫލުކުރި އެންމެ ފުރަތަމަ ދިވެހި ދަރިއަކީ ސުލްތާން ހަސަން 9، ހިމެނެއެވެ. އެއީ ވަރަށްވެސް އަނދިރި ދުވަސްތަކެކެވެ. ދިވެހި ރާއްޖޭގެ ކަނޑު ލެއިން ރަތްކޮށްލި ދުވަސްތަކެވެ. *********************************************************** *********************************************************** އަނދިރި އަނދިރިންގެ ކުރިން ދިވެހި ޤައުމުގައި ރަސްކަން ކުރީ ސުލްތާން އަލީ 6 އެވެ. އޭނާ ޤަތުލް ކޮށްލީ 1558 ވަނަ އަހަރުގައެވެ. އަހަރަކީ 1570 ވަނަ އަހަރެވެ. އަލިދީދީ ވަނީ އޭނާގެ މަންމަ ވަޅުލުމަށްފަހު އޭނާގެ ހުރި ހަމައެކަނި އަންހެން ކޮއްކޮ ގޮވައިގެން އެހެން ރަށަކަށް ދިޔުމަށް ތައްޔާރު ވެފައެވެ. އޭނާގެ އެކުވެރިޔާ މުންޑޭ ބުނާ ގޮތުގައި އެރަށަކީ ޕޯޗުގީޒުންގެ އަތް ނުފޯރާ ހިސާބުގައިވާ ރަށެކެވެ. ނަމަވެސް އެރަށަށް ދިޔުން އެއީ ފުރާނައަށް ނުރައްކާވާނެ ކަމަކަށް ވަނީ ވެފައެވެ. […]
ކަން ކަމުގައި ބަހަނާ ދައްކާ އުޅުމަކީ ވަރަށް އާދައިގެ ކަމެކެވެ. އަދި އެހާ އާންމުވެސް ކަމެކެވެ. އަހަންނަށްވެސް ކަންތައް ކުރެވުނީ ހަމަ އެހެންނެވެ. ރެކެން ބޭނުންވާ ކޮންމެ ކަމަކަށް ބަހަނާ ދެއްކުނީއެވެ. އަދި ކުރަން ބޭނުން ނުވާ ކަންކަމަށްވެސް މެއެވެ. ބައެއް ފަހަރު ކުރެވެނީ ކިހާ ވަރު ކަމެއްކަންވެސް ވިސްނާނުލެވެއެވެ. އަހަރެން އުޅެ ބޮޑުވީ ވަރަށް އާދައިގެ ދިރިއުޅުމެއްގައެވެ. މާ މުއްސަނދި ކަމެއް އަހަރެންގެ މައިންބަފައިންނަށް ލިބިފައި ނުވިނަމަވެސް، އަހަރެމެން ބޭނުންވާ ކަންތައްތައް ރަނގަޅަށްވެސް ފުއްދާލައިގެން އުޅެވުނެވެ. […]
އިރުގެ ދޯދިތައް ކަނޑުގެ ސަތަހައަށް ބޮސްދެމުން ދުނިޔެއާއި އަލްވަދާއު ކިޔަން ތައްޔާރުވަމުންދިޔައިރު ދޫނިތައް އެސޮރުމެންގެ ހާލިތަކާއި ދިމާލަށް މިސްރާބުޖަހައިފިއެވެ. ގަސްކަރައިން ނިވާވަމުން އައި އިރު ރޭގަނޑަށް ތަންދެމުން ލޮނުގަނޑު ތެރޭގައި ފޮރުވިގެންދިޔައިރު އިސާހިތަކު ދުނިޔެ އަނދިރިކަމުގެ ސާލެއްގެ ތެރެއަށް ގެއްލިގެން ހިނގައްޖެއެވެ. މަޑުމަޑުން އަތިރިމަތީގައި ހަރަކާތްތެރިވަމުންދިޔަ މީސްކޮޅު މަދުވަމުންގޮސް އަތިރިމަތި އެކީހެން ހުސްވެގެންދިޔައިރު ފައިގެ ފިޔަވަޅުގެ ނިޝާންތައް ރާޅުތަކާއި ހަވާލުކުރަމުން މަލާކް ކުރިއަށްދިޔައެވެ. އިރުއޮއްސުމުންވެސް އެތަނުން ދިޔުމުގެ ހިޔާލު މަލާކްގެ ނެތްފަދައެވެ. މަޑުމަޑުން ކުރިއަށްދަމުންދާވަރަކަށް އޭނަގެ މާޒީގެ […]
ބަލި އެނދުގައި އޮތް ބައްޕަގެ އެނދާ ދުރުގައި ހުރި ރޯނުފުރި އެނދެއްގައި އިށީދެއިން ހާނީ އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނާގެ މޫނުމައްޗަށް އަރައި ފައިބަމުންދިޔަ ކުލަވަރުން އޭނާވަނީ ބަރުދާސްތުކުރަން ދަތި ފުން ހިތާމައެއްގެ ތެރޭގައިކަން ވަރަށް ރަނގަޅަށް ފަހުމްވެއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ޙަޔާތުގެ ނާ ކޮޅިގަނޑެއްގައި ޖެހި ބަނޑުންވުމުން ވާނީ މިހެން ނޫން ހެއްޔެވެ؟ ގަދަ ކަނޑުގެ ހޮޅި ރާޅުތަކުގެ ތެރޭގައި ޣަރަގުވަމުންދާ މީހަކު އެކަން ތަޙައްމަލު ކުރާނީ ކިހިނަކުން ހެއްޔެވެ؟ މިއަދު […]
ޖެހެމުންދިޔަ ފިނިފިނި ލުއި ވައިރޯލިއާއެކު އަހަރެންގެ ކަންފަތުގައި ޖެހުނީ އަންހެން ކުދިންތަކެގެ ހުނުމުގެ އަޑެވެ..އަހަރެން އެއަޑު އައި ދިމާލަށް ބަލާލީމެވެ. އޭރު ތިންވަރަކަ އަންހެން ކުދިން އެކި ގޮއިގޮތަ ފޮޓޯ ނަގަމުން ދިޔައެވެ..އެތަނުން އެއް އަންހެން ކުއްޖެ ބާކީވެފަ ހުރި މަންޒަރު ފެނުމުން އަހަރެންނަ ސިފަވީ މީގެ ނުވަ އަހަރުކުރީގެ އަހަރެންގެ ހިތި މާޒީއެވެ. *********************************************** ނުވަ އަހަރުކުރި…. އދ.މަންދޫ ހިތްގައިމު ތުނޑިމަތީ އަހަރެން އިޝީދެލައިގެން އިނީ އެއްވެސް ހިޔާލެ ފިކުރެނެތިއެ ނޫނެވެ.ޖެހެމުން ދިޔަ ފިނި ލުއި […]
އެންމެ ފަހުން އަހަންނަށް ކަމުދާ ފޮތެއް ފެނުނީތާއޭ. އޯކޭ! މިއީ މާޒީގެ ސޮފްހާތަކުގެ ސިލްސިލާއެއް ނޫނޭ، ދުވަހަކުވެސް ލޯތްބެއް ނުލިބޭ، ލޯބީގެ ހަމްދަރުދީއެއް ނުވެވޭ، އެކަމަކު އެކަކު އަނެކަކާ ދޭތެރޭގައި ނިމުމެއް ނުވާ ލޯތްބެއް ވެވިފައި، އެކަކު އަނެކާގެ ބެލުމުން ހިތް ފުރިފައިވި ނަމަވެސް… އަހަންނަށް އެންމެ ފުރަތަމަވެސް ވަނީ އެނގިފައި، މި ލޯތްބަކީ ނިމޭނެ އެއްޗެއްކަން، އަބަދަށް ދެމި ނޯންނާނެކަން، މާޒީއަށް ވެ ނިމިގެން ދާނެކަން. ތިބާ ގައި ބާރަށް ބައްދާލާ، އަހަރުމެންގެ ފަހު ވަގުތު […]
ފާލަމަށް ފެރީ ގާތްކުރުމާއެކު ދަބަސް ކޮނޑުގައި އަޅުވާލައިގެން ފެރީން ފޭބީމެވެ. ދަތުރުވެރިންގެ އިސްތިޤުބާލުގާ އެމީހުންގެ ގާތްތިމާގެ މީހުންނާއި ރަހުމަތްތެރިން ތިއްބެވެ. މާާޙައުލަށް ނަޒަރު ހިންގާލުމުން ފެންނަނީ އުފާވެރިކަމެވެ. އުފަން ވަޒަނަށް އާދެވުނު ނަމަވެސް އަހަރެންނަށް ކުރެވުނީ ބީރައްޓެހި އިޙުސާސެކެވެ. ދާނެ ވަކި ދިމާއެއް ނޭނގިފައި ހުއްޓާ އެންމެ ގާތް އެކުވެރިޔާ ކަމަށްވާ ޒިހާން ފަހަތުން އައިސް ކޮނޑުގައި ހިފިއެވެ. ލޮލަށް ކަރުނަ ޖަމާވެފައިވާ ޙާލު އަހަރެން އޭނާގެ ގައިގާ ބައްދާލީމެވެ. އޭނާގެ މޫނުން އުފާވެރިކަން ފާޅުވެފައި ހުއްޓެވެ. […]