މީހުން ބުނެއުޅެއެވެ. ދެ މީހުން ނުފެނިތިބެ ހަގީގީ ލޯބި ނުވެވޭނެއެވެ. އެއީ މުޅިއަކުން ތެދެކޭ ދެންނެވޭކަށް ނެތެވެ. ފޭސްބުކު އިން ދި މާވެ ރަށްޓެހިވެ ކައިވެނިކޮށްގެން އުފަލުގައި ހަޔާތް ވޭތުކުރާ މީހުން މަދެއް ނޫނެވެ. ކިޔައިދޭން މިއުޅެނީ އެފަދަ ގޮތަކަށް ކުރިލައި ހެދުނު ލޯބީގެ ދާސްތާނެކެވެ. ވިޝްކާ އަކީ ސަކަ މިޒާޖެއްގެ އެން މެނާއިވެސް ގުޅޭ އަހުލާގު ރަނގަޅު ކުއްޖެކެވެ. މިޒަ މާނު ފޭސްބުކް ބޭނުންނުކުރާނީ ވަރަށްވެސް މަދުބައެކެވެ.ފަލަކް އަކީ ގަވާއިދުން ފޭސްބުކް ބޭނުންކުރާ ކުއްޖެކެވެ. ފޭސްބުކުން […]
ބުލީކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް މުޅިދުނިޔެ ވެސް ދެބަސްވުމެށްނެތި އެއްބަސްވެއެވެ. ސުވާލަކީ ބުލީކުރުން ހުއްޓާލާނެ ބާއެވެ.ނުވަތަ މިކަންތައް ހުއްޓުވޭނީ ކޮންދުވަ ހަކުންބާވަ އެވެ. ހައްތަ ހާވެސް ސުވާލުތަކެވެ. ބުލީގެ ޝިކާރަޔަކަށް ތިމާ ހުށަ ހެޅުމުން ނޫނީ އެކަމުގެ ހުރި ވޭނަކާއި ހިތްދަތިކަމެއް ނޭގޭނެ އެވެ. ތިމާގެ ހަށިގަނޑު ހުންނަ ގޮތަކުން ނުވަތަ ތިމާ ހެދުން އަޅާ ގޮތަކުންވެސް ބައެއްފަ ހަރު ބުލީކުރެއެވެ.އަ އަހަރެންނަކީ ހަމުގެކުލަ މާކަށް އަލި މީ ހަކީމެއް ނޫނެވެއަހަރެންނަށް އެންމެ ދެމަހުގައި ވީނުވީއެއް ނޭގި ބައްޕަ ގެއްލުނީއެވެ. […]
އެއީ މީގެ 5 އަހަރު ކުރިއެެވެ. އަހަރެން އޭރު އުނގެނެމުންދިޔައީ ގްރޭޑް 7 ގައެވެ. އެއީ އަހަރެންގެ ބަލިހާލަތު ހުރިގޮތުން ޑަކުޓަރަށް ދެެއްކުމަށްޓަކައި އަވަށްޓެރި ގައުމު، އިންޑިޔާއަށް ކުރި ދަތުރެކެވެ. އެތަކެއް ފަހަރަކުމެ އެދަތުރު ނުދެވުނުބާއޭ ހިތަށްއަރާ ފައިބަމުން ދެއެވެ. ސަަބަބެއް ނެތިއެއް ނޫނެވެ. އެދަތުރު ވީ އަހަރެންގެ މުޅި ދިރިއުޅުން ވިއްސިވިހާލި ކޮށްލި ހާދިސާއަކަށެވެ. ނުލަފާ މީހެއްގެ ދަންތުރައިގައި އަހަރެން ޖެހުނެވެ. އަހަރެންގެ ޅަ އުމުރުގައި އަހަރެން ހުރީކީ އެފަދަ ކަމަކާއި ދިމާވާނެ ކަމުގައި ބަލައިގެނެއް […]
ވިއްސާރައިގެ އަސަރުތައް އުުޑުމަތިން ފެންނަން ހުށްޓެވެ. ބޯކަޅު ވިލާތަކުން ބުނެދެނީ ދެންމެ ދެންމެ ބޯވާރޭގަނޑެއް އައިސްދާނެ ކަމެވެ. ބާރުގަދަ ވަޔާއެކު ގަސްތަކާއި ރުށްތައް ހީވަނީ މުލުންލުހިގެން ބިއްމައްޗައް ތިރިވެދާނެހެންނެވެ. ވާރޭގެ އިންތިޒާރުގައި ތިބިބަޔަކު އުފަލުންފޮޅޭނެއެވެ. ހިތްގައިމު މިއުޒިކީ ރާގެއްހެން ބޯކޮށް ވެހެންއެފެށީ ވާރޭއެވެ. އޮފީހުގެ ހާސްކަމާއި ބުރަކަން އެއްފަރާއިކޮށް އަކުމަލް ހިނގައިގަތީ ވާރޭވެހުނު ނަމަވެސް ގެއައް ދިޔުމަށެވެ. ނާއީ ގެ ވަކިވުމަށްފަހު އޭނާގެ ހުރިހާކަމެށް ހުސްވެފައިވަނީ އޭނާގެ ލޯބިލޯބި އަންހެން ދަރިފުޅު ސާރާ އަށެވެ. ސާރާޔަށް އެންމެ […]
2011 ވަނަ އަހަރަކީ ހިތުން ފިލު ވާލަން ދަތި އަހަރެކެ ވެ. އެއިރު އަހަރެން އުޅުނީ ގުރޭޑް އަށެށްގައެ ވެ. ސުކޫލުގެ ފުރަތަމަ ދު ވަހެ ވެ. އަހަރެން ހުރީ އުފަލުންނެ ވެ. ގުރޭޑް 8 ގައި ރިޕީޓް ވިޔަސް އާ ރަހުމަތްތެރީންތަކެއް ލިބޭނެތީ އުފަލުންނެ ވެ. އަހަންނާއި ހަނާ އަދި އިޝްކާ ތިބީ އެންމެ ފުރަތަމަ ޑެސްކު ބަރީގައެ ވެ. ހަނާ އަކީ އަހަރެންގެ އާއިލާ ކުއްޖަކަށް ވެފައި އަދި ވަރަށް ރަށްޓެހި ކުއްޖެކެ ވެ. […]
އަތީގް އަކީ ވަހީދާގެ ފުރާނަ އެވެ. ހިތުގެ ފިނިކަމެވެ. ދިރިހުރުމުގެ އަސްލެވެ. މަޒީދުގެ ވަކިވެދިޔުމަށް ފަހު ވަހީދާ ދިރިހުރީ ހަމަ އެކަނި ދަރިފުޅު އަތީގް ގެ ހަ އްގުގަ އެވެ. ރަށުން ކިޔެވޭނެ އެންމެ މަ އްޗަ އް ކިޔަވަ އި ނިމުމުން މަތީތަ އުލީމް ހާސިލް ކުރުމަށް ވަހީދާ ދަރިފުޅު އަތީގް މާލެ ފޮނުވި އެވެ. ވަހީދާގެ ހުވަފެނަކީ އަތީގް ޑޮކުޓަރަކަށް ވެގެން ރަށަށް ހިދުމަށް ކުރުމެވެ. ވަހީދާ އަކީ ހީވާގި ކަނބަލެކެވެ. ދަނޑު ހަ […]
އެއީ މިދިޔަ އަހަރުގެ( ދެހާސް ނަވާރަ) ޢީދު ދުވަސްތެރެއެވެ. އާދައިގެ މަތިން އައިޝާ މިރޭވެސް އިނީ ނުނިދައި ހޭލައި ފޯނު ހިފައިގެންނެވެ. އައިޝާގެ ބަލި ޙާލަތު ހުންނަ ގޮތުން އޭނާއަށް ކޮންމެ ރެއަކު ނިދުން ވަނީ ވަރަށް ބޮޑު ވޭނަކަށެވެ. މެންދަމު ވަގުތު ކެއްސައި ނޭވަޔަށް އުނދަގޫވެ ނޭވާ ހިއްލުމަކީ އޭނާއަށް ރޭގަނޑު ނުނިދޭ އެއް ސަބަބެވެ. މޭގައިވެސް ރިއްސަނީ ވަކިވަރެއް ބަލައިފައެއްނޫނެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ އައިޝާ އިނީ އެކަނިމައިއެކަނި އޭނާގެ ދައްތަގެ ކޮޓަރީގައެވެ. […]
“ބޮސް! ފާޑެއްގެ މީހެއް އައިއްސި ބޮސް ކައިރިއަށޯ ކިޔާފަ. ފުއްޕާފަ ހުރި ވައްތަރަކުން ވަރަށް ލަޑާހިތްވެފަ ކުދިންކޮޅު ތިބީ. ކިހިނެތް ހަދަންވީ؟” ކައިރިއަށް އައި ޕާޓޭ ސޮރެއްގެ އަޑަށް ލޯމަތީ ނުފުށުން ބާއްވާފައި އޮތް އަތް ހިއްލާލައިފައި ފާލިހު ބަލައިލީ އެއް ލޮލުންނެވެ. “ހޫނ… ވައްދާ އޭނަ…” އަމުރު އިއްވައިލުމަށްފަހު ސިގެރޭޓެއް ނަގައި ރޯކޮށްލި ފާލިހު ތެދުވެ ސޯފާގައި ދެފައި ވަށްކޮށްލިއެވެ. އެ ބުނި މީހަކީ ކާކުކަން އޭނާއަށް މާ ރަނގަޅަށްވެސް އިނގެއެވެ. ދޮރުފަތެއް ނެތް ދޮރުކަނީގައި […]
“ވަކިވިއަސަރާއި މަންޒަރު ހިތަކުންހަމަ ނުފިލާނޭ” ޓީވީން ފެންނަމުންދިޔަ ލަވައާއެކު އަހަރެންގެ ލޯމަތީގައި ސިފަވެގެންދިޔައީ މީގެއަހަރުތަކެއް ކުރިން ހިނގާދިޔަ މަންޒަރުތަކެވެ. އެވަގުތު ޓީވީން އެމަންޒަރުތައް ސިފަވާންފެށިއެވެ. އެއީ އެރޭ އެކުޑަކުޑަ ވަގުތުކޮޅު ހިނގައިދިޔަ މިޔަދައިހަމައަށްވެސް ހިތުންނުފިލި ހަނދާންތަކެވެ. ނިދަންއޮށޯވެ، އަހަރެން އޮންނަތާ އެއްގަޑިއިރުވަނީއެވެ. އެކަމަކު މިރެޔަކު ނިންޖެއްނައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިވެސް މިހާރު އަހަރެން ފޫހިވެއްޖެއެވެ. މިރޭ އެނެއްކާމިވީ ކިހިނެއްބާވައެވެ؟ އެހެންނާ ޖައްސާލާއިރަށް ނިދެއެވެ. ކަމެއްވާން އުޅެނީބާވައެވެ؟ މިގަޑީގައި ދެންވާނީ ވަކި ކީއްހެއްޔެވެ؟ 11 ވެސް ޖަހަނީއެވެ. މިހާރު […]