“ވަކިވިއަސަރާއި މަންޒަރު ހިތަކުންހަމަ ނުފިލާނޭ” ޓީވީން ފެންނަމުންދިޔަ ލަވައާއެކު އަހަރެންގެ ލޯމަތީގައި ސިފަވެގެންދިޔައީ މީގެއަހަރުތަކެއް ކުރިން ހިނގާދިޔަ މަންޒަރުތަކެވެ. އެވަގުތު ޓީވީން އެމަންޒަރުތައް ސިފަވާންފެށިއެވެ. އެއީ އެރޭ އެކުޑަކުޑަ ވަގުތުކޮޅު ހިނގައިދިޔަ މިޔަދައިހަމައަށްވެސް ހިތުންނުފިލި ހަނދާންތަކެވެ. ނިދަންއޮށޯވެ، އަހަރެން އޮންނަތާ އެއްގަޑިއިރުވަނީއެވެ. އެކަމަކު މިރެޔަކު ނިންޖެއްނައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިވެސް މިހާރު އަހަރެން ފޫހިވެއްޖެއެވެ. މިރޭ އެނެއްކާމިވީ ކިހިނެއްބާވައެވެ؟ އެހެންނާ ޖައްސާލާއިރަށް ނިދެއެވެ. ކަމެއްވާން އުޅެނީބާވައެވެ؟ މިގަޑީގައި ދެންވާނީ ވަކި ކީއްހެއްޔެވެ؟ 11 ވެސް ޖަހަނީއެވެ. މިހާރު […]