
އަތީގް
އަތީގް އަކީ ވަހީދާގެ ފުރާނަ އެވެ. ހިތުގެ ފިނިކަމެވެ. ދިރިހުރުމުގެ އަސްލެވެ. މަޒީދުގެ ވަކިވެދިޔުމަށް ފަހު ވަހީދާ ދިރިހުރީ ހަމަ އެކަނި ދަރިފުޅު އަތީގް ގެ ހަ އްގުގަ އެވެ. ރަށުން ކިޔެވޭނެ އެންމެ މަ އްޗަ އް ކިޔަވަ އި ނިމުމުން މަތީތަ އުލީމް ހާސިލް ކުރުމަށް ވަހީދާ ދަރިފުޅު އަތީގް މާލެ ފޮނުވި އެވެ. ވަހީދާގެ ހުވަފެނަކީ އަތީގް ޑޮކުޓަރަކަށް ވެގެން ރަށަށް ހިދުމަށް ކުރުމެވެ. ވަހީދާ އަކީ ހީވާގި ކަނބަލެކެވެ. ދަނޑު ހަ އްދަ އެވެ. ރޯނުވަށަ އެވެ. ރަށު އޮފީހުގެ ހީވާގި މަސަ އްކަތު މީހެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ ފަސްމީރު ކުރިރުހެެކެވެ. ވަހީދާ އޭނާގެ ރަހުމަތްތެރިން ކަ އިރީ ބުނެ އެވެ. އަހަރެން މިކުރާ މަސަ އްކަތުގެ ފޮނިމީރުކަން އަދި އަހަންނަށް ލިބޭނެ އެވެ. މަތީތަ އުލީމުގެ ސިލްސިލާ އަތީގް ނި އްމާލީ ސާބިތު ކަމާ އި އަޒުމާ އި އެކުގަ އެވެ. ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ހުރިހާ މާ އްދާތަކުން ލިބުނު އޭ ފާހާ އެކު ރަ އީސް ދެ އްވާ ސުކޯލާރޝިޕް އަތީގަށް ލިބިގެން ދިޔަ އެވެ. މަންމަގެ ހުވަފެން ތަކުގަ އި ކު ލަ ޖެހެން މާގިނަ ދުވަހެ އް ނެތެވެ. އަތީގް ހުރީ އުފަލުން ފޮޅިފަ އެވެ. ބޭރަށް ކިޔަވަން ފުރުުމުގެ ކުރިން މަންމާ އާ އި އެކު ވަގުތު ހޭދަކުރުމަށް އަތީގް ރަށަށް ދިޔަ އެވެ. ވަހީދާ އަތީގްގެ އިސްތިގުބާލުގަ އި ފާލަން ދޮށުގަ އި ހުށްޓެވެ. ދަރިފުޅު ފެނުމާ އި އެކު ދުވެފަ އި ގޮސް އޮޅުލަ އިގަތެވެ. މަންމަ ނުފެނި އެތަކެ އް ދުވަހެ އް ފަހުން ފެނުނު ހިނދު އަތީގް ގެ ލޮލުން ކަރުނަ އަ އެވެ. އެފަދަ ގާތްކަމެށް އިހުސާސް ކޮށްލަން ބޭނުންވެފަ އި ހުންނަތާ ކިތަންމެ ދުވަހެކެވެ. މަންމަ އާއއ އި އެކު އަތީގް ގެޔަ އް ދިޔަ އެވެ. ހަމަ އެ މަގުތަކެވެ. ޅަފަތުގެ މަޖާ ނެގި ގަސްތަކާ އި ފަޅުގެ ތަކެވެ. އަތީގަށް ކުޑަ އިރުގެ ހަނދާންތަ އް އަ އއެވެ. ސުކޫލް ދަ އުރުގެ އެކުވެރިން އަތީގް އާއއ އި ބަ އްދަލު ކޮށްލަން އަ އެވެ. ހަފްތާ އެ އްގެ ކުރު ޗު އްޓީ އަކަށް ފަހު އަތީގް ފުރީ ދެން އެނބުރި ރަށަށް އަންނާނީ ޑޮކުޓަރަކަށް ވެގެން ކަމުގަ އި ހިތުން އަޒުމް ކަނޑަ އަޅާ ހާލު އެވެ. ވަހީދާ ގާތު އަތީގް ވަ އުދުވީ ބޭރުގަ އި ކިޔަވަން ހުށްޓަސް މަންމަ ޔަށް ހަބަރު ވާނޭކަމުގަ އެވެ. އަދި ސިޓީވެސް ފޮނުވާނޭ ކަމުގަ އެވެ. ވަހީދާގެ ދު އާ އަކީ އަތީގް ހެޔޮހާލުގަ އި ކިޔެވުން ނިންމުމަށްފަހު އޭނާ ކަ އިރިޔަށް ރަށަށް އައ އުމެވެ. ފަސް އަހަރު ފަހެވެ. ޕާކިސްތާނުގެ ލާހޫރުގެ ޔުނިވާސިޓީ އެ އް ކަމަށްވާ ކިންގު އެޑްވާޑް ޔުނިވާސިޓީ އިން ޑޮކުޓަރީކަމުގެ ސަނަދާ އެކު އަތީގް ރާ އްޖެ އަންނަނީ އެވެ. އަތީގް ދެކިލުމަށް ކެށްމަދުވެފަ އި ވާހާލު ވަހީދާ މާލެ ދިޔަ އެވެ. ދަރިފުޅު ދެކޭހިތުން ކެތްކުރެވެނީ އެ އް ނޫނެވެ. ވާހީދާ ދެކުނު ހުވަފެން މާތްﷲގެ ރަހުމަތުން ސީދާވެ އްޖެ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއއއ އާޕޯޓުގެ އަރަ އިވަލްސް އިން ނުކުމެގެން އެއ އަންނަނީ ވަހީދާގެ ދެލޮލުގެ ނޫރެވެ. ވަހީދާ އަ އް ހުރެވުނީ އެވެ. ބަސްހުށްޓިފަ އެވެ. އަތީގް ދުވެފަ އި އަ އިސް ވަހީދާގެ ގަ އިގަ އި ބަ އްދަ އިލި އެވެ. މަންމާ މަންމަގެ އަތީގް މި އަ އީ މަންމަގެ ހުވަފެން ހަގީގަތަކަށް ހަދާފަ. މަންމަ އެދޭފަދަ އިން ރަށުގެ ހޮސްޕިޓަލުގަ އަހަރެން މަސަ އްކަތް ކުރާނަން. މަންމަގެ އެދުން ފުރިހަމަ ކޮށްލަދެވުނީތީ އަހަރެން ވަރަށް އުފާވެ އްޖެ. ދަރިފުޅާ މަންމަގެ ނަސޭޙަތް ގަބޫލުކޮށް މަންމަގެ ހުވަފެން ހަގީގަތަކަށް ހަދަ އި ދިނީތީ މިމަންމަ ދަރިފުޅަށް ޝުކުރުވެރިވަން. ތި އީ މަންމަގެ ތަރި. މަންމަގެ ހިތުގެ ހިގުން. މަންމަގެ އަތީގް. ވަހީދާ ބުންޏެވެ. ކާމިޔާބީ ލިބޭނީ އަތީގް ފަދަ އިން ހިތްވަރާ އި ނުގުޑާ އަޒުމާ އި އެކު މަސަ އްކަތް ކޮށްގެންނެވެ. އަތީގް ފަދަ އިން ހިތްވަރާ އެކު ކާމީޔާބަށް ވާސިލް ވުމަށް މަސަ އްކަތް ކުރާށެވެ.
ނިމުނީ
3 Comments!
Comments are closed.
Goaheh noon
Reethi ? mistakes ebahuri… rangalhu kuran massahkai kohfiyyaa vaane insha allah… good luck ?
Nice