ނޯޓް: މިއީ އެއްވެސް އިރަކު ހިނގި އަދި ހިނގާފާނެ ކަމަށް ލަފާކޮށް ލިޔެފައިވާ ވާހަކަ އެއް ނޫނެވެ. މިވާހަކަ އަކީ އަޅުގަނޑުގެ އަމިއްލަ ޚިޔާލުގެ މައްޗައް ބިނާކޮށް ލިޔެފައިވާ މުޅިން ޚިޔާލީ، ބިރުވެރި، ކުރުވާހަކަ އެކެވެ. *** “އާނާ….. އާނާ…..” ކުއްލިއަކަށް އާނާ އަށް ތެދުވެވުނީ މީހަކު އޭނާގެ ކަންފަތް ދޮށުގައި ވައި އަޑުން އޭނާގެ ނަމުން ގޮވާލި އަޑު އިވުނުހެން ހީވެގެންނެވެ. އޭރު އޭނާގެ ނިދިވަނީ އެއްކޮށްހެން ފިލައިގެން ގޮސްފައެވެ. އާނާ އެކި ފަރާތް ފަރާތައް […]
ދިގުލީ ވިއްސާރައަކަށްފަހު މޫސުން ރީތިވި ދުވަހެކެވެ. އޮފީހަށް ދިޔުމަށް ޓަކައި އަހަރެން ގެއިން ނުކުތީމެވެ. ޓައީގެ ގޮށް ރީތިކޮށްލާފައި އަހަރެން ސައިކަލަށް އަރައަރާ ހުއްޓައި ފޯނު ކޯލެއް އައެވެ. އަހަރެން ފޯނެއް ނުނަގަމެވެ. އޮފީހަށް ގަޑިޖެހިދާނެތީއެވެ. ފޯނު ކެނޑުމުން މެސެޖެއް އައި އަޑު އިވުނެވެ. ދީމާ އަހަންނަށް ފޮނުވި ފުރަތަމަ މެސެޖަކީ އެއީއެވެ. އަހަރެން ފޯނު ބެލީ އޮފީހަށް ގޮސް ހަމަޖެހިލައިގެން އިނެއެވެ. މެސެޖް ކިޔައިލާފައި އަހަރެންގެ ދެލޮލުގައި ކަރުނަތައް ޖަމާވަމުން ދިޔައެވެ. އިސާހިތަކު ކަރުނަތައް ބަރުވަމުން […]
އަހަރެންގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ވަރަށް ނުވާ ކަމެވެ. އަހަންނަކީ ފިރިހެނެކެވެ. އެކަމަކު ފިރިހެނެއްގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުމަކީ ފިރިހެންވަންތަކަން ނެތުމެއް ވެސް ނޫނެވެ. މިއަދު ލޮލުން ކަރުނަ އައިސް އަހަންނަށް ރޮވިއްޖެ އެވެ. މި އޮތް ހުރިހާ ދުވަހު އަންހެން ކުދިންނާ ދުރުގައި އުޅުމުގެ އުނިކަން އަހަރެންގެ ހަޔާތަށް ހިޔަންޏެއް އަޅައިފި އެވެ. އެއިން ނުކެރުމާއި ނުކުޅެދުންތެރިކަމުގެ ވޭން އަހަންނަށް ލިބެމުންދާކަން ވެސް މިހާރު ގަބޫލު ކުރެވެން ފަށައިފި އެވެ. ހަޔާތުގެ އެއް […]
އޭނައަށް ހޭވެރިކަންވީ އޭނައާ ދިމާއަށް ހަޅޭއްލަވައިގެން އަޑަށެވެ. އޭނަ ވަނީ ދާހިއްލާ ފޯވެފައެވެ. ވަށައިގެން ހޯދާލިއެވެ. އެ ތަނުގަ ބައިވަރު މީހުން ތިއްބެވެ. ބަލާލި ކޮންމެ ދިމާލަކުންމެ ފެންނަނީ މީހުން ފުރި ބާރުވެފައިވާ ތަނެވެ. ބައެއް މީހުން ތިބީ ގަނޑުވެފައެވެ. ބައެއް މީހުން ކޮޅުކޮޅުމައްޗަށް ދުވަނީއެވެ. ބައެއްމީހުން ދެކޮޅު ހޯދާ ބަލަނީއެވެ. ބައެއް މީހުން ކަކޫ މަތީގައި ތިބި އިރު ދަތްދޮޅި އަތަށް ލައިގެން މޮޅިވެރިކަމާއެކު އަނެއް ބަޔަކު ތިއްބެވެ. އެންމެންހެން ތިބީ ހަދާނެގޮތް ހުސްވެފައެވެ. އަނެކާއަށް އެހީތެރިވެދޭފަދައިގައި […]
“މާހިންގެ ކޮއްކޮ ނުލައި މާހިންގެ މަންމަ އެއް ނުދާނެ އެއްނު. އެންވީމަ……” އަމިއްލަ ނަފްސާ ވާހަކަ ދެއްކުން ހުއްޓާލާފައި އަހަރެން މަޑުމަޑުން ޔާލް ފަހަތުން ދިޔައީމެވެ. “މަންމާ! އަހަރެން ބޭނުމެއްނޫން ސަނާއަށް އަހަރެންގެ ބަލި ޙާލަތު އިނގޭކަށް! އަހަރެން ބޭނުމެއްނޫން ސަނާ ދެރަވާކަށް. އެކަމަކު އަބަދު ދޮގުހަދައިގެން ކިހިނެއް އުޅޭނީ. ދެން ސްކޫލަކަށް ވެސް ނުދެވޭނެ އެއްނު. ސަނާ އަހަރެން ހޯދާނެއޭ އަހަރެން ނުފެންނަންޏާ. އައިސްފާނެ ހޮސްޕިޓަލަށްވެސް. މިހާރުވެސް ޝައްކުކުރޭހެން ހީވަނީ.” މާހިންގެ ލޮލުގައިވާ ކަރުނަތައް ފޮހެލާފައި […]
މުޅި މީހާ ގައިން ދާހިއްލައި ފޯވެއްޖެއެވެ. މޫނުމައްޗަށް ހޫނުވާން ފެށިއެވެ. އުފާވި ވަރު މޫނު މަތިން ނުދައްކަން ވެގެން އިސްޖަހައި މާހިން އާއި އެކީ ކުލާހަށް ދާން ހިނގައިގަތީމެވެ. ކްލާހަށް ދިޔަމަގުމަތީ ނޯޓިސްބޯޑުގައި “ޓެސްޓް ފެށެން އެންމެހަފްތާއެއް” މިހެން ލިޔެފައި އޮތް އިޢުލާނެއް ނެރެފައި ވެއެވެ. އަހަރެން އެ އިޢުލާން މާހިނަށް ދެއްކީމެވެ. އަދި އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މާހިން އާއި އެކީ ކިޔަވަން ބޭނުންވާކަމަށް އަހަރެން ބުނީމެވެ. އެއީ މާހިން އިތުރު އެހީއެއް ބޭނުންވާނެތީއާއި […]
“ދަރިފުޅު ދޭދެންގެޔަށް. ބައްޕަ މާހިންއާ ހަވާލުވާނަން.” ބައްޕަ އަހަރެންނާ ދިމާލަށް ހިނިތުންވެލާފައި ބުންޏެވެ. ނަމަވެސް މާހިންގެ މަންމަ އިރުކޮޅަކުން އަންނާނެއޭ ބުނެ އަހަރެން މަޑުކުރީމެވެ. “ހާދަ ރަނގަޅޭ ސަނާ! ޝުކުރިއްޔާ!” މާހިންގެ މަންމަ ރޫމް ދޮރު ހުޅުވައިލަމުން ހިނިތުންވެލާފައި ބުންޏެވެ. އަހަރެންގެ ބަރު ދަބަސް ކޮނޑުގައި އަޅުވައިލުމަށްފަހު މާހިން އަށް ރަނގަޅަށް ބަލައްޗޭކިޔާފައި ގެޔާއި ދިމާލަށްދާން ހިނގައިގަތީމެވެ. އެހެންނޫނީ އަހަރެންނަކީ ރޭގަނޑު އެކަނި ބޭރުގަ ހިނގަން ނުކެރޭ މީހެކެވެ. ނަމަވެސް މިރޭ އެއްވެސް ބިރަކާ ނުލައި ގެޔަށް […]
އެހެނެއްކަމަކު ގައިގަ ނެތް ވަރުންވެސް ދުއްވާލާފައި އަހަރެން އަވަހަށް ސުކޫލަށް ދެވޭތޯބެލީމެވެ. މާހިންގޮވައިގެން ވަރަށް ވަރުން ތިންވަނަ ފަންގިފިލާއާ ހިސާބަށް އަރައި، ކްލާހާއި ހިސާބަށް ދެވުނުއިރު ފުރަތަމަ ގަޑިން ދެބައިކުޅަ އެއްބައިވަނީ ގޮސްފައެވެ. ނަމަވެސް ކްލާހުގައި ހުރި ޓީޗަރު އަހަންނާ އެއްވެސް ސުވާލެއް ނުކުރެއެވެ. އެއީ، އަހަރެންނަކީ ވަރައްގިނަ ޓީޗަރުންނާއި ދަރިވަރުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ އަޙްލާޤު ރަނގަޅު ދަރިވަރަކީމެވެ. އަދި މިނޫނަސް، ރަށު ރައްޔިތުންގެ ޤަދަރު ލިބިފައިވާ ނާރުތަކާބެހޭ ޑިޕާޓްމެންޓްގެ އެންމެ އިސް ޑޮކްޓަރުގެ މިހާރު […]
އަހަންނަށް ހޭލެވުނު އިރު ހުރީ ވަރަށް ލަސްވެފައެވެ. އަވަސް އަވަސް ކޮށްލައިގެން ސްކޫލަށް ދާން ތައްޔާރުވެގެން ގެއިން ނުކުތްއިރު ގަޑި ޖެހެން ވަނީ ފަސް މިނެޓަށް ވެފައެވެ. އަހަރެންގެ ނަލަނަލަ ދަބަސް ކޮނޑުގައި އަޅުވައިލައިގެން ނުހަނު ފަރި އަވަސް ހިނގުމެއްގައި މިސްރާބުޖެހީ ސްކޫލާދިމާލަށެވެ. އެހެނަސް މާދުރަށް ނުދެވެނީސް، ކޮރުގޮތަކަށް ފާރުގައި ހިފަހައްޓައިގެން ހިނގަމުންދިޔަ މީހެއް އަހަރެންގެ ހަލުވި ހިނގުމަށް ހުރަސް އެޅިއެވެ. ދަންނަ މީހެއްހެން ހީވި ހީވުން ޔަޤީން ވެއްޖެއެވެ. އެއީ އަހަރެންގެ އެކުވެރިޔާ މާހިނެވެ. އުމުރުން […]