
އެއީ މިދިޔަ އަހަރުގެ( ދެހާސް ނަވާރަ) ޢީދު ދުވަސްތެރެއެވެ. އާދައިގެ މަތިން އައިޝާ މިރޭވެސް އިނީ ނުނިދައި ހޭލައި ފޯނު ހިފައިގެންނެވެ. އައިޝާގެ ބަލި ޙާލަތު ހުންނަ ގޮތުން އޭނާއަށް ކޮންމެ ރެއަކު ނިދުން ވަނީ ވަރަށް ބޮޑު ވޭނަކަށެވެ. މެންދަމު ވަގުތު ކެއްސައި ނޭވަޔަށް އުނދަގޫވެ ނޭވާ ހިއްލުމަކީ އޭނާއަށް ރޭގަނޑު ނުނިދޭ އެއް ސަބަބެވެ. މޭގައިވެސް ރިއްސަނީ ވަކިވަރެއް ބަލައިފައެއްނޫނެވެ. އެހެން ރޭރެއާއި ޚިލާފަށް މިރޭ އައިޝާ އިނީ އެކަނިމައިއެކަނި އޭނާގެ ދައްތަގެ ކޮޓަރީގައެވެ. އެހެންނޫނީ އައިޝާ އަބަދުވެސް ނިދާނީ އޭނާގެ މައިންބަފައިންގެ ކޮޓަރީގައެވެ. ދައްތަ ރަށުން ބޭރަށް ސިޔުމުގެ ސަބަބުން މިރޭ އެކަކަށްވެސް ނުނިދިގެން އުނދަގޫވެގެން އުޅޭކަށް ނުޖެހޭނެއެވެ. އެހެންޏާ ކޮންމެ ރެއަކުވެސް އައިޝާގެ މައިންބަފައިން އައިޝާއަށްޓަކައި ނުނިދާ ހޭލައި ތިބެނީއެވެ.
އައިޝާގެ އެކުވެރިންތަކަކާ ޗެޓުކުރަމުން ދިޔައިރު ގަދަޔަށް ކެއްސައި ނޭވަޔަށް އުނދަގޫވަމުން ދިޔައެވެ. އިރުއިރުކޮޅާ ކައިރީގައި ބަހައްޓައިފައި އިން ފެންފުޅިން ކޯވަރެއް ބޮއެލައެވެ. މެންދަމުން އަލިވެ އެކެއް ޖަހަންދެން އައިޝާ އުޅުނީ އެޙާލެއްގައެވެ. ކުއްލިއަކަށް އޭނާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކަށް ލުޔެއް ލިބުނު ކަހަލަ އިޙުސާސެއް ކުރެވުމުން މޭގައި ފިރުމައިލައި އައިޝާ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. ފޯނު ބާލީސް ކައިރީ ބާއްވައި ކޮޓަރި ދޮރު ތަޅުލުމަށްފަހު އައިޝާ އެނދުގައި އޮށޯވެލިއެވެ. މިރޭ ނަޞީބަކުން އޮށޯވެލުމުން އެއްވެސް ކަހަލަ އުނދަގޫތަކެއް ނުވިއެވެ. އެހެންޏާ އެހެން ރޭރޭ އޮށޯވެލާއިރަށް ހީވާނީ މީހަކު އޭނާގެ ކަރުގައި ހިފައި މަރައިލަން އުޅޭހެންނެވެ.
ކޮޓަރީގައި ހުރި ޓީވީ ހުޅުވާ ޤުރްއާން ކިޔަވާ ޗެނެލަށް ލައި ރިމޯޓު ބާލީސް ދަށުގައި ބޭއްވުމަށްފަހު އައިޝާ ދެލޯ މަރައިލިއެވެ. މޭގައި އަތް ޖައްސައިލައިގެން އޮތީ މޭގައި ކުޑަކުޑަކޮށް ރިއްސާތީއެވެ. އެހެން އޮވެ އިރުކޮޅެއްވީތަނާ އައިޝާ ނިދީގެ ފުންކަނޑަށް ގެނބިއްޖެއެވެ.
ނިދުނުތާ އިރުކޮޅެއްނުވެ އައިޝާއަށް ހޭލެވިއްޖެއެވެ. ކުއްލިއެއްޖަހައި އެނދުން ތެދުވެވުނީ ކޮޓަރިތެރެއަށް ރަނގަޅަށް ބަލައިލެވުމުންނެވެ. ޓީވީ ނިއްވައިލައިފައިވާއިރު ރިމޯޓު އޮތީ އެނދާއި މާ ދުރަށް އެއްލައިލައިފައެވެ. ދެން އައިޝާއަށް ފެނުނީ ކޮޓަރި ދޮރު މަޑުމަޑުން ލެއްޕުނު ތަނެވެ. ބިރުގަންނަން ފެށީ އެ ހިސާބުންނެވެ. އޭނާ ނިދީ ކޮޓަރި ތަޅުލައިފައެވެ. ނުވިތާކަށް ކޮޓަރީގެ ތަޅުދަނޑިވެސް އޮތީ ކޮޓަރީގައެވެ. ބިރުގަތްވަރުން ތަންފުކަކަށް ގުޑިލާކަށްވެސް އައިޝާއަކަށް ނުކެރުނެވެ. ކުޑަމިނުން ދުރުގައި އޮތް ރިމޯޓު ނަގަން ދާކަށްވެސް ނުކެރުނެވެ. ދެލޯ ބޮޑުކޮށްގެން ކޮޓަރީގެ އެތަން މިތަނަށް ބެލުން ނޫންކަމެއް އައިޝާއަކަށް ނުކުރެވުނެވެ.
އައިޝާ އެގޮތަށް ހުއްޓުން އަރައިފައި އިންދައި އޭނާގެ އަތަށް ފިނިކަމެއް އިޙުސާސްކުރެވުނެވެ. ގަންނާކުރެއްވި ބިރުން އައިޝާއަށް ދެއަތް ފޮޅަން ފެށުނީ ކުރަތްޕެއް ދައިގަތުމުން އަތް ފޮޅުވައިލައި އުސޫލުންނެވެ. ދެވަނަ ސިކުންތުގައި އޭނާގެ ކަނދުރާއަށް މީހަކު ފުމެލި ކަމުގެ އިޙުސާސްކުރެވުނެވެ. ދެން އިވުނީ މީހަކު ތުންގޮއްވައިލި އަޑެވެ. އިރުކޮޅަކުން އައިޝާގެ ހަށިގަނޑަށް މީހަކު ފުމޭކަހަލަ އިޙުސާސްކުރެވުނެވެ. އައިޝާ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. ހަޅޭއްލަވައިނުގަނެ އިނދެވުނީވެސް ހަމަ ކިރިޔާއެވެ. އެ ކޮޓަރިތެރޭގައި އޭނާ ފިޔަވައި ދިރޭ އެހެން އެއްވެސް މަޚުލޫޤެއް ނުވާއިރު އެ އަޑުތަކާއި އިޙުސާސްތައް ކުރެވެނީ ފަހެ ކީއްވެގެން ހެއްޔެވެ؟ އަނެއްކާ ރޫޙާނީ މަޚުލޫޤެއް އެ ކޮޓަރިތެރޭގައި އުޅެނީބާވައެވެ؟ ކޮންމެއަކަސް ބިރުވެރި ވަސްވާސްތަކުން އައިޝާގެ ހިތް ފުރެން ފަށައިފިއެވެ. ކޮޓަރި ފަންކާ ޖަހައިފައި ހުރިއިރު މީހާ ވަނީ ދަލުން ފެންވެރިފައެވެ. ބިރުވެރި ވަސްވާސްތަކުން ފުރިފައިވި އައިޝާ އަނެއްކާވެސް އޮށޯވެލިއެވެ. ބިރުގަތްވަރުން އިށީނދެ އިންނަން ނުކެރުނީ ތޯއްޗެކެވެ.
ދެލޯ މަރައިލެވުމާއިއެކުހެން މެއާއި ދިމާލުގައި އަތް އަޅައިފައި އައިޝާއަށް ބާރަކަށް ހަޅޭއްލަވައިގަނެވުނެވެ. މެއަށް އެ އަރައިގަތް ކުއްލި ތަދުން ހީވީ މީހަކު ގޮށްމުށުން އޭނާގެ މޭމަތީގައި ޖެހިހެންނެވެ. އައިޝާއަކަށް އެއް އަރިއަކަށް ފުރޮޅިނުލެވުނެވެ. އެއޮތްގޮތަށް އޮންނަން މަޖުބޫރުވީއެވެ. ދެލޮލުން ކަރުނަ ހިލެން ފެށީ މޭގައި ރިއްސާލެއް ބޮޑުކަމުންނެވެ. ކައިރީގައި އޮތް ފޯނު ނަގައި ގަޑި ބަލައިލިއިރު ދޭއް ޖަހައި ބޮޑުވެއްޖެއެވެ. ތަދު ކުޑަކޮށް މައިތިރި ވުމުން މޭމަތީގައި ބާލީހެއް ބާއްވައިގެން އޮވެ އައިޝާ އަނެއްކާވެސް ދެލޯ މަރައިލިއެވެ. މެއަށް ވަމުން ދިޔަ ތަދާއި އެކު ވެސް މިފަހަރު އައިޝާއަށް އެއްވެސް އުނދަގުލަކާއިނުލައި ނިދިއްޖެއެވެ.
އޭގެ އަނެއްދުވަހު އައިޝާ ގޭ އެންމެންނާއި ސުވާލުކުރިއެވެ. އެކަކުވެސް ރޭ ދަންވަރު ދައްތަ ކޮޓަރިއަށް ވަތްތޯ ބެލުމަށެވެ. ނަމަވެސް ކޮންމެ މީހަކުވެސް ބުނީ ނުވަންނަކަމުގައެވެ. ރޭގައި ދިމާވި ކަންތަކަށްފަހު އައިޝާގެ ހިތުގައިވި ބިރުވެރިކަން އަދިވެސް ފިލައި ނުދެއެވެ. އެކަނި ކޮޓަރިއެއްގައި ނިދަން އޮންނާކަށް ނުކެރުނެވެ. އެކަނި ތަނެއްގައި ހުންނާކަށްވެސް ނުކެރުނެވެ. ގެއިން ބޭރަށް ނުކުންނަން ޖެހިލުންވާންފެށިއެވެ.
އެރެއަށްފަހު އައިޝާ އޭނާގެ ބައްޕަ ކިޔަވައިފައި ހުންނަ ފެން ޤަވާއިދުން ބޮއެއެވެ. ރަށުން ރުޤްޔާކުރާ މީހަކު ހޯދައިގެން ރުޤްޔާވެސް ކުރިއެވެ. ނަމަވެސް ވަމުން ދިޔަ އުނދަގޫތަކަށް މާ ބޮޑެތި ބަދަލުތަކެއް ނާދެއެވެ. އެތައް ދުވަހެއްގެ ކިޔެވުން ދޫކޮށްލައިފައި މާލެ ގޮސް ޑޮކްޓަރަށް ދެއްކިއެވެ. ﷲ ގެ އިރާދަފުޅުން އައިޝާ މަޑުމަޑުން ރަނގަޅުވާކަމުގެ ޢަލާމާތްތައް ފެންނަން ފެށިއެވެ. ސިއްޙީގޮތުން އޭނާއަށް ވަމުން ދިޔަ އުނދަގޫތައް ދުވަހެއް ދުވަހަކަށް ލުއިވަމުން ދިޔައެވެ. މަދުމަދުން ނަމަވެސް ގެއިން ބޭރަށް ނުކުމެ އުޅެން ފަށައިފިއެވެ. އެހެންގޮސް އެ އަހަރު ނިމުމާއިއެކުހެން އައިޝާ މުޅިން ރަނގަޅުވެއްޖެއެވެ. އެރޭގެ ފަހުން އަދި މިއަދާއި ހަމައަށް އެކަހަލަ ގޮތްނޭނގޭ އުނދަގޫތަކެއް އައިޝާއަކާއި ކުރިމައްޗެއްނުވެއެވެ. އެހެނެއްކަމަކު އެ ބިރުވެރިކަން އަބަދުވެސް އައިޝާގެ ހިތުގައި ހަރުލައިފައި ހުރެއެވެ. އެރެއަށްފަހު އައިޝާއަށް ނަފްސާނީ ގޮތުންވެސް އަސަރުތަކެއް ކޮށްފައިވިއެއްކަމަކު އައިޝާއަކީ މިއަދު ބަލި ކުއްޖެކޭ ނުބުނެވޭނެއެވެ. ދުޢާއަކީ އަބަދުގެ އަބަދަށް އައިޝާ އެ ބިރުވެރިކަމުން ސަލާމަތްވުމެވެ. އަދަށްވުރެ ފަހި މާދަމައެއް އައިޝާއަށް މިންވަރުކޮށްދިނުމެވެ.
– ނިމުނީ –
10 Comments!
Comments are closed.
Salaam all readers. Here comes another short story of me. Hope you all will like it. And mi story ga eh es meehegge real name eiy beynunkoffakaeiy neennaane. Hageegee vaahakaeiy veema gina kiyunthrinnegge tharuheeb mivaahaka au libeyne kamau unmeedhukuran. Enjoy reading and leave a comment. Love you all ❤️❤️❤️❤️❤️❤️❤️?
Reethi❤?
Wowww….varah varah reethi mi story?….lysm…be safe…miss yuh
Awww thank you so much kairaa????? Love you too dear❤️❤️❤️❤️ I miss you more dear?❤️❤️❤️ Anyways stay safe??
Reethi?♥
Thank you so much Zuha ❤️❤️❤️
You welcm❤♥
Vaahaka heekuri gothakah noon vee. Aslu heekuree aisha namaadhu nukuraathy vi gothehkamah.
Ekm vaahaka reethi ingey keep ut up!!❤
Hehe. ?? thank you so much Marie. ❤️❤️❤️
I can’t believe