ހެނދުނުގެ ދަންފަޅި ނިމި، މެންދުރުގެ ގަދަ ހޫނަށް ދުނިޔެ މަރުޙަބާ ކިޔައިފިއެވެ. އޭރުވެސް މިލްޖާއު އޮތީ ގަދަ ނިދީގައެވެ. އޭނާގެ ސިކުނޑި އަދިވެސް އެދެނީ އަރާމް ކޮށްލާށެވެ. ބުރަކޮށް ވޭތުވެ ދިޔަ ދުވަސްތަކުގައި އުޅެވުމުން ނިދީގެ އިޙްސާސް އޭނާގެ ލޮލަށް އިންތިހާއަށް ދިޔައީ ލިބެމުންނެވެ. “މިލްޖާއު. ދަރިފުޅާ މިލްޖާއު.” މިލްޖާއުއަށް އޭނާގެ ދެލޯ ހުޅުވާލެވުނީ، އޭނާގެ މަންމަ މަދީހާގެ އަޑަށެވެ. “ދަރިފުޅާ. އަވަހަށް ތެދުވޭ! އާދޭ ކާން ތައްޔާރު ވެގެން.” މަދީހާ އެހެން ބުނުމުން މަޑުމަޑުން މިލްޖާއު […]
އަދީން އާއި އަހަރެން ކިޔެވީ އެއްކުލާހެއްގައެވެ. އަހަރެމެން ދެމީހުން ކޮންމެވެސް ވަރަކަށް ވާހަކަވެސް ދައްކައި އުޅެމެއެވެ.އަހަރެންނަށް އަދީން ކަމުދާން ފެށިއެވެ.މުދައްރިސް ކިޔަވަދޭ ގަޑީގައި ސިއްރުން އަދީންއަށް ބަލަން އަހަރެން އިންނަމެވެ.ގުރޫޕު މަސައްކަތްތައް ނިންމަން އަހަރެން އަދީންގެ ގެއައްދަމެވެ.އެހެން ގޮސް އުޅުމުގައި އަދީންއާއި ގުޅުން ބަދަހިވަމުން ދިޔައެވެ. ސުކޫލްދައުރު ނިއްމާލުމަށްފަހު މަންމަ އަހަރެން ކިޔެވުމަށް މެލޭޝިޔާ އަށް ފޮނުވިއެވެ. ސައިކޮލޮޖީގެ ދާއިރާއިން ތައުލީމް ހާސިލް ކުރަމުން ދިޔައީމެވެ.އަދީން އާއި މަދުން ނަމަވެސް ވާހަކަ ދައްކަމެވެ.ބަރާބަރު ފަސްއަހަރު ފަހުން ކިޔަވުން […]
އައްޔޫބު ޢަލައިހިއްސަލާމްއަކީ، ސަލާމްލެއްވި އިބްރާހީމުގެފާނުގެ ނަސަބުފުޅުން ވަޑައިގެންނެވި ނަބީބޭކަލެކެވެ. މާތް الله سبحانه وتعالى، أيّوب عليه السّلام އަށް ވަނީ މިބިންމަތީގެ ހުރިހާ ނިޢުމަތެއްދެއްވާފައެވެ. މުދަލާއި ދަރީންނެވެ. ޝާމްކަރައިގެ އުސްވާދީތަކާއި، ބާދިޔާތަކާއި ބިންތަކުގައިވާ ހުރިހާ ރޯދިބަރަކާތްތަކެވެ. އެކަލޭގެފާނުގެ މިލްކުވެރިކަމުގެ ދަށުގައި ގެރިބަކަރި ޖަމަލާއި ޙިމާރާއި މިނޫވެސް ފެހާމާނު މުދާ ހުރީ އެޒަމާނުގެ އެއްވެސް އިންސާނަކަށް ދެއްވާފައިނުވާ މިންވަރަށެވެ. މިދެންނެވި ފަދަ ގިނަގުނަ ނިޢުމަތްތައް މީހަކަށް ލިބިއްޖެނަމަ ވަރަށް އަވަހަށް އޭނާ، އޭނާ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާނގެ […]
އަހަރެންނާއި މެހެކް ދިމާވީ އޮފީސް ދަތުރެއްގައި ކުޅުދުއްފުށްޓައް ގޮސް އުޅެނިކޮށެވެ. މެހެކްގެ ފުރަތަމަ ފެނިލުމުނުންވެސް އަހަރެންގެ ހިތުގައި މެހެކް އަށްޓަކައި ވިންދުޖަހަން ފެށިއެވެ. ނަސީބު ވަރަށްވެސް ރަގަޅެވެ. އަހަރެން ހުންނަގެޔާއި ޖެހިގެން ދެގެ ދޫކޮށް ދެން ހުންނަނީ މެހެކްގެ ގެ އެވެ. މެހެކްގެ ހަރަކާތްތައް ޝައުގުވެރިކަމާއެކު އަހަރެން ބަލަމުން ގެންދިޔަ އީމެވެ. މެހެކް ފެންނަ ކޮންމެ ވަގުތަކީ އަހަންނަށް ބަޔާންކުރަން ދަތި އުފަލެއް ލިބޭ ވަގުތެކެވެ. އަހަރެންގެ އެކުވެރިޔާ ތިޔާޝްގެ ނަސޭހަތަކީ ލަސްނުކޮށް މެހެކްއަށް ލޯބި ހުށަހެޅުމެވެ. […]
ތައިނާ އަކީ ދޮން ނޫނަސް ބަލާލަން ހުތުރު ކުއްޖެއް ނޫނެވެ. ދިގު އިސްކޮޅާއި ރާޅުބާނި އިސްތަށިގަނޑެއް ލިބިފައިވާ ކުއްޖެކެވެ. އަދި ހެދުން އެޅުމުގައި ހުޅަނގުގެ ގޮތްގަނޑު ގެންގުޅޭ ކުއްޖެއް ނޫނެވެ. ސާދަ ދިރިއުޅުމެއް އުޅޭ ތައިނާ އަކީ ބަސްއަހާ ކިޔަމަން ތެރި ކުއްޖެކެވެ. ސުކޫލުގެ ކިޔެވުން ނިއްމާލުމަށްފަހު އިތުރަށް ތައުލީމު ހާސިލް ކުރީ ޓީޗިން ދާއިރާއިންނެވެ. ތައިނާގެ އެންމެގާތް ރަހުމަތްތެރިންނަކީ އަމަލް އަދި މަލަކާ އެވެ. ތައިނާ ސުކޫލް ދައުރުގައި ދެކުދިންނާއި ލޯބީގޮތުން ގުޅުނެވެ. ތައިނާއަށް އެ […]
އޮފީސް ދަތުރެ އްގަ އި ނަހީކް ދިޔަ އީ ލ. އަތޮޅު ގަމަށެވެ. ދުވަހުގެ މަސަ އްކަތްތަ އް ނި އްމާލެވޭ ވަރުވީ ރޭގަނޑުވީ ފަހުންނެވެ. ވުމާ އެކު ނަހީކް އަވަސްވެގަތީ އޭނާ ހުންނަ ގެސްޓުހަ އުސް އަށް ދިޔުމަށެވެ. ރޭގަނޑުގެ ކެ އުމަށް އިންސާފް ކުރުމަށްފަހު ނަހީކް އެނދުގަ އި ޖަ އްސަ އިލީ ވެފަ އިވާ ވަރުބަލިކަން ފިލުވާލުމަށްޓަކަ އއެވެ. ފޯނުނަގަ އި ނަހީކް ފޮޓޯތަ އް ބަލަންފެށި އެވެ. މީގެ ދިހަ ވަރަކަށް […]
މުޅި ސުކޫލުގެ މާހައުލަށް ހީވަނީ އީދެއް އައިސްގެން އުޅޭ ހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. މިއަދަކީ ޖީސީއީ އޯލެވެލް އިމްތިޙާން ނިމުނު ދުވަހެވެ. ހުރިހާ ކުދިން އެއްފަހަރާ ސުކޫލް ހޯލުން ނިކުމެގެން އައިއިރު ހީވަނީ ގިނަ ދުވަސް ވަންދެން ކޮށްޓެއްގައި ބަންދުކޮށްފައި ތިބި ޖަނަވާރު ތަކެއް ދޫކޮށްލިހެންނެވެ. ކައިލީން ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފަހަތުން މީހަކު އައިސް އޭނާގެ އަތުގައި ހިފައި ދަމައިގަތުމުންނެވެ. ކައިލީން ފަހަތަށް އެބުރި ބަލާލީ އެއީ ކާކުކަން އެނގިހުރެއެވެ. “ކިހިނެއްވީ ބޭފުޅާ ތިހެން އުޅެނިކޮށް […]
(މިއީ އެއްވެސް މީހަކަށް ނިސްބަތް ކޮށްގެން އަދި އެއްވެސް އިރެއްގައި ހިނގާފައިވާ ހާދިސާއެއް ނޫނެވެ..މިއީ އަޅުގަނޑުގެ އަމިއްލަ ހިޔާލީ ވާހަކައެކެވެ..) އެކުވެރިންނޭވެ..އަހަރެން ކިޔައިދޭން މިއުޅެނީ އަހަރެންގެ ހަޔާތުގެ ހިތި ސަފްޙާއެކެވެ..ގަލަމުގައި ކިތަންމެ ވަރަކަށްވެސް ދެލި އެބަހުއްޓެވެ…ނެތީ ހިތްވަރެވެ…ނަމަވެސް ތިޔަ އެކުވެރިންނަށްޓަކައި އަހަރެން ކުޑަ ހިތްވަރެއް ކޮށްލާނަމެވެ ހިތް ބިރު ގަންނަނީއެވެ..ނޭވާ ހާސްވަނީއެވެ..އޯކަށް ދެމެނީއެވެ..މުޅި ގައިން ދާ އޮހޮރި މީހާ ވަރުބަލި ވެއްޖެއެވެ.. މެޝިންތައް ތެޅި ފޮޅޭ އަޑު އިވެއެވެ…ކަނު އަނދިރިކަން ފިޔަވައި އެހެން އެއްޗެއް ނުފެނެއެވެ..ހަށިގަނޑުގައި އަޅަމުން […]
ހައިދަރުއަކީ ހީވާގި މީހެކެވެ. މީހަކާ އިނދެގެން އަށް ކުދިންވެސް އެބަތިއްބެވެ.ހައިދަރު ވަޒީފާ އަދާކުރަނީ ރަށްކައިރީ އޮންނަ ފަތަހަ ޕުރެއިވެޓް އެއާޕޯޓުގެ ސެކިއުރިޓީ ބައިގައެވެ. އަންހެނުން މާޝާ އަކީ ގެވެހި އަންބެކެވެ. ކަމެއް ނޮކޮށް ހުރެގެން ހައިދަރު ށަކުވާ ކުރާކަށް ނުޖެހެއެވެ. ލިބޭ އާމްދަނީއިން ދެކޮޅު ޖައްސާލައިގެން ހައިދަރުގެ އާއިލާ އުޅެނީ އުފަލުންނެވެ. ދިރިއުޅުމުގެ ދަތުރަކީ އަބަދަކު ހިތްއެދޭނެ ފަދައިން ކަންތައް ހިނގާނޭ ތަނެއްނޫނެވެ. ކޮންމެ އުފަލަކަށް ފަހުގައި ހިތާމަތަކާއި ކުރިމަތިލާން ޖެހެއެވެ. ބޭނުންވިޔަސް އަދި ނުވިޔަސްމެއެވެ. ހައިދަރު […]