Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ސާރާ

Fathimath Athifa Hussain Level 210 Stories
May 3, 2020 2 Mins Read
2 Comments

ވިއްސާރައިގެ އަސަރުތައް އުުޑުމަތިން ފެންނަން ހުށްޓެވެ. ބޯކަޅު ވިލާތަކުން ބުނެދެނީ ދެންމެ ދެންމެ ބޯވާރޭގަނޑެއް އައިސްދާނެ ކަމެވެ. ބާރުގަދަ ވަޔާއެކު ގަސްތަކާއި ރުށްތައް ހީވަނީ މުލުންލުހިގެން ބިއްމައްޗައް ތިރިވެދާނެހެންނެވެ. ވާރޭގެ އިންތިޒާރުގައި ތިބިބަޔަކު އުފަލުންފޮޅޭނެއެވެ. ހިތްގައިމު މިއުޒިކީ ރާގެއްހެން ބޯކޮށް ވެހެންއެފެށީ ވާރޭއެވެ.

އޮފީހުގެ ހާސްކަމާއި ބުރަކަން އެއްފަރާއިކޮށް އަކުމަލް ހިނގައިގަތީ ވާރޭވެހުނު ނަމަވެސް ގެއައް ދިޔުމަށެވެ. ނާއީ ގެ ވަކިވުމަށްފަހު އޭނާގެ ހުރިހާކަމެށް ހުސްވެފައިވަނީ އޭނާގެ ލޯބިލޯބި އަންހެން ދަރިފުޅު ސާރާ އަށެވެ. ސާރާޔަށް އެންމެ ހަމަހުގައި ނާއީ މިދުނިޔެ ދޫކުރީއެވެ.

ކޮންމެފަދަ ގޮތަކަށް ކަންތައްތައް ނިމިދިޔަޔަސް އަކުމަލް ހުރީ ނުގުނޑާފަދަ އަޒުމެއްގައެވެ. ސާރާގެ ހައްގުގައި އޭނާ ނުކުރާނެ ކަމެށް ނޯންނާނެއެވެ. އަކުމަލްގެ އިސްތަށިގަނޑުގައި ވާރޭގެ ތިކިތައް ހަރުލާފަ ހުށްޓެވެ. ލައިގެންހުރި ގަމީހުން ހަށިގަނޑުގެ ވަނާތައް ހާމަވާން ހުށްޓެވެ. ގައިގަ ހުރި ފެންތައް ފޮޅަމުން އަކުމަލް ހިނގަމުން ދިޔައީ ގެއައް ދިޔުމަށެވެ. ހިތައް ހަމަޖެހުމެށް ލިބޭނީ ސާރާގެ މައުސޫމް މޫނު ފެނުމުންނެވެ.

ދަރިފުޅު ގޮވައިގެން މާލެ ބަދަލުވުގެ ވިސްނުން ހުރީތީ އަކުމަލް ވިސްނީ އަދި ސައިކަލެއް ނުގަތުމަށެވެ. ލިބޭ ފައިސާކޮޅުން ބައެއް ރަށްކާކުރެ އެވެ. ސާރާގެ ހައްގުގަ އެެވެ. ނާހީ ވައުދުވި ފަދައިން ސާރާއަށް ކިޔަވައިދީ މޮޅުކުއްޖަކަށް ހެދުމަށެވެ. އަކުމަލް މީހަކާއި ނުއިނދެ ހުސްކޮށް ހުންނާތީ އޮފީހުގެ ރަށްޓެހިން އެވާހަކަވެސް ދަށްކައެވެ. އަކީލްގެ ޖަވާބު ކުރުވެފައި ސާދާއެވެ. ސާރާޔަށް ދޮންމައެއް އޭނާ ނުހޯދާނޭ  ކަމަށެވެ. ދޮންމަންމަ އިން ދޮންނިޔަދުރެއް ފަދައެވެ.

މީހަކާއި އިނުމުގެ ވިސްނުމެއް އަކީލް ނުގެންގުޅެއެވެ. ދަރިފުޅު ސާރާގެ ކަންކަން އޭނާޔައް ކުރެވެއެވެ. އެހެންމީހެއް ބޭނުންނުވެއެވެެ.އަކީލް އައް ގެއައް އާދެވިއްޖެއެވެ. ބޫޓު ބާލައި ހަރުގަނޑުގައި ބެހެށްޓުމަށްފަހު އަކީލް އަވަސްވެގަތީ ތެއްކޮށް ހުރުމުން އެއްޗެހި ބަދަލް ކުރުމަށެވެ. އެއްޗެހި ބަދަލުކޮށް ނިމުމުން އަކީލް އަވަސްވެގަތީ ސާރާގެ ކޮޓަރިއައް ދިޔުމަށެވެ.

ދަރިފުޅާ ސާރާ ބައްޕަ މިއައީއޭ. ދަރިފުޅު އާދެބަލަ. މިއަދު ވަރަށް ބޯކޮށް ވާރޭވެހުނެއްނު އެހެންވެ ލަސްވީ ސޮރީ އިނގޭ ދަރިފުޅާ ލަސްވީމަ . އަކީލް މާފަށް އެދުނެވެ. ސާރާ ނުހަނު ލޯބިން އައިސް އަކީލްގެ ގައިގައި ބައްދައިލިއެވެ. ބައްޕަ އައް މާފު ކުރެވޭނީ ޝަރުތެއްގެ މަތިން. ސާރާ ގޮތްދައްކައިލި އެވެ. އަކީލް ބުންޏެވެ. ދަރިފުޅު ބުނޭ. ކޮންކަމެއް ބައްޕަ ކޮއްދޭންވީ?. ސާރާ ބުންޏެވެ. ބައްޕާ މިއަދު ވަރަށް ޗޮކުލެޓް ކޭކް ކާހިތް އެބަވޭ. އެހެންވީމަ ބައްޕަ ކޭކް އަޅާދިނީމަ މާފު ލިބުނީ. އަކީލް ސާރާ އުރާލައި ކޯތާފަތުގަ ބޮސްދިނެވެ. އޯކޭ ދަރިފުޅާ. ތީކީ މާ ބޮޑުކަމެއް ނޫނެއްނު. ބައްޕަގެ ސާރާ އަށް ބައްޕަ އަޅައިދޭނަން އިނގޭ ޗޮކްލެޓް ކޭކް. އެކަމަކު ދަރިފުޅު ވާނެ ބައްޕަޔައް އެހީވާން. ކުޑަކުޑަ ސާރާ އެއްބަސްވި އެވެ.

ގާތްގަނޑަކަށް ބައިގަޑިއިރުގެ މަސައްކަތުން އަކުމަލް ކޭކު އަޅައި ނިންމައިލިއެވެ. ކޭކް ޑިޒައިން ކުރީ ސާރާ އެވެ. ކުޑަ ތަށްޓަކަށް ކޭކް ކޮޅެއް އަޅައިލުމަށްފަހު ސާރާ އަށް އަކުމަލް ދިނެވެ. ސާރާ ވަރަށް ޝައުގުވެރިކަމާއިއެެކު ކޭކް ކެއުމާއިގެން އުޅުނެވެ. އަކުމަލް މަންޒަރު ދެކެން އިނީ އުފަލުންނެވެ. ސާރާގެ ކޮންމެ އެދުމެއް އަކުމަލް ފުށްދައިދެނީ ލޯބިންނެވެ. ސާރާ އަކީ އަކުމަލް ގެ ދިރިހުރުމެވެ. ފުރާނައެވެ. އުއްމީދެވެ. އަކުމަލްގެ އެދުމަކީ ސާރާ ކިޔަވައިމޮޅު ކުއްޖަކަށް ވުމެވެ. އަދި ނުބައިމަގަކުން ނޮގޮސް ހަރުދަނާ މީހަކަށް ވުމެވެ. އިރާދަކުރެއްވިއްޔާ އެދުވަސް އޮތީ މާދުރުގައެއްނޫނެވެ. އަކުމަލްގެ އެދުން ސާރާ ފުރިހަމަ ކުރާނެއެވެ. އަކުމަލްގެ އުއްމީދު ހާސިލްވާނެއެވެ. ސާރާ އަށްޓަައި ގަދަ ކަނޑުގައި ދަތުރުކޮށް ކާމިޔާބުފެ އައްސޭރިއަށް އަކުމަލް ދާނެ އެެވެ.އޭނާގެ ކުޑަކުޑަ ލޮބުވެތި ސާރާގެ ހައްގުގައެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

ހިތް ނޭދުނަސް – ޓްރެއިލަރ –

Next

ކައިރީގައި އެހެނަސް.. ދުރުގައި.. (ފަހުބައި)

Next
May 3, 2020

ކައިރީގައި އެހެނަސް.. ދުރުގައި.. (ފަހުބައި)

Previews
May 3, 2020

ހިތް ނޭދުނަސް – ޓްރެއިލަރ –

2 Comments!

  1. Aisha says:
    May 3, 2020 at 11:11 pm

    ސުކުން ކުރަން ދަސްކުރަން ފެނޭ

  2. Supporter says:
    May 4, 2020 at 2:42 pm

    Umm I ah heevaa ehcheh bunelaanan firihenunneh noon kanneynge vanaa thah hunnanee anhenun kanneynge ehchekey heenukurahchey story is amazing

Comments are closed.


All Right Reserved!