Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަ

ހިތަކުން ނުފިލާނޭ

Un sure Level 1
April 21, 2020 2 Mins Read
8 Comments

“ވަކިވިއަސަރާއި މަންޒަރު ހިތަކުންހަމަ ނުފިލާނޭ” ޓީވީން ފެންނަމުންދިޔަ ލަވައާއެކު އަހަރެންގެ ލޯމަތީގައި ސިފަވެގެންދިޔައީ މީގެއަހަރުތަކެއް ކުރިން ހިނގާދިޔަ މަންޒަރުތަކެވެ. އެވަގުތު ޓީވީން އެމަންޒަރުތައް ސިފަވާންފެށިއެވެ. އެއީ އެރޭ އެކުޑަކުޑަ ވަގުތުކޮޅު ހިނގައިދިޔަ މިޔަދައިހަމައަށްވެސް ހިތުންނުފިލި ހަނދާންތަކެވެ.

ނިދަންއޮށޯވެ، އަހަރެން އޮންނަތާ އެއްގަޑިއިރުވަނީއެވެ. އެކަމަކު މިރެޔަކު ނިންޖެއްނައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅިވެސް މިހާރު އަހަރެން ފޫހިވެއްޖެއެވެ. މިރޭ އެނެއްކާމިވީ ކިހިނެއްބާވައެވެ؟ އެހެންނާ ޖައްސާލާއިރަށް ނިދެއެވެ. ކަމެއްވާން އުޅެނީބާވައެވެ؟ މިގަޑީގައި ދެންވާނީ ވަކި ކީއްހެއްޔެވެ؟ 11 ވެސް ޖަހަނީއެވެ. މިހާރު އެންމެންވެސް ތިބޭނީ ނިދާފައެވެ. މަންމަވެސް ނިދައިފިއެވެ. މިގޭގައި އުޅެނީ އަހަރެންނާއި މަންމަ އެކަންނެވެ. ބައްޕަވެސްވީ ކަންނެއްޔަށް ގޮހެވެ. ދައްތަމެންވީ މީހުންނާއި ކައިވެނިކޮއްގެން ފިރިމީހާގެއަށް ބަދަލުވެފައެވެ.

ސިއްސައިގެންދިޔައީ ކުއްލިޔަކަށް ފޯނުރިންގުވި އަޑުއިވިފައެވެ. ކައިރީގައި އޮތްފޯނު ނަގައި ބަލައިލީމެވެ. ފޯނުގެ ސުކުރީނުންފެންނަންއޮތް ނަން ފެނުމާއެކު ފުންމައިގެން ކޮޅަށް ތެދުވެވުނެވެ. އެނެއްކާ ކަމެއްވީބާއެވެ؟ އާއެކެވެ. ބޮޑުކަމެއް ވެގެންނޫނީ މިގަޑިއަކު މިކޯލެއް ނާއްނާނެއެވެ. ފޯނު ނެގުމުގެ ބަދަލުގައި ފޯނުހިފައިގެން އަހަރެންނަށް ދުއްވައިގަނެވުނީ ކޮޓަރިންނިކުންނާށެވެ.

“މަންމާ..މަންމާ… ކިހިނެއްވީ؟.” މަންމަގެ ކޮޓަރިދޮރު ހުޅުވައިލައިފައި އަހަރެންނަށް ބާރަށް ބުނެވުނެވެ. މަންމައިނީ އެދުމަތީ އިށީނދެއެވެ. އަތުގައިފޯނު އޮތެވެ.

“ދަރިފުޅާ.. މަންމަ އެއްކަގޮތަށް ނޭވާކުރުވަނީ…” މަންމަ ވަރަށް އުނދަގުލުން ހިންދިރުވާލިއެވެ.

ަްއަހަރެންއަވަހަށް ހޮސްޕިޓަލަށްގުޅާ އެމްބިއުލނސް ފޮނުވާދޭންބުނީމެވެ. އަވަހަށް މަަންމަ ރީތިކޮއްލާ ތައްޔާރުކޮއްލީމެވެ. އެވަގުތު މަންމަ މާބޮަޑަށް ނޭވާކުރުވާންފެށިއެވެ. އަހަރެންނަށް ހަދާނެގޮތެއް ނޭނގުނެވެ.އަނެއްކާވެސް ގުޅައިލެވުނީ އެމްބިއުލާސް ކޮބައިތޯއެވެ؟ ފޯނު ނެނގި ކުއްޖާ މިހާރު އެމްބިއުލާސް ވަނީ ފޮނުވައިފައިކަމުގައި ބުނުމުން އަހަރެންނަށް އަވަހަށް ދުއްވައިގަނެވުނީ ދޮރޯށި ހުޅުވަންދާށެވެ. އެމްބިއުލާސް އަޔަަސް އިނގޭނީ އޭރުންވިއްޔާއެވެ. ދޮރުހުޅުވައި މަގުގެ ކޮޅަށް ބަލައިލެވުނެވެ. ދުއްވާއެއްޗެއްގެ ހިލަމެއްވެސް ނެތެވެ. ރޭގަނޑުކަމުން މުޅިމަގުވަަނީ ހަމަހިމޭން ވެފައެވެ. އެނެއްކާ އަހަރެންނަށް ދުއްވައިގަނެވުނީ މަންމަ ކައިރިއަށްދާށެވެ.

މިހާރު ދެކޮޅަަށް ދުވެ ދުވެވެސް އަހަރެން ވަރުބަލިވެއްޖެއެވެ. މަގު ބަލާލައިފައި ގެއަށެވެ. މަންމަ ކައިރި ބަލާލައިފައި މަންމަ ނޭވާނުލެވިގެން ބާރުބާރަށް ނޭވާލާތަން ފެންނަމުންދާތީ، މަންމަ ކައިރީ އެމްބިއުލާސް އާދޭތޯ ބަލާލައިފަަ އަންނާނަމޭބުނެ ބޭރަށް ނިކުތީމެވެ. އެހާލަސްވަނީ ކީއްވެބާވައެވެ؟ ނައްޓާލައިގެން އުޅޭއިރު ނާދެވެނީ ކީއްވެބާވައެވެ؟ މިއީ ބޮޑުރަށެއް ނޫންވިއްޔާއެވެ. ހީވަނީ ދެންމެ ދެންމެ އެމްބިއުލާސް އަތުވެދާނެހެންނެވެ. ގޭތެރެއަށް ވަންނައިރަށް ހީވަނީ ބަރުގޮނުއަޅާ އަޑުއިވޭހެންނެވެ.

އެންމެފަހުން އިންތިޒާރުގެ ނިމުންއަތުވެއްޖެއެވެ. މަންމަ އެމްބިއުލާސަށް އެރުވުނީވެސް ވަރަށް ހާލުންނެވެ. ނޭވާކުރުވެގެން މަންމައަށް ނުހިނގޭތީއެވެ. އަހަރެން އެރުމާއެކު އެމްބިއުލާސް ނައްޓާލިއެވެ. އަހަރެން މަންމަގެ އަތުގައިހިފާ ބާރަށް ހިފަހައްޓައިލީ މަންމަ ވެއްޓިދާނެތީއެވެ. އޭރު މަންމަގެ ހާލު މާގޯސް ވާހެންހީވިއެވެ. މަންމައަކަށް ވާހަކަވެސް ނުދެއްކެއެވެ. މުޅިމީހާ ދާހިއްލަމުންދިޔައެވެ. އަވަހަށް ހޮސްޕިޓަލަށް ދާބޭނުންވެފައި އިންވަރުން އަހަރެންނަށް އެއްމިނެޓްވެސް ހީވަނީ އެއްގަަޑިއިރު ހެންނެވެ. އެމްބިއުލާސް އައިސް ހޮސްޕިޓަލްގެ ދޮރުމަށްޗަށް ހުއްޓުމާއެކު މަންމަ ލަމުންދިޔަ ނޭވާގެ އަޑުކެނޑި މީހާ ހަމަހިމޭންވިއެވެ. އެވަގުތު އަހަރެންގެ ހިތްބާރަަށް ތެޅިގަތެވެ. ވާންއުޅޭކަންތައް ހަވަނަ ހިއްސު ދެނެގަތީއެެވެ. ވަގުތުން ޑޮކްޓަރުންނާއި ނަރުހުން އައިސް މަންމަ އެމެޖެންސީ ރޫމަށް ލިޔެއެވެ. އަހަރެން ހުރީބޭރުގައެވެ.

އެވަގުތު އަހަރެންގެ ހިތަށް އެކިއެއްޗެހި އަރަމުންދިޔައެވެ. ރޯލަންވެސް ބޭނުންވިއެވެ. ވަރަށް ދެރަވޭބައެވެ. އެކަނިހުންނަންޖެހުމުންނެވެ. އެކަނިވެރިކަން އިހްސާސްވުމާއެކު އަވަހަށް ދައްތަމެނަށްގުޅާ ޚަބަރުދިނީމެވެ. އެމީހުންނަށް އަންގަންވެސް ހަނދާންވީ އެވަގުތުއެވެ. އިސާހިތަކު އެންމެން އައިސް ހަމަވެއްޖެއެވެ. އެވަގުތު ޑޮކްޓަރ ނިކުތެވެ. އެމޫނުމަތީގައިވީ މާޔޫސީކަމެވެ. މަންމަ ހާލުއެހުމުން ޑޮކުޓަރ ދިނީ ޤަބޫލުކުރަންދަތި ޚަބަރެކެވެ. އެހެންނެއްނުވާނެއެވެ. މަންމަ މިރޭވެސް އެހާ ރަނގަޅެވެ. އެވާނީ ޑޮކްޓަރަށް އޮޅުނީކަމަށެވެ. އަހަރެންނަށް ޤަބޫލެއްނުކުރެވުނެވެ. އެހެންނެއްނުވާނެވެ. އަހަންނަށް ދައްތަމެނާ ދިމައިއަަށް ބަލައިލެވުނެވެ. އެމީހުން ރޮމުންދިޔައެވެ. އެމީހުން ރޯތަންފެނުމުން އަހަރެންނަށްވެސް ރޮވެންފެށުނެވެ. މަންމަ މަރުވީއެވެ. ހަމަ މަރުވީހެއްޔެވެ؟ ކުރިއަށްވުރެވެސް ބާރަަށް އަހަރެންނަަށް ރޮވިއްޖެއެވެ.

މަންމަގެ މަރުގެ ޚަބަރުވީ އެންމެނަށްވެސް ޤަބޫލުކުރަންދަތި ޚަބަރަަކަށެވެ. އެމީހުން އެކިމީހުން ކުއްވެރިކުރިއެވެ. އެއްބަޔަކު އަހަރެންނެވެ. ނުގުޅީ ކީއްވެތޯއެހިއެވެ. ކާރަށް ގުޅިނަމައެވެ. ގެ ކައިރި މީހުންނަށް ގޮވިނަމައެވެ. އެމްބިއުލާސް ކުއްވެރި ކުރިއެވެ. ލަހުންއައީތީއެވެ. މަންމައަކީ އެހާ މުސްކުޅިއެއްނޫންކަމާއި އަވަހަށްގެންދެވުނުނަމަ ސަލާމަތްވީހޭ ބުނާމީހުންވެސް މަދެއްނޫނެވެ.

ްއަހަރެންނަށް ކުރެވުނީ ކޮންކުށެއްބާވައޭ އަހަރެންގެ ހިތަށްއެރިއެވެ. އަހަރެންވެސް ކަންތަށްކުރީ އަހަރެންނަށް އެވަގުތު ކުރެވުނު އެންމެ ރަނގަޅަށެވެ. މުސްކުޅިވީމައިނޫނީ މީހަކު މަރުނުވޭ ހެއްޔެވެ؟ ފަރުވާކުރަމުން ދަނިކޮށް މީހުން މަރުވަނީ ކީއްވެބާވައެވެ؟ ވަގުތުއައިސް ޖެހުމުން ނުގޮސް ހުރެވޭނީ ވަކި ކާކަށް ހެއްޔެވެ؟ މީހަކު މަރުވުމަށް ހާލަތު އެކިގޮތަށް ދިމާވެދާނެއެވެ. އަހަރެމެންޖެހޭނީ އެކަމުން އިބްރަތް ލިބިގަންނާށެވެ. މާދަމާވެސް މަރުވާނެކަމަށް ވިސްނައި ދިރިއުޅުން އިސްލާހުކުރާށެވެ. މަންމަ ނެތުމުން އަހަރެންވެސް ދެރަވެއެވެ. މަންމަ ވަކިވެގެންދިޔަ މަންޒަރު ދުވަހަކުވެސް އަހަރެންގެ ހިތަކުން ނުފިލާނެއެވެ.
(ނިމުނީ)

Share Article

Follow Me Written By

Un sure

Level 1

I'm a student! Want negative and positive comments so that i can improve my skills! ?

Other Articles

Previous

އަސްލާން 12

Next

މަޢާފް – ތިރީސްވަނަ ބައި

Next
April 21, 2020

މަޢާފް – ތިރީސްވަނަ ބައި

Previews
April 21, 2020

އަސްލާން 12

8 Comments!

  1. Afaa says:
    April 21, 2020 at 10:25 pm

    V salhi vaahaka.v iburaiyy theri vaahaka eh.ginain vaahaka liyunyma skills improve vaane.ehn vaahaka eh kiyaalan libeyne kamah ummeedhu kuran

    1. Un sure says:
      April 21, 2020 at 10:47 pm

      Thanks afaa! Varah avahah new vaahaka eh up kuraanan Insher Allah ?

  2. afffraushyyy says:
    April 21, 2020 at 10:35 pm

    awesome?

  3. Kitty says:
    April 21, 2020 at 10:43 pm

    Wow. V rythi ibraiyytheri vaahaka eh. Keep it up

    1. Un sure says:
      April 21, 2020 at 10:49 pm

      Thank you!

  4. Kairaa says:
    April 22, 2020 at 9:27 am

    Wowww…varah varah reethi…..varah iburaiyytheri vaahaaka eh

    1. Un sure says:
      April 22, 2020 at 9:48 am

      Thanks kairaa

  5. Liyaa says:
    April 22, 2020 at 11:09 am

    Mashaa allah nice story keep it up ??

Comments are closed.


All Right Reserved!