Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަ

ހަތަރު އެކުވެރިން

Fathimath Athifa Hussain Level 210 Stories
May 3, 2020 2 Mins Read
3 Comments

2011  ވަނަ އަހަރަކީ ހިތުން ފިލު ވާލަން ދަތި އަހަރެކެ ވެ. އެއިރު އަހަރެން އުޅުނީ ގުރޭޑް އަށެށްގައެ ވެ. ސުކޫލުގެ ފުރަތަމަ ދު ވަހެ ވެ. އަހަރެން ހުރީ އުފަލުންނެ ވެ.  ގުރޭޑް 8 ގައި ރިޕީޓް ވިޔަސް އާ ރަހުމަތްތެރީންތަކެއް ލިބޭނެތީ އުފަލުންނެ ވެ. އަހަންނާއި ހަނާ އަދި އިޝްކާ ތިބީ އެންމެ ފުރަތަމަ ޑެސްކު ބަރީގައެ ވެ. ހަނާ އަކީ އަހަރެންގެ އާއިލާ ކުއްޖަކަށް ވެފައި  އަދި  ވަރަށް ރަށްޓެހި ކުއްޖެކެ ވެ.  އެއާއި ހިލާފަށް އިޝްކާ އަކީ އަހަރެން ދަންނަ ކުއްޖެއް ނޫނެ ވެ. ކޮންމެއަކަސް ކުލާސް ފެށިއްޖެ ވެ. ޝީކާ އަކީ ކުލާހަށް މުޅިން އަލަށް ގުޅުނު ކުދިންތަކުގެ ތެރެއިން އެއްކުއްޖެކެ ވެ. ފުރަތަމަ ދު ވަހު ވެސް ކުލާހަށް އައީ ސުޕާރީ ހިފައިގެންނެނެ ވެ. އަހަރެން މައްސަަލަ ޖެއްސީމެ ވެ. ކުލާހަށް ސުޕާރީ ގެނައުމަކީ މަނާކަމެއް ކަމަށް ބުނަމުން ނެ ވެ. މައްސަލަ ބަލައި ނިމުނުއިރު ވެސް ސުޕާރީ ގެނައި ކަމަކަށް ޝީކާ އެއްބަހެއް ނު ވިއެ ވެ.  ޝީކާ ބުނިގޮތުގައި އޭނާ ކުލާހަށް ގެނައީ ސުޕާރީ ޕާހެއް ކަމުގަ އެ ވެ.އަހަރެންނާއި ޝީކާގެ އޮންނަނީ އަބަދު ވެސް އަރައިރުން ވުމެކެ ވެ. ކުލާސް ތެރޭ ޒު ވާބު ކުރުމަކީ ހޮބީއެއް ފަދަ އެ ވެ. މީހުން ބުނެއުޅެއެއްނޫން ހެއްޔެ ވެ. ހަރުހިލަ ހިތްތައް ވެސް ލޯތްބާއި އަޅާލުމުން ބަދަލު ވެ އެ ވެ. އަހަންނަށް ވީ ވެސް އެފަދަ ގޮތެކެ ވެ. ހަނާ, އިޝްކާ އަދި ޝީކާ މިއީ އަހަރެންގެ އެންމެގާތް ރަށްޓެހިންނަށް ވެ ނިމިއްޖެއެ ވެ. އެކުގައި ފިލާ ވަޅު ހެދުމާއި ކައްކައިގެން ކެއުމަކީ އަހަރެމެންގެ އުފަލެކެ ވެ. ވަގުތުތައްދާ ގޮތެއް ވެސް ނޭގެއެ ވެ. އަހަރެމެންގެ ރަހުމަތްތެރިކަން ފެނި ކުލާހުގައި އުޅޭ މަދުބަޔަކު އަހަރެމެންނާއި ޒާތީގޮތުން ޖައްސައިލައިގެން އުޅުނެ ވެ. އަހަރެމެން ކެތްކުރީމެ ވެ. އެހެނަސް އިންސާނުންނަށް ކެތްކުރެ ވޭނީ ވެސް  ވަކި ވަރަކަށްތާއެ ވެ.ސުޕަ ވައިޒާއި ބައްދަލުކޮށް އަހަރެމެންގެ ހާލަތު އަސަރާއިއެކު ކިޔައިދިނީމެ ވެ. ބަލެނި ވެރިން ގެނެސްގެން އެތަކެއް ނަސޭހަތެއް ދިންނަމަ ވެސް އެމީހުންގެ ޖެއްސުމަކަށް ބަދަލެއް ނާދެއެ ވެ. ކިތަންމެ ދު ވަހަކު ރޮމުން ކުލާސް ނިއްމާފައި ގެއައް ގޮސްފަ ހުންނާނެ ވެ. ކަޅޭ ކިޔައިގެން ނަފުސް ރޫރޫއަޅާ ވަރަށް ހިތުގައި ޖައްސާލި ދު ވަސްތައް މަތިން ދު ވަހަކުމެ ހަދާން ނުނެތޭނެ އެ ވެ. އެފަދަ ދު ވަސްތަކުގައި ހިތް ވަރުދޭންތިބީ އަހަރެންގެ ބަދަލެއްނު ވާ ތިން އެކު ވެރިންނެ ވެ. ހަނާ އާއި އިޝްކާ އަދި ޝީބާ އެ ވެ. އަހަރެންނެކޭ އެއްފަދައިން ހަނާ އާއި ދިމާ ކުރުމަކީ ވެސް ކުލާސް ފިރިހެންކުދިންގެ އާދަ އެކެ ވެ. އޭގެތެރެއިން ދު ވަހެކެ ވެ. އެއީ އަހަރެމެންގެ ހިސާބް ގަޑިއެ ވެ. ހަނާ އާއި ދިމާލަށް ހުތުރުބަހުން ފިރިހެންކުދީންގެ ތެރެއިން ކުއްޖަކު އެއްޗެހި ކިޔެ ވެ. ހަނާ އިނީ އިންތިހާޔަށް ދެރަ ވެ ނުހަނު ރުޅިއައިސްފައެ ވެ. އިރުކޮޅެއްގެ ހިމޭން ކަމަށްފަހު އަހަންނަށް ފެނުނީ ހަނާ މޭޒު ކައިރިޔަށް ޒު ވާބުކުރި ކުއްޖާ އައިސް ހުއްޓަ އެ ވެ. އެކުއްޖާ ހަނާ ޔަށް އިންޒާރުދިނެ ވެ. މާ އަނގަގަދަ ކުރާނަމަ އަނގަަމަތި ފަޅާލާނަމޭ ބުނަމުންނެ ވެ. މަންޒަރުބަލަން ޖެހިލުން ވެފައި އަހަންނަށް އިނދެ ވުނީއެ ވެ. ހަނާ ވެސް ތިމަންނަޔާ ބެހޭނަމަ އެއްޗެކޭނުބުނެ ނުހުންނާނެ ކަމުގައި ބުންޏެ ވެ. އެކުއްޖާ ހަނާ މޭޒުމަތީ  ވަރަށް ބާރަށް އަތުންޖެހިއެ ވެ. އަހަންނާއި އިޝްކާ އަދި ހަނާ ސިއްސައިގެންދިޔައެ ވެ. ހަނާ މިތަނުން ދުރަށްދާށޭ ކިޔައި ގޮ ވައިގަތެ ވެ. ނަސީބަކުން އެކުއްޖާ އެތަނުން ދުރު ވިއެ ވެ. މިކަހަލައެތައްކަމެއް އަހަރެމެން ކުލާސް ތެރޭގައި ހިނގައިދިޔައެ ވެ. ދު ވަސްތައް ފާއިތު ވަމުންދެއެ ވެ. އަހަރެންގެ ރަހުމަތްތެރިކަމުގެ ގުޅުން ވަރަށް ވެސް  ވަރުގަދައެ ވެ. ދޭތެރެއަކުން މައްސަލައެއް ދިމާ ވިޔަސް އިޝްކާގެ އެހީގައި މައްސަލަ ހައްލުކޮށްލެ ވެ އެ ވެ. ސުކޫލުގައި ބާއް ވާ މަދަހަ މުބާރާތް ތަކުގައި އަހަރެންނާއި ޝީކާ ބައި ވެރި ވަމެ ވެ. އެކަމުގައި ބައި ވެރި ވުން ވެސް ކުލާސް ކުދިންގެ މަލާމާތް ރައްދު ވި އެ ވެ. އަހަރެމެން އަަޅައެއް ނުލަމެ ވެ. އަހަރެމެން އެއްޗެކޭ ބުނެފިނަމަ މާ ވަރުއަރު ވައިލާނެ ކަން އެނގޭތީ ވެ އެ ވެ. މިހާރު އަހަރެންނާއި ހަނާ ,އިޝްކާ, ޝީކާގެ ރަހުމަތްތެރިކަމަށް ބަރާބަރު ދިހަ އަހަރު ފުރުނީ އެ ވެ. އަހަރެންގެ އެދުމަކީ އަދި ކުރެ ވޭ ދުޢާ އަކީ މިގުޅުން ދާއިމަށް ދެމިއޮތުމެ ވެ. ހިތުގެ އަޑިން ތި ތިން އެކު ވެރިންދެކެ ލޯބި ވަމެ ވެ. މާތްﷲގެ ހެޔޮރަހުމަތުން ޖަންނަތުގައި ވެސް އަހަރެނެން ވާނީ އެކުގައެ ވެ. ކިތަންމެ ދުރުގައި ވިޔަސް އަހަރެމެންނަކީ އެއްބައެކެ ވެ. ކޮ ވިޑްގެ ބިރު ވެރިކަމުން ސަލާމަތް ވެ އަހަރެމެން އެންމެން އެއްތަނަކުން ދިމާ ވުމީ އަހަރެންގެ ހިތުގެއެދުމެ ވެ. އަހަރެމެންގެ ރަހުމަތްތެރިކަމުގެ ގުޅުމަށް  ދިހައަހަރު ފުރުމުގެ އުފާ ފާޅުކުރެ ވޭނެ ދު ވަހަކަށް  ވަރަށް އިންތިޒާރު އެބަ ކުރެ ވެ އެ ވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

އެކުއްޖާ 1

Next

ހިތް ނޭދުނަސް – ޓްރެއިލަރ –

Next
May 3, 2020

ހިތް ނޭދުނަސް – ޓްރެއިލަރ –

Previews
May 3, 2020

އެކުއްޖާ 1

3 Comments!

  1. Kairaa says:
    May 3, 2020 at 10:56 pm

    Wowwww….true friendship…varah reethi

    1. Fathimath Athifa Hussain says:
      May 4, 2020 at 5:47 pm

      ThanQ Dear kairaa?

  2. Anonymous says:
    May 4, 2020 at 2:14 pm

    oowww….vv reethi…i have gone through the same with my frndx…heevany i ge real life ge baeh kiyaalevunuhen….ekam not four six…???ummeedh kuran ithuru vaahkka thakeh kiyan libeyne kamah

Comments are closed.


All Right Reserved!