ޝަހާދު އިނގިލި ނަގައި ަހަރެންގެ ލޮލުން ވެއްޓެން އައި ކަރުނަ ފުހެލީމެވެ. ފެންކަޅި ވެފައި ހުރެ އަހަންނަށް އަހރެންގެ އަތުގައި އޮތް ރިޕޯޓް ކާޑަށް ބަލައިލެވުނީ ގަބޫލް ކުރަން ދަތި ގޮތަކަށެވެ. އަހަރެން ދެފައި ގަނޑުވެފައި ހުރީއެވެ. އެ ވަގުތު އެހެން ކުދިން އެ މީހުންގެ ނަތީޖާ އަށް ފަހްރުވެރިވާ ވާހަކަ ބުނަމުން ދިޔަ އަޑު އަހަންނަށް އިވެމުން ދެއެވެ. ނަމަވެސް އަހަންނަށް މިއަދު ބުނެވޭނީ ކީކޭ ހެއްޔެވެ.؟ މަޑު ފިޔަވަޅު ތަކެއްގައި ކުރިޔަށް ހިނގަމުން ދިޔައީ […]
މިއަދު މިއީ އަހަރެންގެ ޙަޔާތުގައި އައި ވަރަށް އުފާވެރި ދުވަހެކެވެ. މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީއިން ދީނީ ތަޢުލީމް ފުރިހަމަކޮށްގެން އަމިއްލަ ވަޒަނަށް ޚިދުމަތް ކުރަން އާދެވުނު ދުވަހެވެ. އެންމެ ބޮޑަށް އުފާވީ އަހަރެންގެ ނަމުގެ ކުރިޔަށް “އައްޝެއިޚް” ކިޔާނެތީއެވެ. މާލެ އާދެވުނުތާ މާ ގިނައިރުތަކެއް ނުވެ ގެޔަށް ދެވިއްޖެއެވެ. ގެޔަށް ގޮސް ވަދެވުމާއެކު ގެއިން މަރުޙަބާ ކީ ލޯބިވާ މަންމައާއި ބައްޕައެވެ. އަދި އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުންނެވެ. ބޮޑުދައިތައިންނާއި ބޮޑުބޭބެއިންނާއި އެ މީހުންގެ ދަރިންނާއި، […]
ނޯޓް؛ މިއީ ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އެހެންކަމުން އަޅުގަނޑުގެ އަމިއްލަ ޚިޔާލަށް ބައެއް ކަންކަން ބަދަލުކޮށްފައި ހުންނާނެވެ. ނޮޅިވަރަންފަރުން ފުރައިގެން ހދ. ހަނިމާދޫއަށް 10 މީހުންނާއި އެކު ދަތުރުކުރި ލޯންޗު ބަންޑުން ޖަހާލި ހާދިސާގައި ނިޔާވި 5 މީހުންނަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވުމަށް އެދި ދުޢާ ކުރަމެވެ. އަދި މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ފަރުވާތެރިވެގެން ކަނޑު ދަތުރުފަތުރު ކުރުމަށް ޚާއްޞަ […]
ފޯނު ވައިބްރޭޓް ވީހެން ހީވެގެން އަހަރެން ފޯނަށް ބަލާލީމެވެ. ޑިސްޕްލޭ ވެސް ދިއްލިފައި އޮތުމުން ޔަޤީނުން ވެސް މެސެޖެއް އައީކަން އެނގުނެވެ. ފޯނު ނަގާފައި ހުޅުވާލީ ކޮންމެހެން މާ ޚާއްސަ މެސެޖަކަށްވާނެ ކަމަކަށް ނޫނެވެ. ސޭވްކޮށްފައި އިން ނަމްބަރެއް ނޫނެވެ. މާބޮޑަށް ނަމްބަރަށްވެސް ބަލާކަށް ނުހަދަމެވެ. މެސެޖު ހުޅުވާލައިފީމެވެ. ހީކުރި ގޮތަށް، އެއީ މާ ޚާއްސަ މެސެޖެއް ނޫނެވެ. ހަމަ އެކަނި “ހައި” އެކެވެ. ހިތަށް އެރިއެވެ. މީހުން “ހައި” އެއް މެސެޖުންވެސް ފޮނުވާ ހެއްޔެވެ؟ […]
އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއްނޫނެވެ. މޫސުމީ ގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް މީގެ ތިންއަހަރު ކުރިން “ނިޔާމަ” ބޯޓުގައި މާލެ ދާން ފުރި ދުވަހު އާރާއަށް ކުރެވުނު އިޙުސާސް މިއަދު އޭނާއަށް އެކުރެވޭ އިޙުސާސާ ވަރަށް ތަފާތެވެ. އުފަން ރަށާއި މައިން ބަފައިން ދޫކޮށް، އެދުވަހު ދަތުރަށް ފުރީ ފުރާ ހިތަކުންނޫނެވެ. ނަމަވެސް މިއަދު މާލެއިން، އުފަން ރަށަށް ދާން އެފުރަނީ ވަރަށްވެސް ފޮނި […]
(9 ޑިސެމްބަރާ ގުޅޭ ) އުމުރުން ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ބަނޑުއަޅާވިހޭ މައިމީހާގެ ނަޞޭޙަތްތަކުގައި ކޮޅުންފައިން ޖަހަމުން ލާހޫރެމުންދިޔަ އަހަރެންގެ ކާޅުކަން ދުވަހެއް ދުވަހަކަށް ދިޔައީ ބޮޑުވަމުންނެވެ. ފޭރުމާއި ވައްކަންތަކުން ލިބޭ ކާމިޔާބީތައް އަހަރެމެން ފާހަގަކުރަނީ ހޭކެނޑޭވަރަށް މަސްތުވެގެން ކުރާ ޕާޓީތަކުންނެވެ. އަހަރެންނާ ނިމާލްގެ ގޭންގް ބޮޑުވެ، ގުޅެމުންދިޔަ އަންހެން ކުދިންވީ އަހަރެމެންގެ ރަން ދުނިޔެ އިތުރަށް ފުރިހަމަކުރުވި ކަމަކަށެވެ. ޖިންސީ ގުޅުމުގެ އުފާވެރިކަން އޭގެ އެންމެ ނުބައިގޮތުގައި ހޯދަމުންގޮސް މަސްތުގެ ހާލުގައި އެޔެއް މިއެއް ވަކިކުރަން ނޭނގި […]
ދުރުދުރަށް ދެމިފައިވާ ރީތި ހުދު ދޮންވެލި ތުނޑީގެ އެންމެ ކޮޅުގައި އަހަރެން އިނީ ހިތްހަމަޖެހިގެންނެއްނޫނެވެ. ޚިޔާލާއި ފިކުރުތަކުގެ ވާފަށްތަކުން ފުރިފައިވާ ސިކުނޑި ހަމައަކަށް އެޅުވޭނެ ހަމަ އެއްވެސް ގޮތެއް އަހަރެންގެ ވިސްނުމަކަށް ނައެވެ. ވިސްނިވަރަކަށް އެ ވާފަށްތައް ދިޔައީ އޮޅުންބޮޅުންވަމުންނެވެ. ފެންނަން ނެތަސް ދަންމަޅިއެއް ކަރަށް މެހެމުންދާކަމުގެ އިޙްސާސް އަހަރެންނަށް ވަމުންދިޔައީ ބިރުވެރި ހުވަފެނެއް ފަދައިންނެވެ. ހަދާނެ އެއްވެސް ގޮތެއް އަހަރެންނަކަށް ނުވިސްނުނެވެ. ވާނީވެސް އެހެންނެވެ. އުމުރުން އެންމެ 10 އަހަރުގައި އަހަރެންނަށް “ދުނިޔެ ރަންވި” ހިސާބުން […]
އެއީ ވަރަށް ވިއްސާރަ ހަވީރެކެވެ. އަހަރެން އިނީ ރެސްޓޯރެންޓެއް ގައެވެ. ބިއްލޫރިން ހަދާފައިވާ އެ ރެސްޓޯރެންޓަކީ ވިއްސާރައިގެ މަންޒަރު ދުށުމަށް ވަރަށް އެކަށޭނަ ތަނެކެވެ. ކުއްލި އަކަށް އަހަރެންގެ ފޯނަށް އައި މެސެޖަކުން ފެންކަޅިކޮށްލިއެވެ. ހަމަ އެ ސިކުންތުގައި އަހަރެންގެ ސިކުނޑިތެރޭ އެނބުރެން ފެށީ އެ ލޯބި ހަނދާންތަކެވެ. އާނއެކެވެ. އަހަންނާއި މާޔާގެ ރަން ޒަމާނެވެ. ލޯބީގެ ބަގީޗާއެއް ހައްދައި ފޮޅުވި ކުލަކުލައިގެ މާތަކުގެ ހަނދާނެވެ. ތަގުދީރު ނިންމަވައިފި ގޮތެއް އާދަމުގެ ދަރިއަކަށް ބަދަލު ކުރެވޭނެ ހެއްޔެވެ؟ ކުރެވޭނެ ނަމަ […]
އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް ހެނދުނު ހޭލައިގެން ކުޑަ ގޮތަކަށް ސައި ބޯލައިގެން އަހަރެންގެ މަސައްކަތަށް ދިޔައީމެވެ. އެއީ އާދައިގެ އޮފީހެއްގެ މަސައްކަތު މީހެއްގެ ވަޒީފާއެކެވެ. ކޮންމެ ވަޒީފާއަކަސް މިއަދު އަހަރެންނަކަށް މައްސަލައެއް ނެތެވެ. މި އާދައިގެ ދިރިއުޅުންވެސް މިހާރު އަހަންނަށް ފުދެއެވެ. އެއީ ސަބަބެއް ނެތި އެއްވެސް ނޫނެވެ. އޭރު އުޅެވުނު ގޮތް ހިތަށްއަރާ ކޮންމެ ފަހަރަކު އަމިއްލަ ނަފްސު ކުއްވެރި ކުރެވެއެވެ. ހިތުގާ ޖެހި ރޮވެއެވެ. އޭރު އަހަރެންގެ އުމުރުންވީ އަދި އެންމެ 15 […]