Skip to content
އެސްފިޔަ

މާޒީ

އެއީ މީގެ 5 އަހަރު ކުރިއެެވެ. އަހަރެން އޭރު އުނގެނެމުންދިޔައީ ގްރޭޑް 7 ގައެވެ. އެއީ އަހަރެންގެ ބަލިހާލަތު ހުރިގޮތުން ޑަކުޓަރަށް ދެެއްކުމަށްޓަކައި އަވަށްޓެރި ގައުމު، އިންޑިޔާއަށް ކުރި ދަތުރެކެވެ. އެތަކެއް ފަހަރަކުމެ އެދަތުރު ނުދެވުނުބާއޭ ހިތަށްއަރާ ފައިބަމުން ދެއެވެ. ސަަބަބެއް ނެތިއެއް ނޫނެވެ. އެދަތުރު ވީ އަހަރެންގެ މުޅި ދިރިއުޅުން ވިއްސިވިހާލި ކޮށްލި ހާދިސާއަކަށެވެ. ނުލަފާ މީހެއްގެ ދަންތުރައިގައި އަހަރެން ޖެހުނެވެ. އަހަރެންގެ ޅަ އުމުރުގައި އަހަރެން ހުރީކީ އެފަދަ ކަމަކާއި ދިމާވާނެ ކަމުގައި ބަލައިގެނެއް ނޫނެވެ. ނަމަވެސްް އޭނާ އަހަރެންނަށް ހަމަލާދިނީ ވަލުޖަނަވާރެއް ފަދައިންނެވެ. އެއީ އަހަރެމެން ތިބި ގޭގައި އުޅުނު ފިރިހެނެކެވެ. އަހަރެންގެ އާދޭހަަށް ބީރު ކަންފަތެއް ދީގެން ހުރެ އެމީހާ އަހަރެންގެ އިއްފަތްތެރިކަން ނަގާލަން އުޅުނީ ރަހުމުކުޑަކޮށެވެ. އެ ހާދިސާއަށް 5 އަހަރު ވެއްޖެއެވެ. ނަމަވެސް ހަމަ ދެންމެ ދެންމެ ވީ ކަމެއް ފަދައިން އެ ނުލަފާ މީހާގެ މޫނު އަހަރެންނަށް އަދިވެސް ސިފަވެއެވެ. ކަށިޖަންގައްޔެއްގެ ކަށިތަކުގެ ޝިކާރައަކަށްވެ ދުވަހަކު އަރައި ނުގަނެވޭނެފަދަހެން އަހަރެންނަށް އެ ހާދިސާއާ މެދު ދެކެވެއެވެ. އަހަރެންގެ ހިތުގައި އެފަދަ މީހުންނަށްޓަކައި އެއްވެސް މާފެއް ނުވެއެވެ. މައާފް ކުރުމުގެ ބޭނުމެއްވެސް ނެތެއްނޫންހެއްޔެވެ؟ ނާޒުކު އަންހެންކުއްޖެއްގެ ދިރިއުޅުން ހަނާކޮށްލުމަށްފަހު އަހަރެން ދެކޭގޮތުގައި އެފަދަ ނުބައި އަމަލަކަށް މައާފެއް ނުވެއެވެ.

Comments (3)

  1. Xivi

    Pis pis mi vs dhn vaahaka yo lah …????

    1. 16 SHABAKKO 7
      Xivi

      Sup

  2. Ekkala kujja

    Vrh salhi hama ma sha allah .. but maaf kurumakii vrh rythi sifa eh … no matter what happens … plx take it as a positive comment?

Comments are closed.