
ކެތްކުރާނަން އުއްމީދުގައި
މީހުން ބުނެއުޅެއެވެ. ދެ މީހުން ނުފެނިތިބެ ހަގީގީ ލޯބި ނުވެވޭނެއެވެ. އެއީ މުޅިއަކުން ތެދެކޭ ދެންނެވޭކަށް ނެތެވެ. ފޭސްބުކު އިން ދި މާވެ ރަށްޓެހިވެ ކައިވެނިކޮށްގެން އުފަލުގައި ހަޔާތް ވޭތުކުރާ މީހުން މަދެއް ނޫނެވެ. ކިޔައިދޭން މިއުޅެނީ އެފަދަ ގޮތަކަށް ކުރިލައި ހެދުނު ލޯބީގެ ދާސްތާނެކެވެ.
ވިޝްކާ އަކީ ސަކަ މިޒާޖެއްގެ އެން މެނާއިވެސް ގުޅޭ އަހުލާގު ރަނގަޅު ކުއްޖެކެވެ. މިޒަ މާނު ފޭސްބުކް ބޭނުންނުކުރާނީ ވަރަށްވެސް މަދުބައެކެވެ.ފަލަކް އަކީ ގަވާއިދުން ފޭސްބުކް ބޭނުންކުރާ ކުއްޖެކެވެ. ފޭސްބުކުން ދި މާވި ކުއްޖަކާއި ގާތްގުޅު މެއް އުފެދުނެވެ. ފުރަތަ މަ ރަހު މަތްތެރިންގެ ގޮތުގައެވެ. މަދު ދުވަސްކޮޅެއްގެތެރޭ އެގުޅުން ލޯތްބައް ބަދަލް ވިއެވެ.
އެއީ ދިވެހި ޤައު މީ ދިފާއީ ބާރުގައި މަސައްކަތް ކުރާ ކުއްޖެެވެ. ނަ މަކީ ފަވާދް އެވެ. ފަލަކް އަދި ފަވާދް އުޅުނީ ވަރަށްވެސް ލޯބިންނެވެ. ފޯނުން ގުޅައިގެން އަދި މެސެޖުގެ ޒަރީއާއިން ވާހަކަ ދެކެވުނަސް ދެ މީހުން ހަ މަލޮލައް ފެންނަވަރެއް ނުވެއެވެ.
ފަލަކްގެ އެކުވެރިއެއްގެ ކައިވެނި ހަފުލާގައި ބައިވެރިވު މަށް މާލެ ދިޔައެވެ. ފަވާދް އުޅެނީ ކޯހެއްގައި އިންޑިޔާގަ އެވެ. ކޮން މެއަކަސް މާލެ ދެވު މުން އެތާގައި ދިރިއުޅޭ ރަހު މެތްތެރިންނާއި ބައްދަލުކޮށްލަން ވާނެތާ އެވެ. ފަަލަކް ހުރީ ރައްޓެސަކާއި އެކު ދުއްވާލަން ނުކު މެ އެވެ. ކުއްލިއަކަށް ފަލަކްގެ ފޯނު ރިންގުވާންފެށި އެވެ.
ގުޅަނީ ލޯބިވާ ފަވާދް އެވެ. ފަލަކް ފޯނު ކަންފަތުގައި ޖަހައި ހަލޯއޭ ބުނެލި އެވެ. ފަވާދު ބުންޏެވެ. ކޮންތާކު ތިހިރީ. ފަލަކް ޖަވާބުގައި ބުންޏެވެ. ރަށްޓެހި ކުއްޖަކާއިއެކު ދުއްވާލަން ނުކު މެ މިއުޅެނީ. ފަވާދު ބުންޏެވެ. އެހެންދޯ. ފަލަކް ޖަވާބުގައި ކިހިނެއްވީތޯ ސުވާލުކުރި އެވެ. ފަވާދު އަނެއްކާވެސް ވާހަކަ ދައްކަން ފެއްޓިއެވެ. ބޭބީ ތިހުރި ތަނުގަ މަޑުކުރައްޗޭ. ފަލަކް ހުރީ ވާނުވާ ނޭނގޭ ހާލުގައެވެ. ކީއްވެ ތިހެންތިބުނީ ފަލަކު އޮޅުންފިލުވުގެ ނިޔަތުގައި ސުވާލު ކުރިއެވެ.
ކެތްކޮއްބަލަ އެއިރުން އިނގޭނެ ކީއްވެކަން މަޑުކުރަން ބުނީ. ފަލަކު ހޫ މް އެއްލައްވާލި އެވެ. އޯކޭ ދޫނީ ފޯނުބާއްވަނީ އޭ. ފަހުންގުޅާނަން. ފަލަކް ހުރީ ކެއް މަދުވެފައެވެ. ލިބެން އުޅޭ ސަޕްރައިޒާއި މެދު ވިސްނާށެވެ. ކުއްލިއަކަށް މީހަކު ފަލަކް ގެ ނަ މުން ގޮވާލު މުން ފަލަކް އެދި މާލައް ބަލާލިއެވެ. ކުރި މަތީ ރަތްފިނިފެން މަލަކާއި އެކު ހުއްޓިގެން ހުރީ އެ މީހަކު ދެކިލު މަށް ހިތް އެދޭ ފަލަކް ގެ ފަވާދް އެވެ. ސަޕްރައިޒް ކިހިނެތްވަނީ ކަ މުދިޔަތަ. ފަވާދް ވާހަކަ ދައްކަން ފެށިއެވެ. ފަަލަކް އައް ހެވިފައި ބަލަހައްޓައިގެން ހުރެވުނީއެވެ. އުފަލުންނެވެ.
ދިގު އިންތިޒާރައް ނި މުމމމ މެއް އައީ ހީވެސް ނޮކޮށް ހުއްޓައެވެ. އަސްލުވެސް ސަޕްރައިޒް ވެއްޖެ. ކިހިނެއް ކޮންއިރަކު މާލެ އައީ. ސުކައިޕް އިން ގުޅީ މަ ޝައްކެތްވެސް ނުވި. ފަލަކް ކުރިޔައް ފިޔަވަޅެއް އަޅައި މާބޮނޑީގައި ހިފިއެވެ. އަދި ފަވާދް ގެ ގައިގަ ލޯބިން ބައްދާލި އެވެ. ދުވަސްތައް ފާއިތުވަ މުން ދެއެވެ. އަނެއްކާވެސް ކިޔެވު މަށް ފަވާދް އިންޑިޔާ އައް ދިޔައީއެވެ.
ފަލަކު ހުންނަނީ އޭނަގެ ރަށުގައެވެ. ފަވާދް އާއި އޭގެ ފަހުންވެސް އެއްފަހަރު މާލޭން ދި މާވި އެވެ. ޑޮކުޓަރަށް ދައްކަން ދިޔަ ދަތުރެއްގަ އެވެ. ދެ މީހުންގެ ލޯބީގެ ގުޅު މަށް ދެއަހަރު ވަނީއެވެ. ފަލަކު ކެނޑިނޭޅި އިންތިޒާރު ކުރަ މުންދަނީ ފަވާދް އާއެ ކު ޒަވާޖީ ހަޔާތެއް ފެށޭނެ ދުވަހަކަށެވެ. ކޯސްނި މި ދެ މީހުން ބައްދަލުވާނެ ދުވަހަކަށެވެ.
ދުނިޔެއައް ފެތުރިގެން މިއުޅޭ ކޮވިޑްގެ ވަބާ އިން ސަލާ މަތްވެ ފަލަކް އާއި ފަވާދް ބައްދަލުވެ ކައިވެނީގެ ގޮށްޖެހިގެން ދިޔު މުގެ ދުއާ ފަލަކް ކެނޑިނޭޅި ކުރެއެވެ. އެތައްރޭގެ ނިދިން މަހުރޫ މް ވެއެވެ. ލޯބިވާގެ ހިޔާލުތަކުންނެވެ. ދުރުގައި ތިބު މުގެ ސަބަބުން ހިތައް އަސަރުކުރެވެ އެވެ. ފަލަކުގެ އުއް މީދަކީ ފަވާދުގެ ލޯބި ތާއަބަދަށް ލިބިގެންދިޔު މެވެ. އިންތިހާޔަށް ލޯބިވާތީއެވެ. އަބަދުވެސް ލޯބިވުން މަތީ ވަފާތެރިކަ މާއި އެކު ހުންނާނެތީވެސް މެއެވެ. ފަލަކް ހިތާ ހިތާ ކިޔާލިއެވެ. ކެތްކުރާނަން އުއް މީދުގާ. އަދިގައި މޭ ދި މާވާނޭ.