Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހަޤީޤީކުރުވާހަކަ

އަހަރެންގެ ވާހަކަ

Fathimath Athifa Hussain Level 210 Stories
May 5, 2020 3 Mins Read
1 Comment

ބުލީކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް މުޅިދުނިޔެ ވެސް ދެބަސްވުމެށްނެތި އެއްބަސްވެއެވެ. ސުވާލަކީ ބުލީކުރުން ހުއްޓާލާނެ ބާއެވެ.ނުވަތަ މިކަންތައް ހުއްޓުވޭނީ ކޮންދުވަ ހަކުންބާވަ އެވެ.  ހައްތަ ހާވެސް ސުވާލުތަކެވެ. ބުލީގެ ޝިކާރަޔަކަށް ތިމާ  ހުށަ ހެޅުމުން ނޫނީ އެކަމުގެ ހުރި ވޭނަކާއި  ހިތްދަތިކަމެއް ނޭގޭނެ އެވެ. ތިމާގެ  ހަށިގަނޑު

ހުންނަ ގޮތަކުން ނުވަތަ ތިމާ ހެދުން އަޅާ ގޮތަކުންވެސް ބައެއްފަ ހަރު ބުލީކުރެއެވެ.އަ އަހަރެންނަކީ  ހަމުގެކުލަ މާކަށް އަލި މީ ހަކީމެއް ނޫނެވެއަހަރެންނަށް އެންމެ ދެމަހުގައި ވީނުވީއެއް ނޭގި ބައްޕަ ގެއްލުނީއެވެ. މަންމަ އާއި އަހަރެންގެ ދެންތިބި އެއްބަނޑު އެންމެން ދިރިއުޅެނީ މާމަމެން ގޭގައެވެ. މާމައާއި ކާފަ އަހަރެމެންގެ  ހުރި ހާކަމެށް ބަލަ ހައްޓަ އެވެ. ކާފަ އަކީ މާލެ ދަތުރުކުރާ މީ ހެކެވެ. ކާށްޓާއި ކަނަމަދާއި ތެލުލިބަނބުކެޔޮ ފަދަ ތަކެތި ވިއްކުމަށް ވަރަށް ގިނައިން މާލެދާނެ އެވެ.

ބައްޕައެއްގެ ލޯބި އަހަންނަށް ދިނީ އަހަރެންގެ ކާފައެވެ. އަަަހަރެންގެ ކޮންމެ އެދުމެއް ކާފަ ފުއްދައިދެނަީނ ނުހަނު ލޯބިންނެވެ. ދުވަސްތައް ފާއިތުވަމުން ގޮސް މަންމަ އެހެންމީ ހަކާއި ކައިވެނިކުރި އެވެ. މާމަމެންގެ ނުރު ހުމުގައެވެ. އަ ހަރެން ވަރަށް  ހަނދާން ހުރެއެވެ. ދޮންބައްޕަ އާއި މަންމަ ކައިވެނި ކުރިފަ ހުން ގޭތެރޭގައި އޮންނަނީ ޒުވާބުކުރުމެވެ. ހަޑި ހުތުރުބަ ހުން ވާ ހަކަ ދައްކައި ތަޅައި ފޮޅުމެކެވެ. ދޮންބައްޕަ މަންމައަށް އަނިޔާކުރާތަން އަހަރެން ދެކެމެވެ.

އެމަންޒަރުތައް ފެނި އަހަރެންގެ ޅަހ ހިތައް ކުރި އަސަރު ބުނެދޭކަށް ނޭނގެއެވެ. އެފަދަ ވަގުތުތަކުގައިއ އަހަރެންނަށް  ހިމާޔަތްތެރިވަނީ މާމަ އެވެ. ކިތަންމެ ރެޔަކު ރޮއިރޮއިއޮވެ ނިދެއެވެ. ކޮންމެދުވަހަކުމެ ތަކުރާރުވަނީ އެއްކަންތަކެކެވެ. ޒުވާބާއި ހަމަނުޖެ ހުމެވެ. ރޯއަޑާއި ގިސްލުމެވެ. އަ ހަރެންނައް ދެ ފިރި ހެން ކޮއްކޮ ލިބުނެވެ. އަ ހަރެން ހީކުރީ އެ ހިސާބުން ކަންތައްތައް  ހަމަޔަކަށް އެޅޭނެ ކަމަށެވެ.

އެހެނަސް  ހީކުރިގޮތަކައް އެއްކަމެއްވެސް ނުދިޔައެވެ. ޒުވާބުކުރުންވީ އިތުރެވެ. އަހަރެމެންގެ ގެއަކީ ފަލަސްތީނުގެ  ހަނގުރާންމަތީ ގެއެއްފަދަ އެވެ. އެއްދުވަ ހަކު ޒުވާބުކޮށް  ހެދުމުގެތެރޭ ދޮންބައްޕަ މަންމަގެ ފައިގައި ފޯއްވަޅި އެޅިއެވެ. މަންމަ ރޮއިހ ހޭރުނެވެ.  ތިހެންނުހެދުމަށް އެދި އެތަކެއް އާދޭ ހެއްކުރި އެވެ. މާމަގެ ދިފާއުގައި މާމަ ހުއްޓެވެ. ނަމަވެސްވީކަމެއް ހަރާމެވެ.

މަންމަ އާއި ދިމާލައް ދޮންބައްޕަ އެއްޗެ ހި ކިޔާއރު އަހަރެންވެސް މަންމަގެ ދިފާއުގައި އެއްޗެ ހި ބުނަމެވެ. ނަތިއްޖާ އަކަށްވީ ދޮންބައްޕަ އަހަ ހަންނާއި ދިމާލައް  ހެއްދެވި ނު ހެއްދެވިއައް ގޮވުމެވެ. އަމިއްލަ ބައްޕަ ގެއްލުނީ ކަލޭގެ ސުންޕާކަމުން. ކަޅުކުލައިގަ ހުރި އިފްރީތައެއްތީ.އަ އަހަރެންނާ ދިމާލަށް ބުނެއެވެ. އަހަރެންގެ  ހިތްކުދިކުދިވެއެވެ. އެވިހަ ގަދަ ބަސްތައް އަނޑުނީވި މަރުވާނެނަމައޭ ކިތަންމެ ދުވަ ހަކު  ހިތައްއަރައެވެ. ދޮންބައްޕަ އާއި ދިމާލައް އަހަރެން  އެއްޗެހި ބުނާތީ މަންމަ ރުޅިއާދެ އެވެ.

ނަތީޖާ އަކަށްވީ އަހަރެންގެ  ހުރިހާކަމެށް މާމަ ކޮށްދޭން ޖެހުމެވެ. އެއީ ދުވަހަކުވެސް އަހަރެން  ހަނދާނުން ފޮހެވޭނެ ދުވަހެއްނޫނެވެ. ބޭބެއައް މަންމަ ދޮންބައްޕަ ގަނެފަ ހުރި ޖޫސްފުޅިން ޖޫސްތަށްޓެއް  ހަދާފަދީގެން ޖޫސްފުޅި ގޭގެ ފެންޑާ އައް ތަޅައިލި އެވެ. އަދި އެވަރަކުން ނިމުނީއެއް  ނޫނެވެ. ބޭބެގައިގައި ޖަ ހަން ގާބުރިއެއް އަތައް ނަގައިގެން ސުކޫލާ ހަމަޔަށް ދިޔައެވެ.

އެދުވަ ހު ސުކޫލައްގޮސް ސުކޫލު ފާހާނާގައި ހުރެ  ހިތްފުރެންދެން ރުއީމެވެ. ދޮންބައްޕަ ދެކެ ނަފްރަތު ވެވުނެވެ. ރުޅިއާދެ އެވެ. ލޮލައް ފެނުނަސް ނަފުރަތުގެ ބެލުމަކުންނޫނީ ނުބަލަމެވެ. ގަސްތުގައެއް ނޫނެވެ. ދޮންބައްޕަ ކަންތައް ކުރާގޮތުން ފޫ ހިވެއެވެ. ސަކަރާތާއި މަޖަލުގައި އުފާކުރަންވީ ދުވަ ހު ގޭތެރޭގައި އޮންނަނީ ނިމުއްނެތް ޒުވާބާއި  ހަނގުރާމަ އެވެ.ހިތާމަޔަކަށްފަހު ހިތާމައެކެވެ. ކުއްލިގޮތަކަށް ކާފަ މިދުނިޔެ ދޫކުރީ އެވެ. އަހަރެމެން އެކަނިވީއެވެ. ހާލުގައި ޖެހުނީއެވެ. މާމަ އާއި މަންމަ އަހަރެމެންގެ ހައްގުގައި ބުރަމަސައްކަތް ކުރިއެވެ. އަހަރެމެންނަށްޓަަކަ އެވެ. މަންމަ ދޮންބައްޕަ ގާތުން ވަރިވިއެވެ. އިންސާނަކަތް ކެތްވާނީވެސް ވަކި ވަރަކަށްތާ އެވެ. ގޭތެރޭގައިކުރި ޒުވާބުގެ އަޑުކެނޑުނެވެ. ނަމަވެސް މަންމައާއި ދޮންބައްޕަގެ ޒުވާބުގައި ސިއްކަ ނުޖެ ހެއެވެ.

ގުރޭޑް ހައެއް ކިޔެވުމަށްފަހު އަހަރެން ކިޔަވަން ބަދަލުވީ އަތޮޅުގެ އެހެންރަށަކަށެވެ. އެއިރު ބޭބެވެސް ކިޔަވަން އުޅުނީ  ހަމަ އެރަށުގައެވެ. އަ ހަރެން  ހުރީ އެއްބަނޑު ދައްތަގެ ގޭގައެވެ. އަ ހަރެން ޗުއްޓީ ދުވަސްތަކުގައި އެރަށައް ގޮސް އުޅެމެވެ. އެހެންކަމުން ފުދޭވަރަކަށް ރަހުމަތްތެރި ކުދިން އެރަށުގައި ތިބެއެވެ.

އަހަރެން ފޫހިވާނޭ ފުރުސަތެއް ނުލިބެއެވެ. ރަށުގައި އެއްކުލާ ހުގައި ކިޔެވި ރަހުމަތްތެރިޔާ  ހުރީ އަހަ ހަރެން ހުންނަ ގޭގައި ކަމަށްވީތީ އެވެ. ނަސީބު ވަރަށްވެސް ރަނގަޅެވެ. ކުލާ ހުން ރަހުމަތްތެރިވި ކުދީން ވަރަށް ރަނގަޅެވެ. ނޭނގޭ އެއްޗެހި ބުނެދެ އެވެ. އެހ ހެން ރަށަކުން އައިކުއްޖެކޭ ބުނެ ތަފާތެއްނުކުރެ އެވެ.

ކަންތައްތައް ބަދަލުވީ ގުރޭޑް އަށަކަށް ކިޔަވަންފެށި ފަ ހުންނެވެ. ގައިގެ ކުލަ އަނދިރިއޭ ކިޔައި  ހިތގައިޖައްސައިލި ދުވަސްތައް މަދެއްނުވާނެ އެވެ. އަހަރެންގެ އުފަން ރަށަށް ބަދުބަސް ބުނެލާނެއެވެ. އަހަރެން  ހީނލާ ގޮތާއި މެދު ޖެއްސުންކުރާނެ އެވެ. ކުލާސްތެރޭގައި އަބަދު އޮންނަނީ އަހަ ހަންނާއި ދިމާކުރުމެވެ. އަހަރެން ކަޅެއްކަމަކު އެމީ ހުން ފަދައިން އަހަރެންވެސް އޮންނަނީ  ހިތެކެވެ. އެފަދަ ބަސްތައްއިވި  ހިތުގައިޖެ ހެއެވެ. ބަޔަކަށް ނުފެނުނަސް އަހަރެން  ހިތުން ކަރުނަ އަޅައި ރޮމެވެ. އަހަރެންގެ ދިފާއުގައި ބަ ހެއްބުނަޏަސް ނިމުނީ އެވެ.

އެމީހަކަށް މަލާމާތް ކުރާނެއެވެ. އަބަދަކު އެއްގޮތަކައް ކަންތައްނު ހިނގާ ފަދައިން  އަހަރެންނަށް ކުރި ޖެއްސުމާއި ފުރައްސާރަ  ހުށްޓުނެވެ.  އެހެނަސް ދުވަހަކުމެ އެ  ހަނދާންތައް ފިލައި ނުމެދާނެ އެވެ. އަހަރެން ތަޖުރިބާކުރި  ހިތާމަތައް ޔަގީނުންވެސް  ހިތުންނުމެ ދާނެއެވެ. ނުފިލާނޭ ލަކުނެއް ފަދައިން އެ ކަޅު ދުވަސްތައް އަހަރެންގެ  ހިތުގައިވެ އެވެ.

މި ކިޔައިދިނީ އަހަރެންގެ ވާހަކައެވެ. އެއްވެސް މީ ހެއް ހުންނަގޮތަކުން ނުވަތަ  ހަމުގެކުލަޔަކުން މީ ހާގެ ވާ ހަކަ ދައްކާ ގޮތަކުން ބުލީ ނުކުރާށެވެ. ބުލީގެ ޝިކާރަޔަކަށް ވެފައިވާ މީ ހަކަށް ނޫނީ އެކަމުގަ ހުރި ވޭނެއް ނޭނގޭނެއެވެ. ބުލީ ކުރުން މި ދިވެ ހި މުޖުތަމައު އިން ނައްތާލުމަށް މަސައްކަތް ކުރަމާހިނގާށެވެ.

Share Article

Follow Me Written By

Fathimath Athifa Hussain

Level 210 Stories

I Am 24 Years Old Girl? Work For Cause, Not For Applauses! Live Life To Express, Not To Impress!!

Other Articles

Previous

މިދެލޯ ފުހެލަ ދޭށޭ ލޯބިން 4

Next

އެ ހަނދާނާއި އަސަރުފިލާނޭހޭ

Next
May 5, 2020

އެ ހަނދާނާއި އަސަރުފިލާނޭހޭ

Previews
May 5, 2020

މިދެލޯ ފުހެލަ ދޭށޭ ލޯބިން 4

One Comment

  1. Anonymous says:
    October 13, 2020 at 11:06 pm

    Is this really your story??

Comments are closed.


All Right Reserved!