މަސްޖިދުއްނަބަވީ ގައި މާތް އިލްމުވެރިއަކު ކުދިންނަށް ހަދީޘް ކިޔަވައިދެއްވަމުން ގެންދަވައެވެ. މަސްޖިދުއްނަބަވީ އަކީ ކީރިތި ރަސޫލާ މަދީނާއަށް ވަޑައިގެން ބިނާކުރެއްވި މިސްކިތެވެ. މިއިލްމުވެރިޔަކީ އެދުވަސްވަރު އެންމެ މަޝްހޫރު އިލްމުވެރިޔާއަށް ވެވަޑައިގަނެފައި ވާތީ އެންމެ ދުރު ގައުމުތަކުގެ މީހުންނާއި ރަށްތަކުން ވެސް މިއިލްމުވެރިޔާގެ އަރިހަށް ކިޔަވަން އާދެއެވެ. ހުރިހާ ކިޔަވާކުދިންވެސް އުސްތާޒުގެ ފިލާވަޅުތައް ވަރަށް ރަނގަޅަށް ކަނުލައި އަހައި، ދަސްކޮށް ހަދަތެވެ. ދުވަސްތައް ފާއިތުވަމުންގޮސް އެއްދުވަހަކު މިކުދިންގެ ތެރެއަށް ބީރައްޓެހި ކުއްޖަކު ކިޔަވަން އަތުވެއްޖެއެވެ. ހުރީ ވަރަށް ވެސް […]
މައިންބަފައިންނަށް ހެޔޮކޮށް ހިތު މެން ދެ ދުނިޔެގެ ކާ މިޔާބު ލިބޭނެއެވެ. ﴿رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا﴾ އަޅުގެ ވެރިރަސްކަލާކޯ އެވެ! ކުޑަކުއްޖަކު ކަ މުގައި މިއަޅާވީދުވަހު، އެދެ މީހުން މިއަޅާ ބަލައިބޮޑުކުރި ފަދަ އިން، އެދެ މީހުންނަށް رحمة ލައްވައިފާނދޭވެ! އާ މީން??
“އަހަރެންގެ ދިރިއުޅުމަކުން އަބީން އަށް ޖާގައެއް ކުރިން ދެވިފައިވީ ނަމަވެސް މިހާރަކު އަހަރެން އަބީންގެ ލޮތްބާއި އަޅާލުމެށް ބޭނުމެ އްނޫން. ސޯ އަހަރެންގެ މަތިން ހަނދާންނައްތާލާ.” އެވަގުތު އަހަރެންގެ ލޮލުން ކަރުނަނުހިލުނު ކަމުގައިވިޔަސް އަހަރެންގެ ހިތް ރޯލިއެވެ. އަމާލްއަކީ ކުޑައިރުގެ އެންމެގާތް އެކުވެރިޔާއެެވެ. ގުރޭޑްހަތަކުން ފެށިގެން މިވީހާ ދުވަހަކު އަމާލްއަކީ އަހަރެންގެ ލޮތްބެވެ. އެހެނަސް މާލެ ބަދަލުވި ހިސާބުން އަމާލް ބަދަލުވާންފެށިއެވެ. އެހެނަސް އަހަރެން ކެތްކުރީމެވެ. ލޯބިވާތީއެވެ. އަހަރެންގެ ހަޔާތައް އަމާލް ނޫނީ އިތުރު އަންހެންކުއްޖަކު ނާދެއެވެ. […]
އަހަރެންނަކީ ގުރޭޑް ހަޔަކުން ފަށައިގެން ވެސް ބުލީގެ ޝިކާރައަކަށް ވެފައިވާ ބަދުނަސީބުވެރިއެކެވެ. ކުލާހުގައި އުޅޭ ނުފޫޒުގަދަ ދެ ތިން ފިރިހެން ކުއްޖެއް އަހަންނަށް ބުލީ ކުރަމުން އައީ އަހަރެން ގްރޭޑް ހަތަކާ ހަމައަށެވެ. ބުލީގެ ސަބަބުން އަހަރެން ގެ ހަޔާތަށް ވަރަށް ބޮޑު ބަދަލެށް އައެވެ. އަހަރެން ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝޮކެވެ. ތަޢުލީމީ ހަޔާތް ފެށުނީއްސުރެ އަހަންނަކީ މީ މޮޅެތި ކާމިޔާބީ ތަށް ހޯދަމުން އާ ދަރިވަރެކެވެ. މުދައްރިސުންގެ ލޯއިއްބާ މައިންބަފައިން ގެ ލޯބާ […]
އާދައިގެ މަތިންް މުސަޅު، އޭތީގެ ހޮރުން ނުކުތެވެ. އޭތި މިސްރާބުޖެހީ އޭތީގެ މަންމަ ގެޔަށެވެ. އިރުއުދަރެހުންްްްް ތިރިވެ އިރުއޮއްްސެން ކައިރިވެފައި ވާތީ އަވަހަށް އެތަނަށ ދެވޭނެ ކަމާއިމެދު ޝައްކެވެ. ނަމަވެސް މުސަޅު އޭތީގެ ހިތްވަރު ދުލެއް ނުކުރެއެވެ. އަވަހަށް ދެވޭތޯ އޭތި ވަރަށް މަސައްކަތް ކުރެއެވެ.. ދުރެވެ. މާދުރެވެ. އިވެނީ އަޑެކެވެ. ހަޅޭއްލަވާ އަޑެވެ. މުސަޅު އެއީީީީީީީީީީ ކޮންއަޑެއްތޯ ނުބަލާ ދާން ބޭނުމެއް ނުވިއެވެ. އެހެންކަމުން މަޑުމަޑުން އެ ތަނާއި ދިމާލަށް ދަތުރުކުރަން ފެއްޓިއެވެ. މިހާރު އެތަނާއި […]
ފޮތުގައި ލިޔަމުން، އަހަރެން ކުރިޔަށް ދިޔައީ، އަހަރެންގެ ހަޔާތުގެ އަނދިރި ސަފްހާތަކެކެވެ. ހިޔާލުގައި މެހުސޫސު ކުރެވެމުން ދިޔައީ އެދުވަސްތަކެވެ. ހަނދާން ކުރަން ބޭނުންވާ ވަރުން، ލޯމަރާލައި، ހިޔާލަށް އެތަން ފުރާލަދިނީމެވެ. އެއީ، ‘ސައްބީސް ޑިސެންބަރ އެވެ.’ * * * * ރަށުގައި އަހަރެން އުޅެނީ މިނިވަން ކޮކާލެއް ފަދައިންނެވެ. މައިންބަފައިންނާއިި ދުރުގައި، ވަގަށް ނެގި ފޯނަކުުން އަހަރެން އުޅެމުން ދިޔައީއެވެ. މައިންބަފައިންނާއި ދުރުގައެއް ނޫނެވެ. ނަމަވެސް އުޅެމުންދިޔައީ އެމީހުންނާއި ދުރުގައެވެ. އެކުވެރިޔާއާއި އެކުގައެވެ. އެއީވެސް ވަކި […]
މޫސުން ރީތި ހިތް ގައިމު ނަލަ ފަތިހަކަށް ތަން ދެމުން އިރުގެ ދޯދިތައް މަރުޙަބާ ކިޔާލީ ހަފްތާގެ އާދިއްތަ ދުވަހަށެވެ. ކޮންމެ މީހަކުވެސް އެމީހަކު ނިދާފައިވާ ތަންމަތިން ތެދުވީ ވަރަށް ފޮނި އުންމީދު ތަކަކާ އެކުގައެވެ. ޑިސެމްބަރގަ ލިބޭ ބޮޑު ބަންދަކީ ސްކޫލްތަކުގެ ބޮޑު ޗުއްޓީކަމުން ތަފާތު އެތައް ކަންތައްތަކެއް ކުރުމުގެ ތަފާތު ފޮނި އުންމީދުތަކާ އެކުގައެވެ. ކޮންމެޔަކަސް، އަހަރެންގެ ދައްތަވެސް ފަތިހު ހޭލައިން ގޭތެރޭގެ ބައެއް މަސައްކަތްތަކުގާ އުޅެންފަށައިފިއެވެ. ފަހަރިވެސް އަވަދިނެތި އުޅުނީ އޭނާގެ އަންނައުނުތައް […]
ކޮންމެ ދެމަފިރިއަކުވެސް މައްސަލަ ޖެހޭނެއެވެ. މައްސަލަ ނުޖެހޭ ބުނާމީހަކު އުޅެންޏާ އެމީހަކު އެހަދަނީ ދޮގެކެވެ. ދެމަފިރިންދޭތެރޭ ޖެހޭމައްސަލަތަކަކީ ކޮންމެ ކޮންމެ މީހެއްކައިރީ ދައްކަންޖެހޭނެ ވާހަކަތަކެއްވެސް ނޫނެވެ. މައްސަލަ ޖެހެންވެސް ޖެހޭނެއެވެ. ޖެހޭ މައްސަލަތައް ހައްލުވެސް ކުރެވެން ޖެހޭނެއެވެ. މައްސަލަ ޖެހިފައި ހައްލުވާ ކޮންމެފަހަރަކު ލޯބި އިތުރުވާ ވާހަކަ އަޑުއަހަމެވެ. މިއީ ތެދެއްކަމެއް ނުވަތަ ދޮގެއްކަމެއް އަހަންނަކަށް ނޭގެއެވެ. އަހަންނަކީ ގެވެހި އަނތްބެކޭ ނުބުނެވޭނެއެވެ. ކޮންމެއިރަކު މީރުވިހާ ކާނާ ނުކެއްކުނު ކަމުގައިވިޔަސް ގޭގައި ތިންއިރު ކާނެ އެއްޗެހި ހުންނާނެއެވެ. […]
”ފަހަރުގައި ވެދާނެ މިއީ ޔަނާ ހިތްހަމަ ނުޖެހޭ ވާހަކައަކަށްވެސް. އެކަމަކު ޔަނާ މިކަމުގަ ހިތްހަމަނުޖެހެންޏާ މިއީ ހަމަ ނުދައްކާވާހަކައެއް ކަމަށް ބަލާ. މި ވާހަކައިގެ ސަބަބުން އަހަރެން ބޭނުމެއް ނޫން އަހަރެމެން ދެމީހުންގެ ދެމެދުގަ މިއޮތް އެކުވެރިކަން ގެއްލޭކަށް. އަހަރެން ބޭނުން ޔަނާ. އަހަރެން ވަރަށް ލޯބިވޭ ޔަނާ ދެކެ. ވިލް ޔޫ ބީ މައިން؟.” ތުރުތުރު އަޅަމުން ދިޔަ އަޑަކުން މާއިޒްގެ ބަސްތައް އަހަރެންގެ ކަންފަތާ ހަމައަށް ފޯރީ މިޔުޒިކެއް ފަދައިންނެވެ. އަހަރެންނަށް ހިނިތުންވެލެވުނެވެ. އަހަރެން […]