Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމުބާރާތްދީނީ

ހިދާޔަތް

Ushaali Level 810 Stories100 Comments100 Stories500 Comments
June 10, 2017 10 Mins Read
32 Comments

ފެން ހުސްކުރި ބިއްލޫރިތަށި މޭޒުމަތީގައި ބަހައްޓަމުން ނޫރު އެނބުރިލީ އޭނާގެ ފަހަތުގައި ހުރި އޭނާގެ އަނބިމީހާ ޙުމޭރާ އާއި ވީ ފަރާތަށެވެ. ދެއުކުޅުގައި އަތް ވިއްދާލަމުން ހަށިފުރާ ނޭވައެއްލީ މީހާ ހަމަޔަކަށް އެޅިލުމަށްޓަކައެވެ.
“ޙުމޭ ދުވަހަކު ވެސް ޖަވާހިރެއް ދެކުނިންތަ؟ އެއީ ކުޑަކުޑަ ގާކޮޅެއްގެ މިސާލަށް އޮންނަ އެއްޗެއް. ވީއިރު ޙުމޭ އެއަށް ލޯބިކުރަނީ ކޮން ސަބަބަކާ ހުރެތަ؟ އެއީ ހޯދަން އުނދަގު އެއްޗެއް ވީމަތަ؟ ނޫނީ ބޮޑު އަގުގައި ނޫނީ ގަންނަން ނުލިބޭނެ އެއްޗެއް ވީމަތަ؟ އިސްލާމް ދީނުގައި އަންހެނުންގެ މިސާލަކީ މިއީ. ދީނުގައި އުޙްތުންނަށް ދެއްވާފައިވާ މަގާމަކީ މިއީ. އަންހެނާއަކީ އަގުބޮޑު ޖަވާހިރެއް. މުތެއް. ކޮންމެ ކޮންމެ މީހަކަށް އޭގައި އަތެއް ނުލެވޭނެ. އޭނާގެ ފިރިމީހާ ނޫނީ. ޙުމޭ ތީ އަހަރެންގެ އަންހެނުންނަށް ވީއިރު އެހެން ފިރިހެނަކަށް ތިހަށިގަނޑުގައި އިނގިލި ކުރި ޖައްސާލުން ވެސް އެއީ އަހަރެންނަށް ރުހެވޭނެ ކަމެއް ނޫން” ނޫރު ހިތްހަމަނުޖެހިފައި ހުރި މިންވަރު އޭނާ ވާހަކަ ދައްކަމުންދާ ރާގާއި އަޑުން ވެސް ދޭހަވެއެވެ. އޭނާގެ ކުރިމަތީގައި ކުށްވެރިއެއް ފަދައިން އިސްޖަހާލައިގެން ޙުމޭރާ ހުއްޓެވެ. ވާނީވެސް އެހެންތާއެވެ. ކައިވެންޏަށް ފަސް އަހަރު ވެގެން ދިޔައިރު ވެސް މައިގަނޑު ގޮތެއްގައި ނޫރަށް ޖެހެނީ ކޮންމެސް މައްސަލައެއްގައި ޙުމޭރާ އަށް ވިސްނާދޭށެވެ. އެހެން ފިރިހެނުންނާއި ގުޅުންބާއްވާ އޯވަރނައިޓް ތަކަށް ތަންތަނަށް ދިޔުން އެއީ ޙުމޭރާގެ އާދައެވެ.
“ކިތައް ފަހަރު؟ ކިތައް ފަހަރު އަހަރެން ޙުމޭ އަށް ފުރުޞަތު ދީފިން. އަހަރެންގެ އަނބިމީހާގެ މަގާމުގައި ހުރެ އެހެން ފިރިހެނެއްގެ ތަންމަތި ފަޅުފިލުވާދިން ވާހަކަ ވެސް ޙުމޭ އަމިއްލަ އަށް އަހަރެން ކައިރީގައި ބުނީ. އެވަގުތު އަހަރެންނަށް ކުރި އަސަރު ޙުމޭ އިހުޞާޞްވިތަ؟ އަހަރެން ވަރަށް ދެރަވި. އެކަމަކު އެވާހަކަތައް ތެދަށް ޙުމޭ އަހަރެންނަށް ކިޔާދިން ކަމަށްޓަކައި އަހަރެން އުފާކުރިން. އަހަރެން ޙުމޭ އަށް މާފުކުރީ އެންމެ ބޮޑެތި ފާފަތައް ކުރާ މީހުން ވެސް ތަޢުބާ ވުމުން ﷲ ގެ ހަޟްރަތުގައި ފާފައެއް ނުކުރާ މީހަކާއި އެމީހަކު އެއްފަދަ ވެގެންދާތީ. މިދިރިއުޅުން ކުރިއަށް ގެންދެވޭތޯ އަހަރެން ކިހާ މަސައްކަތެއް ކޮށްފިން. އަހަރެން ވަރުބަލިވެއްޖެ. ޙުމޭ ބުނެބަލަ ކޮންގޮތެއް ބޭނުމީ؟ އަހަރެންގެ ކިބައިން ޙުމޭ މިނިވަންވުމަށްފަހު މިވާހަކަތައް ދެން އަހަރެންގެ ފަރާތުން އަޑެއް ނީވޭނެ” ހިތްހަމަނުޖެހިފައި ހުއްޓަސް އަނބިމީހާ އާއި ވާހަކަދެއްކުމުގައި ނޫރު އިޚްތިޔާރުކުރީ މަޑުމައިތިރިކަމެވެ.
“ނޫރު… އެންމެ ފަހު ފަހަރަށް އަހަރެންނަށްް މާފްކުރޭ… ދެން ދުވަހަކު ވެސް ނޫރު ތި ޝަކުވާ ކުރާކަށް ނުޖެހޭނެ. އަހަރެން ތަޢުބާ ވާނަން. އަހަރެން ނޫރުގެ ދިރިއުޅުމުން ބޭރުކޮށްނުލާ. އާދޭސް މިކުރީ” ނޫރުގެ ފައިދަށަށް ވެއްޓި މިފަހަރު ވެސް ޙުމޭރާ އާދޭސް ކުރިއެވެ. އަނބިމީހާ ދެކެ އިންތިހާ އަށް ލޯބިވާ ނޫރަަށް އިތުރަށް ކެތެއް ނުވިއެވެ. ޙުމޭރާގެ ދެކޮނޑުގައި ހިފާ ނަގަމުން ލޯތްބާއެކު ނިތްކުރީގައި ބޮސްދިނެވެ. މާފްކުރިއެވެ. ޙުމޭރާގެ ބޯމަތީގައި އަތްބާއްވާ ހެޔޮދުޢާ ކުރިއެވެ.
ނޫރަކީ އަމިއްލަ އޮފީހެއްގައި މަސައްކަތްކުރާ މީހެއް ކަމަށްވާތީ ރޭގަނޑު ވަރަށް ދަންވާ ފަހުން ވެސް ގެއަށް ނިދަން އާދެވޭ ރޭތައް އާދޭއެވެ. ދެމަފިރިންގެ އާއިލާ ދުނިޔޭގައި ތިބިނަމަވެސް ދެމަފިރިން ވަކިން އުޅެނީ އެކުގައި ގިނަ ވަގުތު ހޭދަކުރުމަށާއި ބަައިގިނަ އާއިލާތަކެއްގެ މެދުގައި އުޅުމުން މައްސަލަތަކެއް ޖެހޭނެކަމަށް ވިސްނާފައި އެހުރިހާ ކަމަކުން ދުރުހެލިވެ ދެމަފިރިން އެކަނި އުޅުމުން ދެމީހުންގެ މެދުގައި އޮންނަ ލޯބި ބޮޑުވާނެތީއެވެ. އަނބިމީހާގެ ބޭނުންތައް އެންމެ ފުރިހަމަ ގޮތުގައި ފުއްދާ ދިނުމަށްޓަކައި ރެއާއި ދުވާލު ނޫރު މަސައްކަތް ކުރޭއެވެ. ޙުމޭރާ އަށް ބޭނުންވާ އެންމެ ކުޑަ ލިޕްސްޓިކަށް ދަންދެން ނޫރުު ހޯދާދެނީ ލޯތްބާއެކުއެވެ. އެއްވެސް ޝަކުވާއެއް ނެތިއެވެ.
ނިދަން އަރާ އޮތް ޙުމޭރާގެ ގައިގާ ނޫރު ބައްދާލީ ލޯބިންނެވެ. ދުވަސް ދިޔަ ގޮތާއި މެދު ޙުމޭރާ ނޫރާއި ސުވާލުކޮށް އެކަކު އަނެކަކާއި ހީނ ސަމާސާ ކުރުމުގައި ވަގުތުކޮޅެއް ހޭދަކުރިއެވެ. ވެފައިހުރި ވަރުބަލިންނާއި މެންދަމުގެ ފަހުބައިގާ ރޭއަޅުކަމާއިގެން އުޅޭ ނޫރަށް ނިދާލަން ކުޑަ ވަގުތުކޮޅެއް ލިބުމުން ދާދި ފަސޭހައިން އަރާމު ނިދީގެ ތެރެއަށް ގެނބިގެން ދިޔައެވެ. އަބަދުވެސް ދަންވަރު ހޭލާ އުޅުމަށް އާދަވެފައިވާ ޙުމޭރާ މިރޭ ވެސް ނުނިދާ އޮތީ ފޯނުން ކޮންމެސް ރައްޓެއްސަކާއި ޗެޓް ކުރުމުގައެވެ. އިރުކޮޅަކާއި އެތުންފަތަށް ހިނިތުންވުމެއް ވެރިވަނީ އެކޮޅުން ޗެޓް ކުރަމުންދާ ބައިވެރިޔާ ލާނެއް އެއްޗެއް ބުނުމުންނެވެ.
“ހުމޭ… މިރޭ އިޝާނަމާދު ކުރިންތަ؟ ހަނދާންކޮށް ދިނީމެއްނު” ރޭގަނޑުގެ ކެއުމަށް އިންސާފް ކުރެވެމުން ދިޔަ ވަގުތު ނޫރު އޭނާގެ ކުރިމަތީގައި އިން ޙުމޭރާ އާއި ސުވާލުކުރިއެވެ. އެސުވާލުގެ ޖަވާބު ދިނުމަށް ޙުމޭރާ ޖެހިލުންވިއެވެ. ނޫރުގެ މޫނަށް ބަލާލީ ބުނަންވީ ކީކޭ ކަމެއް ނޭނގިގެންނެވެ.
“އާނ ކުރިން” ޙޫމޭރާ ބުނެލިއެވެ. ހަޤީޤަތަކީ މުޅި ދުވަހު ވެސް އޭނާ ނަމާދެއް ކޮށްފައި ނުވާކަމެވެ. އޭނާ ވަގުތު ހޭދަކުރީ ފިލްްމް ބެލުމުގައާއި ރައްޓެހިންނަށް ޗެޓް ކުރުމުގައެވެ.
“މިރެއިން ފެށިގެން ދަމު ނަމާދު ކުރާނީ ދެމީހުން އެކުގައި ދޯ. އޭރުން އަހަރެމެންގެ ދިރިއުޅުން ބާއްޖަވެރި ވާނީ. ސުވަރުގޭގައި އަހަރެމެން ދެމީހުން އަތުގުޅުވާލައިގެން އުޅެލަން އަހަރެން ވަރަށް ބޭނުން. ދިރިއުޅުމުގެ ކަންތައްތައް މިއަށް ވުރެ ވެސް ފުރިހަމަވޭތޯ އެކަލާނގެ އަށް ދަންވަންވީ ވަގުތަކީ އެއީ. ރޭގަނޑުގެ ތިންބައިން ފަހުބައިގާ ދުނިޔޭގެ އުޑަށް ﷲ ތަޖައްލީވެވޮޑިގެން ތިމަން ﷲއަށް ދުޢާ ދަންވަނީ ކާކުހޭ؟ ފަހެ ، އެމީހަކަށް އިޖާބަ ދެއްވައިފީމޭ ތިމަން ﷲގެ ހަޟުރަތުން ކަމަކަށް އެދި ދަންވަނީ ކާކުހޭ؟ ފަހެ ، އެމީހަކަށް އެކަމެއް ފުއްދަވައިދެއްވައިފީމޭ ތިމަން ﷲގެ ހަޟުރަތުން ފާފަފުއްސެވުމަށް އެދެނީ ކާކުހޭ؟ ފަހެ ، އެމީހަކަށް ފާފަފުއްސަވައިފީމޭ މިހެން ވެސް ވަޙީކުރައްވާ ހިނދެއްވޭ” ނޫރު ލޯތްބާއެކު ޙުމޭރާ އާއި ވާހަކަދައްކަމުން ދިޔައެވެ. އިސްލާމްދީނުގެ ކަންތައްތައް ނޫރަށް އޮޅުންފިލާފައިވާ މިންވަރު ފެނި ޙުމޭރާ އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ.
ވަޒީފާގައި ކިތަންމެ ބުރަކޮށް އުޅެން ޖެހުނަސް ނޫރު އައީ ޙުމޭރާގެ ހުރިހާ ކަމެއް ބަލަމުންނެވެ. ނޫރު އެންމެ ހިތްހަމަޖެހޭފަދަ އަންބަކަށް އަދިވެސް ޙުމޭރާ އަކަށް ނުވެވެއެވެ. ބުރުގާ އެޅިއެއް ކަމަކު ބުޑު ނިވާ ނުވާތީ އެކަމާއި ވެސް ޙުމޭރާ އާއި އެތައް ފަހަރަކު ވިސްނާދެވިއްޖެއެވެ. އިނގިލި ތަކުގެ ނިޔަފަތިތައް ދިގުކަމުން ކަނޑަން ޙުމޭރާ ކައިރީގައި ބުނެވުނު އަދަދެއް ނޭނގެއެވެ. ނަމާދަށް ފަރުވާތެރިވުމަށް އެތައް ފަހަރަކު ހަނދާންކޮށްދެވިއްޖެއެވެ. ކަށްވަޅުގެ އަޒާބުތަކުގެ ވާހަކަތައް ދެކެވުނު އަދަދެއް ވެސް ނޭނގެއެވެ. ނޫރު ގޭގައި އުޅޭ ވަގުތުތަކުގައި މަދު ފަހަރަކު ޙުމޭރާ ނަމާދުކުރާ ތަން ފެނިފައި ވިޔަސް ޤުރުޢާން ކިޔަވާ ޛިކުރު ކުރާ ތަނެއް ފެނިފައެއް ނުވޭއެވެ. އެކަމާއި ނޫރު ސުވާލުކުރުމުން ވަގުތު ނުވާ ކަމަށާއި ނޫރަށް ނޭނގުނަސް ނޫރު ވަޒީފާގައި އުޅޭ ވަގުތު ތަކުގައި ޤުރުޢާން ވެސް އަދި ޛިކުރު ވެސް ކުރާ ކަމަށް ޙުމޭރާ ބުނަމުން ދިޔައެވެ. ހަޤީޤަތަކީވެސް އެއީއެވެ. ޙުމޭރާ ޤުރުޢާން ވެސް ކިޔަވައެވެ. ޒިކުރު ވެސް ކުރޭއެވެ. ނަމަވެސް އެފަދަ މާތް ވަގުތުތަކުގައި ވެސް ޙުމޭރާގެ ހިތާއި ސިކުނޑި ގުޅިފައިވަނީ މުޅިން އެހެން ކަންތައްތަކުގައެވެ. ޤުރުޢާން ކިޔަވަން އިންނަ ވަގުތު ތަކުގައި ކޮންމެސް ރައްޓެއްސެއް ބުނެފައިވާ ލާނެއް އެއްޗެއް ހަނދާންވެ ހޭން ވެސް ފަށާފާނެއެވެ. ޒިކުރު ކުރާ ވަގުތުތަކުގައި ލަވައެއް ވެސް ކިޔަން ފަށާފާނެއެވެ.
ނޫރު ކިތަންމެ ބޭނުން ނުވިޔަސް އޭނާގެ ހަޔާތުން ޙުމޭރާ ދުރަށްލާންޖެހޭ ވަގުތު އައިސް ޖެހިއްޖެ ކަމުގައި އޭނާގެ ހިތް ބުނަން ފެށީ ޙުމޭރާ ފޯނުން ފިރިހެނެއްދެކެ ލޯބިވާ ވާހަކައާއި އެފިރިހެނާއި އެކު ނަހަމަ ގުޅުންތަކެއް ހިންގަން ބޭނުންވާކަމަށް ބުނެ ޙުމޭރާގެ އެކުވެރިޔަކާއި ފޯނުން ދެއްކި ވާހަކަތަކެއް އަޑު އިވުނު ހިސާބުން ފެށިގެންނެވެ. އަދި ނުވިތާކަށް އެވާހަކަ ޙުމޭރާ އަމިއްލަ އަށް ވެސް ނޫރު ކައިރީގައި ބުނެލިއިރު ލަދުގެ ކަންފުޅެއްވެސް ނެތެވެ. ނޫރުގެ ހިތަށް ކުރާނެ އަސަރަކާއި މެދު ކުޑަކޮށް ވެސް ވިސްނާލުމެއް ނެތެވެ.
“ހަމަ ހުވާކޮށްފަ މިބުނަނީ ނޫރު. އަހަރެން ދިރިއުޅުން ބަދަލުކުރެވޭތޯ އަހަރެން ވަރަށް މަސައްކަތްކޮށްފިން. އެކަމަކު ނޭނގޭ ވާގޮތެއް. ހަމަ އެހެން އުޅެވެނީ. އެކަމަކު ދެން ނޫޅޭނަން. ނޫރު އަހަރެެން ދޫކޮށްލާފައި ނުދައްޗޭ. އަހަރެން ރަނގަޅުވާން ބޭނުން. އަހަރެންނަށް އަދި އިތުރު ފުރުޞަތެއްދީ” ރޮއެރޮއެފާ ނޫރު ކައިރީގައި ޙުމޭރާ ބުނަމުންދިޔައެވެ.
“މާފްކުރޭ… އަހަރެން ޙޫމޭ އާއި އެކުގައި އުޅެވޭތޯ ވަރަށް މަސައްކަތްކޮށްފިން. އެކަމަކު ދެން ކެތެއްނުވާނެ. މިއަދުން ފެށިގެން ޙުމޭ ތީ ފުރިހަމަ މިނިވަނެއް. މާނައަކީ އަހަރެންގެ އަންބެއް ނޫނޭ. ޙުމޭ ބޭނުންގޮތަކަށް މިހާރު އުޅެވޭނެ. ޙުމޭގެ ތިއުޅުން ބަދަލުކޮށްފަ އަހަރެން އެދޭފަދަ އަންހެނެއްގެ ގޮތުގައި އައިއްޔާ އުފަލާއެކު ތިއަތުގައި ހިފާނަން. ތީ އަހަރެން ވަރަށް ބޮޑަށް ލޯބިވި ފަރާތެއް. މިހާރުވެސް ވަރަށް ލޯބިވޭ. ތިނަމަކީ ވެސް އަހަރެން ވަރަށް ބޮޑަށް ލޯބިވާ ނަމެއް. އެނގޭތަ ތިނަން ދެކެ އަހަރެން ގަޔާވަނީ ކީއްވެކަން؟ އަހަރެމެންގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލައްﷲ ޞައްލައްލާހްޢަލައިހިވަސަލަމް ގެ އެއް އަނބިކަނބަލުން ކަމަށްވާ ޢާއިޝާ ރަލިޔަﷲޢަންޙް އަށް އެކަލޭގެފާނު ލޯބިން ގޮވާލާ ނަންތަކުގެ ތެރެއިން އެއް ނަން ޙުމޭރާ އެއީ. ޙުމޭ އަހަރެންނަށް ކަމުދިޔަ އެއް ކަންތައް އެއީ. އެކަމަކު ޙުމޭ އަހަރެންނަށް ތިދެއްކީ އޭގެ އިދިކޮޅު” ޙޫމޭރާ ފަސްދީ ނޫރު ދިޔަ މަންޒަރު ބަލަން ޙުމޭރާ އަށް ހުރެވުނީ ރޮވިފައެވެ. އޭނާ ކުރުކަކޫ މައްޗަށް ތިރިވީ ހަޤީޤަތުގައި ވެސް ހިތަށް ލައްކަ އަސަރު ކޮށްގެންނެވެ. އޭނާ އަށް ގެއްލިގެން އެދިޔައީ އޭނާގެ ނަސީބެވެ. ނަމަވެސް އެކަމުގައި އޭނާގެ ކުށަކީ ކޮބާ ހެއްޔެވެ؟ އޭނާ ރަނގަޅުވާން ބޭނުމެވެ. އަނެއްކާ ވެސް އޭނާ ޝައިތާނާގެ މަގަށް އަނބުރާލަނީ ކޮން ސަބަބަކާހުރެ ކަމެއް އޭނާ އަށް ނޭނގޭއެވެ.
ޙުމޭރާ އެނާގެ މުއްސަނދި ބައްޕަ ދިރިއުޅޭ ގެއަށް ބަދަލުވުމަށްފަހު އެތައް ގޮތަކަށް ވިސްނިއެވެ. އޭނާ ނޫރު ދެކެ އިންތިހާ އަށް ލޯބިވޭއެވެ. ނޫރުގެ ހަޔާތުން ދެން އޭނާ އަށް ޖާގައެއް ނެތޭ ހިތަށް އަރާ ކޮންމެ ފަހަރަކު އޭނާގެ ހިތް އެތައް ސަތޭކަ މަރަކުން މަރުވެއެވެ.
ދުވަސްތައް ފާއިތުވަމުން ގޮސް އަށް މަސްދުވަސް ފާއިތުވެގެން ދިޔައީ ބަސްބުނާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. އެހާ ދުވަސް ވީއިރު ޙުމޭރާގެ ޢިއްދައިގެ ދުވަސްތަކުގައި އޭނާ އަށް ހަރަދުކޮށް ހާލު ބެލިޔަސް އެމުއްދަތު ހަމަވުމާއެކު ނޫރު ވަނީ މުޅިން އޭނާ އަށް ގެއްލިފައެވެ. އެދުވަސްތަކުގައި އޭނާ ﷲ ގެ މަގަށް ރުޖޫޢަ ވުމަށް އެތައް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އޭނާ އަށް ތަޢުބާ ވެވުނު އަދަދެއް ދުލަކުން ބަޔާނެއް ވެސް ނުކުރެވޭނެއެވެ. ނަމަވެސް އޭނާގެ އެއުޅުމަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވޭއެވެ. އޭނާގެ ނަޒަރުގައި ފިރިހެނަކާއި ލޯބިން ސަމާސާ ކޮށްލިޔަސް އެއީ މާބޮޑު އަޒާބެއް ލިބޭނޭ ކަމެއް ނޫނެވެ. ކައިވެނިން ބޭރުން ހިލޭ ފިރިހެނަކާއި އަންހެނަކު ލޯބީގެ ގުޅުމެއް ބޭއްވުމަކީ އިސްލާމްދީން ހުއްދަ ނުކުރާ ކަމެއްގެ ގޮތުގައި ގަބޫލުކުރާކަށް އޭނާ ބޭނުމެއްނުވޭއެވެ.
ކުރިއަށް އޮތީ ޙައްޖު މޫސުމަށް ވުމާއެކު ނޫރުގެ ރުހުން ހޯދުމަށްޓަކައި ޙައްޖަށް ދާން ތައްޔާރު ވަމުން ޙުމޭރާ ދިޔައެވެ. އޭނާގެ ބައްޕަ ކުރިން ފައިސާ ދައްކާދީފައިވާތީ މިފަހަރު އެންމެ ފުރިހަމަ ގޮތުގައި ޙައްޖު ކުރަން އޭނާ ބޭނުންވީ ނޫރަށް އޭނާ އަކީ ރަނގަޅު އަންހެނެއްގެ ގޮތުގައި ސާބިިތުކޮށްދިނުމަށެވެ. އޭނާ ޙައްޖުކުރަން އުޅޭކަން ނޫރަށް އެނގިއްޖެއްޔާ ޔަގީނުން ވެސް އޭނާ ބަލާ އަންނާނޭ ކަމުގައި ޙުމޭރާ ހީކުރިއެވެ. ނަމަވެސް ޙުމޭރާ ހީކުރި ގޮތަކަށް އެއްވެސް ކަމެއް ނުވިއެވެ. ހަބަރެއް ނުވިތާނގައި ގުޅިއިރު ނޫރުގެ ފޯނު ވެސް އޮތީ ނިއްވާލާފައެވެ. ނަމަވެސް ހިތްވަރުދެރަ ނުކޮށް ޙުމޭރާ އިންތިޒާރުކުރީ ޙައްޖުވެގެން އެނބުރި އާދެވޭނެ ދުވަހަކަށެވެ.
މައްކާގައި ޙުމޭރާ މަޑުކުރީ އޭނާ ނުލާ އިތުރު ދެ އަންހެނަކާއެކު އެއް ކޮޓަރީގައެވެ. އެއީ ޙުމޭރާ އުމުރުގެ އެއް އަންހެންކުއްޖަކާއި އަދި މެދު އުމުރުގެ އަންހެނަކާ އެކުގައެވެ. އަޅުކަމުގައި އެހުރިހާ މީހުން ވަގުތު ހޭދަކުރަމުން ދާއިރު ބައެއް ފަހަރު ޙުމޭރާ އެނދުގައި އޮންނަ ތަން އެކޮޓަރީގައި އުޅޭ މަރީ އަށް ފެންނަން ފެށުމުން ހީކުރީ ޙުމޭރާ ބަލިވީ ކަމަށެވެ. އަބަދުވެސް ޙުމޭރާ އޮންނަނީ ވިސްނުމެއްގައެވެ. އެގޮތުން އެއްދުވަހު މެންދުރުކާން ދިޔަ ވަގުތު މަރީ ޙުމޭރާ އާއި ވާހަކަދައްކާލިއެވެ.
“ބަލީތަ؟ މާފްކުރައްޗެ. ވަރަށް ހީވޭ ކަމަކާއި ފިކުރުކުރާހެން” މަރީ އަހާލިއެވެ.
“ނޫން. އާއިލާ މަތިން ހަނދާންވާތީ އެހެން އޮވެވެނީ” ޙުމޭރާ ހީލަމުން މަރީ އަށް ދޮގު ހެދިއެވެ. އެބިމުގައި ހުރެ އެގޮތަށް މަރީ އަށް ދޮގު ހަދަން ޖެހުމުން ޙުމޭރާ އިންތިހާ އަށް ބިރުގަނެ ހަށިގަނޑުގައި ތުރުތުރު ލުމެއް އުފެދުނެވެ. އެހެންކަމުން އޭނާ ނުކައި އެނބުރި ކޮޓަރި އަށް ދިޔައެވެ.
ދަންވަރުގެ ހަމަހިމޭން ވަގުތުގައި އަޅުކަމައިގެން ހޭލާ އުޅުނު މަރީ އަށް އިރު އެނދުގައި އޮތް ޙުމޭރާ ރޯކަން އެނގި ޙުމޭރާގެ އެނދާއި ކައިރިވެލިއެވެ. ރޮމުން ދިޔަ ޙުމޭރާގެ ކޮނޑުގައި އަތްއަޅާލުމާއެކު ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. ކައިރީގައި މަރީ ހުރިކަން އެނގުމުން ޙުމޭރާ އަށް ލަދުވެތި ކަމެއް އިހުޞާޞް ކުރެވި އިސްޖަހާލިއެވެ.
“އެނގޭ ކޮންމެސް ކަމަކާއި ހިތާމަކޮށް ރޮއެ ހަދާކަން. އެކަމަކު އެއީ ތިޔަ އެކުވެރިޔާގެ އަމިއްލަ ކަމެއް. ވެގެން އުޅޭ ކަމަކުން އަރައިގަންނަން އެހެން މީހެއްގެ އެހީތރެރިކަން ބޭނުންވާ ކަމަށް އެކުވެރިޔާ ވިސްނާނަމަ އެކަމަށް މަރީ މިހެރީ ތައްޔާރަށް. އޭރުން ހިތަށް ލުއި ވާނެ. އަދި އެހީވެސް ވެވިދާނެ” އޯގާތެރިކަމާއެކު މަރީ ޙުމޭރާ އާއި ވާހަކަދައްކަން ފެށުމުން ޙުމޭރާ މަރީ އަށް ބަލާލީ ކަރުނަވީ ލޮލަކުންނެވެ.
“އަހަރެން ބޭނުން އެހެން މީހެއްގެ އެހީތެރިކަން. މިއުޅެނީ ވަރަށް ބޮޑު ކަމެއް ދިމާވެގެން. މަށަށް ކިޔަނީ ޙުމޭރާ. މާލެ. ވެގެން މިއުޅޭ ކަމަކީ….” ޙުމޭރާ ވާހަކަ ކުރިއަށް ގެންދެވޭތޯ ލަސްލަހުން ވާހަކަދައްކަން ފެށިއެވެ. “އެންމެ ފުރަތަމަ ތިކަމަށް އޮތް ހައްލަކީ ނަމާދު ކުރުން. އެންމެ ފުރަތަމަ ހިނގާ ދަމު ނަމާދުކުރަން. ދޭ ވުޟޫ ކޮށްގެން އަންނަން” މަރީގެ އަޑުގައި އެކުލެވިގެންވާ އޯގާތެރި ކަމަކުން ޙުމޭރާ އަށް އެންމެ މިނެޓަކު ވެސް މަޑުކުރާކަށް ނުކެރުނެވެ. ދެ އަންހެންކުދިން ދެ އެކުވެރިން ފަދައިން އަޅުކަމުގައި އެތައް ވަގުތެއް ހޭދަކުރިއެވެ.
ހެނދުނު ސައި ވަގުތުގައި ޙުމޭރާ ބޭނުންވީ މަރީ އާއި ވާހަކަދައްކާލާށެވެ. އެގޮތުން މަރީ ކައިރީގައި ހުރި ހުސް ގޮނޑީގައި ތަންކޮޅެއް މީހުން މަދު ހިސާބެއްގައި އިށީނދެލިއެވެ. “ކިހިނެއްވީއޭ؟ މަރީ މިހުރީ ޙުމޭގެ ހުރިހާ ވާހަކަތަކެއް އަޑު އަހަން ތައްޔާރަށް” މަރީ އޭނާގެ ހުރިހާ ސަމާލުކަމެއް ޙުމޭރާ އަށް ހުއްޓާލިއެވެ. ޙުމޭރާ ފުން ނޭވައެއް ދޫކޮށްލުމަށްފަހު އޭނާގެ މާޒީވެ ގޮސްފައިވާ ހަނދާންނައްތާލަން ބޭނުންވެފައިވާ ހަޑި ދުވަސްތައް މަރީ ކުރިމަތީގައި ނިއުޅުވަން ފެށިއެވެ. ނޫރުގެ ނަން ދުލުން ބޭރުކޮށްލެވޭ ކޮންމެ ފަހަރަކު ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓާލައެވެ.
“އަހަރެން ނޫރު އާއި ކައިވެނި ކުރީ މީގެ ފަސްއަހަރު ކުރިން. ދެމީހުން ވެސް ކައިވެނިކުރީ ރައްޓެހިވިތާ އެއް މަސް ދުވަސްތެރެ. ނޫރު ބޭނުމެއްނުވޭ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަށް. އެއީ ވަރަށް އޯގާތެރި ފިރިއެއް. އަހަރެންދެކެ ނިހާޔަތަށް ލޯބިވޭ. އަހަރެން ދުލުން ބޭރުވެ މިއުޑު ދަށުން ލިބެން ހުންނަންޏާ އެއީ ކޮންމެ އެއްޗެއް ކަމުގައި ވިޔަސް އަހަރެންނަށް ހޯދަދޭ. އެއްވެސް ޝަކުވާއެއް ނުކުރޭ. ގޯސްކޮށް ކަންތައްކުރީ އަހަރެން. ސޯޝަލް މީޑިޔާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރެވުނީ. އެތައް ފިރިހެނަކާއި ގުޅުން ބޭއްވުނީ. ޒިނޭ ކުރެވުނީ. ވަފާތެރި ދެގޮތެއްނުވާ ފިރިމީހާ އޮޅުވާލުމެއްގެ ތެރޭގަ ބެހެއްޓުނީ. އެކަމަކު އެހުރިހާ ފަހަރަކު ވެސް އަހަރެން ނޫރަށް ހުރިހާ އެއްޗެއް ކިޔާދެން. މާފަށް އެދުނިން. އޭނަ މާފުވެސްކުރި. ވިސްނާދިން. އެންމެފަހަރަކު ނޫން. އެތައް ފަހަރަކު. އެހުރިހާ ފަހަރަކު ވެސް ﷲގެ މަގަށް ތަޢުބާވެ ދެން އެފަދަ ކަމެއް ނުކުރުމަށް އަޒުމް ކަނޑައެޅިން. އެކަމަކު ނުވި ރަނގަޅެއް. އަނެއްކާ ކޮންމެސް ނުބައި ކަމެއް ކުރެވެނީ. ފާފައެއް ކުރެވުނީމަ ދެރަވެސްވޭ. އެފަދަ ނުބައި ކަންތަކުން ދުރުވާން ވެސް ބޭނުން. އެކަމަކު ޝައިތާނާގެ ބަހަށް ހެއްލެވެނީ. މީހުންގެ ތެރޭގައި ޝައިތާނާ އަށް ލަޢުނަތްދީ އެކަނިވާ ވަގުތު ޝައިތާނާ އަށް ކިޔަމަންވެވެނީ. އެންމެފަހުން ނޫރަށް ކެތްނުވީ އަހަރެންނާއެކު އުޅެން. އޭނަ އަހަރެން ވަރިކުރީ. ބުނީ ރަނގަޅުވެގެން އައި ދުވަހަކުން ފުރުޞަތެއް ދޭނަމޯ. ރަނގަޅު މީހަކަށް އަހަރެންވިކަން އަންގަދޭންވެގެން މިތަނަށް އަހަރެން ޙައްޖު ކުރަން އައީ. ކޮންމެހެން ކުރާހިތަކުން ނޫން. އެކަމަކު މި ފަސްގަނޑުގައި ފައި ޖެހުނު ހިސާބުން އަހަރެން ހިތުނިޔަތް މުޅިން ބަދަލުވެއްޖެ. ބަޔާންކުރަންދަތި ގޮތްތަކެއް އަހަރެންގެ ހިތަށް ވެގެން ދިޔައީ. އަހަރެން ނަމާދެއް ކުރިޔަސް ހިއެއްނުވޭ ނަމާދު ކުރެވޭހެނެއް. ހިތް ބިރުގަންނަނީ. ހިތަށް އަރަނީ އެހެން ކަންތައްތައް މަތިން. އަހަރެންނަށް އިހުޞާޞެއް ނުކުރެވޭ އަހަރެން މިހުރީ އެފަދަ މަތިވެރި އަޅުކަމެއް އަދާކުރަން ތައްޔާރަށޭ. މި ފަސްގަނޑުން ވަށައިގެން އަހަރެންނަށް އަލިފާން ފެންނަންހެން ހީވަނީ. އަހަރެންގެ ހަފަރާތުން ވެސް އަލިފާން ރޮއެކޮށްފަ ހުންނަހެން ހީވަނީ. އަހަރެންގެ ހަށިގަނޑަށް ދިލަ ހޫނެއް އަރަނީ. ހީވަނީ އަލިފާންގަނޑު އަހަރެން އަންދާލަން އުޅޭހެން. އަހަރެން ރަނގަޅުވާން ބޭނުން. ހެޔޮލަފާ ކިޔަމަންތެރި އަންބަކަށް ވާން ބޭނުން. އަހަރެން މިތަނަށް އައި ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަން ބޭނުން. ﷲގެ މަގަށް ރުޖޫޢަ ވާން ބޭނުން. މަރީ އަހަރެންނަށް އެހީވެދީ. އަހަރެން ކަންތައް ކުރަންވީ ގޮތް އަހަރެންނަށް ބުނެދީ. އާދޭސްމިކުރީ” މަރީގެ އަތްތިލައިގާ ހިފަހައްޓާލައިގެން އިނދެ ރޮމުން އާދޭސްކުރަމުން ޙުމޭރާ ދިޔައެވެ.
“ކޮންމެ އިންސާނަކަށްވެސް ކުށެއް ކުރެވިދާނެ. ބައެއް ރަސޫލުބޭކަލުން ވެެސް ވަނީ ކުށްތަކަށް އަރައިގަނެފަ. އަހަރެން ޙުމޭ އާއި ސުވާލެއް ކޮށްލަންތަ؟ މަރީ އަހާލިއެވެ.
“ފިރިމީހާ އާއި އެކުގައި ޖިމާޢު ވުމަށްފަހު އަދި ހައިޟުގެ ދުވަސްތަކަށްފަހު އެނޫންވެސް ގޮތްގޮތަށް އަރާމު ހާޞިލުކުރުމަށްފަހު ހިނައިގަންނަންތަ؟ މިހެން މިބުނީ ޙުމޭ ބުނީމެއްނު ޒިނޭ އަށް ވެސް އަރައިގަނެވުނޭ” މަރީ އަހާލިއެވެ. އެވަގުތު ޙުމޭރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިނގައިގަތުމަކީ އޮންނަ ކަމެއް ކަން ޙުމޭރާ އަށް އެނގިފައި ވިޔަސް އެއީ މިހާތަނަށް ދުވަހަކު ވެސް ޙުމޭރާ ކޮށްފައިވާ ކަމެއް ނޫނެވެ. ސުބްހާނަﷲ.. ކޮންފަދަ ބޮޑު ފާފައެއް ހެއްޔެވެ؟ ޙުމޭރާ ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތަށް ބޯ ހޫރާލިއެވެ.
“ތިހެން ޙުމޭ އަށް މިބިމުގައި ހީވާ ކަމަށްވަންޏާ އެއީ އެއް ސަބަބު. ހިނައިގަތުމަށްޓަކައި ކޮންމެހެން ދުލުން އެއްޗެހިތަކެއް ކިޔާކަށް ނުޖެހޭ. ބޭނުންވަނީ ހިތުނިޔަތް. އަނެއް ކަމަކީ ޙުމޭ އަށް ރަނގަޅަށް އެކަލާނގެ އަށް ތަޢުބާ ނުވެވޭކަން. ތަޢުބާ ވުމުގައި ވެސް އުސޫލުތަކެއް އޮވޭ. މީހަކު ތިމަންނަ މިހުރީ ތަޢުބާ ވެގެންނޭ ބުންޏަސް އޭނާގެ ހިތު ނިޔަތް ނުބައިކޮށް އޮަންނަ ކަމުގައި ވާނަމަ އެއީ ތަޢުބާ ވުމޭ ނުބުނެވޭނެ. ހިތުގައި އުދާސްކަމާއި ، ނުތަނަވަސްކަން އުފެދޭ ސަބަބު ނުވިސްނިއްޖެނަމަ އެއީ ތިބާ އެފާފައަކުން އަދި ތަޢުބާނުވާ ފާފައެއްގެ އަސަރުކަން ދަންނަންވާނެ. ދެން އެންމެ ބޮޑު ކަންތައް އެއީ ނަމާދު. އާޙިރަތްދުވަހުން އެންމެ ފުރަތަމަ ހިސާބު ބެއްލެވޭ އަޅުކަމަކީ ނަމާދު. ނަމާދު އަޅާ މީހުން މަޙްޝަރު ކުރެވޭނީ ފިރުޢައުނާއި ، ޤާރޫނާއި ، ހާމާނާއި އަދި އުބައްޔު ބުނު ޚަލަފްއާ އެކުގަ. ނަމާދަކީ އިސްލާމްދީން އެމައްޗަށް ޤާއިމްވެފައިވާ ފަސްރުކުނުގެ ތެރެއިން އެންމެ މުހިއްމު އެއް ރުކުން. ޝަހާދަތުގެ ދެކަލިމައަށްފަހު އެންމެ އިސްވެގެންވާ އަޅުކަމަކީ ނަމާދު. ނަމާދު އަޅާމީހާއަކީ އޭނާގެ ދީންވެރިކަން ދޫކޮށް ، ޣާފިލުވެ ޝައިތާނާއަށް ހެއްލިފައިވާ މީހެއް. ޙޫމޭ އަބަދުވެސް ނަމާދު ކުރާއިރު ތިކުރެވޭ ނަމާދަކީ ޙުމޭ ކުރާނެ އެންމެފަހު ނަމާދު ކަމުގައި ދެކިގެން އަލްވަދާޢުގެ ނަމާދެއް ކުރާ ފަދައިން ކޮންމެ ނަމާދެއް ވެސް ކުރަންވާނީ. ފަހަރެއްގައި ޙުމޭ އަށް އިތުރު ނަމާދެއް ކުރަން ފުރުޞަތު ނުލިބިވެސް ހިނގައިދާނެކަން ދަންނަންވާނެ. މަރު ކޮންމެ ވަގުތެއްގައި ވެސް ބައްދަލުކޮށްފާނެކަން ދަންނަންވާނެ. ތިދެއްކި ވާހަތަކުން ޙުމޭގެ ފިރިމީހާ އަކީ ވަރަށް އަޙްލާޤް ރަނގަޅު މީހެއްކަން އެބަ އެނގޭ. އޭނަ އާއި އެކުގައި ޙުމޭ އަށް ނޫޅެވުނީ ޙުމޭގެ ކުށުންކަން ޙުމޭ އަށް ވެސް އެބަ އެނގޭ. އެކަމަކު އޭނަ އެއްފަހަރު ވެސް ނުބުނޭއެއްނު ދެން ދުވަހަކު ވެސް ބޭނުމެއްނެތޭ. އަދި ފުރުޞަތު އެބައޮތް. އެހެންވީމަ ވަގުތުފާއިތު ނުވަނީސް ހިނގާ ތަޢުބާވަމާ. އެންމެ ފުރަތަމަ ހިނައި ޠާހިރުވާން ޖެހޭނީީ. އެއަށްފަހު ކަރުނައަޅާ އެކަލާނގެއަށް ދަންނަވާ ފާފަތައް ފުއްސަވާތޯ. އަދި ދުވަހަކު ވެސް އެފަދަ ފާފައަކަށް އަރައިނުގަތުމަށް ހިތުގައި ވަރަށް ވަރުގަދަ އަޒުމެއް ކަނޑައަޅާ. ގިނަގިނައިން ޛިކުރުކޮށް ޞަދަޤާތް ކުރޭ. އަހަރެން މިހިރީ ޙުމޭ އަށް އެހީވުމަށް ތައްޔާރަށް” ޙުމޭރާގެ ދެލޮލުން އައި ކަރުނަތައް ފޮހެދެމުން މަރީ ވާހަކަދެއްކިއެވެ.
“ޙުމޭ އެކަނިތަ ތިއުޅެނީ އައިސްގެން. އަންހެނަކު މަހުރަމަކާނުލާ ދަތުރުކުރުން ވެސް ޙުއްދައެއް ނޫން. އަހަރެން ވެސް ފިރިމީހާ އާއި އެކު މިއުޅެނީ” މަރީ އަހާލިއެވެ. “ބައްޕަ އެއްގޮތަކަށް ވެސް އެކަނިން ފޮނުވާކަށް އެއްބަހެއް ނުވި. އެހެންވެ ބޮޑުބޭބެ އާއި އެކުގަ އައީ. މަރީ! ވަރަށް ބޮޑަށް ޝުކުރިއްޔާ. މަރީ ތިދިން ނަޞޭޙަތް ޙުމޭ ބަލައިގަނެފިން” ޙުމޭރާ ބުނެލިއެވެ.
މަރީގެ އިރުޝާދާއި އެއްގޮތަށް ޙުމޭރާގެ އަމަލުތައް ބެހެއްޓުމުގެ ސަބަބުން ޙުމޭރާގެ ތުންފަތްމަތީގައި ވަނީ ނުފިލާ ހިނިތުންވުމެކެވެ. އޭނާ ފުރިހަމަ ގޮތުގައި ތަޢުބާ ވެއްޖެެއެވެ. ކުރިއާއި ޚިލާފަށް އޭނާ އަށް މައްކާގެ އެކި ދިމާދިމާ ސާފުކޮށް ފެންނަން ފަށައިފިއެވެ. މިހާރު އޭނާގެ ހިތުގައި ނުތަނަވަސް ކަމެއް ނެތެވެ. އެކިއެކި ދުޢާ ތަކާއި ޒިކުރުތައް ހިތުދަސްކުރަން ފަށައިފިއެވެ. ކޮންމެ ނަމާދުވަގުތަކަށް އޭނާ އަށް އިންތިޒާރު ކުރެވެން ފެށިއެވެ. ހުސްވަގުތު ތަކުގައި ޤުރުއާން ކިޔެވުމާއި ޛިކުރު ކުރުން ގިނަކުރިއެވެ. ވީވަރަކުން ޞަދަޤާތް ކުރަން ފެށިއެވެ.
މައްކާގެ ޙަރަމްފުޅުގައި ކުރެވޭ އެންމެފަހު ނަމާދުގައި ޙޫމޭރާ އިނެވެ. ސަލާންދިނުމަށްފަހު ދެއަތްނަގާ ދުޢާ ކުރަން ފެށިއެވެ. އެއާއެލު ލޮލުން ވެއްޓުނު ކަރުނަތިކި އޭނާގެ ހުދު ދޮޅީގެ ތެރެއަށް ހިނދިގެން ދިޔައެވެ. “ހައްދަވައި ގެންގުޅުއްވާ އިލާހެވެ. އިބަﷲ ގެ ވަޖްޙުފުޅު ދުށުމަށް ޝައުގުވެރިވާ އަޅަކު ކަމުގައި މިއަޅާ ވަމެވެ. މިއަޅާ މިވަނީ އިބަﷲ ގެ މަގަށް ރުޖޫޢަ ވެފައެވެ. އިބަﷲ އާއި ބައްދަލުވުމުގެ ކުރިން މިއަޅާގެ ފާފަތައް ފުއްސަވައި ޠާހިރުކޮށް ދެއްވައިފާންދޭވެ. އަޅާގެ ވެރި ރަސްކަލާކޮ! ޙަޔާތުގެ ދަތިތަކާއެކު ވެސް ތިޔަ އިލާހަށް ޝުކުރުކުރާ ޛިކުރުކުރާ ރުހިގެންވާ އަޅެއްކަމުގައި މިއަޅާ ލައްވާންދޭވެ. އާމީން” މޫނުގައި ދެއަތް އުނގުޅާލުމަށްފަހު އެތަނުން ނިކުތް ޙުމޭރާގެ ތުންފަތްމަތީގައި ވަނީ ބަޔާންކުރަން ދަތި ހިނިތުންވުމެކެވެ.
ރާއްޖެ އައުމަށްޓަކައި ފްލައިޓުގައި އިން އިރު ވެސް ޙުމޭރާ ވިސްނަމުން ދިޔައީ ނޫރު އާއި މެދުގައެވެ. ނޫރަށް ގުޅާނީ ހެއްޔެވެ؟ ނޫނީ ނޫރު އެނބުރި އަންނަދެން ކެތްކުރާނީ ހެއްޔެވެ؟ ކަންތައްކުރާނެ ގޮތަކާއި މެދު ޙުމޭރާ ވިސްނަމުން ދިޔައެވެ. ޙުމޭރާ އާއި އެއްގޮނޑިބަރި ދޫކޮށް ތިބި މަރީ އާއި އޭނާގެ ފިރިމީހާ އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލީ ޙުމޭރާއަށްޓަކައި އުފާކުރާ ހާލުގައެވެ.
މާލެ އައުމަށްޓަކައި ޙޫމޭރާ އޭނާގެ މަންމަ އާއި ބައްޕަ އަދި ބޮޑުބޭބެ އާއި އެކު ފެރީ އާއި ދިމާލަށް ދިޔަ ވަގުތު ސިހުނީ ފަހަތުން ފިރިހެނަކު ސަލާން ގޮވާލުމުންނެވެ. ޙޫމޭރާ އެނބުރި ބަލާލިއެވެ. ނުދަންނަ ދެފިރިހެނަކު ކުރިމަތީގައި ތިބުމުން އެދެމީހުންނާއި ހަތަރުކަޅި ހަމަކުރަން ޙުމޭރާ ޖެހިލުންވިއެވެ. “މިއައީ ނޫރު ފޮނުވައިގެން ރަން ކިޔުއްވަން” ޙުމޭރާ އަށް ލިބުނީ ކުއްލި ސިހުމެކެވެ. އެސިހުމުގައި އޭނާ ހުއްޓާ އަތުގައި ފޯން ރިންގުވާން ފެށިއެވެ. އަރާފައިވާ ނޫރުގެ ނަން ފެނި ޙުމޭރާގެ ތުންފަތްމަތީގައި ކުޅެލީ ހިނިތުންވުމެކެވެ. “މާޝާﷲ…. އަހަރެންގެ ޙުމޭގެ މޫނުމަތިން އެހެންޏާ ނުފެންނަ އަލިކަމެއް މިހާރު އެބަފެނޭ. އަވަހަށް ރަންކިޔާ. ހަފްތާއެއް ފަހުން ޙުމޭ ހުންނާނީ އަހަރެންގެ އަންބެއްގެ ގޮތުގައި. އިންޝާﷲ” ނޫރުގެ ވާހަކަތައް އެހުމަށްފަހު ޙުމޭރާ އަށް ރޮވުނެވެ. ވަގުތުން ތިރިވެ ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. ކިތަންމެ ގިނަ މީހުންނެއް އެދިމާލަށް ބަލަން ތިއްބަސް އޭނަގެ މައްސަލައެއް ނެތެވެ.
“އެކަމު ނޫރު އަށް ކިހިނެއް އެނގުނީ…..”
“ބަލާލަބަލަ ޙުމޭގެ ވައަތްފަރާތް. އެއީ އަހަރެންގެ އެންމެގާތް އެކުވެރިޔާ. މަދުން ނަމަވެސް ޙުމޭ އަށް ހުންނާނީ އޭނަ ފެނިފަ. ދެން އެއީ އޭނާގެ އަންހެނުން މަރީ” ޙުމޭރާގެ ބަސް ފުރިހަމަ ނުވަނީސް އެކޮޅުން ފޯނުގައި ހުރި ނޫރު ބުނެލިއެވެ. ޙުމޭރާ އަވަސް އަވަހަށް އެދިމާ ބަލާލިއެވެ. އެއާއެކު ޙުމޭރާގެ ހިތުގައި އުފެދިފައިވި ސުވާލުތަކުގެ ޖަވާބު ލިބުނެވެ. މަރީ އޭނަ އަށް ހިނިތުންވުމެއް ދިން އިރު ކައިރީގައި ހުރި އޭނާގެެ ފިރިމީހާ ވެސް ހީލިތަން ފެނުނެވެ. އާނއެކެވެ. މަރީ އަކީ ޙުމޭރާގެ އެދުރެކެވެ. ތިމާ އަށް ނޭނގޭ ކިތަންމެ ކުޑަ އެއްޗެއް ވެސް ތިމާ އަށް އުނގަންނައިދިން މީހަކީ އެދުރެކޭ ނުބުނެވޭނެ ހެއްޔެވެ؟ ޙުމޭރާގެ ހަޔާތް މިފަދަ ގޮތަކަށް ބަދަލުވީ މަރީ ވެދިން އެހީއިންނެވެ. އެދުވަހު ނޫރުގެ ހަޔާތުން ޙުމޭރާ އެއްފަރާތް ނުކުރިނަމަ އޭނާގެ ހަޔާތަށް މިފަދަ އުފާވެރިކަމެއް އަތުވެދާނެ ހެއްޔެވެ؟ ހުރިހާ ވެސް ޝުކުރެއް ކުޅަދުންވަންތަ ﷲ އަށެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެކަލާނގެ ޙޫމޭރާ އަށް ހިދާޔަތް ދައްކަވައިފިއެވެ.

Tags:

ވާހަކަ މުބާރާތް 1438

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

މާބޮނޑި

Next

އެ ކޮޓަރީގެ ސިއްރު (03)

Next
June 10, 2017

އެ ކޮޓަރީގެ ސިއްރު (03)

Previews
June 10, 2017

މާބޮނޑި

32 Comments!

  1. Aisha says:
    June 10, 2017 at 4:36 pm

    Masha Allah varah furihama

  2. Xxxx says:
    June 10, 2017 at 5:07 pm

    Maasha Allah.ibrathun furigenvaa vaahaka eh…

  3. Princessss says:
    June 10, 2017 at 5:19 pm

    ماشا الله.

  4. Haya says:
    June 10, 2017 at 5:38 pm

    Waaaaaaaaaau

  5. Pinkish says:
    June 10, 2017 at 5:39 pm

    Maasha allah varah reethi… ??

  6. Addu manje says:
    June 10, 2017 at 6:36 pm

    Varah reethi.. 🙂

  7. Khajja says:
    June 10, 2017 at 6:44 pm

    Masha allah v rythi v interesting v furihama v ibrathun furigenvaa vaahakaeh mi stryge sababun bayakunnah hidhaayaiy dhevvaashi aameen❤❤???

  8. Hassan says:
    June 10, 2017 at 7:13 pm

    Masha Allah varah furihama varah reethi

  9. Appy says:
    June 10, 2017 at 7:22 pm

    Masha allah v furihama vaahaka eh ….

  10. Adha? says:
    June 10, 2017 at 8:02 pm

    Maasha allah varah reethi story eh

  11. Saadhu says:
    June 10, 2017 at 8:21 pm

    Masaha Allah v reethi kuruvahaka therein hovaalevay varuge vahakaye.

  12. Haya says:
    June 10, 2017 at 9:20 pm

    Waaaaaaaaaaa

  13. AKI says:
    June 10, 2017 at 9:25 pm

    ma sha Allah… v reethi mi vaahaka

  14. Saandy says:
    June 10, 2017 at 9:31 pm

    V furihama v ibraiytheri mivaahakaves… Ummeedhu kuran adhives Ushaali ge mikahala ibraiytheri reethi vaahakathakeh kiyaalan libeyne kamah 🙂

  15. nonns says:
    June 10, 2017 at 9:50 pm

    Neynge baivaru echihi nonns ah ingijje mi stry in. Bunelan othy varah ibraiyytheri reethi stry ekey miee. Masha allah. Keep it up

  16. Sama says:
    June 10, 2017 at 10:03 pm

    Mi vaahaka kiafa rovije..
    VV iburaitheri Adi reethi
    Allah thibaa ah heo rahumaiy lavaashi ameen

  17. Shaaa... says:
    June 10, 2017 at 10:50 pm

    Vrah reethi

  18. Azu says:
    June 11, 2017 at 12:37 am

    Vvv iburaiytheri vaahaka eh…rovihje mivaahaka kiyaafa….

  19. Pink says:
    June 11, 2017 at 3:19 am

    Ma’sha allah rythi vaahaka eh…
    Ummeedhu kuran mikahala ithru vaahaka eh kiyaalan libeyne kamah???

  20. rooby says:
    June 11, 2017 at 10:36 am

    Ma Sha Allah..vaahaka varah vx furihama..:)

  21. xeyboo says:
    June 11, 2017 at 11:03 am

    ma sha allah rowihjje hama…

  22. Ulya says:
    June 11, 2017 at 12:40 pm

    Ma sha Allah … one of the best story I’ve ever read❤❤
    May Allah guide us all to the right path Ameen

  23. maee says:
    June 11, 2017 at 2:37 pm

    varah reethi Ma Sha Allah

  24. aish says:
    June 11, 2017 at 5:05 pm

    Iburathun furigenvaa vaahakaeh..

  25. Cym says:
    June 11, 2017 at 9:56 pm

    Ma Sha Allah ?

  26. Eeny says:
    June 11, 2017 at 11:34 pm

    Ma Sha Allah

  27. Maayaa says:
    June 12, 2017 at 2:24 am

    Vvvv furihama vaahaka eh hama rovihjje iburathun furigenvaa vaahaka eh maashaa allah

  28. ?Hajja? says:
    June 12, 2017 at 10:33 am

    Masha allah. Vrh furihama iburathun furigenvaa story eh. Subuhaanallah. Allah S.W ge kulhadhunvantha verikan. Ya allah! alhamen enmennah hidhaayaii dhahkavaashi. Aameen. Thank u ushali. May god bless u

  29. ?? says:
    June 12, 2017 at 5:30 pm

    Masha allah. Jazaakahlaah khair mikahala ibrautheri vaahakaeh liyehvythy.?

  30. liyaa says:
    October 9, 2018 at 9:46 am

    mashaa allah v v iburaetheri reethi vaahakaye mii. ?☺???

  31. riha says:
    February 6, 2019 at 10:29 am

    Nice story

  32. napher says:
    February 6, 2019 at 1:21 pm

    Good story?

Comments are closed.



All Right Reserved!