Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަމުބާރާތްދީނީ

ބަދަލުވި ޙަޔާތް

Eemyaa Level 910 Stories100 Comments100 Login500 Comments100 Stories500 Login
May 30, 2017 8 Mins Read
110 Comments

އަހަރެންނަކީ، އަހަރެންގެ މައިންބަފައިންނަށް ލިބިފައިވާ ދެ އަންހެން ކުދިންގެތެރެއިން ދޮށީ ކުއްޖާއެވެ. އުމުރުން ނަވާރަ އަހަރެވެ. ކޮއްކޮގެ އުމުރުން ދިހަ އަހަރެވެ. އަހަރެންގެ ޢާއިލާއަކީ ކުޑަނަމަވެސް، އުފާވެރި، ތަނަވަސް ޢާއިލާއެކެވެ. މާލޭގައި، ބައްޕަގެ ގެދޮރު ހުރުމުން ދަތިކަމެއްނެތި އުޅެވެއެވެ. ބޭނުންހާ އެއްޗެއް ލިބެއެވެ. ބޭނުންހާ ކަމެއް ކުރެވެއެވެ.
މިއަހަރަކީ އަހަރެންގެ ފަހު އިމްތިހާނުގައި އިށީންނަންޖެހޭ އަހަރެވެ. އަހަރެން ގަދައަޅާ މަސައްކަތް ކުރަމުންދިޔައީ، ކުރިއެކޭވެސް އެއްގޮތަށް މައިންބަފައިން ފަޚުރުވެރިވާނެފަދަ ނަތީޖާއެއް ހޯދުމަށެވެ. އެހެން ކުދިންނާ ޚިލާފަށް އަހަރެންނަކީ، ހިތްއަލި ކުއްޖެކެވެ. މިއަދާ ހަމައަށް އައިއިރު، ކިޔެވުމުގެ ރޮނގުންނާއި، ކުޅިވަރުތަކުންވެސް އަހަރެން އައީ ރަން ވަނަތަކެއް ޙާޞިލް ކުރަމުންނެވެ. މައިންބަފައިންގެ ހިތްވަރާއި، އެހީތެރިކަމާއިއެކުއެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އަހަރެންގެ ފަހު އިމްތިޙާން ނިމި، ނަތީޖާވެސް ލިބިއްޖެއެވެ. އުފަލުގެ ކޮޅެއް ނެތެވެ. ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންގެ ތެރެއިން އެކަކީ އަހަރެންނެވެ. މަންމައާއި ބައްޕައަށް އުފަލުންގޮސް ރޮވުނެވެ. ލިބުނު ރަނގަޅު ނަތީޖާގެ ސަބަބުން، އަހަރެންނަށް މެލޭޝިޔާއަށް ކިޔަވަން ދިއުމަށް ފުރުޞަތު ލިބުނެވެ. އެކަންވީ އަހަރެންގެ ހުވަފެންތައް ޙާޞިލް ކުރުމުގެ ދޮރު ހުޅުވާލަދިން ތަޅުދަނޑިއަށެވެ.

މަންމަމެންނާއި ދުރުގައި އުޅެން ޖެހުމުން ދެރަވިނަމަވެސް، އަހަރެން ހިތްވަރުކުރީ، ކުޑައިރުއްސުރެ، ދެކެމުން އައި ފޮނި ހުވަފެންތައް، ޙަޤީގަތަކަށް ހަދަން ބޭނުންވާތީއެވެ. އެހެންކަމުން ކުރިއެކޭވެސް އެއްގޮތަށް ކިޔެވުމައިގެން ކުރިޔަށް ދިއުމަށް ޢަޒުމް ކަނޑައެޅީމެވެ.
ކޮލެޖުގެ ފުރަތަމަދުވަހެވެ. ކުލާހުގައި ގިނައީ އެކި ޤައުމުތަކަށް ނިސްބަތްވާ ކުދިންނެވެ. އެކުދިންގެ ތެރޭގައި، ރާއްޖޭގެ ކުއްޖަކުވެސް ހިމެނެއެވެ. އަހަރެންނާއި އެއްވަރުގެ އިސްކޮޅެއް ލިބިފައިވާ ކުއްޖެކެވެ. ލައިގެން ހުރީ، ކަޅުކުލައިގެ ޖިލްބާބު ހެދުމެކެވެ. ކަޅުކުލައިގެ ބުރުގާ ތެރެއިން ފެންނަން ހުރި، ވަށްމޫނުގެ ކުލަ، މާ އަލިނޫނަސް ބަލާލަން ރީއްޗެވެ. ނިއްކުރިމަތީގެ މެދެއްހާ ހިސާބުން ކަޅުކުލައިގެ ލަކުނެއްފާޑުގެ އެއްޗެއް އިނުމުން، އަހަރެންގެ ލޮލުގައި އަޅައިގަންނަ ގޮތްވިއެވެ. އެކުއްޖާ ރީތި ހިނިތުންވުމަކާއެކު، އަހަރެންނާ ދިމާއަށް އަންނަން ފެށުމުން، އަހަރެންވެސް ހިނިތުންވެލީމެވެ.

“ހާއި…. އަހަރެންނަށް ކިޔަނީ އައިނީ….” އެކުއްޖާ އައިސް އަހަރެންގެ ކައިރީގައިހުރި ގޮނޑީގައި އިށީނުމުން، އަހަރެން ސަލާމަށް އަތްދިއްކޮށްލީ، އަމިއްލައަށް ތަޢާރަފްވެލަމުންނެވެ.
“އައްސަލާމް ޢަލައިކުމް….. ނައުރީން….” އަހަރެން ދިއްކޮށްލި އަތުގައި ހިފައި ސަލާމް ކޮށްލަމުން، ހިނިތުންވެއިނދެ، ނައުރީންވެސް ތަޢާރަފްވެލިއެވެ. އަހަރެންވެސް ހިނިތުންވެލީމެވެ.
އަހަރެންނާއި ނައުރީންގެ ދެމެދު އެކުވެރިކަން ބަދަހިވެގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ނައުރީންގެ ހިތްހެޔޮކަމާއި، ރަނގަޅު އަޚްލާޤު އަދި މަޑުމައިތިރި މިޒާޖުގެ ސަބަބުން އަހަރެންގެ ހިތް ކާމިޔާބު ކުރުމުގައި ފަތަޙަ ހޯދިއެވެ.
ދެމީހުންގެ އެކުވެރިކަމުގެ ސަބަބުން އަހަރެން ނައުރީންއާއިއެކު، އެގެއަށްވެސް ދާންފެށީމެވެ. މެލޭޝިޔާގައި ނައުރީން އުޅެމުންދިޔައީ، އޭނާގެ މައިންބަފައިން ކުއްޔަށް ހިފައިގެން އުޅޭގެއެއްގައެވެ. ނައުރީންއެކޭ އެއްފަދައިން ނައުރީންގެ މައިންބަފައިންނަކީވެސް ވަރަށް ހިތްހެޔޮ ބައެއްކަން އަހަރެންނަށް އެނގުނީ، އެގެއަށް ދިޔަދިއުމުގައެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ދެމަސްދުވަސް ހޭދަވީއިރު، އަހަރެމެންގެ އެކުވެރިކަންވަނީ، ކުރިއަށްވުރެވެސް ބަދަހިވެފައެވެ. ފާއިތުވި ދެމަސްދުވަސްތެރޭ ނައުރީންގެ އުފާވެރިކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. އެކަމުގެ ސިއްރަކީ ކޮބައިކަން އަހަރެންނަށް ނޭނގުނުކަމުގައިވިޔަސް، އެކުއްޖާގެ މޫނުމަތި، އަބަދުމެ ހުންނަނީ އުޖާލާވެފައެވެ. ތުންފަތުގައި ނުފިލާ ހިނިތުންވުމެއްވެއެވެ. ނައުރީންގެ އުފާވެރި މޫނުފެނި، އަހަރެންގެ ހިތަށް ހަމަޖެހުން ލިބުނުނަމަވެސް، ހިތުގެ ކޮންމެވެސް އެއްކަނަކަށް އުނދަގޫވެފައިވާކަހަލަ އިޙްސާސެއް ކުރެވެއެވެ. އެކަމާދޭތެރޭ ކިތަންމެ ވަރަކަށް ވިސްނިނަމަވެސް، އެހެންވަނީ ކީއްވެ ކަމެއް، ޚުދު އަހަންނަކަށްވެސް ނުވިސްނެއެވެ.
އާދައިގެ މަތިން މިއަދުވެސް ކުލާސް ނިންމާލުމަށްފަހު، އަހަރެން ދިޔައީ ނައުރީންއާއިއެކު އެގެއަށެވެ. ނައުރީންގެ އާދޭސްތަކުގައި ކޮޅުފައިންޖަހަން ނުކެރިގެންނެވެ. ކޮންމެ ދުވަހެއްގެ އެއްވަގުތެއްގައިނަމަވެސް، އަހަރެން ނައުރީންއާއިއެކު ކެއުމުގައި ބައިވެރި ނުވެއްޖިއްޔާ އޭނާ ހިތްހަމައެއް ނުޖެހެއެވެ.

ނައުރީންއާއިއެކު އަހަރެން ގެއަށް ވަންތަން ފެނުމުން، ނައުރީންގެ މަންމަ ނޫރާ ލޯތްބާއެކު، އަހަރެންގެ އަތުގައި ހިފައިގެން ގޮސް ކާމޭޒުދޮށުގައި ބޭންދިއެވެ. ނައުރީންވެސް ހިނިތުންވެހުރެ، އައިސް އަހަރެންގެ ގާތުގައި އިށީނެވެ. ތިންމީހުން ކާންފެށީ އެވަގުތުގެ ކެއުމުގައި އަހަރެމްންނާއި ބައިވެރިވާން ނައުރީންގެ ބައްޕަ ނާންނާނެތީއެވެ.
ކައި ނިމިގެން ގެއަށް ދިއުމަށްޓަކައި، އަހަރެން ތެދުވީ ކުޑަކޮށް ވަރުބަލިވެފައި ހުރުމުންނެވެ. އެހެނަސް އަހަރެން ނުކުންނަން ދިޔަވަގުތު އެއްވެސް އިންޒާރެއް ދިނުމެއްނެތި، ވާރޭވެހެންފެށިއެވެ. އަހަންނަށް ޖެހުނީ އެގޭގައި ތާށިވެފައި ހުންނާށެވެ. ބޯކޮށްވެހެމުންދިޔަ ވާރޭ ހުއްޓާނެއިރެއްވެސް ނޭނގެއެވެ. އުޑުމަތި ބަނަކޮށް އޮތުމުން ދުނިޔެމަތި ފެންނަނީ އަނދިރިކޮށްށެވެ. ކުޑަނަގައިގެން ދެވޭވަރަށްވުރެ، ވައިގަދައެވެ. ދެން ގެއަށް ދެވޭނީ ނައުރީންގެ ބައްޕަ އައުމުން އެގޭ ކާރުގައެވެ. ކުލީ ކާރެއްގައި ދިއުމަށް ނޫރާއްތަ ޤަބޫލެއް ނުވާނެއެވެ. އެހެންނޫނަސް، މިކަހަލަ ގަޑިއެއްގައި ފަސޭހައިން ކުލީކާރެއް ނުވެސް ލިބޭނެއެވެ. ނައުރީންއާއިއެކު، އެގޭ ބޮޑުކޮޓަރީގައި، އަހަރެން އިނީ ގެއަށް ނުދެވުމުން، މާޔޫސްވެފައެވެ. އިރުކޮޅެއްނުވެ، ނައުރީންގެ ފޯނުން ބަންގި ގޮވާއަޑު އިވެންފެށިއެވެ. ޢަޞުރު ނަމާދު ވަގުތު ޖެހުނީއެވެ. ބަންގީގެ އަޑާއިއެކު، ނައުރީން ކޮޅަށް ތެދުވުމުން އަހަރެންނަށް ބަލާލެވުނެވެ.

“އައިނީ…. ވާރޭ ހުއްޓާނެ އިރެއްވެސް ނޭނގެ…. ބައްޕަވެސް ހިޔެއް ނުވެ، އަވަހަށް އަންނާނެހެނެއް…. އަހަރެންނާއިއެކު، ޢަޞުރު ނަމާދުކޮށްލައިގެން އަންނަން ހިނގާ….” އަހަރެންނަށް ބަލާލަމުން ނައުރީން ބުނެލިއެވެ. ބޯޖަހާލުމަށްފަހު، އަހަރެން ނައުރީންއާއިއެކު، ނަމާދުކުރަން ދިޔައީމެވެ.
ނައުރީން ވުޟޫކޮށްލައިގެން ނުކުތުމަށްފަހު، އަހަރެން ގާތު ވުޟޫކުރަން ވަނުމަށް ބުންޏެވެ. ދެފިކުރެއްގައި ހުރެ، ފާޚާނާއަށް ވަންނަން އަހަރެން ދިޔައީ ފޯނު ހިފައިގެންނެވެ.
“އައިނީ…. ފޯނު ހިފައިގެންތަ ފާޚާނާއަށްވެސް ވަންނަނީ…..؟؟؟؟” ނައުރީންއަށް އަހަރެންގެ އަތުގައި އޮތް ފޯނު ފެނުމުން، އެ އަތުލުމަށްފަހު، އެނދުމަތީގައި ބޭއްވިއެވެ. ފޯނާއި ދިމާއަށް ބަލަން، އަހަރެންނަށް ހުރެވުނީ، ހަދަންވީގޮތެއް ނުވިސްނިފައެވެ. ސިހުނީ ނައުރީން އަހަރެންގެ ކޮނޑުގައި އަތް ބާއްވާލުމުންނެވެ.
“ކީއްވެ ފޯނަށް މާވަރަކަށް ތިބަލަނީ…؟؟؟” އެއްފަހަރު ފޯނަށް އަދި އަނެއްފަހަރު އަހަރެންނަށް ބަލާލަމުން، ނައުރީން ސުވާލުކޮށްލިއެވެ. ޖަވާބުދޭން ނުކެރިފައިހުރެ، އަހަރެން އިސްޖަހާލީމެވެ.
“މައްސަރު ދުވަސްވަރުތަ މީ…..؟؟؟؟” އަހަރެން އިސްޖަހާލައިގެން އެގޮތަށް ހުންނަން ފެށުމުން ނައުރީން އަހާލިއެވެ. އަހަރެން ނޫނެކޭ ބުނެލީމެވެ.

“ދެން ކިހިނެއްވެފައި ތިހުރީ…؟؟؟ ކަމެއް ގޯސްވީތަ….؟؟؟” މިފަހަރު ނައުރީންގެ އަޑުގައި ހާސްކަން އެކުލެވިފައިވާކަން އަހަރެންނަށް ފާހަގަ ކުރެވުނެވެ. ނައުރީން ހާސްކުރުވާކަށް އަހަރެން ފަހަރެއްގައިވެސް ބޭނުމެއް ނޫނެވެ. އެހެންކަމުން އިސްއުފުލާ ނައުރީންއަށް ބަލާލުމަށްފަހު، ފުންނޭވާއެއް ބޭރުކޮށްލީ ވެގެންއުޅޭގޮތް ނައުރީންއަށް އޮޅުންފިލުވައިދިނުމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
“އަހަރެން ލަދުގަނޭ މިހެން ބުނަންވެސް…. އަސްލު، ވުޟޫކުރާގޮތް އަހަރެން ހަނދާނެއް ނެތް….. އެހެންވެ ފޯނުން ބަލައިގެން ވުޟޫކުރަންވެގެން….” އިސްޖަހާލަމުން، އަހަރެން ޙަޤީގަތް ހާމަކުރީ ނައުރީންއާއި ހަތަރުކަޅި ހަމަކުރާން ނުކެރުމުންނެވެ. ކިޔެވުމުގެ ރޮނގުން ރަން ވަނަތަކެއް ޙާޞިލްކޮށް، ޑޮކްޓަރުކަން ކިޔަވަން އައިސް ހުރިއިރު، ވުޟޫކުރާނެގޮތް ހަނދާންނެތުމަކީ، ލަދުގަންނަންޖެހޭވަރުގެ ކަމެއްކަމަށް، އަމިއްލައަށްވެސް ޤަބޫލުކުރެވުނެވެ.

ނައުރީންގެ ފަރާތުން އެއްވެސް ޚަބަރެއް ނުވުމުން، އަހަރެން، އިސްއުފުލާ ބަލާލީމެވެ. އަހަރެންގެ ދެއްކި ވާހަކަތައް ޤަބޫލުކުރަންދަތިވެފައި، ނައުރީންއަށް ހުރެވުނީ އަނގަ ހުޅުވާލައިގެންނެވެ. ދެލޯބޮޑުކޮށްގެން އަހަރެންނަށް ބަލަން ހުރުމުން، އަހަރެން ލަދުގަތެވެ. އޭނާ، އަހަރެންނާއި ދޭތެރޭ ދެން ޢަމަލުކުރާނެގޮތެއް ހިތަށް ގެންނަންވެސް ނޭނގުމުން، ހާސްވާގޮތްވިއެވެ.
“ނައު….” ޖެހިލުންވެފައި ހުރިނަމަވެސް، އަހަރެން ނައުރީނަށް ގޮވާލީމެވެ. ހަމަހޭވެރިކަންވީ މީހެއްފަދައިން، ނައުރީންއަށް “ހާނ” އޭ ބުނެލެވުނެވެ. ދެން ފެނުނީ ފުން ނޭވާއެއް ބޭރުކޮށްލިތަނެވެ. ހީވާގޮތުން، ދައްކަންއުޅޭ ވާހަކައެއްގެ ބޮޑުކަމުން، މީހާ ހަމައަކަށް އެޅިލީ ކަންނޭނގެއެވެ.

“އައިނީ…. ކީއްވެ ވުޟޫކުރާގޮތް ހަނދާނެއްނެތޭ ތިބުނީ….؟؟؟؟ ނަމާދުކޮށް، ޤުރްއާން ކިޔަވަނީ ވުޟޫ ނުކޮށްތަ….؟؟؟؟” ނައުރީންގެ މޫނުމަތިން އަހަރެންނަށް ފެނުނީ ތަފާތު އަސަރުތަކެކެވެ. ކުރިއަށްވުރެވެސް ބޮޑަށް އަހަރެން ލަދުގަތީ އެހެންވެއެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯހޫރާލީމެވެ.
“ދެން…؟؟؟” ނައުރީން އަނެއްކާވެސް ސުވާލުކޮށްލިއެވެ.
“އަހަރެން އެންމެފަހުން ނަމާދުކުރި ހަނދާނެއްނެތް…. ޚަތިމްކުރިފަހުން ޤުރްއާން ކިޔަވާވެސް ނޫޅެން…” ނައުރީންގެ މޫނުމަތިން ވާނުވާ ނޭނގިފައި ހުރިކަމުގެ އަސަރުތައް ފެންނާން ހުރުމުން، އަހަރެން އޮޅުންފިލުވައިދިނީމެވެ. އެއާއިއެކު، ފެނުނީ ކުރިއަށްވުރެވެސް ބޮޑަށް ނައުރީންގެ ދެލޯ ބޮޑުކޮށްލިތަނެވެ.

“ސުބުޙާނަﷲ….. ތި ބުނީ، އައިނީ އުޅެނީ ނަމާދުނުކޮށް، ޤުރްއާން ނުކިޔަވައޭތަ….؟؟” ހައިރާންވެފައިހުރެ، ނައުރީން އަހާލުމުން، ލަދުގަތްނަމަވެސް، އެކަމަށް އެއްބަސްވުމުގެ ގޮތުން އަހަރެން ބޯޖަހާލީމެވެ.
“ސުބުޙާނަﷲ….. ސުބުޙާނަﷲ…..” ކައިރީގައި ހުރި އެނދުގައި އިށީންނަމުން ނައުރީން ތަކުރާރުކޮށް ކިޔަމުންދިޔައެވެ.
“ރަމަޟާން މަހުވެސް، ނަމާދެއް ނުކުރަންތަ….؟؟؟؟ ރޯދައަށް ހުންނަނީ ޤުރްއާން ނުކިޔަވާތަ…؟؟؟ އަނެއްކާ ރޯދަ ހިފަންތަ….؟؟؟” މިހުރިހާ ސުވާލެއް ކޮށްލަމުން، ނައުރީން އަހަރެންނަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ.
“އަހަރެން ރޯދަ ހިފަން… އެކަމަކު، ރަމަޟާންމަހުވެސް ނަމާދެއް ނުކުރަން…. ޤުރްއާންވެސް ނުކިޔަވަން… ހަމައެކަނީ ރޯދަ ހިފަނީ….” އިސްޖަހާލައިގެން ހުރެ އަހަރެން ޖަވާބުދިނީމެވެ.

“މާތްކަލާކޯ…. ނަމާދު ނުކޮށް، ޤުރްއާން ނުކިޔަވައި، ހިފައި ރޯދައަށް ވާނީ ކިހިނެއް….؟؟؟؟ އަޅެ، އައިނީ ތީ، އެވަރު ނުވިސްނޭވަރުގެ ކުޑަކުއްޖެއް ނޫނެއްނު….. ކިޔަވައިގެން މިހާ ހިސާބަށް އައިއިރު، ނަމާދުކޮށް، ޤުރުއާން ކިޔެވުމަކީ، ވާޖިބެއްކަން އައިނީއަށްވެސް ނޭނގިއެއް ނޯންނާނެ…. އައިނީ ނަމާދުނުކޮށް އުޅޭތީ، އައިނީގެ މަންމަމެން ރުޅިއެއް ނާދޭތަ…؟؟؟” ނައުރީންގެ ވާހަކަތަކުން، އޭނާ ހިތްހަމަ ނުޖެހިފައި ހުރިކަން، އަހަރެންނަށް އިޙްސާސް ކުރެވުނެވެ.

“މަންމަ އަހަރެން ގާތު ނަމާދު ކުރާކަށް ނުބުނެ…. އަހަރެންނަކަށް ހިޔެއްނުވެ މަންމަވެސް އަދި ބައްޕަވެސް ނަމާދުކުރާހެނެއް…. ރަމަޟާން މަސްތަކުގައި ނޫނީ، އެމީހުން ނަމާދުކުރާތަނެއް އަހަރެން ނުދެކެން….” އަހަރެން މިހެން ބުނުމުން، ނައުރީން އޭނާގެ އަނގަމަތީ އަތްއަޅާލިއެވެ.
“ސުބްޙާނަﷲ…. ނަމާދުކޮށް، ޤުރްއާން ކިޔެވުމަކީ، ވާޖިބެއްކަން އެނގިހުރެ، ގަސްދުގައި ނަމާދު އަޅާކަށް ބިރެއް ނުގަނޭތަ….؟؟؟؟ މާތްކަލާކޯ…. އެކަމުގެ ބިރުވެރިކަން ހިތަށް އަޔަސް އަހަރެންގެ ލޯލިތައް ކޮޅަށް ޖެހިގެންދޭ…. މަޙްޝަރު ބިމުގައި އެންމެ ފުރަތަމަ ސުވާލުކުރެވޭނީ ނަމާދާ ބެހޭގޮތުން…. އެ ސުވާލަށް އައިނީ ދޭނީ ކޮން ޖަވާބެއް…..؟؟؟ ވިސްނާލަބަލަ….!!!! މިދުނިޔޭގައި މިވާ އަލިފާނުން، ހަށިގަނޑުގެ ގުނަވަންތައް ފިހުނީމަ ވާގޮތް… ކިހާ ތަދުވޭ….. މިދުނިޔޭގައި، އެ ޒަޚަމްތަކުގައި ބޭސްއަޅާ ފަރުވާ ހޯދުނަސް، ނަރަކައަށް އެއްލާލެވޭ ދުވަހު، ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ…. ނަރަކައިގެ ހޫނުކަން ހިތަށް ގެންނަން ނޭނގޭއިރު، އެތާނގައި އެލިބޭ ޒަޚަމްތަކަށް ފަރުވާއެއް ނުހޯދޭނެ…. އެވޭނުގައި ތެޅިލަ، ތެޅިލާ އޮންނަން ޖެހޭނީ….. އެދުވަހުން ފިލާކަށް ނުދުވެވޭނެ… ނަމާދު ނުކުރާ މީހާއަށް ނަރަކައިގެ ވޭންދެނިވި ޢަޒާބު ލިބޭނެ…. އައިނީ…. މާތް ﷲ އަށް ބިރުވެތިވޭ… އިނގޭތަ…؟؟؟ ނަމާދު ނުކޮށްގެން ދަރިއަކަށް ކާންނުދިނަސް، މަންމައަކު، ފާފަވެރިއެއް ނުވާނެ… އެކަމުންވެސް އެނގެނީ ނަމާދަކީ، ކިހާ މުޙިއްމު އަޅުކަމެއްކަން…..” ކޮޅަށް ތެދުވެ، އަހަރެންގެ ދެއަތްތިލާގައި ހިފާލައިގެންހުރެ، ނައުރީން މިހުރިހާ ވާހަކައެއް ދެއްކުމުން އަހަރެންގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދެރަވެ، ބިރުގަތްވަރުންނެވެ. ނަރަކައިގެ ބިރުވެރިކަމާއި، އެތަނުގެ އަޒާބުގެ ވާހަކަ، ނައުރީން ކިޔައިދިނުމުން، އަހަރެންގެ ހިތުގައި ބިރުވެރިކަން ރަސްކަން ކުރަންފެށީ އިންތިހާއަށެވެ. ރޮވެން ފެށުނީ އެހެންވެއެވެ.
“ނައު އަހަރެން ވަރަށް ބިރުގަނޭ… މިހުރިހާ ދުވަހު ނަމާދުނުކޮށް އުޅެވުނީމަ، އަހަރެންނަށް ހާދަ އަޒާބެއް ލިބޭނޭ…. ނައު…. އަހަރެން، ދެން ކިހިނެއް ހަދާނީ….؟؟؟ އަހަރެން ބޭނުން ނަމާދުކުރަން…. ޤުރްއާން ކިޔަވައިގެން، އިސްލާމްދީނާ އެއްގޮތަށް އުޅެން ބޭނުން….. އެކަމަކު….” ރޮވިފައިވާ ޙާލު ހާސްވެފައިހުރެ، އަހަރެން ނައުރީންއަށް ބަލާލީމެވެ.

“އަލްޙަމްދު ލިއްﷲ…. އައިނީއަށް ހެޔޮ ވިސްނުން ދެއްވީތީ މާތްﷲގެ ކިބަފުޅަށް ޝުކުރުވެރިވަން… ހާސްނުވޭ…. އިސްލާމް ދީނަކީ ވަރަށް މާތް، މަތިވެރި ދީނެއް…. އިންސާނާއަށް ކުށެއް ކުރެވުމުން، އެކުށަށް ތަޢުބާވުމުގެ ފުރުޞަތުވެސް އޮންނާނެ… މާތްﷲ އީ ދީލަތިވަންތަ ރަސްކަލާނގެ…. އަހަރެން އައިނީއަށް އެހީވެދޭނަން….” ލޯތްބާއިއެކު، އަހަރެންގެ ދެލޮލުން އައިސްފައިވާ ކަރުނަތައް ފުހެލައިދެމުން، ނައުރީން ވާހަކަ ދެއްކީ އޯގާތެރިކަމާއިއެކީގައެވެ. އަދި އަހަރެންނަށް ވުޟޫކުރާގޮތް ކިޔައިދިނެވެ.

އަހަރެން ވުޟޫކޮށްގެން އައުމުން، ދެމީހުން އެކީގައި ނަމާދުކުރަން އެރީމެވެ. ނައުރީން، އިމާމުވެ ނަމާދުކުރީ، އަހަރެންނަށް ސޫރަތްތައް ހިތުން ކިޔަން ނޭނގުމުންނެވެ. އެތައް ޒަމާނަކަށްފަހު، ނަމާދުކޮށްލުމުން އަހަރެންގެ ހިތަށް ލިބިގެންދިޔަ އުފާވެރިކަން، ބަޔާންކޮށްދޭންވެސް ދައްޗެވެ. އަބަދު ނުތަނަވަސްވެފައިވާ އަހަރެންގެ ހިތަށް، ހަމަޖެހުން ލިބުނެވެ. ނައުރީންގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަމުގެ ސިއްރަކީ ކޮބައިކަން އަހަރެންނަށް މިއެނގުނީ އަދިކިރިޔާއެވެ. އެއީ ނަމާދު ކުރުމުން ލިބޭ ހިތްހަމަޖެހުމެވެ. ނަމާދުކުރުމުގެ ސަބަބުން، މިއަދު އަހަރެންގެ މޫނުމަތިންވެސް އެއުފާވެރިކަން ފެންނާންހުއްޓެވެ. މިއަދުން ފެށިގެން އަހަރެން އަޒުމް ކަނޑައެޅީ، އެއްވެސް ނަމާދެއް ވައްޓާނުލާ ހުރިހާ ނަމާދެއްވެސް، އެނަމާދެއްގެ ވަޤުތުގައި ކުރުމަށެވެ. އަދި، ވީވަރަކުން ސުންނަތް ނަމާދުތައް ކުރުމަށެވެ. ހެޔޮޢަމަލް އިތުރުކޮށް، ދީނުގައި އަންގަވާފައިވާގޮތަށް އުޅުމަށެވެ.

ނައުރީން އެދުވަހު އަހަރެންނަށް ވަރަށް ގިނަ އެއްޗެހި އޮޅުން ފިލުވައިދިނެވެ. ނަމާދުގައި ކިޔާ ތަކެތިވެސް، ދަސްކުރީ ހަމައެދުވަހުއެވެ. އަހަރެން އެގެއިން ދިޔައީ، ނައުރީން ދިން ޖިލްބާބު ހެދުމެއް ލައިގެން ބުރުގާވެސް އަޅައިގެންނެވެ. ފަޔަށް އިސްޓާކީންވެސް ލެއްވީމެވެ. އަހަރެންނަށް އައިސްފައިހުރި ބަދަލު ފެނުމުން ނޫރާއްތަގެ މޫނުމަތިންވެސް އުފާވެރިކަން ފެންނާން ހުއްޓެވެ.

އަހަރެން އުޅޭ ކޮޓަރިއަށް ދެވުމުން ޤުރްއާން ކިޔަވަން އަވަސްވެގަތީމެވެ. އެކަނި ނަމާދުކުރެވޭވަރަށް، އަހަރެން ދެތިން ސޫރަތް ހިތުދަސްކުރީމެވެ. އަހަރެންނަށް ލިބިފައިވާ ވަރުބަލިކަންވެސް ފިލާދިޔައެވެ. ހިތަށް، ބަޔާންކުރަންދަތި ތަސައްލީއަށް ލިބިގެން ދިޔައެވެ.
ދުވަސްތައް ފާއިތުވަމުންގޮސް، ފުރަތަމަ ސެމިސްޓަރގެ ކިޔެވުން ނިމިއްޖެއެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި ނައުރީންގެ އެހީތެރިކަމާއިއެކު، އަހަރެން، ދީނުގައި އަންގަވާފައިވާ ގޮތަށް ދިރިއުޅުން ބައްޓަންކުރަން މަސައްކަތްކުރީމެވެ. ކުރިން ލަވައަޑުއެހުމުގައި އެތައް ވަގުތެއް ހޭދަކުރިނަމަވެސް، މިހާރު ހުސްވަގުތެއް ލިބުމުން އަހަރެން ބަލަނީ ޤުރުއާނުގެ ކަލިމަތައް ކިޔާލެވޭތޯއެވެ. ފަށައިގަތްއިރު، ކޮށިކޮށް ކިޔެވުނުނަމަވެސް، މިހާރު ފަރިތަކަމާއެކީ ތަޖުވީދުގެ ހަމަތަކަށް ކިޔެވުމުގެ ޤާބިލުކަން އަހަރެންގެ ކިބައިގައި އެބަހުއްޓެވެ.
ސެމިސްޓަރ ނިމުމުން، ލިބުނު ޗުއްޓީގައި، އަހަރެން ތައްޔާރުވަމުން ދިޔައީ އަމިއްލަ ވަޒަނަށް ދިޔުމަށެވެ. ލޯބިވާ ޢާއިލާގެ ގާތަށެވެ.
ފްލައިޓުން ފައިބައިގެން އައި މީހުންތަކުގެ ތެރެއިން، ނުކުންނަށް ދިޔަވަގުތު، ދުރުގައި ތިބި މަންމަމެން ފެނުމުން އަހަރެން ހަނާއަޅާލީމެވެ. ނަމަވެސް މަންމަމެންނަށް އަހަރެން ފެންނަކަމަކަށް ނުވިއެވެ. މީހުންތަކަށް ބަލަމުން ދިޔަ ގޮތުން، އަހަރެން ހޯދަނީކަން ޔަޤީންވުމުން، އަހަރެންގެ ގާތަށް ހިނިވެސް އައެވެ. އެހެންކަމުން، އެމީހުންގެ ގާތަށްގޮސް މަޑުކޮށްލުމަށްފަހު، “މަންމާ” އޭ ކިޔާ ގޮވާލީމެވެ. މަންމައާއި ބައްޕަގެ އިތުރުން، އަހަރެންގެ ލޯބިވާ ކޮއްކޮ އައިލީންވެސް، އަހަރެންނާ ދިމާއަށް ބަލަހައްޓައިގެން ހުރީ ނުދަންނަ މީހަކަށް ބަލާފަދައިންނެވެ.
“އައިނީ….” އިރުކޮޅަކު ބަލަން ހުރުމަށްފަހު، މަންމަ އަހަރެންގެ ނަމުން ގޮވާލުމުން އަހަރެންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. މަންމައަށް އަހަރެން ފާހަގަކުރަން އެނގުމުންނެވެ. އަހަރެން މަންމަގެ ގައިގައި ބާރަށް ބައްދާލީ ދުވަސްތަކަކަށްފަހު ލޯބިވާ މަންމަގެ ވަހުން، ހިތްފުރާލުމަށް ބޭނުންވީވަރުންނެވެ. ހައިރާންވެފައި އަހަރެމެންގެ ޙަރަކާތްތަކަށް ބަލަންތިބި ބައްޕައާއި އައިލީން ކޮއްކޮވެސް، އެކަކު އަނެކަކަށް ބަލާލުމަށްފަހު، ހިނިތުންވެލިއެވެ. އެތާ ގިނައިރު ނުތިބެ އަހަރެމެން ފެރީއާއި ދިމާއަށް ހިނގައިގަތީ، އުޑުމަތީގައި، ކަޅުވިލާތައް ގިނަވާންފެށުމުންނެވެ.

ދަތުރު ވަރުބަލިވެފައި ހުރުމުން ގެއަށް އައިގޮތަށް ޢަޞުރު ނަމާދުކޮށްލައިގެން، އަހަރެންނަށް ނިދުނީއެވެ. ހޭލެވުނީ މަޣްރިބު ނަމާދު ވަގުތު ޖެހިއްޖެކަން، ފޯނުން އިޢުލާންކުރާން ފެށުމުންނެވެ. މަޣްރިބު ނަމާދުކޮށްލުމަށްފަހު، އިރުކޮޅަކު ޤުރްއާން ކިޔަވާލަން އިނީމެވެ. އަހަރެން، ކޮޓަރިން ނުކުތީ އައިފަހުން އަދި، މަންމަމެންނާއި ހަމަޖެހިލައިގެން ވާހަކަ ދައްކާނުލެވޭތީ، އެމީހުންގެ ގާތަށް ދިޔުމަށެވެ.

ކޮޓަރިން ނުކުތުމާއެކު، އަހަރެންގެ ކަންފަތުގައި ޖެހުނީ އައު އަޑެއް ނޫނެވެ. އެއީ މީގެ ހައެއްކަ މަސް ކުރިން ކޮންމެ ދުވަހަކުކަހަލަ ގޮތަކަށް، މިގަޑީގައި އަހަރެން ބަލަމުންދިޔަ ޓެލިޑްރާމާގެ އަޑެވެ. އަހަރެން ބޮޑުކޮޓަރިއަށް ނަޒަރު ހިންގާލީމެވެ. ސޯފާގައި އޮށޯވެލައިގެން އޮތް އައިލީން އޮތީ، ހަމަރަނގަޅަށްވެސް ޓެލިޑްރާމާއަށް ގެއްލި ހުސްވެފައެވެ. އެހެންނޫންނަމަ އަހަރެން އައިސް އެތާ މަޑުކޮށްލިކަން، އޭނާއަށް އެނގުނީހެވެ. އަނެއްކާވެސް އަހަރެންގެ ހަނދާނަށް އައީ މީގެ ހައެއްކަ މަސް ކުރީގެ ހަނދާންތަކެވެ. އޭރު، އައިލީންގެ ބަދަލުގައި އެސޯފާގައި ޓީވީ ބަލަން އޮންނަނީ އަހަރެންނެވެ. އެއީ އެއްއިރެއްގައި އަހަރެންގެ އާދައަކަށްވީނަމަވެސް، މިއަދު، އައިލީން އެތާ ޓީވީ ބަލަން އޮތުމުން، އަހަރެން ހިތްހަމައެއް ނުޖެހުނެވެ. އެހެންކަމުން، ދިޔަ ގޮތަށްގޮސް ޓީވީ ނިވާލީމެވެ. އައިލީން ހައިރާންވެފައި، އަހަރެންނާއި ދިމާއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
“ނަމާދުކޮށްފިންތަ….؟؟؟” އަހަރެން އާދައިގެ ގޮތަކަށް އެހެނަސް، މަޑުމައިތިރިކަމާއިއެކު އަހާލީމެވެ. އައިލީން ބޯހޫރާލިއެވެ.
“ދޭ ނަމާދުކުރަން…. ނަމާދުކޮށްގެން ޤުރްއާން ކިޔަވައިގެން އާދޭ….” އަހަރެން އެހުރިގޮތަށް ބުނެލީމެވެ.
“ދޮންތަވެސް ކުރިން ނަމާދުނުކޮށް، ޓީވީ ބަލަން އިންނަމެންނު…..އެހެންނޫނަސް، ދުވަހަކުވެސް މަންމަ ނުބުނެ ނަމާދުކުރަން ދާށެކޭ….. ދެން ކީއްވެ ދޮންތައަށް މައްސަލައަކަށް ވާންވީ….؟؟؟؟” އައިލީން ޝަކުވާކޮށްލިއެވެ.

“އެއީ ކުރިއެއްނު….. ދޮންތަ ބޭނުމެއްނޫން ދޮންތަ އުޅުންހެން ނަމާދުނުކޮށް، ޤުރްއާން ނުކިޔަވާ ކުއްޖަކަށް ކޮއްކޮވާކަށް…. ކޮއްކޮއަށް ހެޔޮއެދޭތީ، ދޮންތަމިބުނީ….. ނަމާދުނުކޮށް އުޅުމަކީ ކިހާ ގޯސްކަމެއްކަން ދޮންތައަށް މިހާރު ވިސްނޭ…. އެހެންވެ ދޮންތަ ބޭނުންވަނީ ކޮއްކޮއަކީވެސް މިހާރު ދޮންތަގޮތަކަށް ނަމާދުކޮށް ޤުރްއާން ކިޔަވާ މީހަކަށް ވާން….” އަހަރެން ބެލީ އައިލީންއަށް ލޯބިން ވިސްނައިދެވޭތޯއެވެ. އަހަރެން މިހެން ބުނުމުން އައިލީން ބާރުބާރަށް ހިނގާލާފައި ގޮސް ކޮޓަރިއަށް ވަނެވެ. އޭނާ ދިޔަގޮތުން އެދިޔައީ އަހަރެންދެކެ ހިތްހަމަ ނުޖެހިގެންކަން އަހަރެންނަށް ވިސްނުނެވެ. އެކަމަކު، އެކަމަށް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން ހިނގި މަގުން އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހިނގާކަށް، އަހަރެން ފަހަރެއްގައިވެސް، ބޭނުމެއް ނޫނެވެ. އިޞްލާޙްވެ، ރަނގަޅަށް އުޅެން، އަހަރެންނަށް ފުރުޞަތު ލިބުނީ، ތަންކޮޅެއް ލަހުން ކަމުގައިވިޔަސް، ވީހާވެސް އަވަހަކަށް އައިލީންކޮއްކޮ ހަމަމަގަށް ގެނައުމަށް އަހަރެން ޢަޒުމް ކަނޑައެޅީމެވެ.

މަންމަގެ ކޮޓަރީގެ ދޮރުގައި ޓަކި ޖެހުމާއިއެކު، މަންމަގެ ހުއްދަ ލިބުމުން، އަހަރެން އެތެރެއަށް ވަނީމެވެ. އޭރު މަންމައިނީ ހެދުމެއް ފަހާށެވެ. އަހަރެން ފެނުމުން ހިނިތުންވެލުމަށްފަހު، އެތަނުން ތެދުވެގެން އައިސް އަހަރެންގެ އަތުގައި ހިފައިގެންގޮސް، ސޯފާގައި އިށީނެވެ.
“ދަރިފުޅާ…. ހާދަ ބޮޑަކަށް ބަދަލުވެފައޭ ތިހުރީ…. ކޮންއިރަކު ތީގެ ހެދުން ލާންފެށީ…..؟؟؟” މަންމަ އަހަރެންނަށް ވަރަށް ރަނގަޅަށް ބަލާލުމަށްފަހު ސުވާލުކޮށްލިއެވެ.

“އަހަރެން މިއައީވެސް ތިވާހަކަ ދައްކަން….. މަންމާ…. އަހަރެންނަށް މިބަދަލު އައުމަށް މެދުވެރިވީ، އަހަރެންގެ ވަރަށް ގާތް އެކުވެރިއެއްގެ ސަބަބުން….. އޭނަ، އަހަރެންގެ ދިރިއުޅުމަށް އައުން އެއީ، ހަމަ އަހަރެންގެ ނަސީބު…. އާޚިރަތުގެ ގޮވަތިމަތިން ހަނދުމަނެތި، ދުނިޔޭގެ ކާމިޔާބީތައް ޙާޞިލްކުރުމަށް ގެއްލިފައިވަނިކޮށް، އަހަރެން ހަމަމަގަށް ގެނައީ މިބުނާ އެކުވެރިޔާ، ނައުރީން….” ދައްކަންޖެހޭ ވާހަކައިގެ ބޮޑުކަމުން ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އަނެއްކާވެސް، އަހަރެން ވާހަކައާއިގެން ކުރިޔަށް ދިޔައީމެވެ.
“މަންމާ…. މަންމަ އަހަރެންދެކެ، ވަރަށް ލޯބިވާކަން އަހަރެންނަށް އެނގޭ…. އެކަމަކު، މަންމަ އަހަރެންނާއި ދޭތެރޭ، އޭރު ކަންތައްކުރިގޮތުން، އަހަރެން މިހާރު ވަރަށް ދެރަވޭ…..” އަހަރެންގެ ވާހަކަތަކުން މަންމަގެ މޫނުމަތީގެ ކުލަވަރު ބަދަލުވިތަން ފެނުމުން އަހަރެން ސީދާ މަޢުޟޫއަށް ދިޔައީމެވެ.

“ކިޔެވުމުގެ ރޮނގުން އެތައް ކާމިޔާބީއެއް ހޯދުމުގައި، މަންމަ އަހަރެންނަށް އެހީވަމުން ދިޔައިރު، އާޚިރަތުގެ ގޮވަތި ކާމިޔާބުކުރުމަށް މަންމަ އެއްވެސް ވަރަކަށް އެހީތެރިއެއްނުވަމެއްނު…. އަހަރެން ލައްވާ ނަމާދުކުރުމަށް، އެއްވެސް ބާރެއްނާޅާތާ، ޚަތިމް ކުރިފަހުން، ޤުރުއާން ކިޔަވާލަން އަރާށޭވެސް ބުނެނުލާ…. ދެނަމާދު ދޭތެރޭވެސް، މަންމަ ބަލާނީ އަހަރެން ލައްވާ ފިލާވަޅުތައް ހެދުވޭތޯ….. މިހެން ބުންޏަސް، އަހަރެންނަށް އެނގޭ، އަމިއްލައަށް ވިސްނިގެންވެސް ނަމާދުކޮށް، ޤުރްއާން ކިޔަވަން ޖެހޭނެކަން…. އެކަމަކު، އަހަރެން އަމިއްލައަށް ފެނިގެން އެކަންތައް ނުކުރާކަމުގައިވާނަމަ، މަންމަގެ މައްޗަށް އޮތް ވާޖިބެއް އެއީ، އަހަރެން ލައްވާ ގަދަކަމުންވެސް، އެކަންތައް ކުރުވުން…. މަތީ ސާނަވީ ނިންމާފައިވާއިރު، ވުޟޫކުރާގޮތް އަހަރެން ހަނދާން ނެތުނީ، މަންމަގެވެސް، އިޙުމާލުން… މަންމަވެސް ނަމާދުކޮށް، އަހަރެންނަށްވެސް ނަމާދުކުރުމަށް ބާރުއެޅިނަމަ، އަހަރެންގެ ޙަޔާތުން އެހާގިނަދުވަސް، ނަމާދުނުކޮށް، ދޫކޮށްލާކަށް ނުޖެހުނީސް…..” އަހަރެން ދެއްކި ވާހަކަތަކުން، މަންމަ އިސްޖަހާލައިގެން އިނީ، އެވާހަކަތައް ޤަބޫލުކުރެވި، އެކަމާ ދެރަވެ، ލަދުގަތުމުންނެވެ.

“މަންމާ… ވީކަމެއް ނުވާކަމަކަށް ނުހެދޭނެ…. އަހަރެމެންނަށް، ވެދިޔަތަން އަނބުރާ ނުވެސްގެނެވޭނެ…. އެކަމަކު، ކުރިއަށް އޮތްތާ، އެކަމުން ފިލާވަޅު ލިބިގަނެ، އެކަންތައް، ރަނގަޅު ކުރުމަށް މަސައްކަތް ކުރެވޭނެ…. މާތްﷲ ގެ ހެޔޮ ރަޙްމަތްފުޅުން ދިމާވި އެކުވެރިއެއްގެ ސަބަބުން، އަހަރެންނަށް މިވަނީ ތެދުމަގު ފެނިފައި… އަހަރެންނަށް ރަނގަޅުގޮތް ބުނެނުދެވުނުކަމުގައިވިޔަސް، މަންމަމެންނަށް، އައިލީންކޮއްކޮ ހަމަމަގަށް އެޅުވުމުގެ ފުރުޞަތު އެބައޮތް…… އެފުރުޞަތުގެ ބޭނުން، ރަނގަޅުގޮތުގައި ހިފައިގެން، މަންމަމެންވެސް ނަމާދަށް ފަރުވާތެރިވުމަކީ، އަހަރެން، މަންމަމެންގެ ފަރާތުން އެދޭ ވަރަށް ބޮޑު އެދުމެއް…..” އަހަރެންގެ ވާހަކަތައް ނިމުންއިރު އަސަރުކުރިވަރުން މަންމަ ރޯންފެށިއެވެ. އަދި އަހަރެންނަށް ރަނގަޅުގޮތް ބުނެދިނުމުގައި، އިޙްމާލްވެވުނީތީ، އެކަމަށް މަޢާފަށް އެދުނެވެ. އަހަރެން ހެޔޮހިތުން މަންމައަށް މަޢާފުކުރީމެވެ. މަންމައަށް ރަނގަޅުގޮތް، ބުނެދިނުމުގެ ޝަރަފު ލިބުނުކަމަށްޓަކައި، މާތްﷲގެ ޙަޟްރަތަށް، އަހަރެން ޝުކުރުވެރިވީމެވެ. އަދި، އެފުރުސަތުގައި އަހަރެންގެ ޙަޔާތަށް ނައުރީންފަދަ އެކުވެރިއެއް، އައިކަމަށްޓަކައިވެސް ޝުކުރުވެރިވީމެވެ.

އޭގެފަހުން، ގޭތެރެއިން އަހަރެންނަށް ފެނިގެންދަނީ، އަހަރެން ހިތްއެދޭ މަންޒަރުތަކެވެ. މަންމައާއި، ބައްޕަގެ އިތުރުން ކޮއްކޮވެސް ކޮންމެ ނަމާދެއްގެ ވަގުތުޖެހުމާއިއެކު، ނަމާދުކުރުމަށްފަހު ޤުރްއާނުން މިންވަރެއް ކިޔަވާލައެވެ. ދެނަމާދު ދޭތެރޭ ޓެލިޑްރާމާގެ ބަދަލުގައި، ޤުރްއާނުގެ އަޑުއިވުމުން، ހިތަށް އެލިބޭ ހިތްހަމަޖެހުން ބަޔާންކޮށްދޭންވެސް ދައްޗެވެ. އަހަރެންނެކޭ އެއްފަދައިން، މަންމައާއި، ކޮއްކޮވެސް، މާތްވެގެންވާ އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް، ހެދުންއެޅުން ބަދަލުކުރިއެވެ.

މާތްﷲ ގެ ހެޔޮރަޙްމަތްފުޅުން މިހާރު، އަހަރެންގެ ޢާއިލާއަކީ އިސްލާމްދީނުގައި އަންގަވާފައިވާގޮތަށް އުޅޭ، ކުރިއަށްވުރެވެސް އުފާވެރި، ހަމަޖެހޭ ޢާއިލާއެކެވެ. އަހަރެންގެ ޙަޔާތް ބަދަލުވުމަށް، މެދުވެރިއަކަށްވި، އަހަރެންގެ އެކުވެރިޔާ މަތިން އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެއެވެ.
=ނިމުނީ=

Tags:

ވާހަކަ މުބާރާތް 1438

Share Article

Follow Me Written By

Eemyaa

Level 910 Stories100 Comments100 Login500 Comments100 Stories500 Login

Other Articles

Previous

ކިޔުންތެރިންގެ ސަމާލުކަމަށް..!

Next

ލޯބި އަހަރެން ވާނަމޭ (11)

Next
May 30, 2017

ލޯބި އަހަރެން ވާނަމޭ (11)

Previews
May 29, 2017

ކިޔުންތެރިންގެ ސަމާލުކަމަށް..!

110 Comments!

  1. Hana Latheef says:
    May 30, 2017 at 9:41 am

    Maasha Allah v furihama

    1. Eemyaa says:
      May 30, 2017 at 5:03 pm

      Thanks hana ☺

  2. Chum handi says:
    May 30, 2017 at 9:56 am

    masha allah… this is amazing….

    1. Eemyaa says:
      May 30, 2017 at 5:15 pm

      Thanks chum ☺

  3. Someone says:
    May 30, 2017 at 10:09 am

    Masha Allah! Varah iburai theri vaahaka eh mee! May Allah bless you with happiness dear ??

    1. Eemyaa says:
      May 30, 2017 at 11:40 pm

      Thanks Someone ☺

  4. Faathii says:
    May 30, 2017 at 10:46 am

    Maa Shah Allah, v.iburaitheri, reethi waahakaeh. Jazaak Allah Khair

    1. Eemyaa says:
      May 30, 2017 at 5:17 pm

      Thanks faathii ☺

  5. Yallu says:
    May 30, 2017 at 10:55 am

    Maasha Allah!! Varah ves furihama ibraiytheri vaahaka eh. Mikahala rahtehin enmenah vx libeynama kihaa rangalhu dho.

    1. Eemyaa says:
      May 30, 2017 at 5:18 pm

      Thanks yallu ☺
      In Sha Allah enmenah ves naureen kahala ekuverin libeyne ?

  6. Amm says:
    May 30, 2017 at 11:21 am

    Reethi

    1. Eemyaa says:
      May 30, 2017 at 5:19 pm

      Thanks Amm ☺

  7. NAAZ says:
    May 30, 2017 at 11:22 am

    Masha Allah…. mivaahaka v furihama .allah thibaayah heyogoiy minvaru kurahvaashi…ameen

    1. Eemyaa says:
      May 30, 2017 at 5:19 pm

      Thanks Naaz ☺

  8. Aliya says:
    May 30, 2017 at 11:36 am

    V reethi

    1. Eemyaa says:
      May 30, 2017 at 5:21 pm

      Thanks Naaz ☺

    2. Eemyaa says:
      May 30, 2017 at 5:21 pm

      Thanks Aliya ☺

  9. New says:
    May 30, 2017 at 11:43 am

    Maasha allah v rythi vaahaka eh

    1. Eemyaa says:
      May 30, 2017 at 5:22 pm

      Thanks New ☺

  10. Khajja says:
    May 30, 2017 at 12:02 pm

    Masha allah v ibraiytheri v furihama vaahaka eh allah thibaage masakkathugai barakaaiylavvaa thibaa ah heyogoiythah minvarukoh dhevvaashi … aameen mikahala vaahakathakun alhugandumennah heyovisnundhevvaa heyo amaluthah kurumuge heyo thaufeeg minvaru koh dhevvaashi aameen

    1. Eemyaa says:
      May 30, 2017 at 5:24 pm

      Aameen
      Thanks khajja ☺

  11. ????? says:
    May 30, 2017 at 12:06 pm

    Masha Allah vvvvv reethi vv furihama

    1. Eemyaa says:
      May 30, 2017 at 5:25 pm

      Thanks ☺

  12. cya says:
    May 30, 2017 at 12:49 pm

    Vvv iburaitheri vaahakaeh

    1. Eemyaa says:
      May 30, 2017 at 5:25 pm

      Thanks cya ☺

  13. TCgirl says:
    May 30, 2017 at 12:58 pm

    A beautiful story full of morals
    Very well written!

    1. Eemyaa says:
      May 30, 2017 at 5:26 pm

      Thanks TCgirl ☺

  14. shafu says:
    May 30, 2017 at 1:10 pm

    masha allah v reethi………..

    1. Eemyaa says:
      May 30, 2017 at 5:28 pm

      Thanks shafu ☺

  15. nonns says:
    May 30, 2017 at 1:17 pm

    Masha allah. Varah iburaitheri reethi vaahaka eh. I love it

    1. Eemyaa says:
      May 30, 2017 at 5:30 pm

      Thanks nonns ☺

  16. Pinkish says:
    May 30, 2017 at 1:17 pm

    Wow…v v reethi.. v reethi v iburaiytheri vaahaka ehh…. masha allah..

    1. Eemyaa says:
      May 30, 2017 at 5:31 pm

      Thanks pinkish ☺

  17. nonns says:
    May 30, 2017 at 1:18 pm

    Masha allah. Varah iburaitheri reethi vaahaka eh. I love it.

    1. Eemyaa says:
      May 30, 2017 at 5:34 pm

      Thanks nonns ☺

  18. yaakko says:
    May 30, 2017 at 1:26 pm

    masha allahu v v furehama ??☺??

    1. Eemyaa says:
      May 30, 2017 at 5:35 pm

      Thanks yaakko ☺

  19. Zail says:
    May 30, 2017 at 1:42 pm

    Masha Allah..vrh iburaitheri vaahakaeh?

    1. Eemyaa says:
      June 1, 2017 at 11:47 pm

      Thanks Zail ☺

  20. Zail says:
    May 30, 2017 at 1:43 pm

    Nice
    Vrh iburathun furigen v vaahakaeh

    1. Eemyaa says:
      May 30, 2017 at 11:42 pm

      Thanks zail ☺

  21. Mash says:
    May 30, 2017 at 2:28 pm

    Maasha allah v iburaii theri vaahaka eh

    1. Eemyaa says:
      May 30, 2017 at 5:36 pm

      Thanks Mash ☺

  22. Ivrisha says:
    May 30, 2017 at 2:47 pm

    Varah iburaiy theri vaahaka eh. Masha Allah

    1. Eemyaa says:
      May 30, 2017 at 11:44 pm

      Thanks Ivrisha ☺

  23. Shahoo says:
    May 30, 2017 at 2:54 pm

    Maasha allah v reethi. Adhi vs mikahala dheeny vaahka kiyan ljbeyne kamah ummydhu kuran?

    1. Eemyaa says:
      May 30, 2017 at 5:41 pm

      Thanks Shahoo ☺
      Adhives mi kahala vaahaka kiyaalan libeyne
      In Sha Allah ☺☺

  24. Kudaa says:
    May 30, 2017 at 3:04 pm

    Varah reethi. Maasha Allah.

    1. Eemyaa says:
      May 30, 2017 at 5:42 pm

      Thanks Kudaa ☺

  25. merr says:
    May 30, 2017 at 3:37 pm

    ma sha allah

    1. Eemyaa says:
      May 30, 2017 at 5:42 pm

      Thanks merr ☺

  26. Yaa says:
    May 30, 2017 at 4:37 pm

    Masha Allah…v ibraitheri vaahakaeh..Allah thibaa ah heyogoi minvarukuravvaashi..adhi alhamennah heyovusnun dhevvaa barakaailaavaashi..Aamen

    1. Eemyaa says:
      May 30, 2017 at 11:46 pm

      Aameen
      Thanks Yaa ☺

  27. meera says:
    May 30, 2017 at 4:38 pm

    vvv furihama

    1. Eemyaa says:
      May 30, 2017 at 5:43 pm

      Thanks meera ☺

  28. Ayesha says:
    May 30, 2017 at 4:38 pm

    Ma Sha Allah. Varah ves furihama. May Allah bless you. Aameen ❤

    1. Eemyaa says:
      May 30, 2017 at 5:44 pm

      Thanks Ayesha

    2. Eemyaa says:
      May 30, 2017 at 5:45 pm

      ☺

  29. Zau says:
    May 30, 2017 at 5:27 pm

    Masha’allah varah reethi iburaihtheri vaahaka eh ?

    1. Eemyaa says:
      May 30, 2017 at 5:46 pm

      Thanks zau ☺

  30. Naaaanu says:
    May 30, 2017 at 5:52 pm

    Maasha Allah v v reethi ibraehtheri vaahakaeh….

    1. Eemyaa says:
      May 30, 2017 at 11:49 pm

      Thanks Naaaanu ☺

  31. ????❤ says:
    May 30, 2017 at 6:13 pm

    Maasha allah
    V rythi hama❤

    1. Eemyaa says:
      May 30, 2017 at 11:51 pm

      Thanks ☺

  32. Ahana says:
    May 30, 2017 at 6:18 pm

    Maasha Allah..vvv iburaiytheri story eh..v reeethi..n name tha v reethi naureen, aileen n ainy…❤❤❤

    1. Eemyaa says:
      May 30, 2017 at 11:55 pm

      Thanks Ahana ☺
      Asluves v reethi name thakeh dw ??

  33. Saandy says:
    May 30, 2017 at 8:11 pm

    V furihama vaahakaeh… Adhives mikahala reethi ibraiytheri vaahakathah kiyaalan libeyne kamah ummeedhu kuran 🙂

    1. Eemyaa says:
      May 30, 2017 at 11:58 pm

      Thanks Saandy ☺
      In Sha Allah adhives mikahala ibraiytheri vaahaka kiyaalan libeyne ☺☺

  34. Veena says:
    May 30, 2017 at 8:16 pm

    Masha’allah varah iburaytheri vaahakaey.

    1. Eemyaa says:
      May 31, 2017 at 12:01 am

      Thanks Veena ☺

  35. malkoo says:
    May 30, 2017 at 8:33 pm

    Vaahaka varah reethi
    Varah asarugadha☺

    1. Eemyaa says:
      May 31, 2017 at 1:20 am

      Thanks malkoo ☺

  36. Aisha says:
    May 30, 2017 at 8:38 pm

    Vaahaka varah reethi

    1. Eemyaa says:
      May 31, 2017 at 1:21 am

      Thanks Aisha ☺

  37. Naail says:
    May 30, 2017 at 9:07 pm

    Mashaa Allah v v v reethi

    1. Eemyaa says:
      May 31, 2017 at 1:23 am

      Thanks Naail ☺

  38. Psenhi says:
    May 30, 2017 at 9:27 pm

    Masha Allah. V rythi v rangalhu vahakathakeh thibunedhiny

    1. Eemyaa says:
      May 31, 2017 at 1:27 am

      Thanks Psenhi ☺

  39. Scarlet says:
    May 30, 2017 at 9:49 pm

    V reethi …nice❤

    1. Eemyaa says:
      May 31, 2017 at 1:29 am

      Thanks Scarlet ☺

  40. Zayear says:
    May 30, 2017 at 11:54 pm

    Masha Allah.
    Iburaitheri vaahaka eh ?

    1. Eemyaa says:
      May 31, 2017 at 1:30 am

      Thanks Zayear ☺

  41. azza says:
    May 31, 2017 at 12:49 am

    Reethi

    1. Eemyaa says:
      May 31, 2017 at 1:31 am

      Thanks azza ☺

  42. M U says:
    May 31, 2017 at 1:05 am

    Ibrathun furigenvaa reethi vaahaka eh.

    1. Eemyaa says:
      May 31, 2017 at 1:32 am

      Thanks M U ☺

  43. Lara says:
    May 31, 2017 at 10:57 am

    Maashaa Allah v ibraitheri reethi vaahaka ehn

    1. Eemyaa says:
      May 31, 2017 at 3:45 pm

      Thanks lara ☺

  44. Kennukbee says:
    May 31, 2017 at 11:41 am

    Eemyaaaaaaaaaa…. varah rythi n ibrehtheri stry ehmi… i was waiting for ur story…. hope u remember me??? ????? waitingfor ur next stry dear

    1. Eemyaa says:
      May 31, 2017 at 3:48 pm

      Thanks Kennukbee ☺
      Ofcourse i remember u
      Thi name kiyunu goi ves ?
      Varah avahah eem ge long story eh ves kiyaalan libeyne
      In Sha Allah

  45. YC says:
    May 31, 2017 at 1:01 pm

    Masha allah.. this is amazing and so touching. Allah thibaa ah rahmaiy lahvaashi . Aameen.

    1. Eemyaa says:
      May 31, 2017 at 4:05 pm

      Thanks YC ☺

  46. Lily says:
    May 31, 2017 at 4:11 pm

    Maashaa Allah. Varah reethi ibruaitheri vaahaka ehh❤
    Mikahala gina vaahakathakeh kiyan In Sha Allah libeyne kamh ummeedhukuran ?
    V furihama ingeyy
    Thiya masahkathugai Allah barakaaih lahvaashi. Aameen.! ?

    1. Eemyaa says:
      May 31, 2017 at 4:29 pm

      Thanks Lily ☺
      In Sha Allah adhives mikahala vaahaka kiyaalan libeyne

  47. Faxoo says:
    May 31, 2017 at 5:24 pm

    woww
    MaShaAllah
    vrh furihama vaahakaeh

    1. Eemyaa says:
      May 31, 2017 at 8:57 pm

      Thanks Faxoo ☺

  48. Dhaniya says:
    May 31, 2017 at 7:24 pm

    Vv reethi and ? mi ramazaan mahah fahu vaahaka thakeh kian libeyne kamah unmeedhu kuran???

    1. Eemyaa says:
      May 31, 2017 at 8:56 pm

      Thanks Dhaniya ☺
      In Sha Allah v avahah eem ge vaahaka eh kiyaalan libeyne
      Inthizaaru kuraane kamah heekuran
      ☺?

  49. Sana says:
    May 31, 2017 at 8:51 pm

    Maasha Allah…. Vvvv reethi

    1. Eemyaa says:
      May 31, 2017 at 9:00 pm

      Thanks Sana ☺

  50. Loona says:
    June 1, 2017 at 1:42 pm

    Dhen nulibeynetha eemiya ge long story eh kiyaalaakah??

    1. Eemyaa says:
      June 1, 2017 at 2:56 pm

      Nooney Loona
      V avahah libeyne
      In Sha Allah ??

  51. shaDiman says:
    June 1, 2017 at 3:29 pm

    This story is great Eemyaa … Luv it … Nd u ge long dheeny story eh kiyan libeyne kamah mibalany….?????

    1. Eemyaa says:
      June 1, 2017 at 3:47 pm

      Thanks shaDiman ☺

  52. aish says:
    June 2, 2017 at 1:56 am

    Masha Allah. Evves varakah unmeedhu nukuran mihaa furihama vaahaka eh kiyaalewyne kamah mifaharu.. So beautiful ingey

    1. Eemyaa says:
      June 2, 2017 at 5:35 am

      Thanks aish ☺
      V ufaavejje aish ummeedhu nukuraa kahala vaahaka eh genesdhevunythy ?

  53. aslam says:
    June 2, 2017 at 3:29 am

    mash allah..varah furihama..

    1. Eemyaa says:
      June 2, 2017 at 5:33 am

      Thanks aslam ☺

  54. ????? says:
    June 12, 2017 at 10:07 pm

    Eemyaa ge aa vaahaka eh kiyann libeynii konn irakunn tha dhenn

    1. Eemyaa says:
      June 17, 2017 at 5:03 am

      June haa thaaga In Sha Allah?

Comments are closed.



All Right Reserved!