Skip to content
އެސްފިޔަ

  އަންވާރު (ޓްރެއިލަރ)

އާލިޔާ ލޯގަނޑު ކުރިމަތީ ހުއްޓިގެން ހުރެ މުޅި ހަށިގަނޑަށް ނަޒަރު ހިންގާލިއެވެ.

މިއީ އާލިޔާ އަށް އެންމެ ކަމުދާ “ހެއަރ ޖެވެލް” ކިޔާ ވަށްތަރުގެ ހެއަރ ސްޓައިލެކެވެ. ރޯސް ޕްރިންޓެޑް މިކާޑޯ ކުރު ހެދުމެއް ލައިގެން ހުރިއިރު މުޅި މީހާ ފެންނަމުން ދިޔައީ ރީތި ފުރިހަމަ ހަނދެއް ފަދައިންނެވެ.

މޯޑް އިނީ ދަހި ބުޅަލެއް ބަލާ ފަދައިން އާލިޔާ އާ ދިމާއަށް ބަލަހައްޓައިގެންނެވެ. މޯޑްގެ ތައުރީފުތަކާއެކު ކާރު މިސްރާބުޖެހީ މޯޑުގެ ފަސްތަރީގެ ޖުންޑެލި ގެސްޓް ހައުސްއާ ދިމާއަށެވެ.

އެންމެންތައް ނަށާ ކޮޅުކޮޅައް ދުވެ ގުޑުގުޑާ ބޮއި އެކި ކަހަލަ މޮޅެތި ޑްރިންކް ތަށިތައް ހިފައިން މަޖާ ނަގަނީއެވެ. އާލިޔާ ވަށައިގެން ފިރިހެނުން އޭނާޔާއެކު ނަށާ ގައިގާ ކޭއްތި ޖެހޭހާ ސަކަރާތެއް ޖަހަމުން ދިޔައިރު މަޝްހޫރު އެހެން އަންހެންތަރީން ތައް ހަސަދައިގެ ނަޒަރުން އާލިޔާ އަށް ލޯ އަޅަމުންދެއެވެ.

އެވަގުތު އެ ކާރުވެސް ފަހަތައް ޓްރަކްގެ ބާރުން ގެންދަމުން ދާއިރު އާލިޔާ އިން ކާރު އެއްފަރާތައް އަރިއަޅާލައިފައިވީއިރު ކާރުގެ އެ ފަރާތް މަގުމަތީގެ ގާތަކުގައި ކޭތްތެމުން ދިޔަ ހިނދުކޮޅުގައި، އެޅުނު އަލިފާން ކަންޏަކުން، ޓްރަކުން ފައިބަމުންދިޔަ ތެޔޮތަކުގައި ހުޅުހިފާ ކާރާއި ޕިކަޕް ބާރު ގޮވުމަކުން ގޮވައިގެން ދިޔައެވެ.

ނުނިމޭ

 

Comments (7)

  1. mary

    waiting

  2. Faathii

    Thanx.. 🙂 Furathama part Maadhan kiyaalan libeyne. In Shah Allah.

  3. Azuna

    Waiting

  4. Isha

    Fatah reethi vaanehen heevanee

  5. Maree

    reethi vaanehen heevanee dhen vaahaka kiyaaleema ingeynee

  6. Zaee

    Vaa nuvaa neygey.

    1. Anonymous
      Zaee

      Ey trailer ekey.. Story eh nuney zaee

Comments are closed.