Skip to content
އެސްފިޔަ

ތަޢުބާ

ރަފާގެ ބަނަވެފައިވާ ޙަޔާތަށް ދެން އަލިކަމެއް ލިބިދާނެ އެއްވެސް އުއްމީދެއް އޭނާ އަކަށް ނެތެވެ.މިއޮއް ހުރިހާ ދުވަހު އެއްވެސް ފިކުރެއް ޚިޔާލެއް ނެތި އަމިއްލަ އުފާތަކާއި ހެއްލުމުގައި ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅަމުންދިޔަ ރަފާގެ ހިތަށް ބިރުވެރިކަން ވަދެގެން ދިޔައީ މިއަދު ނޫހުގެ ފަލަ ސުރުޚީގައި ޖަހާފައިވާ ކުއްލި ޚަބަރަކުންނެވެ.ޒުވާން ދިވެހި އަންހެން ކުއްޖަކު އަވަށްޓެރި އިންޑިޔާގެ ޓްރިވެންޑްރަމްގައި ހިނގާދިޔަ ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް މަރުވި ޚަބަރުން ރަފާގެ ހިތަށް ވަނީ ބުނެދޭންދަތި ފުން އަސަރެއް ކުރުވާފައެވެ.އެއީ އޭނާ ދަންނަ ކުއްޖަކަށް ނުވިކަމުގައި ވިޔަސް އެ ކުއްލި މަރުން ރަފާގެ ހިތާއި ސިކުނޑިއަށްވަނީ އޭނާގެ އަމިއްލަ ޙަޔާތާއި ދޭތެރޭ ވިސްނާލަން މަޖުބޫރު ކުރުވާފައެވެ.އެފަދަ ޙާދިސާއެއް އޭނާ އަޑުއެހި މިއީކީ ފުރަތަމަ ފަހަރެއްވެސް ނޫނެވެ.ނަމަވެސް މީގެ ކުރިއަކުން މިފަދަ ބިރުވެރި އިޙްސާސެއް ހަމަ ޔަޤީނުންވެސް އޭނާއަކަށް ކުރެވިފައެއް ނުވެއެވެ.އިންސާނާގެ ޙަޔާތަކީ ވަގުތީ ފާލަމަކަށް ނޫނީ ނުވެއެވެ.އަދި މުސާފިރެއްގެ ގޮތުގައި ދުނިޔެ މަތީގައި ހޭދަކުރާ މި ކުޑަކުޑަ ވަގުތުކޮޅުގެ ނިމުން އަންނާނީ ފަހެ ކޮންގޮތަކުން ކިހިނެތް ކޮންއިރަކު ކަމެއް ހަމަ އެކަކަށްވެސް ނޭނގޭނެއެވެ.ނަމަވެސް އެނގޭހާވެސް ކަމަކީ ކޮންމެ ފުރާނައެއްވެސް މަރުގެ ރަހަ ދެކޭނެ ކަމެވެ.

އެ ޚަބަރު ކިޔުނު ފަހުން ރަފާގެ ދެލޯ ވަނީ ނިދިން މަޙްރޫމް ވެފައެވެ.އޭނާގެ ހިތާއި ސިކުނޑީގައި އެ ޙާދިސާ ބިންވަޅު ނެގިފައިވާއިރު،ދެން އޮތީ އޭނާގެ ފަހަރޭވެސް އެހިތް ބުނަމުން ދާކަހަލައެވެ.ރަފާއަށް އޭނާއަށް އުޅެވިފައިވާ ގޮތާއިމެދު ވިސްނެން ފެށީ މިއަދުއެވެ.އިންސާނަކަށް ވީތީ ކޮންމެ މީހަކަށްހެން ހުންނާނީ ކުދި ކުދި ކުށްތަކަށް އަރައިގަނެވިފައެވެ.ނަމަވެސް އޭނާއަށް ކުރެވިފައިވާ ފާފައިގެ ބޮޑު ކަމާއެވެ.އެ ދެލޮލުން ކަރުނަތައް ފައިބަމުން ދިޔައީ އެއްވެސް ހިފެހެެއްޓުމެއް ނެތިއެވެ.ރަފާއަށް މިއަދު އެވަނީ އޭނާގެ އަމިއްލަ އަތުން މަޅިއެއް ތައްޔާރު ކުރެވި އޭގައި ސަލާމަތް ނުވެވޭނެ ފަދައަކުން ހައްޔަރު ވެވިފައެވެ.ރޮއިރޮއި މޭގައިވެސް ވަނީ ދިލަ ތަދެއް ހިފައިލާފައެވެ.

“މަންމީ……މަންމީ….”ރޮއިރޮއި ގިސްލަމުން ދިޔަ ރަފާއަށް ހަމަ ހޭވެރިކަންވީ ކައިރީގައިހުރި ކުޑަކުޑަ ތިން އަހަރުގެ ސޯނާގެ އަޑަށެވެ.އެ މަޢުސޫމު ދެލޮލުގައިވި ހާސް ކަމަކުން އެ ކުޑަ ފުރާނަ އަތަށްލާ ބޮނޑި ކޮށްލަމުން އޭނާގެ ދެލޮލުގައިވި ކަރުނަތަށް ފޮހެލީ އެ ދަރިފުޅަށް އޭނާގެ ކަރުނަ ތަކުން ފުން އަސަރެއް ކޮށްފައި ވާތީއެވެ.އަދި ދަރިފުޅާއިއެކު ކުޑަކޮށް މަޖާކޮށްލާ ލޯބިކޮށްލީ އެ ޅަ ހިތް ހަމައަކަށް އެޅުވުމަށްޓަކައެވެ.

މެންދުރުގެ ހޫނުގަދަ ވަގުތެވެ.ރަފާ އަވަދިނެތި އުޅެނީ ދަރިފުޅު ސްކޫލަށް ގެންދަން ތައްޔާރު ކުރުމުގައެވެ.އެޕާޓްމެންޓް ދޮރުގައި ބެލް ޖެހި އަޑަށް ދަރިފުޅު ގޮނޑީގައި ބައިންދާލުމަށްފަހު ގޮސް ދޮރު ހުޅުވިއެވެ.ކުރިމަތީގައި ހުރި ރައުލް ފެނުމުން ރަފާގެ މޫނުމައްޗަށް ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ.ނަމަވެސް ޖެހިގެން އައި ސިކުންތުގައި އެ ހިނިތުންވުން ފަނޑުވެ ނިތްކުރިއަށް ރޫގިނަ ކޮށްލަމުން މިގަޑީގައި ތިއައީ އަނެއްކާ އެއްޗެއް ބާއްވާފައި ދެވިގެންތޯ ސުވާލު ކޮށްލިއެވެ.”ނޫން އެއްޗެއް ބާއްވާފަ ދެވިގެނެއް ނޫން.އެކަމަކު ބްރޭކް ގަޑިވީމަ ހިތަށްއެރީ ބައްޕިގެ ޕްރިންސެސް ސްކޫލަށް ގެންދާނީ މިއަދު ބައްޕިއޭ”.ގޮނޑީގެކައިރީގައި ދެކަކޫ ޖަހާ ތިރިވުމަށްފަހު ކުޑަކުޑަ ސޯނާގެ ކޮލުގައި ދެއަތުން ހިފައިލަމުން ރައުލް ޖަވާބު ދިނެވެ.ސޯނާވެސް ލަވްޔޫ ބައްޕީއޭ ކިޔައި އެ ކުޑަކުޑަ ދެއަތުން ބައްޕަގެ ބުރަކަށީގައި ވަށައިލީ ނުހަނު ލޯބިންނެވެ.ދަރިފުޅާއި ބައްޕަގެ ދެގޮތެއް ނުވާނެ އެ ސާފު ލޯބި ފެނިފައި ރަފާގެ ދެލޮލުންވެސް ކަރުނައިގެ މުތީތައް ދިއްލާލިއެވެ.

އެނދުގައި އޮށޯވެލައިގެން ނިތްކުރި މައްޗަށް އެއްއަތް އެއްލައިގެން އޮތް ރަފާއަށް ހަމަ ވިސްނެމުން ދިޔައީ ހަނަފަސް ދިރުމެއްނެތް ސަހަރާއަކަށް މިސްރާބު ޖަހާފައިވާ އޭނާގެ ޙަޔާތާއި ދޭތެރޭގައެވެ.އޭނާއަށް އެގޮތުގައި ކަރުނައަޅަން އޮވެވުނީ ކިހާއިރަކު ކަމެއްވެސް ނޭނގުނެވެ.އެ ވީރާނާ ކުރުވަނިވި ހިތި ޚިޔާލުތަކުން އޭނާއަށް ނިކުމެވުނީ އަޞުރު ނަމާދުގެ ބަންގީގެ އަޑަށެވެ.މީގެކުރިން ބަންގީގެ އަޑު އިވުނަކަސް އޭނާ ހިރުވާތާ ކަހާވެސް ނުލާނެއެވެ.ނަމަވެސް މިވަގުތު ކުރެވެމުންދާ އިޙްސާސް މީގެ ކުރިން ދުވަހަކުވެސް އޭނާއަށް ކުރެވިފައި ނުވާކަން ޤައިމެވެ.ހެއްދެވި ފަރާތްމަތިން ހަނދުމަވެ، ކުރެވުނު ފާފައިގެ ހަނދާންވެސް އައު ވަމުންއެދަނީ އިއްޔެ މެންދުރު ހިނގައި ދިޔަ ކަންތައްތަކެއް ފަދައިންނެވެ.ރަފާ ވުޟޫ ކޮށްލައިގެން އައިސް ނަމާދަށް އެރުމަށް އަވަސްވެގަތީ މިހާރުވެސް ވަގުތު ފާއިތުވެފައިވާލެއް ބޮޑު ކަމުން އިތުރަށް ހަމަ އެންމެ މިނެޓެއްވެސް ނަގައިލަން ބޭނުން ނުވާތީއެވެ.މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ ދެވަނަ ދުވަހެވެ.ތަޢުބާ ވުމަށް މިއަށްވުރެ ވަކިން ރަނގަޅު މައްސަރެއް ވާނެ ހެއްޔެވެ؟އޭނާ ނަމާދުގައި އެތައް އިރަކު ސަޖިދައިގައި އޮވެ ރޮމުންދިޔައީ އޭނާގެ ވެރި ރައްބުގެ ކިބައިން އޭނާގެ ފާފަތަކަށް ޢަފޫ ދެއްވުން އެދޭ ޙާލުގައެވެ.އެކަލާނގެއީ އިންސާނާ ދުލުން ބޭރުކުރުމަކާއިނުލާ އިންސާނާގެ ހިތަށް އަރައި ފައިބަމުންދާ ޒައްރެއްގެ މިންވަރު ވިޔަސް ފުރިހަމައަށް ދެނެ ވޮޑިގެންވާ ގަދަ ކީރިތި ވަންތަ މާތް އިލާހެވެ.

ނަމާދުން އަވަދި ވެގެންވެސް މުޞައްލަ މަތީގައި ހިތާމައިގެ ކޮޅެއްވެސް ނެތް ރަފާ ދެއަތް އުފުލާ ތަކުރާރުކޮށް ﷲގެ ޙަޟްރަތުގައި ދުޢާ ކުރަމުން ދިޔައީ އޭނާގެ ފާފަ ފުއްސަވައިދީ އޭނާއަށް ހިދާޔަތް ދެއްވައި ފުރިހަމަ މުއުމިނަކު ކަމުގައިވާ ޙާލު އޭނާގެ ފުރާނަ ހިތްޕެވުމަށެވެ.ހިތާމައިން އޭނާގެ ދުލުން ބޭރުކުރެވެމުން ދިޔަ ބަސްތަކަށްވުރެ، އެދެލޮލުން ހިފެހެއްޓުމެއްނެތި ފައިބަމުން ދިޔަ ކަރުނަތަކުގެ މާނަ މާ ފުންވެފައި އަސަރު ގަދައެވެ.

ކުއްލިއަކަށް އެޕާޓްމެންޓް ދޮރުގައި ބެލް ޖެހި އަޑަށް މުޞައްލަ އޮޅައިލުމަށްފަހު ކަރުނަ ފޮހެލަމުން ގޮސް ދޮރު ހުޅުވާލިއެވެ.ރައުލްގެ އުރުގައި އިން ސޯނާ ރަފާގެ އަތުގެ ތެރެއަށް ވެއްޓިގަތެވެ.ރަފާގެ ރަތްވެފައިވާ ނޭފަތާއި، ދެލޯ ފެނިފައި އޭނާގެ މިލާފައިވާ މޫނު ފިރިމީހާއަކަށް ސިއްރެއް ނުވިއެވެ.ރައުލްއަށް ލިބުނު ހާސްކަމުގައި ރަފާގެ ނިތްކުރީގައި އަތްޖައްސާލަމުން ބަލީތޯ ސުވާލު ކޮށްލެވުނެވެ.ފިރިމީހާގެ މޫނުމަތިން ފައުޅުވަމުން ދިޔަ ކަންބޮޑުވުމާއި،އޯގާތެރިކަން ފެނިފައި ރަފާގެ ދެލޯ ފެންކަޅިވެގެން ދިޔައީ އޭނާގެ ކުށްވެރި ހިތަށް ކުރެވުނު އަސަރެއްގެ ބޮޑުކަމުންނެވެ.އެހާ ލޯބިވާ އަޅާލާނެ އޯގާތެރި ބައިވެރިޔަކު ލިބުމުންވެސް އޭނާއަށްވަނީ އެލޯބީގެ އަގު ވަޒަންކުރަން ނޭނގިފައެވެ.ވަފާތެރިކަމުގެ ބަދަލުގައި ބޭވަފާތެރި ވެވިފައެވެ.އެ އަޅާލުމާއި،އޯގާތެރިކަމުގެ ކުޑަ މިންވަރެއްވެސް އޭނާއަށް ޙައްޤުވެގެން ނުވެއެވެ.ބަލަބަލައި ހުއްޓައި ރަފާގެ ދެލޮލަށް ޖަމާވަމުންދިޔަ ކަރުނަތައް ފައިބައިގަތީ އޭނާގެ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.ރައުލްގެ ހާސްކަން ވީ އިތުރެވެ.ކުޑަކުޑަ ސޯނާ ރަފާގެ އަތުން އުރާލުމަށްފަހު ގެންގޮސް އެނދުމަތީގައި ބޭންދިއެވެ.އަދި ރަފާގެ ކޮނޑުގައި ދެއަތުން ހިފައިގެން ގެންގޮސް ކައިރީގައި ހުރި ސޯފާގައި ބޭންދުމަށްފަހު ކަރުނަތައް ފޮހެލައިދެމުން ވީ ކީއްތޯ ވަރަށް ލޯބިން ސުވާލު ކޮށްލިއެވެ.ރައުލްއަށް އޭނާގެ ގޮތްކުޑަކަން ހަމަ ކުޑަކޮށްވެސް އެނގޭނަމަވެސް އެހާ ލޯބިން އުޅޭނެ ބާވައެވެ.ނޫނެކެވެ.އެ ލޯބި ލިބުން އެއްފަރާތުގައި އޮއްވައި، އެފަދަ އަންހެނަކު ރައުލްގެ އަންބެއްގެ މަޤާމުގައިވެސް ނުބަހައްޓާނެކަން ގައިމެވެ.ފިރިމީހާއަށް އެފަދަ ދަރަޖައަކަށް އޮޅުވާލައިގެން އުޅެވުނަތީ ފިރިމީހާގެ ކިބައިން މަޢާފަށް އެދެން އޭނާ ކިތަންމެހާވެސް ބޭނުމެވެ.ނަމަވެސް އޭނާގެ ބަދު ނަސީބުކަން ނިކަން ދެކެބަލާށެވެ.އެކަން ސިއްރުކޮށްގެން އޭނާ ނެތް ހިތްވަރުން ކެތްކުރަމުން އެދަނީ ކައިވެނީގެ އެ މަތިވެރި ގުޅުމުގެ ގޮށް މޮހިގެންދާން ނޭދެވޭތީއެވެ.އޭނާއަށް ކުރެވިފައިވާ ކުށް އިޙްސާސްވެ އެކަމަށް ކަރުނަ ނުއަޅާ އެއްދުވަސް ވެސް ނުދެއެވެ.ކުޑަކޮށް ބޮލުގައި ރިއްސާ ހުންވައްތަރުވެފައި ހުރި ކަމަށްބުނެ ދޮގުހަދަން އޭނާއަށް މަޖުބޫރުވީ ފިރިމީހާ އިތުރު ހާސްކަމެއްގެ ތެރެއަށް ދޫކޮށްލަން އޭނާގެ ހިތް ނުރުހުނީތީއެވެ.

ރޭގަނޑުގެ ވަގުތެވެ.ރައުލް ތަރާވީސްކޮށްގެން ގެއަށް އައި އިރު ގޭތެރެއިން އިވެމުންދިޔަ ޤުރުޢާން ކިޔެވުމުގެ އަޑުން އެހިތަށް ހަމަޖެހުން ލިބިގެންދިޔަ ކަމުގައިވިޔަސް އޭނާ ހުރީ ހައިރާންވެ އަންތަރީސްވެސް ވެފައެވެ.ވާނީވެސް އެހެންތާއެވެ.ކައިވެންޏަށް މިވީހާ ދުވަހުވެސް އޭނާ ރަފާ ޤުރުޢާން ކިޔަވާ އަޑު އަހާފައެއް ނުވެއެވެ.ނަމަވެސް ކިޔަވަމުން ދިޔަލެއް ފަރިތަކަމާއި ކިޔެވުމުގެ ރާގާއި އަކުރުތަކުގެ މަޚްރަޖުތައް އަދާކުރަމުން ދިޔަލެއް ފުރިހަމަ ކަމުން މައިންބަފައިން އެމީހުންގެ ވާޖިބު އަދާކޮށްފައި ވާކަން އެނގި ހާމަވެއެވެ.

އެނދުމަތީގައި ކިޔަވަން އިން ރަފާގެ ކައިރީގައި އޮތް ސޯނާއަށް ދޮރުން ބޯދިއްކޮށްލި ރައުލް ފެނުމުން މަޑުމަޑުން އެނދުން ފާބައިގެން ގޮސް ބައްޕަގެ އަތު ތެރެއަށް ވަނެވެ.ދަރިފުޅުގެ ދެލޮލުގައި ނިދީގެ އަސަރު ހުރި ކަމުގައި ވިޔަސް އޭނާ ދަރިފުޅު ގޮވައިގެން އިހަށް ސިޓިންގ ރޫމަށް ނިކުތީ ރަފާ ކިޔަވައި ނިމެންދެންނެވެ.އަނބިމީހާއަށް އައިސްފައިހުރި ހެޔޮ ބަދަލުން އޭނާއަށް އެވަގުތު މާތް ﷲއަށް ޙަމްދު ކޮށްލެވުނެވެ.

ކިޔަވައި ނިމިގެން ކޮޓަރިން ނިކުތް ރަފާ އަވަސްވެގަތީ ފިރިމީހާއަށް ކާން މޭޒުމަތި ތައްޔާރު ކުރުމަށެވެ.އޭރު ބައްޕައާއި މަޖާކޮށްކޮށް ސޯނާގެ ލޮލުގައިވާ ނިދިވެސް ވަނީ ފިލައިފައެވެ.ރަފާވެސް ފިރިމީހާއާއި އެކު އަރައި ކެއުމަށް އިންސާފުކުރިއެވެ.ނަމާދު ކޮށްލައިގެން ޤުރުޢާން ކިޔަވާލުމުގެ ސަބަބުން އޭނާގެ ހިތަށްވެސް ވަނީ ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައެވެ.ކައި ނިމިގެން ރައުލް ދިޔައީ ދަރިފުޅު ގޮވައިގެން ކޮޓަރިއަށެވެ.ރަފާވެސް މޭޒުމަތީގައި ހުރިތަށިތައް ނެގުމަށްފަހު ކޮޓަރިއަށްދާން ހިނގައިގަތްތަނާ ދޮންބެދައްތަ ގުޅައިގެން ގޮސް ސޯފާގައި އިށީނދެލިއެވެ.އެހާ ދުވަސްކޮށްފައި ގުޅާލުމުން ތަންކޮޅެއް ގިނައިރު އަނގަ ތަޅައިލަން ފޯނުގައި މަޑުކޮށްލުމަށްފަހު ގޮސް ކޮޓަރި ދޮރު ހުޅުވާލިއިރު ފެނުނީ ދެބަފައިން ނިދާފައި ތިއްބައެވެ.ރަފާ އެތެރެއަށް ވަދެގެން ގޮސް ރިމޯޓް ނަގައި އޭސީގެ ފިނި މަޑުކޮށްލުމަށްފަހު ދެމީހުންގެ ގައިމަތީގައި ރަޖާ އަޅައިލަ ދިނެވެ.އެއަށްފަހު އޭނާވެސް ފާޚާނައަށްވަދެ ނިދާ ހެދުން ލައިގެން ނިކުމެ ދަރިފުޅުގެ ބިއްދަށަށް އަރައި އޮށޯތެވެ.

ނުނިދިގެން ދެފަރާތަށް ފުރޮޅި ފުރޮޅި އޮތް ރަފާގެ ހިތަށް އެ ހިތި މާޒީ އަނެއްކާވެސް ކުލަވަމުން ދިޔައެވެ.އެއީވެސް ހަމަ މިފަދަ ރެއެކެވެ.ފިރިމީހާ އޮފީސް ދަތުރެއްގައި އަތޮޅު ތެރެއަށް ގޮސްފައި ވުމުން ނިދި ނައިސްގެން ފޯނާއި ކުޅެލަ ކުޅެެލައި އޮތް ރަފާގެ ފޯނަށް ނޭނގޭ ނަމްބަރަކުން ގުޅިއެވެ.އެކޮޅުން ގުޅި ޒުވާނާ ގުޅުނީ އޮޅިގެން ކަމަށް ބުނެ މަޢާފަށް އެދުމުން، ރަފާވެސް އެއީ އެވަރުގެ ކަމެއް ނޫންކަމަށް ބުނެލި ރާގުންވެސް، ނޭނގި ނަމަވެސް އޭނާއަށް ދަޢުވަތު ދެވިގެން ދިޔައީ ނުޙައްޤު ގުޅުމަކަށެވެ.އެކޮޅުން ވާހަކަ ދެއްކި ޒުވާނާގެ އަޑުވެސް އެހާ ރީތި ވިއްޔާއެވެ.ޝައިޠާނާގެ ވަސްވާހަށް އިޖާބަ ދެމުން ދިޔަ ރަފާއަށް ކުށެއް ނެތް ފިރިމީޙާގެ މަތިން ކުޑަކޮށްވެސް ވިސްނާ ނުލެވުނެވެ.އެޒުވާނާގެ އަޑުގައި އެވީ ފިރިހެން ވަންތަކަމަކުން އޭނާގެ ހިތް ކިލަނބުވެގެން ދާކަށް ފަޅި ސިކުންތެއްވެސް ނުނެގިއެވެ.އެ ނަމްބަރު ފޯނުގައި ސޭވް ކޮށްލުމަށްފަހު ވައިބާއަށް ވަދެ ބަލައިލީ އެޒުވާނާގެ ފޮޓޯއެއް ކޮންޓެކްޓް ޕިކްޗަރ އަށް ލާފައި އިނދެދާނެ ކަމަށެވެ.ކަންތައްވީވެސް ހަމަ އޭނާ އުއްމީދުކުރި ފަދައިންނެވެ.ދެ ޖީބަށް އަތް ޖަހައިލައިގެން ހުރި އެ ރީތި ޒުވާނާ ފެނުމުން އޭނާާއާއި ގުޅުން ބަދަހި ކުރުމަށް ހިތުގެ ކަނަކުން ގޮވާލިއެވެ.ހިތުގެ އެދުމަށް އިޖާބަދެމުން އެ ޒުވާނާއަށް ހައި ޖަހާލީ ކޮންޓެކްޓް ޕިކްޗަރ އަށް އޭނާގެ ރީތި ފޮޓޯއެއް ލުމަށް ފަހުގައެވެ.ޝައިޠާނާގެ ބަހަށް ހެއްލެނިވެވި އޭނާ ނެގި ފުރަތަމަ ފިޔަވަޅުވެސް ކާމިޔާބު ވީއެވެ.އޭނާގެ ފޮޓޯ ފެނި އެ ޒުވާނާވެސް އިސާހިތަކު އޭނާގެ ރީތިކަމުގެ ޖާދޫގައި ޖެހުނެވެ.ފިރިމީހާއަށް ސިއްރުން ދެމީހުންގެ އެ ގުޅުން ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ދިޔައެވެ.ނަމަވެސް އެޒުވާނާއަކީވެސް މީހެއްގެ ފިރިއެއް ކަމުން ރަފާ ފޮނުވި ލޯބީގެ މެސެޖު އޭނާގެ އަނބިމީހާއަށް ފެނުމުން ރަފާއަށް ގުޅާފައި އޭނާގެ ދެކުދިންނާއި،ބަނޑުގައިވާ ދަރިފުޅުގެ ޙައްޤުގައި އޭނާގެ ފިރިމީހާގެ ޙަޔާތުން ދުރަށް ދިޔުމަށްއެދި އާދޭސްކޮށް ރުއި ވަރުން އެގުޅުން ކަނޑާލަން އޭނާއަށް މަޖުބޫރުވީއެވެ. އެދުވަހުވެސް ކުރެވެމުން އެދިޔައީ ކިހާބޮޑު ފާފައެއްކަން އޭނާއަށް ކުޑަކޮށްވެސް އިޙްސާސް ނުވެއެވެ.ނަމަވެސް ކިތަންމެ ލަހުންވިޔަސް މިހާރު އޭނާ އެވަނީ އެކަމުގެ ނުބައިކަން އިހްސާސްވެ ތަޢުބާ ވެފައެވެ.

ްކުރެވުނު ކުށަށް ކަރުނައަޅާ ޙާލުގައި ވަނިކޮށް ފޯނު އެލާމް ވާން ފެށުމުން ގަޑި ބަލައިލިއިރު ތިނެއް ޖެހީއެވެ.އަވަހަށް ތެދުވެގެންގޮސް ފާޚާނައަށްވަދެ ވުޟޫ ކޮށްލައިގެން ނިކުމެ ނަމާދަަށް އެރިއެވެ.ރަމަޟާން މަސް ފެށުނު ފަހުން އެއީ ކޮންމެ ރެެއެއްގެވެސް އާދައެވެ.މިހާރު އެއީ ބޭކާރު ގޮތުގައި ޢުމުރު ނަގާލަމުން ދިޔަ ރަފާއެއް ނޫނެވެ.ދިރިއުޅުމުގެ މައިދާނުގައި އޭނާއަށް އަރައިގަނެވުނު ބޮޑު ފާފައިގެ ސަބަބުން އޭނާވަނީ އެއިގެން ޢިބްރަތެއް ޙާސިލްކޮށް އެފަދަ ކަމެއް ތަކުރާރު ނުކުރުމަށް ހިތުގެ އަޑިން ވަޢުދުވެފައެވެ.ކޮންމެ ނަމާދެއްގެ ފަހުގައި ކެތްތެރިކަމާއިއެކު ﷲގެ ޙަޟްރަތުގައި ދަންނަވަމުން އެދަނީ އޭނާގެ ތަޢުބާ ޤަބޫލު ކޮށްދެއްވުން އެދިއެވެ.

ނަމާދުކޮށް އަވަދިވެގެން ސިޓިން ރޫމަށް ނިކުމެ ޤުރުޢާން ކިޔެވުމުގައި ބައިގަޑިއެއްހާއިރު ހޭދަ ކުރުމަށްފަހު ޚަތިމް ބާއްވާލުމަށްފަހު، ކާކޮޓަރިއަށް ވަދެ ހާރަށް ތައްޔާރު ކޮށްފައިވާ ހަނާކުރިމަސްކޮޅު ހޫނު ކޮށްލާފައި، ކާން ތައްޔާރު ކޮށްލުމަށްފަހު، ގޮސް ރައުލްއަށް ގޮވައިގެން އައިސް ފަތިސް ނަމާދު ބަންގިއަށް ގޮވުމުގެ ކުރިން ދެމަފިރިން އެކުގައި ހާރުކައި ނިންމާލިއެވެ.

އެގޮތުގައި ބަރަކާތްތެރި ރަމަޟާންމަހުގެ ދުވަސްތައް ހަލުވި ދުވެލީގައި ފާއިތުވަމުން ދިޔައެވެ.އެގޮތުން މިރެއަކީ ރަމަޟާން މަހުގެ ހަތާވީސް ވިލޭރޭއެވެ.އެހެން ރޭ ރެއެކޭވެސް އެއްފަދައިން މުޞައްލަ މަތީގައި އިނދެ ރޮއިރޮއި ގިސްލެވެމުންދިޔަ ޙާލު ރަފާ ތަކުރާރުކޮށް ދުޢާ ކުރަމުންދިޔައީ އޭނާގެ ފިރިމީހާއަށް އޮޅުވާލެވިފައިވާތީ އޭނާގެ ތަޢުބާ ޤަބޫލު ކުރައްވާ އޭނާގެ ލޯބިވާ ފިރިމީހާގެ ހިތް ޙަލާލު ލިބޭނެ ގޮތެއް ހުސް ޠާހިރުވަންތަ މާތް ރަސްކަލާނގެ އިރާދަފުޅުން މިންވަރު ކުރެއްވުން އެދިއެވެ.އެ ދުޢާގައި އެވާ އަސަރަކުން އެނދުގައި ލޯމަރާލައިގެން ނަމަވެސް ހޭލާ އޮތް ރައުލްގެ ލޮލުގެ އެސްފިޔަތަކާއި ހަނގުރާމަކޮށް ގަދަކަން ހޯދައިގެން އެސްފިޔަތަކުގެ ތެރެއިން ފާއްދާލި ކަރުނަ ތިކީގައި އެތައް އަސަރެއް އެކުލެވިގެންވިއެވެ.ދެލޯ ހުޅުވާލާފައި އަނބިމީހާއަށް ބަލައިލި ރައުލްގެ ހިތްވަނީ ކުދިކުދިވެފައެވެ.ލޯބިވާ އަނބިމީހާއަށް އަރައިގަނެވިފައި އެވާ ފާފައަށް މަޢާފް ދިނުމަކީ އާދައިގެެ އިންސާނަކަށްވެ ހުރެ ކުރަން މާ ފަސޭހަ ކަމެއް ނޫނެވެ.ނަމަވެސް މޯޅިއަކަށް ދެމިލި ކުޑަކުޑަ ލޯބިލޯބި ސޯނާ ފެނުމުން އެދަރިފުޅުގެ ލޯބިން އޭނާގެ ހިތް މަޑު ފުށްކޮޅަކަށް ވެގެން ދިޔައެވެ.އޭނާގެ ލޮލުގެ ނޫރު ފަދަ ދަރިފުޅުގެ ޙައްޤުގައި ނިހާޔަތަށް ލޯބިވާ އަނބިމީހާއަށް ހިތުގެ ފުންމިނުން މަޢާފްކޮށްދިނެވެ.އަދި ރޮއިރޮއި ވަރުބަލި ވެފައިވާ ޙާލު ދުޢާކުރުމަށް ދެއަތް މައްޗަށް ނަގައިގެން އިން ރަފާގެ ގާތަށް ގޮސް ފުރަގަހުން އޭނާގެ ކޮނޑުގައި އަތް އަޅައިލިއެވެ.ރަފާއަށް ސިހިފައި ފަހަތް ބަލައިލެވުނު ކަމުގައި ވިޔަސް ޤިބުލައަށް އެނބުރި އޭނާގެ ދުޢާ ފުރިހަމަ ކުރުމަށްފަހު ބިރުންގޮސް ތުރުތުރުއަޅާ ޙާލު ފިރިމީހާއާއި ކުރިމަތި ލިއެވެ.ނަމަވެސް ހިތަށް ކުރަމުން ދިޔަ ފުން އަސަރާއިއެކުގައިވެސް ރައުލްގެ ދުލުން ރަފާައަށް ދިން މަޢާފުން އޭނާގެ ތަޢުބާ ފުރިހަމަ ވެފައިވާ ފަދައެވެ.މާތް ރަސްކަލާނގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ.ކެތްތެރިކަމާއި އެކު އެކަލާނގެ ހަޟްރަތުގައި ކޮންމެ ނަމާދެއްގެ ފަހުގައި އޭނާ ކުރަމުން ދިޔަ ދުޢާ އިޖާބަ ކުރެއްވީއެވެ.ރަފާއަށް އެވަގުތު ލިބުނު އުފަލެއްގެ ބޮޑުކަމުން ޝުކުރުގެ ސަޖިދައެއް ޖެހުނެވެ.

**ނިމުނީ**

Comments (101)

  1. Aisha

    Masha Allah varah furihama..

    1. Noor
      Aisha

      Thanx Aisha..?

  2. Faaaathun

    Ma Sha Allah…..

    1. Noor
      Faaaathun

      Thanx Faaaathun..?

  3. Azu

    Ma sha allah….v iburaiytheri vaahaka eh…..

    1. Noor
      Azu

      Thanx Azu..?

  4. shafu

    masha allah v reethi

    1. Noor
      shafu

      Thanx shafu..?

  5. ????❤

    Masha allah.

    1. Noor
      ????❤

      Thanx Dear..?

  6. Suma

    Mashah Allah❤

    1. Noor
      Suma

      Thanx Suma..?

  7. Maree

    masha Allah vvv furihama

    1. Noor
      Maree

      Thanx Maree..?

  8. nonns

    Masha allah. Varah varah reethi and ibraiytheri mi story

    1. Noor
      nonns

      Thanx nonns..?

  9. Psenhi

    Masha Allah. V reethi ibraitheri vahakaeh Noor

    1. Noor
      Psenhi

      Thanx Psenhi..?

  10. Ivrisha

    A perfect story. Loved it !! ❤

    1. Noor
      Ivrisha

      Thanx Ivrisha..?

  11. Hhhhh

    Alhamdh lihlaahi!!
    Efadha hurihaa enmenah thedhu magu dhah kavaashiye ..ameen…

    1. Noor
      Hhhhh

      Aameen..Thanx Hhhhh..?

  12. Mary

    V rythi v ibraitheri v furihama vaahakaeh.

    1. Noor
      Mary

      Thanx Mary..?

  13. Mash

    Maasha allah v furihama

    1. Noor
      Mash

      Thanx Mash..?

  14. ShAhu

    ma sha Allah..varah iburaiytheri..varah reethi..
    loved it ❤

    1. Noor
      ShAhu

      Thanx ShAhu..?

  15. Chum handi

    masha allah…. mikahala iburaii theri vaahaka thah adhives kiyaalan libeyne kamah unmeedhu kuran….

    1. Noor
      Chum handi

      Thanx Chum..In sha Allah..?

  16. NAAZ

    Varah teethi …faahaga kohlan ehthankolheh maaginain aisfahurikan…v.reethi n iburaiytheri?

    1. Noor
      NAAZ

      Thanx NAAZ..?

  17. Xxxx

    Maasha Allah..v.nice n ibraitheri vaahaka eh..

    1. Noor
      Xxxx

      Thanx Xxxx.?

  18. Addu manje

    varah ibraitheri vaahaka eh.. ekamaku kiyamun diya iru alhai gaii thankolheh buneledheynan.fahathun 5 vana paragraph ge dhevana jumlaigai “eyru bappa aai eku majaaa koh……………………..” mithanugai bappa beynun kurumun alhaiganna gotheh hurikan faahaga kurevy..vaahaka liyefaivaa nazarun balaa iru ethanugai bappa ge badhalugai raul genaima kanneyge ragalhu vaanee.. jumla gotheh ga vaahaka varah reethi. 🙂
    hope u will take it in a positive way…

    1. Noor
      Addu manje

      Sure..n Thanx dear.?

    2. Noor
      Addu manje

      Thanx dear.?

  19. cya

    Masha allah v reethi iburaitheri vaahakaeh

    1. Noor
      cya

      Thanx cya.?

  20. Lara

    Maashaa Allah v ibraitheri v reethi vaahakaeh

    1. Noor
      Lara

      Thanx Lara.?

  21. Khajja

    Wow masha allah v rythi v furihama mivaahaka aky mikahalakamekkurevifavaamyhunnah hidhaayathehkamugai lavvavaashi adhi ebaimyhunna thaubaavumuge heyo thaufeeg dhevvaashi; aameen. mistry kiyaali iru hama rovvaalaifi ehaaves interestin hyvany real stry enhen komme insaanege hayaathugaves kuh kurevifavaane insaanun hadhdhavaafavany kushaaves laigen ehen kamun thaubaa lavvavaafavany mi maaiy massaru ga ekuththakah thau baavumuge heyo thaufeeg allah aharemen emmennah minvaru koh dhevvaashi adhi thibaage mimasakkathugai barakaailavvaa kaamiyaab dhevaashi aameen gud luck❤❤

    1. Noor
      Khajja

      Thanx for the lovely comment Khajja.Allah thibaa ah ves heyo thaufeeq minvaru kuravvaashi.Aameen..?

  22. Ariph

    V salhi ingey

    1. Noor
      Ariph

      Thanx Ariph..?

  23. sam

    v reethi

    1. Noor
      sam

      Thanx sam..?

  24. Thiththi3306

    Dear, Nice story… Loved it… keep it up. Good work.

    1. Noor
      Thiththi3306

      Thanx Thiththi3306?

  25. Shee

    Ma Sha Allah. V.ibraiytheri vaahakaeh

    1. Noor
      Shee

      Thanx Shee..?

  26. lily

    Mashaa allah v furihama ehaame ibratheri asluves rovijje

    1. Noor
      lily

      Thanx lily..?

  27. Maryam

    kiyaalan varah faseyha
    Liyuntheriyaa v kulhadhaana vaahaka v reethi

    1. Noor
      Maryam

      Thanx Maryam..?

  28. Mariyam

    kiyaalan varah faseyha
    Liyuntheriyaa v kulhadhaana vaahaka v reethi

    1. Noor
      Mariyam

      Thanx..?

  29. Lily

    Maashaa Allah varah reethi mi vaahaka?

    1. Noor
      Lily

      Thanx Lily..?

  30. Faxoo

    MaShaAllah… vrh reethi vaahakaeh..
    fahu bai kiyaafa rovihje

    1. Noor
      Faxoo

      Thanx Faxoo..?

  31. Kudaa

    Varah reethi Maasha Allah.

    1. Noor
      Kudaa

      Thanx Kudaa..?

  32. Nazeem

    MaShaAllah… vrh reethi vaahakaeh..
    fahu bai kiyaafa rovihje

    1. Noor
      Nazeem

      Thanx Nazeem..?

  33. Ami

    Ohh.v v reethi vahaka

    1. Noor
      Ami

      Thanx Ami..?

  34. silver mist

    Masha Allah v v v reethi story eh …

    1. Noor
      silver mist

      Thanx silver mist..?

  35. Ainth

    V salhi

    1. Noor
      Ainth

      Thanx Ainth..?

  36. Shina

    V reethi keep it up

    1. Noor
      Shina

      Thanx Shina..?

  37. Saandy

    V reethi mivaahaka… V ibraiytheri… Keep it up Noor 🙂

    1. Noor
      Saandy

      Happy to know that..thanx Saandy..?

  38. zaaru

    masha allah..vvvvv iburaii theri vahakae….vahakaige jumlatha genesfavale v.furihama..

    1. Noor
      zaaru

      Thanx zaaru..?

  39. Niuma

    Masha allah v reethi

    1. Noor
      Niuma

      Thanx Niuma..?

  40. Fan

    V reethi asarugadha

    1. Noor
      Fan

      Thanx Fan..?

  41. moonty

    V ibraitheri vaahakaeh.vara salhi.

    1. Noor
      moonty

      Thanx moonty..?

  42. moonty

    V v reethi asarugadha ibraitheri mi vaahaka

    1. Noor
      moonty

      Thanx moonty..?

  43. Shaaa

    Maa sha Allah. V.iburaiytheri vaahakaeh

    1. Noor
      Shaaa

      Thanx Shaaa..?

  44. Shaaa

    V.iburaiytheri vaahakaeh

    1. Noor
      Shaaa

      Thanx..?

  45. Shèe

    Wow. Vv. reethi

    1. Noor
      Shèe

      Thanx Shèe..?

  46. Shai

    Thanks dear noor. V.furihama ehaame Shaugveri. Welldone

    1. Noor
      Shai

      Thanx Shai..?

  47. Nahu

    V v v v v …salhi

    1. Noor
      Nahu

      Thanx Nahu..?

  48. mahir

    Furihama kaamiyabeeakah edhen

    1. Noor
      mahir

      Thanx mahir..?

  49. ????

    Masha allah v reethi v ibraiytheri vaahaka eh….?

    1. Noor
      ????

      Thanx dear..?

  50. Mohamed Aqleem

    wow…nice superrrrr

    1. Noor
      Mohamed Aqleem

      Thanx. ?

Comments are closed.