Skip to content
އެސްފިޔަ

މަންމަ – އަގުހުރި ނިޢުމަތެކެވެ.

މެންދުރުގެ އަވިބާރު ވަގުތެވެ. މެންދުރު ނަމާދަށްފަހު މާތް للَّه ހަޟްރަތަށް ދުޢާ ދެންނެވުމުގައި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އަހަރެން މިސްކިތުން ފައިބަން ހިނގައިގަތީމެވެ. އެއާއިއެކު ސިކުނޑިއަށް ވެރިވި ޚިޔާލުތަކެއްގެ ސަބަބުން ފިޔަވަޅުތަކަށް މަޑުޖެހުމެއް އައެވެ. އަހަރެން މަޑުމަޑުންގޮސް މިސްކިތުގެ ސިޑިމަތީ އިށީނދެލީމެވެ.

ވިސްނުމުގެ ތެރެއަށް ގެއްލިފައި ވަނިކޮށް އަހަރެންގެ ގާތުގައި މީހަކު އިށީންކަމުގެ އިޙްޞާސް ކުރެވުމުން ލޮލަށް ޖަމާވެފައިވާ ކަރުނައިގެ ތެރެއިން އަހަރެން ބަލާލީމެވެ. ބަަަަަަަަަަަލާބެލުމަށް އެއީ ދެބައިއުމުރުގެ ފިރިހެނެކެވެ.

“އައްސަލާމް އަލައިކުމް. އަހަންނަށް ކިޔަނީ ޝާނިމް” އޭނާ ސަލާމަށް އަތްދިއްކޮށްލުމުން އަހަރެންވެސް ސަލާމަށް ރައްދު ދިނުމަށްފަހު އަމިއްލައަށް ތަޢާރަފްވެލީމެވެ. “ވައަލައިކުމް ސަލާމް ވަރަޙްމަތުللَّه. އުވައިިިސް” އަަަަަަަހަރެންގެ ހިިިިިިތުގެ ހާާާާލު އޭނަަަަައަށް އަޑު އިވުނު ފަދައެވެ. އަހަރެންގެ ހިތާމަތަކާއި ބެހޭގޮތުުުުން އޭނާ ސުުުވާލުކުރީ ފަަަަހަރުުުުުގައި އޭނާއަށް އެކަމުގައި އެހީއެއް ވެވިދާނެކަމަަަަށް ބުުުުުުުުުނަމުންނެވެެ. އަހަރެންވެސް އަަަަަަަހަރެންގެ ހިތުގެ ޝަކުވާާާާާތައް އޭނަގެ ކުުުުުރިމަތީ ބަންޑުން ކޮށްލީމެވެ.

އަހަންނަކީ މާލޭސިޓީގެ ފަސްވަނަ އަވަށް ކަމަށްވާ ވިލިނގިލީ ކުއްޖެއްކަމާއި މިހާރު ޤައުމީ ޔުނިވާރސިޓީގައި އެޗްއާރު ކިޔަވަމުން ދާކަމެވެ. ޅައުމުރުގައި ބައްޕަ ނިޔާވެފައިވާކަމާއި އަހަރެންގެ ބެލުމުގެ ދަށުގައި ބަލި މަންމައަކާއި ޖީސީއީއަށް ތައްޔާރުވަމުން އަންނަ އަންހެން ކޮއްކޮއެއް އިންކަމެވެ. މަންމަ ބަލިދާނުގައި އޮންނަތާ އަހަރެއް ވެއްޖެކަމާއި މަންމަ ބަލިވީއްސުރެ ޢާއިލާގެ ހުރިހާ ޚަރަދުތަކެއް ބަލަހައްޓަން ޖެހިފައިވަނީ އަހަރެންނަށްކަމެވެ. މިއަދާ ޖެހެންދެން އެކަންކުރީ އަމިއްލަ މީހެއްގެ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްގެން ލިބޭ ޢާމްދަނީއިންކަމެވެ. ނަމަވެސް މިއަދު ކުއްލިއަކަށް މުއައްޒަފުން މަދުކުރުމަށް ވަޒީފާއިން ވަކިކުރެވޭނެކަން އެންގުމުން އަހަރެން ގޮތްހުސްވެފައިވާކަމެވެ. މަންމަގެ އަގުބޮޑު ބޭސްތަކާއި ކޮއްކޮގެ ކިޔެވުމާއި އަހަރެންގެ ކިޔެވުމުގެ ޚަރަދުތައް ބަލަހައްޓާނެ ގޮތެއް ހޯދަންޖެހިފައިވާކަމެވެ. މަންމަގެ ޝަކުވާތައް މިހާރުވެސް ގިނަކަމާއި ވަޒީފާ ގެއްލުންކަން އެނގުމުން މަންމަގެ ފަރާތުން އަޑުއަހަން ޖެހިދާނެ ބަސްތަކެއްގެ ސަބަބުން މަންމަގެ ކުރިމައްޗަށްދާން ބޭނުން ނުވާކަމެވެ. އަހަރެންގެ ދިރިއުޅުމުގެ ޙާލަތު އެނުދަންނަ މީހާގެ ކުރިމަތީ ބަންޑުން ކޮށްލެވުމުން އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

ދެން އޭނާ އަހަންނަށް ކިޔާދޭންފެށީ ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ.

އަހަރެންގެ އުމުރުން މިހާރު ތިރީސް ފަހަނައަޅާ ހިނގައްޖެއެވެ. އަހަރެން ދާދި ކުޑައިރުއްސުރެ ވިޔަފާރިވެރިއަކަށް ވުމުގެ ހުވަފެން ދެކެމުންއައީ ބައްޕަ ނިޔާވުމަށްފަހު މަންމަ އަހަރެން ގޮވައިގެން އުޅެންޖެހުނު ދަތި ހާލުންކަމަށް ވުން އެކަށީގެންވެއެވެ. އޭރު އަހަރެން ތިންއިރު ބަނޑުހައިކަން ފިލާވަރަށް ރަނގަަޅަށް ކައިގެން ހުރި ދުވަހެއް ހަނދާނެއް ނުވެއެވެ. ނަމަވެސް އެހާލުގައިވެސް މަންމަ އަހަންނަށް ރަނގަޅު ތަޢުލީމަކާއި ރިވެތި އަޚްލާޤެއް ދަސްކޮށްދޭން ނުހަނު މަސައްކަތްކުރިއެވެ.

އޭރު ދިރިއުޅުމުގެ ޙާލަތު ހުރި ގޮތުން އޯލެވެލް ނިންމާލުމަށްފަހު އަހަރެން އަވަސްވެގަތީ ރަނގަޅު ވަޒީފާއެއް ހޯދުމަށެެެވެ. އެއްގޮތަކަށްވެސް އިތުރަށް ކިޔަވާހިތް ނުވާތީކީ ނޫނެވެ. ކިޔެވުމަށްވުރެ ލާރިފޮއްޗެއް ލިބޭނެ މަގެއް ކޮށުން އޭރު އަހަންނަށް މުހިންމުވީއެެެވެ. ކަން ދިމާކުރިގޮތުން އަހަންނަށް އަމިއްލަ މީހެއްގެ ކުންފުންޏަކުން ފުދޭވަރެއްގެ ބޮޑު މުސާރައެއް ލިބޭ ވަޒީފާއެއް ހަމަޖެހުނެވެ. ތަނުގެ އިސްވެރިންނާއި މުއައްޒަފުންވީ ވަރަށް އެކުވެރި ހިތްހެޔޮ ބަޔަކަށެވެ. މިދުވަސްތަކުގައި އަހަންނަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކަށްވީ އަހަރެން ދާދި ކުޑައިރުއްސުރެ މަންމަ އަހަންނަށްޓަކާ އުފުލަމުންދިޔަ ވޭން އެ މަންމައަށް ލުއިކޮށްދެވުމެވެ.

މިގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ވަޒީފާގައި އުޅެމުން އަހަރެން ކޮންމެވެސް އަމިއްލަ މަސައްކަތެއް ކުރާނެ ގޮތަކާއި ދޭތެރޭ ވިސްނީމެވެ. މިގޮތުން އައި ޚިޔާލަކީ އަންނައުނު ވިއްކާ ފިހާރައެއް ހުޅުވުމެވެ. އެއީ ވަޒީފާގެ ގޮތުން ބައެއް ފަހަރު ތަނުގެ ވެރިންނާއިއެކު ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކުގެ ސަބަބުން މިފަދަ ވިޔަފާރިއަކަށް ބޭނުންވާނެ ހުރިހާ މަގެއް ސާފުވެފައި ވާކަމަށް އަހަރެންގެ ޛަމީރު ޤަބޫލްކުރީތީއެވެ. އަނެއްކޮޅުން ކާފަގެ ގެއިން މަންމައަށް ލިބުނު ބިންކޮޅުގައި ކުޑަވަރެއްގެ ފިހާރައެއް ހަދާލެވޭވަރު ވާނެތީއެވެ. އަހަރެމެން އޭރު ދިރިއުޅެމުން ގެންދިޔައީ ބައްޕަ ފަރާތު ކާފަގެ ގެއިން ބަހައިގެން ބައްޕައަށް ލިބިފައިވާ ތަންކޮޅުގައިހުރި ކުޑަ ކޮޓަރިގަނޑެއްގައެވެ. ވީމާ މިމަސައްކަތް އަހަރެން ފެށީ ކުންފުނީގެ އިސްވެރިޔާއާއި ވާހަކަ ދައްކައިގެން މުސާރައިން އުނިވާގޮތައް ލޯނެއް ނަގައިގެންނެވެ. ކުންފުނީގެ އިސްވެރިޔާގެ ފަރާތުން މިކަމުގައި ފުރިހަމަ އެއްބާރުލުން ލިބުނީތީ އަހަރެން ވަރަށް އުފާކުރީމެވެ.

ވިޔަފާރި ކުރިއަށް ދާންފެށީ އަހަރެން އުންމީދު ކުރި ވަރަށްވުރެވެސް ހަލުވި ދުވެއްޔެއްގައެވެ. ދެއަހަރު ދުވަހުގެތެރޭ އަހަރެންގެ ފިހާރަ މުޅި މާލެއަށް ނަން މަޝްހޫރު ވެއްޖެއެވެ. މިކަމާ އަހަރެން ވަރަށް އުފާކުރީމެވެ. އަދި ހުރިހާ ވަގުތެއް އެކަމަށް ހުސްކުރީމެވެ. ވަޒީފާ އަދާކުރަމުން މިކަން ކުރަން އުނދަގޫ ކަމަށް ބުނެ، ކުންފުނީގެ ވެރިޔާ އާދޭސް ކޮށްކޮށް އޮއްވާ ވަޒީފާއިންވެސް ވަކިވީމެވެ.

ތެދެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ދާކަމުގެ އިޙްސާސް އަހަންނަށް ކުރެވެން ފެށިއެވެ. އުމުރުން އެންމެ ތޭވީސް އަހަރުގައި މަޝްހޫރު ވިޔަފާރިވެރިއަކަށް އަހަރެންވެސްވީއެވެ. ނަމަވެސް ފަޤީރުކަމާއި ނިކަމެތި ކަމަަަަކީ ކޮބައިކަަަން އަހަރެންގެެ ހަަނދާާާާާނުން ދުވަހަކުވެސް ފިިިިިލައިގެނެއް ނުުުުުުުދެއެވެ. އަދި އަހަރެންގެ ނިކަމެތި މަންމަ އަހަންނަށްޓަކާ އުފުލި ބުރަވެސްމެއެވެ.

އެހެން ޒުވާން ފިރިހެން ކުދިންނެކޭ އެއްފަދައިން އަހަރެންގެ ހަޔާތައްވެސް ބައިވެރިއަކު އައެވެ. އެތަކެއް ޒުވާން ފިރިހެން ކުދިންނެއް އެކުއްޖަކަށް ފިދާވަމުންދިޔަ އަންހެން ޖިންސުއްލަތީފެކެވެ. މަޝްހޫރު މޮޑެލް އެކެވެ. ޒުވާންކަމާއި ރީތިކަމުގެ އެފަދައެއްނުވާ ނަމޫނާއެކެވެ.

ރައްޓެހިވެގެން މާ ގިނަދުވަސްތަކެއް ނުވެ އަހަރެމެންގެ ކައިވެނިވެސް ކުރެވިއްޖެއެވެ. ކައިވެންޏަށް ފަހުވެސް އަހަަަަަަަަރެންގެ ވިޔަފާރި ދިޔައީ އިތުރަށް ފުުުުުުުުުުުުުުޅާވެގެންނެވެ. ދިރިއުޅުމުުުުގެ ޙާލަތުވެސް ދުވަހެއް ދުވަހަކަށް ދިޔައީ ކުރިއަރަމުންނެވެ. ނަމަވެސް އެންމެ ކަމެއް ފިޔަވައެވެ.

އެއީ މަންމައާއި އަހަންނާއި ދެމެދު އޮތް ލޯތްބާއި އަޅާލުމެވެ. އަހަރެން ހީކުރިގޮތާއި ޚިލާފަށް އަހަރެންގެ ރާނީ އާއި މަންމައާއި ގުޅިގެން އުޅުން އެއްކިބައިގަ އޮއްވާ، އަޑު އިވެންފެށީ އަހަރެން ދުވަހަކުވެސް އުންމީދު ނުކުރާފަދަ ވާހަކަތަކެކެވެ. މަންމަ އަހަރެންގެ ރާނީއަށް ޖެއްސުން ކުރާވާހަކައެވެ. އަބަދު އެއްޗެހިކިޔާ މަލާމާތް ކުރާ ވާހަކައެވެ. ފުރަތަމަކޮޅު އަހަންނަށް މިކަން ޤަބޫލު ނުކުރެވުނަސް ފަހުން އަހަންނަށް މިކަމުގެ ހެކިތައް ފެނުމުން އަހަންނަށް އަހަރެންގެ ރާނީގެ ބަސް ޤަބޫލު ކުރެވުނީ އަހަރެންގެ ހިތުގައި މަންމައަށްވުރެ ރާނީގެ ޤަދަރު އުފުލިފައިވީތީއެވެ. އެމަންމަގެ ކުށަކާއިނުލާ އަހަރެންގެ ރާނީ އެމަންމަގެ މަޤާމް އަހަރެންގެ ހިތުން ފުހެލަން މަސައްކަތް ކޮށްފާނެކަމަށް ކުޑަކޮށްވެސް ހީވެފައި ނެތީއެވެ. އެމަންމަ އަހަންނަށްޓަކާ ތަޙައްމަލުކުރި ވޭން އަހަރެންގެ ޤައިދުވެފައިވާ ސިކުނޑިން ކައްސާލައިގެން ދިޔައީއެވެ.

މަންމައަށް ކުރަންޖެހޭ އިޚްތިރާމްގެ މަތިން އަހަރެން ހަނދާން ނެތްފަދައެވެ. މަންމައަށް އަޑުލުން ދުވަހެއް ދުވަހަކަށް އިތުރުވަމުން ގޮސް އެ މަންމަގެ ލޮލުން ކަރުނަ ހިކިގެން ނުދާވަރަށް އަހަރެން އެ ނިކަމެތި މަންމަ ރޮއްވީމެވެ. ގޭތެރޭގައާއި ގެއިން ބޭރުގައިވެސް މަންމަ ކުށްވެރިކޮށް އަހަރެންގެ ރާނީގެ ދިފާއުގައި ވާހަކަދެއްކީމެވެ. ހަމަ އެންމެ ސަބަބަކާހުރެއެވެ. އަހަރެންގެ ލޯބިވާ ކަމަނާ ޙައްޤަކާއިނުލާ ރޮއްވާތީއެވެ.

މިިިިިިިިިިިގޮތުގައި އަހަރުތަކެެެެއް ވޭތުވެގެން ހިިިިިިިނގައްޖެއެެެެވެ. އެއްވެސް ކަމެއް އަބަދަކު އެއްގޮތަކަށް ނޯންނާނެޔޭ ބުނާ ފަދައިން އަހަރެންގެ ދިރިއުޅުމަށްވެސް އުސްގަނޑަކަށްފަހު އަނެއްކާވެސް އަޑިގަނޑެއް އައީ އެކަމަށް ތައްޔާރުވާނެ ފުރުސަތުވެސް ނުދީއެވެ. އުފަލާއި ހުނުމުގައި ހޭދަކުރުމަށްފަހު އަރާމު ނިންޖަކަށް މަރުޙަބާ ކިޔަމުން ދެލޯ މަރާލާއިރު، ދެން ލޯ ހުޅުވުމުން ފެނިގެންދާނީ ބިރުވެރި އެހާމެ ހިތްދަތި މަންޒަރެއްކަމަށް ވިސްނޭނީ ފަހެ ކާކުގެ ސިކުނޑިއަކަށް ހެއްޔެވެ؟ ނަމަވެސް ތަޤްދީރުގައި ވާފަދައިން ރޭގަނޑުގެ އަނދިރިކަމާއި އެކު އަހަރެން އެހުރިހާ ދުވަހު ގައިން ދާ އޮހޮރުވައިގެން ކުރި މަސައްކަތް އަނދާ އަޅިއަށްވީއެވެ. އާއެކެވެ! އަހަރެންގެ އަންނައުނު ފިހާރަ އެއްކޮށް އަނދާ ހުލިވީ އެތަނުގައިވާ އެއްވެސް އެއްޗެއް ދެން ބޭނުން ނުކުރެވޭ ވަރަށެވެ. ނުވި ތާކަށް އެއްވެސް ބޭނުމެއް ނުކުރެވޭވަރަށް އެޢިމާރާތްވެސް ހަލާކުވެގެން ދިޔައީއެވެ. އަހަރެން ހިތްވަރު އެލޭގޮތްވިއެވެ. އާފެށުމަކުން ހުރިހާ ކަމެއް ފަށަންޖެހުން ނަމަވެސް އަހަރެން އާ ހިތްވަރަކާއެކު އިމާރާތް އަނެއްކާވެސް ކޮޅަށް ޖަހަން މަސައްކަތް ކުރީމެވެ. ނަމަވެސް ހީކުރިވަރަށްވުރެވެސް ބޮޑު ގޮންޖެހުމަކަށް މިިިިިކަން ވެގެންދިޔައީ ވިޔަފާރީގައި ކުރިން އެކުގައި އުޅުނު މިތުރުން އަހަރެންނާއި ވަަަތް ކަަަަނޑާލުުުުުުުުުމުންނެވެ. އެމީހުންގެ ގާތުގައި އަހަންނަކީ ނުދަންނަ ބީރައްޓެއްސެއް ފަދައެވެ.

އެެެެެެެެެއަށްވުރެ ބޮޑަށް އަހަރެން ދެރަވެ ހިތާމަ ކުރަން ޖެހުނީ އަހަރެންގެ ލޯބިވާ އަނބިމީހާ އަހަރެންގެ ރާނީ އަހަރެން އާދޭސް ކޮށްކޮށް އޮށްވާ އަހަރެންގެ ނުފޯރާ ދިރިއުޅުމަށް ފުރަގަސްދީ، އަހަންނަށްވުރެ އެތަށް ގުނައެއް މުއްސަނދި ފޯރާ ވިޔަފާރިވެރިއަކާއި ގުޅުމުންނެވެ. ކައިވެނީގެ ގޮށް މޮހާލަން ކިތަންމެ ބޭނުން ނުވިއަސް އަހަންނަށް މަޖުބޫރުވީ އޭނާ މިނިވަންކުރާށެވެ. އަހަންނަށް އޭނާ ބޭނުންވާފަދަ ތަނަވަސް ފާގަތި ދިރިއުޅުމެއް ދެން ހޯދައިދެވެން ނެތީއެވެ. ކުރީގައި އުޅުން ފަދައިން ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޭނައާއި އެކު އުފާހޯދަން އުދުހެވެންނެތީތީއެވެ. ކުރިން ދިން ފަދައިން ދުލުން ބޭރުކޮށްލާ ކޮންމެ އެއްޗެއް ވަގުތުން އެ މުށުގެ ތެރެއަށް ލައިދެވެން ނުކުޅެދުނީތީއެވެ. ތެދެކެވެ. އަހަރެން އަނެއްކާވެސް ފަޤީރުވީތީއެވެ.

އަހަރެން އެދުވަހު ވަރަށް ރުއިމެވެ. އެއީ އަހަރެން ހަނދާން ހުންނަންފެށީއްސުރެ މުޅި ޙަޔާތުގައިވެސް އަޑުން އަޑުނަގާ ރުއި ފުރަތަމަފަރެވެ. އަހަންނަށް އެދުވަހު އިޙްސާސްވީ ހަތަރު އުދަރެސް ފެނުޖެހުނީ ކަމުގައެވެ. ޙަޔާތުގެ ނައު ދާނެ ވަކި މިސްރާބެއް ނެތް ހާލު އަހަރެން ގޮސް ވެއްޓިގަތީ އަހަރެންގެ މުސްކުޅި މަންމަގެ ފައިބުޑަށެވެ.

އެ މަންމަގެ އުނގުގާ ބޯ އަޅައިގެން އޮވެ އަހަރެން ވަރަށް ރުއީމެވެ. މަންމަގެ ގާތުގައި އެތަކެއް ޝަކުވާއެއް ކުރީމެވެ. ކުޑައިރުއްސުރެ ހިތުގައި ފޮރުވައިގެން އުޅުނު ހުރިހާ އުދާސްތަކެއް ބޭރުކޮށްލީމެވެ. އަހަންނާއިމެދު އަބަދު އެގޮތަށް ކަންތައް ދިމާވަނީ ކީއްވެތޯ ސުވާލުކުރީމެވެ. އަހަރެންވެސް އެހެންމީހުން އުޅޭފަދަ މުއްސަނދި ފޯރާ ދިރިއުޅުމެއް އުޅެން ހިތްއެދޭ މިންވަރު ހާމަކުރީމެވެ.

އަހަރެންގެ މަންމަ ފަދަ ކެތްތެރި އިންސާނެއް އަހަރެންގެ ޙަޔާތުގައި އަދި ދުވަހަކުވެސް ނުދެކެމެވެ. އެ ހުރިހާއިރު އަހަރެން ކަރުނަ އަޅާ ރުއިއިރު އެމަންމަގެ ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓެނިކޮށް މިފަހަރު އަހަރެން ނުދެކެމެވެ. އޭގެ ބަދަލުގައި އެމަންމަގެ ފަރާތުން އިވިގެންދިޔައީ އަހަރެން ހީވެސްނުކުރާފަދަ ކަމެކެވެ.

“އޭ އަޅަމެން ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! އިބަ للَّه އީ އެންމެހާ އަޅުތަކުންގެ ޙާލު އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ! ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ!ރަޙްމާންވަންތަ ރަޙީމްވެންތަ ރަސްކަލާކޮ! މިއަޅާގެ މި ދަރިފުޅުގެ މައްޗަށް ރަޙުމަތް ލައްވާފާނދޭވެ!” މަަަަަަންމަ ދެެެެެއަތް އުފުލާލުުުުުުުުުުމަށްފަހުމަށްފަހު للَّه ގެ ޙަަަަަަަަަަަޟްރަތުގައި ދުުުޢާ ދެެެެެންނެވިިިިިއެވެ. ދެން އެއަށްފަހު އަހަންނަށް ކެތްތެރިވުމަށް ނަޞޭހަތްތެރިވިއެވެ.

“މަންމަގެ ލޯބިވާ ދަރިފުޅާ! ދަރިފުޅު ހެއްދެވި ފަރާތުން ދަރިފުޅު ދޫކޮށްލެއްވީ ކަމަށް ދަރިފުޅަށް ހީވަނީތަ؟ އަހަރެމެން އަބަދުވެސް ހަނދާން ބަހައްޓަންވާނެ މިދުނިޔެއަކީ ވަގުތީ ތަނެއްކަން. އަދި ދުނިޔެ ހިނގަނީ ތޮށަލި ދުޅައަށޭ ބުނާ އަޑު ދަރިފުޅުވެސް އަހާނެ. ހުރިހާ ކަމެއް އަބަދު އެއްގޮތަކަށް ނޯންނާނެ. ދުނިޔޭގައި އުޅޭއިރު ދެރައާއި ހިތާމައާއި ކުރިމަތިލާން ޖެހޭނެ. ދިރިއުޅުމަކީ ޢިމްތިޙާނެއް. އަހަރެމެންނަށް އޮތީ އުފާވެރި ވަގުތުތަކުގައި މާތް للَّه އަަަށް ޙަމްދުކޮށް، ހިތާާާާާާާާމަވެރި ކަަަަަމެއް ކުުުުުުުުުުުުުުުރިމަތިވާހިނދު އެކަމަށް ކެެެެެެެެެެެެތްތެރިވުން.” މަންމަ އަހެރެންގެ ބޮލުގައި ފިރުމާލަމުން އަނެއްކާވެސް ވާހަކަދެއްކިއެވެ.

“އުނިވެފައިވާ ކަންކަމަށް ޝަކުވާކުރުމުގެ ބަދަލުގައި ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާން މަންމަ އަބަދުވެސް ދަރިފުޅުގެ ގާތުގައި ބުނަމެއްނުން. ދަރިފުޅުގެ ލޮލަށް ފެންނަކަމަށްޓަކައި ޙަމްދުކުރަންވާނެ! އެއީ ދުނިޔޭގައި ލޮލުގެ ފެނުމުން މަޚްރޫމްވެފައިވާ އެތައް ބަޔަކު އެބައުޅޭ. ދަރިފުޅު މިއަދު މަންމަގެ އަޑު އިވުމުގެ ނަސީބު ލިބިފައިވާތީ ޙަމްދުކުރަންވާނެ! އެއީ ދަރިފުޅުފަދަ އެތައް ކުދިންނެއް ތަފާތު އަޑުތައް އަހަން ބޭނުންވާހާލު އެކަމަށް ނުކުޅެދިފައިވޭ. ދަރިފުޅު ހިތުގެހާލު ދުލުން ބަޔާންކޮށްދިނުމުގެ ނަސީބު ލިބިފައިވާއިރު ދަރިފުޅަށް އެނގޭތަ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވާހަކަ ނުދެއްކޭ ކިތައް މީހުން އުޅޭކަން؟ ދަރިފުޅު ޙަމްދުކުރަންވާނެ ދަރިފުޅަށް އެނަސީބު މިންވަރުކޮށްދެއްވި ފަރާތައް! ދަރިފުޅަށްވެސް ފެންނާނެ ނުހިނގޭ މީހުން އުޅޭ ހާލު. ދުވަހަކުވެސް ދަރިފުޅު މާތް للَّه އަށް ޙަމްދު ކުުުުުުުުރިންތަ މިފަދަ ނިޢުމަތްތަަަައް ދަަަަަަަަަރިފުޅަށް ލިބިފައިވާތީ. އަހަރެެެެެެެެެމެންނަށް ތަަަކުލީފަކާއި ކުުުުުުުރިމަތިވާހިިިިިނދު އެެެކަލާނގެެެެެެއަށް ވަަަަަަަަަކީލުކޮށް، އެެެެެެކަލާނގެ ހަަަަަަަަަަޟްރަތުން ވާާާގިއެދެންވީ. ކީީީީީރިތި ޤުރުއާނުގެ މޫރިތި އާާާާާޔަތްތަކުގެ އަލީގައިވެސް للَّه ވަނީ އަޅުތަކުން އެކަލާނގެ ހަޟްރަތުން އުންމީދު ކަަަަނޑާނުުުުުުލުމަށް އަންގަވާާާފައި. މާތް للَّه ވަޮޑިގެެެން ވަަަަނީ ކެތްްްްްްްްްްްްްްްްތެރިންނާއިއެކު.”

މަންމަގެ ވާހަކަ މިހާހިސާބަށް ދިޔަތަނާ އަހަންނަށް ވަރަށް ބާރަށް ރޮއިގަނެވިއްޖެއެވެ. އަހަރެން އެމަންމަގެ ހިތުގައިޖެއްސީ ކިތައް ދުވަހު ކަމެއްވެސް ނޭނގެއެވެ. އެމަންމަ އަހަރެންގެ ސަބަބުން ރޮއި ހިތާމަކުރީ ކިހާވަރަކަށް ހެއްޔެވެ؟ ނަމަވެސް މިއަދުވެސް އެމަންމަގެ ދުލުގައި އަހަންނަށްޓަކާ ވަނީ ހެޔޮ ދުޢާއެވެ. މިއަދުވެސް އެމަންމަ އަހަންނަށް ދަސްކޮށް އެދެނީ އިސްލާމްދީނުގެ މަތިވެރި އުސޫލްތަކެވެ. ރިވެތި އަޚްލާޤިއްޔާތެވެ.

އަހަރެން މުށިތައްމަތީ މަންމަގެ ގާތުގައި ކުޑަކަކޫ ޖަހާލީމެވެ. އަދި އެމަންމަގެ ފައިގާ ހިފަހައްޓާލަމުން އެތަށް ފަހަރަކު މަޢާފަށް އެދުނީމެވެ. އަހަރެންނަކީ މަންމަގެ ކުށްވެރިއެއް ކަމުގައި ބުނަމުންނެވެ. ދެން ދުވަހަކުވެސް މަންމަގެ ހިތުގައިޖެހޭފަދަ ބަހެއް ނުބުނާނެކަމަށް, ދެރަވެ ލަދުގަންނަންޖެހޭފަދަ ކަމެއް ނުކުރާނެކަމަށް ވަޢުދުވަމުންނެވެ. އެމަންމަ ފެންކަޅިވެފައިވާ ހާލު އަހަރެންގެ ކޯތާފަތް ތެންމަމުންދިޔަ ކަރުނަތައް ފުހެލައިދެމުން އަހަންނަށް މަޢާފުދިނެވެ. އަދި އަހަންނަށް ވިސްނުނީތީ އުފާކުރާކަމަށް ބުނެ އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ. އަހަރެންވެސް މަންމަގެ އަތުގައި އެތަށް ފަހަރަކު ބޮސްދެމުން މަންމަދެކެ ވަރަށް ލޯބިވާކަމަށް ތަކުރާރުކޮށް ބުނަމުންދިޔައީމެވެ. އެއަށްފަހު އަހަރެން މުޅި ރޭ ހޭދަކުރީ މިސްކިތުގައެވެ. ނަމާދުކުރުމާއި ދުޢާކުރުމުގައެވެ. އަހަރެންގެ ނުބައި ޢަމަލުތައް ޢަފޫކޮށްދެއްވުމަށް އެދި للَّه ގެ ހަޟްްްްްްްްްރަތުގައި ދެންނެވުމުުުުުުުުގައެވެ.

ފަތިސް ނަމާދުން ފައިބައިގެން އަހަރެން ގެއަށް ދިޔަ މަގުމަތީ އަހަރެންނާއި ދިމާވީ ކުރީގައި އަހަރެން ވަޒީފާ އަދާކުރިތަނުގެ ވެރިޔާއާއެވެ. ސަލާމް ގޮވާލުމަށްފަހު ފުރަތަމަވެސް އަހަރެންގެ ހާލުއަހުވާލު އޮޅުންފިލުވީ ޒަމާންވީ ރަޙުމަތްތެރިއަކު ފަދައިންނެވެ.

އަހަރެން ބުނެނުދިން ނަމަވެސް އަހަރެންގެ ހާލު އޭނައަށް ސިއްރުވެފައެއް ނުވެއެވެ. ހީވެސްނުކޮށް ހުއްޓާ އޭނާ އަހަރެންގެ ކިބައިން ބުނީ އޭނާގެ އޮފީހުގައި އަހަންނަށް ކުރިން ދިން މަޤާމް އަދިވެސް ލިބެން އޮތް ވާހަކައެވެ. އަދި ކުރިން އެހީވި ފަދައިން ދެންވެސް އެހީތެރިވާނެ ވާހަކައެވެ. މިއީ މަންމަ އަހަންނަށްޓަކާ ކުރި ދުޢާގެ ނަތީޖާކަމަށް އަހަރެންގެ ހިތް ބުނެދިނެވެ. އަހަރެން އެދުވަހު ވަރަށް ދެރަވެ ލަދުގަތެވެ. އެފަދަ ރަނގަޅު ރަޙުމަތްތެރިއެއްގެ އެދުމަށް ފުރަގަސްދީ އަމިއްލަ އެދުން އިސްކުރެވުނު ކަމަށްޓަކައެވެ. އަލުން އެރަޙުމަތްތެރިކަން ގެއްލުވާލާކަށް އަހަރެން ބޭނުމެއްނުވިއެވެ. އަހަރެން ލިބުނު ފުރުޞަތު ޤަބޫލުކޮށް އަހަރެންގެ އުންމީދުތަކުގައި ކުލަ ޖެއްސޭތޯ އަނެއްކާވެސް އަތުކުރި އޮޅާލީމެވެ.

މިއަދު ރާއްޖޭގެ ގިނަބަޔެއްގެ ދުލުކުރީގައި އެފިހާރައެއްގެ ނަންވާ ‘ގޯލްޑެން ފްރުޓްސް’ ފިހާރައަަަކީ އަހަރެންްްްގެ ފިހާރައެވެ. އަހަންނަކީ މިއަދު ކާމިޔާބު ވިޔަފާރިވެރިއެކެވެ. އަދި އަހަންނަށް ހެޔޮއެދޭ ރައްޓެހިންވެސް މަދެއްނޫނެވެ. މަންމަގެ ނަޞޭހަތާއި އިރުޝާދު އަޑުއެހުމާއި އެއާއި އެއްގޮތައް ޢަމަލު ކުރުމަކީ މިއަދު އަހަރެން ގިރާކުރާ ކޮންމެ ހަރުފަތެއްގައިވެސް އެންމެ އިސްކަމެއްދޭ އެއް ކަމެވެ. މަންމަގެ ހެޔޮ ދުުުޢާއަކީ އަހަރެންގެެ ކާާާމިޔާބީގެ ތަޅުދަނޑި ކަމުގައި އަހަރެެެން ޤަބޫލުކުރީމެވެ.

އަހަރެންގެ ދެވަނަ ކައިވެނި ކުރެވުނީ މަންމަގެ ހޮވުމަކާއެވެ. އެއީ ރިވެތި އަޚްލާޤެއްގެ ވެރި، ދީންވެރި، ގެވެހި އަންބެކެވެ. އަހަރެން ބޭނުންވިފަދަ ރަންމުތެކެވެ. އަދި ލޯބި ލޯބި ތިން އަންހެން ދަރިން މާތް للَّه އަހަންނަށް ދެއްވާފައިވެއެވެ. ކުރިއާއި ޚިލާފަށް އަހަރެން މިހާރު އަބަދުވެސް މާތް للَّه އަހަރެމެންނަށް ދެއްވި ނިޢުމަތްތަކަށް ޝުކުރުވެެެެެެެެެެރިވަމެވެ.

…

ޝާނިމްގެ ވާހަކަ ނިންމާލަމުން އަހަންނަށް ނަޞޭޙަތްތެރިވީ للَّه ގެ ޙަޟްރަަަަަތުން އުންްްމީދުު ކަނޑާނުލުމަށެވެ. ލިބިފައިވާ ނިޢުމަތްތަކަށް ޙަމްދުކުރާ ޙާލު މުޞީބާތްތަކަށް ކެތްތެރި ވުމަށެވެ. އެއްވެސް ހާލެއްގައި މަންމައާއި ދޭތެރޭ ނިކަމެތިކޮށް ނުހިތުމަށާއި މަންމައަށް އަޑުނުލުމަށެވެ. މުސްކުޅި މަންމައެއް ގޭގައި އޮތުމަކީވެސް ނިޢުމަތެއްކަމާއި އެއްވެސް ޝައްކެތްނެތް ގޮތުގައި މައިންބައިން ދަރިންގެ މައްޗަށް ކުރާދުޢާ للَّه އިިިިިިިިިިިިިޖާބަކުރައްވާކަަަން އޭނާ އަހަންނަށް ހަަަަަނދާންކޮށްދިނެވެ. އަަަދި ސުވަރުގެ ލިބުން އެދޭނަމަ އަމިއްލަ ކަންކަމުގެ މައްޗަށް މަންމަގެ އެދުންތައް އިސްކުރުމަށް ނަޞޭހަތްތެރިވަމުން ސުވަރުގެވަނީ މަންމަގެ ފައިތިލަ ދަށުގައި ކަމަށްވެސް ބުނެދިނެވެ.

އޭނާގެ ވާހަކަތައް އަހަރެން ކަނުލާ އަޑުއެހީމެވެ. އެއީ މީގެ ކުރިންވެސް ދީނީ ޢިލްމުވެރިންގެ ފަޠުވާ ތަކުން އަހަރެންވެސް އަޑުއަހާފައިވާ ނަމަވެސް އެކަންތައްތަކާއިމެދު ފިކުރުކޮށްލެވިފައިނުވާ ވާހަކަތަކެކެވެ.

އެންމެ ފަހުން އޭނާގެ ފަރާތުން އިވުނު ބަސްކޮޅުން އަހަރެންގެ ހިތުގައި އުންމީދުގެ ހުޅުކޮޅު ދިއްލުނެވެ. ހުޅުމާލޭގައި އަލަށް ހުޅުވަން ތައްޔާރު ކުރަމުންދާ މޭވާ ވިއްކާ ފިހާރައިގެ އިތުރު އެއް ކޭޝިއަރަކު އަދި ބޭނުންވާކަމާއި އަހަރެން ހިތްހަމަޖެހޭނަމަ އެވަޒީފާ ލިބޭނެކަމަށް ބުންޏެވެ. އަހަރެން ވަރަށް އުފާކުރީމެވެ. އެދުވަހަށްފަހު އަހަރެމެން ދެމީހުންނަކީ ރަޙުމަތްތެރީންނެވެ.

އަހަރެންގެ އެކުވެރިޔާގެ ނަޞޭހަތާއި އެއްގޮތައް ކަންތައްތައް ކުރިއަށް ގެންދަންފެށުމުން އަހަންނަށް ދުވަހަކު ނުލިބޭވަރަށް ހިތްހަމަޖެހުން ލިބެންފެށިއެވެ. ކުރިއަށްވުރެ ގިނަ ވަޤުތު މަންމައާއިއެކު ހޭދަކުރެވެން ފެށުމުން މަންމަގެ ޝަކުވާތައްވެސް މަދުވެއްޖެއެވެ. އަހަރެން ގިނަ ވަގުތު އަޅުކަމުގައި ހޭދަކޮށް އަހަރެންގެ ޢާއިލާއަށް ހެޔޮގޮތްތައް މެދުވެރި ކޮށްދެއްވުން އެދި للَّه އަށް ދުޢާ ދެެެެެެެެެެެންނެވުމުގެ ނަަަތީޖާާ ލިބުނީ ވަރަށްވެސް ފޮނިކޮށެވެ. މަންމައާއި ކޮއްކޮވެސް އަހަރެންގެ ނަޞޭހަތްތަކާއި އެއްގޮތައް ދީނީ ކަންކަމަށް ފަރުވާތެރި ވާންފެށިއެވެ. ކޮއްކޮގެ ޖީސީއީ ޢިމްތިޙާން ނިމުންއިރު އަހަރެން އުންމީދު ކުރިފަދަ ނަތީޖާއެއް ހާޞިލްކުރިއެވެ. އަދި އަހަރެންގެ ކިޔެވުމުގެ ކަންތައްތައްވެސް للَّه އިރާދަފުޅާއިއެކު ކުރިއަށްދަނީ ވަރަށް ރަނގަަަަަަަޅަށެވެ.

މިއަދު އަހަރެންގެ ކުޑަކުޑަ ޢާއިލާއަކީ ހަމަޖެހޭ އުފާވެރި ޢާއިލާއެކެވެ. މިކަމަށްޓަކައި އަހަރެން އަބަދުވެސް للَّه އަށް ޙަމްދުކުރަމެވެ.
-ނިމުނީ-

Comments (51)

  1. ??

    Me first dhw…. yey???????
    Masha Allah v rythi vaahaka

    1. Psenhi
      ??

      Jazakallah khairan

  2. Book Lover

    Maasha Allah …… haadha reechey!!!! v iburaitheri!!?

    1. Psenhi
      Book Lover

      Jazakallah khairan Book lover

  3. naju

    masha allah v v reethi vaahaka eh … <3

    1. Psenhi
      naju

      Jazakallah khairan naju 🙂

  4. nonns

    Varah reethi stry

    1. Psenhi
      nonns

      Jazakallah khairan nonns

  5. mai

    Rohvaalaifi

    1. Psenhi
      mai

      Dhww

  6. sam♥

    maasha Allah v reethii mi vaahakaa . v iburehtherii vaaahakaeh .. thankx

    1. Psenhi
      sam♥

      Most welcomed. Jazakallah khairan 🙂

  7. Pinkish

    Wow.. no words to say.. amazing… maasha allah… ?

    1. Psenhi
      Pinkish

      Jazakallah khairan 🙂 pinkish

  8. silver mist

    Masha Allah v v reethi

    1. Psenhi
      silver mist

      Jazakallah khairan 🙂 silver mist

  9. Addu manje

    Varah reethi.. hope to see new stories of you soon..
    🙂

    1. Psenhi
      Addu manje

      Jazakallah khairan Addu manje. Insha Allah u’ll c another story like this one

  10. Xxxx

    Maasha Allah…v.reethi n ibraitheri

    1. Psenhi
      Xxxx

      Jazakallah khairan Xxxx

  11. Noor

    Masha Allah…varah varah ibraiytheri vaahaka eh..?

    1. Psenhi
      Noor

      Jazakallah khairan Noir 🙂

    2. Psenhi
      Noor

      *Noor

  12. Azu

    Ma sha allah….vv furihama vv iburaiytheri vaahak eh…..

    1. Psenhi
      Azu

      Jazakallah khairan Azu

  13. sis

    Eyy noor thi boy tha and vvvv rethi story

    1. sis
      sis

      Hi

    2. Psenhi
      sis

      Jazakallah khairan

  14. Ulya

    Ma sha Allah … varah reethi .. heart touching ??

    1. Psenhi
      Ulya

      Jazakallah khairan Ulya. 🙂

  15. cya

    V reethi adhi ehaame iburaitheri vahakaeh

    1. Psenhi
      cya

      Jazakallah khaira

  16. xim

    v reethii maa shaa Allah ?

    1. Psenhi
      xim

      Jazakallah khairan

  17. Pherthimer

    Woww .. varah rewwthi ?

    1. Psenhi
      Pherthimer

      Jazakallah khairan pherthimer

  18. شفا

    Masha ahllah

    1. Psenhi
      شفا

      Jazakallah khairan شفا

  19. Hassan

    Varah iburaiytheri Vaahaka eh…!!

    1. Psenhi
      Hassan

      Jazakallah khairan

  20. ?Fathun?

    Maasha Allah vara reethi

    1. Psenhi
      ?Fathun?

      Jazakallah khairan

  21. roohumm

    Maasha allah.. v v v rythi vahaka eh

    1. Psenhi
      roohumm

      Jazakallah khairan roohumm

  22. Niyer

    Ibaaraih kurumun hama ehvana ingey.

    1. Psenhi
      Niyer

      He he. Jazakallah khairan 🙂

  23. Wendy

    Varah salhi mi vaahaka. Varah iburaihtheri hama..?

    1. Psenhi
      Wendy

      Jazakallah khairan Wendy

    2. Psenhi
      Wendy

      Kiyafa like dhehchey huriha kudhinvs reethiyya

  24. mee

    v iburaiytheri

  25. dhande

    vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv. reethi.\
    thikahala vaahaka abadhuves liyan vaane.
    maasha allah!

Comments are closed.