އެބެލުމުގައިހުރި ތަފާތުކަން ދެނެގަންނާކަށް ކުޑަކުޑަ މިޝްކާއަކަށް ނޭންގުނެވެ. ”ހިނގާ އަވަހަށް ގެއަށްދަމާ ދޯ……..ވަރުބަލިވެފައެއްނު ތިބޭނީވެސް މިހާރު…..” ދެން އެންމެންގެ މިސްރާބަކަށްވީ މަގުގެ އެއްފަރާތެއްގައި ޕާކު ކޮށްލައިފައި އޮތް ރަތްކުލައިގެ ޕުރައިވެޓް ކާރަށެވެ. އެންމެން އަރާ ހަމަޖެހިލުމުން ރާއިދު ކާރު ދުއްވާލިއެވެ. ބުރިޖް ހުރަސްކުރަމުން ރާއިދުގެ ކާރު ބާރު ސްޕީޑުގައި ގޮސް މަޑުކޮށްލީ ހުޅުމާލޭގައި ހުރި ދިގު އިމާރާތެއްގެ ކުރިމަތީގައެވެ. އެއީ ނަވީންމެން ތިބުމަށް ރާއިދު ހަމަޖެއްސި އެޕާޓްމެންޓް އިންނަ އިމާރާތެވެ. ނަވީންގެ ވަޒީފާ ހަމަޖެހުނީ ހުޅުމާލެއިންކަމުން ހުޅުމާލެއިން […]
ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރެވެ. ބާރަށް ވައިޖެހެމުން ދިޔައިރުގައި ފަޒާގައި ހަރުލައިފައިވަނީ ރާޅު މުގުރަމުންދާއަޑެވެ. އުނޑުމަތިން ވިއްސާރަ ވިލާ ފެންނަމުން ދިޔަނަމަވެސް އޮއްސެމުން ދިޔަ އިރުގެ އަލިކަން ކޮންމެވެސް ވަރަކަށް ފައުޅުވަމުންދިޔައެވެ. މަޑު އޮރެންޖު ކުލައެއް ވިލާތަކުން ފެންނަން ހުރިއިރުގައި ބަލައިލަން ވަރަށްވެސް ހިތްގައިމެވެ. އަތިރިމަތީގެ ދޮންވެލިގަނޑު މަތީގައި އިށީންދެލައިގެން އިން އަލީނާގެ ނަޒަރު ހުއްޓިފައި ހުރީ މޫދާއި ދިމާއަށެވެ. ނުވަމަހަށް އަޅައިފައިވާ ބަނޑުގައި ފިރުމައިލަމުން އަލީނާ ބަލައިލީ ރާޅުޖަހާފަށުގައި ހިނގަމުންއައި ނަވީންއަށެވެ. އަލީނާއާއި ނަވީންގެ ކައިވެންޔަށް […]
ހަވީރުގެ ހިތްގައިމު ވަގުތު ރީމާ އިނީ ރަށުގެ އަތިރިމަތީގައެވެ. ކޮންމެ ދުވަހަކުވެސް ހަވީރު ގެ ހިތްހަމަ ޖެހުން ލިބިގަތުމަށް ރީމާ އަތިރިމަށްޗައް އާދެއެވެ. މިއަދަކީ ވެސް ހަމަ މިކަހަލަ ދުވަހެކެވެ. މިއަދު ރީމާ އަތިރިމައްޗަށް އައިތާ މާގިނައިރެށް ނުވެ ރީމާ އިށީން ތާ ކައިރީގައި ޒުވާން އުމުރުގެ ފިރިހެން ކުއްޖެއް އައިސް ޖައްސާލިއެވެ. ވިސްނުމަކަށް ރީމާ ގެށްލިފައި އިނުމުން މީހަކު އައިކަމެށް ރީމާ އަކަށް ނޭނގެއެވެ. ނަމަވެސް އިރުތަކެށް ނުވެ ރީމާ އަށް ވެސް އެތާގައި އިން […]
”ނޫން ތިހެން ނުބުނޭ. އަހަރެންގެ އާލާ އަހަރެން ދޫކޮށްލާފަކާ ނުދާނެ. ތި ހަދަނީ ދޮގު. އަހަރެމެންގެ ދަރިފުޅު ދުނިޔެއަށް ފުރަތަމަ ނޭވާ ލީ ދުވަހު އާލާ ކީއްވެ އޭނާގެ އެންމެ ފަހު ނޭވާ ދޫކޮށްލަންވީ؟ ތީ އޮޅުމެއް. ޑޮކްޓަރ.. އާލާ ރަނގަޅަށް ބަލާދީ. ތިއުޅެނީ އޮޅިގެން.” އަހަރެންނަށް ބާރު ބާރަށް ރޮއި ގަނެވުނެވެ. މޫނުގައި ދެއަތް އަޅައިލެވުނެވެ. ހިތުގައި އަތް އަޅައިލެވުނެވެ. ފާޜުގައި ލެގިލައިގެން ހުރެ ތިރިވެވުނެވެ. އަހަރެންގެ ހިތް ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ދިލަ […]
އެއްދުވަސް ވަރެއްގައި ކޮތަރެއް އުޅުނެވެ. މި ކޮތަރަކީ މީހުންނަށް ހިތްހެޔޮ އަދި އެހާމެ ވަރަށް މޮޅަށް ކިޔަވައިގެން ހުރި އެއްޗެކެވެ. އެހެންކަމުން މި ކޮތަރަށް ހެވާއި ނުބައި ވަކި ކުރަން އެނގެއެެވެ. އިރު ފެނުން ތޮޅިލުމާއި އެކު ހާގޮވާ އަޑު އިވެން ފަށައިފިއެވެ. ކޮތަރު ނުތެދުވާން އޮވެފައި ވެސް ތެދުވެއްޖެއެވެ. ދަތް އުނގުޅާ ފެންވަރައިގެން އޭތި ހެނދުނު ނާސްތާ ތައްޔާރު ކުރުމަށް އަވަސްވެގަތެވެ. މީއްޗަކީ ވަރަށް ހީވާގި، ހުނަރުވެރި އަދި މުރާލިވެސް އެއްޗެކެވެ. ދޮރުގައި ޓަކިދޭން ފެށި […]
ހަވީރުގެ ހިތްގައިމު ވަގުތެވެ. ބަންދު ދުވަހެއް ކަމުން ހުޅުމާލޭގެ ސެންޓްރަލް ޕާކް ގައި އެކި އުމުރު ފުރާ ތަކުގެ މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ސެންޓްރަލް ޕާކް އަށް ދާން ތައްޔާރުވެގެން ޔަމީން އާއި އޭނާ ގެ އަންހެނުން ލީޒާގެ އިތުރުން އެދެމީހުންގެ ފަސްއަހަރުގެ ދަރިފުޅު ޔުލީން ސިޓިންރޫމްގައި ތިބީ ޔަމީން ގެ ކޮއްކޮ ޔާނިޔާ ގެ އިތުރުން ޔަމީން ގެ ބެސްޓްފުރެންޑް ރާއިފް ކޮޓަރިން ނިކުންނަން ދެންނެވެ. މާ ގިނަ އިރު ވާން ހެދީމައި ލީޒާ ޔުލީން […]
ރޭގަނޑުގެ ހަމަހިމޭން ވަގުތު މިޝާ އިނީ އޭނާ ގެ ލޯބިވެރިޔާ ނާހީ އާއެކީ ރަށުގެ ހަމަހިމޭން ތުނޑިމަތީގައެވެ. ލޯބީގެ އެތައް މަލެއް ފޮޅުވަމުން ދާ މި ދެލޯބިވެރިން ގެ ވެސް ތުންފަތުގައި ވަނީ ހިތްގައިމު ހިނިތުން ވުމެކެވެ. ކޮންމެރެއަކުވެސް މި ގޮތުގައި ދެލޯބިވެރިން ހޭދަކުރެއެވެ. މިގޮތައް އެތައް އިރަކު ތިބެފައި ދިހައެއް ޖެހުމުން މިޝާ ގެ އެދުމައް ދެމީހުން ވެސް ރަށަތެރެއައް އަރައި ގަންނައް ދާން ހިނގައިގަތެވެ. މިރެއަކީ މިއީ މިހާ ލަސްވަންދެން ދެމީހުން އެކީގައި ހޭދަކުރި […]
މަންމަގެ ރުހުންނެތަސް އަހަރެންގެ ދިރިއުޅުމުން ތާޝާ ބޭރުކުރާކަށް ނެތީމެވެ. އެއީ ތާޝާއަށްޓަކައި އަހަރެންގެ ހިތުގައިވަނީ ތެދުވެރި ލޮތްބެއް ކަމުގައިވާތީ އެވެ. އަހަރެމެންގެ އާއިލާއަކީ މާލޭގައި ނަންހިނގާ މުއްސަނދި އާއިލާއެކެވެ. ނަމަވެސް ތާޝާ އަކީ ވަރަށް ފަގީރު ދެމަފިރިޔަކަށް ލިބިފައިހުރި ހަމައެކަނި ދަރިފުޅެވެ. އަހަރެންފަދައިން ތަނަވަސް މީހަކަށް ތާޝާ ނުވިޔަސް އަހަރެންގެ ހަޔާތަށް ތާޝާ ނޫން އިތުރު އަންހެންކުއްޖެއް ގެނައުމަކީ ހަމަހޭގައިހުރެގެން އަހަރެން ކުރާނެ ކަމެށް ނޫނެވެ. ސާނަވީ އިމްތިހާނު ނިމި މަންމަމެން އިތުރަށް ކިޔަވައިދިނުމަށް އަހަރެން ޔޫކޭއަށް […]
އަރައިގެން އައި އިރާ އެކު ބޭރަ ތެރެކުނިކަހަން ޖަނާ ނިކުތެވެ. އަވަސް އަވަސް އަރުވާ ލައިފައި ކުނިކަހާ ނިންމާލައިފައި ޖަނާ ދިޔައި ބަދިގެއަށެވެ. މީ ކޮންމެ ދުވަހަކަގެ ވެސް ހާލެވެ. ގޭގޭގައި ގެން ގުޅޭ ނޯކަރުންނައް ވުރެވެސް ޖަނާގެ ހާލު ދަށެވެ. ގެއަކީ ހުސް އަންހެނުން އުޅޭ ގެއަކައް ވެފައި ވީ ނަމަވެސް ގޭގައި ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަން ޖެހެނީ ޖަނާ އެކަނި މާ އެކަނި އެވެ. މިގޭގައި ޖަނާ ގެ އިތުރުން ޖަނާ […]