Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

މާފުކުރާށޭ… 03 ފަހުބައި

nizam Level 110 Stories
April 21, 2017 3 Mins Read
21 Comments

އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ނޫނީ މަންމައާއި ބައްޕަ ބައްދަލެއް ނުވެއެވެ. ބައްޕަ ވަޒީފާ އަދާކުރަނީ އުތުރުގެ ރިސޯޓެއްގައެވެ. އަހަރެމެން އުޅެނީ ޏ.އަތޮޅުގައެވެ. ކުރީގައި ފޯނެއް ނުހުރެއެވެ. ސިޓީއަކުން ނޫނީ ޚާލު އަޚުވާލު ވެސް އެނގޭކަށް ނޯވެއެވެ.

ނަމަވެސް ދާދިފަހުން ގޭގައި ފޯނުވެސް ލައިފިއެވެ. މިހާރު ބައްޕަ ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު ކަހަލަ ގޮތަކަށް ގެއަށް ގުޅައެވެ. އެކަމަކު އަދިވެސް ބައްޕައަށް ރަށަށް އާދެވެނީ ކުރިއެކޭވެސް އެއްގޮތަށް އަހަރަކު އެއްފަހަރު ނޫނީ ދެފަހަރު ކަހަލަ ގޮތަކަށެވެ.

މަންމައާއި ބައްޕަގެ އުމުރުން ދުވަހަކަށް ފަހު ދުވަހެއް ފާއިތުވަމުން ގޮސް މިހާރު މަންމައާއި ބައްޕަގެ އުމުރުން ދުވަސްވެ ދެމީހުންގެ ގައިން ބާރުކެނޑި މުސްކުޅި ވަނީއެވެ. ކަޅު ކުލައިގެ އިސްތަށި ގަނޑުގައި ހުދުކުލަ ޖެހި ބޯ އެއްކޮން ހުދު ވެއްޖެއެވެ.

އެހެންނަމަވެސް މިހާދުވަސް ވީއިރުވެސް އަދިވެސް މަންމަޔަށާއި ބައްޕައަށް ދީނާއި ދަރިންނަށްވުރެ މުހިންމު އެހެން އެއްވެސް އެއްޗެއް ނެތެވެ.

މަންމަގެ އެންމެ ބޮޑު ހުވަފެނަކީ ހައްޖައް ދިއުން ކަމުގައިވިޔަސް އޭގެ ކުރީގައި މާޒިންއަށާއި ރައިހާއަށް ރަނގަޅު ތަޢުލީމެއް ހޯދައި ދިނުމަކީ މަންމަގެވެސް އަދި ބައްޕަގެވެސް އެންމެ ބޮޑު އުއްމީދެވެ.

އަހަރެންނަށާއި ދޮންތައަށް ލިބުނުފަދަ ރަނގަޅު ވަޒީފާއެއް ލިބުމަށްޓަކައި އެކުދިންނަށްވެސް އެދެވޭ ތަޢުލީމެއް ހޯދައިދޭން މަންމަމެން މަސައްކަތް ކުރެއެވެ.

މަންމަމެންނާއިއެކު އަހަރެން އުޅެބޮޑުވި ގެއަކީ އަދިވެސް ވަރަށް އާދައިގެ ކުޑަކުޑަ ގެއެކެވެ. އިއްޔެއާއި ޖެހެންދެން މަންމަ ކައްކައި އުޅުނީ ގޭހަކުން ނޫނެއެވެ. ނަމަވެސް އެކަމުގައި ވެސް މަންމަ އުފުލި ތަކުލީފު ތަކަކީ އަހަރެމެންނަށްޓަކައި މަންމަވީ މަތިވެރި ޤުރުބާނީއެއް ކަމުގައި މިއަދު އަހަރެން ޤަބޫލު ކުރަމެވެ.

އެގޮތުން މިހާރު އަހަރެން މަސައްކަތް ކުރަމުން މިދަނީ މަންމައަށް ތަންކޮޅެއް އަރާމުގައި ދިރިއުޅެވޭނެ ގޮތަކަށް ގެއާއި ގޭގެ ކަން ތައްތައް ހަމަޖެއްސޭތޯއެވެ. އަދި ދޮންތައާއި އަހަރެން މަސައްކަތް މިކުރަނީ މަންމައާއި ބައްޕަ ހައްޖަށް ފޮނުވޭތޯއެވެ. މިކަމުގައި ޅިޔަންބެގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ލިބެއެވެ.

މިޝާ ވެސް އަހަރެންގެ މިހުވަފެން ސީދާކޮށްދިނުމަށް އެހީވާނެނަމަ ކޮންފަދަ ހެއްޔެއެވެ؟ މަންމައަކީ އަހަރެމެންނަށްޓަކައި ކިހާވަރެއްގެ މީހެއްކަން ހުދު އަހަރެން މިޝާއަށް ވިސްނައި ދީދީ މިހާރު އަހަރެން ވަރުބަލި ވެއްޖެއެވެ. އެކަމަކު އެއީ ކިހާވަރެއްގެ މީހެއްކަން މިޝާއަށް އަދިވެސް ނުވިސްނެއެވެ.

ގައިމު މިޝާ އަކީވެސް މިހާރު މަންމައެކެވެ. ދަރިފުޅުގެ ހައްޤުގައިވެސް ރޭގަނޑު ހޭލާ އިންނަންޖެހޭ ވަގުތު ތަކުގައި ކުރެވޭ އިޚުސާސާއި ރޭގަނޑުގެ ވަރުބަލި ކަމާއިއެކުވެސް ދުވާލުގެ ވަގުތު ތަކުގައި ދަރިފުޅަށްޓަކައި ކުރަންޖެހޭ މަސައްކަތާއި އުފުލަންޖެހޭ ބުރަ މިޝާއަށް ހަމަ ނޭނގެނީބާއެވެ؟

ފުރަތަމަ ބަލިވެ އިންކަން އެނގުނު ދުވަހު މިޝާ އެކަމާ ވަރަށް ދެކޮޅު ހެދިއެވެ. ދަރިއަކު ހޯދަން އަދި އަހަރެން ބޭނުން ނޫން ކަމުގައި ބުނެ އެކި އެކި ބަހަނާ ދައްކައިގެން ދަރި ވައްޓާލަން ވެސް އުޅުނެއެވެ. ނަމަވެސް އަހަރެން އެކަމާ ދެކޮޅު ހެދުމުން އޭނައަށް އެކަމުގައި އިތުރު ގޮތެއް ނެތުނީއެވެ.

އޭގެ ނުވަމަހާ ނުވަދުވަސް ފަހުން ވިހަން ވުމުން މިޝާ ބާރަށް ރުޔެއެވެ. އެހެނަސް އެތުއްތު ދަރިފުޅުގެ މޫނު ފެނުމުން ކުރިން ރުޅިއައި ނަމަވެސް މިޝާ އެއިން އެއްވެސް ކަމެއް ހަނދާނެއް ނެތެވެ.

ވީއިރު މަންމައަކީ ކިހާވަރެއްގެ ކިހާ މަތީ ދަރަޖައެއް ދޭންޖެހޭ މީހެއްކަން އަދި މަންމައަށް ދަރިއަކު ކުރަންޖެހޭ އިޚުތިރާމް މިޝާއަށް ނޭނގެންވީ ހަމަ އެއްވެސް ސަބަބެއް ނެތެވެ.

މިސްކިތަށް ވަންނަމުން އަހަރެން ގޮތެއް ނިންމީމެވެ. އެނބުރި ގެޔަށްދާއިރު މިޝާ ގޭގައި ނެތްނަމަ ދެން އިތުރަށް މިޝާއަށް ވިސްނައިދިނުމުގެ ބޭކާރު މަސައްކަތް އަހަރެން ނުކުރުމަށެވެ.

އެހިސާބުން އަހަރެން މިޝާއާއި މިޝާގެ މިނިވަން ދިރިއުޅުމަށް ފުރުސަތު ދީފައި އަޒާންގެ ދިރިއުޅުން އުޖާލާ ކުރުމަށްޓަކައި ހުދު އަހަރެން މަސައްކަތް ކުރުމަށެވެ. ކެތްކުރެވޭނީވެސް ވަކި ވަރަކަށެވެ.

އެނބުރި ގެއަށް އައި މަގުމަތީގަވެސް ތަފާތު އެކި ޚިޔާލުތައް އަހަރެންގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. މަންމަ އަހަރެންނާއި ދޮންތައާއި ކޮއްކޮމެނަށްޓަކައި އުފުލައި ބުރައާއި ވަމުންދާ ޤުރުބާނީ ތަސައްވަރު ކުރެވޭ ކޮންމެ ފަހަރަކު އަހަރެން ދެރަވެ ފިނިވެއެވެ.

ފަހަރެއްގައި މަންމަގެ ހިތުގައި ޖެއްސިފައި ނެތްބާއެވެ؟ ބައްޕައަށް ހިތަން ޖެހޭވަރަށް ކަމޭހިތޭބާއެވެ؟ އެދެމީހުންނަށް އަޅާލެވޭ ބާއެވެ. އެމީހުން ނިމިދަނީ އަހަރެމެންނަށްޓަކައެވެ. އަހަރެންގެ ފަރާތުން އެދެވޭ ބަދަލެއް އެދެމީހުންނަށް ދެވުނުބާއެވެ؟

އަހަރެންނަކީވެސް މީހަކާ އިނދެގެން އުޅޭ ފިރެހެނެކެވެ. މިހާރު ދަރިއެއްގެ ބައްޕަ އެއްވެސްމެއެވެ. އަނބިމީހައާއި ދުރުގައި އުޅެން ޖެހިއްޖެނަމަ ވާނެގޮތެއްވެސް ހަމަ އެއްގޮތަކަށް ވެސް އަހަރެންނަކަށް ނޭނގެއެވެ.

އެކަމަކު މަންމައާއި ބައްޕަގެ ޒަވާޖީ ޚަޔާތް ދެމިގެން އެދަނީ ތެދުވެރިކަމާއި ވަފާތެރިކަމުގައި އެމީހުންނާ ހަވާލު ކުރެވިފައިވާ އަމާނާތެއްގެ ގޮތުގައިބަލާ ބޮޑުކުރަމަށް ދެއްވާފައިތިބި ދަރިންގެ ޚިދުމަތުގައި ވަގުތުތައް ހޭދަކުރުމަށްޓަކައި އެކަކު އަނެއްކަކާއި އެތަކެއް މޭލު ދުރުގައި ދުނިޔެ އަށް ނަމޫނާ އެއްގެ ގޮތުގައި ތިބެއެވެ.

ޚަޤީޤަތުގައިވެސް އަހަރެން މަންމައާއި ބައްޕައަށްޓަކައި ވަރަށް ފަޚުރުވެރިވަމެވެ. އަދި އަހަރެން އަބަދުވެސް އެންމެ އިސްކަމެއް ދޭނީވެސް އެދެމީހުންނަށެވެ. މަންމައާއި ބައްޕައަށްޓަކައި ފަޚުރުވެރިވާ ގޮތައް އަހަރެން އަބަދުވެސް އެދެމީހުންނަށް ޝުކުރުވެރި ވެސް ވާނަމެވެ.

“މަންމަ މާޢާފް ކުރީތީ ވަރަށް އުފާވެއްޖެ! މަންމަ ތިދިން ނަސޭޚަތުގެ ބޭނުން ހިފައިގެން ކުރިޔަށް އޮތްތަނުގައި އިރާދަ ކުރެވިއްޔާ ރަނގަޅު އަތްބަކަށް އަދި ރަނގަޅު މަންމައަކަށް ވުމަށް މަސައްކަތް ކުރާނަން! ކީއްވެގެން ކަމެއް ނޭނގޭ! ބައެއް ފަހަރު ހަމަ ރުޅިގަދަވެވެނީ! އަސްލު އަލާންއާ ޒުވާބު ކުރާކަށް ވެސް ބޭނުމެއްނޫން! އެކަމަކު….”

އަހަރެންގެ ފިޔަވަޅުގެ އަޑު އިވުމުން ވެސް ކަންނޭނގެއެވެ. ނާޒު ދައްކަމުން ދިޔަ ވާހަކަ ހުއްޓައިލިއެވެ. މިޝާ އިނީ މަންމަ ކައިރީ އެނދުގައި އށީނދެގެންނެވެ. އޭރު މަންމަ މިޝާގެ ބުރަކަށީގައި އޯގާތެރި ކަމާއިއެކު ފިރުމަމުން ދިޔައިރު އެކުޑަކުޑަ އަޒާން އިނީ މިޝާގެ އުނގުތެރޭގައެވެ.

އަހަރެން ފެނުމުން އަޒާން މަންމަ އަތަށް ދީފަ މިޝާ އައިސް އަހަރެން ކައިރިއަށް ހުއްޓިލިއެވެ. އަދި އަހަރެނާ ދިމާއަށް ބަލައިލިއެވެ. އާދޭހުގެ ލޮލަކުންނެވެ. އަހަރެންނަށް މާފުކުރާށޭ ބުނާ ފަދައިންނެވެ.

އެވަގުތު އަހަރެންނަށް ބަލައިލެވުނީ އެނދުގައި އިށީނދެގެން އިން އަހަރެންގެ މަންމައާ ދިމާއަށެވެ. އެވަގުތު ހިނިތުން ވެލަމުން އާއެކޭ ބުނާފަދައިން މަންމަ ބޯޖަހައިލިއެވެ.

މިޝާއަށް ހެޔޮ ވިސްނުނީތީ އަހަރެން އުފާވިއެވެ.

“އަހަރެން މިޝާއަށް މާފުކޮށްފިން.” މިޝާގެ މޫނުގައި ދެއަތުން ހިފަހައްޓައިލަމުން އަހަރެން ބުނީމެވެ.

“ތެންކުސް އަލާން… މިއޮށް ހުރިހާ ދުވަހަކު އަލާންދެރަކޮށް ހިތުގައި ޖެއްސުނީތީ އަހަރެން ވަރަށް ދެރަވެއްޖެ… އެކަމަކު ދެން ދުވަހަކު ވެސް އަލާން ދެރަވާފަދަ ކަމެއް ނުކުރާނަން…. އަދި އަލާން ތި ދެކޭ ހުވަފެން ހަޤީޤީ ގަތަކަށް ހަދައިދޭން އަހަރެން އަލާންއަށް އެހީވާނަން…. އަދި މިރޭން ފެށިގެން އަހަރެން ދެންއުޅޭނީ އަބަދުގެ އަބަދަށް އަލާންއާ އެކީގަ މިގޭގަ.” އަހަރެންގެ އަތުގައި ހިފަހައްޓައިލަމުން ހިނިތުންވެފައި ހުރެ މިޝާ ބުނެލިއެވެ.

އެވަގުތު އަހަރެން މިޝާ އަހަރެންގެ ގަޔާލައި ބޮނޑި ކޮށްލީމެވެ. އަދި މިޝާ ވެސް އަހަރެންގެ ގައިގާ ދެއަތުން ބައްދާލީ ދެން ދުވަހަކުވެސް އަހަރެން ދޫކޮށްފަ ނުދާނަމޭ ބުނާ ފަދައިންނެވެ.

“ހޫ… ދެން ހިނގާ މަންމައާ އެކީ ދެކުދިންވެސް ބަތްކާންދާން. މަންމަ ހުންނާނެ ވަރަށް މީރުކޮން ކުޅިމަސް ހަދާފަ. ކޮއްކޮމެންވެސް އެބަތިބި ކާގެ ތެރޭގަބަތްކާން”

އެނދުން ތެދުވަމުން ކާގެޔާ ދިމާލަށް ހިނގައިގަންނަމުން މަންމަ ބުނެލިއެވެ. އެވަގުތު އަހަރެންނާއި މިޝާ މަންމަގެ ފަހަތުން ހިނގައިގަތީ ހިނިތުންވެ ތިބެއެވެ. ދެން ދުވަހަކުވެސް އެހިނިތުންވުން ކެނޑިގެން ނުދާނޭ ބުނާފަދަ އަކުންނެވެ.

ނިމުނީ

 

 

 

Share Article

Follow Me Written By

nizam

Level 110 Stories

Other Articles

Previous

ހެލޯ

Next

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (20)

Next
April 21, 2017

ލޯ މެރޭ ހިނދު ހީވޭ ގާތުގާ ވާހެން (20)

Previews
April 20, 2017

ހެލޯ

21 Comments!

  1. nizam says:
    April 21, 2017 at 3:26 am

    miothy vaahakaage fahu part… alhuganduge vaahaka thakah saport kuravvaa hurihaa faraaih thakah ves mi bai ves kamudhaane kamah ummeedhu kuran….gudnyt all my friends….

  2. ssss? says:
    April 21, 2017 at 6:17 am

    Varah rythi mi vaahaka ?

    1. nizam says:
      April 21, 2017 at 11:02 am

      thanks ssss…

  3. naan says:
    April 21, 2017 at 6:26 am

    Mi vaahaka v reethi

    1. nizam says:
      April 21, 2017 at 11:03 am

      thanks naan…

  4. Maree says:
    April 21, 2017 at 6:39 am

    vvvv reeethi v furihama vaahakaeh aharamen enmennakeeves main bafain dheke loabi vaa adhi ihutiraam kuraa bayaku kamugaa lahvvaashi aameen nizam digu vaahaka akah vvvv intizaaru kuran

  5. Hajja says:
    April 21, 2017 at 7:59 am

    V iburaiytheri vaahaka emmee….mikahala vaahaka v kamudhey alhugadah

    1. nizam says:
      April 21, 2017 at 11:04 am

      thanks hajja… aslu ves dhow

  6. Zev says:
    April 21, 2017 at 9:04 am

    vrh reethi vaahaka…. ekam dhen gensdhey vaahaka vaane miyah vuren dhigu kuraan….

    1. nizam says:
      April 21, 2017 at 11:06 am

      thanks zev… iraadhakureviyyaa….

    2. nizam says:
      April 21, 2017 at 11:07 am

      thanks lara…

  7. lara says:
    April 21, 2017 at 9:39 am

    salhi

  8. Kiyaa kujja says:
    April 21, 2017 at 10:39 am

    Iburaitheri reethi vaahakaeh. Mujuthamaun gellemundhaa emme maai eh sifa (mainbafainnah ihthiraam kurumuge sifa) ah mivaahakain baaru libidheefa vaathee varah ufaa vejje.

  9. Khajja says:
    April 21, 2017 at 11:07 am

    V salhi thanks 4 the luvly stry

    1. nizam says:
      April 21, 2017 at 11:08 am

      thanks khajja…

  10. Nana says:
    April 21, 2017 at 12:10 pm

    Vrh salhi mi story.. Adhi vaane mikahala baivaru stories genesdheyn.. Miahvure dhigukoh.. Ingey..

    1. nizam says:
      April 21, 2017 at 2:05 pm

      yes….. and thanks nana… iraadha kureviyyaa…

  11. Jjeyツ says:
    April 21, 2017 at 2:04 pm

    Nice

    1. nizam says:
      April 21, 2017 at 2:06 pm

      thanks Jjey….

  12. Maree ge mom sahzu says:
    April 21, 2017 at 2:26 pm

    vv reethi v nala nizam ge ehen vaahaka akah inthizaaru kuran

    1. nizam says:
      April 22, 2017 at 5:15 pm

      thanks maree ge mom sahzu….

Comments are closed.



All Right Reserved!