އަހަރެންގެ ނަސީބު
ނޯޓް: މިއީ ހަޤީޤީ ވާހަކަ އެކެވެ.
އޭރު އަހަރެންގެ އުމުރުން ވާނީ އެންމެ 16 އަހަރެވެ. ގުރޭޑު 10 ނިންމިއިރު ހުރީ ހަމައެކަނި ރަހްމަތްތެރިޔާ ޝަދާ އިތުރަށް ކިޔަވަން އެހެން ރަށަކަށް ދިއުމުން އަހަރެން ވަރަށް އެކަނި ވިއެވެ. ޝަހީދާ ދިއުމުން އެންމެ ގާތް ވެވުނީ އަހަންނަށް ވުރެ 2 އަހަރު ކުޑަ އަހަރެންގެ ކޮއްކޮއާއެވެ. އެކަމަކުވެސް ގިނަ ވަގުތު އަހަރެން ހުންނަނީ ފޫހި ވެފައެވެ. އެކަނިމާއެކަނި ވަލުތެރޭގަޔާއި އަތިރިމަތީގައި ވަގުތުތައް ހޭދަ ކުރީމެވެ. އެކަމަކުވެސް ނަމާދަށް ފަރުވާލެއް ނުބަހައްޓަމެވެ. ދެނަމާދު ދޭރެތޭގައިވެސް ނަމާދު ނުކޮއް އުޅުނީ ޓީވީ ބެލުމުގައެވެ. ޤްރްއާން ފޮތެއްގައި އަތްލަނީވެސް ހަމަ އެކަނި ރޯދަމަހުގައެވެ. އަހަންނަކީ ލަވަ އަޑުއަހާ މީހަކަށް ނުވިޔަސް ކޮއްކޮމެން އަޑު އަހާތީ އަހަރެންވެސް އަޑުއަހަން ފެށީމެވެ. ބައެއް ލަވަތައް ދަސްވެސް ކުރީމެވެ.
އެއްދުވަހެއްގެ ހަވީރު އަހަރެން ކޮއްކޮ ކައިރިއަށް ކަމަކު އައިއިރު ކޮއްކޮ އިނީ ކޮމްފިއުޓަރ ދޮށުގައެވެ. އަހަރެން ފެންނައިރަށް ހީހުދުވެލާފައި ޗެޓް ކުރަން އަންނާށޭ ބުންޏެވެ. ޗެޓް ކުރުމަކީ ކޮބާކަން ނޭނގޭ ހާލު އެއީ ކޯޗެއްތޯ ކޮއްކޮ ގާތު އެހީމެވެ. އެހެން ބުނުމާއެކު ކޮއްކޮ އަހަންނަށް ދައްކާލީ ކުދި ކުދި ގޮޅި ތަކެކެވެ. އޭގައިވަނީ ދެފަރާތެއްގެ މެސެޖްތަކެވެ. ރަނގަޅަށް ވިސްނާލިއިރު ކޮއްކޮ ބޭރު ގައުމެއްގެ ކުއްޖަކާ ވާހަކަ ދައްކަނީއެވެ. އެހެންވިއްޔާ ޗެޓް ކުރުމަކީ މިއީތާއޭ އަހަރެންގެ ހިތައް އެރިއެވެ. އަހަރެންގެވެސް އެއްވެސް އެކުވެރިއަކު ނެތުމުން މިކަން އަހަންނަށްވީ ލިބުނު ނިއުމަތެއްފަދަ އެއްޗަކަށެވެ. ހަމަ އެދުވަހު ކޮއްކޮ ކައިރިން ޗެޓް ކުރަން ދަސްކުރީމެވެ. އަދި އަމިއްލަ އައި.ޑީ އެއްވެސް ހެދީމެވެ. މަޑުމަޑުން އެކަމަށް ފަރިތަ ވުމުން ފޭސްބުކްވެސް ބޭނުންކުރަން ފެށީމެވެ.
އެންމެ 2 މަސް ދުވަހުތެރޭގައި ފޭސްބުކްވެސް ވަރަށް ރަނގަޅަށް ދަސްވިއެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އަހަރެން ފުދޭވަރަކަށް ރަހްމަތްތެރިން ހޯދީމެވެ. ނަމާދަކަށް ފަރުވާލެއް ނުބަހައްޓައި ވަގުތުތައް ހޭދަކުރީ ފޭސްބުކްގަޔާއި ލަވަ އަޑުއެހުމުގައެވެ. އެކަމަކުވެސް އަހަރެން ހިތުން އަހަރެން ވަރަށް ރަނގަޅެވެ. އަހަރެންނަށް އެމަދު ދުވަސްކޮޅު ތެރޭގައި ބެސްޓްފްރެންޑެއްވެސް ލިބުނެވެ. ނަމަކީ ބިލާލްއެވެ. ރެޔާ ދުވާލު ނުކައި ނުބޮއި ނިދިން މަހްރޫމްވެގެންވެސް އޭނައާ ވާހަކަ ދެއްކޭތޯ ބެލީމެވެ. ލޯތްބަކީ ކޯޗެއްކަމެއްވެސް އޭރު ނޭނގެއެވެ. އެނގުނުހާވެސް އެއްޗަކީ އަހަރެން އޭނަ ގެއްލެން ބޭނުންނުވާ ކަމެވެ. އެންމެގާތް ރަހްމަތްރެތިޔާ ކަމުގައިވުމުން ކަމަށްވެސް ވެދާނެއެވެ.
އެކުވެރިކަމަށް މާގިނަ ދުވަސްތަކެއް ނުވަނީސް އެއްދުވަހަކު އަހަރެން ބިލާލްގެ ބޭބެއަކާ ވާހަކަ ދެއްކީމެވެ. އެކަމާ ބިލާލް ވަރަށް ރުޅިއައެވެ. ދެން ދުވަހަކުވެސް މެސެޖް ނުކުރާނަމޭ ބުނެ ވަރަށް އެއްޗެހި ގޮވިއެވެ. އަހަރެން ރޮއި އާދޭސް ކުރަންފެށީމެވެ. އެންމެ ފަހުން އަހަންނަށް ވިސްނާނުލާ ކުރެވުނީ އަހަރެންގެ ދިރިއުޅުމުގެ އެންމެ ބޮޑު ކުށެވެ. އަހަރެން އޭނާގާތު ބުނީ ދެން ދުވަހަކުވެސް ރުޅިއަންނަ ކަހަލަ ކަމެއް ނުކުރާނެ ކަމަށާއި އޭނަ ބުނިއްޔާ ބުނިހާ ކަމެއް ކުރާނެކަމަށެވެ. ބިލާލް އެކަމާ ރުހި ގަބޫލު ވިއެވެ. ދެން އެދުނީ ފޭސްބުކް އައި.ޑީ ދިނުމަށެވެ. އެންމެގާތް އެކުވެރިޔާ ނުދާތީ ވެފައި ހުރި އުފަލެއްގެ ބޮޑުކަމުން އެކަންވެސް ކުރީމެވެ. އައި.ޑީ ދިނުމުން ބިލާލް އަހަރެންގެ އައިޑީއިން އޭނަ ފިޔަވައި އެހެން ހުރިހާ މީހުން ބޭރުކޮއްލިއެވެ. އަހަރެން ދެރަވިނަމަވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. އެހެންނޫނީ އަނެއްކާ ބިލާލް އަހަރެން ދޫކޮއްފަ ގޮސްދާނެއެވެ. ހަމަ އެރޭ ބިލާލް އަހަރެންގާތު ރައްޓެހިވާން އެހިއެވެ. އަހަރެން އުފާވިނަނަވެސް އަހަރެން ބިލާލްދެކެ އޭރު ލޯތްބެއް ނުވެއެވެ. އެކަމަކުވެސް އަހަރެންގެ މޮޔަކަމުން އެކަމަށް ރުހި ގަބޫލުވީ ވިސްނާވެސް ނުލައެވެ. އެދުވަހަށްފަހު އަހަރެމެން ކުރިއަށްވުރެވެސް ގިނައިން ވާހަކަދައްކަން ފެށީމެވެ.
ވަރަށް އުފަލުން ދުވަސްތައް މާޒީއާ އެކުވަމުން ދިޔައެވެ. އެ އުފާތަކަށް މަޑުޖެހުމެއް އައީ އެއްދުވަހަކު ބިލާލްދިން ހަބަރަކުންނެވެ. ބިލާލް ބުނި ގޮތުގައި އޭނާއަށް ވަނީ ލެޔައް ކެންސަރ ޖެހިފައެވެ. އަދި ދިރިއުޅޭކަށް މާގިނަ ދުވަހެއްވެސް ނެތެވެ. އަހަރެން އެދުވަހު ވަރަށް ރުއީމެވެ. ބިލާލްއާ ނުލައި އުޅޭބެ ގޮތް ހިތައް އަރުވާލުމުން ހިތުގައި ރިއްސަމުން ދިޔައެވެ. އަހަންނަށް މިހެން މިވަނީ ލޯބިވެވިފައި ވުމުން ކަން އަހަންނަށް އެނގުނެވެ. ވެފައިވާ ދެރައިންނާއި ބިލާލް ގެއްލިދާނެ ކަމުގެ ބިރުން އަތްފައި ތުރުތުރުލާ ހާލު އަހަރެން ޤުރުއާން ކިޔަވައި ނަމާދުކޮއް ދުއާ ކުރަންފެށީމެވެ. ޤުރުއާން ފޮތުގައި އަތްލީ ކިތައް ދުވަސް ކޮއްފަކަމެއްވެސް ނޭނގެއެވެ. އަހަންނަށް އެބަލި ދީފައިވިޔަސް ބިލާލް ރަނގަޅުވޭތޯ ދުޢާ ކުރީމެވެ.
އަހަންރެން ކޮއްކޮއާއެކު ބައިވެގެން ނެޓުން ކެންސަރާ ބެހޭ މަޒުމޫނުތައް ކިޔަންފެށީމެވެ. އަދި ކެއިން ބުއިމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް ހޯދައި އެވާހަކަތައް ބިލާލް ދެރަނުވާނެހެން ކިޔައިދިނީމެވެ. ދެން ބިލާލް ބުނި ވާހަކައިން އަހަރެމެންވީ ރަތްކެވެ. ބިލާލް ބުނީ ބިލާލްއަށް ކެންސަރ ޖެހިފައި ނުވާ ވާހަކައެވެ. އެ ހުރިހާ ދުވަހު އަހަރެން އޮހޮރީ ބޭކާރު ކަރުނަތަކެކެވެ. އައި ރުޅިން ދޮގުހެދީ ކީއްވެތޯ ސުވާކު ކުރީމެވެ. ބިލާލް ބުނީ އޭނަގާތު އެހެންބުނީ އެނާގެ އާއިލާ ކަމަށާއި ޖެހިގެން އުޅެނީ އެހެން ބައްޔެއް ކަމާއި އެއީ ކޮންބައްޔެއްކަން ޙުދު އޭނާއަށްވެސް ނޭނގޭ ކަމެވެ. އަހަރެން އެކަމާ އެހާވަރަށް ނުވިސްނީ ކޮންމެ ގޮތެއް ވިޔަސް ބިލާލްއަށް ކެންސާރ ޖެހިފައި ނުވުމުންނެވެ. ކޮންމެ ގޮތެއް ވިޔައް ދެން އޭނަ އަހަރެން ދޫކޮއްފައިދާނެ ކަމުގެ ބިރެއް ނެތެވެ. އަނެއްކާވެސް އުފާވެރި ދުވަސްތަކެކެވެ. އުފާވެރި ދުވަސްތަކާއެކު އަހަރެން ނަމާދުތަކާ ދުރުވަންފެށީމެވެ.
ދުވަސްތައް ފާއިތު ވަމުންދިޔަވަރަކަށް އަހަންނަށްވެސް ބިލާލްދެކެ އިންތިހާއަށް ލޯބި ވެވުނެވެ. ބިލާލްއާއެކު ހަޔާތެއް ފަށަން ބޭނުންވިއެވެ. އެވާހަކަ މަންމަމެންނާ ދެއްކުމުން ވަރަށް ނުގަބޫލުވިއެވެ. އެއްވެސް މީހަކަށް އިތުބާރު ކުރަންނުވާނެ ކަމަށާއި، ދޮގުހަދައި މަކަރުހެދުމުން ފޯވެފައިވާ މީހުން ތިބޭ މިޒަމާނުގައި ނުވެސް ދަންނަ މީހަކާ އެފަދަ ގުޅުމެއް ނުބޭއްވުމަށް ތަކުރާރުކޮއް ބުނަމުން ދިޔައެވެ. ނަމަވެސް އަހަރެން އެކަންތައްތަކަށް ދިނީ ބީރު ކަންފަތެކެވެ. ނަމަވެސް އަހަރެން ހުރީ ދުވަހަކުވެސް މަންމަމެންގެ ނުގަބޫލުގައި ބިލާލް ހާސިލް ކުރާކަށް ނޫނެވެ. އަހަރެން ނިންމީ ކޮންމެ ގޮތެއް ހަދާފައި ވިޔަސް މަންމަމެންގެ ރުހުން ހޯދާށެވެ. އަނެއްކޮޅުން ބިލާލްއާވެސް ކުދިކުދި މައްސަލަތައް ޖެހެން ފެށުމުން އަހަރެން ހުންނަނީ ބޯގޮވާފައެވެ. ބައެއްފަހަރު ރުޅިގަނޑު މައިތިރިވަނީ އަތުގައި ނުވަތަ ފައިގައި ކަޓަރު އެޅުވުމުންނެވެ. އެންމެ ފަހުން މަންމަމެންވެސް ހިތާއި ދެކޮޅަށް އަހަރެންގެ އުފަލައްޓަކައި ބިލާލްއާ ކައިވެނި ކުރުމަށް ގަބޫލުވިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އެކަމަކު މަންމަ ހިތްހަމަ ނުޖެހޭތީ ދެރަވެސްވިއެވެ. ނަމަވެސް އަހަރެން އުއްމީދުކޮއްގެން ހުރީ ބިލާލްއާ ކައިވެނި ކުރުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމުގައެވެ. އޭރު ކޮއްކޮވެސް އަހަންނަށް ތާއީދު ކުރިއެވެ.
އަހަރެންގެ އުމުރުން 18 އަހަރުގައި ކޮއްކޮ ކިޔަވަން މާލެއަށް ބަދަލުވިއެވެ. އަހަރެން ވަރަށް އެކަނިވެރިވިއެވެ. މަންމަމެން ތިބޭ ކޮޓަރި އަހަރެންގެ ކޮޓަރިއާ ދުރުކަމުން އަހަރެންގެ ކޮޓަރީތެރޭގައި ހުރެގެން މީހަކު ހަޅޭއްލެވިޔަސް ނޭނގޭނެއެވެ. އެހެންވެ ރޭގަނޑު ގަޑީގައި ވަރަށް ބިރުގަނެއެވެ. ބިރު ކެނޑުވުމަށްޓަކައި ވަރަށް ދަންވަންދެން އަހަރެން ޓީވީ ބެލުމުގަޔާއި ޗެޓް ކުރުމުގައި ހޭދަކުރަން ފެށީމެވެ. ކޮންމެ ރެއަކު އެތައް ލާރިއެއް ހަރަދު ކޮއްގެން ބިލާލްއަށް ގުޅަމެވެ. އޭރު އޮންލައިންކޮއް ގުޅޭކަމެއް އަހަންނަކަށް ނޭނގެއެވެ. ފޯނަށް ލާރިއަޅާވަރުން ފިހާރަތަކުގެ ސޭޓުންވެސް އަހަރެންގެ މަންމަގާތު އެވާހަކަ ދައްކައި އުޅުނެވެ. ނަމަވެސް އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ހުރީ އޭރު ބިލާލްގެ ލޯބީގައި ދީވާނާ ވެފައެވެ.
އަހަރެމެން ރައްޓެހިވެގެން އުޅޭތާ އަހަރުދުވަސް ވީއިރު ބިލާލް ހަޑި ވާހަކަ ދައްކަން ފެށިއެވެ. އެތައް އާދޭހެއް ކުރުމުންވެސް އެކަމާ އޭނަ އަޅައެއްނުލިއެވެ. ކޮންމެ ރެއަކުވެސް އެކިކަހަލަ ހަޑި ވާހަކަތައް ދައްކަންފެށުމުން އަހަރެން ރޯންފަށަމެވެ. އަދި ހެއްދެވި ފަރާތްދެކެ ބިރުގަތުމަށާއި ސުވަރުގެއަށް ދާން ބޭނުންނަމަ އެހެން ނޫޅުމަށް އެތައް ހާސްފަހަރަކު ބުނީމެވެ. ކޮންމެ ރެއަކުވެސް ދެނީ އެއް ޖަވާބެކެވެ، ސޮރީއެވެ. ދެން އެހެނެއް ނުވާނެއެވެ. އެކަމަކުވެސް އަނެއްދުވަހު އަނެއްކާވެސް ފަށާނެއެވެ. އެއް ދުވަހަކު އަހަރެން ނަސޭހަތްލައިދޭން ފެށުމުން އޭނާ ބުނީ ރޯކިރު ބާލިދީ އަކަށް އެއް ސަމުސާ ކުނި އެޅިޔަސް ނޫނީ ޖަގެއްގެ ކުނި އެޅިޔަސް އެ ކިރު ބާލިދީބޭނުން ނުކުރެވޭނެ ކަމާއި ވާނީ ހަމަ އެއްވަރުކަމަށެވެ. މަހްރަމަކަށް ނުވާ ފިރިހެން ކުއްޖަކާ އަންހެން ކުއްޖަކު ވާހަކަ ދެއްކުމަކީވެސް ގޯސްކަމަށް ވާއިރު އަދި އިތުރަށް ކިތައްމެ ގޯސް ކަމެއް ކުރިޔަސް ވާނީ އެއްވަރު ކަމުގައެވެ. އަހަރެން ވަރަށް ދެރަވިއެވެ. އެކަމަކުވެސް ކުޑަ ގޯސްކަމަކާ ބޮޑު ގޯސްކަމެއް އެއްވަރު ވާނެކަމަކަށް ގަބޫލެއް ނުކުރަމެވެ. އަހަރެން ބޭނުންވީ އަމިއްލައަށް މަރުވާށެވެ. ވެފައިވާ ދެރައާއި އެއްވަރަށް އަހަރެން ހުރީ ރުޅިވެސްއައިސްފައެވެ. ރޮއެރޮއެ މީހާ މޮޔަވާން ކައިރިވެފައިވީއިރު ހުރީ ހަމަހޭގައެއްވެސް ނޫނެވެ. އަހަރެން ކަޓަރު ނަގައި ވަރަން ފުންކޮއް އެތައް ފަހަރަކު ފައިގައި އެޅުވީމެވެ. ލޭތައް ރޮނގުލާފައި ފައިބަމުން ދިޔައިރުވެސް ތަދު އިހްސާސްވެސް ނުވާކަހަލައެވެ. އެހެންކަމުން ދެން ފެށީ ފާރުގައި ބޯޖަހާށެވެ. ދެން ބޮލަން އެނބުރުންއެރީކަމެއް ނިދުނީކަމެއް ނޭނގެއެވެ.
އަހަންނަށް ހޭލެވުނީ އަނެއް ދުވަހު ހެނދުނުއެވެ. ހޭލެވުމާއެކު ކުރެވުމު މޮޔަ ހިތައްއެރިއެވެ. އަދި ކޮޓަރީގައި އެހެންމީހަކު ނެތުމަކީ ނަސީބެކޭވެސް ހިތައް އެރިއެވެ. އޭރު ފަޔަށް ވަރަށް ބޮޑައް ތަދުވެ ހިނގާލެވޭވަރުވެސް ނުވާތީ އަހަރެން ފައިގައި ތުވާއްޔެއް ބަނީމެވެ. ފައިން ނާރެއް ކަނޑައިގެން ނުދިޔަކަންވެސް ނަސީބެވެ. އަހަރެން މިހާ ބަލިކަށިވީ ކޮންއިރަކުބާއެވެ. އެތައް އިރަކު އެހެން އޮތުމަށްފަހު ކޮޓަރިން ނުނިކުމެވިގެން އުޅެނިކޮއް މަންމައަށް އަހަރެންގެ ފައި ފެނުނެވެ #. އަނެއްކާ ބިލާލްއާހެދި ފައި ކަނޑާލީތޯ އަހާލުމުން ލަދުން ބުނާނެއެއްޗެއްވެސް ނޭނގުނެވެ. މަންމަ އެހެން ބުނުމަށްފަހު ނިކުމެގެން ދިޔައީ އެއީ މަންމައަށް ކުރެވުމު ކުއްހީއެއްކަމަށް ހީކޮށެވެ.
އެދުވަހު އަހަރެން ހިނގީ ކޮރުޖަހަމުންނެވެ. ކޮންމެގޮތެއް ވިޔަސް މަންމައަސް ސިއްރު ނުކުރެވޭނެތީ މަންމައަސް އަހަރެންގެ ފައި ދައްކާލީމެވެ. މަންމަ ވަރަށް ރުޅިއައިސްގެން އެއްޗެހި ގޮވައިގަތެވެ. މިއޮއްހާ ދުވަހު ބަލައިބޮޑުކުރި ދަރި އެކަހަލަ އަމަލެއްކުރުމުން މަންމައެއްގެ ހިތައް ކުރާނެ އަސަރު އަހަންނަސް އަންދާޒާވެސް ކޮއްނުލެވެއެވެ. ބައްޕައަށް ގޮވާފައި އަހަރެން ނަފްސާނީ ފަރުވާދޭ ތަނަކާ ހަވާލުކުރަންވީއޭ ބުނުމުން ވަރަށް ދެރަވިއެވެ. މަންމަމެން އެހެން އެބުނީ އަހަރެން ދެން އެހެންނުހަދާތޯ ކަންވެސް އެނގުނެވެ. އަހަރެން މަންމަމެންގަތު ދެން ދުވަހަކުވެސް އެހެން ނުހަދާނެކަމަށް ވައުދުވީމެވެ. 3 ދުވަސް ވަންދެން އަހަރެން ހިނގީ ކޮރުޖަހަމުންނެވެ.
އަހަރެން ބިލާލް ދޫކޮއްލަންވެސް ބޭނުންވިއެވެ. އެކަމުވެސް ވެފައިވާ ލޯތްބެއްގެ ބޮޑުކަމުން އެކަމެއް ނުވިއެވެ. އަހަރެން އޭނައަށްޓަކައި ވަރަށް ދުއާ ކުރީމެވެ. ނަމާދުތައްވެސް ކުރަންފެށީމެވެ. އެކަމަކުވެސް ހުރިހާ ނަމާދެއް ނުކުރަމެވެ. އަހަރެން ބިލާލްއަސް ވިސްނައިދެވޭތޯ ކުރި މަސައްކަތްތައްވީ ބޭކާރެވެ. ހައްތަހާވެސް ވީ ބޮޑުވަރެވެ. އެންމެ ފަހުން އަހަރެންގެ ނިވާކަމެއް ނުވާ ފޮޓޯ ފޮނުވުމަށްވެސް އެދެން ފެށިއެވެ #. އެހެން ނޫނީ ގުޅުން ކަނޑާލާނެ ކަމަށްވެސް ބުންޏެވެ. އަހަރެން ބިލާލް ގާތު އަހަރެން މިވާ ލޯތްބައްޓަކައި އެހެން ނުހެދުމަށް ބުނެ ރޮއެ އާދޭސް ކުރީމެވެ. ކޮންމެ ފަހަރަކުވެސް އަހަރެން ދެދުވަސް ވަންދެސް ތެޅުވުމަށް ފަހު ބުނަނީ އެއީ މަޖަލަކަށް ކުރިކަމެއް ކަމުގައެވެ. ކިތައްމެ ދެރަވިޔަސް އަހަރެން އުއްމީދު ކުރީ އަދި ބިލާލް ބަދަލުވާނެކަމުގައެވެ. އަހަރެން އޭނަދެކެވީ ހަގީގީ ލޯއްބެވެ.
އެއްދުވަހަކު ބިލާލް އަހަރެންގާތު ބުނީ އޭނަ ކިޔަވަން އިންގްލޭންޑަށްދާ ވާހަކައެވެ. އަދި އަހަރެންގާތު އެދުނީ އަހަރެން އޭނާ ހާސިލް ކުރަން ބޭނުންނަމަ އަހަރެންވެސް އޭނައާއެކު އެއްކޮޓަރިއެއްގައި އުޅެން އައުމަށެވެ. އެއީވެސް ކައިވެންޏަކާ ނުލައެވެ. އަހަރެން ވަގުތުން އެކަމާ އިންކާރު ކުރީމެވެ. އަހަންނަކީ މާ ދީންވެރި މީހެއް ނޫނަސް އެހާ ލަދުހަޔާތްކުޑަ މީހެއްނޫނެވެ. އެދުވަހު އަހަރެން ރޮއެރޮއެ އޮއްވަ އެނާ އަހަންނާ ގުޅުން ކަނޑާލިއެވެ. އަހަރެން ދެރަވެގެން މަރުވެދާނެއޭ ބުނުމުން ބިލާލް ބުނީ މަރުވިޔަސް އޭނައަށް ހެޔޮކަމުގައެވެ. އަހަރެން މޮޔަނުވީ ކިރިޔާއެވެ.
2 ދުވަސް ވަންދެސް އަހަރެން ބިލާލް ކައިރިން އާދޭސް ކުރިފަހުން ބުނީ އޭނަ ދުވަހަކުވެސް އަހަރެންދެކެ ލޯބިވެފައި ނުވާކަމަށާއި މިހާރު އޭނައަށް އެހެން ކުއްޖަކު ދެކެ ލޯބިވެވުނު ވާހަކައެވެ. އަހަރެންގެ ހިތްކުދިކުދިވި ކަހަލައެވެ. އެންމެފަހުން އަހަރެން ނިންމީ އަހަންނަށް އަރެންގެ ލޯބި ނުލިބުނަސް އަހަރެން ލޯބިވެރިޔާއަށް އޭނާގެ ލޯބި ހޯދައިދޭށެވެ. ބިލާލް ލޯބިވާކަމަށް ބުނި ކުއްޖާގާތު އަހަރެން ބިލާލްގެ ރަނގަޅު ވާހަކަތައް ދައްކަންފެށީމެވެ. އަދި ބިލާލްއާ ރައްޓެހިވުމަށްވެސް އެދުނީމެވެ. އެވަގުތު ތަކުގައި އަހަރެންގެ ހިތުގައި އެޅިވޭން ދެނެވޮޑިގެންވާނީ ހަމައެކަނި މާތްﷲއެވެ. އެއަންހެން ކުއްޖާވެސް ބިލާލްއާ ވަރަށް ގާތްވިއެވެ. އަހަރެންވެސް އާ އެކުވެރިއެއް ހޯދައިގެން އަހަރެންގެ ހިތުގެ ހާލު އެ އެކުވެރިޔާއަށް ކިޔައިދިނީ ހިތައް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭތޯއެވެ. އެހެން މީހެއް ކަމަށް ހީކޮއް އަހަންނަށް ހިތުގެ ހާލު ކިޔައިދެވުނީ ބިލާލް ލޯބިވި ކުއްޖާއަށެވެ. ހުރިހާ ކަމެއް އެނގުމުން އެއަންހެންކުއްޖާ ބިލާލްއާ ހުރިހާ ގުޅުމެއް ކަނޑާލިއެވެ. އަހަންނަށް އެއީ އެއަންހެން ކުއްޖާކަށް އެނގުނުނަމަ އެއްވެސް ވާހަކައެއް ކިޔައި ނުދިނީހެވެ. ނަމަވެސް ތަޤްދިރުގައި އެކަން ލިޔެވިފައި ވުމުން އެކަންވެސް ވީއެވެ.
އެއަންހެންކުއްޖާ ބިލާލްއާ ގުޅުން ކަނޑާލުމުން ހުރިހާ ތުހުމަތެއް އަހަރެންގެ ބޮލުގައި އަޅުވާފައި ބިލާލް އަހަންނާވެސް ހުރިހާ ގުޅުމެއް ކަނޑާލިއެވެ. އެތައް މަސްތަކެއް ފާއިތުވީ ހިތާމައާއި ރުއިމުގައެވެ. ދަންވަރު 3 ޖަހާއިރުވެސް އޮންނަނީ ރޯލަރޯލައެވެ. އަހަރެން އަނެއްކާވެސް އެކަނިވެރިވާން ފެށުމުން އަނެއްކާވެސް މަދުން ނަމަވެސް ފޭސްބުކް ބޭނުން ކުރަން ފެށީމެވެ. އޭގެ 1 އަހަރު ފަހުން ކޮއްކޮ އަހަންނަށް ދީން ކިޔައިދޭން ފެށިއެވެ. ކޮއްކޮ ކިޔަވަންގޮސް ހުރިއިރު ކޮއްކޮއަށް ފޭސްބުކުން ދިމާވި މީހަކު ވަނީ ކޮއްކޮ ވަރަށް ބޮޑައް ބަދަލު ކޮއްލާފައެވެ. ލަވަ އަޑުއެހުމާއި ފިރިހެން ކުދިންނާ ވާހަކަ ދެއްކުމާއި ފޮޓޯނެގުން ކޮއްކޮވަނީ ދޫކޮއްލާފައެވެ. މިއީ ހައްތަހާވެސް ދީނާ ހިލާފު ކަންތައްތައް ކަމަށް ވާތީއެވެ. ދުވަސްކޮޅެއް ފަހުން ކޮއްކޮ ވަރަށް ދީންވެރި އަދި ކިޔަވައިގެން ހުރި މީހަކާ ކައިވެނި ކުރިއެވެ. އަދި އޭނާ ކައިރިން ވަރަށް ގިނަ ކަންތައްތައް ދަސް ކުރިއެވެ. ކޮއްކޮ އަހަންނަށްވެސް ނަސޭހަތް ލައިދެއެވެ. އަމިއްލަ ނަފްސައް ގެއްލުންދީ ހިތާމައިގައި ދިރިއުޅުން ބޭކާރު ކޮއްލުމަކީ އީމާންކަން ބަލިކަށި މީހުންގެ ސިފައެއްކަމުގައި ބުނެދިނެވެ. އަދި ގިނަ ގިނައިން އަޅުކަންކޮށް މައިންބަފައިންނާ ހިލާފު ނުވުމަށް ބުނެދެއެވެ. ގުރުއާންވެސް ހަމައެކަނި ކިޔެވުމުން ފުދުނީ ނޫންކަމަށާއި އެއާ އެއްގޮތައް އަމަލު ކުރުމަށްވެސް ބުންޏެވެ. އަދި ދީނީ އެކި އެކި ފޮތްތައް އަހަރެން ލައްވާ ކިޔުއްވިއެވެ.
މިހާރު އަހަރެންގެ އުމުރުން 23 އަހަރެވެ. ބިލާލް މަތިން ހަނދާން ނައްތާލިޔާ ވަރަށް ޒަމާންވެސް ވެއްޖެއެވެ. ދީނާ އެއްގޮތައް ހެދުން އަޅާއިރު ލަވަ އަޑުއެހުމާއި ފޮޓޯ ނެގުން ދޫކޮއްލައިފީމެވެ. މަންމަމެންނާ ޒުވާބެއް ނުކުރަމެވެ. އަމިއްލަ ހަށިގަނޑަށް އަނިޔާއެއްވެސް ނުދެމެވެ. ހަމަ ގައިމުވެސް މިހާރު ލޯބީގައި ދީވާނާ ވެފައިވީ ދުވަސްވަރަށްވުރެ އަހަރެން ހުންނަނީ ހާސްބައި ހިތްހަމަ ޖެހިފައެވެ. އަދި އެކަހަލަ ނުލަފާ މީހަކު އަހަރެންގެ ދިރިއުޅުމުން ދިޔައީތީ ހައްދަވާ ބޮޑު ކުރެއްވި މާތްﷲ އަށް ޝުކުރު ކުރަމެވެ. އިންޝާﷲ ވަގުތު އޮއްވައި އަހަންނަށް ތެދުމަގު ފެނިއްޖެއެވެ. މިއީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ނަސީބެއް ނޫނެވެ. އެހެންކަމުން އަހަރެމެން ބަލަންވީ ވަގުތު އޮއްވައި ނުބައި އަމަލުތަކުން ސަލާމަތްވެވޭތޯއެވެ. އަހަރެމެންނަށް ދެދުނިޔޭގައި އުފާ ލިބޭނީ ދުންޔަވީ އުފާތައް ދޫކޮއް މާތްﷲ އަންގަވާފައިވާ ގޮތައް އުޅުމުންނެވެ. ދުންޔަވީ އުފާތައް ދޫކޮއްލުމުން ހިތާމައެއް ލިބުނަސް އެ ހިތާމައެއް ދެމިއޮންނާނީ މަދު ދުވަސްކޮޅަކަށެވެ. ނަމަވެސް ދީނާއި ދެކޮޅު އަމަލުތައް ކޮއްގެން އެއަށް ތައުބާ ނުވެވިއްޖެނަމަ ދެދުނިޔޭގައިވެސް އޭގެ އަޒާބު ލިބޭނެއެވެ. ފައިސާއަކުން އަދި ނާޖާއިޒު ލޯތްބަކުން އުފަލެއް ނުގަނެވޭނެއެވެ. އޭރު އަހަންނަށް ބިލާލް ގެއްލުމަކީ އަހަރެންގެ ބަދުނަސީބެއް ނޫނެވެ. އެއީ އަހަރެންގެ ނަސީބެވެ.
12 Comments
Comments are closed.
Reethi vaane kamah ummeedh kuran when next part
Reethi. Ibraitherivesme. Allah thiba ah heyo rahmai lavvaashi.
vaahaka nimunydhw…… brave girl, naseebennu loabygaa dhyvaanaavegen badhu ahlaagy amaleh nuhingikan.,,,, well there are some people who does. anyhow vaahaka hama best n i like it.,,,???????
wowww… vvvvvv reethi and also vvvv ibraitheri…
Masha Allah. Alhamdh lillah thiba ah heyomagu libunythy. Adhi efadha meehak kibain salamaivythy. Eves insanunge thereyga ulhey baeh
Wow v rythi v iburaiytheri n alhamdhulillahi thibaa ah allah heyomagu dhekkevythy adhi faahish amalakah arai nuganevunythy masha allah ekahala kokko eh thibaage hayaathuga v thy n aharen bunaane vaahaka en neiy thibaage main bafain kairin maafan edhi dhenves efadha kamennukuruma hithugai azum kanda alhaa main bafain dherakoh hithuga nujassaa allah thibaa ah keiytherikan dhevaa thibaage faafathah afoo koh dhevvaashi aameen
Thank You Guys
IBRAITHERI VAAHAKA
allah thibaa ah heyo rahumath lahvaashi aanmeen
thank you very much…..
Nice❤
wowwwww