Skip to content
އެސްފިޔަ

އަލިމަގު ލިބިގަތުމަށް ވަގުތު ފާއިތުވީބާ؟

ޒުވާންވަމުން އާއި ވަރަކަށް އަހަރެންގެ ސިކުނޑި ކަމުން ދިޔައީ މީހުން އަޖައިބުކުރުވާނެފަދަ އެތައް އެތައް ސުވާލުތަކަކުންނެވެ.ހަމަޤައިމުވެސް އަހަރެންގެ ހިތަށް އަރާ ފައިބަމުން ދިޔަހާއި ސުވާލުތަށް އެނގޭނަމަ އެކަކު ދެރަ ނުވިއަސް އަހަރެންނަށް ދީނީ ތަރުބިއްޔަތު އުނގަންނައިދޭން މަސައްކަތް ކުރަމުންދިޔަ އަހަރެންގެ ބައްޕަ ދެރަވާނެކަމާއިމެދު އަހަރެންނަކަށް ޝައްކެއްނެތެވެ.އެހެނަސް ކުރާނީ ކީއްހެއްޔެވެ؟އަހަރެންނަށް ބައްޕަ ދެރަވާނެކަމާއިމެދު ވިސްނައެއް ނުލެވެއެވެ.އޭގެ ބަދަލުގައި އަހަރެންގެ ހިތުގައި އުފެދި ފުނިޖެހެމުންދިޔަ ސުވާލުތަކަށް އަހަރެންނަށް ޖަވާބު ނުލިބުނުތާނގައި ދިޔައީ ދުވަހަކަށްވުރެ ދުވަހެއް ހިތުގައި އުފެދޭ ސުވާލުތަށް ގިނަވަމުންނެވެ.އަހަރެންނަށް ވިސްނޭ ގޮތުގައި އަހަރެންފަދަ ޒުވާންވަމުން އަންނަ ކޮންމެ ކުއްޖެއްގެ ހިތުގައިވެސް އެސުވާލުތަށް އުފެދެމުން ދާނެއެވެ

އަހަރެންނަކީ އަންހެންކުއްޖެއްކަމަށް ވީތީވެސް ވެދާނެއެވެ.ޒުވާންވެ ދުނިޔެއަށް ލޯ ހުޅުވެމުން ދިޔަ ވަރަކަށް އަހަރެންނަށް ދީނުގެ މަގު ބުނެދޭން ހުރިހަމައެކަނި ބައްޕަ ދޭ ނަސޭޙަތްތަކާއި މުޖުތަމަޢުން އަންހެންކުދިންނަން ދެމުންދިޔަ ނަސޭޙަތްތަށްއިވި،އެސުވާލުތަށް ހައްތަހާ އިތުރުވެ ޖަވާބު ބޭނުންވަމުންދިޔަ ވަރަކަށް އަހަރެންގެ ހިތް ދިޔައީ ޝަކުވާތަކުންވެސް ފޯވަމުންނެވެ.އަހަރެންނާއި އަހަރެންގެ ކޮއްކޮ، ކައިރީ ބައިތިއްބައިގެން ބައްޕަވެސް ދެނީ ހަމަ އަންހެންކުދިންނަށް އާންމުކޮށް މީހުން އެދީއުޅޭ ނަސޭޙަތްތެކެވެ.އެ ނަސޭޙަތްތަކަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

“ދަރިފުޅުމެނެވެ!!ތިއަކީ އަންހެން ކުދިންނެވެ.އެހާ ވަރަށް ބޭރަށް ގޮސް ނުހަދާށެވެ.ގޭގައި ގިނަވަގުތު ތިބުމަށް އާދަކުރާށެވެ.ގަޔަށް ބާރު އަދި ކުރު ހެދުންލުމުން ދުރުހެލިވާށެވެ.ތިފަދަ ހެދުން އަޅައިގެން އުޅެނިކޮށް ހީނުކުރާވަރުގެ ދެރައެއްވެސް ލިބިދާނެއެވެ.ދީނުގައި އަންހެންކުދިންނަށް ޙާއްސަ އަޚައްމިއްޔަތުކަމެއް ދެނީވެސް އެހެންވެއެވެ.ވީއިރު ދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން އަޅާށެވެ.ބައްޕަ ބޭނުންވަނީ ވީހާވެސް ނިވާކަންބޮޑު، ބޮޑެތި ދޫ ހެދުން ދަރިފުޅުމެން ލުމެވެ.ހިތްވަރެއް ހުރިއްޔާ މޫނުވެސް ނިވާކުރުމެވެ.ދީނަށްޓަކައި އެހާ ހިތްވަރު އަހަރެމެން ގައިގައި ހުންނަން ޖެހޭނެއެވެ.ދަރިފުޅުމެން ތިވަރަށް ދީނާ ދުރުވާތީ ބައްޕަ ހާދަ ދެރަވެއެވެ.”

މިފަދަ ނަސޭޙަތްތައް އަޑުއިވޭ ކޮންމެ ފަހަރަކު އަހަރެން ހިތްހަމަ ނުޖެހެނީ މީހުން އެފަދަ ވާހަކަތައް ދައްކާތީއެއް ނޫނެވެ.އަހަރެން ހިތްހަމަ ނުޖެހެނީ ހިތުގައި އެކަމުގެ ސަބަބުން ސުވާލުތަކާއި ޝަކުވާތައް އިތުރުވެ ފުނިޖެހެމުން ދާތީއެވެ. އަހަރެންގެ ހިތަށް އަރާ ސުވާލުތަށް އެނގޭ ހެއްޔެވެ؟

އަންހެންކުދިންނަށް ރަނގަޅަކަށްށޭ ބުނެ އެންމެންވެސް ހަމައެކަނި އަންހެންކުދިންނަށް ކަންކަމުން ދުރުހެލިވުމަށް ބުނަނީ ކީއްވެބާއެވެ؟ ހަމައެކަނި އަންހެންކުދިންނަށް އެފަދަ ނަސޭހަތްތައް ދޭކަށް ފާހަގަ ކުރެވޭއިރު އަހަރެންގެ ހިތުގައި ޝަކުވާތައް އުފެދެނީ އެކަމުގައި ފިރިހެންކުދިންނަށް ނަސޭހަތްދޭހެން ހީނުވާތީއެވެ.ވީއިރު މުސްލިމުންނަށް ވީތީއޭ ކިޔާފައި އެމީހުން ކައިރީވެސް އަންހެންކުދިންނަށް ނުބެލުމަށް ބުނެވެން ޖެހޭނެ ނޫން ހެއްޔެވެ؟އޭރުން އަންހެންކުދިން ކުރު ހެދުން ލިޔަކަސް އެކަން މައްސަލައަކަށް ނުވާނޭނުން ހެއްޔެވެ؟އެހެންކަމަށް ވާއިރު ހަމައެކަނި އަންހެންކުދިން ކައިރީ އެފަދަ ގޮތްގޮތަށް ހެދުން ނޭޅުމަށް ބުނުމުން އެއީ އިންސާފަކަށް ވޭ ބާއެވެ؟

ކުރު ހެދުން ނުލުމަށާއި،ގޭގައި ތިބުމަށް ބުނާއިރު އޭގައި އަންހެންކުދިންނަށް އޮތީ ކޮން ރަނގަޅުކަމެއް ހެއްޔެވެ؟ނުވަތަ ކޮންފައިދާއެއް ހެއްޔެވެ؟ގޭގައި ތިބިގެން އަހަރެމެން ހިތްއެދޭ ފަދަ ބައިވެރިއެއް ހޯދާނީ ކިހިނެއް ހެއްޔެވެ؟ޤައިމު އެންމެންނަށްވެސް، ރީތިވެގެން ނުކުމެ އުޅޭ ކުއްޖަކަށް ނޫނީ ބޭނުންވާފަދަ ބައިވެރިއެއް ނުލިބޭކަން ވިސްނާލިއަސް އެނގޭނެ ވަރަށް ހެކި ފެންނަން އެބަހުރި ނޫންހެއްޔެވެ؟ކުޑަމިނުން މިހާރުވެސް ގޮތް ބަލައިލަން ބުރުގާ އަޅައި ނިވާވެގެން ތިބޭ ކުދިންތަކަކާއިއެކު ރީތިވެ ނަލަހެދިލައިގެން އެއްކުއްޖަކު ދޭބަލާށެވެ.އޭނާއަށް ނޫނީ ފިރިހެންވެރިންގެ ސަމާލުކަން ނުހުއްޓޭނެކަން އަހަރެންނަކަށް ޝައްކެއްނެތެވެ.އެހެންކަމަށްވީއިރު ނިވާވެގެން އަންހެންކުދިންނަށް ލިބެން އޮތީ ކޮން މޮޅެއް ހެއްޔެވެ؟

އަނެއްކޮޅުން އަންހެންކުދިން އަބަދު ގޭގައި ބައިތިއްބުމަށް މަސައްކަތް ކުރުމަކީ އަންހެންކުދިންގެ މިނިވަންކަން އަތުލުން ކަހަލަ ކަމެއް ނޫން ހެއްޔެވެ؟ފިރިހެންކުދިން ފަދައިން އަންހެންކުދިންވެސް މަޖާކޮށްލާ ހިތްއުފާކޮށްލަން ބޭރަށް ނުކުމެ އުޅެން ބޭނުންވާނެތާއެވެ.އެކަމަކު އަހަރެންނަށް ވިސްނޭ ގޮތުގައި އެބާރުވެސް ދެނީ ފިރިހެންކުދިންނަށްށެވެ.ވީއިރު އަހަރެމެން ކަހަލަ އަންހެންކުދިންގެ ހިތުގައި ޝަކުވާ ނުއުފެދި ދާނެ ހެއްޔެވެ؟މިނިވަންކަން އަތުލައި ގަންނަކަން އިހްސާސް ނުކުރާނެ ހެއްޔެވެ؟އެހެންކަމަށްވީއިރު ގިނަވަގުތު ގޭގައި ތިބޭ ބަޔަކަށްވެ، ނިވާވެގެން ތިބުމަށް ބުނުމުގައި އަންހެންކުދިންނަށް ރަނގަޅަކަށޭ އެބުނާ ބުނުން އަހަރެންނަކަށް ނުވިސްނެއެވެ.މިހުރިހާ ސުވާލެއް ކޮޅެއްގައި ޖައްސަން ނޭނގި އަހަރެން ހައްތަހާ ޝަކުވާގެ ކަނޑަކަށް ގެނބިގެން ދިޔުން ނޫންކަމެއް ނުވިއެވެ.

ނަތީޖާއަކަށްވީ އެސުވާލުތަށް އަހަރެންނަށް ކޮއްކޮއާއި ހިސާބަށްވެސް ގެންދެވުމެވެ.އެހިސާބުން ކޮއްކޮއަށްވެސް ވިސްނާ ފިކުރުކުރެވޭ ސުވާލުތަކަކަށް އެސުވާލުތަށް ވެއްޖެއެވެ. ނަތީޖާއަކަށްވީ ކޮއްކޮވެސް އަހަރެންގެ ވިސްނުންތަކާއި އެއްކޮޅަށް ބުރަވާން ފެށުމެވެ. ކޮއްކޮވެސް އަހަރެން ފަދައިން ކުރު އެއްޗެހިލުމަށް ލޯބިކުރާ ކުއްޖަކަށްވީތީ އަހަރެމެން ދެމީހުންގެ ހިޔާލު އެކަމުގައި އެއްގޮތްވެގެން ދިޔައެވެ.ކޮއްކޮވެސް އަހަރެން އެ އޮޅުންބޮޅުންގަނޑުގެ ތެރެއަށް މިވެއްދީ ކުރެވެނީ ގޯސްކަމެއްކަމެއް ނުވަތަ ރަނގަޅުކަމެއްތޯވެސް ވިސްނާލުމެއްނެތިއެވެ.

އެކަންކަމުގައި އަހަރެންގެ ސުވާލުތަށް އިތުރުވެ ޝަކުވާތަށްވެސް އިތުރުވަމުން ދިޔުމުގެ ނަތީޖާއަކަށްވީ އަހަރެންގެ ހިތް މުޅިން ދީނާ ދޭތެރޭ ކިލަނބު ވުމެވެ.ކޮންމެކަމެއްގައިވެސް އަންހެންކުދިންނާ ފިރިހެންކުދިންނާ އަހަރެންނަށް އަޅާ ކިޔެމުން ދިޔައިރު އަހަރެންގެ ހިތް އެހިސާބުން ބުނަމުން ދިޔައީ ހުރިހާ މޮޅެއް އޮތީ ފިރިހެންކުދިނަށްކަމަށެވެ.ފިރިހެން ކުދިން ކުރާ ގޯސްކަމެއް ނުފެނެޔޭ އަހަރެންގެ ހިތް ބުނަމުން ދިޔައިރު ހުރިހާ ކަމެއްގައިވެސް ގޯސްވަނީ އަންހެންކުދިން ކަމަށްވެސް އަހަރެންގެ ހިތްދިޔައީ ބުނަމުންނެވެ.އޭގެ ނަތީޖާއަކަށްވީ އަންހެއްކުދިންނަށް އެއްވެސް އަަޙައްމިއްޔަތުކަމެއް ނުދޭ ކަމަށް އަހަރެންގެ ހިތް އެއްބަސްވުމެވެ.

އެހިސާބުން އަހަރެން ބޭނުންވީ ރާއްޖޭން ބޭރަށް ދިއުމަށެވެ.މިނިވަންކަމާއިއެކު އުޅެލާ މަޖާ ކޮށްލުމަށްށެވެ.އަންހެންކުދިންނަށް ބޭރު ޤައުމުތަކުގައި އެ މިނިވަންކަން އޮންނާނެކަމަށް އަހަރެންގެ ހިތް ބުނީއެވެ.ޤައިމުވެސް ލައި އުޅޭ އެއްޗިއްސަކަށް ފާޑެއް ނުކިޔާނެއެވެ.ގިނަވަގުތު ބޭރުގައި އުޅޭތީ އެއްޗެކޭ ނުބުނާނެއެވެ.އަހަރެންގެ ސިކުނޑިއަށް އެ ހިޔާލުތަށް ވެރިވެގެން ދިޔުމުން އިތުރަށް ރާއްޖޭގައި ހުންނާކަށް އަހަރެން ބޭނުމެއްނުވިއެވެ.އެހެންކަމުން އަހަރެން އެވާހަކަ ކޮއްކޮއާއި ހިއްސާ ކުރީމެވެ.

ހުރިހަމައެކަނި ބައްޕައަކީ ފޯރާ މީހަކަށްވީތީ އަހަރެން އުޅޭ ވަޒީފާއިން ލިބޭ ރުފިޔާތަށް ފުދޭވަރަކަށް ހުރީ ރައްކާ ކުރެވިފައެވެ.އެހެންކަމުން ކޮއްކޮއާއި އެވާހަކަތައް ހިއްސާ ކުރުމަށްފަހު އަހަރެން ފުރައިގެން ދިޔައީ އަހަރެންނަށް މަންމަ ނިޔާވި ދުވަހުއްސުރެ ހުރިހާ ޚިދުމަތެއްދީ ހުރިހާ ރަނގަޅު ތަރުބިއްޔަތެއް ދޭން މަސައްކަތްކުރަމުންދިޔަ ބައްޕައަށް ސިއްރުންނެވެ. ޤައިމު އެ ބައްޕަގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟އެކަމަކު އަހަރެންނަކަށް މިއަދަކު އެއެއް ނުވިސްނުނެވެ.އެއަށްވުރެ އަހަރެން ހުރީ ދުނިޔޭގެ އުފާ ހޯދަން ދާން ބޭނުންވެފައެވެ.

އެކަމުގައި ކޮއްކޮގެ ވަރަށް ބޮޑު އެހީއެއް ލިބުނީތީ އަހަރެން ވަރަށް ހިތްހަމަޖެހުނެވެ.އެކަމަކު ހަޤީގަތުގައި އަހަރެން އައީ އެކޮއްކޮއަށްވެސް އޮޅުވާލާފައެވެ.އަހަރެން ދަނީ އެއްހަފްތާއަށްކަމަށް ކޮއްކޮ ކައިރީ ބުންޏަސް އަހަރެން ރާއްޖެ ދޫކޮށް އައީ ވަކި ދުވަހެއްގެ ފަހުން އެނބުރި ދާން ކަނޑައަޅައިގެންނެއްނޫނެވެ.އެހެންކަމުން އަހަރެން ކޮއްކޮއަށް ފޯނު ނަންބަރެއްވެސް ނުދެމެވެ.ކުރީގެ ފޭސްބުކް އައިޑީ އަދި ވައިބާފަދަ ކޮއްކޮމެނަށް އެނގޭނެ ހުރިހާ އެއްޗެއްވެސް އަހަރެން ބޭނުންކުރުން ހުއްޓާލީމެވެ.އަހަރެންނާ ހިސާބަށް ބައްޕަމެނަށް ނާދެވޭވަރު ކުރުމަށްޓަކައެވެ.

އަހަރެން ދިޔައީ އިންޑިއާއަށެވެ.އުޅުނީ ކުއްޔައްދޭ އެޕާޓްމަންޓެއްގައި އިތުރު އެހެން ކުއްޖަކާއި އެކުއެވެ.އެއީ އަހަރެންނަށް އިންޑިއާއަށް ދިޔަތަނުން ލިބުނު ރައްޓިއްސެކެވެ.އެކުއްޖާއަކީވެސް ޒަމާނީ ކަންކަމަށް ލޯބިކުރާ ކުއްޖަކަށްވީތީ އަހަރެންނަށް އޭނާއާއިއެކު އުޅެން ވަރަށް ފަސޭހަވިއެވެ.އަދިހަމަ އެހެންމެ އަހަރެމެން އުޅޭ ހިސާބުގައި އުޅެނީ ހަމަ އަހަރެމެންކަހަލަ ޒަމާނީ ފެޝަނަށް ލޯބިކުރާ މީސްމީހުން ކަމުން އެމީހުންނާވެސް ގުޅުން ބަދަހިވެގެން ދާކަށް މާގިނަ ދުވަހެއް ނުނެގިއެވެ.

ދެޖިންސުގެ މީހުންނާއިއެކު އަހަރެން އުޅުނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ.ދީނުގެ ކަންކަން އެއްގޮތަކަށްވެސް އަހަރެންގެ ސިކުނޑިއަށް ނުވަންނައިރު އަހަރެންގެ ހަބަރެއް ނުވެގެން ކަންބޮޑުވާނެ ބަޔަކު ތިބިކަންވެސް އަހަރެންގެ ހަނދާނަކަށް ނާދެއެވެ.ވާނީވެސް އެހެންތާއެވެ.އަހަރެން އުޅުނީ އެކަންކަން ހަނދާންވާ ވަރަށް ވުރެ އުފަލުގައެވެ.އެހެނަސް މަޖަލާ ފޯރީގައި ދެޖިންސުގެ މީހުންނާއިއެކު އުޅުނަސް އަހަރެން އެންމެ ބޮޑެތި ގުޅުމުން އެއްވެސް ފިރިހެންކުއްޖަކާއި ގާތްވެއެއް ނުހަދަމެވެ.ނަސީބަކުން ގަދަކަމުން އެމީހުންވެސް އަހަރެންނާއި އެފަދަ ގޮތަކަށް ގާތްވާކަށް މަސައްކަތެއްވެސް ނުކުރެއެވެ.

އުޅޭ އެޕާޓްމަންޓް ވަގުތީ ގޮތުން މަރާމާތުކުރަން ބަންދުކުރުމުން އަހަރެމެން ދެމީހުން އެހެންތާކަށް ބަދަލުވާންޖެހުނު ނަމަވެސް އެއްވެސް ރަހުމަތްތެރިއަކާއި ގުޅުމެއް ނުކެނޑެއެވެ.އެކަމާއި އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ.ނަމަވެސް އަހަރެމެން ބަދަލުވީ ހިސާބުގަނޑުވީ ބުދުދީނަށް ގޮސް ހުސްވެފައި ތިބި މީހުން އުޅޭ ހިސާބުގަނޑަކަށެވެ.އެކަމާ އަހަރެންހުރީ ރަނގަޅަށްވެސް ބޯ ހާސްވެފައެވެ.ނަމަވެސް އެނޫންގޮތެއް ނެތީީތީ ކެތްކޮށްލައިގެން ހުރީއެވެ.

ދުވަހަކަށްފަހު ދުވަހެއް ވޭތުވަމުން ދިޔައިރު ކަންދިމާކުރިގޮތުން އަހަރެންނާއި ހަމަ އެއްއިމާރާތެއްގައި އުޅޭ ކުއްޖަކާއި ރަޙުމަތްތެރިކަން އުފެދިގެން ދިޔައެވެ.ކުރިން ބުނިހެން ބުދު ދީނުގެ ކުއްޖެކެވެ.އަޅުކަމުގައި މުޅި ރެޔާއި ދުވާލު ހުސްކޮށްލައި އާއިލާއަކަށްވެފައިވާ އެ އާއިލާގެ މިކުއްޖާއާއި ރަހުމަތްތެރިކަން އުފެދިގެން ދިޔައީވެސް އޭނާ ބެލްކަނީގައި އަޅުކަމުގައި އިންނަ ވަގުތު ވަގުތު މަދުމަދުން ނަމަވެސް ދިމާވަމުން ދިޔުމުގެ ސަބަބުންނެވެ.ނަތީޖާއަކަށްވީ ފުރަތަމަ އާދައިގެ ވާހަކަ ވާހަކަ ދެކެވެމުން ގޮސް ފަހުން ފަހުން ހުރިހާ ސިއްރުތަކެއް ޙިއްސާ ކުރާހާ އަހަރެމެން ދެމީހުންގެ ގުޅުން ބަދަހިވެގެން ދިއުމެވެ.

އެހިސާބުން އަހަރެން އިންޑިއާއަށް އާއި ސަބަބުވެސު ބުނެދިނީމެވެ.ދީނުގެ އެކަންކަމާއި ސުވާލު އުފެދެންފެށި ހިސާބުން އަހަރެންގެ ހިތް ބަދަލުވީ ގޮތްވެސް ބުނެދިނީމެވެ.އެހިސާބުން އޭނާ އެނގެން ބޭނުންވީ އަހަރެމެންގެ ދީނުގެ ވާހަކަތަކެވެ.އެހެނަސް ދީނުގެ ކަންތައްތަކާއި ބެހޭގޮތުން އޭނާ ސުވާލު ކުރަން ފެށުމުން އަހަރެންނަށް އެސުވާލުތަކަށް ދޭނެ ޖަވާބެއްވެސް ގިނަފަހަރަށް ނޭނގުނީތީ ޙުދު އަހަރެންވެސް އާޝޯހުވިއެވެ.އެހެނަސް އަހަރެން އެކަން މާބޮޑު ކަމަކަށް ނުހަދަމެވެ.

އެކަމަކު އަހަރެން ނުވިސްނިކަމެއް އެކުއްޖާ ވިސްނައިފިއެވެ.އާއެކެވެ.އެދުވަހަށްފަހު ބައްދަލްނުވެ ހުރެހުރެފައި ބައްދަލްވި ދުވަހު އޭނާ ދެއްކި ވާހަކަތަކުން އަހަރެންނަށް ސިހުން ގެނުވިއެވެ. އެނގޭ ހެއްޔެވެ؟އަހަރެމެންގެ އިސްލާމްދީނުގެ ކަންތައްތައް އެކުއްޖާ އައީ ހޯދާ ދިރާސާ ކޮށްގެންނެވެ.ކޮންމެ ކަމެއްވެސް އަދި އެހާ ތަފްސީލްކޮންނެވެ.އެކަމަކު މިކަންކަމަށްވުރެ އަހަރެންނަށް ލިބުނު ބޮޑު ޙަބަރަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟އެއީ އޭނާ އިސްލާމްދީނަށް ވަތް ވާހަކައެވެ.އޭނާ މުސްލިމަކަށްވީއެވެ.

އަހަރެންނަށް އޭނާ ދައްކާ ވާހަކަ ޤަބޫލު ނުކުރެވިފައި ހުރިކަން އޭނާއަށް ވިސްނުނީ ކަންނޭނގެއެވެ.އަހަރެންގެ ކުރިމަތީ ހުރެ އޭނާ ޝަޚާދަތް ކިޔާލީ ފަރިތަކަމާއިއެކުއެވެ.ޤުރުޢާނުގެ ދެތިން ސޫރަތްވެސްމެއެވެ.އެކަމާއި އަޖައިބުވެފައިހުރެ އަހަރެން ސުވާލު ކުރުމުން އޭނާ ބުނީ އިސްލާމްދީނާއި ބެހޭގޮތުން ބަލާ ހޯދަން ފެށުމުން ހައްޤު ދީނަކީ އަހަރެމެންގެ ދީންކަން ވިސްނި ފުރަގަސްދޭން ނުކެރުނީކަމަށެވެ.އޭނާގެ ހިތް އެކަމަށް ބާރު އަޅަން ފެށުމުން އިސްލާމްދީނަށް ވަގުތުން ވަތް ވާހަކައެވެ.އަދިހަމަ އެހެންމެ، ކަމެއް ކުރަން އުޅެފިއްޔާ ކުޑަދުވަސްކޮޅެއް ކީއްކުރަން އެއްދުވަސްވެސް އެއީ ވަރަށް ގިނަވަގުތު ކަމަށް އޭނާ ބުނެލީ ފެންކަޅިވެފައި ހުރެއެވެ.

އެއަށްފަހު އޭނާ ރޮއެރޮއެފައި ކިޔަމުން ދިޔައީ އިސްލާމްދީނުގެ ފުރިހަމަ ވާހަކައެވެ. އަންހެންކުދިންނަށް އިސްލާމްދީނުގައި ދީފައިވާ ޤަދަރާއި އިއްޒަތުގެ މަތިވެރިކަމުގެ ވާހަކައެވެ.އަހަރެމެން ދީނުގައި އަންހެންކުދިންގެ ޤަދަރާއި އިއްޒަތަށް އަޚައްމިއްޔަތުކަން ދޭވަރާއި ގާތަށްވެސް އެދީން ކީއްކުރަން އެހެން ދީނެއްގައިވެސް އަޙައްމިއްޔަތެއް ނުދޭކަމަށެވެ. އެވަރުގެ ޤަދަރަކާއި ރައްކާތެރިކަމެއް ނުދޭ ކަމަށެވެ.އަމިއްލަ ބޭބެމެންނާއި ބައްޕަމެން އަންހެން ކުދިންގެ ޢިއްފަތްތެރިކަން ނަގާލާއި ވާހަކައާއި މުދަލަކަށް ހަދައިގެން އަންހެން ދަރިން ވިއްކާ ވާހަކައެވެ.އަންހެންދަރިން ދިރިހުއްޓާއި ވަޅުލާ ވާހަކައާއި މަގުމައްޗަށް ގިނަވެގެން އުޅޭ ފިރިހެނުންގެ ޝިކާރައަަށް އެތައްހާސް އަންހެން ކުދިންނެއް ވެގެންދާ ވާހަކައެވެ.އެފަދަ ކުދިން ކުރާނެ ހިތާމަ އެނގޭ ހެއްޔޭވެސް އޭނާ އަހަރެންކުރެ އެހިއެވެ.

އެހުރިހާ ކަމަކުން އިސްލާމްދީނުގައި އަންހެންދަރިން ރައްކާތެރިކޮށްދޭން މަސައްކަތްކުރާއިރު އެވަރުގެ ފުރިހަމަ ދީނެއް ނެތްކަމަށް އޭނާ ބުނަމުން ދިޔައެވެ.އަމިއްލައަށް ފޮރުވިގެން އުޅެން އޭނާއަށްވެސް ކުރިން ވިސްނުނުނަމަ ކޮންފަދަ ހެއްޔޭވެސް އޭނާ ބުންޏެވެ.އިސްލާމްދީނަށް ވަދެވުނީތީ އެ ލިބުނު ހިތްހަމަޖެހުން އޭނާ އެއޮއްހާ ދުވަހު ހުއްޓާނުލާ ކުރި އަޅުކަމުންވެސް ނުލިބުނު ކަމަށްވެސް އޭނާ ރޮވިފައި ހުރެ ބުންޏެވެ.ހަމައެހެންމެ، އަންހެންކުދިން ގޭގާއި ތިބުމަށާއި، ނިވާކަންބޮޑު ހެދުން އެޅުމަށް ބާރުއެޅުވުމަކީ އަންހެންކުދިންގެ މިނިވަންކަން އަތުލައިގަތުމަށް މަސައްކަތްކުރުން ނޫންކަމަށްވެސް އޭނާ އަހަރެންނަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.ދުނިޔޭގެ އެހެން ތަންތާނގައި ކަންތައްވަމުން ދާގޮތް ނޭނގޭތީ އަހަރެންނަށް ދީނާއި ދޭތެރޭ އެހެން ވިސްނެނީ ކަމަށްވެސް އޭނާ އަހަރެންނަށް ބުނެދޭން މަސައްކަތް ކުރަމުން ދިޔައިރު އަހަރެމެން ދީނުގައި އެވަރުން އަންހެންކުދިން ޙިމާޔަތް ކޮށްދެން މަސައްކަތް ކުރާތީ އަހަރެމެން ފަޙްރުވެރިވެސް ވާންޖެހޭނެ ކަމަށްވެސް އޭނާ ބުނަމުން ދިޔައެވެ.

އަހަރެމެންގެ ދީންވަރު ފުރިހަމަ ދީނެއް ނެތްކަމަށް ވިސްނައިދޭން މަސައްކަތް ކުރަމުން އެދަނީ ބުދު ދީނުގައި ރެއާއި ދުވާލު އަޅުކަމުގައި ވަގުތުތަށް ހުސްކޮށްލި އަންހެންކުއްޖެއްކަމަށްވީއިރު އަހަރެން އެކަމާ ހައިރާންނުވާނެ ހެއްޔެވެ؟އަހަރެންގެ ދީނުގެ ފުރިހަމަކަން އަހަރެންނަށް ބުނެދޭން ނޭނގޭއިރު އޭނާ އެހުރިހާ އެއްޗެއް ތަޖުރިބާހުރި މީހެއްފަދައިން އަހަރެންނަށް ކިޔައިދެމުންދިޔައިރު އަހަރެން އާޝޯހު ނުވާނެ ހެއްޔެވެ؟

އެދުވަހަށްފަހު އެހެންކަމުން އަހަރެން އޭނާއާއި ބައްދަލެއް ނުކުރަމެވެ.އެހެނަސް އޭނާ އެރޭ ކިޔައިދިން އެންމެ ބަހެއްވެސް އަހަރެންގެ ހިތާ ސިކުނޑިން ފިލާ ދާގޮތެއް ނުވިއެވެ.ތިން ހަތަރު ދުވަސް އޭގެ ފަހުން ފާއިތުވެގެން ދިޔައިރުވެސް އެކަމާ ވިސްނި އަހަރެންނަށް ހުރެވެނީ ހިތްނުތަނަވަސްވެ ހާސްވާގޮތްވެފައެވެ.ހުންނަނީ ފާޑަކަށް ހިތް ބިރުވެސް ގެންފައެވެ.ނަމަވެސް ދެރައީ އެއީ ސީދާ ކީއްވެކަމެއް އަހަރެންނަށް ނުވިސްނޭތީއެވެ.އެހެންކަމުން އެންމެފަހުން އަހަރެން ނިންމީ އެރޭ ބޯހަމަ ޖައްސާލަން ރައްޓެހިންނާއިއެކު މަޖާކޮށްލައި ސަކަރާތްޖަހާލަން ދިއުމަށެވެ.

ކާރެއްގެ އިންތިޒާރުގައި ހުރެހުރެވެސް ކާރެއް ނުލިބުމުން އަހަރެން އެންމެ ފަހުން އެމީހުން ބުނެދިން އެޑްރެހަށް ދިއުމަަށް ހިނގައިގަތީމެވެ. އެކަމު އޭރުވެސް އަހަރެންނަށް ފާޑަކަށް ހުރެވުނީ ނެގި މަޑުވެފައެވެ.އަދިވެސް އެބަސްތައް ހިތުން ފިލާ ނުދާތީ ވާނީވެސް އެހެންތާއެވެ.އެ ހާސްކަމުގައި ހުރެ އަހަރެން ކުރިއަށް ހިނގަމުން ދަނިކޮށް ދިމާވީ އަހަރެން ހީވެސް ނުކުރާވަރުގެ ކަމަކާއެވެ.ކަމެއްވާނީ ބުނެފައެއް ނޫނޭ މީހުންވެސް ބުނެ އުޅޭތާއެވެ.ހީވެސް ނުކޮށް ހުއްޓާ ބޮޑު ޤުރޫޕެއް އައިސް އަހަރެން ވަށާލުމުން ބިރުން ހަލާކުވާވަރު ވިއެވެ.އެހާ އަވަސް ގޮތެއްގައި އެމީހުން އަހަރެންގެ ދެއަތުގައި ހިފެހެއްޓުމުން ދުއްވައިގަންނަން ކުރި މަސައްކަތްވެސް ވީ ބޭކާރެވެ.އެ އަނދިރި މަގުގައި މީހެއްގެ ހިލަމެއްވެސް ވާން ނެތުމުން ބިރުންގޮސް ހަޅޭއްލެވުން ނޫންކަމެއް އަހަރެންނަށް ނުވެސް ކުރެވުނެވެ.

މި ހާލަތުގައި އަހަރެން ޤައިދުވެފައި ހުރެ ފުރަތަމަ ފަހަރަށް ބަޔަކު އަހަރެންގެ ހަށިގަނޑަށް ބަލަމުންދިޔަ ދަހިވެތި ނަޒަރުން އަހަރެންނަށް އުނދަގޫވެއްޖެއެވެ.މިހާލަތަށް އަހަރެން ވެއްޓުމުން އެހެންކުދިންނަށް ކުރެވޭނެ އިހްސާސް އަހަރެންނަށްވެސް އިހްސާސް ކުރެވިއްޖެއެވެ.ޙުދު އަހަރެންނަށްވެސް މިފަދަ ގޮތަކަށް ބައެއްގެ އަތްދަށުވާން ނުރުހެވުނެވެ.ވީއިރު އަދި ރަހުމެއް ނެތް ގޮތެއްގައި ޢިއްފަތްތެރިކަން ގެއްލިގެން ދާން އެދޭނީ ކޮން އަންހެންކުއްޖެއް ހެއްޔެވެ؟

އެމީހުން އަހަރެންގެ ހަށިގަނޑަށް ދަހިވެތި ބެލުމެއްގައި ކައިރިވަމުން ދިޔައިރު ފުރަތަމަ ފަހަރަށް ލެވިފައިވާ ހެދުމާއިމެދު އަހަރެންނަށް ހިތްހަމަ ނުޖެހެވުނެވެ.މިއައްވުރެ ހަމަ ތަންކޮޅެއްވެސް ދިގުހެދުމެއް ލެވިފައި ހުރިނަމަ ކޮންފަދަ ހެއްޔޭ ހިތަށް އަރަމުން ދިޔައިރު ލެވިފައި ހުރި ހެދުމުގެ ފަސްބައިގައި ހިފައި ތިރިއަށް ދަމާލަން ބޭނުންވި އަދަދެއްވެސް ބުނާކަށް ނޭނގެއެވެ.

މާތްކަލާކޯއެވެ.އަޅެފަހެ ދިގު ހެދުމެއްލެވި ހަށިގަނޑު ފޮރުވިފައި ވީނަމަ ކޮންފަދަ ހެއްޔެވެ؟މިމީހުންގެ ޝިކާރައަކަށް އެހެންނޫންނަމަ އަހަރެން ނުވީސް ކަންނޭނގެއެވެ.އެއާއެކު ހިތަށް ކުރި އަސަރުގައި އަހަރެންނަށް މަދަދަށް އެދި ފުރަތަމަވެސް ދެންނެވުނީ ކޮންފަރާތަކަށްކަން އެނގޭ ހެއްޔެވެ؟ އާއެކެވެ.މިއޮއްހާ ދުވަހު އަހަރެންގެ ސިކުނޑިއަށް އަރާފައިނުވާ އަހަރެން އުފެއްދި ކަލާނގެ މަތިންނެވެ.އެވަގުތު މާތްﷲ ގެ މަތިން އަހަރެންނަށް ޚަދުމަ ކޮށްލެވުނީތީ އަހަރެންނެއް ހައިރާނެއް ނުވެއެވެ.ކީއްވެކަން އެނގޭ ހެއްޔެވެ؟

އެއީ އަހަރެންނަށް، އަހަރެން މިއޮއްހާ ދުވަހު ކުރަމުން އާއި ސުވާލުތަކުގެ ޖަވާބު ލިބުނީމައެވެ. އެވެސް މީހަކު ބުނެ ކިޔައިގެންނެއް ނޫނެވެ. އަމަލުން ފެނިގެންނެވެ.ވީއިރު އަހަރެންނަށް މިއަދު ޖަވާބު ނުލިބެންވީ ސަބަބެއް ނެތްތާއެވެ.ބައްޕައާއި އަދި ރަހުމަތްތެރިޔާ އެއޮއްހާ ދުވަހު ބުނެދޭން މަސައްކަތްކުރި ވާހަކަތަށް އަހަރެންނަށް ވިސްނިއްޖެއެވެ.ނިވާވުމަށް ދީނުގައި ބާރުއަޅުއްވަނީ ކީއްވެކަމާއި ގޭގައި ތިބޭ ބަޔަކަށް އަހަރެމެން ވުމަށް ބުނަނީ ކީއްވެކަން އަހަރެންނަށް މިހާރު ވިސްނިއްޖެއެވެ.އަހަރެމެންގެ މިނިވަންކަން އަތުލުމުގެ ނިޔަތުގައި ނޫންކަމާއި އަހަރެމެންގެ ޢިއްފަތްތެރިކަން ރައްކާތެރި ކޮށްދެންކަންވެސް އަހަރެންނަށް މިހާރު ވިސްނިއްޖެއެވެ.

ރީތިވެގެން ނުކުތީމައި މީހުން ބަލާނޭ ކިޔާފައި އަހަރެންނަށް ވިސްނުން ގެންގުޅެވުނީ ގޯސް މަގުންނެވެ.އެކަންކަން އެގޮތަށް ހިނގަމުން ދިޔުމުގައި އެއީ އަހަރެމެންގެ ދީނުގެ މައްސަލައެއް ނޫންކަމާއި އެއީ އެދީނުގައި އަމަލު ކުރަން ތިބި މީހުންގެ އީމާންތެރިކަން ކުޑަވެގެންކަން އަހަރެންނަށް މި ވިސްނުނީވެސް އަދިކިރިޔާއެވެ.

މާތްކަލާކޯއެވެ!އަހަރެންނަށް މިފަހަރު ރަނގަޅަށްވެސް ގިސްލާ ރޮވިއްޖެއެވެ.ވިސްނުނު ނަމަވެސް ވަގުތު ފާއިތު ވެއްޖެކަމަށް ހިތް ބުނީތީއެވެ.ވީއިރު އެފަރާތުން ދެން އަހަރެން ކުރާ ދުޢާ އިޖާބަ ކޮށްދެއްވާނެ ކަމެއްވެސް ނޭނގެއެވެ.

ސުބުޚާނަށްﷲ އެވެ.އަހަރެން މިވީ ހާދަ ނުބައި، ދުވަހަކު މައާފު ހައްޤުވެސް ނުވާވަރުގެ އިންސާނަކަށްށެވެ.އެހާވެސް ބޮޑަށް އަހަރެންނަށް މިވަނީ ދީނުގެ މަގަށް ފުރަގަސްދެވިފައެވެ. ދީނަށްޓަކައި ހިތްކިލަނބު ކޮށްފައެވެ.އެވެސް މީހަކު މަޖުބޫރު ކޮށްގެންނެއް ނޫނެވެ.އަމިއްލައަށްށެވެ. ވީއިރު ކުރާނެ ޝަކުވާއެއް އެބަ އޮތް ހެއްޔެވެ؟ ހިނގަމުން މިދާ ކަންތަކުގައި ޒިންމާ ނަގަންޖެހޭނެ ފަރާތަކީ ޙުދު އަހަރެން އެކަންޏެވެ.އިތުރު އެހެން މީހެއް ނޫނެވެ.މިއަށްވުރެ އަޅެ ފަހެ ކުރިން ވިސްނުންނަމަ ކޮންފަދަ ހެއްޔެވެ؟ތަޢުބާވުމަށް އެންމެ ފުރުސަތެއްވެސް ލިބޭނެ ނަމަ ކޮންފަދަ ހެއްޔެވެ؟

އަހަރެންގެ ރުއިމުގެ އަޑަށްވިއަސް އެވަގުތު ޕޮލިސް ޖިޕެއް އެތަނަށް އައުން އެއީ މާތްﷲ އަހަރެންނަށް ލެއްވި ރަޙުމަތެއްކަމަށް އަހަރެން ކުޑަކޮންވެސް މިފަހަރަކު ޝައްކެއް ނުކުރަމެވެ.އެމީހުންގެ އަތްދަށުން ސަލާމަތްވެވުމުން މިފަހަރު އަހަރެން ދިޔައީ އެ ރައްޓެހިން ހޯދާކަށް ނޫނެވެ.އަހަރެން އައީ އަނބުރާ އެޕާޓްމަންޓަށްށެވެ.އަދި އައިސް ވަތްގޮތަށް އަހަރެން ފުރަތަމަވެސް ފޯނު ނަގައި އަވަސްވެގަތީ މެއިލް ޗެކު ކުރާށެވެ.

މިޤައުމަށް އައީއްސުރެ މީ އަހަރެން މެއިލްތަށް ޗެކު ކުރާ ފުރަތަމަ ފަހަރެވެ.ކީއްކުރަންކަން އެނގޭ ހެއްޔެވެ؟އެއީ ކޮއްކޮގެ ކުޑަ ނަމަވެސް ހަބަރެއް ލިބިދާނެކަމުގެ އުއްމީދުގައެވެ.އިރާދަފުޅުން ވީވެސް އެހެންނެވެ.ހުޅުވައި ބަލައިލިއިރު ކޮއްކޮގެ މެއިލްއެއް އަހަރެންނަށް ލިބިފައި އޮތެވެ.އެވެސް މީގެ ދެހަފްތާ ކުރިން ފޮނުވާފައިވާ މެއިލްއެކެވެ.އެހެންކަމުން އެންމެ ސުކުންތެއްވެސް ލަސްކުރަން ނުހަދާ އަހަރެން އެ މެއިލް ހުޅުވާލުމަށްފަހު ކިޔަން ފެށީމެވެ.

“ދައްތާއެވެ!ހާލު ރަނގަޅު ހެއްޔެވެ؟ދައްތަގެ ހާލު ރަނގަޅުވާނެކަމަށް އުއްމީދު ކުރަމެވެ.އަހަރެން މި މެއިލް މިފޮނުވީ ދައްތައަށް މި މެއިލް ފެންނާނެ ކަމުގެ ކުޑަވެސް ޔަޤީންކަމެއް ނެތިއެވެ. އެކަމަކުވެސް ކޮންމެވެސް ދުވަހަކުން މި މެއިލް ދައްތައަށް ފެންނާނެ ކަމުގައި އުއްމީދު ކުރަމެވެ.

ދައްތާއެވެ!މިވޭތުވި ދުވަސްތަކުތެރޭ އެތައްކަމެއް ބަދަލު ވެއްޖެއެވެ.ދައްތަ ދިޔަތާ މާގިނަ ދުވަހެއްނުވެ ބައްޕަ ވަނީ މަރުކަޒުގައި އެޑްމިޓު ކުރަން ޖެހިފައެވެ.މިއަދާ ހަމައަށްވެސް ބައްޕަ ދޫކޮށެއްނުލައެވެ.އެވަރުވީއިރުވެސް ދައްތަ ހޯދަން ނޫޅުނީ ބައްޕަ ބުނީތީއެވެ.ބައްޕަ ބުނި އެއްޗެއް އެނގޭ ހެއްޔެވެ؟ބައްޕަ ބުނީ ދައްތައަށް ވަގުތު ދިނުމަށެވެ.އަދި ދައްތަ ވިސްނިގެން އަހަރެމެން ކައިރިއަށް އަންނާނެ ކަމަށެވެ.

ދައްތާއެވެ.އެކަނި އުޅެން ޖެހުނީތީ އަހަރެން ވަނީ ބައެއްގެ ޝިކާރައާއި ކުރިމަތިލާން ޖެހިފައެވެ. މިބުނަނީ މުސްލިމް ފިރިހެންވެރިންތަކެއްގެ އަތްދަށުވީ ވާހަކައެއް ނޫނެވެ.ބޭރު ބިދޭސީ ބައެއްގެ އަތްދަށުވީ ވާހަކައެވެ.އަޑުއިވުނު ގޮތުންވިއްޔާ މުސްލިމް ނޫން ބައެކެވެ.ދައްތާއެވެ.އެރޭ ދައްތަގެ އެއްސުވާލުގެ ޖަވާބު އަހަރެންނަށް ލިބުނެވެ.ފިރިހެން ކުދިންވެސް މުސްލިމުންނަށްވެހުރެ އަމުދުން ބަލައިގެން ނުވާނެ ކަމަށް ދައްތަ ބުނީމޭނުން ހެއްޔެވެ؟ދައްތާއެވެ.އަހަރެމެންގެ ހަށިގަނޑަށް ބަލަބަލާ ތިބޭނީ ހަމައެކަނި ދީނުގެ މީހުންނެއް ނޫނެވެ.އެއްވެސް ދީނަކަށް ތަބާ ނުވާ މީހުންވެސްމެއެވެ.ވީއިރު އަހަރެމެންގެ ދީން، އަހަރެމެން އެފަދަ މީހުންގެ އަތްދަށުން ހިމާޔަތް ކޮށްދޭން ބޭނުން ނުވާނެ ހެއްޔެވެ؟

ދައްތާއެވެ!އަހަރެން މިހާރު މީހަކާވެސް އިނދެފީމެވެ.ކުރު އެއްޗެހި ލާން އުޅުުން އަހަރެމެން ހިތްއެދޭ ކަމަކަށް ވީއިރު އަހަރެމެން ޝަކުވާ ކުރަމުންވެސް އައީ އެކަމާއި ނޫން ހެއްޔެވެ؟އެކަމަކު މިއަދު އަހަރެން ބުނަން ހެއްޔެވެ؟އަލަތު ކައިވެނި ކުރިއިރު ހަށިގަނޑު ހިލޭ މީހުން ކުރިމަތީ ފޮރުވައިގެން އުޅުން އަންބެއް ގޮތުގައި ހުރެ ފިރިމީހާގެ ހައްޤަކަށް ވެވުން ނަމައޭ އަހަރެންގެ ހިތަށް އެރި އަދަދެއް ބުނާކަށް ނޭނގެއެވެ.ހަމަ ޤައިމުވެސް އެހެންނޫންނަމަ ފިރިމީހާގެ ހައްޤަކަށް ވެވުނީތީ ލިބުނު އުފަލުގެ ތިންގުނަ އުފާ ލިބުނީސްކަން އަހަރެންނަށް ޔަޤީނެވެ.އެކަމަކު ދެން ވެފައި އޮތް ކަމެއްގެ ވާހަކައެއް ދެއްކުމުގެ ބޭނުމެއް ނެތް ދޯއެވެ.

މާތްﷲއިރާދަފުޅުން އަހަރެން މިއަދު މިވަނީ ޞާލިޚު އަންބަކަށް ވެފައެވެ.ނިވާވެގެން ހުރި ބަރާބަރަށް އަޅުކަން ކުރާ އަޅަކަށްވެސް އަހަރެން ވެއްޖައީމެވެ. މިކަމުގެ ހުރިހާވެސް ތައުރީފެއް ހައްޤުވަނީ އަހަރެންނަށް ލިބުން ދީންވެރި ފިރިމީހާއަށެވެ.

ދެން އޮތީ އަހަރެން ދައްތައަށް ބުނެދޭން ބޭނުންވާ އެންމެ ބޮޑު ވާހަކައެވެ.ދައްތައަށް މިހާރު ދައްތަގެ ހިތުގައި އުފެދުނު ހުރިހާ ސުވާލުތަކަކަށް ޖަވާބު ލިބިއްޖެކަމަށް އަހަރެން އުއްމީދު ކުރާތީ މިވާހަކަ ކިޔައިދޭން ބޭނުންވީއެވެ.

އެއްރޭ ވަގުތީ ހިޔާވަހިކަމަކަށް އެދިގެން އަހަރެމެން ގެއަށް އާއި ކުޑަކުޑަ އާއިލާ މަތިން ދައްތަ ހަނދާން އެބަހުރި ހެއްޔެވެ؟އަހަރެމެންނަށް އެމީހުންނަށް ކަންތައް ކުރެވުނީ ކިހާ އިހާނެތިކޮންކަން ހަނދާން އެބަހުރި ހެއްޔެވެ؟އެރޭ އެކަނި އެމީހުން ބައިތިއްބަން އެދުނީތީވެސް އަހަރެމެން މީ ފާޅުގައި އެކަމަށް އިންކާރު ކުރި ބައެކެވެ.ބައްޕަ ބުނީތީވެސް އަހަރެމެން އެކަމަށް އެއްބަހެއް ނުވަމޭނުންތާއެވެ.ކުޑަމިނުން އެދެއަންހެން ކުދިންނާއި ހުރިހަމައެކަނި މަންމަ އެކަނި ބަހައްޓައިދޭންވެސް އެ ފިރިހެންކުއްޖާ އެދުމުން އަހަރެމެން ކުރީ އިންކާރެވެ.ހަޑިކޮށް ތިބީތީއޭ ކިޔާފައެވެ.އަހަރެމެންގެ އެއްޗެހި ވަގަށް ނަގާފާނެތީއެވެ.

އެކަމަކު ދައްތާއެވެ.އަހަރެން ހާލުގައި ޖެހުން އިރު އެހިީވީ ހަމަ އެ އާއިލާއެވެ.އެދުވަހު ހިތުގައި ޖައްސާ ދެރަކޮށްފައި ފޮނުވާލި އެ އާއިލާއެވެ.އެރޭ އަހަރެންގެ ސަލާމަތަށް އައިސްދިނީވެސް ހަމަ މިބުނާ ފިރިހެންކުއްޖާއެވެ.އެނގޭ ހެއްޔެވެ؟އަހަރެން އެގެއަށް ގެންދިއުމުން އެމީހުން އަމަލުތަށް ބެހެއްޓި ގޮތުން އަހަރެން ލަދުން ހަލާކުވާ ވަރުވިއެވެ. މެހެމާންދާރީ އެމީހުންނަށް ވީ އެންމެ ފުރިހަމައަކަށް އަދާކުރަން މަސައްކަތް ކުރީތީއެވެ.އެންމެން އަހަރެންނާ ހިނިތުންވެލާފައި ފިރުމަ ފިރުމާފައި ވާހަކަ ދެއްކި ގޮތުން ދުވަހަކު ކަމެއް ވީ ހެންވެސް ހީނުވެއެވެ.ވީއިރު އަހަރެން ކިހާ ލަދެެއް ގަންނާނެ ހެއްޔެވެ؟

އެންމެފަހުން ލަދުވެތިވާ ހާލު މައާފަށް އެދުނީ އަހަރެންނެވެ.ބަދަލުގައި އެމީހުން ހިތުގައި އެކަމަށް ކުޑަވެސް ހިތްބުރަކަމެއް ނެތޭ ބުނެލީ ކުރިއެކޭ އެއްފަދައިން އެ ފަނޑުވުމެއްނެތް ހިނިތުންވުމުގައި ތިބެއެވެ.އެ އުޖާލާވި މޫނުތަށްފެނި އަހަރެންގެ ހިތަށް ކުރުވި އަސަރު ބޮޑެވެ.އެހާ ހިތްތިރި މީހުންވެސް ދުނިޔޭގައި އުޅޭ ހެއްޔޭ އަހަރެންނަށް އެވަގުތު ބުނެވެސް ލެވުނެވެ.

ދައްތާއެވެ!އަހަރެން މިހާރު ކައިވެނި ކޮށްގެން މިއުޅެނީ އެ ފިރިހެން ކުއްޖައާއެވެ.އެ އާއިލާއަކީ ދީންވެރިކަމުގެ ފުރިހަމަ ނަމޫނާއެކެވެ. ހިތްތިރިކަމުގައި ހައްދެއް ނެތް ބައެކެވެ.މިއަދު އެ އާއިލާ އުޅެނީ އަހަރެމެން ގޭގައެވެ.މި އާއިލާގެ އުފާވެރިކަން އެއީ އަހަރެންނަށް ބުނެދިނުމަށް ކުޅަދާނަ ކަމެއް ނޫނެވެ.

ދައްތާއެވެ!އަހަރެން ބުނެދޭން މިއުޅޭ އެއްޗެއް ވިސްނޭ ހެއްޔެވެ؟ދައްތައަށް ވިސްނޭ ދުވަހަކުން އެކަލާނގެ ދައްތަގެ ތަޢުބާ ބަލައި ނުގަންނާނެކަމަށް ދައްތަގެ ހިތަށް އަރާނެކަމުގެ ކުޑަވެސް ޝައްކެއް އަހަރެންނަކަށް ނެތެވެ.ވީއިރު ބުނަން ހެއްޔެވެ؟ އަހަރެމެން ނިކަމެތި ކޮށްލާފައި ފޮނުވާލި މީހުން އަހަރެންނަށްވެސް މައާފު ކުރީއެވެ.އެވެސް ހިތުގައި އެއްވެސް ހިތްބުރަކަމެއް ނުބާއްވައެވެ.އެކަމަކު އަދި އަހަރެން މިދައްކަނީ ހަމަ އަހަރެމެންފަދަ އިންސާނުންތަކެއްގެ ވާހަކައެވެ.ވީއިރު އެކަލާނގެ ދައްތައަށް މައާފު ނުކުރައްވަންވީ ކީއްވެ ހެއްޔެވެ؟

އެކަލާނގެއީ އަދި އަހަރެމެން އިންސާނުންނަށްވުރެ ދީލަތިވެވޮޑިގެންވާ ގިނަގިނައިން އަހަރެމެންގެ ކުއްތަށް ޢަފޫ ކުރައްވާ ރަސްކަލާނގެއެވެ.ވީއިރު ދައްތަ ތަޢުބާވެ ކުށްތަށްވުމުން ހުރިހާ ކަމަކަށް ކުޅަދުންވަންތަ އެކަލާނގެ ދައްތަގެ ކުށް ޢަފޫނުކުރައްވާނެހެން ދައްތައަށް ހީވޭ ހެއްޔެވެ؟

މިހާރު ދައްތައަށް އަހަރެން އެވާހަކަ މިކިޔައިދިނީ ކޯއްޗެއް ވިސްނައިދޭންކަން އެނގޭނެ ކަމަށް އުއްމީދު ކުރަމެވެ.ވީއިރު ދައްތާއެވެ.އަދި ވަގުތު އެބައޮތެވެ.ހިތްވަރުކޮށްލާފައި ތަޢުބާވެ ކުށް އަފޫކޮށްދިނުމަށް އެދި ދުޢާ ކުރާށެވެ.އަދި ތަޢުބާވެ ސާލިޚު މީހަކަށްވެގެން އެނބުރި އަންނާށެވެ.ބައްޕައާއި އަހަރެންވެސް މިހުރީ ދައްތަ އެނބުރި އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.”

ކޮއްކޮގެ އެ މެއިލް ކިޔާފައި އަހަރެންނަށް ރަނގަޅަށްވެސް ގިސްލާފައި ރޮވުނެވެ.އެކަލާނގެއި ދީލަތިވަންތަ އަދި ގިނަގިނައިން އަހަރެމެންގެ ކުށްތަށް ޢަފޫ ކޮށްދެއްވާނެ ކަލާނގެކަން ވިސްނުނު ހިނދު އަހަރެން އަވަސްވެގަތީ ތަޢުބާވެ އެކަލާނގެ ހަޒްރަތަށް ކުށް ޢަފޫކޮށްދެއްވުމަށް އެދި ދުޢާ ދެންނެވުމަށްށެވެ.އޭރު އަހަރެންގެ ހިތުގައިވަނީ އެނބުރި އަމިއްލަ ވަޒަނަށް ފުރިހަމަ ގޮތުގައި ދީންވެރި ކުއްޖަކަށް ވެގެން ދިއުމުގެ އަޒުމެވެ.އާއެކެވެ.އަހަރެންގެ ހިތަށް އެރި ހުރިހާ ސުވާލެއްގެ ޖަވާބު އަހަރެންނަށް މިއަދު ލިބިއްޖެއެވެ.

Comments (119)

  1. Coco

    V rythi

    1. ithoo
      Coco

      Thanxx dear?

  2. sam

    Maasha Allah v reeethii. .. v iburehtheriii vaahakaeh … thank u ithooo

    1. ithoo
      sam

      Wc dear n Thanxx to u also dear?

  3. nonns

    Wow. Varah reethi. Masha allah

    1. ithoo
      nonns

      Thanxx nonns?

  4. Psenhi

    Masha Allah. Ibraitheri vahakaeh

    1. ithoo
      Psenhi

      Thanxx Psenhi?

  5. sam

    Mashaa Allah v reethii mi story .and v iburehtherii mi storyy … thanku ithooo

    1. ithoo
      sam

      Thanxx sam?

  6. Azu

    Ma sha allah….vv iburaiytheri vaahakaeh…..

    1. ithoo
      Azu

      Thanxx Azu?

  7. Khajja

    Masha allah v rythi v ibraiytheri stry eh thanks ithoo mikahala dheenee stry thah kiyaalan libene nama dhw mi fadha stry thakuge sababun allh aharemen muslimunnah heyovisnun dhevvaa heyogoiythah minvaru koh dhevvaashi aameen ??

    1. ithoo
      Khajja

      Aameen.. Wc dear n thanx to u also dear??

  8. Rifoo

    Ma sha allah.. V reethi. V iburaytheri

    1. ithoo
      Rifoo

      Awwhh..thanxx Rifoo ??

  9. Xxxx

    Maasha Allah..wonderful story ..v.reethi

    1. ithoo
      Xxxx

      Awwhh..thanxx dear??

  10. Addu manje

    Varah reethi adhi ehaame iburaitheri.. ☺

    1. ithoo
      Addu manje

      Thanxx dear??

  11. yaania

    Masha Allah.. its very touching.. Rovunu hama..

    1. ithoo
      yaania

      Awwhh..Thanxx dear??

  12. myly❤

    perfect and a v nice + iburaitheri vaahakaeh than u ithoo ??

    1. ithoo
      myly❤

      Awwhh..Thanxx dear??

  13. ssss?

    Ma Sha Allah… Varah iburaiytheri rythi vaahaka eh

    1. ithoo
      ssss?

      Thanxx dearr??

  14. Cherry

    Masha allah varah furihama varah iburaitheri vaahaka eh

    1. ithoo
      Cherry

      Thanxx dearr??

  15. Anonymous

    Masha Allah vvv reethi mi story. Thanx c thoo mihaa ibraiitheri vaahaka eh mi ramdhan mahu up kohdhinee theeve. Luv u lotx??????

    1. ithoo
      Anonymous

      Awwh..wc dear n thanxx to u also dearr???

  16. Someone

    Masha Allah. Varah iburai theri vaahaka eh! Thank you ithoo dear ?

    1. ithoo
      Someone

      Awwh..wc dear n thanxx to u also dearr???

  17. Chum handi

    masha allah…. mi kahala iburaii theri vaahaka thah kuri ah oii thanu gai ves genes dheyne kamah unmeedhu kuran….

    1. ithoo
      Chum handi

      Thanxx my dear.. In sha Allah adhi vx mikahala vaahaka hama geneveytho masaihkaih kuraanan ingey??

  18. ????❤

    Masha allah.

    1. ithoo
      ????❤

      Thanx my dear??

  19. Misha

    Vvvvvvvvv rythi mi vaahaka??

    1. ithoo
      Misha

      Thanx my dear??

  20. Yax

    Masha Allah?
    Varah ibraiytheri

    1. ithoo
      Yax

      Thanx my dear??

  21. layaal

    Maasha allah..v rythi mi vaahaka…thnxxx thoo???

    1. ithoo
      layaal

      Wc dear..n thanx to u also layaal??

  22. ???

    Masha Allah v reethi v iburai theri vaahaka eh?

    1. ithoo
      ???

      Thanxx dearr??

  23. ???

    Masha Allah v reethi v iburai theri vaahaka eh

    1. ithoo
      ???

      Thanxxx dearr??

  24. Samee

    Wowowow…. Maasha allah v v v v reethi.. Ithoo i guess you can get first insha allah.. Lysm..

    1. ithoo
      Samee

      Awwh glad to know that dear..Thanxxx dearr???

  25. imma

    Vaahaka kiumuge kurin ves ingey sithoo liyaa vaahaka in iburatheh haasil vaanekan v v v v reethi vaahaka thank sithoo Mee feyshumeh kamah uhmeedhu kuran

    1. ithoo
      imma

      Awwhh..thanxx imma..glad to know that..thanx a lot??

  26. shaa

    vaahaka varah ibraiytheri. you are the best ithoo

    1. ithoo
      shaa

      Awwh..happy to know that..thanx my dear??

  27. Saandy

    V reethi v ibraiytheri vaahakaeh 🙂

    1. ithoo
      Saandy

      Thanxx dear??

  28. hi

    Masha allah… vr furihama…

    1. ithoo
      hi

      Thanx dear??

  29. Malika❤️

    MashaAllah.
    A very fruitful message.
    Ithoo you r so talented. MashaAllah nd Alhamdhullilaah

    1. ithoo
      Malika❤️

      Alhamdhullilaah.. Thanxx my dear so so much??

  30. Naaaaa

    Masha Allah vrh vrh rythi n vrh ibraiytheri vaahaka eh.. Gina ginain mikahala stories liyeba ithoo..

    1. ithoo
      Naaaaa

      In sha Allah..i’ll try my best dear..thanxx so so much??

  31. Faxoo

    MaShaAllah.. vrh reethi
    ibraitheri vaahaka eh

    1. ithoo
      Faxoo

      Awwh..thanx my dear??

  32. sehun

    vrah reethi

    1. ithoo
      sehun

      Awwh..thanx my dear??

  33. safa

    Varah reethi

    1. ithoo
      safa

      Thanx my dear??

  34. Aisha

    Masha Allah varah iburaiytheri vaahaka eh

    1. ithoo
      Aisha

      Thanx my dear so much??

  35. Sha Ra

    Mohamed Axim Nisryn Reen Maahy Musthafa Aishath Jarzly Aishath Nuha Maryam Shimana Ummu Alyaan Aishyn Ammy Emanath Javazer Ja Nurr Ahmed Acim plz share this story

    1. ithoo
      Sha Ra

      Thanx dear??

  36. shafu

    masha allah…….. vvv reethi

    1. ithoo
      shafu

      Thanx my dear??

  37. Noor

    Masha Allah..

    1. ithoo
      Noor

      Thanx my dear??

  38. iysh

    Masha Allah… varah rythi.. varah iburaiytheri.. first libun hagu..☺☺☺??

    1. ithoo
      iysh

      Awwhh..Thanx my dear so so so much??

  39. Shahoo

    Maasha allah. Nyc story??

    1. ithoo
      Shahoo

      Awwhh..Thanx my dear ??

  40. haja

    Maasha Allah varah reethi Iburathere mi vaahaka

    1. ithoo
      haja

      Awwhh..Thanx my dear ??

  41. Lara

    Masha allaah v reethi iburaitheri vaahaka eh

    1. ithoo
      Lara

      Awwhh..Thanx my dear ??

  42. Munaz Mohamed

    Aroo Joo

    1. ithoo
      Munaz Mohamed

      ??

  43. Haly

    MashaaAllah varah reethi

    1. ithoo
      Haly

      Thanxx dear??

  44. hajja

    Masha Allah v reethi

    1. ithoo
      hajja

      Thanxx dear??

  45. Hash

    Mee furathama fahara aharen kura commen.huriha vaahaka liyun therigen vaahaka vs kiyan comment nukuriyas,ekamu mifaharu mi comment kohli mi vaahaka reethi v ma rovijje hama?

    1. ithoo
      Hash

      Awwh ehntha..v ufaa vejje ingey cnnt fenuneema..n v v happy vejje stry balaigathyma..thanx my dear so so so much???

  46. jaxz

    amazing story

    1. ithoo
      jaxz

      Thanxx my dearr??

  47. Shau

    Wow sithu… v v v lwbi mi story… Masha Allah… keep it up sithu n gud luck..???

    1. ithoo
      Shau

      Awwh..thanxx my dear so so much??

  48. fathun

    Varah reethi

    1. ithoo
      fathun

      Awwh..thanxx my dear so so much??

  49. Shuja

    Varah furihama magey besty.. Good luck..

    1. ithoo
      Shuja

      Awwh..thanxx shuja??

  50. haja

    allhamudu lihlaahi v reethi

    1. ithoo
      haja

      Thanxx my dearr??

  51. ifoo

    masha allah..v v v rythi..one of the amaxing story..bst of luck dear..

    1. ithoo
      ifoo

      Thanxx my dear??

  52. Munippa & 5 Others

    Ma Sha Allah.. This brings tears to my eyes… this touched heart at its best… So meaningful and inspirational… Ithoo u Have what I always say tht U have…. Keep Moving Ahead.. <3

    1. ithoo
      Munippa & 5 Others

      Awwhh..thanxxx v v bodah??

  53. Munippa & 5 Others

    Obinesss to he Max

    1. ithoo
      Munippa & 5 Others

      Thanxxx so much??

  54. Aim

    Ohh..v rythi Story eh mi..gud work sithu keep it up??

    1. ithoo
      Aim

      Thanxx my dear so so much..??

  55. Afy

    V v salhi mi vaahaka

    1. ithoo
      Afy

      Thanxx dear so much??

  56. Hawwa Abdul Moiz Noor

    Alhe ithoo. Haadha reeche. Ma sha Allah. Hama rovijje hithun. V v reethi. V rangalhu filaavalhe ves mi vahaka in kiyuntherinna daskodhene kan gaimu. Allah ithoo ge thi hunaru abaduves thigothuga damahattaan deve.. Amin bunelan othi abaduves vahaka liyache..

    1. ithoo
      Hawwa Abdul Moiz Noor

      Ameen..thanxx my dearr so so so much… Balaanan migothuga kuriah dheveytho..thanx a lot dearr??

  57. ShaYan YoOsuf

    Varah Varah Varah Salhi Ingey Ithoo ???
    Keep it with Great Work.. All The Best ??

    1. ithoo
      ShaYan YoOsuf

      Awwh..thanx my dear..thanx a lot??

  58. shau

    Mi story touchin kamun shau ah hama kiyeny.. v lwbi sithu ge story masha Allah.. keep it up dear..??

    1. ithoo
      shau

      Awwh..thanx my dear..thanx a lot
      .gina ginain kiyaalaa dearr??

  59. Maayaa

    Vvv reethi ithoo ithoo ge komme vaahaka ehvves kiyanee kiyaa hithun hama ehaa reethi

    1. ithoo
      Maayaa

      Awwhh..thanxx my dear..thanxx so much??

  60. Quiiin???

    Vrh reethi vhk eh ma sha allah nd i like it …
    Mee teacher eh kiyaidhin stry eh …
    Is this ur own idea?
    Just asking … ???

Comments are closed.