“އަނެއްކާ ކޮންކަމެއްބާ.. ބުނެބަލަ އޭރުންނު އުފާވާން އިނގޭނީ..” ނީރާ ކުޑަކޮށް ސީރިއަސް ވިއެއެވެ. “އިހަށް ބުނެބަލަ ރާބިއްތަ ދިޔައީ ކޮންތާކަށް؟” ޝާއިން އެހެން އަހާލީ ނީރާގެ މަންމަ ރާބިޔަތި ދިޔަތަނެއް އޮޅުން ފިލުވާލާށެވެ. “ޑޮކް އަށް ދައްކަން މިއަދު މީ 17 އެއްނު. އަހަރެން ހަނދާނެއްވެސް ނެތް.. ރޭގައޭ މަންމަ ބުނީ.. ޝައިން އިނގޭތަ.. އައި އެމް ސޯ އެކްސައިޓެޑް.. ވިސްނާލަބަލަ އަހަރެންނާއި ކުޑަ ކޮއްކޮ އާއި ވާއު.. ދެން އިނީ އެންމެ ދެ މަސް.. އިރާދަ […]
“ޒަރީނާ” ސަނާއަށް ޒަރީނާ ފެނުމާއި އެކު ބޭއިހްތިޔާރުގައި އޭނާގެ ނަން ކިޔައިލެވުނެވެ. “ވަރަށް ހައިރާންވެއްޖެ ދޯ؟ ވަރަށް ގިނަ އެއްޗެހި ހިތަށް އެބަ އަރާދޯ؟ އަހަރެން ޝާމިން ކައިރީގަ ބުނެފަ އޮންނާނީ އެވާހަކަތަށް ކިޔައިދީފިއްޔާ އަހަރެން ކަންތަށް ކުރާނެގޮތުގެ ވާހަކަ” ސަނާއާއި ދިމާއަށް މަޑު ހިނގުމުގައި ހިނގާފައި އައި ޒަރީނާ އެހެންބުނެ ސަނާގެ ކުރިމައްޗަށް ހުއްޓުނެވެ. “ކަލޭ ކިހިނެތް 5 އަހަރު ދުވަހުގެ ތެރޭގަ ސަލާމަތްވީ؟ ކަލޭތީ ވަރަށް ލަދުކުޑަ ސުންޕާ…..” ސަނާއަށް އެހިސާބަށް ބުނެވުނު ތަނާ […]
އަރާމު ނިންޖަކުން ނިދާފަ އޮތް އައިރީން އަށް ހޭލެވުނީ އިރުގެ ރަން ދޯދިތައް އައިސް އެ މޫނަށް އެޅެން ފެށުމުންނެވެ. އެސްފިޔަތަށް ތަޅުވާލަމުން މަޑު މަޑުން ލޯ ހުޅުވާލުމަށް ފަހު ގަޑި ބަލާލުމާއިއެކު އައިރީން ގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ” އޯހް މައި ގޯޑް .. އެގާރަ ޖެހީ .. އެންޑް އެއްވެސް މީހަކު ރީން ހޭވެސް ލައްވަން ނައި .. އެކަމަކު އެހެން ދުވަސް ދުވަހު ހީވާނެ އެހެން ފަދަ ކަމެއް ހެން ނުހޭލައިގެން […]
” ލޯބިވާ ކާފައަށް.. ކާފާއެވެ. ކާފަ އަޅުގަނޑާއި ކިތަންމެ ދުރުގައި ހުއްޓަސް އަޅުގަނޑު އަބަދުވެސް ކާފަ މަތިން ހަނދާން ކުރާނަމެވެ. ކާފަ ދިން ނަސޭހަތް އަބަދުވެސް ގަބޫލު ކުރާނަމެވެ. ކާފަ އަޅުގަނޑުމެންނަށް ކޮށައިދީފައި ދިޔަ މަގުން އަބަދުވެސް ހިނގޭތޯ ބަލާނަމެވެ. އަޅުގަނޑު ފެނި އެހެރަ ދަނީ އެއްކަލަ އިބްރާހިމްއަށް ކާފަ ކިޔާ ދަރިއެކޭ ހާދަ މޮޅޭ ކިޔާވަރަށް އަޅުގަނޑު ކިޔަވާނަމެވެ. ބައްޕަގެ ނަމާއި އެކު ކާފަގެ ނަންވެސް ރޯޝަން ކުރާނަމެވެ. ކާފާއެވެ. އަޅުގަނޑަށް އަދިވެސް ކާފަ ބުނާ […]
ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އޭނާއަށް އެހެން އެ އޮތީ ބުނެވިފައެވެ. ބުނި އެއްޗެއް އަނބުރައެއް ނުގެނެވޭނެތާއެވެ. އެހެން ނޫނަސް އެނޫން ގޮތެއް ރީޝާ އަކަށް ހަމަ ނެތެވެ. އޭނާ އަށް އަނެއްކާވެސް ރައުހާ އާ ވާހަކަ ދެއްކުނު ގޮތް ހިތަށް އަރާފައި ރޮވެން ފެށުނެވެ. އޭނާ ކުރާނީ ކީއްހެއްޔެވެ؟؟ ރައުހާ ވެސް ހިިތަށް އަރާނީ ކީކޭ ހެއްޔެވެ. މީ ރީޝާ ދުވަަކުވެސް ރައުހާ އާ ވާހަކަ ދެއްކި ގޮތެއް ނޫނެވެ. އެހެނަސް ތަޤްދީރުގެ ނިޔާ އެކަކަށް […]
ކުރިމަތީ ބަހައްޓާފައި ހުރި ހޫނު ކޮފީތަށީން އަރަމުންދިޔަ އާވި މަޑުވަމުންގޮސް ކޮފީތަށީގެ ހޫނުކަން ކެނޑިގެން ދިޔައިރުވެސް އަހަރެންނަށް ރޭކާނުލާކަހަލައެވެ. ފަތިހުގެ ހިތްގައިމު ވަގުތު ދުނިޔެމަތިން ފެންނަން އޮތް ހިތްގައިމު މަންޒަރަށް ގެއްލިފައި އަހަރެން އިނީމެވެ. މިއީ ކޮންމެ ރެއެއްގެވެސް އާދައެވެ. ފަތިސްނަމާދު ކުރުމަށްފަހު ކޮފީތަށި ހިފައިގެން ބޭރަށް ނުކުންނަނީ މި ހިތްގައިމު މަންޒަރު ބަލާލުމަށެވެ. މިއީ އަހަރެންގެ ހިތަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދޭ މަދު ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމެވެ. މިފަދަ ކޮންމެ ވަގުތަކު އެކަނި އިނދެ […]
“އެކްސްކިއުޒް މީ..” އޭ ކިޔާ ޝާއިން ގޮނޑިން ތެދުވެ ކޭންޓީން އިން ނިކުމެގެން ދިޔައެވެ. އެ ދިމާލަށް ބަލަން އިން ނީރާ ކުޑަކޮށް ދެރަވިއެވެ. ނަމަވެސް އޭނާގެ ސިކުނޑި އަނެއްކާވެސް އެހެން ވިސްނުމަކަށް ގެން ދިޔައީ ޝަރާ ދައްކަމުން ދިޔަ ވާހަކައަކުންނެވެ. ރާހިލްވެސް ދެން ދަނީ އޭ ކިޔާ އެތަނުން ތެދުވެގެން ދިޔައެވެ. ޝަރާއާއި ނީރާ ދެ ކޮނޑު އަރުވާލުމަށްފަހު އަނެއްކާވެސް ވާހަކައިގެން ކުރިޔަށް ދިޔައެވެ. ޝާއިން އޭނާގެ ކެބިންއަށް އަށް ގޮސް ގޮނޑީގައި އިށީނދެލިއެވެ. އަދި މޭޒުމަތީ […]
އަމްޖަދު ފެނުމާއެކު ހިތައް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބިގެންދިޔަ ނަމަވެސް، އެކަން ފޮރުވަމުން ޒީނިޔާ ހަމަ ގަސްތުގައި އޭނާގެ ހިނގުން ބާރުކޮށްލިއެވެ. ނަމަވެސް އަމްޖަދު ޒީނިޔާއާ އަރާހަމަކުރުމަށް ކުރިހޯދިއެވެ. “ޒީ… ޕްލީސް މަޑުކޮށްބަލަ. ހަމަ އެންމެ ފަސްމިނިޓް.” ޒީނިޔާއާ އެއްހަމައެއްގައި ހިނގަން މަސައްކަތްކުރަމުން އަމްޖަދު ވާހަދެއްކިއެވެ. ޒީނިޔާއަށް އެއަޑު އިވޭކަމަކަށްވެސް ނުވިއެވެ. “ޒީ.. ޒީ… ޕްލީސް އަހަންނަށް ވާހަކަ ދައްކަން ހަމަ އެންމެ ފުރުޞަތެއް ދީބަލަ. އާދޭސްކޮށްފަ މިބުނަނީ. އަހަންނަށް ކުރެވުނު އެންމެ ކުށެއްގެ އަދަބު ތިހާ […]
“ހޫމް.. އަދި މިގޭގައި ކުރަންޖެހޭ ކަންތައްތައް ޝާމިންއަށް ކިޔައިނުދީދޯ މިއުޅެނީ، އަޑުއަހާ އިނގޭ، ޝާމިން މިގޭގައި ކުރަން ޖެހޭނެ ހަމައެކަނި ކަމަކީ މިގޭގެ ތަންތަން ފޮޅާ ސާފުކުރުން، އެކަމަކު މިއަދު ޝާމިގެ އަތް ކަފައިގެން ގޮސް އޮތީމަ އެއްވެސް ކަމެއް ކުރާކަށް ދައްތަ، ޝާމިން އަކަށް ނުޖައްސާނަން” ހިނިތުންވެ ހުރެ ކުއްލިއަކަށް ހަނދާންވާކަހަލަ ގޮތަކަށް ޝިފާނާ ޝާމިންއަށް ގޭތެރޭގައި ކުރަން ޖެހޭ ކަންތައްތަށް ކިޔައިދިނުމަށްފަހު ޝާމިން ގޮވައިގެން ކާކޮޓަރި އާއި ދިމާއަށް ދިއައެވެ. ޝާމިން ކޮއްކޯ، ހާދަ […]