އައިޝަތު ޝައިނާ ޝަފީޤް، ސްޓޭޖްމަތިން އިވިގެން ދިޔަ ނަމާއެކު އަހަރެންނަށް ހިނިތުންވެލެވުނެެވެ. މަޑުމަޑުން ހިނގާލާފައިގޮސް ސްޓޭޖްމަތިން ދަރިފުޅު ކުރިމަސައްކަތުގެ ހައްގު އިނާމު ލިބިގަންނަ މަންޒަރު ވެގެން ދިޔައީ އަހަރެންގެ ހިތަށް ބަޔާން ނުކުރެވޭފަދަ އުފާވެރި އިހްސާސްތަކެއް ކުރެވިގެން ދިޔަ މަންޒަރަކަށެވެ. އެއީ މީގެ 16 އަހަރުން ކުރިން ފެށިގެން އެ ދުވަހަކަށްޓަކައި އަހަރެން އެތަކެއް ބުރަތަކާއި، އުނދަގޫތަކެއް ތަހައްމަލުކުރި ކުރުމުގެ ފޮނި ނަތީޖާއެެވެ. މިއަދަކީ އޭލެވެލްއިމްތިހާނުން މުޅި ރާއްޖެއިން އެއްވަނަ ހޯދި 9 ދަރިވަރުންގެ ތެރޭގައި އަހަރެންގެ […]
އައިލީން ގެ ވަކިވެ ދިޔުމުގެ ހިތައިމައިގާ ނަޖުމާ އެތަށް ދުވަހެއް އެ ދަރިފުޅު ގެ ހަނދާނުގައި ކަރުނަ އޮއްސިއެވެ. އަދިވެސް ނަޖުމާ އެކަނި ވުމުން އެދަރިފުޅު މަތިން ހަނދާން ކޮއްކޮއްފައި ރޯތަން ފެނުމުން ފިރިހެނަކަށް ވިޔަސް ހަސަނުގެ ހިތަށްވެސް ފުން އަސަރު ތަކެއް ކުރެއެވެ. ނަޖުމާ އެހެން ރޯތަން ދެކޭކަށް އެއީ އޭނައަށް ކުޅަދާނަ ވާވަރުގެ ކަމެއް ނޫނެވެ. އޭނައަށް ވާނަމަ އެ މިހުން ނާ ވަކިވެގެން ދިޔަ ދަރިފުޅު އަނބުރާ ގެނައީ ހެއެވެ.. ނަމަވެސް މިއީ […]
މިއީ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. އުމުރުން މިހާރު 40ގެ އަހަރުތައް ގުނަމުންދާ އަހަރެންގެ ހަޔާތުގެ ވާހަކައެވެ. އުފަލާއި ހިތާމަ އެކުލެވިގެންވީ އަހަރެންގެ މާޒީއެވެ. އަހަރެންނަކީ މާގިނަ ކުދިންނާއި ލޯބީގެ ގުޅުންތަކެއް ބޭއްވި މީހެެއްނޫނެވެ. މުޅި ހަޔާތުގައިވެސް ލޯބިވީ އެންމެ މީހެއް ދެކެއެވެ. ރައްޓެހިވީވެސް ހަމައެކަނި އެކުއްޖާއާއި އެވެ. އެ ދުވަސްތައް މިއަދު ވީ ކަމެއްހެން އަހަރެން ހަނދާނުގައި ތާޒާކަމާއި އެކު ހަރުލާފައި އަދިވެސް އެބަހުއްޓެވެ. އެއީ ގްރޭޑް 11 ގެ ކިޔެވުން ނިންމާލުމަށްފަހު ޗުއްޓީއަށް އަހަރެން ރަށަށް […]
އަހަންނަކީ ކިހާ ނަސީބު ދެރަ ކުއްޖެއްހެއްޔެވެ؟؟ އަަހަރެންނަށް ނުލަފާ ދޮންމަންމަ އެއް ލިބިފައި ވާއިރު އެދޮންމަންމަ އަހަންނަށް ކަންތަށް ކުރަނީ އަޅަކަށް ކަންތައްކުރާ ފަދައިންނެވެ. އަހަންނަށް މި ވާހަކަތަށް ހިއްސާ ކުރަން ލިބިފިފައި ވަނީ ދެފަރާތަކަށެވެ. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އިބާޝާ އާއި އަހަރެންގެ ޑައިރީއެވެ……. އިންތިޒާރު ކޮއްލައްވާ……. މީ އިމީގެ ދެވަނަ ވާހަކަ.. މީ ކުރު ވާހަކައެކެވެ…………
“ކަލޭ ލަދެއް ނުގަނޭތަ؟ ޝާމިން އެއީ ކުޑަކުޑަ ކުއްޖެކޭ، އޭނައަށް އަދި މާ ހެޔޮއެދިގެން މިގެއަށްގެނެސް ކަލޭ އޭނަގެ…. ޗި” ރުޅިއައިސް ހުރި ސަނާ ހައްޔަރު ކޮށްގެން ގެންދަންފެށި ޒަރީނާގެ ފަހަތުން އެއްޗެހި ކިޔަމުން ދިޔައިރު ބޭރުތެރޭގައި އަޑުގަދަވެގެން އަވައްޓެރިން ނިކުމެ ޒަރީނާ އާއި ދިމާއަށް ބަލަމުން ދެއެވެ. ސަނާ، އަފީފްއަށް ޝުކުރު އަދާކޮށް މިމައްސަލައިގެ ކަންތައްތަށް އިތުރަށް ތަހުގީގު ކުރުމަށް ޝާމިން ގޮވައިގެން މާދަމާ ހެނދުނުގެ ވަގުތެއްގައި ދާނެ ކަމަށް ބުނެ ޝާމިންގެ އެއްޗެހިތަށް ހިފައިގެން […]
އުޑުމަތި ވަނީ ކަޅުވިލާ ތަކުން ފުރާލާފައެވެ . ބޯކޮށް ވާރޭ ވެހެމުން ދިޔައިރު އެ ވާރޭ ތެރޭގައި އުމުރުން 12 އަހަރުގެ ނީޝަމް އާއިއެކު ހަޅޭއްލަވަމުން ދުވަމުން ސަކަރާތް ޖަހަމުން ދިޔަ އައިރީން ފެނުނު މީހަކު އެއީ އުމުރުން 18 އަހަރުގެ އަންހެންކުއްޖެކޭ ނުބުނާނެއެވެ. ވާނީވެސް އެހެން ތާއެވެ. އުޅެނީ ކުޑަ ކުއްޖެއް އުޅޭ ގޮތަށްށެވެ . ” ދަރިފުޅާ .. ދެން މިހާރު ތެމެވިއްޖެއެއްނު .. ކޮއްކޮ ގޮވައިގެން އާދޭ އެތެރެއަށް .. އެހާ ގިނައިރު […]
ރީޝާ ޖަވާބު ލިޔެލުމަށްފަހު އޮފް ވާން އުޅެނިކޮށް އޭނާ އަށް ފްރެންޑް ރިކުއެސްޓް އެއް ފޮނުވާފަ އޮތް ތަން ފެނުނެވެ. އޭނާ އެއީ ކާކުތޯ ބަލާލިއިރު އެއީ މައިޝަން އެވެ. އޭނާ އުފަލުން ފޮޅުނެވެ. މައިޝަން އަކީ ރީޝާގެ ސީކްރެޓް ކްރަޝްއެވެ. އެހެންކަމުން އެ ރިކުއެސްޓް ރީޝާ އެކްސެޕްޓް ނުކުރާންވީ އެއްވެސް ސަބަބެއް ނެތެވެ. އޭނާ އުފަލާ އެކީ އެ ރިކުއެސްޓް އެކްސެޕްޓް ކުރިއެވެ. ރީޝާ ވަރަށް އުފާވިއެވެ. އަނެއްކާ މައިޝަން […]
ކުޑަ އިރުކޮޅެއް ތެރޭގައި ރިސެޕްޝަންގައި އިން ކުއްޖާ ސަނާ އަށް ގޮވައި ލުމަށްފަހު ސަނާ ގޮވައިގެން އެތެރެއަށް ދިޔައެވެ. އަދި “އޮފީސް” ޖަހާފައިވާ އެދޮރުން އެތެރެއަށް ސަނާ ވައްދައި ގޮނޑީގައި ބޭންދުމަށް ފަހު ނުކުމެގެން ދިޔައީއެވެ. “އަޅުގަނޑުގެ ނަމަކީ އަފީފް” ސަނާގެ ކުރިމަތީ އިން މޭޒުގެ ފުރަގަހުގައި އިށިއިނދެލައިގެން އިން އަފީފް އަމިއްލައަށް ތައާރަފްވެލައި ސަނާ އަށް އަތް ދިއްކޮށްލިއެވެ. ސަނާވެސް އަފީފް އާއި ސަލާމް ކޮށްލުމަށްފަހު ތައާރަފް ވެލިއެވެ. “އަޅުގަނޑުގެ ކޮއްކޮ ސަލާމަތް ކޮށްދީ އަޅުގަނޑު […]