އެންމެންގެ އިންތިޒާރަށް ނިމުމަކަށް އައީ ރާހިލް ނީރާއާއި ޝާއިންގެ ނަން ގޮވާލުމުންނެވެ. އެއްއަޑަކުން ޝާއިން އާއި ނީރާގެ ނަން ކިޔަމުން ދިޔައެވެ. ނީރާ އެވަގުތު ހުރީ ޓީޝޫ އަކުން އޭނާގެ މޫނު ފޮހެލާށެވެ. މިހާރު އޭނާގެ މޫނުމަތިން ކަމެއް ވެފައި ހުރިހެންވެސް ހީނުވެއެވެ. ނަމަވެސް އެއްބައިފަހަރު ނޭފަތް ދަމާލެވެއެވެ. ދުޅަވެފައި ހުރި ލޯ އެކަކަށްވެސް ފާހަގަ ނުވޭތޯ އޭނާ ދުޢާ ކޮށްލިއެވެ. ދެމީހުން ސްޓޭޖަށް އެރުމާއި އެކު އަނެއްކާވެސް ސްޓޭޖް ދިއްުލުނީ ނޫކުލައަކުންނެވެ. އެގޮތަށް އެ ދެމީހުން […]
އޭރު ވަރުގެ ކޮޅަށް ނަލަހެދިލައިގެން ހުރި ނީޝަމް ފެނުމުން ހިނވެސް އައެވެ. އައިރީން ދެ ބުމަ އަރުވާލަމުން ކޮންތާކަށް ދާން ހޭ ނީޝަމް ގާތުގައި އަހާލިއެވެ. ” އޮހް ހޯ .. ދޮންތައާ އެއްކޮށް ދާންވެގެންނެއްނު.. ” ” ހޫމް ހެވޭ .. ދެން ތިހާ ރީތި ނުވިޔަކަސް ވެދާނެ ކަންނޭނގެ .. މިދަނީ ޕާޓީ އަކަށް ދާކަށް ނޫން ވިއްޔަ .. އަނެއްކާ……” “ދެން ދޮންތާ .. ” އައިރީން އެހެން ބުނުމުން ނީޝަމް އައިރީން […]
މަރީނާމެންގެ ގޯތިތެރެ އަނދިރިވެފައި އޮތުމުގެ ސަބަބުން ފާތުމަ ބޭނުންވީ ގޯތިތެރޭގެ ތަނެއްގައި ފިލައިހުރުމަށެވެ. އެހެންކަމަށްވުމުން މަރީނާމެންގެ ގޯތިތެރެއަށް ފާތުމަ ވަދެ އަޅަމުންދިޔަ ފިޔަވަޅުތަކަށް ހުއްޓުންއެރީ ގޭގެ ދޮރުހުޅުވައި ލުމަށްފަހު ނުކުމެގެން އައި މޫސަ ފެނުމުންނެވެ. މަރީނާމެންގެ ގޯތިތެރެއިން ފާތުމަ ފެނުމާއި އެކު ހުއްޓުން އަރައި ދެލޯބޮޑުވެފައި ހުރި މޫސަ ސިއްސައިގެން ދިޔައީ މޫސަގެ ކޮނޑުގައި މަރީނާ ކޮއްޓައިލުމުންނެވެ. “ކޮބާ މިހާރު ހޭއަރައިފިތަ؟ އަދިވެސް އެހެންމީހުންނަށް ދެރަދެވޭތޯ އުޅޭ، މިހާރު ފާތުމައަށް ޔަގީން ވާނެ ކަލޭ އޭނައަށް އެދުވަހު […]
ނީރާ ހުރީ ގަނޑުވެފައެވެ. މިހުރިހާ ދުވަހު ކުރި ޕްރެކްޓިސް ބޭކާރުވީއޭ ހިތަށް އެރިއެވެ. އޭނާ ހުރީ ރޮވޭ ނުރޮވޭގައެވެ. ހިތް ކުދި ކުދި ވެގެން ދިޔަ ކަހަލައެވެ. ނަމަވެސް ތުންފަތުގައި ދަތް އަޅާލުމަށްފަހު ގިޓާ ނަގައި ސްޓޭޖަށް އަރަން ހިނގައިގަތެވެ. “ގުޑް ލަކް. ބެލީ…” ރާހިލް އެހެން ބުނުމުންވެސް އަޑު އިވުނުކަމަށް ނުހަދާ ނިރާ ހިނގައިގަތީއެވެ. ސްޓޭޖް މައްޗަށް ނީރާ އެރުމާއި އެކު އެތަން ފަނޑު ނޫކުލައަކަށް ބަދަލުވިއެވެ. އެ އަލީގެ ސަބަބުން އޭނާގެ މޫނު އެހާ […]
“ރައުހާ ވިސްނައިފިންތަ ދެން ރައުހާގެ ޑޭޓް އަކަށް ގެންދާނީ ކާކުކަން؟؟؟” ރީޝާ އަހާލިއެވެ. ނަމަވެސް ރައުހާގެ ޖަވާބު ލިބުމުން ރީޝާ އަށް އެސުވާލު ނުކުރެވުނު ނަމައޭ ހިތަށް އެރިއެެވެ. އޭނާ ވަރަށް ފޫހި ވިއެވެ. އޭނާގެ ޑޭޓް […]
“އަޅުގަނޑުގެ ނަމަކީ މަރިޔަމް، އަޅުގަނޑަކީ މިތަނުގެ ތަހްގީގު ޓީމުގެ އިސް ފަރާތެއް” ޒަރީނާ އެމޭޒު ކައިރީގައި އިން ގޮނޑީގައި ބޭންދުމާއި އެކު މޭޒުގެ އަނެއްފަރާތުގައި އިން އަންހެން އޮފިސަރު އަމިއްލައަށް ތައާރަފްވެލިއެވެ. އެވަގުތުވެސް ޒަރީނާ އިނީ އިސްދަށަށް ޖަހައިގެންނެވެ. “ޝާމިން ތިގެއަށް ގެންދެވުނީ ކިހިނެތް؟” މަރިޔަމް ސުވާލުކޮށްލުމުން ޒަރީނާ އިސްއުފުލާ މަރިޔަމް އާއި ދިމާއަށް ބަލައިލިއެވެ. މަރިޔަމް ކުރި ސުވާލަށް ޖަވާބުދިނުމެއްނެތި ޒަރީނާ އިސްދަށަށް ޖަހައިލުމުން އަނެއްކައިވެސް އަޑައްބާރުލާފައި މަރިޔަމް ސުވާލު ތަކުރާރުކޮށްލިއެވެ. “މަރީނާ އަނިޔާ […]
މިރެއަކީ ގޯލްޑެން ކޮމްޕެނީގެ ކޮންމެ މުވައްޒިފަކަށް ވެސް ވަރަށް މުހިންމު ރެއެކެވެ. ރެއަކީ އެ ކޮމްޕެނީއަށް 10 އަހަރު ފުރޭތީ ބާއްވާ ހާއްސަ ޕާޓީ އޮތް ރެއެވެ. ކޮންމެ މުވައްޒިފެއްވެސް ޕާޓީ އޮތް ހޯލަށް އައީ ވެވޭނެ އެންމެ ފުރިހަމައަކަށް ވެގެންނެވެ. ކޮންމެ މީހެއްވެސް ލައިގެން ހުރީ އެ ޕާޓީގެ ތީމްކުލަކަމަށް ވާ ނޫކުލަ އަދި ހުދު ކުލައިން ޖަރީކުރެވިފައިވާ ހެދުމެވެ. ނުވަތަ ގަމިހާއި ފަޓްލޫނާއި ކޯޓެވެ. މިރޭ ހާއްސަ ރެއަކަށް ވެގެން ވަނީ މުވައްޒިފުންގެ ބައެއް […]
ނަޖުމާ އެހެން ބުނުމުން ނީޝަމް އައިރީން އާއި ދިމާލަށް ބަލާލުމަށްފަހު ދޫ ނެރެލިއެވެ. ނީޝަމް ދޫ ނެރެލުމުން އައިރީން ވެސް ނީޝަމް އާއި ދިމާއަށް ވައްތަރެއް ޖައްސާލިއެވެ. ******************************* ކޮޓަރި ތެރެ އެއްކޮށް ވަނީ އަދިރިކޮއްލެވިފައެވެ. ފަންކާ ވެސް ހުރީ ނުޖައްސައެވެ. އެ އަނދިރީގެ ތެރޭގައި އޮތް އީނާލް އޮތީ ހުން އައިސްގެން ގޮސް ރަތްވެފައެވެ. ރަނގަޅަކަށް ލޯ ވެސް ހުޅުވާ ނުލެވެއެވެ. އީނާލް އަށް ބޮލުގަ ރިއްސާވަރުން ބޯ ހިއްލާލަން ވެސް ނުކެރެއެވެ. ކުއްލިއަކަށް ކޮޓަރި […]
އޭރު އެމީހުންގެ ކުރިމަތީގައި ހުރި އެތީގެ ދެލޯ ވަނީ ދިއްލިފައެވެ. މަޑު މަޑު ފެހި އަލީގެ ތެރޭގައި އޭތި ފެންނަލެއް ވަރަށްވެސް ބިރުވެރިއެވެ. ———– އޮޅުލައިގަނެގެން ދެލޯ މަރާތަގުޅި ކޮއްގެން ތިބިއިރު ދެމީހުންވެސް ބިރުންގޮސް ރޫރޫ އަޅަމުންދިޔައެވެ. ކުއްލިއަކަށް ކޮޓަރިތެރެ އަލިވުމާއިއެކު ހުނުމުގެ އަޑު ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ގުގުމައިގެން ދިޔައެވެ. ދެލޯ ހުޅުވާލުމަށްފަހު ދެމީހުންވެސް ހޭއަޑު އަންނަ ދިމާއަށް ބަލާލިއިރު ބަނޑުގައި އަތް އަޅައިގެން ގުދަށް އޮވެގެން ވަރަށް ބާރަށް އިޔާން ހެމުން ދިޔައެވެ. […]