މަޑު ހިނގުމެއްގައި މަގުމަތިން ހިގާފައި ދިޔަ އީނާލް ހުރީ ދެއަތް މެޔާއި ދިމާލުން ހުރަސްކޮއްލައިގެންނެވެ. އެއީ ފަޅު ގެތަކެއް ހުންނަ މަގަކަށްވުމުން އެ މަގުން މީހުން ހިނގާބިނގާވެ އުޅޭތަން ވަރަށް ނުފެނެއެވެ. ރޭގަނޑު ގަޑީގައި ކަމުން އެ މަގުގައި ދިއްލާފައި ހުރި ދެތިން ހޮޅި ބުރީގެ އަލިފިޔަވާ އެ މަގުގައި އެހެން އަލިކަމެއް ނުވެއެވެ. މީހެއްގެ ހިލަމެއްވެސް ނުވާ އެ މަގުގައި އެއްވެސް ބިރެއް ފިކުރެއްނެތި ހިނގަމުން ދިޔަ އީނާލް ސިހިފައި ފަހަތަށް ބަލައިލީ މީހެއްގެ ހިލަންވިހެން […]
ޝާމިންގެ ކަންފަތަށް އިވުނު އަޑާއި އެކު އަތުގައި ހުރި ކޯކްތަށި ބިންމަށްޗަށް ވެއްޓުނެވެ. އަދި ޝާމިންއަށް ބޭއިހްތިޔާރުގައި ވަށައިގެން ހޯދައިލެވުނީ ލަމްޔާ، ޝާމިންއަށް ފެންނަހިސާބުގައި ހުރިތޯއެވެ. *** *** *** ޝާމިން އިތުރު ވާހަކައެއް ނުދައްކާ ފޯނުކަނޑައިލުމަށްފަހު ތުރުތުރު ލާފައިވާހާލު ބާރު ހިނގުމުގައި ގޮސް ޝާމިންއުޅޭ ކޮޓަރިއަށްވަނެވެ. އަދި ފާހާނައަށްވަދެ ދޮރު ޖެހުމަށްފަހު ދެއަތާއި މޫނު ދޮވެލައި ލޯގަނޑުން ޝާމިންގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. “އަހަރެންނަށް މިކުރެވުނީ ކީއް؟، ނަސީބޭނުން ލަމްޔާ ގުޅިކަން، އެހެން ނޫންނަމަ އަހަރެންނަށް […]
ނަމަވެސް ރީޝާ އަށް ވިސްނުނީ ގޯހެކެވެ. އެކުއްޖަކަށް ރީޝާ ނޫން އެހެން މީހެއް ފެނުނު ނަމަ ސިއްސައިގެން ނެއް ނުުދާނެއެވެ. މާސްކު އަޅައިގެން ހުރި ކުއްޖާ އަވަސް އަވަހަށް ގޮސް މައިޝަން ހުރި ދިމާލަށް ދިޔައެވެ. އޭރު ސްލޯ ޑާންސް ނިމިއްޖެއެވެ. ހުރިހާ ކުދިން ތަށް ވެސް އެ ކުއްޖެއް ވެސް ތިބީ އެ ކުއްޖެއްގެ ޕާރޓްނަރ އާ ގާތް ވެގެން ގޮސް ހިންޏަކަށް އެ ދެމެދަށް ނު ވަދެވޭވަރު ކޮށްލާފައެވެ. އެ ވެސް މަދު ކުއްޖަކު […]
ބެލްކަނީގައި ވަނީ ފަނޑު ފަނޑު އަލިކަމެކެވެ. ދެލޯ މަރާލައިގެން ގިޓާހިފަހައްޓާލައިގެން އިން އައިރީން ރީތި ރާގަކަށް ލަވަކިޔަމުން ދިޔައެވެ. އައިރީންގެ އަޑު އިވުނު ކޮންމެ މީހެއް ލޯ ކަރުނުން ފުރޭނެކަން ޔަގީނެވެ. އެހާވެސް އަސަރު ގަދައެވެ. އެ އަޑުގައި މަޑު ރިހުމެއް ވިއެވެ. ނޭދެން ވަކިވާކަށް .. ހޫމް ހޫމް ހޫމް ހޫމް ހޫމް … ރޮއްވާލާފާ .. އެކަނި މަ ކޮއްފައި .. ދާ ހިތްވޭހެ ކަލާ .. ކާކު އަހަންނަށް ވާނި އެހީއެއް .. […]
ލަމްޔާ!!! ހާދަ ރީތި ނަމަކޭ، އެނާގެ ނަމާ އެއްވަރަށް އެ ސޫރަވެސް… އެ މައުސޫމު ދޮންދޮން ރީތި މޫނެވެ. އެ ބަނިޔާދަން ރީތި އަންހެންވަންތަ ހަށިގަނޑެވެ. ލަމްޔާގެ ބުޅި ދިގު އެ އިސްތަށިގަނޑު މިނިވަންކަމާއި އެކު ފަހަތަށް ދޫކޮށްލެވިފައިވާއިރު އެރީތި ސޫރައާއި ވަރަށްވެސް ގުޅެއެވެ. ގުދުރަތުން ލިބިފައިވާ އެ ރީތި ބޮޑު ދެލޮލުން ޝާމިން އާއި ދިމާއަށް ބަލަން ހުރި ގޮތުން ޝާމިންގެ ހިތް ހަމަ ރަނގަޅަށްވެސް މޮޔަކޮށްލައިފިއެވެ.” އެނދުމަތީގައި ޝާމިން އޮވެ ލަމްޔާ އާއި ދޭތެރޭ […]
“އުނހޫ އުނހޫ އުނޙޫ… ދެން ކައޭ އޮޅުވާލަން ނޫޅޭ!! މަ ދޯ ފުރަތަމަ އެ ސުވާލު ކުރީ… އެހެންވީމަ މަށަށް ޖެހޭނީ ފުރަތަމަ އެ ސުވާލު ގެ ޖަވާބު ވެސް ލިބެންވެސް….” އަހުސަން ހީލަމުން ބުނެލިއެވެ. “އާނ…. ހެހެ.. އޯކޭ އޯކޭ… މަގޭ ދޯ… ހްމްމް… މަގޭ ޑޭޓް އަކީ…” މައިޝަން ވަރަށް ހެވިފައި ބުންޏެވެެ. “ހްމްމް ހްމްމް… ތިޔުޅެނީ ޝޯވް އެއްގަ ސެލެބްރިޓީ އެއް ބުނަންތަ؟؟ އަމިއްލަ ޑޭޓް ބުނަން ވެސް ހަމަ ތިިހާ ވަރު […]
މިއީ އަޅުގަނޑުގެ ދެވަނަ ވާހަކަ….. މިއީ ލޯބީގެ ވާހަކައެކެވެ. މިވާހަކަ ވަރަށް އަވަހަށް ކިޔުންތެރިންނާހަމައަށް ގެެނެސްދެވޭތޯ މަސައްކަތް ކުރާނަން… ކިޔުންތެރިން އިންތިޒާރު ކުރާނެކަމަށް އުންމީދުކުރަން…
ފިރާޝް ފެނުމާއިއެކު ރުނާ ފުންމައިގެން ތެދުވެ ފިރާޝްގެ ގައިގައި އޮޅުލައިގަތެވެ. ފެނުނު ހުވަފެނުގެ ސަބަބުން އޭރު ރުނާހުރީ ބިރުން ހަލާކު ވާވަރު ވެފައެވެ. “ފިރާޝް…ބި..ބިރުވެރި… ” ރުނާއަށް ރޮވެންފެށުމުން އޭނާއަށް އިތުރު އެއްޗެކޭ ބުނެވޭ ވަރެއް ނުވިއެވެ. އޭރުވެސް ރުނާ ހުރީ ފިރާޝްގެ ގައިގައި ބާރަށް ބައްދައިގެންނެވެ. “ކީއްވެ ތިރޮނީ؟.. ކިހިނެއްތަވީ؟ ބިރުވެރި ކޯއްޗެއްތަ؟؟” ފިރާޝް ހާސްވެފައި ހުރެ ހުރިހާ ސުވާލުތަކެއް ފައްޗަކަށް އަމުނައިލިއެވެ. “ބިރުވެރި ހުވަފެނެއް ފެނުނީ… ފިރާޝް އަހަރެންގެ… ބޮލުގަ ވަރަށް ބާރަށް …. […]
ޝާއިންގެ ކާރު ގެއްލެންދެން ނީރާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭނާގެ ލޮލުން ކަރުނަތަށް އަންނަން ފެށިއެވެ. ނަމަވެސް ވާރޭ ތިކިތަކާ އެކުވެގެން ދިޔުމުން އޭނާ ރޯކަން ބަލާލި އެކަކަށް ވެސް ނޭނގޭނެއެވެ. ނީރާގެ މިޝްރާބު ހުރީ ރާޅުގަނޑު ސަރަހައްދަށެވެ. އޭނާގެ ދަބަސްވެސް ތެމެމުން ދިޔައެއް ކަމަކު އޭނާ އެކަމާ އަޅައި ނުލީ މާ މުހިއްމު އެއްޗެއް އޭގާ ނެތީމައެވެ. 5 މިނެޓު ވަރު ހިނގާލިތަނުން އެހިސާބަށް ނީރާއަށް ދެވުނެވެ. އޭނާ ލައިގެން ހުރި ކަޅު ގަމިސް ވަނީ ގައިގާ […]