ހެދުން އިސްތިރިކޮށް ކޮނޑުގައި އަޅުވަން އުޅެނިކޮށް މީހަކު ދޮރު ލައްޕި އަޑަށް އެނބުރި ބަލާލެވުނެވެ. ********** ކުއްލިއަކަށް އިޒްޔާން ސިހުނީ މީހަކު ފޮތުގައި ހިފާ ދަމައިގަތުމުންނެވެ. އިޒްޔާންއަށް ފުންމައިގެން އެނދުން ތެދުވެވުނެވެ. އެފޮތް އޭނާ ނޫން އިތުރު މީހަކު ކިޔާކަށް އޭނާއެއް ނޭދެއެވެ. އިޒްޔާން ޤަބޫލުކުރާ ގޮތުގައި މަލަކާ އެފޮތް އޭނާއާ ހަވާލުކުރާނީ ވަރަށް ބޮޑަށް އިތުބާރުކޮށްފައެވެ. “އޭތް!” އިޒްޔާން ސިހުނުވަރުން ގޮވާލެވުނީ ވަރަށް ބާރަށެވެ. އިޒްޔާންގެ އަޑަށް ދާއިން ސިހުނެވެ. ނަމަވެސް އޭނާ އެފޮތް ދޭކަށް […]
ލޫކަސް ދެކެ ރުޅިއައިސްފައި ހުރިލެއް ބޮޑުކަމުން ޒޭން ގެއިން ނުކުމެގެން ދިޔައެވެ. ޒެއިން ނުކުމެގެން ދިއުމާއި އެކު ލޫކަސް ލަޔާލީ އެގޮތަށް ކަންތަށް ކުރުމުގެ ބޭނުމަކީ ކޮބައިކަން އޮޅުން ފިލުވާލަން ބޭނުންވިއެވެ. ” ލަޔާ.. ލަޔާ.. ކީއްވެ ޒޭން ގާތު ދޮގުތަކެއް ހެދީ؟ އަހަރެން ދެމީހުން އުޅެނީ ރައްޓެހި ވެގެންނޭ… އިންނަންށޭ…. ކިހިނެއްތަ އަސްލު ވެގެން މިއުޅެނީ…” ” ލޫކަސް… ލޫކަސް… ޕްލީޒް އަހަރެން ބޭނުންވަނީ ޒޭން އާ ވަރަށް ދުރަށްދާން ޒޭންގެ ހިލަމެއްވެސް ނުވާނޭ […]
އިޒްޔާން ހަމަޖެހިލައިގެން އެނދުގެ ފަޑީގައި ލެނގިލިއެވެ. އަދި ފޮތް ހުޅުވާލިއެވެ. ފޮތުގެ ބަނޑޭރި ގަނޑުގައި ލިޔެފައި އޮތް ނަން އިޒްޔާން ކިޔާލިއެވެ. “މާހީ! އެއީ މަލަކާގެ އަސްލު ނަންބާ؟” އިޒްޔާން އަވަސްއަވަހަށް ގަނޑު އެއްލިއެވެ. ލިޔެފައިހުރި ލިޔުން އެހާ ރީތި ނޫނަސް ކިޔަން އެނގެއެވެ. ********** —– މަލަކާގެ ޑައިރީ —– އަހަރެން މިފޮތް ލިޔަންފެށީ ހިތަށް ހަމަޖެހުމެއް ހޯދާށެވެ. ހިތުގެ ޝަކުވާތައް ހިއްސާކުރާނެ މީހަކު ނެތުމުންނެވެ. މިއަދަކީ އަހަރެންގެ އުމުރުން ފަނަރަ އަހަރުވީ ދުވަހެވެ. އެހެންކުދިންގެ […]
ޗެކިިން ނިމުމާއެކު، ބޯޑިންގް ވުމުގެ އިންތިޒާރުގައި މެހެކް އާއި ސާދުނާ މަޑުކޮއްލައިގެން ތިއްބެވެ. ހުރިހާ ކަމެއްގައިވެސް މެހެކް އަށް ސާދުނާގެ ފުރިހަމަ އެހީތެރިކަން ލިބުނެވެ. އޭނާއަކީ އާއްމުކޮށް ބޭރުގަުމުތަކަށް ދަތުރުކޮއް ހަދާ ކުއްޖަކަށް ވުން އެއީ ނަސީބެކެވެ. ހުރިހާ ކަމެއްވެސް އޭނާއަށް ނުލާހިކު ފަސޭހައެވެ. ސާދުނާގެ ހިތްހެޔޮ ކަމުގެ ސަބަބުން މެހެކްގެ ނުތަނަސް ވެފައިވާ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. މެހެކް ކިޔަވަން ދިއުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބެންގަލޫރަށެވެ. ރާއްޖެއިން ސީދާ ބެންގަލޫރަކަށް ފްލައިޓް […]
އިރުކޮޅަކު މަލަކާއާ ދިމާއަށް ބަލަން ހުރުމަށްފަހު އިޒްޔާން ބާރުބާރަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ. އިޒްޔާން ދާތަން ފެނުމުން މަލަކާއަށް ކެތްކުރަން ދަތިވިއެވެ. އަނގަމަތީ އަތްއަޅާލެވުނެވެ. މުޅި ދުނިޔޭގައި އެކަނިވެ މާޔޫސްވެފައިވާ ހާލު ފާރު ކައިރިއަށް ވެއްޓިގަނެވުނެވެ. އިޒްޔާން އެދިޔަ ބާރުމިނުގައި ގޮސް ދޮރު ހުޅުވާލާފައި ނުކުމެގެން ދިޔައީ ދޮރު ލައްޕާވެސްނުލައެވެ. މަލަކާގެ ނިތްކުރިން ފައިބަމުންދިޔަ ލެއިން މޫނުމަތި ރަތްވެފައިވާއިރު މަލަކާގެ ހާލާއިމެދު ހަމްދަރުދީގެ ނަޒަރުން އިޒްޔާން ބަލާވެސްނުލިއެވެ. ********** އިޒްޔާން ނުކުމެގެން ދިޔަތަން ބަލަން ހުރެފައި އަޝްފާގް […]
މި ލިޔުމަކީ “އެސްފިޔަ” ބޭނުން ކުރުމުގެ ޤަވާއިދުގެ 2.3 ( އެހެން ލިޔުންތެރިއެއްގެ ލިޔުމެއް ހުށަހަޅާނަމަ އެލިޔުމެއް ހުށަހަޅަންވާނީ އޭގެ ވެގިފަރާތުގެ ހުއްދަ ލިބިގެން، އެ ލިޔުނު ފަރާތް އެނގޭނެ ގޮތަށެވެ.) އާއި ޚިލާފުވެފައިވާ ލިޔުމަކަށް ވާތީ މި ލިޔުން މިވަނީ މި ސައިޓުން އުނިކުރެވިފައެވެ. އެންމެހާ ލިޔުންތެރިންނާއި ކިޔުންތެރިންވެސް “އެސްފިޔަ” ބޭނުން ކުރުމުގެެ ޤަވާއިދާއި އެއްގޮތަށް ޢަމަލުކުރުމަށް ޙާއްސަ ސަމާލުކަމެއް ދިނުން އެދެމެވެ. މި ފުރުޞަތުގައި ލިޔުންތެރިންނާއި ކިޔުންތެރިންގެ ފަރާތުން އެސްފިޔަ ޓީމަށް ލިބޭ އެއްބާރުލުން […]
ލަސް ފިޔަވަޅުތަކެއްގައި ގޮސް ކައިސަން ފެރީ އަށް އެރިއެވެ. ތަންކޮޅެއް ފަހަތު ސީޓެއްގައި އޭނާ އިށީންއިރު އޭނާ އަށް މޫދުގައި އުފެދެމުން ދިޔަބާނީތަށް ފެނެއެވެ. އެބާނީތަކުގެ ހަރަކާތާ ކިތަންމެހާވެސްް އޭނާގެ ހަޔާތާ ގުޅެއެވެ. އެބާނީތަށް ހީވަނީ ރުޅި އައިސްގެން ތެޅި ފޮޅޭހެންނެވެ. މަޑުން ދިޔަ ބާނީ ތަށް ހީވަނީ އެ ރުޅިވެރި އައިސްގެން އުޅޭ ބާނީ ތަށް މަސަލަސް ކުރަން އުޅޭ ހެންނެވެ. ދެހިޔާލެއްގަ ހުރެ ކައިސަން އޭނާގެ އައިފޯން ހުޅުވާލިއެވެ. ފެރީގެ އިންޖީނުގެ އަޑާ އެއްވަރަށް […]
ކާރުތެރެއަށް ވެރިވެފައިވާ ތެތްފިނިކަމުގެ ތެރެއިން އެކަކު އަނެކެއްގެ ހޫނުކަން ލިބިގަންނަމުން، އެ އުފާވެރި ކަމުގެ ތެރެއަށް ގެނބެމުން ދިޔަ ދެ ޒުވާނުންނަށް ކުއްލި ސިހުމެއް ލިބުނީ ކާރުގެ ދޮރާއި ދިމާލުން ޓޯޗެއްގެ އަލި ކާރު ތެރެއަށް އެޅުމުންނެވެ… ފުރަތަމަ އެ އަލި އެޅުނީ ފަހަތު ސީޓުގެ ދޮރާއި ދިމާލުން ކާރުގެ ޑޭޝްބޯޑާއި ދިމާލަށެވެ. އެއަށްފަހު އަނެއްކާވެސް ހަމަ އެ އަލި ކާރުގެ ތެރެއަށް އެޅިގެންް ދިޔައެވެ. މިފަހަރު އެޅުނީ ކާރުގެ ފަހަތު ބިއްލޫރި ގަނޑުން ކުރިއަށްވާ […]
ބަރަކާތުންނޭ އޮހެމުންދަނީ.. ނޫރުންއުފާވެރި ކަންމަތީ… އުފަލައްޓަކާ ހުޅުވޭމަގެއް.. އިސްލާހުވާން ހުޅުވޭ ދޮރެއް.. މަރްހަބާ ރަންއަކުރުން ފެވޭ.. އާ އަހަރަކަށް މަރްހަބާ ދަންނަވަން… HAPPY NEW YEAR TO ALL THE READERS AND AUTHORS…. may your 2017 is blessed with joy and rizq… 🙂 … happy new year.. 🙂 😛 <3 luv u alll with love, meemi