ކޮޓަރި ތެރޭގައި ދިއްލާފައިވަ ބޮކީ ގައިވަނީ ފަނޑު އައްޔެކެވެ. ހުޅުވާފައިވާ ކުޑަދޮރުން ރޭގަނޑުގެ ތެއްފިނި ވައިރޯޅި ވަންނައިރު ވައިރޯޅީގެ އާހުގެ އަޑު އިވޭހެންވެސްް ހީވެއެވެ. އުުމުރުން ފަނަރަ އަހަރުގެ އާލާ އޮތީ އެނދުގައި ބަނޑުދަށަށް ބާލީހެއް ލައިގެން އޭނާގެ ލެޕްޓޮޕުން ފިލްމެއް ބަލަންށެވެ. އޭނާ އޮތީ ބިރުވެރި ފިލްމެއް ބަލަންށެވެ. ކަންފަތަށް ހުދު ކުލައިގެ ހެޑްސެޓް ގުޅާލައިފައިވާ އިރު އޭނާއޮތީ ބަނޑުދަށަށް ލައިގެން އޮތް ބާލީހުގައި ހިފައްޓާލައިގެންނެވެ. ކުއްލިއަކަށް ކޮޓަރީގެ ހެދުންތަށް އަޅުވާފައިވާ ދިމާލުގައި ގުޑުމެއްވެލިއެވެ. ކަންފަތަށް […]
މި ހުރިހާ ކަމެއް ހިތުގެ ކަނެއްގައި އަތުރާލައިގެން އިން މަލަކާ ސިހުނީ އޭނާގެ ކޮނޑުގައި މީހަކު ކޮއްޓާލުމުންނެވެ. ” މަލަކާ އާދޭ ނިދަން…ހުރިހާ ކުދިން މިހާރު އެ އޮށޯންނަނީ..” މޫނުގައި ވިދަމުންދާ ދާތިކިތަށް ފޮހެލަމުން ހަފީޒާ ބުނެލީ އަމުރުވެރި ގޮތަކަށެވެ. “އާން..އަހަރެން މި ދަނީއްޔޭ…” ބިއްލޫރި ގަނޑުގެ ޒަރިއްޔާއިން ކޮރިޑޯއަށް އެޅިފައިވާ ހަނދުގެ ރިހި އަލި ފަރުދާގެ އެހީގައި ފޮރުވާލަމުން މަލަކާ ބުނެލި ރުންކުރު ގޮތަކަށެވެ. މިއީ އޭނާަގެ ދިރިއުޅުމެވެ. އުމުރުން ދެ އަހަރުން ފެށިގެން އޭނާ […]
ލަސް ފިޔަވަޅުތަކެއްގައި ގޮސް ކައިސަން ފެރީ އަށް އެރިއެވެ. ތަންކޮޅެއް ފަހަތު ސީޓެއްގައި އޭނާ އިށީންއިރު އޭނާ އަށް މޫދުގައި އުފެދެމުން ދިޔަބާނީތަށް ފެނެއެވެ. އެބާނީތަކުގެ ހަރަކާތާ ކިތަންމެހާވެސްް އޭނާގެ ހަޔާތާ ގުޅެއެވެ. އެބާނީތަށް ހީވަނީ ރުޅި އައިސްގެން ތެޅި ފޮޅޭހެންނެވެ. މަޑުން ދިޔަ ބާނީ ތަށް ހީވަނީ އެ ރުޅިވެރި އައިސްގެން އުޅޭ ބާނީ ތަށް މަސަލަސް ކުރަން އުޅޭ ހެންނެވެ. ދެހިޔާލެއްގަ ހުރެ ކައިސަން އޭނާގެ އައިފޯން ހުޅުވާލިއެވެ. ފެރީގެ އިންޖީނުގެ އަޑާ އެއްވަރަށް […]
ބަރަކާތުންނޭ އޮހެމުންދަނީ.. ނޫރުންއުފާވެރި ކަންމަތީ… އުފަލައްޓަކާ ހުޅުވޭމަގެއް.. އިސްލާހުވާން ހުޅުވޭ ދޮރެއް.. މަރްހަބާ ރަންއަކުރުން ފެވޭ.. އާ އަހަރަކަށް މަރްހަބާ ދަންނަވަން… HAPPY NEW YEAR TO ALL THE READERS AND AUTHORS…. may your 2017 is blessed with joy and rizq… 🙂 … happy new year.. 🙂 😛 <3 luv u alll with love, meemi
ވިލިމާލެ ބަނދަރަށް ދާ މަގު ހަދާފައިވަނީ ހިތްގައިމު ގޮތަކަށެވެ. ދޭތެރެއަކުން ތާޒާ ގޮތަކަށް ހެދިފައިވާ ގަސްތަކަށް ވައިރޯޅި ވެލައެވެ. ސާދަ ފަނަރައިގެ ބުރަހަމަ ހަނދާއެކު ކަޅު ސާލެއްފަދަ އުޑުމަތީގައި ވިދުންގަދަ ތަރިތަކެއްވެއެވެ. މި މަންޒަރު ބަލަން ތިިބި ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުން ގައިމެވެ.ނަމަވެސް ބަނދަރުގައިވާ ހިލަތަށް މަތީީ އިށީންދެގެން އިން ކައިސަންގެ ހިތުގައި މިއިން އެއްވެސް ކަމަކުން ހިތްހަމަޖެހުން ލިއްބައި ނުދޭފަދައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނަށެެވެ. އޭނާ ދިޔައީ ފޯނުގައި މެސެޖެއް ލިޔަމުންެވެ. ހަލުވިކަމާއެކު […]
ވިލިމާލެ ބަނދަރަށް ދާ މަގު ހަދާފައިވަނީ ހިތްގައިމު ގޮތަކަށެވެ. ދޭތެރެއަކުން ތާޒާ ގޮތަކަށް ހެދިފައިވާ ގަސްގަހަށް ވައިރޯޅި ވެލައެވެ. ސާދަ ފަނަރައިގެ ބުރަހަމަ ހަނދާ އެކު ކަޅު ސާލެއްފަދަ އުޑުމަތީ ވިދުންގަދަ ތަރިތަކެއްވެއެވެ. މި މަންޒަރު ބަލަންތިބި ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުން ގައިމެވެ. ނަމަވެސް ބަނދަރުގައި ވާ ހިލަތަށް މަތީ އިށީންދެގެން އިން ކައިސަންގެ ހިތުގައި މިއިންއެއްވެސް ކަމަކުން ހިތްހަމަޖެހުން ލިއްބައި ނުދޭ ފަދައެވެ. އޭނާގެ ނަޒަރުު ހުއްޓިފައި ވަނީ………. ވަރަށް އަވަހަށް އަންނަނީ… ކޮންމެ ހޮނިހިރު […]
އަަަަހަރުމެންގެ ހަޔާތަކީ ވަރަށް ތަފާތު މަރްހަލާތަކެއް ކަޑަތު ކުރަން ޖެހޭ ކަނޑެއްފަދަ އެއްޗެކެވެ. މިހަޔާތުގައި ބޭނުންވާނީ އިތުބާރު ކުރެވޭ ސަވާރީއެކެވެ. ރުހުމުގެ ބަސްތަކެވެ. ހިނިތުންވުމުގެ ގުލްދަސްތާތަކެވެ. ކޮންމެ ކުޑަކުއްޖަކީވެސް އެކުއްޖެއްގެ ޒާތުގައި މީހުންގެ އަޅަލުމާ ފިރުމުން ލިބޭ ކުދިންނެވެ. މިހުރީ ކަމަކާ މަލަކާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ދިޔައީ ބަހުސް ކުރަމުންނެވެ. އުމުރުން 17 އަހަރުގެ މަލަކާގެ ހިތްދިޔައީ އޭނާގެ ލޯބި މަންމަ އަށް އެދި ގޮވަމުންނެވެ. އެފިރުމުން ތަށް އިހްސާސް ކުރަން ކެތްމަދުވެފައިވާ ހިތުގައި […]