“އެކަމް…އާހިލް، އަހަރެން…އަހަރެން އެބަޖެހޭ ވަރަށް އަވަހަށް ދާން”. މެހެކް އިސްޖަހާލަމުން ބުނެލި ޖުމްލައިން އާހިލް ސިހުނެވެ. “ކޮންތާކަށް؟”. ހައިރާން ކަމާއެކު އާހިލް އަހާލިއެވެ. “އި…އިންޑިއާއަށް، މި އަންނަ ހަފްތާގައި ފުރަން….، އަހަންނަށް ވަނީ މެޑިކަލް ދާއިރާއިން ކުރިއަށް ދާން ސްކޮލަރޝިޕެއް ލިބިފަ، 5 އަހަރަށް ޑޮކްޓަރުކަން ކިޔަވަން ދިއުމުގެ ފުރުސަތު، އަހަރެން މޮޅަށް ކިޔަވައިގެން އައިސް މި މުޖުތަމަޢަށް ޙިދުމަށް ކުރުން އެއީ މަންމަގެ އެންމެ ބޮޑު އުންމީދު”.މެހެކް ބުނެލިއެވެ. ދެން އައީ ހަމަ ހިމޭން ވަގުތުކޮޅެކެވެ. އާހިލް ހުރީ ފެންކަޅިވެފައެވެ. “އަހަންނަށް އިންތިޒާރު […]
”ހިނގާފަތަ ދަނީ؟” މިތަނާއި އެހާ ދުރެއްނުވާނެ ލަޔާ އުޅޭ ގެއަކާ، އެކަން އީމާ އުޅެނީ ތަންކޮޅެއް ދުރުގައި ހުންނަ ގެއެއްގައި..” ލޫކަސް އަހާލުމުން ޖަވާބުދިނީ ލަޔާލީ އެވެ. ޖެހިގެން އައިދުވަހު ލަޔާލީ އަށް ހޭލެވުނީ ހެނދުނު 9 އެއް ޖަހަން އުޅެނިކޮންނެވެ. ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް ފޯނު ނަގައި ބަލައިލި އިރު އެއްވެސް މީހަކު ގުޅާފައި ނެތުމުން ވަރަށް ހައިރާންވިއެވެ. ޙާއްސަކޮށް ޒޭން ގުޅާފައި ނެތުމުންނެވެ. ކޮންމެދުވަހަކުވެސް ޒޭން ލަޔާލީ އަށް ގުޑްމޯނިންގް މެސެޖް ކުރެއެވެ. […]
“އަނީސާ އަޙްމަދު.” ފައިލު ހުޅުވާލުމާއެކު ސުދާއަށް ފެނުނު ބިލުގެ މަތީގައި ލިޔެފައިވާ ނަން ސުދާއަށް ކިޔާލެވުނެވެ. އެއަށްފަހު އެ ބިލުގެ ތަފްސީލަށް ނަޒަރު ހިންގާލެވުނެވެ. ހޮސްޕިޓަލުން ހޯދާފައިވާ ޚިދުމަތްތައް ލިސްޓް ކުރެވިފައި ވާއިރު ތިރީގައި ބިލުގެ ޓޯޓަލް ލިޔެވިފައި ވިއެވެ. ”އަށާވީސް ހާސް.” ސުދާ ހައިރާންވެ އަންތަރީސްވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާގެ ސިކުނޑި ހިންގައިލީ އަނީސާ އަޙްމަދުއަކީ ކާކުކަން ހަނދާންކުރުމުގައެވެ. އަނީސާއަކީ އެގޭގައި މަސައްކަތް ކުރި އަންހެނެކެވެ. އެއީ ޝާޔާގެ މަންމައެވެ. “ހައު ކުޑް […]
ރާގު: މިތުރާގެ ލޯބި ރަން ހަނދާން (އަލީ ރަމީޒު) ހިތުގާވި ހާއުފާތަކާ، މިފުރާނަ ވަކިވެދާނީ މިތުރާތި ބޭވަފާ ވުމުން، ކަރުނުން ދެލޯ ފުރޭނީ ބުނެފާ ދުލުން މިތާ ވަނީ، ނުމެވާނެޔޭ ދެގޮތް އަލުން ނުނެތޭނެޔޭ ވައުދުވިހާ، ކުރިހާ ފިލާ ނުދާނީ ފެށިފާ މިހެން ކުރަން އޮތީ، ފަރިޔާދެކޭ މިހާލަތުން މެށިފާ ހިތާ މެޔާ ވަނީ، މިހިތަށް ކެތެއް ނުވާނީ ޞަފުހާތަކަށް ނިމުން އައީ، ބިކަހާލުގާ ފަނާވަމުން ފަހު ނޭވަޔާއެކީ ބުނަން، އިތުރަށް […]
ރާގު: އިޝްގުގައި ވޭނީ އުދާހުން (އަލީ ރަމީޒު) / ލޯފަން ކުއްޖެއްގެ އާދޭސް ވޭނުގާ މިތުރާ ހަނދާނުން ފާރުވެއްޖޭ ރޮއެ ދެލޯ ވިންދު ހިތުގާ ވަކިވެދާހާ ހާދަ ދެރައޭ ހާލް މަލާ ކުރި އުފާ ދާންތައް މަތީގާ ހަނދުމަނެތުނީ ކީއްވެހޭ ހުރި އެތައް ލައްޒަތުގެ ފޮނިކަން ނޭދެނީ ފަހެ ކާކުހޭ ފުރި ނުދާތީހޭ ކަލާ ހިތް ބޭވަފާވީ އަދު ކަލާ ކަތިލުމުން ލޯބީގެ އަސަރާ ވީހުވާ ދަފަރާވުމުން ދަތި އެތައް ހާލެއްގަ ވީމޭ […]
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން، ވަލުތެރޭގައި ކަތި ކައްޗަށް ހެދިފައިވާ މަގުތަކުން ދުވަމުން ދިޔަ ޒުވާން އަންހެން ކުއްޖާގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ހުދު އެ އަންހެން ކުއްޖާއަށް ވެސް ނޭނގޭ ކަހަލައެވެ. ގައިގެ އެތަން މިތާނގައި ޗަކަ ހޭކިފައި ވާއިރު، އަތުގެ ދެތިން ތަނަކުން ލޭ ހިލިފައި ހުއްޓެވެ. ބަލާބެލުމަށް ހީވަނީ އެއްޗެއްގައި އަޅައިގަނެ މަށައިގެން ގޮސްފައި ވާހެނެވެ. “ލުޔޫން……..” ފިރެހެނެއްގެ ބާރު އަޑު މުޅި ސަރަހައްދަށް ވެރިވެގެން ދިޔައެވެ. ހުސްފަޔާއި […]
ކައިރީގައި އިންމީހާ ފެނި މެހެކްއަށް ލިބުނީ ހައިރާންކަމެވެ. މެހެކްގެ މޫނަށް ބަލަހައްޓައިގެން އިނީ އާހިލްއެވެ. “އަ..އާހިލް މިތާ ކީއްކުރަނީ”؟. “މިއުޅެނީ އަހަރެންގެ ވަރަށް ގާތްމީހަކު މިތާ އެމަރޖެންސީ އަށް ގެނެސްގެން”… “ކާކު؟”. މެހެކް އަހާލިއެވެ. “އެއީދޯ، އެއީ….އޫމްމް…އެއީ އަހަރެން އެންމެ ލޯބިވާ ކުއްޖާގެ މަންމަ”. އާހިލްގެ ނަޒަރު ތޫނެވެ. މެހެކްގެ ލޮލުތެރެއަށް ޖަމާވި ކަރުނައިގެ އަސަރެއް މިހާރަކު ނެތެވެ. އެކަމަކު އާހިލްގެ ޖުމްލައަށް ފަހު،ދެމީހުނަށް ތިބެވުނީ އެކަކު އަނެކަކާ ދިމާއަށް ބަލަހައްޓައިގެންނެވެ. “މަންމަ ކިހިނެއް؟، އަހަރެން ހުރީމޭ […]
ލަސްލަހުން ދުރުކޮށްލި އެސްފިޔަތަކުގެ ތެރެއިން ކުޑަދޮރު ކައިރީ ހެލިލަހެލިލާ ހުރި ލޭސް ފޮތިގަނޑަށް އެޅިފައިވާ އިރުގެ ފުރަތަމަ ދޯދިތައް ފެނުނެވެ. މަޑުކަމުން ފުށްކަފަކޮޅެއް ފަދަ ތަންމަތީގައި އޮވެފައި ޒާނަ ފުރޮޅިލިއެވެ. އެވަގުތު އެނދާއި ދިމާ މަތީގައި ސީލިންގްގައި ހަރުކޮށްފައިވާ ވިންޑްޗައިމްގެ މިއުޒިކީ އަޑުއިވިފައި އޭނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ކަންނެތްގޮތަކަށް ދެލޯމަރާ ތަގުޅިކޮށްލުމަށްފަހު އަނެއްކާވެސް ހުޅުވާލާފައި ޒާނަ ތެދުވިގޮތަށް ތިރީގައި ބަހައްޓާފައި ހުރި މަޑު ފައިވާނަށް ދެފައި ކޮށްޕާލައިގެން ގޮސް އެނދުގެ ބޯ ލާކޮޅުގައި […]
އިޒްޔާންއަށް ފޯނުގެ ސްކްރީނަށް ބަލާލެވުނު ވަގުތު އޭނާއަށް ހީވީ އޭނާގެ އެތެރެހަށީގައި ހިނގަހިނގާހުރި ނޭވާ ހުއްޓުނުހެންނެވެ. ބުދެއްހެން ހުއްޓިފައި އިޒްޔާންއަށް އިނދެވުނީ ޤަބޫލުނުކުރެވިފައެވެ. އައި ރުޅިން އޭނާއަށް ފޯނު ހޫރާލެވުނެވެ. “އޭތް. ކީއްވެ ތި ފޯނު ހޫރާލީ؟” އަޝްފާގް ހައިރާންވެފައި އަހާލިއެވެ. ކުއްލިއަކަށް އިޒްޔާން ތެދުވެ އަޝްފާގްގެ ޓީޝާޓުގައި ހިފާ ޖޯލިން ނެގިއެވެ. އޭރު ރުޅިއައިސް ރަތްވެފައި ހުރި އިޒްޔާންގެ ދެއަތް ތުރުތުރުލަމުންދެއެވެ. ވާނުވާ ނޭނގި އަޝްފާގް ދެލޯ ބޮޑުކޮށްގެން ހުރެ ވީ ކީއްތޯ ސުވާލުކުރަމުން ދިޔައެވެ. […]