“ޔޫ އާ ފަޔާޑް!” ނާހިދް އަޑުގައި ހުރި ބާރެއް ލާފައި ބުނެލިއެވެ. އޭރު ކުރިމަތީގައި ހުރި ރިއުމާންގެ މޫނުމަތިން ހައިރާން ކަމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. “ބުނިންދޯ އިތުރަށް މި މައްސަލަގައި ކުރިއަށް ގޮސްގެން ނުވާނެޔޭ.. އަދި އަހަންނަށް ދޮގު ހަދާފަ އެ ރިޕޯޓު ޝާޢިއު ކުރަން ކެރުނީތީ ވެސް ހައިރާން ވެއްޖޭން. ގެޓް އައުޓް. މީގެ ފަހުން މި އޮފީސް ފެންނަ ހިސާބަށް ވެސް އައިސްގެން ނުވާނެ. ކަލެކްޓް ޔުއާ ތިންގްސް އެންޑް ލީވް. ޔޫ […]
އެވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ ގައިގާ އެއްވެސް ރަޙުމެތް ނެތި ފައިން ތަޅަމުން ގެންދިޔަ ޒުވާނާ ފެނިފައި ލުޔޫންގެ ދެ ލޯ ބޮޑުވިއެވެ. ލޯ މައްޗަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާ ހާލު ދެވަނަ ފަހަރަށް ވެސް ލުޔޫންއަށް އެ ޒުވާނާގެ މޫނަށް ބަލައިލެވުނީ އެއީ ކާކުކަން ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ. ލިއަމް: “އޭތް….!” ލިއަމް އަށް އެ މަންޒަރު ފެނުމާއި އެކު ވަރަށް ބާރަށް ހަޅޭއްލަވައި ގަންނަމުން އެ ދިމާލަށް ދުއްވައި ގަތެވެ. އޭނަގެ […]
އެރޭ ނިދަން ތިއްބާ ކޮންމެވެސް މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އަހަރެން ބިރުންގޮސް ކޮއްކޮގެ ގައިގައި އޮޅުލައިގަތީމެވެ. ކޮއްކޮ އަހަރެންގާތު ހަމަޖެހެން ބުނެފައި ކާކުތޯ ބާރުބާރަށް އެހިއެވެ. އެއީ ޤާދިރުބެކަން އެނގުމުން ތެޅިތެޅި އޮތް ހިތް މައިތިރިވިއެވެ. އެކަމަކު ރޭގަނޑުގެ މިގަޑީގައި ޤާދިރުބެ އެއައީ ކީއްކުރަންބާއޭ ހިތަށްއެރިއެވެ. ނުހުޅުވަން ބުނެބުނެ އޮއްވާ ކޮއްކޮ ގޮސް ދޮރު ހުޅުވިއެވެ. ޤާދިރުބެ ވަގެއްހެން އަވަހަށް އެތެރެއަށް ދެމިގަނެ ދޮރު ލެއްޕިއެވެ. ޤާދިރުބެ ފެނުމުން ހިތަށް ހަމަޖެހުމެއް ލިބުނުނަމަވެސް ޤާދިރުބެ […]
އެނބުރެމުން ދިޔަ މަޑު ފަންކާގެ އަޑު ކޮޓަރީގައި ހިފާލާފައި ވީއިރު އެނދުމަތީގައި ލެޕްޓޮޕް އުނގަށް ލައިގެން ނާހިދް ނިދިފައި އިނެވެ. އޭނާގެ އަންހެނުން ލާރާ ކައިރީގައި ނިދާފައި އޮތް އިރު ލެޕްޓޮޕްގެ އަލިކަން ނޫނީ އެތަނުގައި އަލި ކަމެއް ނުވެއެވެ. އޭނާ ކުއްލިއަކަށް ސިހިފައި ތެދުވީ ފޯނު ރިންގުވާން ފެށި އަޑަށެވެ. އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެފައި ނާހިދް ތެދުވެ ލޯ އުނގުޅަމުން ފޯނުނެގިއެވެ. “ހަލޯ..” ނިދި އަޑުން ވާހަކަ ދެއްކި އިރު އޭނާއަށް ރަނގަޅަށް ލޯ […]
“ދޫކުރޭ! ދޫކުރާށޭ!!” ރިއުމާން އައިސްފައި ހުރި ރުޅީގައި ނިކަންބާރަށް އޭނާގެ މޭގައި އަޅައި ކޮށްޕާލިއެވެ. އެމީހާ ގޮސް ބިންމައްޗަށް ވެއްޓުމާއިއެކު ދެންތިބި އެންމެން ރިއުމާންއާއި ދިމާ ކޮށްލިއެވެ. ރިއުމާން އަވަސް އަވަހަށް ނަދާ އަތުގައި ހިފައިގެން ދުއްވައިގެން އިރު ފަހަތުން އެމީހުން ހަޅޭ ލަވަމުން އާދެއެވެ. ތޮއްޖެހިފައި އޮތް މީހުންތައް ދުރުކުރަމުން ރިއުމާން ދިޔައިރު އެހިތް ނެގިނެގިފައި ޖެހެއެވެ. އަނެއްކާ ވެސް ކުރީގެ ބިރުވެރިކަން އެހިތަށް ވައިން އިރު އޭނާ ބެލީ އެތަނުން ނިކުމެވޭތޯއެވެ. އިރުގަނޑެއް ފަހުން […]
މެހެކް އަށް އެޒުވާނާ އާ ދިމާއަށް ބަލާލެވުނެވެ. ހަމަ އެވަގުތު، އެ ޒުވާނާގެ ލޮލުގައި މެހެކް އަޅައިގަތެވެ. އޭނާ ވަގުތުން އަތުގެ އެހީގައި އިސްތަށިގަނޑު މައްޗައް ނަގާ ރީތިކޮއްލުމަށް ފަހު، ކުޑަކޮށް ހިނިތުން ވެލިއެވެ. އަދި އޭނާގެ އަތުކުރި ގަޑިއަށް ބަލާލިއެވެ. ހީވާގޮތުން އޭނާވެސް، ހުރީ ކޮންމެވެސް ތަނަކަށް ވަރަށް އަވަހަށް ދާން ބޭނުންވެފައެވެ. ބަލާބެލުމަށް އޭނާ ވައްތަރީ ޕާކިސްތާނު ހިސާބު ފިރިހެނަކާއެވެ. ވާރޭ ކުޑަކޮށް ތުނިކޮއްލުމާއެކު، އޮޓޯ އެއް ލިބޭތޯ މެހެކް އާއި ސާދުނާ ގެ […]
ފަތިހުގެ ފިނި ވައިރޯޅި އައިސް ބީހިލުމުން ފަރްހީންގެ ގައިން ހީބިހި ނަގުވާލިއެވެ. ކޮންމެދުވަހަކުވެސް ފަތިހުގެ މި ހަމަހިމޭން ވަގުތުގައި ބެލްކަނިން ބޭރުބަލަން ހުރުމަކީ އެކާވީސް އަހަރުގެ ފަރްހީންގެ ހިތަށް ހަމަޖެހުން ގެނުވާކަމެކެވެ. އުމުރުން ނަވާރައަހަރުގައި މަންމަ ނިޔާވުމުން އެކަނި އުޅެން ދަސްކޮއްފައިވާ ފަރްހީންގެ ދުނިޔެއަކީ ކުޑަކުޑަ ދުނިޔެއެކެވެ. ކޮންމެ ދުވަހެއްގެ ވެސް ފަތިހުގެ ހިތްގައިމު ވަގުތަކީ ފަރްހީން އޭނާގެ ހުރިހާ ވިސްނުމާ ފިކުރުތައް އެއްފަރާތްކޮށް ހިތްހަމަ ޖައްސާލާ ވަގުތުކޮޅެވެ. ލޯމަރާލައިން އޮތް ފަރްހީން ގެ ސަމާލުކަން ހުއްޓުނީ […]
އެއްއަހަރު ވީއިރު އަހަރެންނަށް ރަނގަޅަށް ލިޔަންކިޔަން ދަސްވެއްޖެއެވެ. އެކަމަށް ޒާހިދާއްތައަށް ޝުކުރު އަދާކުރީމެވެ. ދުވަހަކުވެސް ޒާހިދާއްތަ އެކޮށްދިން ކަންތަކުގެ އަގު ނުދެވޭނެކަން އަހަރެން ޤަބޫލުކުރަމެވެ. ނަމަވެސް ދުވަހެއްގެ ކޮޅުންވެސް ޒާހިދާއްތަ އަހަރެން ގާތު ކަމަކު އެދެފިނަމަ އެކަމެއް ކޮށްދިނުމަށް އަހަރެން އަމިއްލަ ނަފްސަށް ވަޢުދުވީމެވެ. އެއްރޭ ފައި މޮޑެދޭން އިނދެފައި އަހަރެން މަންމައާ ބެހޭގޮތުން ޒާހިދާއްތައާ ސުވާލުކުރީމެވެ. ޒާހިދާއްތަ އަހަރެންނަށް މަންމައާއި ބައްޕަގެ ވާހަކަ ކިޔައިދިނެވެ. ޒާހިދާއްތަ ބޮޑުބެއާ ކައިވެނިކޮށްގެން އައިއިރު މަންމަ އެހާ ބޮޑެއް ނޫނެވެ. […]