Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

އަބަދަށް އެކީގާ… (03)

June
January 2, 2017
5 Mins Read
48 Views
9 Comments

ކާރުތެރެއަށް ވެރިވެފައިވާ ތެތްފިނިކަމުގެ ތެރެއިން އެކަކު އަނެކެއްގެ ހޫނުކަން ލިބިގަންނަމުން، އެ އުފާވެރި ކަމުގެ ތެރެއަށް ގެނބެމުން ދިޔަ ދެ ޒުވާނުންނަށް ކުއްލި ސިހުމެއް ލިބުނީ ކާރުގެ ދޮރާއި ދިމާލުން ޓޯޗެއްގެ އަލި ކާރު ތެރެއަށް އެޅުމުންނެވެ…

 

ފުރަތަމަ އެ އަލި އެޅުނީ ފަހަތު ސީޓުގެ ދޮރާއި ދިމާލުން ކާރުގެ ޑޭޝްބޯޑާއި ދިމާލަށެވެ. އެއަށްފަހު އަނެއްކާވެސް ހަމަ އެ އަލި ކާރުގެ ތެރެއަށް އެޅިގެންް ދިޔައެވެ. މިފަހަރު އެޅުނީ ކާރުގެ ފަހަތު ބިއްލޫރި ގަނޑުން ކުރިއަށްވާ ގޮތަށެވެ. ހާސްވެ ކަންބޮޑުވެފައިވާ ހާލު ލުޔޫން އަށް ތެޅިތެޅި ގަނެވުނެވެ. އެވަގުތު ލުޔޫން ގެ ގައިގާ ބައްދާލައިގެން އޮތް ޒުވާނާ، އޭނާގެ ޖިންސް ރީތިކުރަމުން ތެދުވެ އަވަސް އަވަހަށް ކާރު ސްޓާޓު ކޮއްްލީ، އެތަނުގައި އިތުރަށް މަޑުނުކޮށް، އެތަނުން ދިއުމަށްޓަކައެވެ. ކާރުގެ އިންޖީނު ސްޓާޓުކޮށްލި ވަގުތު ވިދާލި ވިދުވަރަކާއި އެކު، ލުޔޫން އިށީނދެ އިން ސީޓާއި ވީ ފަރާތު ދޮރު ކައިރިން ދެ މީހެއްގެ ހިޔަނިވިއެވެ. ލުޔޫން އަށް ޔަޤީންވި އެއް ކަމަކީ އެއީ ދެ ފިރެހެނުން ކަމެވެ. އެތަނުން އިސްކޮޅުން ދިގު ކަމަށް ހުރި މީހާ އޭނާގެ އަތުގައި އޮތް ޓޯޗުން އޭނާގެ އަތުގައި ތަޅަތަޅާފައި އޭތި ދިއްލޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ލުޔޫންގެ ހިތް ބާރުބާރަށް ތެޅެންފެށީ އެޔެއްމިއެއް ބަލާފައެއް ނޫނެވެ.

ކާރު ފަހަތަށް ޖެހި ވަގުތު، ކާރުގައި އެއްޗެއް ޖެހުނު ކަހަލަ އިޙްސާސެއް ވިއެވެ. ހަމަ އެވަގުތު ފިރެހެނަކު ވަރަށް ބާރަށް ރޮއެގަންނަ ރާގަކަށް ހަޅޭއްލަވައިގަތެވެ. ލަފާކުރެވޭ ގޮތުގައި ކާރު ފަހަތަށް ޖެހި ވަގުތު ކޮންމެވެސް މީހެއްގެ ގައިގާ ކާރުން ޖެހުނީއެވެ. ކާރު ދުއްވަން އިން ޒުވާނާ އެ އަޑަށް ސަމާލު ކަމެއް ނުދީ ކާރު ދުއްވާލިއެވެ.

 

ނިދަން ކޮޓަރިއަށް ވަދެ އޮތް ލިއަމް އެނދުމަތީގައި ދެ އަތަކަށް ފުރޮޅިލަ ފުރޮޅިލާ އޮތީ ލުޔޫންގެ ޚިޔާލުތަކަށް ގެއްލި ހުސްވެފައެވެ. މިއަދު ކަންތައް ވެދިޔަ ގޮތުން ލުޔޫންގެ ކިބައިން ނުރުހުމުގެ އަސަރު ފެނުނު ކަމުގައިވިޔަސް ލިއަމް އޮތީ ވަރަށް ހިތްހަމަޖެހިލައިގެންނެވެ. ލިއަމްގެ މޫނުމައްޗަށް ލުޔޫންގެ އެ ރީތި ސޫރަ ސިފަވަމުން ދިޔައެވެ.

އިސްކޮޅުގައި ގާތްގަނޑަކަށް ފަސް ފޫޓު ދެ އިންޗިވަރު ހުރި އެ އަންހެން ކުއްޖާ ލިއަމްގެ އަތުތެރޭގައި އޮތްއިރު، އެ މަޑުމަޑު އަތުން ނޭނގި ނަމަވެސް ވަނީ ލިއަމްގެ އަތުގައި ބައްދައި ގަނެވިފައެވެ. ނިއުޅައި ލެވިފައި ވީ ފަން އިސްތަށިގަނޑު ދެއަތަކަށް ވިހުރިލަ ވިހުރިލާ އޮތްއިރު ބައެއް އިސްތަށިތައް އެ ލޯބި ދޮން މޫނާއި ގޯނާކުރަމުން ދިޔައެވެ. ސާފު ހުދު އެ ދެ ލޮލުގެ ތެރޭގައި ވީ ކަޅުކަންގަދަ ކަޅީގެ އުޖާލާވި ވިދުމަށް ބަލަން ހުންނަން ލިއަމްގެ ހިތް އަދިވެސް އެދި ގޮވަމުން ދިޔައެވެ. މެރޫން ކުލައިގެ ސްކިނީއަކާއި ބެޓްވިންގްސް އަތްދިގު ހުދު ޓޮޕްކޮޅެއްގައި ހުރިއިރު ލުޔޫންގެ ދޮންކަން އިތުރަށް ހާމަވޭވޭ ހުއްޓެވެ.

ލިއަމްގެ މުޅި ހިތާއި ސިކުނޑި ލުޔޫން ފަތަޙަކޮށްފައި ވީ ވަގުތެއްގައި، އެ ޚިޔާލުތަކާއި އޭނާ ދުރުކޮށްދިނީ  ފޯނުގެ ވައިބުރޭޓުނެްނެވެ. އެނދު ހުރަހަށް އޮށޯވެލައިން އޮތް ލިއަމް ތެދުވެ މޯޅިއަކަށް ދެމިލާފައި ގޮސް ޑުރެސިންގ ޓޭބަލްމަތީގައި ޗާޖަށް ޖަހާފައިއޮތް ފޯނުނަގައި ބަލާލިއެވެ. ސްކްރީނުން ކިޔާންގެ ނަން ފެނުމުން އެއްމިޔަކަނުން ހިނިތުން ވެލަމުން ލިއަމް ވާހަކަ ދައްކަންފެށިއެވެ.

ލިއަމް: ” ކޮބާ…. ގުޅާލާނެ ވަގުތެއް ވެއްޖެ ދޯ؟ މަ ހީކުރީ ބުރޯ މަރުވީ ކަމަށް.. މަ ހާދަ ވަރަކަށް ގުޅައިފީމޭ. ”

ކިޔާން: ” އޭ ހަމަޖެހިބަ… ރޭގަ މަ ޑިއުޓީއޭ، އެހެންވެ މިއަދު ހަމަ ނިދީ… ކޮބަ ކިހިނެއްވަނީ ތިކޮޅު؟ ނުފެނޭތަ ސަޅި ބިޓެއް؟ ”

ލިއަމް: ” ވަރަށް ސަޅިއެއްނު… މަ ހުރި ހާލެއް އަހާލުމެއްވެސް ނެތް ދޯ… ”

ކިޔާން: “އޭ… ތިއެއް ނޫނެ. ކިހާ ދުވަހެއް ވާނެ ތިކޮޅުގަ؟”

ލިއަމް” “ހީވަނީ ދެ ހަފްތާ ވަރު ވާނެހެން. ބައްޕަ މިކޮޅުގަ ހަދަން ފަށާފަ ހުރި ތަނުގެ ކަންތައްތައް ބަލާލަން ވެސް ބުނެފަ އޮތީ”

ފޯނުން ވާހަކަ ދައްކަންހުރި ލިއަމް ކޮޓަރި ތެރޭގައި ހުސްވެފައި ވާ ފެންފުޅިއެއް ހިފައިގެން ކޮޓަރިން ބޭރަށް ނިކުތެވެ. ގޭތެރޭގައި ދިއްލާފައިވާ ބޮކިތަކުގެ އަލި މަޑުކޮށްފައި ހުރުމުން ލިއަމް އަށް ގަޑި ބަލައިލެވުނެވެ. ގަޑިން ބާރަގަޑި ވިހި ވަނީއެވެ. ކަންނެތް ހިނގުމެއްގައި ހިނގާފައި ގޮސް ލިއަމް ކާގެ ތެރެއަށް ވަނީ ފެންފުޅިއެއް ހޯދުމުގެ ނިޔަތުގައެވެ. ފުރިޖުގެ ދޮރު ހުޅުވައި ލުމަށްފަހު އޭގެތެރެއިން ފިނި ފެންފުޅިއެއް ނަގައި ފެން ކޯވަރެއް ބޯލައިގެން، ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު އެ ގެ ކައިރިއަށް ކޮންމެވެސް ކަހަލަ ދުއްވާއެއްޗެއް މަޑުކޮށްލި އަޑު އިވުނެވެ. ލިއަމް ކުޑަކޮށް މަޑުކޮށްލީ، ދޮރާށި ހުޅުވައިލި އަޑު އިވިފައެވެ. ގިނައިރު ތަކެއްނުވެ ލުޔޫން ހަލުވި ހިނގުމެއްގައި ހިނގާލާފައި ގޭތެރެއަށް ވަދެ، ސިޑިން މައްޗަށް އަރައިގެން ދިޔަތަން ފެނުނެވެ.  ލިއަމް އަށް އަނެއްކާވެސް އޭނާގެ އަތުގައި އޮތް ގަޑިއަށް ބަލައިލެވުނެވެ. ލުޔޫން އެހައި ދަންވެފައި ހުއްޓާ ބޭރުން އައިސް ގެއަށް ވަނުމުން، ލިއަމްގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.

 

ކޮޓަރިއަށް ވަދެވުމާއި އެކު އަތުގައި އޮތް އަތްދަބަސް އެނދުމައްޗަށް އެއްލާލާފައި ލުޔޫން ގޮސް ވަނީ ފާޙާނައަށެވެ. ހިތުތެރެއަށް ވެރިވެފައި ވީ ބިރުވެރިކަން ކުޑަކޮށް ވެސް މައިތިރި ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. ފެން އެޅި ފުރެމުން ދިޔަ ބިލިގާ ތެރެއަށް ބަލަހައްޓައިގެން ހުރި ލުޔޫންގެ ބޮލުގައި ރިއްސާލީ މެދުކެނޑުމެއް ނެތި ރިންގު ވަމުން ދިޔަ އޭނަގެ ފޯނުގެ ސަބަބުންނެވެ. ފޫހި ގޮތަކަށް ލުޔޫން އޭނަގެ ހޭވިފައިވާ ބޮލުގެ އިސްތަށިގަނޑު ރީތިކޮށްލަމުން ކޮޓަރިތެރެއަށް ވަދެ އަތްދަބަހުގައި އޮތް ފޯނުނަގައި ބަލާލިއެވެ.

” އައްސަލާމް އަލަޢިކުމް ” ނުދަންނަ ނަމްބަރަކުން ގުޅާތީ ވަރަށް އަދަބުވެރިކަމާއި އެކު ފޯނުނަގައި ލުޔޫން ވާހަކަ ދައްކަން ފެށިއެވެ. ނަމަވެސް އެކޮޅުން އެއްވެސް މީހެއްގެ އަޑެއް ނީވުނެވެ. ދެތިން ފަހަރަކު ސަލާމް ގޮވައިލުމުންވެސް ގުޅައިގެން ހުރި މީހަކު ވާހަކައެއް ނުދެއްކިއެވެ. އެވަގުތު ބިލިގާ ފުރިގެން ފެންތައް ބޭރަށް އޮހެންފެށި އަޑު އިވުނެވެ. ގުޅައިގެން ހުރި މީހަކު ވާހަކަ ނުދެއްކުމުން ފޯނު ކަނޑާލަން އުޅެނިކޮށް އެމީހަކު ލުޔޫންގެ ނަމުން ގޮވައިލިއެެވެ.

“ލުޔޫން”  ބީރަށްޓެހި އަޑަކުން ފިރެހެނަކު ވާހަކަ ދައްކަންފެށިއެވެ.

“އަހަރެން މި ގުޅީ ކޮންވާހަކައެއް ދަށްްކަންކަން އެނގޭނެ ކަންނޭނގެ”  އެމީހާގެ ވާހަކަތަށް ކުރިއަށް ގެންދިޔައީ ވަރަށް ފަރުވާތެރި ކަމާއިއެކުގައެވެ. އެކަމަކު އެ އަޑަކީ ލުޔޫން އަށް ކޮންމެވެސް ތަނަކުން އިވިފައިވާ އަޑަކާއި ވައްތަރު އަޑެކެވެ. ހަނދާން ކުރަން އުޅެއުޅެ އެ އަޑުގެ ވެރިއަކީ ކާކު ކަމެއް އޭނާ އަކަށް ހަނދާނެއް ނުވިއެވެ.

ލުޔޫން: ” ނޫން.. ނޭނގުނު. ޑޫ…އައި ނޯ ޔޫ..؟ ”

“މީ ކާކުކަން އެނގުން ކޮންމެހެން މުހިންމެއް ނޫން ކަންނޭނގެ މިވަގުތަކު…. ފޯނުގެ އިންބޮކްސް ބަލާލިންތަ؟”

ބީރަށްްޓެހި ގޮތަކަށް ހީލަމުން އެމީހާ އެހެން ބުނުމާއި އެކު ލުޔޫންގެ ބޮލުގައި ރިއްސާލިއެވެ. އަނެއްކާ މިރޭ މި ވީ ކަންތައް އެމީހަކަށް އެނގުނީބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެފަދަ ކަމެއް ވެއްޖެނަމަ ލުޔޫންގެ ދުވަސް ދިޔައީއެވެ. މަންމަގެ ކުރިމަތީގައި ލުޔޫންގެ އަގު ވެއްޓިގެން ދާއިރު، މުޖުތަމަޢުގައި މަންމައަށް ދެވިފައިވާ ޤަދަރުވެސް ވެއްޔާއި މޮޑެވިގެން ދާނެއެވެ. މީހުންގެ ނަޒަރުގައި މަންމަގެ އަގު ވެއްޓިގެންދާނެއެވެ. އެވަގުތު ނުބައި ޙިޔާލުތަކަކުން ލުޔޫންގެ ސިކުނޑި ފުރިގެން ދިޔައެވެ. އެވަގުތު ލުޔޫންގެ ލޮލުން ކަރުނަ ހިލުނެވެ. ކޮންމެ ގޮތެއްވިޔަސް ދެން އެއީ ނުވާ ކަމަކަށް ނުހެދޭނެވެ. އަތުގެ ނުފުށުން ލޮލަށް ގިނަވެފައިވާ ކަރުނަތައް ފުހެލުމާއި އެކު ލުޔޫން ވާހަކަ ދައްކަން އަނގަހުޅުވައިލިއެެވެ. ހަމަ އެވަގުތު އަނެއްކައިވެސް ގުޅައިގެން ހުރި މީހަކު ވާހަކަ ދައްކަންފެށިއެވެ.

“އަދިވެސް ހުންނަނީތަ…..”

އެ އަޑުގައިވީ ސީރިއަސްކަން ނަގައި ގަނެވުމައި އެކު ލުޔޫން އަވަސް އަވަހަށް ފޯނުގެ އިންބޮކްސް ހުޅުވައިލިއެވެ. ގެއަށް ނައިސް ލަސްވެގެން ލީލާ ކޮށްފައިވާ ދެ މެސެޖެއް ފިޔަވައި އިތުރު މެސެޖެއް ފޯނުގައެއް ނުވެއެވެ. ދަތްކުނޑި ވިކާލެވުމާއި އެކު ލުޔޫންގެ ގާތަށް ރުޅިއާދެވުނީ އިންތިހާއަށެވެ.

“ވަޓް ދަ ހެލް… ކާކުތަ ތީ؟؟

ލުޔޫންގެ ރުޅިވެރި ބާރު އަޑާއިއެކު އެމީހާ ވެސް ބާރު ބާރަށް ހޭންފެށިއެވެ. މަލާމާތް ކުރާފަދަ ގޮތަކަށް ހެމުންދިޔަ އެމީހާގެ ހިނިގަނޑު ކުއްްލިއަކަށް ހިންދާލާފައި އިންޒާރުގެ ރާގެއްގައި ބުނެލިއެވެ.

” މީއަދި ޓުރެއިލަރ… ހެހެހެ…. ބިރުން ފޯނުން ތި ހޯދަމުންދިޔަ ވީޑިއޯ މިއޮތީ މަ އަތުގަ. މަ ބޭނުން ކޮންމެ ވަގުތަކު މަ ބޭނުން މީހަކަށް މީތި ފޮނުވާނަން.. ފަހަރެއްގަ މަ ހިތަށް އަރާފާނެ މީތި ލީލާއަށް ފޮނުވަން ވެސް…”

އަނެއްކާވެސް ބާރުބާރަށް އެމީހާ ހޭންފެށިއެވެ. އެއަޑުއިވިފައި ލުޔޫންް ހުއްޓުންއެރިއެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އޭނާގެ އިޒުނަޔަކާއި ނުލާ އެ ކޯތާފަތްމަތިންް އޮހެރެން ފެށިއެވެ. ނަމަވެސް އަނެއްކައި ވެސް ހިތްވަރު ކޮށްފައި ލުޔޫން ވާހަކަ ދެއްކީ އެމީހަކު އޭނާއަށް ބިރު ދައްކަނީ ކަމަށް ހީކޮށެވެ. ހިތާހިތުން އެއީ އެއްވެސް ހަޤީޤަތެއްނެތް ވާހަކަތަކެއް ކަމަށް އޭނާ އަމިއްލަ ނަފުސަށް ވިސްނައިދެމުން ދިޔައެވެ.

ލުޔޫން: ” މަ ކީއްކޮށްގެން ކޮންކަމަކާ ބިރުގަންނަން؟ ކީކޭ ކިޔާނަމޭ ހިތާތަ ތި އުޅެނީ؟ ”

ލުޔޫންގެ އަޑުގައި ވި ތުރުތުރުލުން ފޮރުވަމުން އަޑަށް ބާރު ލާފައި ބުންޏެވެ. ޗޮކެއް ކަނޑާލާފައި އެމީހަކު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ.

“މަ މި ކިޔާއެއްޗެއް އެންމެ ރަނގަޅަށް އެނގޭނެ އެކަކު ތިއީ…. ދެން ހުރި މީހާއަށް ގުޅައިގެން މި ވާހަކަ ދެއްކިޔަސް މަށަށް ވާނެ މާކަބޮޑު ފައިދާއެއް ނޯންނާނެކަން ހަމަ ރަނގަޅަށް ލުޔޫންއަށް އެނގޭނެ. އިތުރު ތަފްސީލް ބޭނުމިއްޔާ އެވެސް މަ ދީފާނަން. އެކަމަކު މަށަށް ހީވަނީ ރަށުތެރެޔަށް ބޭޒާރު ވުމަށްވުރެ މަ ބުނާ ކަމެއް ކުރިއްޔާ ލުޔޫންއަށް ވެސް ލުއިވެފަ ފައިދާ ބޮޑުވާނެހެން… ”

އެމީހާގެ ވާހަކަ އެ ހިސާބަށް ދިޔަތަނާ ކުއްލިއަކަށް އެމީހާގެ އަޑު ކެނޑުނެވެ. ލުޔޫން އަށް އަވަސް އަވަހަށް ފޯނަށް ބަލައިލެވުނީ ފޯނު ވައިބުރޭޓްވި ކަހަލަ އިޙުސާސެއް ކުރެވިގެންނެވެ.

“އޯހް ގޯޑް……” ހިތާއި ހިތުން ލުޔޫންއަށް ކިޔައިލެވުނެވެ. ފޯނުގެ ބެޓެރީ ލޯވެގެން ފޯނުނިވުނީއެވެ. އަތުން ދޫވެގެން އެނދުމައްޗަށް ފޯނު ވެއްޓުމާއި އެކު ދެ އަތްތިލައިން މޫނު ފޮރުވައިލަމުން ލުޔޫންއަށް ބާރު ބާރަށް ރޯންފެށުނެވެ.

 

 

ރަށުގެ ބަނދަރު ކައިރީގައި އޮންނަ އިޖުތިމާޢީ ސަރަޙައްދުގައި ބިންގާ އަޅާ އިމާރާތް ކުރުމަށް ތައްޔާރު ކޮށްފައިވާ ބޮޑު ބިމެއްގެ ކައިރީގައި މަޑުކޮށްލައިގެން ތިބި ސަލީމް އާއި ލިއަމް އޮލަވާހަކައެއްގައި ތިއްބެވެ. އެވަގުތު އެތާ ކައިރިއަށް މަޑުކޮށްލި ކާރަކުން ފޭބި ލީލާ އާއި ލުޔޫން ފެނިފައި ސަލީމް އެމީހުނަށް އަތުން އިޝާރާތް ކޮއްލިއެވެ.

ލިލާ: ” މީތަ ލުތުފީ ގަނެގެން އުޅޭ ބިމަކީ؟ ހާދަ ބޮޑު ސަރަހައްދެކޭ ދޯ މިއީ… ”

ސަލީމް: ” އާނ…. އޭނަ ވަރަށް އެބަ މަސައްކަތް ކުރޭ މި އަހަރު ނިމުމުގެ ކުރިން މިތަން ހިޔާ ކުރެވޭ ވަރު ވޭތޯ.. މިތަނުގެ މަސައްކަތް ކުރިއަށް ދާ ގޮތް ބަލަން ވެގެންނޭ މިފަހަރު ލިއަމް މިރަށަށް ފޮނުވާފަ މި ހުރީވެސް.”

ލިއަމްގެ ކޮނޑުގައި ޖަހާލަމުން ސަލީމް ބުންޏެވެ. އެވަގުތު ލުޔޫން އާއި ދިމާލަށް ކަޅި ހުއްޓައިލައިގެން ހުރި ލިއަމް ސިހިފައި ސަލީމް އާއި ދިމާލަށް ބަލައިލިއެވެ. އެކަން ސަލީމް އަށް ވެސް ފަހުމްވުމުން ލިއަމް އާއި ދިމާލަށް ބުމަ އަރުވާލަމުން ހިނގައިގަތީ އެތާގައި މަސައްކަތް ކުރަންތިބި ދެ ބިދޭސީ އަކާއި ދިމާލަށެވެ.

 

ބަނދަރު މަތިން ދުވެފައި ރަށުތެރެއަށް އަރައިގެން ދިޔަ ޒުވާނެއް ކުއްލިއަކަށް ވަރަށް ބާރަށް ބިންމައްޗަށް ވެއްޓުނީ ފަހަތުން އެޒުވާނާއަށް އަމާޒުކޮށް ކޮންމެވެސް މީހަކު އެއްލި ލަކުޑިބުރި އަކުން ޖެހިފައެވެ. ހަމަ އެވަގުތު އިތުރު ތިން ޒުވާނަކު ދުވެފައި ގޮސް ވެއްޓިފައި އޮތް ޒުވާނާ ވަށައިލިއެވެ.

“ކައެ ބޭނުންހާ ގޮތެއް ނުހެދޭނެ އިނގޭ އަހަރުންނަކަށް… މީ ކައޭ ރަށެއް ނޫނޭ މާ ފުއްޕާފަ އުޅޭކަށް… ތި ފާޑަށް އުޅެންޏާ ހޭ އަރުވާލަން ޖެހިދާނެ” ވެއްޓިފައި އޮތް ޒުވާނާއަށް  އިންޒާރުގެ ބަސްތަކެއް ރައްދުކުރަމުން ދިޔަ އިސްކޮޅުން ދިގު ޒުވާނަކު ރުޅިގަދަވެ ގަދަވެފައި ވާހަކަ ދައްކަމުން ދިޔައެވެ. އެވަގުތު އެ ޒުވާނާގެ ކައިރީގައި ހުރި އެހެން ޒުވާނަކު އޭނާގެ ފައިގައި ހުރި ބާރެއް ލާފައި ވެއްޓިފައި އޮތް ޒުވާނާގެ ބަނޑުގައި ދެތިން އެތިފަހަރު އެޅިއެވެ. އެއާއި އެކު ވޭނީ ރާގަކަށް ވެއްޓިފައި އޮތް ޒުވާނާގެ ދުލުން އާހެއް ބޭރުވިއެވެ.

މާ ދުރުނޫން ހިސާބެއްގައި ތިބި ސަލީމް މެނަށް އެ އަޑު ވަރަށް ސާފުކޮށް އިވުނެވެ. ލުޔޫން އަށް ވެސް އެ އަޑު އިވުނު ދިމާލަށް ބަލާލެވުނީ ކޮންމެވެސް ކަންތައްގަނޑެއް ހިނގާހެން ހީވުމުންނެވެ. އެވަގުތު ބިންމައްޗަށް ވެއްޓިފައި އޮތް ޒުވާނާގެ ގައިގާ އެއްވެސް ރަޙުމެތް ނެތި ފައިން ތަޅަމުން ގެންދިޔަ ޒުވާނާ ފެނިފައި ލުޔޫންގެ ދެ ލޯ ބޮޑުވިއެވެ. ލޯ މައްޗަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވެފައިވާ ހާލު ދެވަނަ ފަހަރަށް ވެސް ލުޔޫންއަށް އެ ޒުވާނާގެ މޫނަށް ބަލައިލެވުނީ އެއީ ކާކުކަން ޔަޤީންކޮށްލުމުގެ ބޭނުމުގައެވެ.  (ނުނިމޭ)

6
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

June

Other Articles

Previous

ޢަޞްރު (ސައްބީސްވަނަ ބައި)

އެދެނީ
Next

އެދެނީ…(2)

Next
އެދެނީ
January 2, 2017

އެދެނީ…(2)

Previews
January 1, 2017

ޢަޞްރު (ސައްބީސްވަނަ ބައި)

9 Comments

  1. luyoon ge kokko says:
    January 2, 2017 at 7:19 am

    ??? wow………..
    Varah obi ?
    Aneh part avaha up kohdheebo

  2. haz says:
    January 2, 2017 at 11:11 am

    Varah nice vaane story eh hen heevey.keep it up…Ella

  3. ram says:
    January 2, 2017 at 11:47 am

    V reethi.anebaa avaha up kolaane kamuge unmeedhugai ram mihuree.

  4. eyna says:
    January 2, 2017 at 12:51 pm

    vvvv reethi mi story… loved it

  5. Sheenu says:
    January 2, 2017 at 1:39 pm

    Salhi .thanks

  6. Fan says:
    January 2, 2017 at 3:50 pm

    Varah furihama ?
    Kiyaa hithun kiyaalevey mi vaahaka.
    Good one Ella

  7. shax says:
    January 2, 2017 at 4:42 pm

    Story v reethi.. but dialogue liyaa gothah baeh thanthan liyefa hunnaathee kiyan undhagoo gotheh hurey..

    1. Ella says:
      January 2, 2017 at 5:29 pm

      thank u 🙂
      next time can you highlight the parts where you feel diffclt to read… eirun ill try not to repeat it again…..

  8. MAIII says:
    February 13, 2017 at 5:33 pm

    Salhi vaahka eh…..❤

Comments are closed.

All Right Reserved!