
ލަސް ފިޔަވަޅުތަކެއްގައި ގޮސް ކައިސަން ފެރީ އަށް އެރިއެވެ. ތަންކޮޅެއް ފަހަތު ސީޓެއްގައި އޭނާ އިށީންއިރު އޭނާ އަށް މޫދުގައި އުފެދެމުން ދިޔަބާނީތަށް ފެނެއެވެ. އެބާނީތަކުގެ ހަރަކާތާ ކިތަންމެހާވެސްް އޭނާގެ ހަޔާތާ ގުޅެއެވެ. އެބާނީތަށް ހީވަނީ ރުޅި އައިސްގެން ތެޅި ފޮޅޭހެންނެވެ. މަޑުން ދިޔަ ބާނީ ތަށް ހީވަނީ އެ ރުޅިވެރި އައިސްގެން އުޅޭ ބާނީ ތަށް މަސަލަސް ކުރަން އުޅޭ ހެންނެވެ.
ދެހިޔާލެއްގަ ހުރެ ކައިސަން އޭނާގެ އައިފޯން ހުޅުވާލިއެވެ. ފެރީގެ އިންޖީނުގެ އަޑާ އެއްވަރަށް އޭނާގެ ހިތުގެ ތެޅުންވެސް ދިޔައީ އަވަސްވެ ބާރުވަމުންނެވެ. އޭނާގެ ހިމަ ދިގު އިނގިލިތަކުގެ އެހީގައި އިންބޮކްސް ހުޅުވާލިއެވެ. ” އަހަރެން އަޔާން ދެކެ ވަރަށް ލޯބިވޭ…އެއްގޮތަކަށްވެސް ކައިސަން އަށް އޮޅުވާލުމުގެ ނިޔަތަކުނޫން އަހަރެން އެހެން ހެދީ…އަހަރެން އޭރު ހިޔެއްނުކުރަން އަހަންނަށް އަޔާން ދެކެ ލޯބި ވެވިދާނެކަމަކަށް.. އެއީ ބޭވަފާތެރިވުމެއް ނޫން..އަހރެން ބޭވަފާތެރިނަމަ އަހަރެންގެ މި ޖަޒްބާތްތަށް ފޮރުވާފަ ބޭއްވުނީސް..އައިއެމް ސޮރީ..އިފް ޔޫ ކޭން..ދެން ޕްލީޒް ފޮރްގިވް މީ..ޕްލީޒް….ލަވް ޒިވާ…” ޒިވާ ފޮނުވާފައިވާ މެސެޖަށް ކައިސަން ރިޕްލައި ކުރާކަށް ބޭނުމެއް ނޫނެވެ.
އޭނާގެ ލޮލަށް ޖަމާވެފައިވާ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލަމުން އޭނާގެ ނަޒަރު މާލޭގެ ފެރީ ގިމަތަައަށް ފެރީ ވަންނަތަނަށް ހުއްޓާލިއެވެ. އެންމެން ތެދުވާތީ ކައިސަންވެސް ފެރީއިން ފޭބުމަށް އަވަސްވެގަތެވެ. އިސްދަަށަށް ޖަހާލައިސެން ހުރެ ކައިސަން ފެރީ އިން ފައިބަމުން ދިޔަ ވަގުތު ފެރީ ގިމަތަ އާއިތުރަށް ފެރީ ކައިރި ކޮއްލިއެވެ. އެވަގުތު ކައިސަން އަރިއަޅާލައިން ގޮސް ހިފެއްޓުނީ އޭނާގެ ފަހަތުގަހުރި އަންހެން ކުއްޖާގެ އަތުގައެވެ.”އޯ ގޯޑް…” އެވަގުތު އެކުއްޖާ އަތުގައި އޮތް އައިފޯން ދޫވެ ފެރީ ތެރެއަށް ވެއްޓުނެވެ. ހިތްހަމަ ނުޖެހުމުގެ ނަޒަރަކުން އެކުއްޖާ ކައިސަން އަށް ނަޒަރު ހުއްޓާާލަމުން ފެރީ އިންފައިބާފަ މަޑުކުރާށޭ ބުނެލިއެވެ.
ކައިސަން ފެރީ އިންފޭބުމުން އެކުއްޖާވެސް ކައިސަން ފަހަތުން ފެރީ އިން ފޭބި އެވެ. ” ހޫ އިޒް ގޮނަރ ރިޕްލޭސް މައީ ފޯން..” ބޯވާގެ ފައިތަކެއްހެން ހީވާ އޭނާގެ ފޯލި ފޯއްޔަ އޮތް ބުޅި އިސްތަށިގަނޑު އިތުރަށް ހާވާލަމުން އޭނާ ބުނެލީ ރުންކުރު ގޮތަކަށެވެ. “ލުކް..އައެމް ސޮރީ.. ޕްލީޒް ފޮރގިވް މީ…ގިވް މީ ޔުއާރ ނަމް..އޭރުން އައި ވިލް ކޯލް ޔޫ..” މަޑުމައިތިރި ކަމާއެކު ކައިސަން އެހެން ބުނީ އޭނާގެ ކަޅުކަންގަދަ އިސްތަށިގަނޑު ގައި އިނގިލި ތަށް ހިންގަލަމުންނެވެ.”ބާއި.. ގުޅާނަން..” ކައިސަން އެކުއްޖާ އަށް ބަލާލަމުން ގެއައް ދާން މިސްރާބު ޖެހިއެވެ. އޭރު ޓާރމިނަލް ތެރެއިން ގިނަ ބައެއްގެ ނަޒަރު ދިޔައީ އޭނާ އަށް ހުއްޓެމުންނެވެ.
“ހެއި..” ކައިސަން ގެއަށް ވައިން ގަޑީ ކައިސަންއަށް ވުރެއް ތިން އަހަރު ކުޑަ ކިއާރާ ބުނެލި އެވެ. “ކީކޭ ވުމެން…” މަޖާޒީ ގޮތަކަށް ކިއަރާގެ ކޮލުގައި ކޮއްޓާލަމުން ކައިސަން ބުނެލީ ނުހަނު ލޯބިންނެވެ. ” ކީކޭހޭ؟ ކިއާ ވަރަށް އެކްސައިޓް ވެފަ އެހެރީ..މާދަމާ އެއީ ޖެނުއަރީ ސެކަންޑެއް ނުން…” ކިއަރާ ކައިރި ސޯފާގައި އިށީންދެގެން އިން އެދެކުދިންގެ މަންމަ އާނިޔާ ބުނެލީ މޭޒުމަތީހުރި އާފަލު ފޮތިތަކުގެ ތެރެއިން އާފަލެއް އަނގަޔަށް ލަމުންނެވެ. “އޯ މައި ގޯޑް..މައި ލިޓްލް ޕްރިންސެސް އިޒް ޓާރނިން ސެވެންޓީން ދޯ…” ކިއަރާ ކޮލުގައި ކޮއްޓާލަމުން ކައިސަން ބުނެލިއެވެ.”އޭ ދޮންބޭ.. ކޮން ބިޓެއް ކައިރިޔަށް ގޮއްސަ ތިއައީ..” ކިއަރާ މަޖާވެލާފައި ކައިސަންގެ އަތުކުރި ގަޑީގައި އެޅިފައިވާ ރިހި ކުލައިގެ ކެވެލި ކޮޅު ނަގަމުން ކިއަރާ ބުނެލިއެވެ.
“ހެލޯ؟…” ކުޑަކޮށްް ކަރުކެހިލަމުން ކައިސަން އިންތިޒާރު ކުރީ އެކޮޅުން ދޭނެ ޖަވާބަކަށެވެ. ބާލީސް މޭދޮށަށް ލައިގެން އިންއިރު އޭނާގެ ހިތުގެ ތެޅުމުގެ އަޑު އޭނާއަށް އިވެއެވެ. “ކާކު؟..” ރީތި އަޑަކުން އެކޮޅުން ޖަވާބު ދިނީ އަންހެން ކުއްޖެކެވެ.”މީ…މީ ކައިސަން…ރޭގަ ތި ގާރލްގެ ފޯނު ހަލާކު ވި އެއްނުން ދޯ..އައި އެމް ސޮރީ ފޮރ ދެޓް..ކެންވީ މީޓް..ހަވު އެބައުޓް އަކޮފީ..؟” އެއްނޭވާއިން ކައިސަން ވާހަކަ ދެއްކި އިރު އޭނާއަށް މާނޭވާލެވެއެވެ. “އޯކޭ…ޝުއާރ..މިރޭ ނައިން އަށް ރާންބާ ރެސްޓުއަރެންޓް އަށް.. އެންޑް ފޯންގެ ޑިސްޕްލޭ ހަދާ ނުދިނަސް އޯކޭ…އާ ފޯނެއް ގަނެފިން..ބައި..”އޭނާގެ ރީތި އަޑުން އެ އަންހެން ކުއްޖާ ބުނެލިއެވެ.
“މިިއަދުމީ އަހަރެންގެ މުޅި ހަޔާތުގަވެސް އެންމެ އެކަނިވެރިވި ދުވަސް އެންމެ ދެރަވެ ލޯތްބަށް ފެންބޮވާގަތް ދުވަސް…”ކައިސަން އޭނާގެ ޑައިރީގަ ލިޔަމުން ދިޔައެވެ. ލިޔަމުން ދިޔަވަރަކަށް އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. “އެކްސްކިއުޒްމީ..ޔުއާރ އޯރޑަރ؟” ކަޅުކުލައިގެ ގަމީހެއްގައި ހުރި ވެއިޓަރެ ކައިސަން އާ އިޝާރަތް ކޮއް ބުނެލިއެވެ. “ޓޫ ޑަބަލް ޝޮޓް ކެޕެޗީނޯ..” ރަތްކުލައިގެ މެކްސީ އަކާ ވިލުނޫ ޖިންސެއް ލާފައިހުރި އަންހެން ކުއްޖެއް ކައިސަން ގެ ކުރި މަތީ ހުރި ގޮނޑީގައި އިށީންނަމުން ޖަވާބު ދިނެވެ. “ކައިސަން” ކައިސަން ލިޔަން އިން ޑައިރީ ލައްޕާލުމައްފަހު ލިޔަން ގެންގުޅުނު ގަލަން ކައިރީގަ ބާއްވާލަމުން ސަލާން ކޮއްލަން އަތް ދިއްކޮއްލިއެވެ. ” ޒެބާ ” ކަައިސަން ދިއްކޮއްލި އަތުގައި ހިފަމުން ޒެބާގެ ނަން ބުނެލިއެވެ.
“އަސްލު ސޮރީ އިނގޭ ” ދެމީހުން ދޭތެރޭ ވާ ހަމަހިމޭންކަން ފޫއަޅުވާލަމުން ކައިސަން ބުނެލީ އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލަމުންނެވެ. ” އިޓްސް އޯކޭ…އަސްލު ޒެބާވެސް ހުރީ އައިފޯން ސެވެން އެއް ގަންނަން ވެގެން..ހައްތަހާވެސް މިފޯނު އަދި އާވެފަ ކިރިޔާ އަހަރެއްވީމަ ނުގަނެ ހުރީ…އެހެންވީމަ ވީގޮތް މާ ރަނގަޅު….އޯލް ތޭންކްސް ޓު ޔޫ މިސްޓާރ ކައިސަން..” ވެއިޓަރު ގެނައި ކޮފީތަށިން ކޮފީ ފޮދެއް ބޯލަމުން ޒެބާ ބުނެލިއެވެ. “ޔޫ އާރ ވެލްކަމް…ދެވިދާނެތަ އަހަންނާއެކީ މިރޭ ޝޮޕިންގް އަށް..މާދަމާ މަގޭ އަންހެން ކޮއްކޮ ގެ ބާރތް ޑޭ…އެންޑް ގާރލް އަކާ އެކީ ގޮއްސިއްޔާ ފަސޭހަ ވެސްވާނެ ދޯ..އެންޑް މިވިސްނަނީ ސަޕްރައިޒް ޕާރޓީ އެއްވެސް ބާއްވަން…ސޯ ކެން ޔޫ ކަމް ވިތް މީ؟..”އުއްމީދުގެ ނަޒަރުން ކައިސަން ޒެބާ އާދިމާލަށް ބަލާލަމުން ބުނެލިއެވެ. “ހެހެ..ހެ..ތި ދިމާވީ ހަމަ ރަނގަޅު މީހާއާ…އަސްލު ޒެބާ އަކީ ޕާރޓީ ޕްލޭންކޮށް ޑެކަރޭޓް ކުރާކުއްޖެއް…ސޯ އައިއެމް ރެޑީ…އެކަމް ފަސްޓް ޖެހޭނީ ލިސްޓެއް ހަދަން….ކައިސަން ކޮއްކޮ ފްރެންޑްސް އެންޑް ފެމިލީ އެއްމެންނަށް އިންވިޓޭޝަން ފޮނުވަން ވެސް ޖެހޭނެ..”ސީރިއަސް ކަމެއް މޫނުމައްޗަށް ގެންނަމުން ޒެބާ ވާހަކަ ދައްކަމުން ދިޔައެވެ.
ކޮފީ އަށް ލާރި ދައްކާފައި ދެމީހުން ވެގެން ލިސްޓް ތައްޔާރު ކުރުމަށް ފަހު ގޮނޑިން ތެދުވީ ފިހާރައަށް ދާންށެވެ. “ޒެބާ ދަބަހަށް މިފޮތް ލާދީބަ…އަތުން ހިފައިންނެއް ނޫޅެވޭނެ ދޯ..”ކައިސަން ގެ ޑައިރީ ޒެބާއަށް ދިއްކޮއްލަމުން ބުނެލިއެވެ.
“ކިއަރާ އަށް އެންމެ ރީތީ ކޮންކުލައެެއް…ކިއަރާ އަށް ރީތި ކުލައަކުންދޯ ޕާރޓީ ޑެކަރޭޓް ކުރާނީ…”ސައިކަލުން ފައިބަމުން ޒެބާ ބުނެލިއެވެ. “ޒެބާ އާރ ޔޫ ޝުއާރ ދެޓް ޔޫ ހޭވް އޯލް ދަ ޑެކަރޭޝަން ސަޕްލައިސް…”ޒެބާ އަތުގައި ޕާރޓީ ޒީނަތްތެރި ކުރާތަކެތި ހުރިކަމަށް ބުނުމުން އަދި އެއްފަހަރު ޔަގީން ކޮއްލުމުގެ ގޮތުން ކައިސަން ޒެބާ ކުރެއް އަހާލިއެވެ. “ޔެސް އައި ޑޫ…ބާއި…” ސައިކަލު މަތީ އިން ކައިސަން އަށް ހާނަ އަޅާލަމުން ޒެބާ ގެއަށް ވަންނަން ދިޔައެވެ.
ގެއަށް ވަދެ ފެންވަރައިގެން ޒެބާ ލަވައެއްޖަހާލިއެވެ. ލަވައިގެ އަޑު ގަދަވީމަ ޒެބާގެ މަންމަ ޒުލްފާ ޝަކުވާ ކޮއްފާނެތީ އޭނާ ގެ އަތްދަބަސް ތެރެއަށް އަތްކޮއްޕާލީ ހެޑްސެޓް ނަގަންށެވެ. އެވަގުތު އޭނާގެ އަތުގައި ކައިސަން ދިން ފޮތް ޖެހުނެވެ. “އޯގޯޑް” ޖަހާފައިވާ ލަވަ ނިއްވާލަމުން ޒެބާ އެފޮތަ ހުޅުވާލިއެވެ. އެއީ ޑައިރީ އެކެވެ. އާއްމުކޮއް ފިރިހެން ކުދިން ކޮއްނޫޅޭ ކަމަކަށް ވުމުން ޒެބާހުރީ ކުޑަކޮށް ހައިރާން ވެފައެވެ. ތެޅޭ ހިތަކާއެކު ޒެބާ އެފޮތް ކިޔަންފެށިއެވެ.
20 Comments!
Comments are closed.
Meethi varah interesting ?
Keep it up ?
thnkxx zeba ge kokko 🙂
Varah reethi
thnkeww aish..meemi ah varah fahaga kurevey meemi liyaa hurihaa stry eh ga vx aish ge cmntxx..keep it up darl… 🙂
Wow vrh hihgaimu
thnkxx xilaa
Manzaru badhaluvaairu aafeshumun nufashaathee undhagoo gotheh hurey. And dialog liyaa gothunves odd gotheh hurey. Kaadhisaakuriyah gendhaagoiy varah salhi. Best of luck.
thnkxx 4 the idea sweetie..anyways i will try to do my best..
Wowww. intresting story um waiting for the next part.adhi miah vuren story dhigu kure venya dhigu koh dheh chey
i will try dhigu kohllan… thnkxx kia
v nice 😡
Salhi ingey.?
Interesting. Wanna read more.. Love it??
Aharenge bro ge kid aka ves kiyanee kaisan but he is 11months and he’s cute….
The story is very nice but kudakoh hama nujehei gotheh hunna hen heevei. Maa bodah avas aruvaalaafa hurihaa kameh vany.
Hummm… Now its near to perfection…. Miah vure dhigu kohhfiyya baeh myhun kiyan ves foohivey…… But ahannnah late vanyy….. Loved your stories…. ????????
V salhi story. ..waiting for the next part ????
haha eme fahun kiyaafin
perfectioncy… 🙂 obiness…
V nice ☺☺☺
Mind blowing?????
Kon iarakunn vaahaka up kuranee