ޔޫއާން ގޮސް ލޯމަތިން އޮބާލުމުން ޝާޔާ އަވަސް އަވަހަށް ގޭތެރެއަށް ވަނެވެ. ޝާޔާ އެތެރެއަށް ވަންއިރު ސޯފާގައި އަނީސާ އާއި ޖެހިގެން އިން ސަލަފް ފެނި ހުއްޓުން އެރިއެވެ. ޝާޔާ ފެނުމުން އަނީސާ ތެދުވެގެން އައިސް ޝާޔާގެ އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވަނެވެ. ސަލަފް މިގަޑީގައި ގޭތެރެއިން ފެނުމުން ޝާޔާ ހިތުގައި ސުވާލުތަކެއް ފުނިޖެހިގެން ދިޔައެވެ. “އަށެއްޖެހިއިރު އައިގޮތަށް ސަލަފް އެއިނީ ދަރިފުޅު އައީމަ ނޫންވެ ނުދާން. ޝާޔާ ސަލާމުގައި ހުރި ދުވަހެއްވީމާ ހާލުބަލާލަން […]
ވިލިމާލެ ބަނދަރަށް ދާ މަގު ހަދާފައިވަނީ ހިތްގައިމު ގޮތަކަށެވެ. ދޭތެރެއަކުން ތާޒާ ގޮތަކަށް ހެދިފައިވާ ގަސްތަކަށް ވައިރޯޅި ވެލައެވެ. ސާދަ ފަނަރައިގެ ބުރަހަމަ ހަނދާއެކު ކަޅު ސާލެއްފަދަ އުޑުމަތީގައި ވިދުންގަދަ ތަރިތަކެއްވެއެވެ. މި މަންޒަރު ބަލަން ތިިބި ހިތްތަކަށް އުފާވެރިކަން ލިއްބައިދިނުން ގައިމެވެ.ނަމަވެސް ބަނދަރުގައިވާ ހިލަތަށް މަތީީ އިށީންދެގެން އިން ކައިސަންގެ ހިތުގައި މިއިން އެއްވެސް ކަމަކުން ހިތްހަމަޖެހުން ލިއްބައި ނުދޭފަދައެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ އޭނާގެ ފޯނަށެެވެ. އޭނާ ދިޔައީ ފޯނުގައި މެސެޖެއް ލިޔަމުންެވެ. ހަލުވިކަމާއެކު […]
ސަލީމް އާއި އަތާއަތް ޖޯޑު ކޮށްލުމަށްފަހު އެތެރެއަށް ވަންނަން އެދުމުގެ ކުރިން ލީލާއަށް ބޭރު ބަލާލެވުނީ، ސަލީމް އާއި އެކު އިތުރު މީހަކު އަންނަ ވާހަކަ ބުނެފައި އޮތުމުންނެވެ. ސަލީމް: ” އާނ. މިފަހަރު ލުތުފީއަށް އާދެވޭ ގޮތެއް ނުވި، އޭނަ ކުޑަކޮށް ބަލިވެ އުޅެނީ.. އެކަމަކު ލުތުފީގެ ދަރިފުޅު ބޭބެ އާއި އެއްކޮށް އައި.” އެވަގުތު ދޮރާށިން އެތެރެއަށް ވަދެގެން އައި ފަންސަވީހަކަށް އަހަރުގެ ޒުވާން ފިރެހެން ކުއްޖެއް ލީލާއަށް ފެނުނެވެ. ” […]
”މިއީ އީރާގެ ކޮލެޖުން. އެއް ހަފުތާ ވެގެން ދިޔައިރު އީރާ ކޮލެޖަށް ނާންނާތީ އެކަން އޮޅުން ފިލުވާލަން މި ގުޅާލީ. ބަލިވެ އުޅޭކަމެއް ވެސް އަންގާފައެއް ނެތް. ކިހިނެއްތޯ ވީ؟” އެކޮޅުން ކުރި ސުވާލާއެކު ޝާޔާއަށް ހުރެވުނީ އެއްޗެއް ބުނަން ނޭނގިފައެވެ. މިއަދުވެސް އީރާ ކޮލެޖަށް އެ ދިޔައީ އޭނާގެ ލޯމަތީގައެވެ. ކޮންމެ ދުވަހަކު ކޮލެޖަށް ދާކަށް އެނގެއެވެ. ”ހަލޯ.” ޝާޔާގެ ފަރާތުން ޖަވާބެއް ނައުމުން އެކޮޅުން ހަލޯއޭ ބުނެލި އަޑު އިވުނެވެ. ”އާދެ. މާދަމާ އިން […]
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރެއިން، ވަލުތެރޭގައި ކަތި ކައްޗަށް ހެދިފައިވާ ހަނި މަގުތަކުން ދުވަމުން ދިޔަ ޒުވާން އަންހެން ކުއްޖާގެ މިސްރާބު ހުރީ ކޮން ދިމާލަކަށް ކަމެއް ޚުދު އެ އަންހެން ކުއްޖާއަށް ވެސް ނޭނގޭ ކަހަލައެވެ. ގައިގެ އެތަން މިތަނުގައި ޗަކަ ހޭކިފައި ވާއިރު، އަތުގެ ދެތިން ތަނަކުން ލޭ ހިލިފައި ހުއްޓެވެ. ބަލާެބެލުމަށް ހީވަނީ އެއްޗެއްގައި އަޅައިގަނެ މަށައިގެން ގޮސްފައި ވާހެނެވެ. “ލުޔޫން……” ފިރެހެނެއްގެ ބާރު އަޑު މުޅި ސަރަހައްދަށް ވެރިވެގެން ދިޔައެވެ. […]
އޮފީހުގައި އެއްވެސް މަސައްކަތެއް ނުކޮށް އަހަރެން ހުރީ ކުޑަދޮރުން ބޭރު ބަލާށެވެ. ބަދަރު މަތީގައި ހުރި އޮފީހަކަށް ވުމުން އަހަންނަށް ބޭރުން ފެންނަމުން ދިޔައީ ވަރަށް ފުރިހަމަ ގުދުރަތީ މަންޒަރެކެވެ. ނޫކުލައިން ޖަރީކުރެވިފައިވާ އެ އުޑާއި މޫދަށް ބަލަހައްޓައިގެން އަހަރެން ހުންނަތާ މިހާރު ކޮންއިރެއް ކަމެއްވެސް ނޭނގެއެވެ. އޮޔެ ގަދަ ކަމުން ކަނޑިންމައިގައި ހުރި ދޯނިފަހަރުތައް ދެފަރާތަށް ހެލިލަ ހެލިލަ އޮތް އިރު އަހަރެންގެ ހިޔާލުތައްވެސް އޯޔާގޮސް ހަޔާތުގެ އެންމެ އަނދިރި ދުވަސްތަކުގެ ތެރެއަށް ގެނބިގެން ހިނގައްޖެއެވެ. […]
ލަޔާލީ ވަގުތުން ސިޓީއުރަ ކަނޑައި އަދި އޭގެ ތެރޭގައި އޮތް ކަރުދާސް ކޮޅު ނަގައި ކިޔަންފެށިއެވެ. ” ވަރަށް ދުވަސް ވެއްޖެ ވާހަކައެއް ބުނަން އުޅޭތާ ރޭގަވެސް ވަރަށް ޓްރައި ކުރިން އެކަމަކު ބުނެވޭނެ ގޮތެއްނުވި…… ޒޭން ކެބިންގައި އިންތިޒާރު ކުރާނަން .. ޕްލީޒް ކަމް …” މިހެން ޖަހާފައި އޮތް ކަރުދާސް ކޮޅުގައި ކާކަށް ފޮނުވި ސިޓީއެއްކަމެއް ލިޔެފައެއްނުވެއެވެ. ނަމަވެސް ސިޓީ އުރައިގެ ބޭރުގައި ”ޒޭން” ޖަހައިފައި އޮތުމުން އެއިން ދޭހަވަނީ ޒޭން ދިން […]
ސަލަފްއަށް އިރުކޮޅަކަށް ހުރެވުނީ ޙަރަކާތެއް ގެންނަން ހަނދާންނެތިފައެވެ. ސަލަފްގެ ގަމީހުގައި ހިފަހައްޓާލި ގޮތަށް ޝާޔާ އިރުކޮޅަކު ހުރެފައި ކުއްލިއަކަށް ސޮހިގެން ތިރިއަށް ދާން ފެށުމުން ސަލަފް ޝާޔާ ނަގައި އަތްދަނޑި މައްޗަށް އުފުލާލީ ވަރަށް ލުއިކޮށެވެ. އެއްވެސް ބާރެއް ނެތް ހިކި ފަންގަނޑެއް އުފުލާލާހާ ފަސޭހައިން ޝާޔާ ނަގައިގެން ސަލަފް ހިނގައިގަތީ އޭނާގެ ކެބިންއަށެވެ. އެތަނުގައި ހުންނަ ސޯފާތަކުގައި ޝާޔާ ބޭއްވުމަށްފަހު ސަލަފް ކާރު ޑްރައިވަރަށް ގުޅާ އެތަނަށް އައުމަށް އެދުނެވެ. އިރުކޮޅަކުން ފެނުނީ ޝާޔާ […]
“ޒާމިން..! އާދެވުނީ ދޯ؟ އަވަހަށް އާދޭ އެތެރެއަށް…” ނަޝްފާ ދޮރުމަތީގައި ހުރި ރާހުލްގެ އަތުގައި ހިފައި އެއްފަރާތްކޮށްލަމުން ޒާމިން ވަންނަން ތަން ދެއްކިއެވެ. އޭރުވެސް ރާހުލް އެއްފަހަރު ޒާމިންއަށް އަނެއްފަހަރު ނަޝްފާއަށް ހައިރާންކަމާއެކު ބަލަމުން ގެންދިޔައެވެ. ޒާމިން އެ ބުނާ މަންމައަކީ ނަޝްފާ ހެއްޔެވެ؟ “ނަޝް.. މީ؟” ނަޝްފާއަށް ބަލަހައްޓައިގެން ހުރެ ޒާމިންއަަށް އިޝާރާތްކޮށްލަމުން ރާހުލް އަހާލިއެވެ. ހީލުންނޫން އިތުރު ޖަވާބެއް ނަޝްފާ ނުދިނެވެ. “އާދޭ.. އިށީންދޭ އަވަހަށް..” ޒާމިންގެ އަތުގައި ހިފައިގެން ގޮސް ނަޝްފާ ސޯފާއެއްގައި […]