މަސައްކަތަށް ގެބިގެން އިން ޒިޔަމް ސިއްސައިގެން ދިޔައީ މީހަކު ބާރަށް ދޮރުގައި ތަޅައިގަތުމުންނެވެ. ބަލާލިއިރު ސާއިމް އެތެރެއަށް ނުވަދެ ދޮރު ތަންމިނަށް ހުޅުވައިގެން ހުއްޓެވެ. “ކިހިނެތްވީ” ޒިޔަމް އަހާލިއެވެ.ސާއިމް ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔަމްއާއި ދިމާލަށް އެއްޗެއް އެއްލާލިއެވެ. ޒިޔަމް ހުޝިޔާރު ކަމާއި އެކީ އެހިފިއެވެ. އަދި އެޔަށް ބަލާލިއެވެ. “އަސްލުވެސްތަ” ހައިރާންވެފައި ޒިޔަމް އަހާލިއެވެ. ހިތް އަވަސްވެފައި ވާ ހާލުގައެވެ. “އަވަހަށް ދާން އުޅޭ” ދެބުމަ މައްޗަށް އަރުވާލުމަށްފަހު ސާއިމް ބުނެލީ ހިނިތުންވެލަމުންނެވެ. “އެކަމަކު ކިހިނެތް” […]
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ. އަރީން ސަމީރާގެ ބެލުމުގެ ދަށުގައި ހުއްޓަސް އަބަދުހެން އުޅެނީ އަހަރެމެން ގޭގައެވެ. މިކަމާ އަހަރެންގެ އިތިރުން އާއިލާ އެންމެންވެސް ތިބެނީ ވަރަށް ހިތްހަމަ ޖެހިފައެވެ. އައިރީނަށާއި އަރީނަށް 1 އަހަރު ވީ ދުވަސް ފާހަނގަ ކޮށްލެވުނީ ވަރަށް ކުލަގަދަ ކޮށެވެ. އެރޭ ޕާޓީ ނިންމާލުމުން އައިރީން ނިންދަވާފައި އަހަރެން ދިޔައީ ޓެރެހަށެވެ. ހިއްކަން އަޅުވާފަ ހުރި އެއްޗިހި ނެގުމުގެ ބޭނުމުގައެވެ. އަހަރެން ސިހުނީ ފަހަތުން މީހަކު އަހަރެން ގައިގަ ބައްދާލުމުންނެވެ. އަހަރެން […]
“ހޭ ލަވް….ސޮރީ ނުބުނެ އާދެވުނީމަ…ޑިއުޓީ ނިމެން އުޅެނިކޮށް ޝާން ގުޅައިގެން އޭނައާއިއެކު ތަނަކަށް ދާން ޖެހުނީ….ގެއަށް ދިޔައީތަ ލަވް؟” *************** “އޯ…ދެން ގެއަށް އައި މަގުމަތީގައި ޝައީއާ ދިމާވީދޯ…ި”ފަލަކު ބުނެލި އެއްޗަކުން ޔޫލްއަށް ހައިރާންކަމެއް ިލިބިގެން ދިޔައެވެ.އަދި ހައު ޑިޑް ޔޫ ނޯ އޭ ކިޔައި ސުވާލު ކޮށްލެވުނެވެ. “ބިކޯޒް އައި ކޭން ސީ ޔޫ”ފަލަކު ޖަވާބު ދިނުމުން ޔޫލްއަށް ކަންފަތުގައި ފޯނު ޖައްސައިގެން ހުރެ ވަށައިގެން ހޯދާލެވުނެވެ.އެވަގުތު ފަލަކު ތަންކޮޅެއް ދުރުން ހަނައަޅާލިތަން ފެނުމުން ޔޫލްއަށް […]
ދެތިން މިނިޓަށް ދެމިގެން ދިޔަ އެރިކޯޑިން ނިމެންދެން އެއްމެނަށް ތިބެވުނީ ހުއްޓުން އަރާފައެވެ. ޒީންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފިޔަވައި އިތުރު ހަރަކާތެއް ނެތެވެ. ޒިޔަމް މޫނުގައި އަތް އަޅައިގެން ބާރަށް ފިއްތައިގެން އިނެވެ. ސާއިމްއާއި ޒައިނާ ތިބީ އިސްޖަހައިލައިގެންނެވެ. ޝަމްހާގެ މޫނުމަތިން ސީރިއަސްކަން ފެނުނަސް ހިތް ނަށަމުން ދަނީ އޭނާގެ ރޭވުމުގެ އެއްބައި ފުރިހަމަ ކުރެވުނުހެން ހީވުމުންނެވެ. “ޒީން… ކޮންމެހެން މަޖުބޫރުވެގެންނެއްނޫން މިގަޑީ ވާހަކަ ދައްކަންވީ. މީ ހަގީގަތް ކިޔާދޭންވީ ވަގުތު. އަހަރެން ބޭނުމެއްނޫން […]
ގެއަށް އައިސް ވަން މިޝާއާއި ޝަމާލްވެސް ތިބީ ފުންވިސްނުމެެއްގައެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މަލާކްއާއި އަރޫން އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާކަން ހަމައެކަނި އެނގެނީ ޝަމާލް އާއި މަލާކްއަށެވެ. ވީއިރު މިކަމުގައި އަރޫންގެވެސް ކުށެއްނެވެ. އަރޫންއަށް މިކަމުގައި ކުއްވެރިވިކަމުގެ އިނގިލިދިއްކުރެވޭނީވެސް އަރޫންއަށްވެސް އެކައިވެނީގެ ހަބަރު އެނގޭނަމަތާއެވެ. ދެން ހުރީ މަލާކްއެވެ. މިއަދު އަރޫންއަށް ވީގޮތުން އެފަކީރު ރޮއެހިތާމަ ކުރިވަރު އެނގޭނީ ހަމަ މިޝާއާއި ޝަމާލްއަށެވެ. ވީއިރު އަރޫންއަދި އެހެންމީހެއްގެ ހައްގަކަށް ވާކަން އެނގިޖެނަމަ އެކުއްގާފަކީރަށް ވާނެގޮތް […]
ސައިކަލް ގޮސް ގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ޝައިބާ މަޑުމަޑުން ސައިކަލުން ފޭބިއެވެ.ޒީލްވެސް ޝައިބާއާއިއެކު ގޮސް ދޮރާށި އަތްގަނޑުގައި ހިފައިލިއިރު ދޮރު ހުރީ ތަޅުލާފައެވެ. ******************* ޝައިބާ އޭނާގެ ހޭންޑް ބޭގް ތެރެއިން ތަޅުދަނޑި ނަގައި ދޮރު ހުޅުވާލުމަށްފަހު ޒީލްއަަށް ތޭންކްސްއޭ ބުނެފައި މަޑުމަޑުން އެތެރެއަށް ވަނެވެ.މަޑު ފިޔަވަޅު ތަކެއްގައި ގޮސް ރޫމަށްވަދެ ދޮރު ލެއްޕުމަށްފަހު އެތެރެއަަށް ވަދެގެން ގޮސް ފާޚާނައަށްވަދެ މާގަނޑު ދޫކޮށްލާފައި މާގަނޑު ދަށަަށް ވަދެ ހުރިތަނަށް ތިރިވެ ރޯން ފެށިއެވެ.އޭނާގެ މުޅި ދުނިޔެ އެފުށް […]
ޔާނީޝް ކޮއްޕާލުމުން އާހިލް ގޮސްޖެހުނީ ފާރުގައެވެ. މީޝާގެ އަތުގަ ހިފާ ހިނގައިގެން ޔާނިޝް ހުއްޓުނީ ދޮރުމަތީ ހުރި ރައުފާ ފެނުމުންނެވެ. “މިތާ ކިހިނެއް މިވަނީ………….” އާހިލްއަށް ބަލާލަމުން ރައުފާ ވާހަކަ ދެއްކިއެވެ. މީޝާ އަވަސް އަވަހަށް ޔާނިޝްގެ އަތުން ދޫކޮއްލީ ރައުފާއަށް ނޭންގުންކަން ޔަގީންވީމައެވެ. “މީޝާ އެކަނި ހުރީމަ ކުޑަކޮން ވާހަކަ ދައްކާލަށް އަހަރެން އުޅުނީ…… ނޭނގެ ޔާނިޝް އެހާ ރުޅިއައީ ކީއްވެކަމެއް……” ދެއަތް ފޮޅާލަމުން އާހިލް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ. “ވާހަކަ ދައްކާލަށް އައިސް […]
ޒީން ސިއްސައިގެން ދިޔައީ އަތުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. ހިތްތޮޅިލީ ފާރަލާންއޮވެ މީހަކަށް ފަޅާއެރީހެން ހީވަމުންނެވެ. އެކޮޅުން ގުޅަމުން ދިޔައީ ޔުމްނުއެވެ. މިއަދަކީ އެމީހުން ހަނީމޫނަށް ފުރަން އޮތް ދުވަސްކަމުން ފިހާރައަށް ދާން ޔުމްނު ވަނީ އެދިފައެވެ. އެހެންކަމުން ޒީން ފޯނު ނެގިއެވެ. ފޯނު ކަންފަތުގައި ޖަހަމުން ޒީންގެ ލޯ އަމާޒުކޮށްލީ ޒިޔަމްގެ ކެބިންއަށެވެ. އެޔާއި އެކު ފެނުނު މަންޒަރުން އަތުގައި އޮތް ފޯނު ނުވެއްޓުނީ ކިރިއާއެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ހިތް ތެޅިގަތެވެ. ޝަމްހާގެ މޫނުގައި […]
ޒީލް ޖަވާބެއްނުދީ ހުރުމުން ޔޫލްގެ ރުޅިގަނޑު ދިޔައީ ކޮންޓްރޯލުން ނައްޓަމުންނެވެ.އެވަގުތު ޒީލްގެ ފޯނުވެސް ރިންގުވާން ފެށިއެވެ.ޒީލް ޖީބުން ފޯނު ނަގައި ބަލައިމަށްފަހު ޝައިބާގެ ކޯލް ބިޒީ ކޮށްލިއެވެ.އަނެއްކާވެސް ޝައިބާ ގުޅަން ފެށުމުން ފޯނު ސައިލެންޓަށް ލާފައި ޖީބަށް ލިއެވެ. ***************** “ދަރިފުޅާ…މަންމައަށްވެސް އިނގޭ ތިވަރުގެ ބޮޑު ޙަޤީގަތެއް މިހާ ދުވަސްފަހުން ކުއްލިއަކަށް އެނގުނީމަ އެކަން ބަލައިގަންނަން ދަރިފުޅަށް އުނދަގޫ ވާނެކަން….އެކަމަކު އަފީއަކީ އެހާ ނުބައި މީހެއް ނޫން.. ..އޭނައާއި ދޭތެރޭ މާޒީގައި ކަންތައް ވެފައި އެވަނީިވެސް ރަނގަޅަކަށް […]