އެކުވެރިންތަކެއްގެ ދިރިއުޅުމުގައި ދިމާވާ ތަފާތު އެކި ކަންތައްތަކެއްގެ މައްޗަށް އަލިއަޅުވާލައިގެން ގެނެސްދޭ މިވާހަކައަކީ، ޙަޤީގީ އެކި ހާދިސާތަކުގެ މައްޗަށް ބިނާކޮށް، ލިޔެފައިވާ ޚިޔާލީ ވާހަކައެކެވެ. އާއްމު ދިރިއުޅުމުން ފެނިގެންދާފަދަ އުފަލާއި މަޖާ، ހިތާމައާއި ހިތްދަތިކަން، ލޯތްބާއި ނަފްރަތު އަދި އެކުވެރިކަމާއި ޢާއިލީ ވަރުގަދަ ގުޅުމުގެ އެކި ހާދިސާތައް، މިވާހަކައިން ކިޔާލަން ލިބޭނެއެވެ. ފުރަތަމަ ބައި ޖުލައި 23 ގައި އިންތިޒާރުކޮށްލައްވާ
އަހަރެންނަށް އޮފީހަށް ދެވުނު ވަގުތަކީ ނާއިމް ސައިކަލުގައި އެތަނަށް މަޑުކުރި ވަގުތެވެ. ނާއިމްގެ ސައިކަލުގެ ފަހަތުގައި ޒަރާ އިނެވެ. އެތަން ނުފެންނަ ކަމަށް ހަދައި އަހަރެން އެތެރެއަށް ދާން އުޅުނީމެވެ. “މުނާޒު.. ކަމެއް ކޮށްދީބަލަ” ނާއިމްގެ އަޑު އިވުމުން ގަދަކަމުން ހިނިތުންވެލަމުން އަހަރެން ބަލައިލީމެވެ. “ޒަރާ މީޓިންގ ނިމެންދެން ތި އޮފީހުގައި ބޭންދިދާނެތަ. މީޓިންގް ނިއްމާފަ ދެމީހުން ތާކަށް ދާންވެގެން” ނާއިމް އެދުނެވެ. “އޯކޭ.. ހަނީމޫނަކަށް ނުދަންތަ” އަހަރެންނަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. “ޒަރާ ބޭނުމެއް ނުވޭ […]
ކާރުތެރެއަށް ވަނީ ހަމަހިމޭންކަން ވެރިވެފައެވެ. އަރުޝީގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ. އާރާވްގެ ނަޒަރު އިރުއިރުކޮޅާ އަރުޝީއަށް ހުއްޓެމުން ދެއެވެ. ކިތަންމެ ވަރަކަށް ނުބަލަން މަސައްކަތް ކުރިޔަސް އެމައުސޫމު މޫނަށް ނުބަލާ ނުހުރެވެއެވެ. އެމޫނަށް ބަލާލުމުން އެލިބޭ ހިތްހަމަޖެހުމަކީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކަޅު ކުލައިގެ ސޯލްގެ ތެރެއިން އެދޮން މޫނު ފެންނައިރު ހީވަނީ ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ހަނދުފާޅުވާ ހެންނެވެ. އާރާވްގެ ހިތް އަރުޝީއާއި އެއްކޮޅަށް މިލަންބުވަނީ ކޮންކަހަލަ ބާރެއް ހެއްޔެވެ. އެސާފު ރީތި […]
މަންމަ އަބަދުވެސް އަހަންނަށް ދޭ ނަސޭހަތެއް ހިއްސާކޮށްލާނަމެވެ. ދަރިފުޅާއެވެ. ދުނިޔެއަކީ ކެހިވެރި ތަނެކެވެ. އިންސާފަކީ މަދު ބަޔަކަށް ލިބޭނެ އެއްޗެކެވެ. ނަމަވެސް ކެތްތެރިވާށެވެ. އެއްމެ އޯގާވަންތަ ރަސްކަލާނގެ އަހަރެންމެންގެ ހާލަތު ދެނެވޮޑިގެންވާނެއެވެ. މިއަދު ނުލިބޭ އިންސާފު މާދަމާ ލިބޭނެއެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. ދުއާ ކުރާށެވެ. މަދަދު ދެއްވާނެއެވެ. ބޭރުގައި މާސްޓާރސް އަށް ކިޔެވުމަށްފަހު އަހަރެން މާލެ އައީމެވެ. އެއާރޕޯޓުން އަހަންނަށް މަރުހަބާ ކިޔަން ލައިނަކަށް އެތުރިގެން އަހަރެންގެ އާއިލާގެ މެންބަރުން ތިއްބެވެ. މާބޮނޑިއާއި ހަދިޔާތަކާއި […]
“މަޑުކޮއްބަލަ އާހިލް……. އާހިލްއަށް މީޝާއާ މެރީއެއް ނުކުރެވޭނެ…….. ޝީ އިޒް އޯލްރެޑީ މެރީޑް….” ޔާނީޝްގެ ޖުމްލައިން އެންމެންގެ ދެލޯބޮޑުވިއެވެ. އެންމެންވެސް ޔާނިޝްއާ ދިމާލަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ. އިތުރަށް ވާހަކަ ފުރިހަމަ ކުރާނެގޮތެއް ނޭނގި ފަހަރަކު މީހެއްގެ މޫނަށްބަލަން ޔާނިޝްއަށް ހުރެވުނީއެވެ. “ކީކޭ….. މީޝާ މެރީޑްއޭ…………..” ދުރުގަހުރި އާޔާ އައިސް ޔާނިޝްގެ ކައިރިއަށް ހުއްޓެމުން އަހާލިއެވެ. އޭރު އާހިލް އާއި މީޝާ އައިސް އެހެންމީހުން ކައިރީ ހުއްޓިލިއެވެ. ފުރަތަމަ ފަހަރަށް ހަގީގަތް ހާމަނުކުރުމަށް އެދި ހިތާހިތުން […]
ޒީން އާއި އަރައި ހަމަވުމުން ޒިޔަމް އިތުރަށް ހިނިތުންވެލިއެވެ. ” އަހަރެން ޒީންގެ ހަސްބެންޑަށް ހަދައިދޭން ކެރިދާނެތަ” ޒިޔަމް އޭނާގެ އެދުން މިފަހަރު އިއްވާލީ ތަފާތު ބަސްތަކަކުންނެވެ. ޒިޔަމްގެ މޫނަށް ބަލަން ހުރެފައި ޒީން ޒިޔަމްގެ މޭގައި ބޯއަޅައިލީ އެވަގުތު ލޮލުން އޮހެރެމުން ދިޔަ އުފާވެރިކަމުގެ ކަރުނަތައް ވަންހަނާ ކުރާނެ އިތުރު ގޮތެއް ނެތުމުންނެވެ. އަދި މަޑުމަޑުން ބޯ ޖަހައިލީ އާބަސް ބުނުމުގެ ގޮތުންނެވެ. ޒީންގެ އެކުޑަ ހަރަކާތުން ޒިޔަމްއަށް ލިބުނު އުފާ އެތައް ހާސް ގުނައެއް […]
ލައިތް ކޮންމެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައީތީ އަލާނިޔާ ގުދުވެލިއެވެ. މަޑުމަޑުން ލައިތްގެ އަޑު ފޯރިއެވެ.”ތި މޭކަޕް ތަށް ހުރި ފާޑުން ހީވަނީ ފުރޭތައެއްހެން. ޑޮކް ވެސް ލާނީ މިތަނަށް ވެއްދީ ތިހުރި ސިފައިން ބިރުން ކަންނޭންގެ.” ހެއުމުގެ ތެރެއިން އަލާނިޔާ ލައިތްގެ ކޮނޑުގައި މަޑުމަޑޫން ޖަހާލިއެވެ. އަދި ލޯނިބް ފުރިގެންވީ ބެލުމަކުން ބަލާލިއެވެ. ކުއްލިއަކަށް ލައިތް ތެޅެން ފެށިއެވެ. އަދި ލައިތްގެ ލޯ މެރުނެވެ. މެށިނަތަކުން ވެސް ބާރު އަޑުތަކެއްގޮވަމުން ދިޔައެވެ. އަލާނިޔާއަށް […]
ޒީލް ޝައިބާގެ އިނގިލީގައި އަނގޮޓި އަޅުވާލަ ދިނުމަށްފަހު އަތްތިލައަށް ބޮސްދީފައި ތޭކްސް މައި ވައިފް އޭ ބުނެލުމަށްފަހު އެބޮޑު ހެދުމާއި އެއްކޮށް ޝައިބާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބޭއްވުމަށްފަހު ރޫމްގެ ބޮކި ނިއްވާލިއެވެ. ***************** ފަލަކު މަޑުމަޑުން ބަލި ގޮތަކަށް ދެލޯ ހުޅުވައިލިއިރު ކައިރީގައި އެނދުގައި ބޯޖަހައިގެން ނިދިފައިއިން ޔޫލް ފެނުމުން ޔޫލްގެ ބޮލުގައި ފިރުމައިލިއެވެ.ފާޚާނައަށް ދާންވެފައި ހުރުމުގެ ސަބަބުން މަޑުމަޑުން ތެދުވެ އައިވީފުޅި ނަގަން އުޅެނިކޮށް ޔޫލްއަށް ހޭލެވުނެވެ.އަދި ފަލަކު ފާޚާނައަށް ދާން ބޭނުންވެގެން އުޅޭކަން […]
“އަހްމަދު ރުކޫމް، މިނިސްޓަރ އިބްރާހީމް އިނާޒް މަރާލިކަމަށް ސާބިތުވެފައިވާތީ، ގަސްދުގައި މީހަކު މަރާލި ކަމުގެ ހުކުމުގައި އަޙްމަދު ރުކޫމްގެ މައްޗަށް އުމުރު ދުވަހުގެ ނިޔާ ކަނޑައެޅުމަށް ހުކުމް ކުރަމެވެ” ކްރިމިނަލް ކޯޓުގެ ގާޒީގެ އެންމެ ފަހުބަސް އަޑު އިވިގެން ދިޔައެވެ. އަހަރެން އިސްޖަހާލީމެވެ. ދެއަތުގައި އަޅުވާފައިވާ ބިޑިއަށް ބަލާލވުނު އިރު ދެލޮލުން ކަރުނަތިކިތައް އޮހިގަތެވެ. އަހަރެން ކައިރީގައި ދެފަރާތުގައި ދެ ފުލުހުން ތިއްބެވެ. އެމީހުންގެ ފަހަތުގައި ކޯޓުގެ ދޮރުމަތީގައި ވެސް ފުލުހުން ތިބޭނެކަން އަހަރެންނަށް އެނގެއެވެ. “އައި […]