Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވާށެ އޯގާ ހިތާ 17

maroon Level 810 Stories100 Comments500 Comments100 Login1K Comments100 Stories
July 12, 2017 12 Mins Read
76 Comments

ދެތިން މިނިޓަށް ދެމިގެން ދިޔަ އެރިކޯޑިން ނިމެންދެން އެއްމެނަށް ތިބެވުނީ ހުއްޓުން އަރާފައެވެ. ޒީންގެ ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފިޔަވައި އިތުރު ހަރަކާތެއް ނެތެވެ. ޒިޔަމް މޫނުގައި އަތް އަޅައިގެން ބާރަށް ފިއްތައިގެން އިނެވެ. ސާއިމްއާއި ޒައިނާ ތިބީ އިސްޖަހައިލައިގެންނެވެ. ޝަމްހާގެ މޫނުމަތިން ސީރިއަސްކަން ފެނުނަސް ހިތް ނަށަމުން ދަނީ އޭނާގެ ރޭވުމުގެ އެއްބައި ފުރިހަމަ ކުރެވުނުހެން ހީވުމުންނެވެ.

“ޒީން… ކޮންމެހެން މަޖުބޫރުވެގެންނެއްނޫން މިގަޑީ ވާހަކަ ދައްކަންވީ. މީ ހަގީގަތް ކިޔާދޭންވީ ވަގުތު. އަހަރެން ބޭނުމެއްނޫން އިވޭ ކޮންމެ އަޑެއް ގަބޫލުކުރާކަށް. އެހެންވެ މިއަހަނީ މީގައި މިއިވޭ ވާހަކަތަކަކީ ތެދުތަ” ޝާހިދު އަހައިލިއެވެ.

އެއްމެނަށް ބަލައިލެވުނީ ޒީންއަށެވެ. އިންތިޒާރު ކުރެވެމުން ދިޔައީ ޒީން ދޭނެ ޖަވާބަކަށެވެ. ޒީން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރުޅިއާއި ހިތާމަ މީހާ ވަށާއިލައިފިއެވެ. އެއްޗެކޭ ނުބުނެ އިނުމަށްފަހު ސޯފާއިން ތެދުވެ ޒިޔަމް ކުރިމައްޗަށް ހުއްޓުނެވެ. ޒީން އައުމުން ޒިޔަމް ތެދުވެ ޒީންގެ އަތުގައި ހިފިއެވެ. ބޭނުންވީ ޒީންއަށް ވެގެން އުޅޭގޮތް ކިޔާ ދިނުމަށެވެ.

“ޒިޔަމް.. ކީއްވެތަ. ޒީން ކޮން ކަމެއްކޮށްގެން އެއްމެން ކުރިމަތީ ޒީން ބޭޒާރު ތި ކުރަނީ. ޒިޔަމް އާއި އިންނަން އެއްބަސް ނުވީމަތަ” ހިތާމައިގެ މައްޗަށް ރުޅިވެރިކަން ޒީން އިސްކުރިއެވެ. ޒިޔަމްއާއި ދޭތެރޭ ހިތް ސާފުކުރުމުން ޒިޔަމް މިދިނީ ކިހާ ބޮޑު ލަޑެއް ހެއްޔެވެ؟ ޒީން ރުޅިވެރިކަމާއި އެކީ އެހެން ބުނެލީ ޒިޔަމްގެ އަތް ފޮޅުވާލުމަށްފަހުގައެވެ.

“ޒީ.. ވީގޮތް އަހާބަ ހަޅޭތްލެވުމުގެ ކުރިން” ޒިޔަމް އެދުނެވެ.

“ކޮން ވީ ގޮތެއް. ކޮން އޮޅުވާލުމެއް މިކަމުގެ ފަހަތުގަ އޮތީ. ދެން ބުނޭ މިކަން ވެ ނިމިދާއިރުވެސް ޒިޔަމް ހުރީ ހަމަހޭގައެއްނޫނޭ. މާދަމާ އަހާލީމަ ބުނާތި މީގެ އެއްވެސް ކަމެއްގެ ހަނދާނެއް ނެތޭ. އެނގޭތަ ޒީން ނުބުންޏަސް ޒީން ހުރީ އެރޭގެ ކަންތަކަށް ޒިޔަމްއަށް މާފުކޮށްދޭން. އެކަމަކު މިކަންތަކަށް ފަހު ނެތް އެކަމަށްވެސް މާފު ލިބުމެއް”  ރުޅިވެރިކަމާއި އެކު ޒީން ވާހަކަ ދައްކަމުން ދިޔައިރު ކަރުނައިން ދެލޯ ބަބުޅަމުންދިޔައެވެ. ސިޓިންރޫމުގައި ތިބި އެއްމެން މިހާރު ތިބީ ކޮޅަށެވެ. ޒީންގެ ވާހަކަތައް އަޑުއަހަން ހުރި ޝަމްހާގެ މޫނުމަތިން ފެންނަމުން ދިޔައީ ކާމިޔާބީގެ ވިހަ ހިނިތުންވުމެކެވެ.

“ޒިޔަމް” ޝާހިދުގެ އަޑު އިވުމާއި އެކު ޒީން ޒިޔަމް ކައިރިން ދުރަށް ޖެހިލިއެވެ.

“މިއީތަ މައިންބަފައިން ދިން ތަރުބިއްޔަތަކީ.. ޒިޔަމް ބޭނުންވާ ހާއެއްޗެއް ދީގެން ބަލާ ބޮޑު ކުރީމަ އޭގެ އަގު އަދާކުރަން އެގުނު ގޮތަކީ މިއީތަ. ޒިޔަމް ބުނެބަލަ ބައްޕައާއި މަންމަ ދަރިފުޅަށް ކޮން އެއްޗެއް ނުދީގެން ނޫނީ ކޮންކަމެއް ނުކޮށްދީގެން މިހާ ދަށު ދަރަޖައަކަށް ދަރިފުޅު ދާންވީ” ޝާހިދުގެ އަޑު މުޅި ސިޓިންރޫމުގައި ގުގުމާލިއެވެ. ޒިޔަމް އިސްޖަހައިލީ އޭނާގެ ބަހަނާ އެއްވެސް މީހެއް ގަބޫލުނުކުރާނެހެން ހީވުމުންނެވެ.

“ޒިޔަމް އާއި އޭ މިވާހަކަ ދައްކަނީ. ތި އިސްއުފުލައިގެން ހުރެބަލަ. އެގޭތަ މަންމައަށް މިހަބަރު އެގިއްޖެއްޔާމުން ވާނެ ވަރު. ޒިޔަމް ކަމެއް ކޮށް ނިއްމާލާއިރު ނުބަލަންދޯ އެހެންމީހުންގެ އިހްސާސްތަކަށް. ބައްޕައަށް ޔަގީން މަންމަގެ ހިތް ކުދިކުދި ވާނެކަން ދަރިފުޅުގެ ތިގޮތްގަނޑު އެގިފަ…”

“ބައްޕާ އެއީ އެއްމެ ފަހަރަކު. އަޅުގަނޑު އޭގެފަހުން އެކަހަލަ ކަމެއް ނުކުރަން” ޒިޔަމް ޝާހިދުގެ ވާހަކަ މެދުކަނޑާލުމަށްފަހު ބުނެލިއެވެ.

“ކޮން އެއްމެ ފަހަރެކޭ. އެއްމެ ފަހަރަކު ކުރީމަ އެކަން ގޯސްކަމަކަށް ނުވޭދޯ. މިކަންތައް ދުނިޔެއަށް ފަޅާއަރާފިއްޔާ ބައްޕަގެ އަގޭ އެވެއްޓުނީ.. އެތައް ލާރިއެއް ހަރަދުކޮށްގެން ދަރިފުޅަށް ކިޔަވާ މޮޅު މީހަކަށް ހަދާ ދީފައި ބޮޑު ކްލިނެކެއް މިހަވާލުކުރީ. އެކަމަކު ބަލާބަ ދަރިފުޅުގެ އަގު މިހާރު އޮތް ދަށު ދަރަޖަ. ޑޮކްޓަރުކަން ކިޔެވި އިރު ނޭނގޭތަ މިހުރިހާ ކަމަކާއި ކުރިމަތިލާންޖެހޭނެކަން. ޒިޔަމްތީ ނުވިސްނޭވަރުގެ ކުޑަ ކުއްޖެއް ނޫނެއްނު. ބަރާބަރަށް ފަސް ވަގުތު ނަމާދަށް ގޮސް ގުރުއާން ކިޔަވާތަން ފެންނާތީ ބައްޕަ ހީނުކުރަން ދަރިފުޅު މިހާ ގޯސްކަމެއް ކޮށްފާނެކަމަށް. މަންމަ އަބަދުވެސް ބުނާނެ ޒިޔަމް ތީ އެހެން މީހުންނަށް ނަމޫނާ ކުއްޖެކޭ. އެކަމަކު މީހާގެ ހަގީގަތް ފަޅާ އެރީމަ އެގިއްޖެއެއްނު ތީ އެހެން ކުދިންނާއި ވަކި ތަފާތެއް ހުރި މީހެއް ނޫންކަން” ޝާހިދު ރުޅިވެރިކަމުގެ ބަސްތަކުން ޒިޔަމް ހުރީ ބިރުންނެވެ. ޝާހިދު ހުރީ ޒިޔަމް ހަގީގަތް ކިޔައިދިނަސް ގަބޫލުނުކުރާހާ ވަރަށް ރުޅިއައިސްފަކަން އެނގޭތީ ޒިޔަމް ބުނަން އުޅުނު ވާހަކަ ޖެހުމަށް ފަސްޖެހުނެވެ. ޒިޔަމްއާއި ދިމާލަށް އަތް ދިއްކުރަމުން ޝާހިދު ވާހަކަ ދެއްކިއިރު ގައިގައި ޖަހައިލަފާނެތީ ޒިޔަމް އަށް ފަހަތަށްވެސް ޖެހެވެއެވެ. ޒިޔަމް ދެކެ ޝާހިދު މިހާ ނުރުހުންވި ދުވަހެއް އަދި ނާދެއެވެ. ބައްޕަމެން އުއްމީދުކުރި މީހަކަށް ނުވެވުނީތީ ޒިޔަމް ހިތަށް ވަރަށް އަސަރުކުރިއެވެ.

ޝަމްހާ އެ ރިކޯޑިން މިގޮތަށް ހާމަކޮށްފާނެކަމަށް ޒިޔަމް ހީނުކުރެއެވެ. ޒިޔަމް ހުރީ އެސިއްރަކީ ޒީންއާއި ދެމީހުންގެ މެދުގައި އެކަނި އޮތް އެއްޗަކަށް ހަދާށެވެ. ނަމަވެސް ހަގީގަތަކީ ކޮންމެވެސް ދުވަހަކުން އެނގޭނެ އެއްޗަކަށް ވާތީ އެދުވަސް މިއައީއެވެ.

“ބައްޕާ އަޅުގަނޑަށް މާފުކޮށްދީ” ޝާހިދުގެ ނިމުމުން ޒިޔަމް މާފަށް އެދުނެވެ.

“ކޮން މާފެއް އޮތީ..އަހަންނަށް މިއަދު އެގިއްޖެ ޒިޔަމްއާއި ނުއިންނަން ޒީން އެހާ ނުރުހުންވި ސަބަބު. އެމަންޖެ މިއާއިލާއަށްޓަކައި ކުރާ ގަދަރެއްގެ ސަބަބުން އެދުވަހު ހަގީގަތް ކިޔާދޭން ނުކެރިފަ ހުރީ. އެކަމަކު އަމިއްލަ އާއިލާއަށް އެކަހަލަ ގަދަރެއް ކުރަން ޒިޔަމްއަށް ނުކެރުނެއްނު. ދެން އުޅޭ މިކަން ހައްލު ކުރެވޭތޯ. އަހަންނަށް ހެޔޮ ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ޒިޔަމް ޖެހޭނެ ބައްޕައާއި މަންމެގެ އަގު ހިފަހައްޓަން” ޝާހިދުގެ އަޑު އަދިވެސް ހުރީ އެބާރު މިނުގައެވެ.

ޒިޔަމްއާއި ދިމާލަށް ޝާހިދު ހަޅޭތްލަވަމުން ދިޔަ ވަގުތު ސާއިމް ޒައިނާއަށް ލޮލުގެ އިޝާރާތުން ޝަމްހާގެ ފަހަތަށް ދާން އެންގިއެވެ. ޒައިނާ މަޑު ހިގުމެއްގައި ގޮސް ޝަމްހާއާއި ސޯފާގެ ދެމެދަށް ހުއްޓުލިއެވެ. ސާއިމް ކުރަން އުޅޭކަމެއް ނޭނގޭތީ އަތުން ކިހިނެތްވީހޭވެސް އަހާލިއެވެ. ސާއިމް ބޮލުން މަޑު ކުރުމަށް އެދުނެވެ. ސާއިމް ޒައިނާ އެތަނަށް ދިޔުމުން މަދު ސިކުންތުކޮޅަކަށް ޝަމްހާއާއި ދިމާލަށް ބަލަން ހުރެ އެދިމާލަށް ހިނގައިގަތެވެ. އެހިސާބަށް ދެވުމާއި އެކު ސާއިމް ސޯފާ ގޮނޑި މަތީގައި އޮތް ޝަމްހާގެ ދަބަސް ތެރެ ހާވަން ފެށިއެވެ. މަޑުމަޑުން ލަސްލަހުން ފަރުވާތެރިކަމާއި އެކީގައެވެ. ޝަމްހާއަށް އޭގެން އެއްވެސް އެއްޗެއް ގުޑާލާ އަޑު ނީވޭހެންނެވެ. ޝައުގާއި އެކު ޒިޔަމްއާއި ޝާހިދުގެ ދެމެދުގައި ހިގަމުން ދިޔަ ކަންތައް ބަލަން ހެވިފައި ހުރި ޝަމްހާއަށް އޭނާގެ ފަހަތުން އެއްވެސް ކަމެއް ހިގާކަމެއް ރޭކާނުލައެވެ.

ސާއިމް ތިން ބައި ހުންނަ އެދަބަސް ބަޔަކަށްފަހު ބައެއް ބެލިއެވެ. ނަމަވެސް ހިޔަނި އެޅިފައި ވުމުންނާއި ހިތް ނުތަނަވަސްވެފައި ހުރިވަރުން ފުރަތަމަ ފަހަރު ބަލައިގެން އެއިން ހޯދަން އުޅޭ އެއްޗެއް ނުފެނުނެވެ. އެހެންކަމުން ދެވަނަ ފަހަރަށްވެސް ހޯދަން ފަށައިގަތެވެ.

“ޒިޔަމް ކޮށްފައި ހުރި އެހެން ކަމެއް ބައްޕައަކަށް ނޭނގޭ…އެހެންކަމެއް އޮތިއްޔާ ނުފޮރުވައި ވީހާވެސް އަވަހަކަށް ރަގަޅުކުރަން އުޅޭ. ދެން މިކަންތައް ޝަމްހާއާއި ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ އަހާ. ޝަމްހާ އަތަށް މި ދިޔަ ގޮތެއް ބައްޕައަކަށް ނޭނގޭ، އެގޭހާވެސް އެއްޗަކީ ބަދަލުގައި ކަމެއް ބޭނުންވެގެން ބަޔަކު ރާވައިގެން އުޅޭކަމެއްކަން” ޝާހިދުއަށް ޝަމްހާގެ ބޭނުން ހާމައަށް ފެންނަން އޮތެވެ. މިއަދު ޝާހިދުއަށް އޭނާގެ އަގު ހިފަހައްޓަން ކުރެވެން އޮތްހާވެސް ކަމަކީ ޒިޔަމްއާއި ޝަމްހާގެ ކައިވެނިކުރުވުން ކަން އެގެއެވެ. ނަމަވެސް އެކަން ސީދާކޮށް ބުނަން ބޭނުން ނުވީ އެވަގުތު އެތާގައި ޒީން ހުރުމުންނެވެ. ޝާހިދު ޝަމްހާގެ ނަން ކިޔަމުން އެދިމާލަށް ބަލައިލިއެވެ. އެވަގުތު ދެލޯ ކުޑަކޮށްލެވުނީ ގުދުވެގެން އޮތް ސާއިމް ފެނުމުންނެވެ. އެހެންކަމުން ބުނަން އުޅުނު ޖުމްލަ ފުރިހަމަކޮށް ސާއިމްއަށް ނަމުން ގޮވާލިއެވެ.

“ކީކޭ ބައްޕާ” ސާއިމް ދިޔައީ ސިއްސައިގެންނެވެ.

“ކީއްތި ކުރަނީ ތިތީ ގުދުވެގެން އޮވެ” ޝާހިދު އެހެން ބުނުމުން ޝަމްހާވެސް ފަހަތް ބަލާލިއެވެ. ސާއިމް ސަލާމަތްވީ ކިރިއާއެވެ. ޝަމްހާއަށް ނުފެނުމުން ހަމަޖެހުމުގެ ފުން ނޭވާއެއް ދޫކޮށްލިއެވެ.

“އެއީ.. ބައްޕާ އެއީ ސާއިމް އަޅުގަނޑު އަތުން ވެއްޓުނު އެއްޗެއް ހޯދަނީ ދޯ ސާއިމް” ޒައިނާއަށް ސާއިމްގެ ރޭވުން އެގުމުން ސަލާމަތްކޮށްދޭން އަވަސް އަވަހަށް ބުނެލިއެވެ. ސާއިމް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އަދި ޝަމްހާއަށް ބަލައިލީ އެކަން ގަބޫލުކުރިތޯ ބަލާލުމަށެވެ.

“ކިރިއާއެއްނު” ސާއިމް ޒައިނާ ކައިރިއަށް ޖެހިލައި ވައި އަޑުން ބުނެލިއެވެ.

“ބައްޕާ.. އަޅުގަނޑަށް އެނގޭ ތިމީހެއް ބޭނުންވަނީ ބޭބެއާއި މެރީކުރަންކަން. ދޯ ޝަމްހާ” ޒައިނާ ސަމާލުކަން ޝަމްހާއާއި ދިމާލަށް އަބުރާލިއެވެ.

“އިންނަން ހުރިއްޔާ އެކަންވެސް ކުރަންޖެހޭނީ” ޝާހިދުގެ ޖުމްލައިން ދުރުގައި ހުރި ޒީންއަށް ބަލާއިލެވުނީ ޒިޔަމްއަށެވެ.

“ޒީން ލޯތްބެއް ނުވެއެއްނު ޒިޔަމް ދެކެ. ދެން ކީއްކުރަން ކުރާ ކަމެއް އެއީ. އޭގެ ބަދަލުގައި ޝަމްހާއާއި ޒިޔަމްގެ ކައިވެނި ކުރަން ބައްޕައަށް ފެންނަނީ” ޝާހިދުގެ ކޮންމެ ޖުމްލައެއް ވެގެން ދިޔައީ ޒީން އާއި ޒިޔަމްގެ ހިތަށް ހެރެމެން ދިޔަ ހަންޖަރުތަކަކަށެވެ.

“ނޫން ޝަމްހާއާއި ޒިޔަމް ކައިވެނިކޮށްގެން ނުވާނެ” ސާއިމްގެ އަތް މުއްކަވާލެވުނީ ޝަމްހާ ދެކެ އަންނަ ރުޅިއެއްގެ ސަބަބުންނެވެ. ސާއިމް އެހެން ބުނެލަމުން ޝާހިދުއާޢި ދެތިން ފިޔަވަޅު ކުރިއަށް ޖެހިލިއެވެ. އަދި ޖީބަށް އަތްކޮއްޕާލީ ފޯނު ނެގުމަށެވެ. ޝަމްހާގެ ކުޅެމުންދާ މި ޑްރާމާގެ ހަގީގަތް ފަޅާއަރުވާލަން ހިތް އަވަސްވިއެވެ.

ފޯނުން އެ ވީޑިޔޯ ހޯދަމުން ދިޔައިރު ސާއިމްގެ ލޮލުގައި އަޅައިގަތީ ޒީން ބާރު ހިގުމެއްގައި ބޭރަށް ދާން އުޅުނުތަނެވެ. ވަގުތަކީ ރޭގަޑުގެ ވަގުތައް ކަމުން ޒީން އެކަނި ފޮނުވަން ސާއިމް ޖެހިލުންވިއެވެ. އެކަމަކު ހަގީގަތް ހާމަކުރަން ބޭނުންވެސް ވެއެވެ. ސާއިމް އެއްފަހަރު ފޯނަށް އަނެއް ފަހަރު ޒީންއަށް ބަލާލުމަށްފަހު ޒީން ފަހަތުން ދުވެފައި ކަހަލަ ގޮތަކަށް ދިޔައެވެ.

ސާޢިމް ސިޑިން ފައިބައިގެން މަގުމަތި ހޯދާލިއިރު ޒީން ފައިވާން އަތަށް ނަގައިގެން ދާތަން ފެނުނެވެ. އެހެންކަމުން ބޭރު ހިގުމެއްގައި ގޮސް ޒީންއާއި އަރާ ހަމަކޮށް ކުރިމައްޗަށް ހުއްޓުނެވެ.

“ކޮންތާކަށް ދާން ތިއުޅެނީ. އެނގޭ ދޯ ގެ ހުންނަނީ އެދިމާލުގަ ކަން.. ” ސާއިމް އަތުން އިޝާރާތްކުރަމުން ބުނެލިއެވެ. “ދެން ފައިވާން އަތަށް ނަގައިގެން ތި ހިނގަނީ ކީއްވެ ޔޯ.. ހަލާކުވީތަ” ސާއިމްއަށް އަހާލިއެވެ. އޭރު ޒީންގެ ލޮލަށް ކަރުނަ ޖަމާވަމުންދިޔައެވެ. އަވަސް އަވަހަށް އެސްފިޔަ ޖަހާލުމަށް ފަހު ޒީން ކަރުނަތައް އޮއްބާލިއެވެ. ޒިޔަމްއަށްޓަކައި ކަރުނަ އޮހޮރުމުގެ ބޭނުމެއް ނެތޭ ސިކުޑި ހިތަށް ވިސްނައިދެމުންދިޔައެވެ. ޒީން ގަދަކަމުން ހިނިތުންވެލައި ބޯ ޖަހައިލިއެވެ. އަވަސް އަރުވާލަން ހަދައިގެން ޒީން އަތުން ފައިވާންގެ ލޮކް ހަލާކުވީއެވެ.

“ހިނގާ..ގެޔަށް ލައިދޭނަން” ސާއިމް ޒީންގެ ކޮނޑުގައި ހިފައި އޭނާގެ ކާރާއި ހިސާބަށް ގެންދިޔައެވެ. ގެޔަށް ދިޔައިރު ޒީންގެ ނުރޮއި އިންކަމަކު ޒީން އަށް ލިބިފައިވާ ހިތާމަ މޫނުމަތިން ފާޅުވެވޭ ހުއްޓެވެ.

“ޒީ… ޕްރޮމިސް ބޭބެ މިކަމުން ޒީ ސަލާމަތްކޮށްދޭނެކަން” ގޭގެ ދޮރު ހުޅުވުމުގެ ކުރިން ސާއިމް ބުނެލިއެވެ.

“އިޓްސް އޯކޭ ބޭބެ. އަޅުގަނޑު ދެރައެއް ނުވޭ ޒިޔަމް އެހެން މީހަކާއި އިންނަން އުޅޭތީ.. އެހެން ނޫނަސް އަޅުގަނޑު ޒިޔަމް ދެކެ ލޯތްބެއް ނުވެއެއްނު” ޒީން ގަދަކަމުން ހިނިތުންވެލަމުން ބުނެލިއެވެ. ސާއިމް ކުޑަކޮށް ހައިރާންވިއެވެ. އެއީ ސާއިމް ސަލާމަތްކޮށްދޭން ބުނި ކަމެއް ނޫނެވެ. ސާއިމްގެ ވާހަކައިގެ މަގުސަދަކީ ޝަމްހާގެ ކިބައިން ޒީން ސަމާލަތްކޮށްދިނުމެވެ. އެރިކޯޑިން އިން ސަލާމަތްކޮށްދިނުމެވެ. ޒީން ދެރަވެގެން އުޅޭ ސަބަބު ސާއިމްއަށް އޮޅުނެވެ.ނަމަވެސް އެވާހަކަ ނުދައްކަން ނިއްމީ ޒީންގެ ތަބިއްޔަތު މިގަޑީގައި އެހާ ރަގަޅު ނުވުމުންނެވެ.


 

ސާއިމް ޑިޔުޓީ ކެންސަލް ކުރުމަށްފަހު ފަރުހާދާއި އެކީ ސޯފާގައި އިނީ ޒީން ކޮޓަރިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ހަދީޖާ ސައި ހަދަމުން ދިޔައީ ފަރުހާދުގެ އެދުމުގެ މަތިން ޒީންއަށް އެއްމެ ކަމުދާނެ އެއްޗެކެވެ.

“މިހާރު މާ ލަސްވަނީހެން ބައްޕައަށް ހީވަނީ. ޔަގީން އިންނާނީ ކޮންމެވެސް ވާހަކަ ފޮތެއް ނަގައިގެން” އަތުގައި އޮތް ގަޑިއަށް ބަލާލަމުން ފަރުހާދު ބުނެލިއެވެ. އަދި ޒީންގެ ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ.

“ދަރިފުޅާ..!! އަދި ނުހޭލަނީތަ” ދޮރުގައި ޓަކި ޖަހާލަމުން ފަރުހާދު ބުނެލިއެވެ. އަދި ތަޅުގައި ހިފާލިއެވެ. ޒީން ހުރީ ތަޅުނުލައި ކަމުން ފަރުހާދު ދޮރު ހުޅުވާލިއެވެ.

“ނޫން ބައްޕާ، ފަތިސް ނަމާދަށް ތެދުވި ގޮތަށް ނުނިދަން އަދި” ފަރުހާދު ބުނި ގޮތަށް ޒީން އިނީ ވާހަކަ ފޮތެއް ނަގައިގެންނެވެ. ބެލްކަނީގެ ދޮރުގައި ލެގިލައިގެން އިން ޒީން ފަރުހާދު އައުމުން ތެދުވިއެވެ.

” ބޭރަށް ނުނިކުންނާތީ ބައްޕަމެން ހީކުރީ ދަރިފުޅު އަދިވެސް ނިދާފަ ކަމަށް. އާދެ ބަލަ މިތާ ބައްޕަ ގާތު އިށީންނަން” ފަރުހާދު ޒީންގެ އެނދުގައި އިށީންނަމުން ބުނެލިއެވެ.

“ކިހިނެތްވީ ތޯ ބައްޕާ” ޒީން މޫނުމަތިން ރޭގައި ހިގައި ދިޔަ އެއްވެސް ކަމެއްގެ އަސަރު ފާޅުވާން ނެތެވެ.

“ދަރިފުޅު ބައްޕައަށް މާފުކޮށްދޭނަންތަ. ބައްޕައަށް ވަރަށް ބޮޑު ކުށެއް ކުރެވިއްޖެކަން ޔަގީން” ފަރުހާދު މާފަށް އެދުނެވެ.

“އެއީ އެވަރު ކަމެއް ނޫން. އަޅުގަނޑަށް އެނގޭ ބައްޕަ އަޅުގަނޑަށް ގެއްލުމެއް ދޭން އެއްވެސް ކަމެއް ނުކުރާނެކަން. ބައްޕައަށް އެއީ އަޅުގަނޑަށް އެއްމެ ރަގަޅު ގޮތްވީމަ އެއްނު އެހެން ބުނީ” ޒީން ހިނިތުންވެލަމުން ބުނެލިއެވެ. އެހިނިތުންވުމުގެ ފަހަތުގައި އެތައް ވޭނަކާއި ހިތާމައެއް ވާކަން ފަރުހާދަށް ދަނެ ނުގަނެވޭނެހާ ފުރިހަމަކޮށެވެ.

“އާން ދަރިފުޅާ އެދުވަހު އެއީ އެއްމެ ރަގަޅު ގޮތްވީމަ ބައްޕަ އެހެން ބުނީ. ޒިޔަމްގެ ހަގީގަތް ނޭނގި ބައްޕައަށް ގޮތް ނިއްމުނީ. ދަރިފުޅު ކީއްވެ ބައްޕަ ގާތުގައި ނުބުނީ މިއޮތްހާ ދުވަސް ފާއިތުވެގެން ދިޔައިރު” ފަރުހާދު ހުރީ އެވަރު ބޮޑު ކަމެއް ޒީން ސިއްރުކޮށްގެން ހުރުމުން ދެރަވެފައެވެ. އޭނާ ޒީންއަށް ދޭންވާ ހިމާޔަތް ނުދެވެނީބާއޭ ހިތުގައި އެތަށް ފަހަރެއްގެ މަތިން ސުވާލުކުރެވުނެވެ.

ޒީންއަށް އިސްޖަހައިލެވުނެވެ. މަންމަ ގާތުގައި ބުނަން އުޅުމުން މަންމަ އޭނަ ދޫކޮށްފައި ދިޔައީއެވެ. މަންމަ މަރުވި އިރު ފަރުހާދަކީ މިހާރާއި ހިލާފަށް ހަރުކަށި މިޒާޖެއްގެ މީހެކެވެ. އޭރު ބުނަން ނުކެރުމުން އެކަމުގެ މައްޗަށް ފަސްއަޅައި ފޮރުވީ ދެން މިކަމުގެ ވާހަކަ ދައްކާނެ ދުވަހެއް އަންނާނެ ކަމަށް ކުޑަކޮށްވެސް އުއްމީދުކޮށްގެން ނޫނެވެ.

“ބައްޕާ އަޅުގަނޑަށް ނުކެރުނީ” މަޑުން އިނުމަށްފަހު ޒީން ބުނެލިއެވެ.

“ތީ ބައްޕަގެ ކުއްޖެއްނު. އެއްވެސް ކަމެއް ދެން ބައްޕައަށް ސިއްރު ނުކުރައްޗޭ.. ބައްޕަ އަބަދުވެސް ދަރިފުޅަށް އެހީވާނަން ކިތައްމެ ބޮޑުކަމެއް ވިޔަސް އަދި ކުޑަ ކަމެއް ވިޔަސް” ފަރުހާދު އިސްޖަހައިގެން އިން ޒީންގެ އަތުގައި ހިފާލިއެވެ.

“ދަރިފުޅު ނުޖެހޭނެ ޒިޔަމްއާއި އިންނާކަށް. ދަރިފުޅު ބޭނުން މީހަކާއި އިނުމުގެ ފުރުސަތު ބައްޕަ ދޭނަން. ދެން ހިނގާ އަވަހަށް ސައިބޯން. ދައްތަ އެބަހުރި ދަރިފުޅަށް އެއްމެ މީރު ނާސްތާ ތައްޔާރުކޮށްފައި” ފަރުހާދު ޒީން އަތުގައި ހިފަމުން ތެދެވިއެވެ.


 

ޝާހިދު ރޭގަނޑުގެ ޚަބަރު ބަލަން ޓީވީ ދޮށުގައި އިނެވެ. ކައިރީގައި އަމީރާވެސް އިނެވެ. އަމީރާ ނުހުއްޓައި ދައްކަމުން ދިޔައީ ދެ ކައިވެންޏަށް ފަހު ކުދިން އުޅޭނެ ތަނަކާއި ބެހޭ ގޮތުންނެވެ. އަމީރާއަށް އެގޭގައި ރޭގައި ވީ އެއްވެސް ކަމެއް ނޭނގެއެވެ. އެހެންކަމުން ޒިޔަމްގެ ކައިވެނި އަދިވެސް ހަމަޖެހިފައި އޮތީ ޒީންއާއި ކަމަށް ހީކޮށްގެން އުޅުނެވެ. ޝާހިދު އިނީ އެވާހަކަ އަމީރާ ގާތުގައި ދައްކާނީ ކޮންގޮތަކުން ކަމެއް ނޭނގިފައެވެ. އަމީރާ ހުށަހަޅާ ކޮންމެ ގޮތަކަށް ނުވިސްނައި އިދެ ބޯޖަހައި އާޔެކޭ ބުނަމުން ދިޔައެވެ. ޝާހިދުގެ ޝައުގު އެހާ ވަރަށް ނެތީ ޚަބަރު ބަލަން އިނުމުން ހެން އަމީރާއަށް ހީވުމުން އެކަމާ ސުވާލުނުކޮށް ވާހަކަ ކުރިއަށް ގެންދަމުން ދިޔައެވެ.

ކައިރީގައި އޮތް ފޯނު ރިންގުވުމުން ޝާހިދު ފޯނު ނަގައި ކަންފަތުގައި ޖަހައިލިއެވެ.

“ހަލޯ ދަރިފުޅާ” ޝާހިދު ބުނެލިއެވެ.

“އަޅުގަނޑާއި ވަރަށް އަވަހަށް ބައްދަލުކޮށްދެވިދާނެތޯ.” އެކޮޅުން ވާހަކަ ދެއްކީ ސާއިމްއެވެ.

“އާން ވެވިދާނެ. ކިހިނެތްވީ އަނެއްކާ. މާބޮޑު ކަމެއް ވީތަ” ޝާހިދު ގޮނޑިން ތެދުވަމުން އަހާލިއެވެ.

“ކަމެއް ދިމާވީ ކީ ނޫން. އަޅުގަނޑު ވަރަށް ބޮޑު ވާހަކައެއް ދައްކާލަން ވެގެން. ބައްޕަ އެކަނި އަންނާނީ. އަދި އިތުރު މީހެއް ގާތުގައި ނުބުނެ އަންނާނީ” ސާއިމް އެދުނެވެ.

“މައްސަލައެއް ނެތް.. ކޮންތާކަށް ދާންވީ” ޝާހިދު ދާން އުޅުމުން އަމީރާ ކޮންތާކަށް ތޯ އަހައިލިއެވެ. ނަމަވެސް އެޔަށް ޖަވާބު ނުދީ ޝާހިދު ބެލީ ސާއިމް ބުނި ތަނަކަށް ދެވޭތޯއެވެ.

ސާއިމް އިނީ ރެސްޓޯރެންޓުގެ އެއްކަނެއްގައި އިން މޭޒެއްގައެވެ. އެހެން މީހުންނާއި ދުރުގައެވެ. ޝާހިދު އައިސް ސާއިމް ކުރިމަތީ އިން ގޮނޑީގައި އިށީނެވެ.

“ކޮން ވާހަކައެއް ދަރިފުޅާ” ޝާހިދު އަހާލިއެވެ.

“މީ ވަރަށް ބޮޑު ވާހަކައެއް. ކޮންމެހެން ބައްޕަގެ އާއިލާއިގައި އިތުރު މައްސަލަތަކެއް ޖައްސަން ދައްކަން އުޅޭ ވާހަކައެއްނޫން. މީހަގީގަތް. އަޅުގަނޑު ހީކުރަން ބައްޕަ އަޅުގަނޑުގެ ވާހަކައަށް އިތުބާރު ކުރާނެކަމަށް” ސާއިމް ތަށިން ފެންކޯވަރެއް ބުނެލައި ހަމަޖެހިލިއެވެ.

“ބައްޕަގެ އިތުބާރު ދަރިފުޅަށް އަބަދުވެސް އޮންނާނެ” ޝާހިދު ގޮނޑީގައި ލެގިލައި ހަށަމް ބަދެލިއެވެ.

“ޝުކުރިއްޔާ..ބައްޕަ ހަނދާނަށް އާދޭތޯ ޒައި ގޮވައިގެން އަޅުގަނޑާއި ޒިޔަމް އެއްރޭ ތަންކޮޅެއް ދަންވި ފަހުން އައި ހަނދާން. އަދި ޒައިއަށް ވެފައި އޮތްވަރު..” ޝާހިދު ބޯ ޖަހައިލިއެވެ.

“އެކަމުގެ ހަގީގަތް ކިޔައިދޭން މިގެނައީ” ސާއިމް އޭނާގެ ފޯނުގައި ޖަހައިފައިވާ ހެޑުސެޓުގެ ޝާހިދުއާއި ދިމާލަށް ދިއްކޮށްލިއެވެ. ޝާހިދު ކަންފަތުގައި ހެޑްސެޓު ޖެހުމާއި އެކު ސާއިމް އޭނާގެ ފޯނުގައި އޮތް ވީޑިޔޯ ޕުލޭކޮށްލިއެވެ. ޝާހިދު ފަރުވާތެރިކަމާއި އެކު އޭގައިވާ ކޮންމެ މަންޒަރެއް ބެލިއެވެ. އަދި ކޮންމެ އަޑެއް ކަނުލައި އަޑުއެހިއެވެ. ދެވަނަ ފަހަރަށް އަދި ތިންވަނަ ފަހަރަށްވެސް މެއެވެ.

“ކީކޭ ބުނާނީ ފަހަރަކު ކަމެއް” ޝާހިދު އެއްއަތުން ނިތްކުރީގައި ހިފާލަމުން ބުނެލިއެވެ.

“މިވަރު އަންހެނަކާއި ބައްޕަ ޒިޔަމް އިންނަން ހަމަޖައްސަން ތިއުޅެނީ. މީ އޭނަ ބޭނުންވާ ގޮތް ހަދަން ކޮށްލާވަރު. މީ އަދި ފެށުން ކަމަށް ބަލަމާ. ކުރިއަށް ރާވާފައި ހުރި ކަންތައް ކިހާ ވަރަކުން ދާނެހެން ހީވަނީ. އަޅުގަނޑު ޒިޔަމްގެ ރައްޓެއްސެއްގެ ގޮތުގައި މިބުނަނީ މިކަން ނުކުރާށޭ. އަދި ޒައިނާގެ ވާން އުޅޭ ފިރިމީހާގެ ގޮތުން މިބުނަނީ ޒައިނާ މީނަގެ ހިޔަނި އެޅޭ ހިސާބަށްވެސް ގެންނަން ބޭނުމެއްނޫން” ސާޢިމްގެ ވާހަކައާޢި އަޑުގައި ސީރިއަސްކަން އެކުލެވިގެންވެއެވެ.

“މީ ޒީންއާއި އިންނަން ހަމަޖެއްސި ދުވަހުގެ ކުރިން ކޮށްފައޮތް ކަމެއް ދޯ.. ކީއްވެ ބައްޕަ ގާތުގައި ނުބުނީ” ޝާހިދު އަހާލިއެވެ.

“އަޅުގަނޑު ބޭނުންވި ބުނަން އެކަމަކު ޒިޔަމް ވިސްނީ އާއިލާގެ ގުޅުމަށް. އެކަމަކު މިހިސާބަށް ކަންތައް ދިޔައިމަ އަޅުގަނޑަށް ދެން އިތުރަށް ސިއްރު ނުކުރެވިގެން މިބުނީ” ސާއިމް ބުނެލިއެވެ. ޝާހިދު އަދިވެސް އިނީ އެވީޑިޔޯއަށް ބަލާށެވެ. ޝަމްހާއަކީ އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކުއްޖެއް ކަމަށް ގަބޫލުކުރަން ދަތިވި ވަރުންނެވެ. އެކުގައި ގެންގުޅެ ކަންތައްކޮށްދިނީ އަމިއްލަ ދަރިއެއް ފަދައިންނެވެ.

“ބައްޕައަށް އެގިލައްވާ ދެއްތޯ ޒިޔަމް ލޯބިވަނީ ޒީން ދެކެކަން. ޒިޔަމް އަޅުގަނޑަށް ކިޔައިދިން ގޮތުން ނަމަ އެރޭގެ އެއްވެސް ހަނދާނެއް ނެތް އަނެއް ދުވަހު. އަޅުގަނޑަށް ހީވަނީ ޒިޔަމްއަށް ޕާޓީ ތެރެއިން  ގޯސް އެއްޗެއް ކެވިގެން ނޫނީ ބޮވިގެން ކުރެވުނު ކަމެއްހެން. ޒީން ބޭނުމެއްނުވޭ އެކަން ގަބޫލުކޮށް ޒިޔަމްއަށް މާފުކުރާކަށް. އެކަމަކު ތީ ބައްޕައަށް ވުމުން އެގިލައްވާނެ ދެއްތޯ ޒިޔަމް އެކަހަލަ ކަމެއް ނުކުރާނެކަން. ބައްޕަ ޒިޔަމްއަށް މާފުކޮށްދިނުން އެދެން” ސާއިމް އެދުނެވެ. ހުރިހާ ކަމެއް ސީދާ މަގަށް ގެންނަން ސާއިމް އުޅޭކަން އޭނާގެ ވާހަކަތަކުން އެނގެއެވެ.

“އާން… ޒިޔަމް އެކަހަލަ ކުއްޖެއް ކަމަށް ގަބޫލު ނުކުރެވިފަ އެދުވަހު ހުރިން. މި ވީޑިޔޯއަށް ވުރެ ގިނައިން އޭތި ބައްޕަ އަޑުއެހިން. އެވަރުންވެސް ގަބޫލުނުކުރަން ޒީންއާއި ދެކުދިން ގެނައީ. ބައްޕަ ޒިޔަމްއަށް މާފު ކޮށްފާނަން. އެކަމަކު މިއަދަކު ނޫން. ހަމަހޭގައި ނެތަސް ޒިޔަމް އެކުރީ ވަރަށް ގޯސްކަމެއް. އެކަމުގެ ގެއްލުން ޒީންގެ އިތުރުން އަހަރަމެން އެއްމެނަށް ކުރާނެ” ޝާހިދުގެ ވާހަކަތަކުން ސާއިމްއަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.

“ދެން ޒިޔަމްއާއި ޝަމްހާތަ ހަމަ” ސާއިމް އަހާލިއެވެ.

“ނޫން ދުވަހެއްގެ ކޮޅުންވެސް ދެން އެއާއިލާއާޢި ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން. ޒިޔަމްއަށް އިންނާނެ ކުދިން ހުސްވީ ކަންނޭނގެ ދޯ” ޝާހިދު ކުޑަކޮށް ހީލިއެވެ.

“ޒިޔަމް ލޯބިވަނީ ޒީންދެކެ ކަން ދަރިފުޅު ބުނީމަ ބައްޕައަށް މިއެގުނީ. ޒިޔަމް ލޯބި ހުށަހެޅިތަ ޒީންއަށް” ޝާހިދު އަހާލިއެވެ. ސާއިމް ނޭނގޭ ކަމަށް ބުންޏެވެ.

“ޝަމްހާގެ މިކަންތަކަށް ފަހު ބައްޕައަށް އަމުދުން  ހިޔެއްނުވޭ ޒީންގެ މާފު ޒިޔަމްއަށް ލިބޭނެހެން.   އެހެން ނޫނަސް ބައްޕައަށް ޒީން ކައިރީގައި ބަހައްޓައިގެން ބުނެވިއްޖެ ޒިޔަމްއާއި ޝަމްހާގެ ކައިވެނީގެ ވާހަކަ. ހިތް އަވަސްވެފައި ހުރި ވަރުން ނުވިސްނައި ގޮތެއް ނިއްމުނީ އަހަންނަކަށް ނުކެރޭނެ ފަރުހާދު ކައިރިއަށް ދެވަނަ ފަހަރަށް ދާކަށް” ޝާހިދު އޭނައަށް ކުރެވުނު ކަންތަކަށް މޮޔަ ހީވިއެވެ.

“ބައްޕަ ބިރެއް ނުގަނޭތަ ޝަމްހާ އެލީކް ކޮށްލަފާނެތީ” ސާއިމް ހީކުރި ގޮތާއި ހިލާފަށް ޝާހިދުގެ ނިއްމުން ތަފާތެވެ. އަދި އަވަސްމެއެވެ.

“ބައްޕަގެ އަގަށް ވުރެ ބައްޕައަށް މުހިއްމު ބައްޕަގެ ދަރިންގެ ރައްކާތެރިކަން. އަދި ބައްޕައަށް މުހިއްމު އެކުދިން ބޭނުންވާ ގޮތް. މީހުން ކިތައްމެ ވާހަކައެއް ދެއްކިޔަސް އެޔަށް ބީރު ކަންފަތެއް ދީގެން އަހަރަމެން އުޅުނީމަ ވީނު. ހަގީގަތް އެމީހުންނަށް ފެންނަ ގޮތާއި އަހަރަމެންނަށް ފެންނަ ގޮތް ހާސްބައި ތަފާތު. އެމީހުން ރުއްސަން ހަދައިގެން އަހަރަމެންގެ ވަގުތު ބޭކާރުވާނީ” ޝާހިދުގެ ހިކުމަތްތެރިކަން ފެނި ސާއިމް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެކަހަލަ މައިންބަފައިން ލިބޭނީ މަދު ބަޔަކަށޭ ހިތަށް އެރިއެވެ. ދަރިންނަށްޓަކައި އަމިއްލަ އަގުވެސް ދޫކޮށްލަން ތައްޔާރަށް ހުރުމުންނެވެ.


 

ޒީން ފެންނަން ނެތުމުން ޓެރަސް ބަލާލިއިރު ޒީން އިނީ އުދޯލީގައި އިށީދެގެން އުޑަށް ބަލަހައްޓައިގެންނެވެ.

“ތަރިވެސް ގުނަންތަ” ސާއިމް ގޮސް ޒީން ގާތުގައި އިށީންނަމުން އަހާލިއެވެ.

“ނޫން. އެކަމަކު ހިކާ ރީތި.. ބޭބެއަށް އެނގޭތަ ސަމް ސްޓާސް އާރ ޑެޑް ލައިކް އަވަރ ޑްރީމްސް” އުޑަށް ބަލަން އިނދެ ހިނިތުންވެލަމުން ޒީން ބުނެލިއެވެ. ކައިރީގައި އިން ސާއިމް އެބުނި އެއްޗެއް ވިސްނުމުން ޒީންއަށް ބަލާލިއެވެ.

“ކޮބާ ޒީންގެ ޑްރީމްއަކީ” ސާއިމް އަހާލިއެވެ.

“އިޓްސް ޑެޑް.. މަރުވަ ތިބޭ ކަންތަކުގެ ވާހަކަ ދައްކަން ނުވާނެ. ކޮބާ ބޭބެގެ ހުވަފެނަކީ” ދެކަކުލުގައި މޫނު ޖައްސާލަމުން ޒީން އަހާލިއެވެ.

“ބޭބެ ކޮންމެ ހުވަފެނެއްގަ ކުލަ ޖެހިއްޖެ. ރަގަޅު ޖޮބެއް. އުފާވެރި އާއިލާއެއް. ތިހާ އެމޭޒިން ކޮއްކޮއެއް..ހަމަޖެހޭ ދިރިއުޅުމެއް.. ދެން އޮތީ އެއްމެ ކަމެއް. އެއީ ޒައިގެ ހަސްބެންޑަށް ވުން” ސާއިމް ހިނިތުންވެލަމުން ބުނެލިއެވެ.

ދެމީހުން އެކި ވާހަކައިގައި ތިއްބާ ސާއިމްއަށް ޒީންގެ އަނެއް ފަރާތުން ރުމާލެއް ލޮލުގައި އަޅައިގަތެވެ. ފެނުމާއި އެކު އެއީ ކާކުގެ އެއްޗެއްކަން ދަނެގަނެވިއްޖެއެވެ.

“ޒީ.. ކީއްވެ ޒިޔަމްގެ ރުމާ ނަގައިގެން ތިއުޅެނީ” ލޮލުން ރުމާލަށް އިޝާރަތްކޮށްލަމުން ސާއިމް އަހާލިއެވެ. ޒީންގެ ހިތް ތޮޅިގަތެވެ. އަވަސް އަވަހަށް ރުމާ ގައިދަށަށް ލައި ފޮރުވިއެވެ.

“އެއީ ޒިޔަމްގެ ރުމާލެއް ނޫން. އެއީ އަޅުގަނޑުގެ” ޒީން ދޮގެއް ހެދޭތީ އަތް މޫނާއި ކައިރިކޮށްލިއެވެ.

“ބޭބެ ކައިރީ ދޮގުވެސް ހަދަން ފެށީތަ އެހާ އަވަހަށް. ބޭބެއަށް އެގޭނެ ޒިޔަމްގެ ރުމާ ފެނުނީމަ ކޮންމެ ތާކުން ވިޔަސް. އެއް ބޯޑަރެއް ހުންނާނީ. ކުލަ އެކަނި ތަފާތުވާނީ. ރުމާލަށް ހާއްސަ ކުޑަ ވަށްގަނޑެއްވެސް ހުންނާނެ”ޒީންގެ މޫނުމަތިން އަންނަމުން ދިޔަ ކުލަވަރު ބަލަން އިދެ ސާއިމް ވާހަކަ ދެއްކިއެވެ.

“އެއީ އަޅުގަނޑަށް ދިން ރުމާލެއް ތަންކޮޅެއް ކުރިން.” ޒީން ބޯ ކަހާލަމުން ބުނެލިއެވެ.

“ގަބޫލުކޮށްފިން. އެކަމަކު ކީއްވެ ތި ނަގައިގެން ތިއިނީ.. ބޭބެ ހީކުރީ ކޮއްކޮ ޒިޔަމް ދެކެ ރުޅި އަންނަކަމަށް. އެވަރަށް ރުޅި އަންނަ މީހެއް ދޭ އެއްޗެއް ބޭބެ ނަމަ ލާނީ ސީދާ ޑަސްބިނަށް. އެކަމަކު ޒީ ތިއިނީ ތި ނަގައިގެން ކަރުނަތައް ފުހެލަ ފުހެލާ” ސާޢިމް ޒީންއާއި ދިމާކޮށްލިއެވެ.

ޒީން ބުނާނެ އެއްޗެއް ނޭނގި އަނެއް  ފަރާތަށް ބަލަން އިނެވެ. ދެލޯ މަރައި ތަގުޑިކޮށްގެންނެވެ.

“ޒީން ޑޫ ޔޫ ލަވް ހިމް” ސާއިމް ހަމަހިމޭންކަމުގެ ވަގުތަކަށް ފަހު އަހާލިއެވެ. އެޔާއިއެކު ޒީންއަށް ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ބޭޒާރު ވާން އުޅޭތީއެވެ. ހިތް ބާރު މިނެއްގައި ތެޅެމުން ދެއެވެ.

“ޒީން ޑޫ ޔޫ” ޒީންގެ ޖަވާބެއް ނުލިބުމުން ސާއިމް ޒީންގެ ކޮނޑުގައި ހިފާލިއެވެ. ޒީން މަޑުމަޑުން ބޯ ޖަހާލިއެވެ.

“ކޮން އިރަކުން ފެށިގެން” ސާއިމްއަށް ލިބުނީ ހައިރާންކަމެވެ.

“ނޭނގެ”

“ކިހާ ވަރަކަށް” ސާއިމް އަނެއް ސުވާލު ކުރިއެވެ. ބަހުން ޖަވާބު ދިނުމުގެ ބަދަލު ޒީން ދެކޮނޑު މައްޗަށް އަރުވާލީ ނޭނގެއޭ ބުނުމުގެ ގޮތުންނެވެ.

“ބޭބެ ހީކުރީ.. އެއްމެން ހީކުރަނީ ޒީން ޒިޔަމްއަށް ކުރަނީ ނަފުރަތު ކަމަށް. ކީއްވެ ޒިޔަމްގެ ދެކެ ލޯބިވާން ފެށީ” ސާއިމްގެ ހައިރާންކަން އިތުރުވަމުން ދިޔައެވެ.

“ބޭބެ މާގިނައިން ސުވާލު ނުކުރޭ.. އަޅުގަނޑަކަށް ނެތް ތިއަށް ދޭނެ ޖަވާބެއް. އަޅުގަނޑަށް ނޭނގެ ކަމެއް މި އިހްސާސް ވާންވީ. ވަރަށް އުޅެފިން ޒިޔަމް މަތިން ހަނދާން ނައްތާލަން. އެކަމަކު ބޭބެ އަޅުގަނޑަކަށް ނޭނގެ މިވާގޮތެއް. އަބަދު ޒިޔަމްގެ ނަން ހަދާނުގައި އޮންނަނީ.އަބަދު ބޭނުންވަނީ ޒިޔަމްއާއި ވާހަކަ ދައްކަން ބޭނުންވަނީ.” ސާއިމްއަށް ބަލަމުން ވާހަކަ ދެއްކިއިރު ޒީންގެ އަޑުގައި ރިހުމެއް އެކުލެވިގެންދިޔައެވެ. ޒިޔަމްގެ ލޯބީގެ ބިރުވެރިކަން ހިތް ވަށާލައިފިއެވެ. ޒީން އަށް ލޯބި ވެވިއްޖެއެވެ. ހިތް އެކީ ޒިޔަމްއަށް ދެވިއްޖެއެވެ. ނަމަވެސް ކުރިމަތިވެފައި މިވާ މަޖުބޫރީ ހާލަތުގައި އެހިތުގެ އިހްސާސް ޒިޔަމްއަށް ކިޔައިދެވޭނެ މަގު ބަންދުވެއްޖެއެވެ.

“ޑޯންޓު ކުރައި” ޒީންގެ ލޮލުން އޮހެރުނު ކަރުނަ ފެނި ސާއިމް ބުނެލިއެވެ. އަދި އެއްފަރާތުގައި އޮތް ޒިޔަމްގެ ރުމާ ދިއްކޮށްލިއެވެ.

“ލޯބި ވުމަކީ މައްސަލައެއްނޫން. އެއީ އެއްވެސް މައްސަލައެއްނޫން” ސާއިމް ޒީންގެ ކޮނޑުގައި ހިފައި ހިތްވަރު ދިނެވެ.


 

“ބޭބެ ކީއްކުރަނީ” ނިދާފައި އޮތް ޒިޔަމް ލޯހުޅުވައިލީ ޒައިނާގެ އަޑަށެވެ.

“ނިދަނީނު. ނުފެނޭތަ” ޒިޔަމް ބެލީ އަދިވެސް ނިދޭތޯއެވެ. ނަމަވެސް ޒައިނާ ސައިޑް ޓޭބަލް މަތީގައި ހުރި ފެންތަށި ޒިޔަމް ގަޔަށް އޮއްސާލިއެވެ. ފެން ގައިގައި ޖެހުމާއި އެކު ޒިޔަމް ދެފައި މައްޗަށް ކޮޅަށް ޖެހުނީ ބިރެއް ފެނިގެން އުޅޭހެންނެވެ. ޒައިނާ ހީގަތެވެ.

“ޒައި ބޭބެ ވަރަށް ވަރުބަލި ސަކަރާތް ޖަހަން ފަހުން އާދެބަލަ” ޒިޔަމް ހިތްހިމަނުޖެހިފައި ހުރެ ބުނެލިއެވެ.

“ސީރިއަސްލީ ބޭބޭ!!.. ވަރުބައްޔޭ..!! މެންދުރު ނިދަން އެރި މީހާތީ. މިހާރު ގަޑިން ރޭނގަޑު އަށެއް ޖަހަން އެއުޅެނީ” ޒިޔަމް އެނދަށް އަރަން އުޅުމުން ޒައިނާ ކުރިމައްޗަށް އެރިއެވެ.

“ދޭބަ ޝަމްހާއާއި ވާހަކަ ދައްކަން ޕްލީސް. ޒައި ބޭނުމެއް ނޫން އޭނަ ފަހަރިއެއްގެ ގޮތުގައި” ޒައިނާ ބޮޑާހާކާ ރާގަކުން ބުނެލިއެވެ.

“ޒައި ހީކުރީ ވަކި ޒައި އެކަނިތަ އޭނަ ބޭނުން ނުވަނީ… ބޭބެ އިހަށް ނިދާލަން ބޭނުމީ ފަހުން ވާހަކަ ދައްކާނީ” ޒިޔަމް ދެލޯ އުގުޅަމުން ބުނެލިއެވެ. ޝަމްހާގެ ނަން އިވުނަސް މީހާގެ ތަބިއްޔަތު ގޯސްވެއެވެ.

“ބޭބެއަށް އިނގޭދޯ ލަސްކުރީމަކަން މިހާ ހިސާބަށް ކަންތައް ގޮސްފަ މިއޮތީ. ދެން އިތުރަށް ލަސްކުރާނެ ކަމެއް ނެތް. އަން މިއޮތީ ތުވާލި ދޭ ފެންވަރައިގެން އަންނަން” ޒައިނާ ދޫނުކުރާނެ ކަން އެނގޭތީ ޒިޔަމް ފެންވަރަން ވަނީ ފޫހި ގޮތެއް މޫނުމައްޗަށް ގެންނަމުންނެވެ.

“ޝަމްހާ އަކީ ބޮމެއް ކަހަލަ މީހެއް. ރުޅި އައިސިއްޔާ ވަރަށް އަވަހަށް ގޮވާނެ” ޒިޔަމް ގާތަށް ހިނިއައީ ޒައިނާ ޝަމްހާ ސިފަކޮށްދިން ގޮތުން ސީރިއަސް މޫޑެއްގައި ހުރި ޒިޔަމްއަށް ހެވުނެވެ.

“އޭނައާއި ވާހަކަ ދައްކާނީ ލަސްލަހުން މަޑުމަޑުން. އަދި ވަރަށް ސަމާލުކަމާއި ފަރުވާތެރިކަމާއި އެކީގައި.. ބޭބެ އެއްޗެއް ބުނުމުގެ ކުރިން ދެތިން ފަހަރު ވިސްނައިލައިތި އެހެން ބުނުމުން ދެން ވާނެ ގޮތް.. އޯކޭ.. އޯލް ދަ ބެސްޓް” ޒިޔަމް ގޭގެ ދޮރުން ނިކުތުމާއި އެކު ޒައިނާ އޭނާގެ ފޯނު ނަގައި މެސެޖެއް ކޮށްލިއެވެ.

ޝަމްހާ ސައިކަލުގެ ފަހަތަށް އެރުމުން ޒިޔަމް ހުންގާނުގައި ހިފައި ރަސްފަންނާއި ދިމާލަށް ދުއްވާލިއެވެ. ޝަމްހާ ހުރީ ޒިޔަމް އޭނައާއި ބައްދަލުކޮށްލަން އައުމުން އުފަލުން ފޮޅިފައެވެ. ގަދައަށް މޭކަޕްކޮށްލައި އަތުގައި އޮތް އެއްމެ ރީތި ހެނދުން ލައިގެން އައީ ޒިޔަމްއަށް އޭނާގެ ރީތިކަން ދައްކާލުމަށެވެ.

ސައިކަލުން ފައިބައިގެން ދެމީހުން ގޮސް އިށީނީ މީހުން މަދު ސަރަހެއްދެއްގައި ހުރި ޖޯލި ފައްޗެއްގައެވެ.

“ޝަމްހާ ކީއްކުރަން އެރިކޯޑިން އެއްމެނަށް އަޑު އިއްވީ” ސުވާލުގެ ޖަވާބު އެގިހުރެ ޒިޔަމް އަހާލިއެވެ.

“އަހަރެން އޭރުވެސް ބުނީމެއްނު ޒީންއާއި ދުރުގަ އުޅޭށޭ. ކުރިން ދުވަހު ޒިޔަމް ގަސްދުގައި ޒީން ކުރިމަތީ އަހަރެން ދަށްކޮށްލީ” ޝަމްހާ ޒިޔަމްގެ އަތުގައި ހިފައިގެން އިދެ ވާހަކަ ދެއްކިއެވެ.

“ތީ ކުޑަ ކުއްޖެއްދޯ އެހާ އަވަހަށް ރުޅި އަންނަން. އެއްފަހަރުވެސް ވިސްނާލިންތަ އެހެން މީހަކަށް ވާނެ ދެރައަކަށް” ޒިޔަމް ހިތްހަމަނުޖެހިފައި ބުނެލިއެވެ.

“ޒިޔަމް އެއްފަހަރުވެސް ވިސްނާލިންތަ ޝަމްއަށް ލިބޭނެ ދެރައަކަށް. ޒިޔަމް އަށް އެނގޭތަ ޒިޔަމް އަށް މިހިތުގަ ދެވިފައި އޮތް މަގާމް. ތި ޒީންއަށް ވުރެ ކުރިން ޝަމްހާއަށް ޒިޔަމް ދެކެ ލޯބި ވެވިއްޖެ”

“ޒީން އަހަރެން ދެކެ ލޯތްބެއް ނުވޭ” ޒިޔަމްއަށް ބޭއިހްތިޔާރުގައި ބުނެލެވުނެވެ.

“އެހެންވީމަ މާ ރަގަޅެއްނު.. ޝަމްއާއި ޒިޔަމް މެރީކޮށްގެން އުފަލުގައި އުޅޭނީ.. އަހަރެން ޒިޔަމްގެ ސިއްރު ހިފަހައްޓަންނާން” ޒިޔަމްގެ އަތް މެޔާއި ކައިރިކުރަމުން ޝަމްހާ ބުނެލިއެވެ.

“ޝަމްހާ އެކަނި ލޯބިވީމަ ނިމުނީތަ. ދެރައެއް ނުވޭތަ ނޫނީ ބޭނުމެއް ނުވޭތަ އަހަރެން ޝަމްހާ ދެކެ ލޯބިވާން” ޝަމްހާގެ އަތުން ވީއްލެމުން ޒިޔަމް އަހައިލިއެވެ.

“ޒިޔަމް … އަހަރެން ޔަގީންކޮށްދޭން މެރީކޮށްގެން އެކުގައި އުޅެން ފެށީމަ ދެމީހުންނަށް އެކުގައި އުޅެވޭނެކަން”

“މޮޔަ ޝަމްހާ.. މިހާރު ނުވާ ލޯތްބެއް އޭރަކުވެސް ނުވާނެ. ދުވަހަކުވެސް ޝަމްހާ ކުރިކަންތަކުގެ ނަފުރަތު އަހަރެން ހަނދާން ނުނެތޭނެ. ޒައި އަށް އެވަރުކޮށްލާފަ ހިތަކަށް އެކައްޗެކޭވެސް ނާރާ ދޯ އަހަރެންގެ އަންބަކަށް ވާނަމޭ ބުނާއިރު. އިންނާނެ މީހަކު ނުވިޔަސް ތި ޝަމްހާއަކާއި އަހަރެން ނީއްނާނަން” ޒިޔަމް ދާން ތެދުވިއެވެ. ޝަމްހާ ޒިޔަމްގެ އަތުގައި ހިފައި އަދި މަޑުކޮށްދިނުމަށް އެދުނެވެ. ނަމަވެސް ޒިޔަމް ދެން އިތުރަށް މަޑުނުކޮށް ދާން ހިގައިގަތެވެ.

“ޒިޔަމް.. ތިހެން ތި ދަނީ ހީކުރަނީ އަހަރެން މިވަރުން ހުއްޓާލާނެ ކަމަށްތަ.” ޝަމްހާ ޒިޔަމްއާއި އަރައި ހަމަކުރަމުން ބުނެލިއެވެ.

“ނޫން އިނގޭ މުޅި ދުނިޔެއަށް އަހަރެން ފަލީހަތް ކުރާނެކަން..” ޒިޔަމް މަޑުނުކޮށް އަދިވެސް ދިޔައީ ސައިކަލު ޕާކުކޮށްފައި ހުރި ދިމާލަށެވެ.

“ދެން އެހެންވީމަ ކީއްވެ ތިހެން ތިއުޅެނީ. ޒިޔަމްއަށް ޒީން ދޯ މުހިއްމީ ޒިޔަމްގެ ބައްޕައަށްވުރެ. ހަނދާން ކުރާތި އަހަރެން އެ ލީކްކޮށްލައި ފިއްޔާ ޒިޔަމްގެ އާއިލާގެ ގަދަރު ވެއްޔާއި މޮޑެވޭނެކަން” ޝަމްހާ އަދިވެސް ބެލީ ޒިޔަމްއަށް ބިރު ދައްކައިގެން އޭނާގެ މަގުސަދު ހާސިލްކުރުމަށެވެ.

“ދެން ކީއްތަ ކުރަންވީ. މުޅި އުމުރު ހޭދަކުރަންވީ ކަލޭގެ އަމުރުގެ ދަށުގަތަ” ޒިޔަމް އަޑުހަރުކޮށް ބުނެލިއެވެ. ޝަމްހާ ދެކޮޅު ހޯދައިލީ ޒިޔަމްގެ އަޑު އެހެން މީހަކަށް އިވުނު ތޯ ބެލުމަށެވެ.

“ނޫން މުޅި އުމުރަކު ނޫން.. ޒިޔަމް އަހަންނާއި މެރީ ކުރާ ހިސާބުން އެ ރިކޯޑިން ފުހެލާނަން. ޕްރޮމިސް..” ޝަމްހާ މަޑުމަޑުން ބުނެލިއެވެ. ޒިޔަމް ރުޅިއައިވަރުން އަތް އިސްކުރަން އުޅުނެވެ. ނަމަވެސް ހުރެވުނު  ތަނުގެ ސަބަބުން އެހިޔާލު ދޫކޮށްލީއެވެ.

މަސައްކަތަށް ގެބިގެން އިން ޒިޔަމް ސިއްސައިގެން ދިޔައީ މީހަކު ބާރަށް ދޮރުގައި ތަޅައިގަތުމުންނެވެ. ބަލާލިއިރު ސާއިމް އެތެރެއަށް ނުވަދެ ދޮރު ތަންމިނަށް ހުޅުވައިގެން ހުއްޓެވެ.

“ކިހިނެތްވީ” ޒިޔަމް އަހާލިއެވެ.ސާއިމް ޖަވާބު ދިނުމުގެ ބަދަލުގައި ޒިޔަމްއާއި ދިމާލަށް އެއްޗެއް އެއްލާލިއެވެ. ޒިޔަމް ހުޝިޔާރު ކަމާއި އެކީ އެހިފިއެވެ. އަދި އެޔަށް ބަލާލިއެވެ.

“އަސްލުވެސްތަ” ހައިރާންވެފައި ޒިޔަމް އަހާލިއެވެ. ހިތް އަވަސްވެފައި ވާ ހާލުގައެވެ.

“އަވަހަށް ދާން އުޅޭ” ދެބުމަ މައްޗަށް އަރުވާލުމަށްފަހު ސާއިމް ބުނެލީ ހިނިތުންވެލަމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

maroon

Level 810 Stories100 Comments500 Comments100 Login1K Comments100 Stories

Author of 1. Vaashe oagthaa hitha 2. Thiya noon ehen hitheh neydhemey 3. Thiya asaru , and more stories. Contact me at: [email protected] Much love to my lovely readers ?

Other Articles

Previous

މަލާކް… 17ވަނަބައި

Next

ހިތުގެ މިލްކުވެރިޔާ (ހަވަނަ ބައި)

Next
July 12, 2017

ހިތުގެ މިލްކުވެރިޔާ (ހަވަނަ ބައި)

Previews
July 12, 2017

މަލާކް… 17ވަނަބައި

76 Comments!

  1. maroon says:
    July 12, 2017 at 8:39 pm

    17th episode. Hope you like it. Maroon aslu vaahaka liyan feshi iru plan kuri gothakah noon vaahaka midhany. But i am happy with it. If you like the story leave a comment..love u all my readers ???

    1. Naz says:
      July 13, 2017 at 8:57 am

      Aslu vvv salhi.abadhu belenee konirakuthoo up vanee

    2. maroon says:
      July 13, 2017 at 9:19 am

      Thanku naz ???

  2. AKI says:
    July 12, 2017 at 8:41 pm

    balabalaa huhta thi up kohla dhinee

    1. AKI says:
      July 12, 2017 at 8:43 pm

      first libunee dho mi .. yeyy ?

    2. maroon says:
      July 13, 2017 at 7:09 am

      Yes thee first ?
      Thanku AKI ??

  3. §ama? says:
    July 12, 2017 at 9:05 pm

    Wowww

    1. maroon says:
      July 13, 2017 at 7:09 am

      Thanku sama ???

  4. Aiy says:
    July 12, 2017 at 9:06 pm

    Wow ?V reethi mi part vs… kiyaa hithun indhaa nimunee… shamhaa I hate you… when next part??? Waiting waiting ??

    1. maroon says:
      July 13, 2017 at 7:10 am

      Aiy thanku ???
      Next ep hopefully friday..

  5. SHAAYAA♥ says:
    July 12, 2017 at 9:09 pm

    Hey this part also awsome … anekka konehcheh baa edinee dhw…. anyways recorder vejjiyya varah salhi … goodjob maroon

    1. maroon says:
      July 13, 2017 at 7:11 am

      Thiahves vedhaane ? lets see.. thanku shaayaa ???

  6. Xxxx says:
    July 12, 2017 at 9:10 pm

    Hi dear,story iz just awesome…mi haa dhigukoh genesdheythee thankx???

    1. maroon says:
      July 13, 2017 at 7:11 am

      Thanku xxxx ???

  7. iru says:
    July 12, 2017 at 9:26 pm

    First dhw

    1. maroon says:
      July 13, 2017 at 7:12 am

      Mifaharu noon dhw…. thanku iru ???

  8. Adha? says:
    July 12, 2017 at 9:28 pm

    Hey maroon hws u? Mi part hama superb dear…. xeen loabi vaa kamuge clue eh dw e dhiny.. nd hate this shamha gandu.. sham ey adhi eba kiyaehnu?.. hope next ep ga xeen nd xim ge love part annaanekamah..?❤? waiting ?loves?tc❤

    1. maroon says:
      July 13, 2017 at 7:14 am

      Adha ? maroon ragalhu. Hope u r doing fine too…zeen thihen bunefi..love chapters incoming…loves tc ???

  9. Reader says:
    July 12, 2017 at 9:35 pm

    Next part kon irakun?

    1. maroon says:
      July 13, 2017 at 7:14 am

      Friday.. thanku reader ??

  10. Some one says:
    July 12, 2017 at 9:37 pm

    Wow!!!! V v lwbi story!!! V kiyaaahiy vey eba!!! When nxt prt??

    1. maroon says:
      July 13, 2017 at 7:15 am

      Thanku some one ..next ep friday. See u then ???

  11. Xna says:
    July 12, 2017 at 9:41 pm

    Wwwwow.??..v v v vkamudhey huriha conversation eh ves.??? So nice… ???.shamha z a bomb???..v furihma mi part..??.thnx dear such a beautiful episode ???

    1. maroon says:
      July 13, 2017 at 7:16 am

      Thanku xna…v happy vejje comment kiyaalaafa ?
      Yh she is a bomb ??

  12. Anonymous says:
    July 12, 2017 at 9:48 pm

    Wow

    1. maroon says:
      July 13, 2017 at 7:16 am

      Thanku dear ??

  13. Naana says:
    July 12, 2017 at 9:51 pm

    Varah reethi ?

    1. maroon says:
      July 13, 2017 at 7:17 am

      Thanku naana ??

  14. Saadha Abdhulatheef says:
    July 12, 2017 at 9:56 pm

    vaahaka egothakayshas nikiyene v.dhera

  15. Sinaa says:
    July 12, 2017 at 10:16 pm

    But still it is nice … cant wait …

    1. maroon says:
      July 13, 2017 at 7:17 am

      Thanku sinaa ??

  16. Aamin says:
    July 12, 2017 at 10:18 pm

    Wow? This part was awesome … varan kiya hin vey eba… anekka konchenba e dhinii

    1. maroon says:
      July 13, 2017 at 7:19 am

      Next episode in balama dhw koahcheh thw ei.. thanku aamin ???

  17. Saadha Abdhulatheef says:
    July 12, 2017 at 10:19 pm

    thaks nd vaahaka v salhi

    1. maroon says:
      July 13, 2017 at 7:19 am

      Thanku saadha… ???

  18. Psenhi says:
    July 12, 2017 at 10:28 pm

    Awesome waiting for next part

    1. maroon says:
      July 13, 2017 at 7:20 am

      Thanku psenhi ???

  19. Amm says:
    July 12, 2017 at 11:22 pm

    V reethi ?

    1. maroon says:
      July 13, 2017 at 7:20 am

      Thanku amm ???

  20. Shan says:
    July 12, 2017 at 11:44 pm

    Ricordin katuvaalee dhw…….so happy b v v salhi vaahakae v v v kiyaahivaakala hurihaa ihusaas thake ekulevignvaa vaahakae

    1. maroon says:
      July 13, 2017 at 7:21 am

      Thanku shan .. vedhaane thiah kamehves. But how did he get it ????

  21. Azuna says:
    July 12, 2017 at 11:52 pm

    Wow❤ kohirakun nxt part

    1. maroon says:
      July 13, 2017 at 7:21 am

      Thanku azuna ???

  22. ninni says:
    July 13, 2017 at 12:03 am

    Alhamdhulillah……. V v furihama. Avahah up kohdhehchey maroon. Maroon ah ingeytha ninni v ginain vaahaka kiyan ekam comment nukurah. Ekam mi vaahaka ah kurevenee hama reethikamun.. Abadhu Inthizaaru kurevenee up vaane irakah.. Love u

    1. maroon says:
      July 13, 2017 at 7:23 am

      Thanku so much ninni ??
      Inthizaaru ehaa dhigu nukoh genesdheveythw try kuraanan?
      V v v happy vejje thikahala reader eh hurythy ?loves?

  23. khajja says:
    July 13, 2017 at 12:33 am

    Oh wow masha allah v rythi v loabi stry obiness to yhe max??? alhey saaim e elly koanchebbaa???? Zeen ziyam dheke loabivaakan saaim ziyam kairy bunaa adu.ziyam ge dad ah iveynenama dhw? zeen n ziyam gulhuvachchey plx saaim dad hamayakan alhuvaa zeen ziyam dheke loabivaakan saaim dad kairyves saaim bunebala eyrun zeen aa vaahaka dhakkaagen russan faseyhavaane ennu stry v touchin v habeys thanks maroon when nxt prt??? Kiyaahithun keiyvany ennoon ??? plx avahah up kolladhybala plx??? ly gud nyt ????❤❤❤❤??????????

    1. maroon says:
      July 13, 2017 at 7:29 am

      Hehehe khajja?
      V ufaa vey thikahala reader eh libunyma.. next ep friday ah kamah mi balany… have a great day. Loves ???

  24. Naana says:
    July 13, 2017 at 1:16 am

    Masha allah….vrh loabiii
    waiting 4 nxt part…..

    1. maroon says:
      July 13, 2017 at 7:29 am

      Thanku naana ?? friday

  25. Azeen says:
    July 13, 2017 at 1:38 am

    Nice ..wen is next part?

    1. maroon says:
      July 13, 2017 at 7:29 am

      Thanku azeen?? friday

  26. Merr says:
    July 13, 2017 at 2:27 am

    Varah reethi ❤
    When is the next part ?

    1. maroon says:
      July 13, 2017 at 7:30 am

      Thanku mer ???
      Friday

  27. who am i? says:
    July 13, 2017 at 3:42 am

    woe ??????
    reethi kann

  28. who am i? says:
    July 13, 2017 at 3:43 am

    woe ??????
    reethi kann
    waiting 4 nxt ep ❣❣❣❣❣

    1. maroon says:
      July 13, 2017 at 7:30 am

      Thanku dear.???
      Friday ga

  29. Addu manje says:
    July 13, 2017 at 9:24 am

    Varah reethi.. kon iraku nxt part.. maroon abadhuves uo kuraa bai nimmaalanee dhen vaane gothakaa dheytherey hithugai suvaalu ufadhaafa.. ???

    1. maroon says:
      July 13, 2017 at 9:31 am

      Thanku addu manje… egoiy kamunudheytha ??
      ???

  30. Only says:
    July 13, 2017 at 10:02 am

    16th part kobaa

    1. maroon says:
      July 13, 2017 at 10:18 am

      Vahakaige namega thiryga in blue kulaige maroonge name ah click kollaa… up koffa innaany

  31. Sifaa says:
    July 13, 2017 at 10:29 am

    Friday kon gadiehgakan buneladheebala pls pls…

    1. maroon says:
      July 13, 2017 at 10:44 am

      Before 18:00

  32. Aferrr says:
    July 13, 2017 at 1:45 pm

    Warah serious wefa zai and ziam ge conversion aduahan indhaa shamhaa aky bomb ekey buneema hinigadu dhiyaee falhaigen??????

    1. maroon says:
      July 13, 2017 at 2:09 pm

      Hehehe ???
      Thanku aferrr ???

  33. Ainthu Nasiya says:
    July 13, 2017 at 2:48 pm

    Vaahaka vvvvv reethi avahan 18 vana paatu uplodu koba

    1. maroon says:
      July 13, 2017 at 4:10 pm

      Sure dear will try my best to upload the 18th part soon ???

  34. thuhthi says:
    July 13, 2017 at 3:11 pm

    ohhh .. zeen is waiting outside for ziyam .. think soo .. if soo its tooooo sweet

    1. maroon says:
      July 13, 2017 at 4:11 pm

      Thihenves vedhaane… thanku thuhthi ???

  35. Some one says:
    July 13, 2017 at 6:33 pm

    Plxx plxx vii emme avahakh up khdhiiba! Stryy aa medhu visney varun! Plxx!

    1. maroon says:
      July 13, 2017 at 7:35 pm

      Sure dear.. liyamun midhany mihaaru ?

  36. Nanni says:
    July 13, 2017 at 8:28 pm

    Konirakun den up vaanii mihar kiyaa hiytun varah reethi mi vaahaka

    1. maroon says:
      July 14, 2017 at 7:00 am

      Iru ossumuge kurin upkoh dheynan

  37. azeen says:
    July 13, 2017 at 10:09 pm

    asluvex hama vahaka kiya hithun miulheny plx avahah up kohladhyba …..hama kameh vex kurahihnuvefa miny dhen vaane gothaka medhu visneny…:))))

    1. maroon says:
      July 14, 2017 at 9:41 am

      Trying my best dear……??

  38. Navya says:
    July 14, 2017 at 1:50 pm

    Wow wow? vaahaka vvv reethi v intrestin vaahaka eh mi??

    1. maroon says:
      July 14, 2017 at 9:42 am

      Thanku navya ???

Comments are closed.

Next Episodeވާށެ އޯގާ ހިތާ 18←


All Right Reserved!