ސައިކަލް ގޮސް ގޭ ދޮރުމައްޗަށް މަޑުކޮށްލުމުން ޝައިބާ މަޑުމަޑުން ސައިކަލުން ފޭބިއެވެ.ޒީލްވެސް ޝައިބާއާއިއެކު ގޮސް ދޮރާށި އަތްގަނޑުގައި ހިފައިލިއިރު ދޮރު ހުރީ ތަޅުލާފައެވެ.
*******************
ޝައިބާ އޭނާގެ ހޭންޑް ބޭގް ތެރެއިން ތަޅުދަނޑި ނަގައި ދޮރު ހުޅުވާލުމަށްފަހު ޒީލްއަަށް ތޭންކްސްއޭ ބުނެފައި މަޑުމަޑުން އެތެރެއަށް ވަނެވެ.މަޑު ފިޔަވަޅު ތަކެއްގައި ގޮސް ރޫމަށްވަދެ ދޮރު ލެއްޕުމަށްފަހު އެތެރެއަަށް ވަދެގެން ގޮސް ފާޚާނައަށްވަދެ މާގަނޑު ދޫކޮށްލާފައި މާގަނޑު ދަށަަށް ވަދެ ހުރިތަނަށް ތިރިވެ ރޯން ފެށިއެވެ.އޭނާގެ މުޅި ދުނިޔެ އެފުށް މިފުށަށް ޖެހިއްޖެއެވެ.ޝައިބާގެ ލޮލުން ހޯސްލާފައި ފައިބަމުން ދިޔަ ކަރުނަތައް މާގަނޑުން ފައިބަމުންދިޔަ ފެންތަކާއި އެކުވަމުން ދިޔައެވެ.
*************
“މަންމާ،….މަންމާ…..”ފަލަކު ނިދާފައި އޮވެފައި ކުއްލިއަކަށް ރޮއިގަނެފައި ތެދުވެ މަންމައަަށް ގޮވަމުން ދިޔައެވެ.އެއަޑަށް ސިހިފައި ދެލޯ ހުޅުވައިލި ޔޫލް ފުންމައިގެން ތެދުވެ ސައިޑް ޓޭބަލް މަތީގައި ބަހައްޓާފައި ހުރި ފެންޖަގުން ފެން ތައްޓެއް އަޅައިގެން ގެނެސް ފަލަކުގެ ތުނބުގައި ޖައްސާލަދިނެވެ.މައިނޭވާ ލަމުންދިޔަ ފަލަކު ފެންތަށިން ދެކޯވަރު ފެން ބޯލުމަށްފަހު އަވަސްވެފައިވާ އޭނާގެ ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ދިޔައެވެ.ޔޫލް ފަލަކުގެ މޫނުގައި ދެއަތުން ހިފައިލުމަށްފަހު ފަލަކުގެ ނިތްކުރިއަށް ބޮސްދިނެވެ.އަދި ފަލަކުގެ ތުނިތުނި ތުންފަތުގައި ޔޫލްގެ ބޮޑުވައި އިނގިލަ ބީއްސާލިއެވެ.ޔޫލް ބޭނުންވީ ފަލަކުގެ ހިތުގައިވި ހުރިހާ ހިތާމައަކާއި ކަންބޮޑުވުމެއްގެ އަސަރު އޭނާގެ ލޯބި ދީގެން ލޯބިން ފޮހެލާށެވެ.ލޯމަރާލައިގެން އިން ފަލަކުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލައި ދިނުމަށްފަހު ޔޫލް މަޑުމަޑުން ފަލަކު އެނދުގައި ބޭއްވިއެވެ.އަދި ފަލަކުގެ މޫނާއި މޫނު ކައިރި ވާނެހެން ގާތުގައި އޮށޯވެ ފަލަކުގެ ނިދާހެދުމުގެ މޭމަތީގައި އައްސާފައި އިން ވާފަށް މޮހާލިއެވެ.ފަލަކުއަށް އެވަގުތު ބޭއިޚްތިޔާރުގައި ޔޫލްގެ ބާމަތިފުޅާ ހަށިގަނޑުގައި ބައްދާލެވުނެވެ.
*****************
އާދުވަހެއްގެ ފެށުމެވެ.ޝައިބާގެެ ޚަބަރެއް ނުވުމުން ޒުހޭރު އައިސް ޝައިބާގެ ކޮޓަރި ދޮރުގައި ދެފަހަރަކު ޓަކި ޖަހާލުމަށްފަހު ޝައިބާ ޖަވާބެއް ނުދިނުމުން ތަޅުގައި ހިފައިލިއިރު ދޮރުހުރީ ތަޅު ނުލައެވެ.ޒުހޭރު އެތެރެއަަށް ވަދެ ބަލައިލިއިރު ޝައިބާ ނުހޭލާތީ އެނދާއި ކައިރި ވެލުމަށްފަހު ޝައިބާއަށް ގޮވާލަން ކޮނޑުގައި އަތް ޖައްސާލިތަނާ ހޫނު ކަމުން ޝައިބާގެ ނިތްކުރީގައި އަތްޖައްސާލިއެވެ.ޝައިބާ އޮތީ ހުމާއި ފިހިފިހިއެވެ.ޒުހޭރު ކަންތައް ބޮޑުވެގެން ކޮޓަރިން ނިކުމެގެން ގޮސް އެވާހަކަ ސިޓިންގ ރޫމުގައި އިން އަފީފާ ގާތު ބުންޏެވެ.
އަފީފާވެސް ވަރަށް ހާސްވެފައި ޒުހޭރުގެ ފަހަތުން އައިސް ޝައިބާގެ ކޮޓަރިއަށްވަދެ ޝައިބާގެ ގައިގައި ތުވާލިކޮޅަކުން ފެން ހާކަން ފެށިއެވެ.މިއޮއް ހުރިހާ ދުވަހު އޭނާގެ އަމިއްލަ ދަރިފުޅު ކަމަށް ހިތައި އޭނާ ޝައިބާދެކެ ހާދަ ލޯތްބެއް ވިއެވެ.ކުއްލިއަކަށް އެނގިގެން އެދިޔަ ޙަޤީގަތަކުންވެސް އެ ލޯތްބަކަށް ބަދަލެއް ނާދެއެވެ.ނަމަވެސް މިދިޔަ ތިން ދުވަސްތެރޭ އޭނާއަށް ޝައިބާއަށް މާބޮޑު ސަމާލުކަމެއްވެސް ނުދެވެއެވެ.ވާނީވެސް އެހެންތާއެވެ.އަމިއްލަ ލެޔާއި ދޭތެރޭ ކަންތައް ކޮށްލެވުނު އިހާނެތި ގޮތް ހިތަށް އަރައި ލިބުނު ހިތްދަތި ކަމަކުން އޭނާއަށް އެހެން ކަންތައް ކުރެވުނީއެވެ.ރޭގަ އެހާ ދަންވީއިރުވެސް ޝައިބާ ގޭގަނެތްކަންވެސް އޭނާއަށް އެނގުނީވެސް ބާރަޖަހާ ބޮޑުވެފައި ހުއްޓާ ޝައިބާ ގުޅަައިފައި އެހުރީ އެމަޖެންސީއެއް އައިސްގެން ހޮސްޕިޓަލުގައި ކަމަށް ބުނުމުންނެވެ.އަފީފާއަށް ފަލަކު އޭނާދެކެ ރުޅިއައިސްގެން ނިކުމެގެން ދިޔައީމައި ވީ ދެރައިން އަމިއްލަ ނަފްސު ކުއްވެރިކޮށް ރޯލަރޯލައި ކޮޓަރިން ނުނިކުމެ އޮވެވުނީިއެވެ.އެހެންވެ ޝައިބާ ގޭގައި ނެތްކަމެއްވެސް ނޭނގުނީއެވެ. ތަޤުދީރު ކުޅެލި ކުޅިގަނޑުގައި ޝައިބާގެ ކުށެއް ނެތްކަން ޚުދު އަފީފާވެސް ގަބޫލުކުރެއެވެ.އަދި ދެން ދުވަހެއްގައިވެސް ދެދަރިންނާއި ދޭތެރޭ އެއްވެސް ތަފާތު ކަމެއް ބަހައްޓާކަށް އޭނާ ބޭނުމެއް ނުވެއެވެ.އެކަމުގައި ހުރި ނުބައިކަން ކިތަންމެ ލަހުން ވިޔަސް މިހާރު އޭނާއަަށް އެވަނީ ވިސްނި އެކަމުން ޢިބްރަތެއް ޙާސިލް ވެފައެވެ.
މަންމަގެ އޯގާތެރިކަން ފެނިފައި ޝައިބާގެ ލޮލުން ކަރުނަ ފާއްދާލިއެވެ.އޭނާ ހީކުރި ގޮތާއި ޚިލާފަށް މިއަދުވެސް އެ މަންމަގެ ލޮލުގައި އެވަނީ އިއްޔެއާއި ޖެހެންދެންވެސް އޭނާ ބައްޔެއް ވެއްޖެނަމަ ވާ ހާސްވުމާއި ކަން ބޮޑުވުނެވެ.ޝައިބާ އެއީ އެ މަންމަގެ އުފަން ދަރިއެއް ނޫންކަން އެނގުމުންވެސް ހަމަ އެއްވެސް ބަދަލެއް ނައީ ހެއްޔެވެ؟ނަމަވެސް އޭނާއަށް އެ މަންމަ އޭނާދެކެ ވާ ލޯތްބަށްވެސް ޝައްކު ކުރެވުނީތީ ޝައިބާއަށް އަމިއްލަ ނަފްސަށްވެސް ލަދުވެތި ވެވުނެވެ.
އަފީފާގެ ވަރަށް މަސައްކަތުން ޝައިބާއަަށް ތެދުވެލާ އުޅެވޭ ވަރަށް ހުން މަޑު ވެއްޖެއެވެ.ޝައިބާ ތެދުވެ ފެން ވަރައިލައިގެން ނިކުމެ އެއްޗެއް ކާލައިގެން ބޭސް ކައިގެން ސިޓިންގ ރޫމުގައި މަޑުވެސް ކޮށްލުމެއްނެތި ކޮޓަރިއަށް ވަނެވެ.މަންމަ ކިތަންމެ ރަނގަޅަސް ރޭގައި ހިނގާ ދިޔަ ޙާދިސާއަށްފަހު އެ ކާކުކަމެއް ނޭނގޭ މީހާ ވަނީ އެނާގެ ހުރިހާ އުފަލެއް ފޭރިގަނެފައެވެ.ދުނިޔެ މަތިން ފޫހި ކޮށްލާފައެވެ.
އަނެއް ކޮޅުން އޭނާގެ ރޭވުމުގެ ދަށުން ފަލަކުއަށް އެހެން ހަދާލެވުނީތީވެސް ޝައިބާއަށް އަމިއްލަ ނަފްސަށް މައާފެއް ނުކުރެވޭނެއެވެ.ކުއްކުރީ އެނާ އިސްވެ ހުރެއެވެ.ވީއިރު ޒީލް އެކަނި ނަންވާތަން ބަލަން އެނާއަކަށް ކެތެއް ނުވާނެއެވެ.ޝައިބާ ފޯނު ނަގައި ޔޫލްގެ ނަމްބަރ ހޯދުމަށްފަހު ޑައިލް ކޮށްލީ އިތުރަށް ވިސްނާ އޭނާ ނިންމި ނިންމުުން ބަދަލުކުރަން ބޭނުން ނުވާތީއެވެެ.
******************
“ލަވް….ބޭނުންވަނީ ހަމަ އަބަދު މަގޭ ލޯބިކޮޅު ކައިރީ ހުންނަން…ހާދަ ލޯތްބެއް ވެޔޭ…އުޅޭ ޑިއުޓީ ނިންމާލާފައި ހަވީރު ދުއްވާލަން ދާން…ސީޔޫ އާފްޓަރ ފިފްޓީން މިނެޓްސް ސްވީޓްހާޓް”.ތަރުޖަމާ ކުރާ ކުއްޖާ ދޮރުގައި ޓަކި ޖަހާލުމަށްފަހު އައިސް އެތެރެއަށް ވަނުމުން ޔޫލް ފަލަކުއަށް ގުޅައިގެން ހުރެފައި ފޯނު ބޭއްވިއެވެ.
****************
ޔޫލް ފޯނެއްގައި ހުރުމުން ޝައިބާ ނިންމީ ޔޫލްއާއި ބައްދަލް ކުރަން ހޮސްޕިޓަލަށް ދާށެވެ.އޭނާ ބޭނުންވަނީ ޒީލް އަމިއްލަ ބޮލުގައި ހުރިހާ ކަމެއް އަޅުމުގެ ކުރިން ޔޫލްއަށް ހުރިހާ ޙަޤީގަތެއް ކިޔައިދީ އޭނާގެ ކުއްވެރިހިތަށް ވެރިވެފައިވާ ނުތަނަވަސް ކަމުން ކިތަންމެ ކުޑަނަމަވެސް މިންޖެއް ލިބިގަންނާށެވެ.
ޓެކްސީއިން ފައިބައިގެން އައިސް ހޮސްޕިޓަލް ދޮރުމައްޗަށް އެރުނުތަނާ ޒީލް އަނެއްކާވެސް ގުޅަން ފަށައިފިއެވެ.އިރު އެރީއްސުރެ ޒީލް މިހާރު ކިތަންމެ ފަހަރަކު ޝައިބާގެ ފޯނަށް ގުޅައިފިއެވެ.ނަމަވެސް ޒީލްގެ ކޯލަށް ޖަވާބު ދޭނެހާ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.އޭނާފަދަ ޢިއްފަތް ފޭރިގަނެފައިވާ އަންހެނަކަށް ޒީލްފަދަ ރަނގަޅު ބައިވެރިއަކު ލިބުން ޙައްޤު ނުވާތީއެވެ.އޭނާގެ ޙާލަށް ޒީލްގެ ފަރާތުން ލިބުނު އަޅާލުމާއި އޯގާތެރިކަމުން ފުދެއެވެ.ނަމަވެސް އޭނައާއި ކައިވެނި ކޮށްގެން ޒިލްއަށް ޙައްޤު އުފަލުން މުޅި އުމުރަށް ޒިލް މަޙްރޫމް ކުރާކަށް ޝައިބާ ފަހަރެއްގައިވެސް ބޭނުމެއް ނުވެއެވެ.ދެފަހަރުވެސް ރިންގު ކެނޑެންދެން ފޯނަށް ބަލަހައްޓައިގެެން ފެންކަޅި ވެފައި ހުރުން ނޫންކަމެއް ޝައިބާއަކަށް ނުކުރެވުނެވެ.
ޒީލްގެ ކޯލް ކެނޑުމުން ޝައިބާ ޔޫލްއަށް ގުޅާލާފައި ހޮސްޕިޓަލް ދޮރުމައްޗަށް އައިސް ދިނުމަށް އެދުނެވެ.އޭރު އަދި ޑިއުޓީ ގަޑި ހަމަވާން ހަތް މިނެޓް ހުއްޓެވެ.
***************
ކޮޓަރި ތެރޭގައި ދެކޮޅު ދެކޮޅަށް ހިނގާލަ ހިނގާލަހުރި ޒީލް ހުރީ ޝައިބާ ފޯނަށް ޖަވާބު ނުދިނުމުން ވަރަށް ފިކުރު ބޮޑުވެފައެވެ.އެހެންވެ އެންމެފަހުން އޭނާ ނިންމީ ޝައިބާއާއި ބައްދަލް ކުރުމަށް އެގެއަަށް ދިޔުމަށެވެ.ޒީލް ފާޚާނައަށް ވަދެ ފެންވަރައި ލައިގެން ނިކުމެ ތައްޔާރު ވެލުމަށްފަހު ގޮސް ސައިކަލަށް އަރައި މިސްރާބު ޖެހީ ޝައިބާމެން ގެއާއި ދިމާއަށެވެ.ޝައިބާ ނުބައި ސްޓެޕެއް ނަގާފާނެތީ ރޭ ހަތަރުދަންވެސް ޒީލްއަށް ހޭދަކޮށްލެވުނީ ޝައިބާއާއި ދޭތެރޭ ވިސްނުމުގައެވެ.
*************
އަނެއްކާ ކިހިނެތްވީ އެހާ އަވަހަށް އަންނަން ބުނީ؟…”ޔޫލް އައިސް ޝައިބާގެ ގާތަށް ހުއްޓުމަށްފަހު ވާހަކަ ދެއްކިއެވެ.
“އެއީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ….ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަ ދެއްކޭނެ ތަނަކަށް ދާންވީނު…..”ޝައިބާ ޖެހިލުން ވެފައި ހުރެފައިވެސް ބުނެލިއެވެ.
“އޯކޭ….ޝައީ ބޭނުން ގޮތެއް….މަޑުކޮށްލާ….ފަލަކުއަށްވެސް މިގުޅަނީ…”ޔޫލް އެހެން ބުނެލުމަށްފަހު ޖީބުން ފޯނު ނެގިއެވެ.
“ޕްލީޒް ޔޫލް…. ކޭން ވީ ބޯތު ގޯ ޕްލީޒްޒްޒްޒްޒް….”ޝައިބާގެ އާދޭހަށް ޔޫލް އޯކޭ އޭ ބުނެލިޔަސް ޝައިބާ އުޅޭގޮތުން ޔޫލް ހުރީ ހިސާބަކަށް ހައިރާން ވަފައެވެ.ޔޫލްގެ ސައިކަލުގައި ދެމީހުން ދިޔައީ އާޓިފިޝަލް ބީޗަށެވެ.
“އައްސަލާމް ޢަލައިކުމް…..”ޒީލް ސަލާމް ގޮވައިލުމުން ކޮޓަރީގައި މުޞައްލަ މަތީގައި ނަމާދުން އަވަދިވެގެން ދުޢާ ކޮށްލަކޮށްލަ އިން އަފީފާ މުޞައްލަ އޮޅާލުމަށްފަހު އަޅައިގެން ހުރި ނަމާދު ދޮޅިއާއިއެކު ކޮޓަރި ދޮރު ހުޅުވައިލާ ބޯދިއްކޮށްލުމަށްފަހު ވަޢަލައިކުމް ސަލާމް އޭ ބުނެ ސަލާމް ބަލައިގަތެވެ.
“ޝައިބާއަށް ގޮވާލަ ދެއްވަފާނަންތޯ..”ޒީލް ޖީބަށް ޖަހާލާފައިވާ އަތް ނެގުމަށްފަހު ބުނެލިއެވެ.އަފީފާ ޒީލްގާތު މަޑުކޮށްލާށޭ ކިޔާފައި ގޮސް ޝައިބާގެ ކޮޓަރި ދޮރު ހުޅުވައިލިއެވެ.ނަމަވެސް ޝައިބާ ކޮޓަރީގައި ނެތުމުން އެތެރެއަށް ވަދެގެން ގޮސް ފާޚާނަ ބަލައިލިއިރު ފާޚާނައިގައިވެސް ނެތީމައި ގޮސް ކޮޓަރިން ނިކުތެވެ.އަދި ޒީލް ގާތު ޝައިބާ ގެއަކު ނެތޭ ބުނެލިއެވެ.
**************
“އާނ ޔޫލް….. އެކަމުގެ އަޑީގަ ހުރި މީހަކީ އަހަރެން ….ހުރިހާ ޕްލޭނެއްވެސް ކުރީ އަހަރެން…ޒީލްއަކީ އަހަރެން އެކަމަށް ބޭނުންކުރި ހަތިޔާރު…..ޔޫލްގެ ލޯބި ޙާސިލް ކުރަން އަހަންނަށް ވަނީ އެހާބޮޑު ކުށަކަށް އަރައިގަނެވިފަ….އަހަންނަށް ނުވިސްނުނީ ގަދަކަމުން ލޯބި ޙާސިލް ކުރުމަކީ ނުވާނެ ކަމެއްކަން….އަދި ޙަޤީގީ ލޯބިވާ މީހަކު ތިމާލޯބިވާ މީހާގެ އުފަލަށްޓަކައި އަމިއްލަ ލޯބިވެސް ޤުރުބާން ކުރަން ފަހަތަކަށް ނުޖެހޭނެކަން…..ޤަބޫލުކުރަން އަހަރެން ކުރި ކުށަށް މަޢާފް ޙައްޤު ނުވާކަން……އެކަމަކުވެސް އިފް ޕޯސިބުލް ޕްލީޒް ޓްރައި ޓު ފޮގިވް މީ…….އަހަންނަަށް މިހާރު ވިސްނިއްޖެ ކުރެވުނީ ކިހާ ގޮތްކުޑަ ކަމެއްކަން…ބަދަލުގަ ޔޫލް އަހަންނަށް ދޭން ބޭނުން ކޮންމެ އަދަބެއް ދީ…..އެކަމަކު ޕްލީޒް ޕްލީޒް ފަލަކުއަށް މިކަން ސިއްރު ކޮށްދީ ޕްލީޒްޒްޒްޒްޒްޒްޒް”
ޝައިބާ ރޮއިރޮއިފައި ދައްކަމުންދިޔަ ވާހަކައާއި ކުރަމުން ދިޔަ އާދޭހުން ރުޅިއައިސް ރަތްވެފައި އިން ޔޫލްއިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ.ޝައިބާ އެހާ ދަށު ދަރަޖައަކަށް ވެއްޓިދާނެ ކަމަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.ޝައިބާ ނޭދުނު ކަމުގައިވިޔަސް ފަލަކުއާއި ދޭތެރޭ އެހާ އިހާނެތިކޮށް ކަންތައް ކޮށްލި މީހަކީ ޝައިބާކަން ދުވަހެއްގައިވެސް ފަލަކުއަށް އެނގޭކަށް ޔޫލް ނޭދެއެވެ.މިހާރުވެސް މަންމަ ކަންތަކުގައި ފަލަކު ހާދަ ހިތާމައެއް ކުރެއެވެ.ވީއިރު ޝައިބާގެ ޙަޤީގަތް ހާމަކޮށް ފަލަކުގެ ހިތުގެ ރިހުން އިތުރު ކުރާކަށް ޔޫލް ބޭނުމެއް ނުވެއެވެ.
************
“އަސްލުވެސް…..ދެން ނުރޮއި ހުއްޓާލަބަލަ….އެކަމަކު އެޑަމްވެސް ހާދަ ގޯހޭދޯ….އަހަރެން ހީވެސް ނުކުރަން އޭނަ އެހާ ތާކުންތާކު ނުޖެހޭ މީހަކަށް ވާނެ ކަމަކަށް……”އާޓިފިޝަލް ބީޗްގައި ހުރި ގޮނޑިއެއްގައި އަރޫޝާގާތު އިށީނދެލައިގެން އިން ފަލަކު ވާހަކަ ދައްކަމުން ދިޔައީ އިންތިހާއަށް ދެރަވެފައި އިނދެގެންނެވެ.
އެޑަމް އަރޫޝާ ވަރިކޮށްލާފައި ގެއަށް ފޮނުވާލީއެވެ.ފަލަކު ޑިއުޓީ ނިންމާލާފައި ނިކުމެ ނިކުމެ ހުއްޓައި އަރޫޝާ ގުޅާފައި ރޮއިގަނެފައި އެޚަބަރުދީފައި ބީޗުން ބައްދަލް ކުރުމަށް އެދުމުން ފަލަކުވެސް އަވަސް އަރުވާލާފައި އެވަގުތު ޔޫލް ފެންނަން ނެތުމުން ޔޫލްގެ ފޯނަށް މެސެޖެއް ކޮށްލުމަށްފަހު އަރޫޝާއާއި ބައްދަލް ކުރަން އައީއެވެ.
“އޭނައަށް އަރޫއަށް ދެރައެއް ދީފަ ވަކި ކޮން ރަނގަޅު ކުއްޖެއް ވާނީ؟…އެކަހަލަ މީހަކަށްޓަކައި ކަރުނަ އޮހޮރުމުގެ އެއްވެސް މާނައެއް ނެތް….ހިތްވަރު ކުރަންވާނެ އަރޫ….ކޮންމެ ކަމެއްވެސް މެދުވެރި ވާނީ ރަނގަޅަކަށް…..ވެދާނެއްނު އެޑަމްއަށްވުރެ މާ ރަނގަޅު މީހަކު އަރޫގެ ނަސީބުގަ ހުރީ ކަމަށްވެސް …”އެކުވެރިޔާއަށް ހިތްވަރު ދެމުން ދިޔަ ފަލަކުގެ ލޮލުގައި އެއްލި ކަޅިއަކުން އަޅައިގަތީ ތަންކޮޅެއް ދުރުގައި އިން ގޮނޑިއެއްގައި އިށީނދެލައިގެން އިން ޝައިބާއާއި ޔޫލްއެވެ.އެވަގުތު ފަލަކު ޔޫލްއަށް ގުޅައިލިއެވެ.ޔޫލް ޖީބުން ފޯނުނަގައި ފަލަކުގެ ކޯލަށް ޖަވާބުދިނެވެ.
“ހޭ ލަވް…ސޮރީ ނުބުނެ އާދެވުނީމަ….ޑިއުޓީ ނިމެން އުޅެނިކޮށް ޝާން ގުޅައިގެން އޭނައާއި އެކު ތަނަކަށް ދާން ޖެހުނީ…..ގެއަށް ދިޔައީތަ ލަވް”.
ޯ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.





noor dhooni haadha rangalhey..??
yey mi first dho?… next part avahah up kohla dheythi ?.. noor ge bali kihine mihaaru ?
Alhamdhulillaahi…im v.fine now..thanQ AKI
Wow love this part vx thanx noor dhooni ????
ThanQ dear.
Wow . thanx noor dhooni ????mi part vx superb ..
ThanQ Juvey
Noor ur the best wow … alhey anekkaa falak aa yool aa massala nujassuvacheyyy …. eyrun varah deravaane … hehe noor thr best writer mifaharu vx hama well done eybunaanee … mashaa allah god bless u …
Love ur comment dear..ThanQ SHAAYAA
?????
❤❤❤❤❤
Ohh.v reethi❤
ThanQ Ami
Hey noor how are you feeling now… nd nw phone ah jehun massala ok vejje tha? ? this part is superb ingey..? yool nd falki dheytherey massala nujassuvahchey dhen.. yool ethaa hutta falki yool kaariah gossiyyaa rangalhuvaany?hehe..❤❤ waiting ?
Alhamdhillaahi…im v.fine now…but typing page still not fixed.so “folhuvaiy”ga type koffa esfiya ah copy paste mikurany…folhuvathuga type kureveny mivarah…miahvure dhigu vaairah varah slow vey dear…Anyways thanQ Adha..
Story iz just awesome dear….??????hope u r getting well…
ThanQ Xxxx…& Alhamdhulillaahi …im v.fine now..
noor 🙂 this part is awesome. just obiness!!! 🙂
Ohh..ThanQ dear
vv salhi igey noor mi story bunaa
ne ehves vaahakayeh ney v furihama igey
So happy to c ur comment..just love it dear..ThanQ Naakko
wow..stry v v v v v v v nice..masha allah…keep it up dear..??❤ whn is next part???’
Thanx 4 the sweet comment dear…hama type kollevun haa avahakah
Rythi ekm interest down very eba 😉
ThanQ 4 the comment dear…it happens dear
v reethi inge…?
ThanQ xee
Wow masha allah v rythi ??? but look keevetha falak ah thi dhogu hedhy?? shaibaaves zeel marry kuran huriyyaa eynayaa marry kobbala n adam avves eynage mom ge plane ge adu ivi hageegaiy engunyma v dheravaane dhw anyway stry v loabi v furihama when nxt prt plx avahah up kolladhybala plx❤❤❤❤❤
ThanQ for the cute comment dear…will try to up soon..
Alhey.. Dhen falak heekuraany yool dhogu hadhany ey dhw.. Dont do that noor.. E dhekudhin dhuru nukurahchey
kuru mifaharu… noor mirey adhi one more part puleex…
Will try m.
pleex.. v beynun… kuru v ma ehnve … ekamu story v habbu egey noor.. love this…
ThanQ m.varah try kuraanan 12 ge kurin up kohdheveytho dear..
v rythi
ThanQ dear
Are you a girl?
Yes..i am..
Vara nice ? waiting for next part ava up kola deycey noooor???
ThanQ Fary..will try dear
Wow.. Maasha allah v furihama.luv u noor. Plx adhi one more part plx if possible…
ThanQ 4 the cute comment dear…in sha Allah tonight will up one more part
Wow ????????Hama bunaane ehcheh ves Neyge .. Haadha furihamaey mi part ves??ekam Looth n flaky dhuru nukurahchey .. eyrun v dhera vaane.. assu me Mai ge fist msg.. ekam hurihaa part eh ves kiyan.. now I’m a biggest fan of u… luv u noor?????
Alheyyyyy.haadha ufaavejjey Mai aa dhimaavyma…just love ur comment dear..ThanQ..
Mibaives vvv reethi ❤
ThanQ dear
Wow awesome.v habeys.avah up kurahchey next part.noor ur great.ma sha allah.hope next part vs v reethi vaane kamah.get well soon????❤️❤️❤️
ThanQ Zee..& Alhamdhulillaahi..im v fine now…thanQ 4 the lovely comment dear..