Skip to content
އެސްފިޔަ

ހިތުގެ އެދުމޭތީ (11ވަނަ ބައި)

ޔާނީޝް ކޮއްޕާލުމުން އާހިލް ގޮސްޖެހުނީ ފާރުގައެވެ. މީޝާގެ އަތުގަ ހިފާ ހިނގައިގެން ޔާނިޝް ހުއްޓުނީ ދޮރުމަތީ ހުރި ރައުފާ ފެނުމުންނެވެ.

“މިތާ ކިހިނެއް މިވަނީ………….”

އާހިލްއަށް ބަލާލަމުން ރައުފާ ވާހަކަ ދެއްކިއެވެ. މީޝާ އަވަސް އަވަހަށް ޔާނިޝްގެ އަތުން ދޫކޮއްލީ ރައުފާއަށް ނޭންގުންކަން ޔަގީންވީމައެވެ.

“މީޝާ އެކަނި ހުރީމަ ކުޑަކޮން ވާހަކަ ދައްކާލަށް އަހަރެން އުޅުނީ…… ނޭނގެ ޔާނިޝް އެހާ ރުޅިއައީ ކީއްވެކަމެއް……”

ދެއަތް ފޮޅާލަމުން އާހިލް ވާހަކަ ދެއްކީ މަޑުމައިތިރި ކަމާއެކުގައެވެ.

“ވާހަކަ ދައްކާލަށް އައިސް ގަޔަށް ބޮލަށްތަ އަރަނީ………….”

ޔާނިޝް އިތުރަށް ރުޅިގަދަވީ އާހިލް ދޮގުހެދީމައެވެ.

“ޔާނިޝް….. ދޭބޭރަށް….. އާހިލްވެސް ދޭ……”

ރައުފާ ހިތްހަމަ ނުޖެހިފަ ހުރިކަން އެނގުމުން ޔާނިޝް އިތުރަށް އެއްޗެއް ނުބުނެ ބޭރަށްދިޔައެވެ. އާހިލްވެސް ޔާނިޝްގެ ފަހަތުން ހިނގައިގަތެވެ.

ރައުފާގެ ސުވާލު ރައްދުވާނެކަން އެނގޭތީ މީޝާވެސް އިތުރަށް މަޑުކުރަން ނުހުރެ ބޭރަށް ނިކުންނަށް ހިނގައިގަތެވެ.

“މީޝާ…………”

މީޝާ ހުއްޓުނީ ރައުފާ ގޮވާލުމުންނެވެ. ތަގުޅިކޮއްގެން ހުރި ދެލޯ ހުޅުވާލުމައްފަހު މީޝާ ރައުފާއާ ދިމާލަށް އެބުރިލިއެވެ.

“އިތުރަށް ސިއްރުކުރަށް ނޫޅޭ…… އަހަންނަށް ހުރިހާ ކަމެއްވެސް އެގިއްޖެ….. މީޝާއާ ޔާނިޝްގެ ގުޅުންވެސް އެގިއްޖެ…..”

ރައުފާގެ ނުރުހުންވުން ފެނި މީޝާ ޖެހިލުންވިއެވެ.  މީޝާ ބޭނުންވީ އިތުރަށް އޮޅުވާނުލާ ހަގީގަތް ކިޔައިދޭށެވެ.

“އަހަރެން…….”

“މީޝާއަށް ނޭނގެނީތަ ޔާނިޝްއަކީ އާޔާގެ ވާންއުޅޭ ފިރިމީހާކަމެއް…… މިއޮއްހާދުވަހު އަޔާންއާ އާޔާ މީޝާއަށް ޓަކާ ކޮއްދިން ހުރިހާކަމެއް ހަދާން ނެތުނީތަ…… އަޔާން އާޔާއަށް ދޭކޮއްމެ އެއްޗެއް މީޝާއައްވެސް ދީފަ އޮންނާނީ….. މީޝާ ކިޔަވަންދާ ހުރިހާ ހަރަދަކާ، މީޝާ ބޭނުންވާ ހުރިހާ އެއްޗެއްވެސް  އަޔާންވާނީ ހޯދަދީފަ….. ދެންކީއްވެ މިހާ ބޮޑު އޮޅުވާލުމެއްތި އޮޅުވާލީ……”

ރައުފާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ.

މީޝާ އިސްޖަހާލީ ދޭނެ ޖަވާބެއް ނެތުމުންނެވެ. އެވަގުތު ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ކޯތާފަތް މައްޗަށް ފައިބައިގަތެވެ.

“އަހަރެން ބޭނުމެއްނޫން އަޔާންއަށް މިކަންއެގިގެން ގޭގަ އެއްވެސް މައްސައެއް ޖެހޭކަށް…. މީޝާވެސް ތިކަން ހުއްޓާ….. ތިކަމެއް ކޮއްގެން މީޝާއަށް އެއްވެސް އުފަލެއް ނުލިބޭނެ…..”

ރައުފާ ބޭނުންވާގޮތް އިއްވުމަށްފަހު ނިކުމެގެންދިޔައީ މީޝާގެ ކަނުނަތަކުން އެއްވެސް ފަރުވާލެއްނެތް ކަހަލަގޮތަކަށެވެ.

ރައުފާ ދިޔުމުން މީޝާގެ ދެލޮލަށް ކަރުނަތައްވީ އިތުރެވެ. މޭޒުކައިރީ އިށީނދެ ހިތްފުރެންދެން ރޯލިއެވެ. ރައުފާގެ ކޮންމެ ލަފްޒެއްހެން މީޝާގެ ކަންފަތުގައި ގުގުމަމުންދިޔައެވެ. އެތައްއިރަކު ރުއިމައްފަހު އަތުގެ ނުފުށުންކަނުނަތައް ފޮހެލިއެވެ. ހިންދިރުވާލުމައްފަހު މީހާ ހަމައަކަށް އެޅުވޭތޯ މީޝާ މަސައްކަތް ކުރިއެވެ.

ސިޓިންރޫމްގައި ގޭގެ އެންމެންހެން ތިބީ އެކިކަންކަމުގަ ވާހަކަދައްކާ މަޝްވަރާ ކުރާށެވެ. އެވާހަކަތަކަށް އެއްވެސް ޝައުގުވެރިކަމެއް ނެތްނަމަވެސް ޔާނިޝް ދޭތެރެއަކުން “އާނ” “ހޫނ” ލައްވާލައެވެ.

ކޮޓަރިއަށް ވަތްގޮތަށް މީޝާއޮތީ ބޭރަށްވެސް ނިކުންނަހިތް ނުވެފައެވެ.

“މިރޭ ކުޑަ ޕާޓީއެއް ބާވަން އަހަރެން މިވިސްނަނީ……. އާޔާ އާއި ޔާނިޝް އަދި މީޝާ އާއި އާހިލްއަށްވެސް އެކުގަ މަޖާކޮއްލާ ހަދާލާނެ ފުރުސަތެއް ދޭންވެގެން……… ކިހިނެއްވާނީ….؟”

އަޔާންގެ ހިޔާލަށް އެންމެންވެސް ޝައުގުވެރިވިއެވެ.

“ވާއު ދޮންބޭ….. ޕާޓީ އެކޭ…… ޔުއަރ ޓޫ ގުޑް…. އެހެންވެއޭ ދޮންބެ ދެކެ އާޔާ ލޯބިވަނީ…..”

“އެކަމަކު މިހާރު ދޮންބެއަށް ހީވަނީ ދޮންބެދެކެ ނުވާވަރަށް އާޔާ ޔާނިޝްދެކެ ލޯބިވާހެން…..”

އާޔާގެ ވާހަކައަށް ޖަވާބުދެމުން އަޔާން ކުޑަކޮން ދިމާކޮއްލިއެވެ. އާޔާ ރަކިވެފައިނުމުން އެންމެންހެން ދިމާކޮއްހެދިއެވެ.

“އެންމެން ހާދަ މަޖާވެފަ…………”

ދޮރުމައްޗަށް ހުއްޓިލަމުން އަމަރް ވާހަކަ ދެއްކިއެވެ.

“އޭ އަމަރް މިރޭ އެބައޮތް އިނގޭ ޕާޓީއެއް….. އައްނަށްޗޭ……..”

އަމަރް ފެނުމުން އަވަސް އަވަހަށް އަޔާން ބުނެލިއެވެ.

“ޕާޓީ އެކޭ….. ކޮންމުނާސަބަތަކާ ގުޅިގެން…..”

ހައިރާންވެހުރެ އަމަރް ގޭތެރެއަށް ވަދެގެންއައެވެ. އަޔާން ކުޑަކޮން އަމަރްއަށް ޕާޓީގެ ބޭނުން ކިޔާލަދިނެވެ. އަމަރް ޔާނިޝްއަށް ބަލާލީ ވަރަށް ގިނަ ސުވާލުތަކެއްގެ ޖަވާބު ބޭނުންވެފަ ހުރެއެވެ. އެވަގުތު ޔާނިޝް ވެސް އަމަރްއަށް ބަލާލުމައްފަހު އިސްޖަހާލިއެވެ.

“އަމަރްގޮސް މީޝާ ކައިރީ ބުނޭ ޕާޓީއަށް ރެޑީވާން އަންނާށޭ…… ޔާނިޝް ހިނގާބާ މަށާ އެކީ ޝޮޕިންއަށްދާން…… މިރެއަށް ހެދުމެއްވެސް ގަންނަން ޖެހޭނެއެއްނު……….”

އާޔާ ހީވަނީ ކުޑަތަން ވެގެންއުޅޭހެންނެވެ.

އަމަރް ގޮސް ދެފަހަރަކު ޓަކި ޖަހާލުމުންވެސް މީޝާ ދޮރެއް ނުހުޅުވިއެވެ. ދެތިންފަހަރަކު މީޝާއަށް ގޮވާލުމަށްފަހު ދޮރުކައިރީ މަޑުކޮއްލީ މީޝާ ފާހާނާގަ އުޅެނީކަމަށް ބަލާފައެވެ. ފަސްވަރަކަށް މިނެޓް ފަހުން އިންޗިއެއްވަރަށް ދޮރުހުޅުވާ ކާކުތޯ ބަލާލިއެވެ.

“މީޝާ…… ނިދަނީތަ………”

އަމަރް ވާހަކަ ދެއްކުމުން ދޮރުހުޅުވާލުމައްފަހު މީޝާގޮސް އެނދުމައްޗަށް ބަންޑުން ވެއްޓިގަތެވެ.

“އޭނ….. ކިހިނެއްވެފަ…… ބަލީތަ………..”

އަމަރްގޮސް މީޝާގެ ކައިރީ އިށީނަމުން ވާހަކަދެއްކިއެވެ.

އަމަރްގެ އޯގާތެރި ބަސްތަކުން މީޝާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އިސާ ހިތަކު ގިސްލެވެން ފަށައިފިއެވެ.

“މީޝާ…. ރޮނީތަ….. ކިހިނެއްތަވީ…. މީޝާ….. އޭ….. ކިހިނެއްވީތަ……”

އަމަރް ކިހިނެއްވީތޯ އަހަމުން ދިޔައީ ހާސްކަމާއެރީގައެވެ. މީޝާ އަމަރްއަށް ކަންތައްވީގޮތް ފެށުނީންސުރެ ކިޔައިދިނެވެ. އާހިލް މީޝާ ހިފޭއްޓި ވާހަކަ އާއި ރައުފާއަށް ހަގީގަތް އެގުނުވާހަކައެވެ.

“ތިހެންވެދާނެތީ މަ ކުރިންވެސް ބުނީ އެންމެންނަށް ހަގީގަތް ކިޔައިދޭށޭ….. ޔާނިޝްއަށް ކިހިނެއްތަ ވެފަ އެހެރީ…. މިހާރުވެސް އޭނަ އެދިޔައީ އާޔާއާ އެކީ މިރޭގެ ޕާޓީއަށް ޝޮޕިން ކުރަން…. މީޝާ ތިއޮތޯ ކޮޓަރީ ރޯންވެގެން…. މަށަށް މިހާރު ޝައްކު އޭނަ މީޝާދެކެ ލޯބިވާ ކަމާމެދުވެސް……”

އަމަރް އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. ޔާނިޝް ގެނެސް މީޝާގެ ހާލު ދައްކަން ބޭނުންވެފައެވެ.

“ޔާނިޝް އަކަށް ނޭނގެއޭ ރައުދައްތައަށް މިކަން އެގުންކަމެއް…. އަހަރެން އަދި ނުބުނަން ޔާނިޝް ކައިރީ………..”

ގިސްލަމުން މީޝާ ވާހަކަ ދެއްކިއެވެ.

“ރައުދައްތަ ބުނިހެން އަހަރެންވެސް ބޭނުމެއް ނޫން އަޔާންބެއަށް މިކަން އެގިގެން ގޭގަ ބޮޑު މައްސަލަ ގަޑެއްޖެހޭކަން…… އާޔާއަށް އެގިއްޖާ ކިހާ ދެރަވާނެ… މިހާރު އަހަރެން ޔާނިޝްއާ ދުރައްދާ ބޭނުމީ…..”

މީޝާގެ ވާހަކަތަކުން ވާންވީ އުފާކަމެއް ކުރަންވީ ހިތާމަކަމެއް އަމަރްއަކަށް ނޭނގުނެވެ.

“އެކަމަކު މީޝާ……………”

“އިތުރަށް މިވާހަކަ ދައްކާކަށް އަހަރެން ބޭނުމެއްނޫން…….. ޕުލީސް ލީވް މީ އެލޯން………”

އަމަރް އިތުރަށް އެވާހަކަދައްކަން ބޭނުންވި ނަމަވެސް މީޝާއެކަމަށް އިންކާރުކުރިއެވެ. މީޝާގެ އެދުމުގެ މަތިން އަމަރް ބޭރަށްނިކުމެ ކޮޓަރި ދޮރުލެއްޕިއެވެ. މީޝާގެ ގިސްލުމުގެ އަޑުއަހަން އިރުކޮޅަކު މަޑުކޮއްލުމަށްފަހު އަމަރްދިޔައެވެ.

މުޅިދުވަސްހެން މީޝާ ހޭދަކުރީ ކޮޓަރީގައެވެ. ގޭގެ އެހެންމީހުން ޕާޓީއަށް ތައްވާރުވަމުންގެންދިޔައެވެ. މީޝާނެތްކަމުގެ އިހްސާސް އެކަކަށްވެސް ވާހެނެއްހިޔެއްނުވެއެވެ.

ރޭގަނޑުގެ ވަގުތެވެ. ގޭގެ މީހުންނާއި ބައެއްރައްޓެހިން އައިސް ސިޓިންރޫމްގެ ސޯފާތައް ފުރަމުންގެންދިޔައެވެ. އެކިކަހަލަ ބުއިންތައް މެހެމާނުންގެ އަތްތަކަށް ފޯރުކޮއްދިނުމުގަ ދެތިންކުއްޖަކު ހަރަކާތްތެރި ވަމުންދިޔައެވެ. ރައުފާގެ އެދުމުގެ މަތިން މީޝާވެސް ރެޑީވެގެން ތިރިއަށްފޭބިއެވެ.

މީޝާ ސިޑިންތިރިއަށް ފައިބަމުންއައި މަންޒަރު ބަލަން ޔާނިޝްއަށް އިނދެވުނީ ކަޅިޖަހާލަންވެސް ނޭނގިފައެވެ. މީޝާގެ އިސްކޮޅަށް ފަހާފައިވާ ކަޅުކުލައިގެން ހެދުމެއް ލައިގެންހުރިއިރު މީޝާގެ ރީތިކަމާއި ދޮންކަން ފާޅުވާން ހުއްޓެވެ. ދިގުއިސްތަށި ގަޑުން ބޮލުމެދަށް ބޮޑު ހުޅިއެއްޖަހާފައި ވުމުގެ ސަބަބުން ކަރުގެ ބޮޑުބައެއް ހާމައަށް ފެންނަށް ހުއްޓެވެ. އެއްއަތުން ސިޑިބަރީ ހަރުކޮއްފައިވާ ހޮޅީގައި ހިފާންޓަމުން ފޭބިމީޝާ ހުރީ އަނެއްއަތުން ހެދުމުގެ އެއްފަރާތުން ހިއްލާލައިގެންނެވެ.

ސިޑިންފައިބާ އެއްފަރާތެއްގަ މީޝާ މަޑުކޮއްލައިގެންހުރީ ފޫހިކަމާއެކުގައެވެ. ޔާނިޝް މީޝާގެ ގާތައް ދިޔުމަށް ހިނގައިގަތީ ކެއްމަދުވެހުރެއެވެ.

“ހެލޯ ބިއުޓިފުލް…… އޯ މައި ގާރލް… އުއަރ ލުކިން ގޯރޖަސް…. ސޯ ޕުރިޓީ….. އަޅޭ… މިރޭ އަހަރެން މޮޔަ ނުވެއްޖާ ރަނގަޅު…………”

ޔާނިޝްގެ ކުރިމައްޗަށް އަރާ އާހިލް މީޝާއަށް ތައުރީފް ކުރަންފެށިއެވެ. ފޫހިގޮތަކަށް މީޝާ އާހިލްއަށް ބަލާލިއެވެ. އެވަގުތު ދުރުގަހުރި ޔާނިޝް މީޝާއަށް ފެނުނެވެ. އަވަސް އަވަހަށް އާހިލްއާ ގާތްވެހާ ހިނިތުންވެލީ ޔާނިޝްއަށް އެމަންޒަރު ދެއްކުމުގެ ބޭނުމުގައެވެ.

އިރުކޮޅެއްފަހުން މަޑުމައިތިރި މިއުޒިކެއްޖަހާ، ހުރިހާ ކަޕަލްތައް ޑާންސް ކުރަށް ތެދުވިއެވެ.

“ހިނގާ ޑާންސް ކުރަންދާން…….”

އާހިލްގެ އަތް މީޝާއާ ދިމާލަށް އުފުލާލަމުން ބުނެލިއެވެ. ނަމަވެސް މީޝާ އެކަމަށް އިންކާރުކުރިއެވެ.

އާޔާގެ އެދުމުގެ މަތިން ޔާނިޝްވެސް ތެދުވެ ކަޕަލް ޑާންސް ކުރަންދިޔައެވެ.

“ހޫނ…. ހިނގާ ޑާންސް ކުރަށް……”

އާޔާ ޔާނިޝްއާ ގާތްވެގެން އުޅޭ މަންޒަރު ބަލާކަށް މީޝާއަށް ކުޅަދާނައެއްނުވިއެވެ. މީޝާވެސް އާހިލްއާ އެކީ ދިޔައީ ޔާނިޝްއަށް ދެއްކުމުގެ ބޭނުމުގައެވެ. ނަމަވެސް އާހިލް ބޭނުންވާގޮތެއް މީޝާއަކަށް ނޭނގެއެވެ. ފުރުސަތުގެ ބޭނުންހިފަށް އާހިލް ހުރީ ވަރަށްބޮޑަށް ތައްޔާރުވެގެންނެވެ. އާހިލްހުރީ މީޝާގެ ހަށިގަނޑުން އުފާލިބުމަށް އެދިއެދިއެވެ.

އާހިލްހުރީ މީޝާ ގެނެސް އޭނާގެ ހަށިގަނޑުގަ ޖައްސާބާރު ކޮއްލައިގެންނެވެ. އާހިލްގެ ހަރަކާތްތަކުން މީޝާއަށް އުނދަގޫވާގޮތްވިއެވެ. ޔާނިޝްހުރީ މީޝާއަށް ފުރަގަސް ދީގެންކަމަށްވާތީ އެމަންޒަރުތަކެއް ޔާނިޝްއަކަށް ނުފެނެއެވެ. މީޝާ އާހިލްއާ ދުރަށްދާން މަސައްކަތްކުރިއެވެ. ނަމަވެސް އާހިލްގެ އަތުގެ ތެރެއިން ނުކުތުންވީ އޭނާއަށް ނާދިރުކަމަކަށްށެވެ. އާހިލް މީޝާގެ ކަނދުރާއަށް ބޮސްދިނެވެ. އިތުރަށް އާހިލްއާ ދުރަށްދާން މީޝާ ކުރި މަސައްކަތްވެސްވީ ބޭކާރެވެ.

އެންމެންގެ ތެރެއިން އަމަރްއައީ ކޮންތާކުން ކަމެއްވެސް ނޭނގެއެވެ. އާހިލް މީޝާއާ ދުރުކޮށް ކޯތާފަތް މައްޗަށް އަމަރް އަތުގެ ހޫނު އެތިފަހަރެއްދިނެވެ.

“ސްޓޭ އެވޭ ފުރޮމް މީޝާ………..”

އަމަރްގެ އަޑަށް އެންމެންހެން އެދިމާލަށް ބަލަންފެށިއެވެ. މީޝާގެ އަތުގަ ހިފައިގެން އަމަރް ސިޑިން އަރަމުންދިޔަ މަންޒަރުބަލަން އެންމެންވެސް ތިބީ ވާނުވާ ނޭނގިފައެވެ. އެންމެންވެސް ކުރަމުން ދިޔައީ އެއްސުވާލެކެވެ. ޖަވާބު އެނގޭ ހަމަ އެކަކުވެސް ނެތެވެ. އަޔާންގެ އެދުމުގެ މަތިން ޕާޓީއަށް އައިސްތިބި އެންމެންވެސް ދިޔައީއެވެ.

“އަޔާން… އަހަރެން ބޭނުން މީޝާއާ ވާހަކަދައްކަން…. މީޝާ އަހަންނާ މެރީކުރަން ބޭނުންތޯ އަހަން…. މީޝާ އޯކޭ ނޫނީއާ އަހަރެން ގޮސްދާނަމޭ…… މީޝާ އަހަންނާއެކީ ޓެރަސްމައްޗަށް ފޮނުވަންވީނު ވާހަކަ ދައްކާލަށް…….”

އާހިލްގެ އާދޭސްތަކަށް އަޔާން ކިޔަމަންވިއެވެ.

“އަހަރެން އެބައަންނަން މީޝާ ގޮވައިގެން……….”

ފުރުސަތުގެ ބޭނުންހިފާ ޔާނިޝް މީޝާގެ ކޮޓަރިއަށް ދިޔައެވެ.

“މީޝާ….. އަޔާން ބޭނުންވަނީ އާހިލްއާއި މީޝާ ޓެރަސްމައްޗަށްގޮސް ވަކި ގޮތެއްނިންމަށް……. މީޝާ ގޮސް ނޯ ބުނޭ….. އޭރަށް ހުރިހާކަމެއް ނިމުނީ…”

އެނދުމަތީއިން މީޝާ ކައިރީ އިށީނަމުން ޔާނިޝް ވާހަކަ ދެއްކިއެވެ.

“އާރ ޔޫ މޭޑް…. ޔާނިޝްއަށް އެނގޭތަ އެބަ ތިކިޔޭ އެއްޗެއް….. އަހަރެން ހުއްޓާ މީޝާ އެކަނި އާހިލްގެ ކައިރިއަށް ފޮނުވިޔަކަ ނުދޭނަން…..”

ކުޑަދޮރުކައިރީ ހުރި އަމަރް ރުޅިގަދަވާގޮތްވިއެވެ.

“މީޝާ އަކީ އަހަރެންގެ އަންހެނުންނޭ…………..”

“ޔާނިޝްގެ އަންހެނުންނަށް ވާތީއޭ މިހުރިހާ މަކެއްމިވަނީ…….. މިއަދު ތިމަގާމުގަ އަހަރެންހުރި ނަމަ………”

“އަމަރް…. ޔާނިޝް އެގޮތް ބޭނުންވަންޔާ އަހަރެން އެކަނިވިޔަސް ދާނީ…….”

މީޝާ މިހެން ބުނުމައްފަހު އިތުރަށް މަޑުނުކޮށް ހިނގައިތަގެވެ.

“ޔާނިޝް…. މީޝާ އެކަނި ފޮނުވައިފިޔާ އަހަރެން ހަމަ މިހާރުގޮސް އަޔާންއަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭނަން………….”

ޔާނިޝްއަށް އިންޒާރު ދެމުން އަމަރް ކޮޓަރިން ނިކުތެވެ. ޔާނިޝްވެސް އަމަރްގެ ފަހަތުން ނިކުތެވެ.   

އޭރު މީޝާ އާއި އާހިލް ޓެރަސް މައްޗަށް ދިއުމައްޓަކާ ސިޑިންއަރަނީއެވެ. އިތުރަށް މަޑުނުކޮށް އަމަރް އަޔާންއާ ދިމާލަށް ހިނގައިގަތީ ހަގީގަތް ކިޔައިދީގެން ވިޔަސް މީޝާ ހުއްޓުވާށެވެ. އަމަރްއާ ދިމާލަށް ބަލަންހުރި ޔާނިޝް ގޮތް ހުސްވިއެވެ.

“މަޑުކޮއްބަލަ އާހިލް……. އާހިލްއަށް މީޝާއާ މެރީއެއް ނުކުރެވޭނެ…….. ޝީ އިޒް އޯލްރެޑީ މެރީޑް….”

ޔާނީޝްގެ މިޖުމްލައިން އެންމެންގެ ދެލޯބޮޑުވިއެވެ. އެންމެންވެސް ޔާނިޝްއާ ދިމާލަށް ބަލަމުން ދިޔައީ ސުވާލުގެ ނަޒަރަކުންނެވެ.

  ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (15)

  1. Maaaarsh

    Oh god. Habeys hamA

    1. Maahee
      Maaaarsh

      Thanks….❤

  2. Adha?

    Wow.. varah reethi..? yaanish dhen thedhah bunanveenu she is my wife ey dw..? next part varah kiyaahiyvehje..
    Waiting eagerly ❤❤

    1. Maahee
      Adha?

      Thanks….❤

  3. Anonymous

    Yaanish bunaani misha marry kohgen ulheni amar aae varah heevey.hehehe

    1. Maahee
      Anonymous

      Hehe….. lets see….?

  4. HARLEY quinn

    amazinglly nice.. keep it upppp…
    v kiyaa hithun indha e nimunee v nice, it keeps me waittinggg
    interesting really wanna know what will heppens next..

    1. Maahee
      HARLEY quinn

      Thank youuu….❤

  5. khajja

    Wow ???masha allah v rythi v furihama ?? yaanish dhen bunebala she is my wife ey wife dheke v loabiveyey yaanishge hurihaaves myhaky meesha ey bunebala plx ? stry obiness to the max ???? whwn nxt prt v kiyaahiyvaa hisaabakun thinimmaaly avahah up kolla dhybala plx ❤❤❤❤❤❤

    1. Maahee
      khajja

      Thank youuu….❤ inshaa allah next part Monday ga….?

  6. yummmm

    Reeti waiting 4 next part

    1. Maahee
      yummmm

      Thank youuu….❤

  7. Mina

    V reethi

    1. Maahee
      Mina

      Thanks Mina….❤

  8. thuhthi

    when next part??????????????????????

Comments are closed.